ކޮއްކޯ ....، ކޮއްކޯ..، ކޮއްކޮއަށް އެއްވެސް ގޮތެއްނުވާނެ...، ނިދާފައި އޮތް ތާރާ ކުއްލިއަކައް ތަމަންއަށް ގޮވަމުން ފުންމައިގެން ތެދުވިއެވެ. ނިދިނިދި ހުރި މާކިންއަށްވެސް ސިހިފައި ފުންމައިގެން ތެދުވެވުނެވެ.
ކޮއްކޮ ސަލާމަތްކޮށްދީ...، ތަމީ ،،،..، ތަމީ ކޮއްކޮއަށް އެއްވެސް ގޮތެއްނުވާނެ..، ތާރާ ގިސްލަމުން ބުނެލިއެވެ.
ކިހިނެތްވީ ..، ބޭބީ..، މާކިން ފުންމައިގެން ތެދުވެ ތާރާ ގައިގައި ބައްދާލަމުން ހާސްވެފައި މާކިން ބުނެލިއެވެ.
ބުނެލިއެވެ.
މާކިން އެހެން ބުނެލުމުންވެސް ތާރާއަށް ރޮވޭ ވަރުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.
ބޭބީ. ހަމަޖެހިބަލަ .. ހުވަފެނެއް ފެނުނީތަ؟ މާކިން އަނެއްކާވެސް ބުނެލިއެވެ.
މާކިން އެހެން ބުނެލުމުން ތާރާ އަޑު ވަގުތުން ކަނޑައިގެން ދިޔައެވެ. އަދި މާކިން ގެ ގައިން ދެއަތް ދޫކޮށްލަމުން މާކިންއަށް ބަލާލިއެވެ.
އަހަރެންނަށް ހުވަފެނެއްތަ ފެނުނީ..،؟ ކޮއްކޮއަށް އެއްވެސް ގޮތެއް ނުވޭ ދޯ..، ދެން ކޮބާ އަހަރެން ކޮއްކޮ؟ ތާރާގެ އަނގައިން ނިކުންނަމުން ދިޔަ ބަސްތަކުން މާކިންގެ ހިތަށް ދިރުން ލިބުނު ކަހަލައެވެ.
ވަގުތުން ތާރާގެނެސް އެމޭގައި ލައްކޮށްލުމައްފަހު ބައްދާލިއެވެ.
އަހަރެން ހާދަ އުފާ ވެއްޖޭ،..، އަހަރެން މިދުވަހަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެއްވެއްޖޭ ..، މާކިން ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަ ވިދާ ހުއްޓެވެ.
އަހަރެން މިވަގުތު ކޮއްކޮ ކައިރިއަށް ގެންގޮސްދީ؟ އަހަރެންނަށް އޭރުވެސް އަބަދުވެސް ހިތައް އަރައޭ އަރެންގެ ވަރަށް މުހިންމު މީހެއް..، ހީވަނީ އެއްބައި މަދުވެފަ ހުންނަހެން..، ކީއްވެ އަހަރެން އެވަރަށް އެވާހަކަ ދެއްކި އިރު އަހަރެންގާތު ކޮއްކޮގެ ވާހަކަ ނުބުނީ..، ތާރާ ރޮމުން ބުނެލިއެވެ.
އަހަރެން ތާރާގާތު ތަމީގެ ވާހަކަ ދެއްކިން ..، އެކަމަކު ތާރާއަށް ތަމީ ނޭނގުން..، އަހަރެން ޑޮކްޓަރާ ވާހަކަ ދެއްކުމުން ޑޮކްޓަރ އަހަރެން ގާތު ބުނި އެއްޗަކުން އަހަރެން ބިރުގަތީ..، އަހަރެން ބޭނުމެއްނޫން ބޭބީއަށް އެއްވެސް ގޮތެއްވާކައް..، ބޭބީއަށް ގޮތެއް ވިނަމަ އަހަރެން ދިރިހުންނާނީ ކިހިނެއް..، އެހެންވެ އަހަރެން އެކަން ސިއްރުކުރީ..، އަހަރެންވެސް ތަމީއާއި ދޭތެރޭ ހާދަ ވިސްނީމޭ..،
އަހަރެން އެކަމާ ވިސްނާ ދެރަވާ ވަރު މީހަކަށް ނޭނގޭނެ..، މެދުކެނޑުމެއްނެތި އަހަރެން ފަރުވާ ކުރިވަރުވެސް ތާރާއަށް އެނގޭނެ ..، އެކަމަކު އެހާ ދުވަހު ކުރި ފަރުވާއިން އެއްވެސް ކަމެއް ރަގަޅެއްނުވި..، މާކިން ތާރާގެ މޫނުގައި މޫނުޖައްސައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
މާކް..، ކޮއްކޮ ކައިރިއަށް އަހަރެން ގެންގޮސްދީ ..، އަހަރެންނައް އެންމެ މިނެޓަކްވެސް ދެން ކޮއްކޮއާ ވަކިން ނޫޅެވޭނެ މާކް ..، ރޮމުން ތާރާ ބުނެލިއެވެ.
ދެން ހުއްޓާލާ..، މާދަން އިރު އަރާއިރަށް އަހަރެން ތިކަން ކޮއްދޭނަން ..،މިހާރު ތަމީ އޮންނާނީ ނިދާފަ..، މާކިން ތާރާގެ މޫނަށް ބޮސް ދެމުން ބުނެލިއެވެ.
**
ފެންވަރާލައިގެން ނިކުމެ ގަދަ އަޅި ކުލައިގެ ޓީޝާޓަކާއި ހަރުވާޅެއްލައިގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ތަމަން ކޮޓަރިން ނިކުތެވެ.
މެންދުރުފަހު ޑިއުޓީ އޮތް ދުވަހެއްކަމުން ހެދުނު ސައިތައްޔާރުކޮށްލަން ބޭނުންވީއެވެ.
ފުރަތަމަ ކަމަކަށް ކޮފީ ތައްޓެއް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ހެދުނުގެ އެވަގުތު ކޮފީގެ މީރުވަހުން މީހާ ތާޒާވިކަހަލައެވެ.
ފަހަރަކު ކޯވަރެއް ބޮމުންގޮސް ކޮފީތަށި ހުސްވުމުން ސޯފާއިން ތެދުވެގެން ގޮސް ޒިންކް ކައިރީ ހުއްޓިލިއެވެ. އެވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުނެވެ.
މިގަޑީ ..، ކާކު..، މިހާ ހެދުނު ގަނޑިއެއްގައި ބެލް އެޅުމުން ތަމަންއަށް މަޑުމަޑުން ބުނެވުނެވެ.
ތަމަން އެގޮތަށް ވިސްނަން ހުންނަ ތާ ކުޑަ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ބެލް އަޅާލިއެވެ. އަތުގައި އޮތް ކޮފީ ޖޯޑް ސިންކް ތެރެއަށް ލުމަށްފަހު ތަމަން ދޮރާ ދިމާލައް ހިނގައިގަތެވެ.
ތަމީ..، ދޮރުކައިރީ ހުއްޓިލިވަގުތު ބޭރުން މާކިން ގޮވާލި އަޑު އިވުމުން ތަމަން އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ.
ކުޑަކޮށް ހުޅުވުނު ދޮރުގެ ތެރެއިން ތާރާއަށް ދެމިގަނެވުނީ ކިހިނެއް ކަމެއްވެސް ނޭގުނެވެ.
ކުއްލިއަކަށް ތާރާ ފެނުމުން ތަމަންއަށްވެސް ސިހުމެއްލިބުނެވެ.
ކޮއްކޯ..، ދޮންތަގެ ފުރާނަ ..، ދޮންތައަށް މާފްކުރޭ...، ތާރާ ތަމަންގެ ގައިގައި ބައްދައިގަންނަމުން މޫނުގެ އެކި ތަންތަނައް ބޮސްދެމުން ބުނެލިއެވެ.
ދޮންތާ..، ދެން ދުވަހަކުވެސް އަހަރެން ދޫކޮއްނުލައްޗޭ..، އަހަރެންނައް ދޮންތައާއި ނުލާ ނޫޅެވޭނެ..، ތަމަން ވެސް ގިސްލަމުން ބުނެލިއެވެ.
ދޮންތަގެ ހަމަހޭގަ ދުވަހަކުވެސް މިކޮއްކޮއާއި ދުރުވާނެތަ؟ ތާރާއާއި ތަމަން ރޮމުން ވާހަކަ ދެއްކި އިރު މާކިންގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ.
ދޮންތާ ދެން ހުއްޓާލާ ..، ދޮންތަ ރޮނިކޮއް އަނެއްކަ ދޮންތަ އަށް ގޮތެއް ވެދާނެ..، ތަމަން ތާރާގައިގައި ކުރިޔައްވުރެ ބާރައް ބައްދާލަމުން ބުނެލިއެވެ.
އެގޮތުގައި އެތައް އިރަކު ދެމީހުން ރޯން ތިބި އިރުވެސް މާކިން ކައިރީ ބަލަން ހުރީއެވެ. މިވަގުތު އެދެހިތަށްކޮށްފައިވާ އަސަރު މާކިންއަށް އިހްސާސް ކުރެވެނީއެވެ.
ދެން ހުއްޓާލާ..، އިރާދަކުރެއްވިއްޔާ ދެންދުވަހަކުވެސް ދޮންތަ ކޮއްކޮ ދުލެއް ނުކޮށްލާނަން....، އެތައް އިރަކު ރުއިމަށްފަހު ތާރާ ތަމަން ގަޔާ ދުރުކޮށްލަމުން އެދެލޮލުގައިވި ކަރުނަތައް އަތުން ފޮހެލަ ދެމުން ބުނެލިއެވެ.
އަދި ތުންފައް މައްޗައް ހިނިތުންވުމެއް ވެރިކޮއްލަމުން އަނެއްކާވެސް ތަމަންގެ މޫނަށް ބޮސް ދިނެވެ.
ހިނގާ އެތެރެއަށް..، ދެމީހުން ހަމަޔަކައް އެޅުމުން މާކިން ބުނެލިއެވެ.
މާކިން އެހެން ބުނެލުމުން ތަމަންއާއި އެކު ތާރާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރުވެސް ތަމަންގެ އަތުން ތާރާ ދޫކޮށްނުލައެވެ.
ދޮންތަ މިތާ އިށީނދޭ އަހަރެން ދޮންތައަށް މިލްކް ތައްޓެއް ހަދާލާނަން..، ތަމަން ބުނެލިއެވެ.
ނޫން..، މިއަދު ދޮންތައަތުން ކޮއްކޮއަށް ސައިހަދާނީ..، ދޮންތައަތުން މިހާރު ކޮންދުވަހެއް ކޮއްކޮއެއްޗެއް ނުކާތާ ..، ތާރާ އެހެން ބުނެލުމުން މާކިން ހީލަމުން ދެމީހުން ގާތަށް ޖެހިލިއެވެ.
އެހެންވީމަ މިއަދު ތަމީ ދޮންތައަށް ސައިދީ..، ދޮންތަ ތަމީއަށް ޢޭރަށް ހަމަ ހަމަ ވީނު..، މާކިން ހީލަމުން ބުނެލިއެވެ.
މާކިން އެހެން ބުނެލުމުން ތަމަންއާއި ތާރާއާއި ދެމީހުން އެކުގައި ހިނގައިގަތެވެ.
ދޮންތަބޭ އިށީނދޭ..، ކޮފީ ތައްޓެއް އެބަ ހަދާލަން ..، ތަމަން ބުނެލިއެވެ.
ކޮފީ ހަދާލާފަ ބަހައްޓާ ..، އެބައަންނަން މިހާރު ރިމީ ހޭލަފާނެ..، ތާރާއާއި ދެމީހުން ނެތީމަ ރޮއިފާނެ..، މާކިން އެހެން ބުނެ ނިކުންނަން ހިނގައިގަތެވެ.
ކުޑަދޮންތީ...،!! ގޭތެރެއަށް ވަދެގެން އައި ރިމީއަށް ސިޓިންގްރޫމްގައި ހުރި ތާރާ ފެނުމުގެ ކުރިން ތަމަން ފެނުމުން އެހެން ގޮވާލަމުން ތަމަންއާއި ދިމާލައް ދުއްވައިގަތެވެ.
ރިމީ ކުޑަ ދޮންތީއޭ ބުނުމުން މީގެ ދުވަސްކޮޅެއް ކުރިން ރިމީ އަބަދު އެހެން ކިޔަނީ ކާކަށްކަމެއް ނޭގިގެން ވިސްނި ހަދާން ވިއެވެ.
މީތަ ދަރިފުޅުގެ ކުޑަ ދޮންތިއަކީ ؟ ތަމަން ގައިގައި ބައްދައިގެން ހުރި ރިމީ ކައިރިއަށް އައިސް ތާރާ ބުނެލިއެވެ.
މަންމީ..، ކުއްލިއަކަށް ރިމީއަށް ތާރާ ފެނުމުން ގޮވާލިއެވެ. ..، މީތަ ދަރިފުޅުގެ ކުޑަ ދޮންތިއަކީ..، އަނެއްކާވެސް ތާރާ އެސުވާލު ރިމީއާއި ކޮއްލިއެވެ.
މީއޭ މަންމީ ކޮއްކިގެ ކުޑަ ދޮންތިއަކީ..، ކޮއްކި ބުނީމެންނު ކުޑަދޮންތި ހީވަނީ ޕްރިންސެސްއެއް ހެންނޭ ބަލާބަ މަންމީ..، ރިމީ ކުޑަ ކުޑަ އަޑުކުން ވާހަކަ ދައްކަމުން ދިޔައިރު ތަމަންއާއި މާކިން ތިބީ ހިނިއައިއްސައެވެ.
އަހަރެން މިއަދު ވަރަށް އުފާ ވެއްޖެ ..،މާކް އަހަރެން ދެކެ ލޯބިވާވަރުއަހަރެންނަށް އެނގިއްޖެ..، ތާރާއައިސް މާކިންގެ ކުރިމަތީ ހުއްޓިލަމުން ބުނެލިއެވެ. މާކިން ރިމީއާއި ތަމަންއާއި ގުޅުން ރަގަޅު ނުކުރުވިނަމަ މިއަދު ރިމީއަށް ތަމަންއަކީ ކާކުކަމެއް ނޭގުނީހެއެވެ.
ދޮންތާ ..، ދޮންތަބޭ ކަހަލަ ރަގަޅު ފިރިއެއް އަހަރެންގެ ދޮންތައަށް ދެއްވިކަމަށްޓަކާ އަހަރެން ޝުކުރުކުރަން..، ތަމަން ރިމީ އުރާލައިގެން އައިސް ތާރާމެންނާ ކުރިމަތިވާ ގޮތަށް ބުނެލިއެވެ.
ތާރާ..، !! އަހަރެން ތާރާއާއި ދޭތެރޭ ވިސްނާ ގޮތަށް އަހަރެން ތަމަންއަށް ވެސް ވިސްނީން ..، އެކަމަކު އަހަރެންނައް ވެސް ކުށެއް ކުރެވުނީ..، މާކިން އެހެން ބުނެލުމުން ތާރާ އެބުނި އެއްޗެއް ނޭނގޭ ބުނާކަހަލަ ގޮތަކައް މާކިންއަށް ބަލާލިއެވެ.
ތާރާ އެހެން ބަލަހައްޓައިގެން ހުންނަން ފެށުމުން މާކިން އޭނައަށް ކަންތައް ކުރެވުނުގޮތް ތާރާއަށް ކިޔައިދޭން ފެށިއެވެ.
އެދުވަހުން ފެށިގެން އަހަރެންނަށް ތަމީ ގެއްލުނީ..، އަހަރެން ހޯދަން ވަރަށް މަސަތްކަތް ކުރިން އެކަމަކު އެކަން ކާމިޔާބު ވާގޮތެއްނުވި...،އޭގެ ފަހުން އަހަރެންނައް ތަމީ ފެނުނީ ތާރާ ދައްކަން ހޮސްޕިޓަލަށް ދިޔަ ދުވަހު..، އެދުވަހު އަހަރެންތަމީ ގާތުން މާފަށް އެދުނިން..، އޭގެ ފަހުން އަހަރެން އެންމެ ވަގުތުކޮޅެއްވެސް ތަމީއުޅޭ ގޮތް ނުބަލާ ނުހުންނަން ..، އަހަރެންނަށް މާފް ކުރޭ...، މާކިން އެހެން ބުނެލުމުން ތާރާ އެއްވެސް އެއްޗެއް ނުބުނެ ތަމަން އަށް ބަލާލިއެވެ.
ކޮއްކޮ ކޮންއިރަކު ކިޔަވާ ނިންމާފަ އައީ..،؟ ކޮންތާކު އުޅުނީ؟ ތާރާ ހިތުގައި އުފެދެން ފެށި ސުވާލްތައް ގިނަވާން ފެށުމުން ބުނެލިއެވެ.
ތާރާ އެހެން ބުނެލުމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މާކިން އެވެ.
ތަމަންއައިސް ކަންތައް ހިނގާ ދިޔަގޮތް މާކިން ކިޔައިދެމުން ދިޔައިރު ތާރާއަށް އިތުރަށް ރޮވެން ފެށިއެވެ.
އަހަރެން ހިއެއް ނުކުރަން މަންމަ އެއީ އެހާ ރަހުމު ކުޑަ މީހެއްކަމަކައް..، އަހަރެން ކޮއްކޮ އެތަނުން ސަލާމަތް ކޮށްދިން މީހާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ..، ތާރާ ރޮމުން ބުނެލިއެވެ.
މާކިން ހުރިހާ ވާޙަކައެއް ކިޔައިދިން އިރު ތަމަން އާއި ނާއިކްގެ ގުޅުން ތާރާއަށް ސިއްރު ކުރިއެވެ.
ދެން އެވާހަކަ ނުދައްކާ..، މިހާރު އަހަރެންނަކީ މީދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއަށް ވާނެކަން ޔަގީން..، ދޮންތަ އަބަދުވެސް ބޭނުންވީ އަހަރެން މޮޅު ޑޮކްޓަރަކަށްވާން..، މިއަދު އަހަރެން ދޮންތަ ބުނި ކަހަލަ ޑޮކްޓަރަކައް ވެވިއްޖެ ކަމަށް އަހަރެން ގަބޫލް ކުރަން ..، މިއަދު އަހަރެންނައް ދޮންތައަށް ރަގަޅަް ފަރުވާ ނުކުރެވުންނަމަ އަހަރެންނަކީ ދޮންތަ ބޭނުންވާ ކަހަލަ ޑޮކްޓަރެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރާނަން ..،
ތަމަން އެހެން ބުނެލުމުން ތާރާ ތަމަން އަށް ބަލާލިއެވެ.
ދޮންތައަށް ފަރުވާ ކުރީ ކޮއްކޮތަ؟ ތާރާ އެހެން ބުނެލި އިރު އެދެލޮލުން އުފާވެރިކަމުގެ ކަރުނަ އަންނަންފަށައިފިއެވެ. .
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް