ކެތްކުރާނަން އުންމީދުގާ – ފަސްދޮޅަސް ހަތަރުވަނަބައި

ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ...

07 Feb 2019 | 05:52
 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި | ފަންސާސް ހަތަރުވަނަބައި | ފަންސާސް ފަސްވަނަބައި | ފަންސާސް ހަވަނަބައި | ފަންސާސް ހަތްވަނަބައި | ފަންސާސް އަށްވަނަަބައި | ފަންސާސް ނުވަވަނަބައި | ފަސްދޮޅަސްވަނަބައި | ފަސްދޮޅަސް އެއްވަނަބައި | ފަސްދޮޅަސް ދެވަނަބައި | ފަސްދޮޅަސް ތިންވަނަބައި

ކުރީގެ އަދަދާއި ގުޅޭ

ބައްޕާ އަހަރެންނައް އާޝާ ނޫން މީހަކާ އެކު ދިރިއެއްނޫޅެވޭނެ..، އަހަރެންނަށް އެހެން މީހަކާއި އިންނަން މަޖުބޫރު ނުކުރޭ..، ނާއިކްއަށް އިތުރު ގޮތެއްނެތުމުން އެގޮތަށް ކަންތައްކުރީ އެކުއްޖާއަށް އޭނަ އެކަމާ ގަބޫލް ނޫންކަން އަންގަން ވެގެންނެވެ.

ނާއިކްގެ އަޑު އިވުމުން ތަމަންއަށް ސިހިފައި ބަލާލެވުނެއެވެ.

އަދި ހައިރާންކަމާއި އެކު ސޯފާއިން ތެދުވެވުނީ ނާއިކްއަށް ބަލަން ހުރެއެވެ.

ނިކް...!! ތަމަންގެ އަނގައިން ބޭރުވި ޖުމްލައިން އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ.

ފަހަތަށް އެބުރިލި ނާއިކްއަށްވެސް ހުއްޓުން އަރާފައި ހުރި ތަމަން ފެނުމުން ސިހުނެވެ.

ތަމަން .، މީ އަހަރެންގެ ދަރިފުޅު ..، ހިނގާ ދެން ސައިބޯންދަމާ..، ތަމަން އަށް ވެފައި ހުރިގޮތުން ފައްވާޒް ހީކުރީ ނާއިކް ބުނި ޖުމްލައިން ތަމަންއަށް ވީ ގޮތެއްކަމަށެވެ. އެހެންވެ އަވަހަށް ނާއިކްއާއި ދުރަށް ދާން ފައްވާޒް އަވަސް އަވަހަށް ބުނެލިއެވެ. އޭރު އެމޫނުމަތިން ނާއިކް ދެކެ ރުޅި އައިސް ހުރިކަން ފެންނަން ހުއްޓެވެ.

ތަމަންއަތުގައި ހިފާލަމުން ފައްވާޒް އަވަހަށް އެތަނުން ދުރަށްދާން ހިނގައިގަތް އިރުވެސް ތަމަންއަށް ނާއިކްއަށް ބެލެނީއެވެ،

ބައްޕާ..، !! އެމީހުންގެ ފަހަތުން ހިނގައިގަތްގަނަމުން ނާއިކް ގޮވާލިއެވެ. އެއާއި އެކު ތަމަންއާއި ފައްވާޒަށް އެކު އެކީ ކަހަލަ ގޮތަކަށް ނާއިކްއާއި ދިމާއަށް އެއްފަހަރާ ބަލާލެވުނެވެ.

މީތަ ބައްޕަ އަހަރެން އިންނަން ހޯދި ކުއްޖަކީ..، ނާއިކް އެހެން ބުނުމުން ތަމަން ދެލޯ ކުޑަކޮށްގެން ބަލަން ހުރީ ވާނުވާ ނޭނގިއެވެ.

އަހަރެން ތިކައިވެނި ކުރަން ހިތުން ރުހުމުން ގަބޫލް...، ނާއިކް އެހެން ބުނުމުން ފައްވާޒް މޫނުމަތި އަލިވެގެން ދިޔަ މަންޒަރު އެވަގުތު އޭނައަށް ބަލަން ހުރި މީހަކައްވިއްޔާ ފާހަގަ ވާނެއެވެ.

ވަގުތުން ނާއިކްއާއި ދިމާލައް ފައްވާޒްއަށް ހިނގައިގަނެވުނެވެ.

ބައްޕައަށް އޭރުވެސް އެނގޭ ބައްޕަ ބޭނުންކަމަކަށް ދަރިފުޅު ދެކޮޅު ނުހަދާނެކަން .. ދުވަހަކުވެސް މައިންބަފައިން ދަރިންނަށް ދެރަގޮތެއް ނަހަދާނެ..، ދަރިފުޅު ބޭނުންވާ މީހާ ކިހިނެއް އެނގެނީ އެއީ ދަރިފުޅުގެ މުއްސަދިކަމަށް އުޅޭ މީހެއް ނޫންކަމެއް..، ބައްޕަ ދަރިފުޅަށްވިސްނާތީ މިހުރިހާ ކަމެއް ވެސް މިކުރަނީ...، މި އަންހެން ކުއްޖާ ވަރުގެ އަހުލާގް ރަގަޅު ކުއްޖެއް ބައްޕަ ހަޔާތުގައިވެސް ނުދެކެން..، ތަމަންއާއި ދުރަށް ނާއިކް ގޮވައިގެން ހިނގައިގަންނަމުން ފައްވާޒް ވާހަކަ ދެއްކީ އެއަޑު ތަމަންއަށް ނީވޭ ވަރަށެވެ.

ބައްޕަ މިއަދު ވަރަށް ވަރަށް އުފާވެއްޖެ..، ފައްވާޒް އަނެއްކާ ވެސް ބުނެލިއެވެ.

އާޝާ..،!! ފައްވާޒް އެހެން ބުނެލުމުން ނާއިކް ފަހަތައް އެނބުރި އަތުން އެކޮޅައް އަންނަން ހަނާއަޅާލަމުން ގޮވާލިއެވެ.

ދަރިފުޅު ދަންނަންތަ؟..، ފައްވާޒް ސުވާލްގެ ނަޒަރަކުން ނާއިކްއަށް ބަލައިލަމުން ބުނެލިއެވެ

ނާއިކް ގޮވާލުމުން ތަމަން މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. އަދި އައިސް ނާއިކް އާއި ކައިރީ ހުއްޓިލިއެވެ.

ބައްޕާ ..، މީ އަހަރެން އިންނަން ބޭނުންވެގެން އެންމެ ފުރަތަމަ ދުވަހުވެސް ބައްޕަ ކައިރީ ބުނި ކުއްޖަކީ..، މިއަދާ ހިސާބަށްވެސް އަހަރެން ހަމައެކަނި ބޭނުންވި އަންހެން ކުއްޖަކީ މީ..، ނާއިކް ފައްވާޒް ގެ މޫނައް ބަލަން ހުރެ ބުނެލިއެވެ.

ނާއިކް ވާހަކަ ދެއްކި އިރު އެވާހަކަ ގަބޫލް ކުރަންވެސް ދަތިވެފައި ފައްވާޒަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

މިއީ ކޮންކަހަލަ އިއްތިފާގެއް ހެއްޔެވެ.ވިސްނުމައް ގެއްލިފައި ފައްވާޒް ހުރި އިރު އިސްނަގާ އެމީހުންނައް ބަލައިލާނެ ހާ ހިތްވަރެއްވެސް ނުލިބުނެވެ.

ބައްޕާ..، އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން އެހެން ކައިވެންޏެއް ނުކުރަން ބައްޕަ ކައިރީ އާދޭސް ކުރީ މިއަންހެން ކުއްޖާއަށްޓަކާ..، ނާއިކް ފައްވާޒް އަށް ބަލަން ހުރެ އެހެން ބުނެލީ ވަރަށް އަސަރާއިއެކު ގައެވެ.

ދަރިފުޅާ ބައްޕައަށް މާފް ކުރޭ..، ކުއްވެރި ކަމުގެ އިހުސާސް ކުރެވުމުން ފައްވާޒް ބުނެލިއެވެ.

ބައްޕަ އާޝާ ކައިރިން މާފަށް އެދޭ..، އަހަރެންގެ ސަބަބުން އާޝާގެ ދިރިއުޅުމަށް ވަރަށް ގިނަ ކަންތައް ތަކެއް ކުރިމަތި ވެއްޖެ.

އެދުވަހު ހޮޓެލްގެ ކަންތަކާ އަހަރެންނައް މާފުއްޓަށް ނުދެވުނު ނަމަ ނޭނގެ ވާނެ ގޮތެއްވެސް.، އެދުވަހު އަހަރެންނަށް އާޝާއަކީ ކާކކަން ނޭގިވިޔަސް އެތަނުން ސަލާމަތް ކުރެވުނު ކަމައްޓަކާ އަހަރެން ސުކުރުވެރިވަން..،

އެދުވަހުން ފެށީގެން މިއަދާ ހިސާބައްވެސް އާޝާއަކީ އަހަރެންގެ އަތްންބެއް..، ނާއިކްގެ ވާހަކައިގެ ފަހު ޖުމްލަ އަޑު އިވުމުން އަނެއްކާވެސް ފައްވާޒްއަށް އިތުރު ސިހުމެއް ލިބުނެވެ.

ފައްވާޒް އެހެން ބަލަހައްޓައިގެން ހުރުމުން ނާއިކް އަނެއްކާ ވެސް ވާހަކަ ފެށިއެވެ.

ހުރިހާ ކަމެއް ފައްވާޒްއަށް ކިޔައިދީ ނިމުނު އިރު ނާއިކްގެ ދެލޮލުން ކަރުނަ ވިދައެވެ.

ދެބަފައިގެން ވާހަކަ އަޑުއަހަން ތަމަން ހުރީ އެއްވެސް އެއްޗެއްނުބުނެ އިސްޖެހި ގޮތަށެވެ.

ދަރިފުޅާ..، ބައްޕައަށް މާފްކުރޭ..، އެންމެ ފުރަތަމަ ދުވަހުވެސް ބައްޕައަށް ތިކަމާ އެއްބަސް ވެވުނު ނަމައޭ ބައްޕަ ހިތަށް އަރާ..، ތިކަހަލަ އަހުލާގް ރަނގަޅު ކުއްޖެއް ބައްޕަ ހަޔާތުގައިވެސް ނުދެކެން..، ބައްޕައަށް މާފްކުރޭ ދަރިފުޅާ..، ދެއަތް އުފުލައިލަމުން ފައްވާޒް ތަމަންގެ ކުރިމައްޗައް އަރާ އިސްޖަހާލަމުން ބުނެލިއެވެ.

ބައްޕާ..، އަހަހަރެން ހިތުގަ ބައްޕައަށް އެއްވެސް އެއްޗެއް ނެއް.، ތަމަން ފައްވާޒް ދެއަތުގައި ހިފަމުން ބުނެލިއެވެ.

ދަރިފުޅާ..، ބައްޕައަކީ ވަރައް އަމިއްލަ އެދުން ބޮޑު މީހެއް..، މި ބައްޕަގެ ދެލޮލުން އޭރު ބައްޕަގެ ދަރިފުޅު އުޅުނު ގޮތް ފެނުނު އިރުވެސް އެއިން އެއްވެސް ކަމެއް ފެންނަ ކަމައް ހަދާވެސް ނުލާ އުޅުނީ..، އެތައް ރެއަކު ނުނިދިގެން ބޭރަށް ނިކުމެ އެކަމާ ވިސްނަން އިންނަ ތަން ފެނުނު އިރުވެސް ފެންނަ ކަމަށް ހަދާނުލި..، އެކައިވެނިން އެދަރިފުޅައް އުފަލެއް ނުލިބޭ އިރުވެސް މަޖުބޫރު ކުރީ.. މިއަދު ބައްޕައަށް މާފު ހައްގު ނޫންކަން ބައްޕައަށް އެނގޭ..، ދަރިފުޅު ދެކެ ނާއިކް ވަރަށް ލޯބިވޭ..، ބައްޕައަށް އެނގޭ އެކަން ..،ދަރިފުޅު ބައްޕައަށް މާފް ކުރޭ..، ފައްވާޒްގެ ވާހަކަ ދައްކަމުން ދިޔައިރު އަޑުވެސް ދިޔައީ ބެދެމުންނެވެ. އެހާވެސް މިވަގުތު އޭނަވަނީ އެކަމާ ހިތްދަތިވެފައެވެ.

ބައްޕާ ..، އަހަރެން ހިތުގަ ނިކްއަށްވެސް ބައްޕައަށްވެސް އެއްވެސް ހިތް ބުރަކަމެއް ނެތް..، އަހަރެންނަށް ނިކްއަށް އެހެން ހެދުނީމަ ވަރަށް ދެރަވޭ...،ތަމަންވެސް ދެރަވެލާފައި ބުނެލިއެވެ،

ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އަލުން ދަރިފުޅުމެން ދެކުދިން ކައިވެނި ކުރަން..، މިހާރު ބައްޕަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެއީ..، ކައިވެނީގެ ހުރިހާ ކަމެއް ބައްޕަ ހަވާލް ވާނަން ..، މިއަދުން ފެށިގެން އަވަހަށް ކައިވެނީގެ ކަންތައް ކުރިޔައް ގެންދޭ..، ފައްވާޒް ލޯތްބާއި އެކު ނާއިކްއަށް ބުނެލިއެވެ.

ފައްވާޒް އެހެން ބުނެލުމުން ކަރުނައިގެ ތެރެއިން ތަމަންއާއި ނާއިކްގެ ތުންފަތްމައްޗައް ހިނިތުން ވުމެއްވެރިވެގެން ދިޔައެވެ.

**

ފާއިތުވެގެން ދާ ކޮންމެ ދުވަހެއްވެސް ފެށިގެން ދިޔައީ ތަމަންއާއި ނާއިކްއަށް އެތައް އުންމީދުތަކެއް ކުރުވަމުންނެވެ. ކައިވެނި ކުރަން އެންމެ ފަހުގެ ތައްޔާރީތައްވަމުން ދިޔައިރު ދެހިތުގެ ހިނގުން އަވަސް ވަމުންދިޔައެވެ.

ކައިވެނީގެ ހުރިހާ ކަމަކާ ހަވާލްވެގެން ފައްވާޒް އުޅުން އިރު އެންމެ ގާތުގައި މާކިންވެސް ހަރަކާތް ތެރިވަމުންދިޔައެވެ.

ކޮންތަނެއް މިހާރު ޕާޓީ ބާއްވަން ފައިނަލް ވީ؟ ތަމަންއާއި އެކު ގޭތެރެއަށް ވަދެގެން އައި ނާއިކް ފެނުމުން މާކިން ބުނެލިއެވެ.

ބައްޕަ ބޭނުންވަނީ އަހަރެމެން ބޭނުންތަނެއް..، އަހަރެން މިވިސްނަނީ ހޮޓެލް ތިރީބައިގައި ބާއްވަން ..،ވަރަށް ބޮޑު ޖާގަ އެބައޮތެއްނު..، އާޝާވެސް ބޭނުންވަނީ އެގޮތް..، ސޯފާގައި އިށީންނަމުން ނާއިކް ބުނެލިއެވެ.

އާން ..،އެތަން ސަޅިވާން..، ރިމީ އުނގަށްލަމުން މާކިން ބުނެލިއެވެ.

ކޮބާ ދޮންތަ؟..، ތަމަން އެނބުރިލަމުން ގޭތެރެ ހޯދާލާ ގޮތައް ބުނެލިއެވެ.

ވެއްޖެ ބަދިގޭގަ..، މާކިން ބުނެލިއެވެ.

ދޮންތާ !! ފެންތައްޓެއް ގެނެސްދީބަ ..، ވަރަށް ކަރު ހިތްކައިގެނެއްޖެ..، އެވަރަކައް ނޫނޭ ހިނގުނީ..، ހާދަ އަވިގަދައޭ.،.، މެންދުރު ބޭރަށް ނިކުމެލީމަ އެނގެނީ ހޫނު ގަދަ ވަރު..، ތަމަން ތަންކޮޅެއް ބާރައް ތާރާއަށް ގޮވާލުމައްފަހު މާކިންއަށް ބުނެލިއެވެ.

ކުޑައިރުކޮޅަކުން ދެތަށި ޖޫހާއި ދެ ފެންތަށި ހިފައިގެން ތާރާ އައިސް ތަމަންމެން ގާތު ސޯފާ ކައިރީ މަޑު ކޮށްލުމަށްފަހު ނާއިކްއާއި ތަމަންއަށް ޖޫސް ތަށި ދިއްކޮއްލިއެވެ.

ދެން ކޮއްކޮ ބޭނުންވާކަހަލަ ބޫޓެއް ލިބިއްޖެތަ؟ ތާރާ ބުނެލިއެވެ.

ނުލިބޭ އަދިވެސް..، ފައި ތިލަ އެހާ ކުޑަ..، އެންމެ ހޯދަން އުދަގޫ ސައިޒް ވިއްޔަ..، ނާއިކް ދިމާކޮއްލާ ގޮތައް ބުނެލިއެވެ.

ހެވޭ ތިހެން ކިޔަސް ފެންނަންދެން ނިކް ޖެހޭނީ އަހަރެންނާއި އެކު އަވިގަނޑުގަ ދުވަން ހަމަ..، ތަމަން ނާއިކްއަށް ބަލާލަމުން އެހެން ބުނެލުމުން އެންމެން ހޭންފެށިއެވެ.

އައްސަލާމް އަލައިކުމް..، އެންމެން ހޭންތިއްބައި ގޭ ދޮރުމަތިން މީހަކު ސަލާން ގޮވާލުމުން މާކިން ސަލާން ބަލައިގަންނަމުން ކުރިއަށް ހިނގައިގަތެވެ،

ވަސީމްއާ ބައްދަލު ވެދާނެތޯ؟..، ދޮރުމަތީގައި ހުއްޓިލައިގެން ހުރި އަންހެން މީހާ ބުނެލިއެވެ.

މިވަގުތު ގޭގަ ނޫޅުއްވާ ..، މާކިން ވަރަށް އަދަބުވެރިކަމާއި އެކު ބުނެލިއެވެ.

އަހަރެން ވަސީމް އަންނަން ދެން މިގޭގައި މަޑުކޮއްލެވިދާނެތޯ..، ވަރަށް ހާލުން މިގެ މި ހޯދީ ..، އެއަންހެން މީހާ ބަލި އަޑަކުންބުނެލިއެވެ.

ލައްބަ އާދޭ އިށީންނަން..، މާކިންއާއި އެކު އެންހެން މީހާ ސޯފާއާއި ދިމާއަށް ހިނގައިގަތެވެ.

ޖޫސްތަށި ބޯލުމަށްފަހު ތަށި ބަހައްޓަމުން ތަމަން ގޭތެރެއަށް ވަދެގެން އެދިމާއަށް އަންނަ މާކިންއަށް ބަލައިލިއެވެ.

އެވަގުތު ތަމަންއަށް ސިހުމެއް ލިބުނެވެ. އެއަންހެން މީހާއަށްވެސް ތަމަން ފެނުމާއި އެކު ހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ. އަދި އިސްޖަހާލީ ތަމަންއަށް ބަލާނެހާ ހިތްވަރު ނެތުމުންނެވެ.

ތަމަން ބަލަހައްޓައިގެން އިންގޮތް ފެނުމުން ނާއިކްއަށް ވެސް އެދިމަ ބަލާލެވުނެވެ، އޭރު ތާރާވެސް އެމީހާއަށް ބަލަހައްޓައިގެން އިނެވެ.

މަންމާ..............،

ނުނިމޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް