ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި |
ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް މާކިންގެ ލޮލުގައި ތާރާ އަޅައި ގަންނާކަށް ގިނައިރެއް ނުނެގިއެވެ.
“ޔަޒް ބަލާބަލަ…’ ގޮވާ މިކޮޅަށް އަންނާށޭ”..
މާކިން އެހެން ބުނުމުން ޔަޒާން އެމީހުންނައް ފެންނާނެހެން އަތްހިތްލާލަމުން ގޮވާލިއެވެ.
“ދޮންތަމެން ޖޯއްޔައްދާންތަ ތިދަނީ”..ތަމީ މިތާ ވެލިގަނޑު މަތީ މަޑުކޮށްލާނަން..ދާންވީމަ ގޮވާލާ އިނގޭ.’ތަމަން އެހެން ބުނެ އައިޒާއާއި އެކު ވެލިގަނޑުގައި އިށީނުމުން ޝަބާއާއި އެކު ތާރާ ޖޯއްޔާ ދިމާއަށް ހިނގައިގަތެވެ.
ޖޯލީގައި އޮތް މާކިންގެ ނަޒަރު ތާރާއަށް ހުއްޓިފައިވާތަން ފެނުމުން ތާރާ ލަދުން އިސް ޖަހާލިއެވެ. ލަދުވެތިކަމަކީ އަންހެން ކުދިންގެ ގައިގާ ލައްވާފައިވާ، ފިރިހެން ކުދިން ވަރަށްގަޔާވާ ސިފައެކެވެ.
ތާޜާގެ އެ ސިފަޔަކީ މާކިންއަށްވެސް ވަރަށްކަމުދާ ސިފައެކެވެ. ދެމީހުން އެކަނި ތިބޭ ވަގުތުތަކުގައި މާކިން ބުނާ ބައެއް އެއްޗެހިން ތާރާ ލަދުން އުޅޭގޮތް ހަދާން ވުމުން މާކިން ގާތަށް ހިނިއައެވެ.
“ތިމީހުން ކޮންމެ ދުވަހަކު މިތަނަށް އަންނަކަން އެނގޭތީ އަހަރެމެން މެންދުރުވީންސުރެ މިތާ މިތިބެނީ ދޯ ޔަޒް”..އެހެންބުނެ ދެމީހުން ހޭންފެށިއެވެ.
“ދެން ތިތާ ކޮޅަށްތަ ހުންނަނީ އާދެބަލަ އިށީންނަން”.. މާކިން އެއްމެ ކައިރީ ހުރި ޖޯއްޔަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
“ހިނގާބަލަ މިރޭ ކޮންމެސް ކަމެއް ކޮށްލަން..މާކިން އެހެން ބުނުމުން ޔަޒާންވެސް އެކަމާ ގަޔާވިއެވެ.
ތެދެއް ހިނގާބަލަ ވަރަށް މަޖާވާނެ”.ޔަޒާންބުނެލިއެވެ.ތާރާއަށް އާދެވޭނެތަ”.. މާކިން ތާރާއާއި ސުވާލުކޮއްލިއެވެ.
އަހަރެން ބައްޕަ ގާތު ބުނެލާފަ ދާނަން”ތާރާ އެހެން ބުނެލުމުން މާކިން ބޯޖަހާލިއެވެ.
އެހެން ވީމަ ކޮންކަމެއް ކުރާނީ” ބާބެކިއު ހަދަމާ’.. މާކިން ދިން ހިޔާލު އެންމެންނަށްވެސް ކަމުދިޔައެވެ.
**
އަޅޭ!!… އަހަރެން ވަރައް ދެރަވާނެ ތަމީ ދިޔައީމަ”..އަހަރެން ވަރަށް އެކަނިވާނެ””.. ތަމަންގެ ވާހަކަތައް ނިމުމުން އައިޒާ ދެރަވެލާފައި ބުނެލިއެވެ.
އަހަރެންވެސް ވަރަށް ދެރަވޭ” އެކަމަކު ދޮންތަ ބަހަށް ދެކޮޅު ހަދާކަށްވެސް އަހަރެންނަކަށް ނުކެރޭނެ އެއީއަހަރެންގެ މަންމައަކީވެސް.. ދޮންތަ ކޮންމެ ކަމެއް ނިންމާނީވެސް ވަރަށް ވިސްނާފަ.. އަހަރެންވެސް ބޭނުން އަހަރެމެންގެ ދިރިއުޅުން މިއަށްވުރެ ރަގަޅުވާންވެސް.. ބައްޕައަށް ފަރުވާ ކުރަންވެސް..އެހެންވެ އެއްބަސްވީ””ތަމަން ކަރުނަ ފޮހެލަމުން ބުނެލިއެވެ.
އުމުރުން ވިހި އަހަރު ފުރުން އިރުވެސް ތާޜާ ތަމަން ގެންގުޅެނީ ފަނަރަ ނުފުރޭ ކުޑަކުއްޖެއްގެންގުޅޭހެންނެވެ. މަޔަކު ދަރިޔަކުވެސް ގެންގުޅޭނީ އެހާވަރަކަށެވެ. ހުރިހާގޮތަކުން ބެލިޔަސް ތާރާއަކީ ނަމޫނާއެކެވެ.
“ދެން ހުއްޓާލާ .. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަގަޅަށް ..ކިތަންމެ ދުރަށްދިޔަޔަސް އަހަރެން މަތިން ހަދާންނައްތާ ނުލައްޗޭ..އަބަދުވެސް އަހަރެން ހުންނާނީ ތަމީގެ އެންމެ ގާތް އެކުވެރިޔާ ގޮތުގަ.. އައިޒާ ތަމަންއަށް ވިސްނައިދެމުން ބުނެލިއެވެ.
އެއްކަލަ ކަންތައް ކިހިނެއްވަނީ…”އައިޒާ ދެރަވެފައިންތަން ފެނި ތަމަން ވާހަކަ ބަދަލްކޮއްލިއެވެ.
“ކިހިނެއްވާނީ އޭނަ އަހަރެންނާ ދިމާލަށް ބަލާވެސްނުލައެއްނު..” އެހެންބުނެ އައިޒާ ޔަޒާންއާ ދިމާލައް ބަލާލިއެވެ.
އަދިބަލާނެ.. ތިކަން ވޭތޯ ބަލަން ހިނގާބަލަ.އަހަރެން ދޮންތައާ ވާހަކަ ދައްކަންތަ؟ އޭރަށް ތަންކޮޅަށް ފަސޭހައިން ތިކަންވެދާނެ..”
އަހަރެން ދިއުމުގެކުރިން އަހަރެން ބޭނުން އައިޒް އެންމެ ލޯބިވާމީހާ އައިޒްއަށް ލިބެން..” މިހާރު ކިހާ ދުވަހެއް ތިގޮތަށް ހިތުގަ ލައިގެން އުޅޭތާ..”ތިހެން ހުއްޓަ ތެޔޮނާށި ކާޅު ޖަހައިގެންފާނެ..”’ތަމަން ސަމާސާގޮތަކަށް އައިޒާއާ ދިމާކޮށްލިއެވެ.
“އޭރަށް އަހަރެން ވަރަށްދެރަވާނެ”..ބަލާބަލަ ތަމީ ދެންމެ އޭނަ މިކޮޅުބަލާލި.. ހާދަރީއްޗޭ..ހެހެހެހެ…އައިޒާ އެހެންބުނެ ހޭންފެށިއެވެ.
“އަހަރެން އައިޒްއަށް ތިކަން ކޮއްދޭނަން”.. އައިޒާ ޔަޒާންއަށް ބަލަންއިންގޮތްފެނި ތަމަން ބުނެލިއެވެ.
**
ތާރާގެ ހަރަކާތްތަކަށް ބަލަންއޮތް މާކިން ސިހުނީ ޖީބުގައިއޮތް ފޯން ރިންގްވާންފެށުމުންނެވެ.
އަވަސް އަވަހައް ޖީބުން ފޯންނަގާ ބަލާލީ ބައްޕަގެ ކޯލަކަށް ވެދާނެތީއެވެ.
ފޯނައްބަލާލުމާއެކު މާކިންގެ މޫނުމައްޗައް އެރި ކުލަވަރުން ގުޅީ ވަރައް މުހިންމު މީހެއްކަންއެގުނެވެ.
“ހޭއި ބަޑީ.. ކޮންއިރަކު މާލެ އައީ..؟މާކިން ފޯން ކަންފަތުގައި ޖަހާލަމުން އެހެންބުނެ ތާރާމެންނަށް އަތުގެ އިޝާރާތުން މަޑުކޮއްލާށޭބުނެ އެއްފަރާތަކައް ޖެހިލިއެވެ.
އެވަގުތުކޮޅު ތާޜާ އިނީ ވަރަށް އުދަގޫވެފައެވެ. އިރު އިރުކޮޅާ މާކިންއާ ދިމާލަށްބާލާލެވެއެވެ.
“ނެކްސްޓް ވީކްގަ ދާން މިއުޅޭނީ”އެކަމަކު އަހަރެން މިރަށުން ދާހިތެއްނުވޭ”..މާކިންގެ އެއްމެ ގާތް އެކުވެރިޔާ ނާއިކް އާ ވާހަކަ ދައްކަމުންމާކިން ބުނެލިއެވެ.
ދެމީހުންގެ ގުޅުން ގޮސްފައިވާ ހިސާބު ބުނުމުން ނާއިކް ހިތްހަމަ ނުޖެހުނީ އެހާދުވަސްވީ އިރު އޭނައަށް އެކަން ސިއްރުކުރުމުންނެވެ.
“އަސްލު އަހަރެން އެވާހަކަ ދައްކަން ނިކްއަށް ގުޅިއިރު ރާއްޖެއިން ބޭރުގަ ހުރީމަ ހިތައްއެރީ މާލެ ގޮސް ދެމީހުން ދިމާވެފަ ކިޔައިދޭން”..މާކިން އެހެން ބުނުމުން ނާއިކް މާގިނަ ޝަކުވާ ތަކެއްނުކޮށް ގަބޫލްކޮއްލިއެވެ.
އަދި އަވަހަށް މާލެއައިސް ދެމީހުން ދިމާކުރުމަށް ބުނެ ނާއިކް ފޯން ކަޑާލިއެވެ.
ނާއިކް ފޯން ބޭއްވުމުން ތާރާމެންނާ ދިމާލައްދާން ހިނގައިގަތް މާކިންގެ ފިޔަވަޅައް ހުއްޓުން އެރީ އެމީހުންނާ ދިމާލަށް ބަލަން ގަސްތަކުގެނިވަލުގައި ހުރި ސަލާމް ފެނުމުންނެވެ.
އެމޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން ރަގަޅަށްވެސް ފެންނަން ހުއްޓެވެ.
މާކިންއަށް އޭނަ ފެނުމުން ބާރުފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދާން ސަލާމް ހިނގައިގަތީ ފަހަތަށް ބަލާވެސް ނުލައެވެ.
ތާރާމެންގެ ގާތަށް މާކިން އައިއިރުވެސް ވިސްނެނީ ސަލާމްއާ ދޭތެރޭގައެވެ. ސަލާމް އެތާ އެމީހުންނަށް ބަލަން ހުރުމާ އެ މޫނުމަތިން ފެނުނު ނުރުހުމުން ކޮންމެވެސްގޯހެއް އުޅޭކަން މާކިންގެ ހަވަނަ ހިއްސު މާކިންއަށް ބުނެދޭކަހަލައެވެ.
ފޯންއައިސްގެން މާކިން ދިޔައިރު އެމޫނުމަތީވި އުޖާލާކަން މިހާރު ފެންނާކައްނެތެވެ.
ގުޅިމީހެއް ކިތައްމެ އަހަންބޭނުންވިޔަސް ތާރާ މަޑުކޮއްލީ މާކިން އަމިއްލައަށް ބުނޭތޯއެވެ.
އިރުއޮއްސެން ގާތްވުމުން އެންމެން އެކުގައި ގެއާދިމާލަށް ހިނގައިގަތެވެ…
“ކިހިނެއްވެފަ ހާދަ މޫޑީވެފަ'”.. މާކިން ހުރިގޮތް ފެނުމުން ޔަޒާން ބުނެލިއެވެ.
“ކަމެއްނުވޭ ހިނގާދާން “.. ތާރް ދަނީ އިނގޭ..މާކިން އެހެންބުނެ ޔަޒާންގެ ފަހަތައް އެރުމުން ޔަޒާން ސައިކަލް ސްޓާޓް ކޮއްލިއެވެ.
“ޔަޒް ..!! ތާރްމެންގޭގަ އުޅޭ ސަލާމް އެކާކުތަ؟… މާކިން ނާހަންހުރެފައިވެސް އަހާލިއެވެ.
ޔަޒާން ސަލާމްގެ ވާހަކަ ފެށުނީންސުރެ މާކިންއަށް ކިޔައިދިނެވެ.
“ކިހިނެއްވީ ކުއްލިއަކަށް އޭނަ ވާހަކަ ތިދެއްކީ” ޔަޒާން ބުނެލިއެވެ.
މިއަދު ވަރަށް އެހެން ކަހަލަ ކަމެއް ވެއްޖެ”….އެހެން ބުނެ މާކިން ކަންތައްވީ ގޮތް ޔަޒާންއަށް ކިޔައިދިނެވެ.
“އޭނަ ކީއްކުރަންބާ އަހރެމެން އުޅޭގޮތް ބަލަންވީ”..އަނެއްކާ އޭނަ ހިތްހަމަ ނުޖެހެންވީ ކީއްވެބާ؟..ޔަޒާންވެސް މާކިންގެ ވާހަކައާ ވިސްނަން އިދެ ބުނެލިއެވެ.
“ތީ މަވެސް މިވިސްނާ ކަމަކީ”..ތާރްގެ ބައްޕައަށް އަދި އަހަރެމެންގެ މިގުޅުން ނޭގޭނެ”.. އަހަރެން ބުނެފިން މިހާރު ބުނާށޭވެސް ..އަހަރެން ބޭނުން އަހަރެން މިރަށުން ދިއުމުގެ ކުރިން އަހަރެމެންގެ މިގުޅުން ތާރްގެ ބައްޕައަށް އެނގެން”..އޭރަށް ދެން އަހަރެންނަށް ހަމަޖެހުމެއް ލިބޭނީ”.. މާކިން ބުނެލިއެވެ.
**
ބާރު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެންއައި ސަލާމް ކޮޓަރިއަށް ވަދެވުމާއެކު ރުޅިގަނޑު ކޮޓަރީގައި ހުރިއެއްޗެއްސަށް ބާލާލިއެވެ.
މިހާރު ސަލާމްއަށް ތާރާއާއި މާކިންއާ ދޭތެރޭ އޮތީ ރަގަޅު ގުޅުމެއް ނޫންކަން އެނގެއެވެ. މުޅި އުމުރު މީހަކާ ނީދެ އެމީހުންގެ ހިތުމަތުގައި އޭނާ ހުރީ ހިތުގައި ވާ ގަދަފަދަ ލޯއްބަކުންނެވެ.
ތާރާ ބޮޑުވެގެން އައިއިރު އެހިތް ދެވުނީހަމައެކަނި ތާރާއަށެވެ. މިއޮތް ހުރިހާ ދުވަހު ސަލާމް އެއްވެސް އެއްޗެއް ނުބުނެ ހުރީ އޭނަ އެކޮއްދޭ ބުރަމަސަތްކަތް އަގުވަޒަން ކުރުމުގެ ގޮތުން ނިޔާޒް އޭނާއަށް ތާރާ ދޭތޯއެވެ.
ނަމަވެސް މިއަދު ކަންތައް ވީގޮތް ދެކެބަލާށޭވެ. އެއާއިލާ އެކަކުވެސް އަހަރެން މަސަތްކަތު އަގުވަޒަނެއް ނުކުރި..” އެމީހުންނައް ވެސް އެނގެން ޖެހޭނެ އަހަރެންނަކީވެސް ފިރިހެނެއްކަން އަހަރެންމީހަކާ ނީނދެ މިހެން ހުންނާނީވެސް ކޮންމެސްކަމެއް ވީމަކަން”…
“މީއަހަރެން މާރަގަޅައް އުޅުނީމަވީ ގޮތް”.. ދެން ބަލަންތިބޭ ވާގޮތް”..ކޮންމެ ހާލެއްގައިވެސް އަހަރެން ނޫން މީހަކަށް ތާރާ ލިބުނަކަ ނުދޭނަން”..”
ރުޅިގަދަވެގެން އަމިއްލަ ނަފުސް ކޮންޓުރޯލް ނުވާ ހިސާބައް ދިއުމުން ސަލާމް ފާހާނާއަށްވަދެ ފެންމާގަޑު ދޫކޮއްލީ އެހިތަށް ކޮއްފައިވާ އަސަރުން ހިތަށް ލުއިކަމެއް ލިބޭތޯއެވެ.
**
ދޮންތާ އަހަރެން އެބެއްވާހަކައެއް ދައްކާލަންވެފަ”…ތަމަން ބުނަން ލަދުން އުޅޭކަހަލަ ގޮތަކައް ބުނެލިއެވެ.
“ހޫމް!!.. ދޮންތައަށް އެނގިއްޖޭ ތަމީ ކޮންމެސް ކަމެއް ބޭނުންވެގެން އުޅޭކަން”… އިރުއޮއްސުނީންސުރެ ތިހެން ތިއުޅޭނީ”..ދެންވެސް އަވަހައް ބުނެބަލަ”..ހިނިއައިސް ތާރާ އެހެންބުނީ އިރުއޮއްސުނީންސުރެ ތަމަން އޭނަ ފަހަތުން ނުނައްޓާ އުޅުނީމައެވެ.
“ދޮންތާ ޔަޒް ބިޓެއްހުރޭތަ”….ތަމަން ލޯ މަރައިގެން ހުރެ އަޅައަޅައިގަންނަމުން ބުނެލިއިރު ތާރާ ހުރީ ދެލޯ ބޮޑޫވެފައވެ.
“ދޮންތަގެ ކުޑަ ކުޑަ ތަމީ ބޮޑުވީތަ”……ތާރާއައިސް ތަމަންގެ ދެކޮނޑުގައި ހިފާލާފައި ބުނެލިއެވެ.
“ދެން ދޮންތާ”..އަހަރެންނަކަށް ނޫނޭ ދެން ބުނެބަލަ”…ތަމަން ބުނެލިއެވެ.
ހޫމް”.. ޔަޒް ބިޓެއް ނުހުރޭ .. އެކަމަކު މާކް ބުނި ޔަޒް ލައިކްވާ ކުއްޖެއް ހުންނަ ވާހަކަ..’ކާކު ބުނެގެންތަ؟..ބުނެބަލަ..”އޭރަކައްނު ހެލްޕެއްވެސް ވެވޭނީ”،،ތާރާ ބުނެލިއެވެ.
“އެއީ އައިޒް”ދޮންތަ އެއްވެސް މީހެއްކައިރީ ނުބުނައްޗޭ”.. އަހަރެން ބޭނުން އަހަރެން ދިއުމުގެ ކުރިން އައިޒްއަށް އެކަން ކޮއްދޭން”….ތަމަން ބުނެލިއެވެ.
“ދޮންތަ ބަލާނަން ތިކަން”…ތަމީ ދޮންތަ މިއުޅެނީ ދިހައެއްޖަހާއިރު ޝަބާމެންގެއަށް ދާން ތަމީ ނިދިއަންނަންޏާ ނިދާލާއިނގޭ’……
ތާރާއެހެންބުނި އަޑު ނިޔާޒްކައިރީ އިން ސަލާމްއަށް އިވުމާއެކު އަތް މުއްކަވާލެވުނެވެ.
“ޝަބާމެންގެއަށޭ ކިޔާފަ އެފިރިހެނާ ކައިރިއަށްދާން އެއުޅެނީ””.. ސަލާމް ހިތާހިތުން ވާހަކަ ދައްކަމުން ދިޔައިރު މާކިންއާއި ދޭތެރޭ އެހިތް ހަސަދައިން ފޯވަމުން ދިޔައެވެ.
“ބައްޕާ ޝަބާމެންގޭގަ ބާބަކިއު ހަދަން ދިޔަޔަސް އެއްމެ ރަގަޅުތޯ؟..ދިހައެއްޖަހަން ގާތްވުމުން ތާޜާ ސޯފާއިން ތެދުވެގެން އައިސް ނިޔާޒްގާތު ބުނެލިއެވެ.
“އެންމެ ރަގަޅު ދަރިފުޅާ…. ލަސްނުކޮށް އަންނާތި އިނގޭ”.. ނިޔާޒް އެހެން ބުނުމާއެކު ސަލާމް ގޮނޑިން ތެދުވެގެންގޮސް ކޮޓާރިއަށް ވަނެވެ.
**
ގޭދޮރާށިން ނިކުމެ ތާރާ މަގުގެ ދެކޮޅުބަލާލިއެވެ.
އެވަގުތު ޖޯލީގައި އިން މާކިން ތެދުވެގެން އައިސް ތާރާ ގާތު މަޑުކޮއްލިއެވެ.
“އަހަރެން ލަސްވެގެންތަ އެތާތިއޮތީ”….. މާކިންއާއިއެކު ހިނގައިގަންނަމުން ތާރާ ބުނެލިއެވެ.
“ލަސްވެގެންނެއްނޫން.. ބޭބީ އެކަނި އަންނަން ބޭނުންނުވާތީ”..މާކިން އެހެން ބުނުމުން ތާރާ ގާތައް ހިނިއަންނަ ގޮތްވިއެވެ.
“ކީއްވެ ތިހެނީ” މާކިން ބުނެލިއެވެ.
“ހިނިއަންނާނެއްނު ޖެހިފަ އިންދެގެ ވިއްޔަ”….ތާރާ ބުނެލިއެވެ.
“އެކަނި އަންނަނިކޮށް މީހަކައް ފެނިއްޖާ އަހަރެންނައް ބޭބީ ގެއްލިދާނެއްނު”…މިހާރު ކޮންމެ މީހަކައްވެސް އެނގޭނެ ތީ އަހަރެންގެ މީހެއްކަން”..އެހެންބުނެ މާކިން ތާރާ ގަޔާ ކައިރިކޮއްލިއެވެ.
“މާކް!! މަގުމައްޗޭ”.. މީހަކައްފެނިދާނެ”..ތާރާ މާކިންއާ ކުޑަކޮއްދުރައްޖެހިލަމުން ބުނެލިއެވެ.
“އޯކޭ އޯކޭ ދެން ކައިރިވާނީ ގޭތެރެއަށް ގޮސްދޯ”… މާކިން އެހެން ބުނެ ލާނެއްގޮތަކައް ހޭންފެށިއެވެ.
**
ތަމީ ދަރިފުޅާ!! ނިޔާޒް ގޮވާލިއަޑައް ޓީވީ ދޮށުގައި އިނދެފައި ތަމަން ގޮސް ނިޔާޒް ގާތު މަޑުކޮއްލިއެވެ.
ދަރިފުޅާ ސަލާމްބެއަށް ގޮވާލަބަލަ”…އެހެންޏާ އެންމެ ލަހަށް ނުވަގަޑި ބައިވާއިރު ސަލާމް ނިޔާޒް ކޮޓަރިއަށް ލައިދޭނެއެވެ. މިރޭ ދިހައެއްޖަހާ ދިޔައިރުވެސް ސަލާމްގެ ހަބަރެއްނުވިއެވެ.
ތަމަންގޮސް ދެފަހަރަކު އެކޮޓަރީ ދޮރުގައި ޖަހާލުމުން ސަލާމް ދޮރުހުޅުވާލިއެވެ.
“ބައްޕަ އެބަ ގޮވާލައްވާ”…ސަލާމް ދޮރުހުޅުވާލުމާއެކު ތަމަން އެހެންބުނެ ހިނގައިގަތީ ބަލަން އިން ޑްރާމާއިން ތަނަކޮޅެއްވެސް ގެއްލިދާނެތީއެވެ.
“.ސަލާމް ބަލީތަ”؟ މިރޭ އެމޫނު މިލާފައިވާތަން ފެނި ނިޔާޒް އަހާލިއެވެ.
“ކުޑަކޮއް ބޮލުގައި ރިއްސާތީ މިއުޅެނީ “.ސަލާމް މާ ވާހަކަތަކެއްނުދައްކައި އެހެންބުނެ ނިޔާޒް އަތްމައްޗައް ލައިގެން ކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.
“ބޮލުގައި ރިއްސަންޏާ އަރާމްކޮއްލާ” ނިޔާޒް އެހެން ބުނުމުން ނިޔާޒްގެ އެނދާޖެހިގެން ސަލާމް ނިދަން ބަހައްޓާފައިހުރި އެދުގައި އޮށޯވެ ސަލާމް އަނެއްފަރާތައް އެބުރިލިއެވެ.
ހަމަޖެހިގެން އޮންނަން ކިތަންމެ މަސަތްކަތެއްކުރިޔަސް ސަލާމްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
މިހާރު ތާޜާއާއި މާކިން އެކުގައި އުޅޭނެ ގޮތް ހިތަށް އެރުމުން ސަލާމްއަށް ލޯމަރާލެވުނެވެ.
ކުއްލިއަކަށް ހިތަށް އައި އެއްޗަކުން ސަލާމް ފުންމައިގެން އެދުން ތެދުވެގެން ހިނގައިގަތެވެ.
ނުނިމޭ