ބޮލު އިސްތަށިގަނޑު ތަންކޮޅެއް މައްޗަށްވާގޮތަށް ބޮޑު ހުޅިއެއްޖަހާފައިވާއިރު މޫނުމަތީ ދެފަރާތުން ބުޅިކޮށް އޮތް ދެއިސްތަށިކޮޅު ވައްޓާލާފައި އޮތެވެ.
އަދި ހުޅިމަތީގައި ފަހަތަށް ވާގޮތަށް އަޅާފައިވާ ތުނި ފޮތީގެ ވެއިލްއިން ހެދުމުގެ ފުރިހަމަކަން ދައްކައެވެ.
މޫނުމަތީގައި ކޮށްފައި ހުރި މަޑު މޭކަޕުން އިތުރަށް ތަމަންގެ ފުރިހަމަކަމަށް ދައްކައެވެ.
އަތުގައި އޮތް ކަނޑު ނުލާއި ހުދުކުލައިގެ ބޮކޭއިން އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ.
ކައިރީގައި ހުދުކުލައިގެ ހެދުމެއްގައި ހަމަ އެކުލައިގެ ކުޑަ ބޮކޭއެއްދީފައި ރިމީ ހުރި އިރު ތާރާއާއި މާކިންވެސް އެދެމީހުންނާއި މާދުރު ނޫން ހިސާބެއްގައި އުޅެއެވެ.
ތަމަންގެ މޫނަށް ބަލާލެވޭ ކޮންމެ ފަހަރަކު ނާއިކްގެ ތުންފަތް މައްޗައް ހިނިތުންވުން ވެރިވެއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުމެއް އައީއެވެ. ފުރަތަމަ ފަހަރު ކައިވެނި ކުރިރޭ މަޖުބޫރުވެގެން އެތާ ހުއްޓިލައިގެން ހުރި އިރު މީހުން ގިނަކަމުންވެސް ނާއިކް ހުރީ އުދަގޫވެފައެވެ. ޕާޓީ ފެށިގެންގޮސް ނިމުން އިރުވެސް އެވްލިންއާއި ދިމާއަށް ބަލާލަންވެސް ނާއިކް ބޭނުމެއްނުވިއެވެ. އެރެއާއި މިރޭ ހުރިހާކަމެއްވެސް ތަފާތެވެ.
މިރޭ ވަށައިގެންވީ އެއްވެސް ކަމަކާއި މެދު ނުވިސްނި ނާއިކްގެ ނަޒަރު ތަމަންގެ މޫނުން ވަކިނުވެއެވެ.
ތަންކޮޅޭއް ދުރުގައި ނާއިކްއަށް ބަލަން ފައްވާޒްއަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. މިއަދު އެދަރިފުޅުގެ މޫނުމަތީގައިވި ހިނިތުންވުމުން ފައްވާޒްގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.
އަމިއްލަ އެދުމައްޓަކާ އެދަރިފުޅުގެ އުފާތަކަށް އަރައިގަނެވުނީއެވެ.
އެއްވެފައިވާ މެހެމާނުންގެ ތެރެއިން ތަމަންމެންނާއި ދިމާއަށް އައި ދެއަންހެން ކުދިން ކަރު ކެހިލުމާއި އެކު ނާއިކްއާއި ތަމަން ދިޔައީ ސިއްސައިގެންނެވެ.
ސާބަސް އަދިވެސް ވާވަރަށް ނުބެލޭތަ؟ ކަޅުކުލައިގެގަޔައް ދޫ ބޮޑު ހެދުމެއްލައިގެން ކުޑަ ފިރިހެން ކުއްޖެއް އަތުގައި ހިފައިގެން ތަމަންމެން ކައިރީ ހުއްޓެމުން އައިޒާ ބުނެލިއެވެ.
އައިޒޫ....، ތޫލި އަޑަކުން ތަމަންއަށް ތަންކޮޅެއް ބާރަށް އައިޒާއަށް ގޮވާލަމުން ބައްދާލިއެވެ.
އަޅޭ ހާދަ ދުވަހެއް ވެއްޖޭ...، އައިޒާ އުފަލުން ހުރެ ބުނެލިއެވެ.
ކޮއްކޯ ބަލާބަލަ ..، އައިޒާގެ ފަހަތުގައި ހުރެފައި ތާރާ އެހެން ބުނެލުމުން ތަމަން ބޯ ދިއްކޮއްލަމުން ބަލާލިއެވެ.
އަޅޭ....، ޝާ....، ތާރާގެ އަތުގައި ހިފައިގެން ހުރި ޝަބާ ފެނުމުން ތަމަން ބުނެލިއެވެ..، މާލޭގަ އުޅޭ އިރުވެސް އެތައް އަހަރެއްވީ އަހަރެމެން ދިމާ ނުވާތާ...، ޝަކުވާގެ ރާގަކަށް ތަމަން ބުނެލިއެވެ.
މީ ޝާގެ ތަ؟ ހާދަ ބޮޑު ވެއްޖޭ...، ޝަބާގެ އަތުގައި ހިފާލައިގެން ހުރި ހަތްއަހަރުގެ ފިރިހެން ކުއްޖާއަށް ބަލާލަމުން ތަމަން ބުނެލިއެވެ.
ނޫނޭ މީ އަހަރެންގެ އެއްނޫން..، މީ ދޮންބެގެ..، މިހިރީ އަހަރެންގެ..، ޝަބާ ކައިރީ ހުރި ކުޑަ އަންހެން ކުއްޖާ ދައްކާލަމުން ބުނެލިއެވެ.
ތެދެއްމީ އަހަރެންގެ ދެކުދިން..،ކައިރީ ހުރި ދެ ފިރިހެން ކުދިން ދައްކާލަމުން އައިޒާ ބުނެލިއެވެ.
އައިޒާ އެހެން ބުނެލުމުން ތަމަން އެދެކުދިންނާއި ވެސް ލޯބިން ވާހަކަ ދައްކާލިއެވެ.
ކޮބާތަ ޔަޒް؟ އަދި ޝާގެ ހަޒްބެންޑް ނުވެސް ދައްކަމެއްނު..، ތަމަން ބުނެލިއެވެ.
ޔަޒްއާއި ޖޫދް އެބަހުރި މާކިން ކައިރީ..، އަންނާނެ އިރުކޮޅަކުން..، ޝަބާ ބުނެލިއެވެ.
ތަމީގެ ހަޒްބެންޑް އަހަރެމެންނަށް އިންޓްރޮޑިއުސް ވެސް ނުކޮށްދޭނަންތަ؟ ނާއިކްއަށް ބަލާލަމުން އައިޒާ ބުނެލިއެވެ.
ހެހެހެ..، މީއަހަރެންގެ ފިރިމީހާ ނާއިކް އިނގޭ..، ލަދުން ހުރެ ހީލަމުން ތަމަން ބުނެލިއެވެ.
ތަމަން އެހެން ބުނެލުމުން ނާއިކްވެސް އަމިއްލައަށް ތައާރަފް ވެލަމުން ޝަބާއާއި އައިޒާއަށް ސަލާން ކޮށްލިއެވެ.
ކުޑައިރު ކޮޅަކުން ޔަޒާންއާއި ޝަބާގެފިރިމީހާ ޖޫދް މާކިންއާއި އެކު އައިސް އެތާ ހުއްޓިލިއެވެ.
އެތައް ދުވަހެއް ފަހުން ބައްދަލް ވުމުން ވާހަކަތައްވަނީ ގިނަވެފައެވެ.
އެކިވާހަކާގައި ތިބެފައި އައިޒާމެން ޕާޓީއިން ނިކުމެގެން ދިޔައީ ޕާޓީއަށް އައި މެހުމާނުންތައް މަދުވާން ފެށުމުންނެވެ.
ފަހަރަކު ބައެއް މަދުވަމުންގޮސް އެއްކޮށް މީހުންތައް ހުސްވުވި އިރު އެތާގައި ތިބީ ދެއާއިލާގެ މީހުންނެވެ.
ޕަރީ..، ކިހިނެތްވެފަ؟ މާ ބޮޑަށް ވަރުބަލިވީތަ؟ ކޮޅަށް ހުރެ ހުރެ ފަޔަށް ތަދުވާން ފެށުމުން ތަމަން ފައިވާން ބާލާ އެއްފަރާތެއްގައި ބެހެއްޓުމުން ނާއިކް ބުނެލިއެވެ.
މާގިނަ އިރު ކޮޅައް ހުރެވުނީމަ ފަޔަށް ތަދުވީ..، ތަމަން ބުނެލިއެވެ. އާދޭ މިތާ އިށިންނަން..، ކައިރީ ހުރި ގޮނޑިއަށް އިޝާރާތް ކޮއްލަމުން ނާއިކް ބުނެލިއެވެ.
އަދިވެސް ދޮންތަމެން ދާކަށް ނޫޅޭތަ...، މިހާރު އަހަރެންނަށް އަހަރެންގެ އަންހެނުންނާއި ދުރުގަ ހުރެވޭވަރެއްވެސް ނޫން..، ލާނެތް ގޮތަކަށް ނާއިކް އެހެން ބުނެލީ ތަމަންގެ މޫނުމަތީގެ ކުލަވަރު ބަލާލަންވެގެންނެވެ.
ވަގުތުން ތަމަންގެ މޫނުމައްޗަށް އެރި ލަދުރަކި ކުލަވަރުން ނާއިކްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ދެން ހިނގާ ދާން..، އިރުކޮޅަކުން އެންމެން ދާނެ..، ގަޑިއަށް ބަލާލަމުން ނާއިކް އަނެއްކާވެސް ބުނެލިއެވެ.
ނާއިކް އެހެން ބުނެލުމުން ތަމަންވެސް އިށީނދެ އިން ގޮނޑިން ތެދުވެގެން ހިނގައިގަންނަން އުޅުނެވެ.
ދަރިފުޅުމެން ނުކައިތަ ދަނީ؟ އާދޭ އެއްޗެއް ކާލައިގެން ދާނީ..، ސީމާ އެހެން ބުނެލުމުން ތަމަން އެދިމާއަށް ހިނގައިގަތީ ނާއިކްގެ އަތުގައި ހިފާލައިގެން ހުރެއެވެ.
އާއިލާ މެންބަރުން ފަހުގެ ސަލާން ކޮށްލުމައްފަހު ވަކިވެގެން ދިއައީ ދެމަފިރިންނައްވެސް ބާއްޖަވެރި ކައިވެންޏަކަށް އެދެމުންނެވެ.
އެންމެންތައް ނިކުމެގެން ދިއުމުން ނާއިކްއާއި ތަމަން ލިފްޓަށް އެރީ މިރެއަށްޓަކާ އެހޮޓެލްގެ އެންމެމަތީގައި އެދެމަފިރިންނައްޓަކާ ތައްޔާރު ކޮއްފައިވާ ރޫމަށް ދިއުމަށެވެ.
ލިފްޓުން ނިކުމެވުމާއި އެކު ނާއިކްގެ އަތްމައްޗައް ތަމަން އުފުލާލިއެވެ. އެވަގުތުވެސް ތަމަންގެ މޫނުމަތިން ނާއިކްއަށް ފެނުނީ ލަދުވެތިކަމުގެ އަސަރެވެ.
ކޮޓަރީގެ ދޮރުހުޅުވާލުމާއި އެކު މަތިން ބިންމައްޗައް އެޅެންފެށި ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތަކުން ކޮޓަރިއާއި އެދުމަތި ފުރެމުން ދިޔައިރު ތަމަންއަށް އެމަންޒަރު ބަލަން ހުރެވުނީއެވެ.
ހާދަ ރީއްޗޭ..، މިރެއަށްޓަކާ އެކޮޓަރި ތައްޔާރު ކޮއްލާފައިވާލެއް ފުރިހަމަކަމުން ތަމަންއަށް ބުނެވުނެވެ.
އަހަރެންގެ އަންހެނުންހާރީއްޗެއްނޫން...، ތަމަން އެހެން ބުނެލިއިރު ނާއިކް ތަމަންގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ.
އަދިވެސް ތިތާ ހުންނަނީތަ؟އަދިވެސް ބޭނުންވަނީ އަހަރެންލައްވާ އިންތިޒާރު ކުރުވަންތަ؟ ދެން އަހަރެންނައް އެންމެ މިނެޓެއްވެސް އަހަރެންގެ ޕަރީއާއި ދުރުގަ ނުހުރެވޭނެ..، ނާއިކް ލާނެތް ގޮތަކައް ބުނެލިއެވެ.
އަހަރެންގެ ހާދަ ދުވަހެއްގެ އިންތިޒާރެކޭ މިރޭ ހަގީގަތަކައް މިވީ...، ނާއިކް ތަމަންގެނެސް އެ މޭތެރޭ ފޮރުވާލުމަށްފަހު ބުނެލިއެވެ.
އާކައިވެނީގެ ރެއަށް އިންތިޒާރު ކުރި ދެލޯބިވެރިންގެ އިންތިޒާރުގައި ހަގީގީ ކުލަ ޖެހުނީއެވެ.
ހަޔާތުގެ ޑައިރީއިން އާ ބާބެއް ފެށުނީއެވެ. މިރެއަށްޓަކާ އިންތިޒާރު ކުރި ލޯބިވާ އެތައް ބައިވެރިންގެ ލިސްޓައް އެދެމަފިރިންވެސް އަރައިފިއެވެ. ވަކިނުވާން މިވަގުތުވެސް އެތައްވައުދަކާއި އަހުދެއް ވެވިއްޖއެވެ.
ދިރިއުޅުމެގެ ކޮންމެ މަރުހަލާއަކާވެސް ދެމަފިރިން އެކުގައި ކުރިމަތިލާން ދެހިތްވެސް އެއްބަސް ވެއްޖެއެވެ.
ލޯބީގެ ލާމަސީލު ދޮންހިޔަލައާއި އަލިފުޅު ފަދައިން އެލޯބީގައި ނިމިދާން އެއްބަސް ވެވިއްޖެއެވެ.
އާކައިވެނީނި ރޭގެ އިންތިޒާރައް ނިމުން ގެނުވަމުން ނާއިކްގެ ދެއަތުން ތަމަންގެ މެދުހަށީގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.
އަދި އެދެލޮލުން ތަމަންގެ ރީތި ހަށީގަނޑަށް ފަރުވާ ތެރިކަމާއި އެކު ބަލާލިއެވެ. އޭރު ނާއިކްގެ އަތުތެރޭގައި ދެލޯ މަރާލައިގެން ތަމަން އޮތް އިރު އެހަށިގަނޑުގައިވެސް އެހެންޏާ ނުޖަހާ އާ ވިންދެއް ޖަހާލައިފިއެވެ.
ނާއިކްގެ ހޫނު ނޭވާ ތަމަންގެ ކަންފަތުން ކަރު ދޮށައް އެޅެން ފެށުމުން އިތުރަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އޭރު ނާއިކްއަށްވެސް އެހިތް މައިތިރި ނުވާވަރަށް ހިތުގެ ތެޅުންވަނީ ބާރުވެފައެވެ.
**
އާދުވަހަކައް އިރުއަރައިގެން އައި އިރު އިރުގެ ރަންދޯދިތައް ފުރޭނިގެން ކޮޓަރިތެރެއަށްއެޅިފައި ހުއްޓެވެ.
އުޅާހަށް ދެމިލަމުން ތަމަން ތެދުވެ އެދުމަތީ ހަމަޖެހިލިއެވެ.
ގައިމާތީ އަޅާފައިވާ ރަޖާ ގަނޑުން ހަށިގަނޑު ފޮރުވާލަމުން ނާއިކްއަށް ބަލާލިއެވެ.
އަރާމު ނިންޖެއްގެ ތެރެއަށް ގެނބިފައި އޮތް ނާއިކްއަށް ބަލާލުމައްފަހު ތަމަންއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.
ރޭގެ ހަދާންތައް ހިތަށް އައުމުން އިތުރަށް ލަދުގަންނަގޮތް ވުމުން އަނެއްކާވެސް ތަމަން ނާއިކްއަށް ބަލާލިއެވެ.
އަދި މަޑު މަޑުން ނާއިކްއާއި ގާތަށް ޖެހިލުމައްށްފަހު އެމޫނަށް ތަމަންގެ ނޭވާ އެޅޭހާ ކައިރި ވެލިއެވެ.
އެވަގުތު ނާއިކްގެ ދެއަތުން ތަމަން ގައިގައި ހިފާ ގަޔާދިމާއަށް ދަމައިގަތެވެ.
އެކަހަލަ ކަމަކަށް ނުވިސްނާ ހުރި ތަމަންގެ އަގައިން ނިކުތް ތޫލި އަޑާއި އެކު ނާއިކްގެ ގައިއްޗަށް ވެއްޓުނެވެ.
އެހެންވާނީ އަހަރެންނާ ސިއްރުން ކަންތައް ކުރަން އުޅެންޏާ..، ދެން އާދެބަލަ ތިކުރަން އުޅޭ ކަމެއް ކޮށްލަން..، ގަސްތުގައި ތަމަން ލަދުގަންނަވާލުމުގެ ބޭނުމުގައި ނާއިކް ނުނެލިއެވެ.
އެވަގުތު ތަމަންގެ މޫނުމައްޗައް އެރި ކުލަވަރުން ނާއިކްއަށް ހިނިގަނޑު މައިތިރި ކުރެވޭ ގޮތެއް ނުވިއެވެ.
**
ކައިވެނީގެ ހަދިޔާއެއް ގޮތުގައި ފައްވާޒް ނާއިކްގެ ދެމަފިރިންނައް ދިން ހަނީމޫން ޓްރިޕް ނިންމާލުމަށްފަހު ނާއިކްއާއި ތަމަން އެނބުރި މާލެ އައި އިރު ތާރާއާއި މާކިން މަންމަގެ ފަރުވާއަށް ރާއްޖޭން ބޭރުގައި ތިބެފައި އެނބުރިއައީ އެއްވެސް އުންމީދެއް ނެތިއެވެ.
ކެންސަރުގެ ފަހު ސްޓޭޖް ކަމުން އިތުރަށް ދެވޭނެ ފަރުވާއެއް ނެތީއެވެ. ދުވަސްތައް ފާއިތުވާ ވަރަކައް ސީމާގެ ހާލު ދަށަށް ދަމުން ދިޔައީ ތަމަންއާއި ތާރާގެ ލޮލުން ކަރުނަ ހިލުވަމުންނެވެ.
އެހާލުގައި ސީމާގެ ހަޔާތުން ދުވަސްތައް ފާއިތުވަމުންގޮސް އެއްއަހަރުވާން ގާތްވެފައި ވަނިކޮށް ސީމާގެ ފަހުނޭވާ ދުނިޔެއިން ދޫކުރީއެވެ.
ދަރިންގެ ފަރާތުން އެމަންމައަށް ލިބެންވީ އަޅާލުމާއި ލޯބި އެންމެ ފުރިހަމަ ގޮތުގައި އެމަންމަގެ ފަހުނޭވާއާއި ހިސާބަށްވެސް އެދެދަރިން ދީފިއެވެ.
މިއަދު އެމަންމަ ދުނިޔެއާއި ވަކިވެގެން އެދިޔައީ ހިނިތުންވުމާއި އެކުގައެވެ.
**
ގޭތެރެއަށް ވަދެގެން އައި ފައްވާޒް ސޯފާގައި އިށީނދެ ގޭތެރެއަށް ބަލާލީ ހިނތުންވެލަމުންނެވެ. އެތައް ދުވަހެއްކުރިން އޭނަ ދެކެމުން އައި ހުވަފެން ހަގީގަތަކައްވީއެވެ.
ގޭތެރެ ފަޅުފިލާނެ ކާފަ ދަރިން ލިބުނީއެވެ. އެއްވެސް އަޑެއް ނީވި ހަމަހިމޭންކޮއް އޮތް ގޭތެރެއަށް ދިރުން އައިއްސިއެވެ.
ދަރިފުޅާ ނީކް..، މިޝްކް .، އާދެބަލަ ކާފަ ކައިރިއަށް..، ފައްވާޒްއެހެން ބުނެލަމުން ސޯފާ ވަށައިގެން ދުވަމުން ދިޔަ ދެ އަހަރުގެ އަންހެން ދަރިފުޅު މިޝްކްއާއި ފިރިހެން ދަރިފުޅު ނީކް ދުވެފައި އައިސް ފައްވާޒްގެ އުނގަށް އެރިއެވެ.
ކޮޓަރިން ނިކުމެގެން އެމީހުންނާއި ދިމާއަށް އައި ނާއިކް ފެނުމާއި އެކު އަންހެން ދަރިފުޅު ފައްވާޒްގެ އުނގުން ފައިބައިގެން ނާއިކްއާއި ދިމާއަށް ދުއްވައިގަތެވެ.
ނާއިކްވެސް ދަރިފުޅާ އެން ހަމައަށް ތިރިވެލަމުން ދަރިފުޅު އުރާލުމައްފަހު ކޮލަށް ބޮސް ދިނެވެ.
ބައްޕާ ވަރަށް ގިނައިރު ވެއްޖެތަ އައިސް އިންނަތާ؟ ބަދިގެ ބައިން ނިކުމެގެން އައި ތަމަންއަށް ފައްވާޒް ފެނުމާއި އެކު ބުނެލިއެވެ.
ނޫނޭ ދަރިފުޅާ ހަމަ ދެންމެ މިއައީ..، ފައްވާޒް ހިނިތުން ވެލަމުން ބުނެލިއެވެ،
އައްސަލާމް އަލައިކުން..، ސިޓިންގްރޫމްގައި ތިބި އެންމެންނައް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. އޭރު ތިންމަހުގެ ނީރާ އުރާލައިގެން ތާރާ ގޭތެރެއަށް ވަންނަނީއެވެ . ފަހަތުން ރިމީއާއި މާކިންވެސް އައިސް ގޭތެރެއަށް ވަނެވެ.
ތާރާ ފެނުމާއި އެކު ތަމަން ތާރާއާއި ދިމާއަށް ހިނގައިގަތެވެ. އަދި ތާރާ އަތުގައި އިން ނީރާ އުރާލިއެވެ.
ނީރާ ވައްތަރީ މިޝްކުއާ ދޯ...،ތަމަން ނީރާ އުރާލައިގެން ހުރެ ލޯބި ކޮށްލަމުން ބުނެލިއެވެ.
އާން މިޝްކުއާ ނީރާ ވައްތަރީ މަންމައާއި ވިއްޔަ..، އެހެންވީމަ ވައްތަރުވާނެއްނު..، މާކިން ފައްވާޒް ކައިރީ އިށީންނަމުން ބުނެލިއެވެ. ރިމީ މާކްއާ ވައްތަރު ގޮތަށް ނީކްވެސް އަހަރެންނާ ވައްތަރީ.، މާކިން ކައިރީ އިށީންނަމުން ނާއިކް ބުނެލިއެވެ.
ދޭ ދޮންތަމެންނަން ކާންދޭން ދެން..، ބައްޕަ ނީކްއާއި މިޝްކު ބަލާނަން ..، ނީރާ މިތާ ބާއްވަންވީނު..، ފައްވާޒް ބުނެލިއެވެ.
ހިނިތުން ވެލަމުން ނާއިކް ތަމަން އަތުގައި ހިފާލައިގެން ހިނގައި ގަތް އިރު ތާރާގެ އަތުގައި ހިފާލައިގެން މާކިންއާދެއެވެ.
ހަޔާތުގެ އަނދިރި ދުވަސްތަކައްފަހު ދިރިއުޅުމަށް އަލިކަން އައިސްފިއެވެ.
ﷲގެ އިރާދަ ފުޅާއި އެކު ލޯބިވާ ދެބެންގެ ދިރިއުޅުމަށް އަނދިރި ދުވަސްތައް މިންވަރު ނުކުރައްވާށިއެވެ.،
އަދި ތާރާއާއި މާކިންގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާ..، ނާއިކް އާއި ތަމަންގެ ދިރިއުޅުންވެސް ބާއްޖަވެރި ކުރައްވާށިއެވެ. އެ އަނދިރިކަމުގެ ކަޅު ވިލާތަކުން އެދިރިއުޅުން ސަލާމަތް ކުރައްވާށިއެވެ.
ނިމުނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް