މާކިން ފެނުމާއި އެކު ތާރާ މާކިންގެ ގާތަށް ހިނގައިގަތެވެ. އޭރު ނާއިކް ހުރީ ޥާނުވާ ނޭނގޭ ގޮތަށް ބަލާށެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތޭރޭގައި ތަމަންއަށްއެހާ ބޮޑު ބަދަލެއް އައުމުންނެވެ.
ތާރާ ބިރުން ހުރެ ނާއިކްއާއި ދިމާލައް ބަލާލަމުން މާކިންއާއި ކައިރިއަށް ޖެހިލިއެވެ.
މާކް..؟ ސުވާލްގެ ނަޒަރަކުން ނާއިކްއަށް މާކިންއަށް ގޮވާލެވުނީ އެދެމީހުންގެ ގާތްކަން ފެނިފައެވެ.
ކޮންއިރެއް މިހާރު ގުޅާތާ؟ މިތަނައް އައިންސުރެ މިހޯދަނީ..، މާކިން އެއްވެސް ކަމެއް ނޭނގޭ ކަމައް ހަދާލަމުން ބުނެލިއެވެ.
އަބަދު ޝަކުވާ ކުރަމެއްނު އަހަރެންގެ އަންހެނުން ނުދައްކައިގެން...،މީ އަހަރެންގެ އަންހެނުން..، މާކިން ތާރާގެ މެދު ހަށީ ހިފާ ގަޔާ ކައިރިކޮށްލަމުން އެހެން ބުނެލީ ނާއިކްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަ ވަރަށް ބަލަން ހުރެއެވެ.
މާކިން އެހެން ބުނެލުމުން ނާއިކްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ.
ނާއިކްއަށް ވެފަ ހުރިގޮތުން މާކިންގެ ހިނި ގަނޑު ފަޅާއިގެންދިޔައެވެ. ކިހިނެއް ވެފަ ތިހިރީ..، އަހަރެން އަންހެނުންނާ ސަލާން ވެސް ނުކޮށްލާނަންތަ؟ މާކިން އެހެން ބުނެލުމުން ނާއިކް ތާރާއަށް ސަލާމައް އަތް ދިއްކޮއްލިއެވެ.
އޭރު ނާއިކްއަށް ވިސްނަންވީ ކޮންގޮތަކަށް ކަމެއްވެސް ނޭނގި ހުރެވުނީއެވެ.
ނާއިކްއަށް ވެފަ ހުރިގޮތް ފެނުމުން އިތުރަށް ތަމަންއަށް ދުރުގައި ހުންނާކަށް ފަސޭހައެއްނުވިއެވެ.
މަޑު ފިޔަވަޅު ތަކެއްގައި އައިސް މާކިންގެ އަނެއްފަރާތުގައި ތަމަން މަޑުކޮއްލިއެވެ.
މިފަހަރު އިތުރަށް ނާއިކްއަށް ސިހުމެއްލިބުނެވެ. މާކިންގެ ދެފަރާތުގައި ތިބި ތާރާއަށާއި ތަމަންއަށް ފަހަރަކު މީހަކަށް ނާއިކްއަށް ބަލާލެވުނެވެ.
މާކްގެ ވައިފް؟ ނާއިކްއަށް ދެލޯ ކުޑަކޮށްގެން ހުރެ އެހެން ބުނެލުމުން މާކިން ހިނިއައިސް ބޯޖަހާލިއެވެ.
މީ އަހަރެންގެ އަންހެނުން ތާރާ..، މީ އަހަރެންގެ އަންހެނުންގެ ކޮއްކޮ ތަމަން ..، މާކިން ހިނިއައިސް ބުނެލިއެވެ.
ދޮންތާ..، ތަމަން ތާރާއަށް ގޮވާލަމުން ނާއިކްއާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.
މީ ނިކް..، އަހަރެން ދޮންތަ ކައިރީ ކުރިން ނިކްގެ ވާހަކަ ބުނީމެންނު..، ތަމަން އެހެން ބުނުމުން ތާރާއަށް ވިސްނާލެވުނުއެވެ.
ކުރިން ތަމަން ކިޔަވަން އުޅުނު އިރު ނާއިކްގެ ފޮޓޯއެއް އެއްދުވަހު ތާރާއަށް ތަމަން ދެއްކި ހަދާން ވިއެވެ. އަދި ފަހުން އެދެމީހުންގެ ގުޅުމަށްވީގޮއްވެސް ތަމަން ތާރާއަށްކިޔައިދީފައި ވުމުން ތާރާ ނާއިކްއަށް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ.
ކުރިން ތާރާގެ މޫނުމަތީގައި ހުރި އަސަރުތައް ފިލައިގެން ދާން ނެގީ ކުޑަވަގުތުކޮޅެކެވެ.
މާކްގެ ބެސްޓްފްރެންޑް..، ؟ ކޮއްކޮގެ ބޯއީ ފްރެންޑް؟ ތާރާ މާކިންއާއި ތަމަންއަށް ބަލައިލަމުން ބުނެލިއެވެ.
ދޮންތަބެގެ ބޭސްޓްފްރެންޑްތަ؟ ތާރާ އެހެން ބުނެލުމުން މިފަހަރު ތަމަންއަށްވެސް ނާއިކްއަށް ބަލައިލަމުން ބުނެލެވުނެވެ.
އަހަރެންގެ ބެސްޓްފުރެންޑް ..، މިހާ ދުވަސްވީއިރު އަހަރެންނައް އަންހެނުންވެސް އެދައްކާލީ އަދި..، ނާއިކް ތަމަން އެހެން ބުނެލުމުން ބުނެލިއެވެ.
އަހަރެން އަސްލު އުޅުނީ ނިކް އަށް ތާރާ އިންޓްރޮޑިއުސް ކޮއްދޭން..، އެކަމަކު ލައިފްގަ ކަންތައްތައް ދިމާވިގޮތުން ފަހުން އަހަރެމެން ދެމީހުންނައްވެސް މަދު ފަހަރަކު ނޫނީ ދިމާ ނުވެވޭ..،ދެން އަނެއްކަ އެހާ ދުވަސްފަހުން އަހަރެންނައް ނިކް ފެނުން އިރު ނިކްއަށް ވެފަ ހުރިގޮތުން އިތުރުކަމަކާ ނިކްއަށް ނުވިސްނޭކަން އަހަރެންނައް އެގުނު..، އެހެންވެ އަސްލު މިހެން ދިމާވީ..، މާކިން ބުނެލިއެވެ.
އަހަރެންނަށް ވަރައްފަހުން އެނގުނީ ތަމީއާއި ނިކް ރައްޓެހިވެގެން އުޅުނުކަން ..، އެދުވަހު އަހަރެން ނިކްއަށް ގުޅީ އެވަގުތު ހުރިހާ ވާހަކައެއް ކިޔައިދޭން..، އެކަމަކު އޭރު ނިކް ހުރީ އެކޮޅައްދާން އެއާޕޯޓްގަ..، އެހެންވެ އެވަގުތު ނިކްއަށް ވާހަކަ ނުދެއްކުނީމަ އަހަރެން ނިންމީ ނިކް އަންނަހާ އަވަހަކައް ތިދެމީހުން ދިމާކުރުވަން ..، މާކިން ބުނެލިއެވެ.
" އަހަރެންނައް ނޭނގެ ނިކްއަށް ސުކުރު އަދާ ކުރާނެ ގޮތެއްވެސް އެކަހަލަ ތަނަކުން ނޭގިނަމަވެސް އަހަރެންގެ ކޮއްކޮ ސަލާމަތް ކޮއްދިނީތީ..، މާކިންގެ ވާހަކަ ނިމުމުން ތާރާ ނާއިކްއަށް ބަލަން ހުރެ ބުނެލިއެވެ.
އެދުވަހު އަހަރެން އެގޮތަށް ކަންތައް ކުރީ އިންސާނިއްޔަތުކަމައް..، އެދުވަހު އެއީ އާޝާކަން އަހަރެންނައް އެގުންނަމަ އަހަރެންއަތުން ދާނިޔަލްގެ ދުވަސް ދުއްވައިލެވުނީސް..،ނާއިކް ބުނެލިއެވެ.
އެދުވަހުން ފެށިގެން މިއަދާ ހިސާބައްވެސް އާޝާއަކީ އަހަރެންގެ އަތްންބެއް..، ނާއިކް އެހެން ބުނެލުމުން ތަމަން ނާއިކްއަށް ބަލާލިއެވެ.
އަހަރެން މިއަދު ވަރަށް އުފާވެއްޖެ..، އެއްކޮޅުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ..، އަނެއްކޮޅުންއަހަރެން ލޯބިވާ ކޮއްކޮ...، މިހާރު އަހަރެން އެންމެ ދެކޭހިތްވާ ދުވަހަކީ ތިދެމީހުން އެކީގަ އުޅޭނެ ދުވަހެއް..، މާކިން ބުނެލިއެވެ.
ދޮންތަވެސް ބޭނުންވަނީ ކޮއްކޮ އަބަދުވެސް އުފަލުގަ ހުންނަން..، ވީ އެންމެ އަވަހަކައް އަލުން ތިކައިވެނި ކުރަން ދޮންތަ ބޭނުންވަނީ..، ތާރާވެސް ބުނެލިއެވެ.
ތާރާއާއި މާކިންގެ ވާހަކަ އަޑުއަހަން ހުރި ނާއިކްއަށް ތަމަންގެ މޫނައް ބަލާލެވުނެވެ. އޭރު އެމޫނުމަތީގައިވި ހުރިހާ ހިތާމައެއްފިލާ މޫނުމަތީގައިވަނީ މަޑު ހިނިތުންވުމެކެވެ.
**
ނިދާ ހޭލައިގެން ކޮޓަރިން ނިކުމެގެން އައިސް ކާބަޔަށް ނާއިކް ވަދުން އިރުވެސް ލޯ ހޯދަމުންދިޔައީ ފައްވާޒް އެވެ.
އޭރު އެމޫނުމަތިން ކަމަކާ ހާސްވެފައި ހުރި އަސަރުތައް ފެންނަން ހުއްޓެވެ. އިރު އިރުކޮޅާ ނާއިކްގެ މޫނަށް ހަދީޖާ ބަލާލައެވެ.
ހިމޭންކަން ހިޔާރުކޮއްގެން އެއްވެސް އެއްޗެއް ނުބުނެ ހަދީޖާއަށް ހުރެވުނީ ކުޑަ އިރުކޮޅަކުއެވެ.
ދަރިފުޅާ..، ކިހިނެއްވެފަ؟ ނާއިކް ކުރާ ހިތާމަ އެނގޭއިރުވެސް ހަދީޖާ އަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.
ދައްތާ ..، ބައްޕަ ކޮބާ؟ ހަދީޖާ އެހެން ބުނެލުމުން ނާއިކް ބުނެލިއެވެ.
ހޮސްޕިޓަލަށް ދިޔައީ..، މިއަދު ބޭސް އެޅީމަ ނިމުނީއޭ ބުނީ..، މިހާރު ދިޔަތާ ވަރަށް އިރު ވެއްޖެ އިރުކޮޅަކުން އަންނާނެ ..، ހަދީޖާ އެހެން ބުނެލުމުން ނާއިކް ގޮނޑިން ތެދުވެ ހިނގައިގަތެވެ.
ދަރިފުޅު ނުކައިތަ ދަނީ؟ ނާއިކް ތެދުވެގެން ހިނގައި ގަތުމުން ހަދީޖާ ބުނެލިއެވެ..
ކާހިތެއް ނެތް. ނާއިކް އެހެން ބުނެ ސިޓިންގްރޫމް ސޯފާއާއި ދިމާއަށް ހިނގައިގަތެވެ.
ކޮންމެ ގޮތެއް ހަދާފައިވިޔަސް މިއަދު ބައްޕައާއި އެވާހަކަ ދައްކަން ނާއިކް ބޭނުމެވެ. ދެވަނަ ފަހަރަށް އޭނަގެ ހަޔާތުން އާޝާ ގެއްލޭކަން އެހިތަކައް ކެތެއްނުވާނެވެ.
ހަދީޖާ..،!! އެކި ވިސްނުންތަކަށް ގެއްލި ފައި އޮތް ނާއިކް ސިހުނީ ފައްވާޒްގެ އަޑުންނެވެ.
އެއަޑު އިވުމާއިއެކުބަދިގެ ތެރެއިން ނިކުމެގެން ހަދީޖާ އެދިމާލައް ހިނގައިގަތެވެ،
މިއަދު ހަވީރަށް ތަންކޮޅެއް ރަގަޅަށް ސައި ހަދާލައްޗޭ..، މިއަދު މިގެއަށް ކުއްޖެއް އަންނާނެ..، ދަރިފުޅާ ދަރިފުޅުވެސް އެގަޑި ބޭރަށް ނުދައްޗޭ..، ބައްޕަ ބޭނުން އޭނައާއި ދަރިފުޅާ ދިމާވާން..،ފައްވާޒް ވަރަށް ހަމަޖެހިލައިފައި އެހެން ބުނުމުން އަނެއްކާޥެސް ނާއިކް ބޮލުގައި ރިއްސާލާ ގޮތްވިއެވެ.
ބައްޕާ..، އަހަރެން ބޭނުން ބައްޕައާއި ވާހަކަ އެއް ދައްކާލަން..،ވަގުތުގެ ބޭނުން ހިފައި ނާއިކް އަވަސް އަވަހައް ބުނެލިއެވެ،
ކިހިނެއްވީ..،؟ނާއިކް އެހެން ބުނެލުމުން ފައްވާޒް އައިސް ނާއިކް ކައިރީ އިށީދެލަމުން ބުނެލިއެވެ.
ބައްޕާ ..، އަހަރެން ބައްޕަ އެދޭ ކޮންމެ ކަމެއްވެސް ކުރާނެ ކަން ބައްޕައަށް އެނގޭނެ..، ކުރިންވެސް އަހަރެން އެންމެ ލޯބިވާ މީހާ ދޫކޮއްލާފަ ބައްޕަ ބުނީމަ އަހަރެން އެވްލިންއާއި އިނީ.، އަހަރެން މިހާރު ބޭނުންވަނީ އޭނައާއި އިންނަން..، ބައްޕަގެ ކުރިމަތީގައި ނާއިކްއަށް އެވާހަކަ ދައްކަން ފަސޭހަ ނުވިޔަސް އިތުރައް އާޝާއާއި ދުރުގައި އެންމެ ދުވަހެއްވެސް ހުރުމަށް އެހިތްނޭދެއެވެ
ދަރިފުޅާ..، ދިރިއުޅުމަކީ އެހާ ފަސޭހަ ކަމެއްނޫން..، ކޮންމެ ކޮންމެ މީހަކާ އިނދެގެން ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ..، ބައްޕަ ދަރިފުޅަށް ވަރައް ރަނގަޅު ކުއްޖެއް ހޯދައިފިން..، ބައްޕައަށް އެނގޭ ބައްޕަގެ އުފަލަށް ދަރިފުޅު ދެކޮޅު ނުހަދާނެކަން..، ބައްޕަ މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ ދަރިފުޅަށް ވިސްނާފަ.. ފައްވާޒް އެހެން ބުނެލުމުން ނާއިކްއަށް އިސް ޖަހާލެވުނެވެ..،
ބައްޕަ ނުގަބޫލަސް މިފަހަރު އަހަރެން އިތުރު މީހަކާ އިންނާކަށް ބޭނުމެއްނޫން..،އިތުރު އެއްޗެއް ބުނަން ފައްވާޒްއަށް ފުރުސަތެއްވެސް ނުދީ ނާއިކް ހިނގައިގަތެވެ.
**
ހަވީރުވެގެންއައި އިރު އިރުގެ ރަން ދޯދިތައް މާލޭގެ އުސް އިމާރާތްތަކުގެ ކުރިއަށް އެޅިފައި ހުއްޓެއެވެ. ކުޑަ ދޮރުކައިރީ ހުރި ނާއިކްގެ މޫނުމަތީގައިވަނީ ހިތާމަވެރިކަމެއެވެ.
އޭނަގެ އުފަލާއި މެދު ބައްޕަ ނުވިސްނަނީ ކީއްވެ ހެއްޔެވެ. ކުރިންވެސް ބައްޕަދެއްކި މީހަކާއި އިނދެގެން ކަންތައް ވީގޮތް އެނގޭއިރުވެސް ދެވަނަ ފަހަރައްވެސް އެގޮތައް ބައްޕަ ބޭނުންވުމުން އެއްވެސް ވަރަކައް އެހިތުގައި އެދަރިފުޅާއި މެދު ރަހުމެއްނުވާކަން މިއަދު ނާއިކްއަށް ވިސްނިއްޖެއެވެ.
ބޮލުގައި އަތްހާކާލަމުން ނާއިކް ކޮޓަރިތެރޭ ދެކޮޅައް ހިނގަންފެށިއެވެ.
ހަމަ އެވަގުތު ކޮޓަރީ ދޮރުގައި މީހަކު ޖަހާލުމުން ސިހިފައި ނާއިކް ދޮރާ ދިމާއަށް ބަލާލިއެވެ.
ދަރިފުޅާ..، ފައްވާޒް ދޮރުގައި ޖަހާލަމުން ނާއިކްއަށް ގޮވާލުމުން ކުޑައިރުކޮޅަކު މަޑުކޮއްލުމައްފަހު ނާއިކް އައިސް ދޮރު ހުޅުވާލިއެވެ.
އެއްޗެހި ބަދަލް ކޮއްލައިގެން އާދެބަލަ..، އެމަންޖެ އައިސް އެބައިން..، ބައްޕަ ވަރަށް ކިޔައިގެން އޭނަ މިއަދު އަންނަން އެއްބަސްވީވެސް..، ބައްޕަ ބުނީމެން ބޯ ފަޅައިގެން ދިޔަ ދުވަހު އެހީވި މަންޖެއެއްގެ ވާހަކަ..، ފައްވާޒް އެހެން ބުނެލުމުން ހިތާ ދެކޮޅައްވެސް ނާއިކް މިދަނީއޭ ބުނެލިއެވެ.
ނާއިކް އެހެން ބުނެލުމުން ފައްވާޒް ދޮރުން ނިކުންނަންހިނގައިގަތެއެވެ.
އަދި ނާއިކް ނިކުންނަންދެން ސޯފާގައި އިށީންދެލައިގެންއިން ތަމަންއާއި ޖެހިގެން އިން ސޯފާގައި އިށިނެވެ.
އެބައާދޭ..، ދެކުދިން ވާނެ ރަހުމަތްތެރިވާން..، ތަމަންއަށް ބަލާލަމުން ފައްވާޒް ބުނެލިއެވެ.
ހަދީޖާ ނުނިމޭތަ ؟ އަވަސްކޮށްލާ..، ފައްވާޒް ހަދީޖާއަށް ގޮވާލަމުން ބުނެލިއެވެ.
ނިމިއްޖެ ..، އަވަހައްއާދޭ..، ތަމަން ފެނުނު ވަގުތުންފެށިގެން ހަދީޖާގެ މޫނުމަތީގެ ކުލަވަރުވެސް ވަނީ ބަދަލް ވެފައެވެ. ކުރިން ފައްވާޒް ދެއްކި ވާހަކައިން ނާއިކްއާއި މެދު ވިސްނި ދެރަވި ނަމަވެސް މިއަންހެންކުއްޖާ ފެނުނުފަހުން ހަދީޖާގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެވެ.
އެންމެންނާއިވެސް ގުޅޭ ކަހަލަ މިޒާޖެއްގެ އެއަންހެންކުއްޖާގެ މޫނުމަތިން އެކުއްޖާގެ ސިފަޔާ އެއްވަރަށް އަހުލާގް ރަގަޅުކަންވެސް ކޮންމެމީހަކައްވެސް އެނގޭނެއެވެ.
ފައްވާޒް މާބޮޑަށް އާދޭސް ކުރަންފެށުމުން އެކަމަށް ނޫނެކޭ ބުނާކަށް ނުކެރުނެއެވެ. އެގެއަށް އަންނަމުން ނާއިކްއަށް ގުޅާފައި އެވާހަކަ ނުބުނީވެސް އެކަމާ އޭނަ ހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ.
ކޮޓަރިން ނިކުމެގެން ނާއިކް ހިނގާފައި އައި އިރު އެމޫނުމަތީގައިވާ ފޫހިކަން ބަލައިލާ ކޮންމެ މީހަކަށްވެސް ފާހަގަވާވަރުވާނެއެވެ.
އަނހާ މިއޮތް އައީނު..، ނާއިކް އައިސް ތަމަންގެ ފުރަގަހަށްވާގޮތައް ހުއްޓިލީ އެއަންހެން ކުއްޖާއަށް ބަލަންވެސް ބޭނުންނުވާތީއެވެ.
ބައްޕާ އަހަރެންނައް އާޝާ ނޫން މީހަކާ އެކު ދިރިއެއްނޫޅެވޭނެ..، އަހަރެންނަށް އެހެން މީހަކާއި އިންނަން މަޖުބޫރު ނުކުރޭ..، ނާއިކްއަށް އިތުރު ގޮތެއްނެތުމުން އެގޮތައް ކަންތައްކުރީ އެކުއްޖާއަށް އޭނަ އެކަމާ ގަބޫލް ނޫންކަން އަންގަން ވެގެންނެވެ.
ނާއިކްގެ އަޑު އިވުމުން ތަމަންއަށް ސިހިފައި ބަލާލެވުނެއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް