ކެތްކުރާނަން އުންމީދުގާ – ފަނަރަވަނަ ބައި

މަރީ

ކުރީގެ އަދަދާއި ގުޅޭ


 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި

ރަށުގައި މިވީ ދެތިން ދުވަހު އަބަދުވެސް މުނާ އުޅެނީ ތާރާ މާ ހިކިކޮއް ހުންނާތީ އެވެ.ކޮންމެސް އެއްޗެއް ކާންދޭން އަބަދުވެސް އުޅެއެވެ. މަންމަ އުޅޭ ގޮތުން މާކިން ގާތަށްވެސް ބައެއް ފަހަރު ހިނިއާދެއެވެ.

**

އެހެން ފަހަރު ފަހަރުތަކާ ހިލާފަށް އެކޮޅަށް އައުމައްފަހު ނާއިކު އުޅޭ ގޮތަށް ބޮޑު ބަދަލް ތަކެއް އަތުވެއްޖެ ކަން ފަޒްލާ އަށް ފާހަގަ ކުރެވެން ފެށިއެވެ.

އެހެންޏާ އަބަދުވެސް ކޮންމެސް ސަކަރާތެއްގައި އުޅޭ ނާއިކު މިވީ މަދު ދުވަސްކޮޅު ތެރޭ ކޮންމެސް ބޮޑުކަމަކާ ވިސްނާކަން ފަޒްލާއަށް އެނގެއެވެ.

ތަމަން ފެނުމުން އެދެލޮލުން ތަމަން އަށް ބަލައިލާގޮތުންވެސް އެހިތުގައި ތަމަން އަށް ހާއްސަ ގޮތެއް ހުންނަ ކަން އެނގެއެވެ.

ނަމަވެސް ނާއިކް އައި ދުވަހުންފެށިގެންވެސް ފަޒްލާ އަށް ފެންނަމުން ދިޔައީ ތަމަން އޭނައާއި ދުރު ދުރުން އުޅޭ ކަމެވެ.

” ނާއިކް !! ކޮޓަރީ ދޮރުގައި ޖަހާލަމުން ފަޒްލާ ގޮވާލިއެވެ. ކުޑަ އިރުކޮޅެއް ފަހުން ދޮރުހުޅުވާލަމުން ނާއިކު ބޯދިއްކޮއްލިއެވެ.

ދޮންތާ ކަމަކުތަ؟ ނާއިކު ކޮޓަރީ ދޮރުމަތީ ހުއްޓިހުރި ފަޒްލާ ފެނުމުން ބުނެލިއެވެ.

އާޝާ ގުޅާފަ މިއަދު ތަންކޮޅެއް އަވަހައް ނިމޭވާހަކަ ބުނީމަ.. އަރުކަން ފޯނަކަށް ނުވެސް ގުޅޭ އެހެންވެ އާޝާ ބަލާދެވިދާނެތޯ އަހާލަން.،،….ކިރިޔާ ގޮތެއް އޮތަސް އަރީން ގެއަކުން ނުނިކުންނާނެ ..، ފަޒްލާ ބުނެލިއެވެ

މިދަނީ ދޮންތާ….،ނާއިކް އެހެން ބުނެ ކޮޓަރި ތެރެއަށް ދެމިގަތީ އަވަހަށް ތައްޔާރުވެލާށެވެ.

އެރެއަށް ފަހު އޭނައާއި ދުރު ދުރުން އުޅޭ ތަމަންއާއި ވާޙަކަ ދައްކާލާނެ ފުރުސަތެއް އެކަހަލަ ގޮތަކައް ނާއިކް ހޯދާތާ ވަރަށް ދުވަސް ވެއްޖެއެވެ. ބެލްކަނީގައިވާ މޭޒްދޮށުގައިވެސް އެތައް ދަމެއް ވަންދެން އިނަސް ތަމަންގެ އެއްވެސް ހަބަރެއް ނުވެއެވެ..

ދުވާލު ކޮންމެ ވަގުތެއްގައިވެސް އެއަންހެންކުއްޖާގެ ހިޔަނިހެން އަބަދުވެސް އަރުކަން ހުރެއެވެ.

ލިބުނު ހިތްހަމަ ޖެހުމުގައި އަވަސް އަވަސް ކޮއްލައިގެން ދުވެފައި ކަހަލަ ގޮތަކައް ނާއިކު ސިޑިންފައިބައިގެން ގޭދޮރުން ނިކުންނަން ދިޔައެވެ.

ނާއިކް….،ފަޒްލާ ގޭދޮރުމައްޗައް ނިކުންނަމުން ނާއިކްއަށް ގޮވާލީ ތަޅުދަޑިވެސް ނުހިފާ ގެއިން ނިކުތުމުންނެވެ.

ހިތް އަވަސް ވެފަ ހުރިވަރުން ކަމެއް ހަދާންވާވަރުވެސް ނާއިކްއަށް ނުވެއެވެ.

މަގުގެ ދެފަރާތަށް ބަލަން ހުރެ އިރު އިރުކޮޅުން ތަމަން ގަޑިއަށް ބަލައިލައެވެ..

ކުޑައިރުކޮޅަކުން ޔުނިވާސިޓީ ދޮރުމައްޗައް ހުއްޓާލި ކާރުފެނުމާއެކު ތަމަންގެ ފިޔަވަޅު އަވަސް ކޮށްލީ އެދިމާއަށް ދިއުމަށެވެ.

ހިނިއައިސް ހުރެ ކާރުގެ ދޮރުފަތުގައި ހިފާ ހުޅުވާލުމާއެކު ކާރު ދުއްވަން އިން ނާއިކު ފެނުމާއެކު ތަމަން ލަދުން އިސް ޖަހާލިއެވެ.

ކިހިނެއްވީ؟ ނާރަންތަ ތިހުންނަނީ؟ އަހަރެން އައިމަ ހިތްހަމަ ނުޖެހުނީތަ؟ ތަމަން އަށް ބަލަން އިން ނާއިކް ބުނެލިއެވެ.

ތަމަން ބޮލުން ނޫނެކޭ ބުނާގޮތަށް ބޯދެފަރާތައް ހޫރާލުމައްފަހު ހިނިތުންވުމެއް ދެމުން ނާއިކްއާއި ޖެހިގެން އިން ސީޓްގައި އިށީނެވެ.

ތަމަން އަރާ ހަމަޖެހިލުމާއެކު ނާއިކް ކާރު ދުއްވާލިއެވެ.

ދުއްވަމުން ދިޔައިރު ނާއިކު އިރު އިރުކޮޅާ ތަމަންއަށް ބަލާލައެވެ. ކޮންކަހަލަ ފުރިހަމަ ކަމެއް ލިބިފައިވާ އަންހެން ކުއްޖެއްހެއްޔެވެ.

މިވަގުތު ކޮޅު ނިމުމަކަށް ނާދޭތޯ ހިތާ ހިތުން ދުވާކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭގެއެވެ.

ތަމަންއާއި ވާހަކަ ދައްކަން ނާއިކްގެ ހިތް ގޮވަމުން ދިޔައެވެ. މިވަގުތުކޮޅު ބޭކާރު ކޮށް ނުލުމަށް ހިތް ބުނަމުން ދިޔައެވެ

އަހަރެން ބަލާއައިމަ ހިތްހަމަ ނުޖެހިފަތަ ތިހިރީ؟ ފުރުސަތުގެ ބޭނުން ހިފައި ނާއިކް ބުނެލިއެވެ.

ނޫން ހިތްހަމަ ނުޖެހިފައެއް ނޫން ..، ތަމަން ވެސް ލަދުން އިނދެނަމަވެސް ނާއިކްގެ ސުވާލައް ޖަވާބު ދިނެވެ.

ހަމަ އެހާ ލަދުރަކި ކުއްޖެއްތަ ތީ؟ އަރުކަން އާއި އެކު ދާއިރުވެސް ހަމަ ތިހެން ވާހަކަ ނުދައްކާތަ އިންނަނީ؟ އަނެއްކާވެސް ނާއިކް ބުނެލިއެވެ.

ނޫން ..،އަހަރެން މީ އެހާ ފޮނިމީހެއް ނޫން އަހަރެންނާ ވާހަކަ ދެއްކި މީހަކާ އަހަރެންވެސް ވާހަކަ ދައްކަން ވަކި އަރުކަން އެކަންޏެއް ނޫން..،ތަމަން ބުނެލިއެވެ.

އެހެންތަ ؟ ދެން ކޮން އިރަކުން މެރީ ކުރަނީ؟ އަރުކަން އެހެން ބުނީން ސުރެ ނާއިކު ހިތައް އުނދަގޫ ކުރަމުން ދިޔަ ސުވާލް ކޮއްލިއެވެ.

ހައިރާން ވެފަ އިންނަ ކަހަލަ ގޮތަކައް ތަމަން އެއްވެސް ޖަވާބެއްނުދީ ނާއިކްއާ ދިމާލައް ބަލަން އިނީސުވާލުގެ ނަޒަރަކުންނެވެ.

ކިހިނެއްވީ އަނެއްކަ ކަމުނުދާ އެއްޗެއްތަ މިއެހުނީ؟ އަރުކަން ބުނި ވަރަށް އަވަހަށް މެރީ ކުރާވާހަކަ…، އަހަރެންގެ ފަހަރިއަކަށް ވާއިރު އެވަރު ނުބުނެވޭތަ ؟ ނާއިކް އެހެން ބުނެލުމާއެކު ހައިރާން ވެފަ ހުރި ތަމަންއަށް ވަގުތުން ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ތަމަން ހޭ މަންޒަރު ބަލަން ނާއިކްއަށްއިނދެވުނީ އެސްފިޔަ ޖަހާލުމެއްވެސް ނެތިއެވެ. އަރުކަންތަ ބުނީ އަހަރެމެން މެރީ ކުރަން އުޅޭ ވާހަކަ؟.، ތަމަން ހިންޏާއެކު ބުނެލިއެވެ.

އާން..، އަރުކަން ބުނީ ފަހަރި ކިޔާށޭ…، ދެން ބުނެބަލަ؟ ނާއިކު ބުނެލިއެވެ.

އަހަރެންނާ އަރުކަންއާ އެއްކޮއްއުޅުނަސް ތިކަހަލަ އެއްވެސް ގުޅުމެއް ނޯވޭ ..، އަހަރެމެން ދެމީހުން ރަހުމަތްތެރިކަން ފިޔަވާ އިތުރު އެއްވެސް ގުޅުމެއް ނޯވޭ

ތަމަންގެ ޖުމްލައިން ނާއިކުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

.،އަސްލުވެސްތަ؟ އަހަރެން ހީކުރީ ހަމަ ތެދެއް ކަމަށް ނޭގޭނެއްނު…، ހިނިގަނޑެއް ޖަހާލަމުން ނާއިކު ބުނެލިއެވެ.

ހޫމް ..، ތަމަން ވެސް ބުނެލިއެވެ.

ކޮބާތަ މިއަދު އަރުކަން؟ އެހެންޏާ ކޮންމެ ދުވަހަކުވެސް އަރުކަން ބަލާ އަންނާނީ؟ ތަމަން ބުނެލިއެވެ.

މިއަދު އަރުކަން ގޭގަ ނޫޅޭތީ ދޮންތަ ބުނީމަ އަހަރެން މިއައީ…،ކިހިނެއްވި އަހަރެން ދެން ޕަރީ ބަލާ ނާންނަންވީ ތަ؟ އަރުކަން ނޫން މީހެއް ކަމުނުދޭތަ؟ ނާއިކް ވަރައް ދެރަވާކަހަލަ ގޮތަކައް ބުނެލިއެވެ.

ނޫނޭ އެހެންނެއް ނުބުނަމެއްނު..، ނާއިކްގެ ދުލުން ޕަރީއޭ ބުނުމުން ލަދުން އިންނަ ގޮތަށް ތަމަން ބުނެލިއެވެ.

ސުވާލެއް ކޮއްލަންތަ؟ ނާއިކު އެހެން ބުނެލުމުން ތަމަން ބޯ ޖަހާލިއެވެ.

ކީއްވެ އެރޭ ރުއީ؟.. ނާއިކު އެހެން ބުނެލުމުން ތަމަން އިސްޖަހާލިއެވެ.

ކޮންރެއަކު..، ނުރޮން..، ތަމަން ބުނެލިއެވެ.

އެންމެ ފުރަތަމަ އަހަރެމެން ދިމާވި ރޭ؟ އަހަރެންނައް އެނގޭ އެރޭ ޕަރީ ރޮއި ރޮއި ބަލިވެގެންކަން އެތާ ނިދިފަ އޮތީ އެހެން ނޫންނަމަ ތި ދެލޮލުގަ ކަރުނައެއް ނުހުންނާނެ އަނެއްކަ އެގަޑި އެތާ ނިދާފައެއްވެސް ނޯންނާނެ..،

ނާއިކު ބުނެލިއެވެ.

ހުރިހާ އެންމެން އެހާ ނަސީބުގަދައެއް ނުވާނެ…،ތަމަން އަށް އެހެން ބުނެވުންއިރު ކާރު އައިސް ގޭ ދޮރުމައްޗައް މަޑުކޮއްލަނީއެވެ.

ނާއިކު އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ ތަމަން ކާރުން ފައިބައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ތަމަން ދާތަން ބަލަން އިން ނާއިކްއަށް ބޮލު އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލަމުން އިސްތަށިތަކުގައި ހިފާ ބާރުކޮއްލިއެވެ.

ކާރު އެތެރެއަށް ލުމަށްފަހު ނާއިކު ގޭތެރެއަށް ވަދެގެން އައިސް ކަންނެތް ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ.

**

ދުވަސްތައް މާޒީއާއެކުވަމުން ދެއެވެ. މިހާރަކަށް އައިސް އަބަދާއި އަބަދު މެއަށް އަރާ ތަދުގަނޑުން ނިޔާޒް އަށް ވިސްނަން ޖެހިއްޖެއެވެ.

މިރޭވެސް ނިޔާޒް އެތެޅި ފޮޅެނީ އެވޭނަށް ކެތްނުވެގެންނެވެ. އެވަރުވީ އިރުވެސް ނިޔާޒް ތާރާއަށް އެކަން ސިއްރު ކޮއްގެން ހުރި ކުޑަކަމެއްވިޔަސް ތާރާއަށް ވާވަރު އެނގޭތީއެވެ.

މާބޮޑުކަމަކައް ނަހަދާ ނިޔާޒް މިރޭވެސް އަޅާނުލީ އެހެން ރޭރޭ ގޮތައް އިރުކޮޅަކު ރިހިލާފައި ރަގަލުވެދާނެކަމަށް ބަލާފައެވެ.

އިޝާ ނަމާދުން ފައިބައިގެން ކެއުމުގެ ކަންތައް ނިންމާލާފައި މާކިން ނިޔާޒް ކޮޓަރިއަށް ލައިފަ ދިޔަތާ ކުޑައިރުކޮޅެއް ނުވަނީސް ނިޔާޒް އަށް އެ އުދަގޫ ވާން ފަށައިފިއެވެ.

އެހެން ރޭރެއާ ހިލާފައް މިރޭ އެތަދު ގަނޑު މެއަށް އަރާ ނޭވާލާން ވެސް އުދަގޫ ވަނީ އެވެ.

ކެތްކުރަން މަސައްކަތް ކުރަމުން ތާރާ އަށް ނިޔާޒްއަށް ގޮވާލެވުނީ އެއަޑު އެކޮޓަރިން ބޭރައް ނުނިކުންނަހާ މަޑުންނެވެ.

**

އާދުވަހަކައް އަރައިގެން އައި އިރާ އެކު ހާލާ ކޮވެލީގެ މިއުޒިކީ އަޑުން ފަތިސްވެއްޖެކަން މުޅިދުނިޔެއަށް އިއުލާން ކުރަމުން ދެއެވެ.

އާދައިގެ މަތިން ތާރާ ނަމާދުކޮއްލައިގެން ނިކުތީ މަގުމަތި ކުނިކަހާލާށޭވެ. ބައްޕަގެ ކޮޓަރިއަށް ވަންނަން އުޅެފައިވެސް އެގަޑި މާ ބޮޑައް އަލިނުވާތީ އިހަށް ތާރާ ބައްޕައަށް އުދަގޫނުކޮށް ނިދަން ބާއްވާލާފައި އޭނަގެ މަސައްކަތްތަކާއިގެން ކުރިއަށް ދިޔައެވެ.

.ފަތިސްނަމާދު ކޮއްގެން ގެއަށް ވަދުމުން ތާރާ މާކިންއަށް ކޮފީތަށި ހަދާދީފައި ކާބައިން ނިކުންނަން ހިނގައިގަތެވެ.

ކޮންތާކަށް؟ މިތާ އިށީންދެބަލަ ކޮފީ ތަށި ބޯލައިގެން ދިޔަޔަސް ބޭބީ ކުރަން އުޅޭ މަސައްކަތްތައް ކުރެވޭނޭ…،

ތާރާ އަތުގައި ހިފާ ގަޔާ ދިމާއަށް ދަމާލަމުން މާކިން ބުނެލިއެވެ.

އެބައަންނަން ..، މިއަދު އަދި ބައްޕަގެ ކޮޓަރިއަށް ވަދެނުލާ މިއައީ…، ބައްޕަ ދެކިލާފަ ނޫނީ އެއްވެސް އެއްޗެއް ނުކެވޭނެ..، ތާރާ އެހެން ބުނުމުން މާކިން ތާރާ އަތުން ދޫކޮއްލީ އަވަހަށް ދާށޭ ބުނެއެވެ.

މާކިން އިށީންދެ އިން ގޮނޑިގެ ފުރަގަހުން މާކިންގެ ގައިގައި ބައްދާލުމައްފަހު ތާރާ ނިކުމެ ބައްޕަގެ ކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.

ބައްޕާ!! އެނދުގެ އަނެއްފަރާތައް އެނބުރި އޮތް ނިޔާޒް ގެ އަތުގައި ހިފާލަމުން ތާރާ ގޮވާލިއެވެ. އެ އަތުގައި ހިފާލުމާއެކު އާދަޔާ ހިލާފަށް އެއަތް ފިނިވެފައި އޮތްކަން ތާރާއަށް ފާހަގަ ކުރެވުނެވެ.

ބައްޕާ!! …، ބައްޕާ………..،

ދެތިން ފަހަރަކު ތާރާ ނިޔާޒްއަށް ގޮވާލުމުން ހަބަރެއް ނުވުމުން ގައިގާ ހިފާ ތަޅުވާލަމުން ތާރާ އަޑުގެ ކޮޅައް ބައްޕައަށް ގޮވަންފެށީ ކޮންމެސް ކަމެއް ވެއްޖޭ ހިތް ބުނަން ފެށުމުންއެވެ.

އޭރު މުޅި މީހާ ބިރުން ތުރު ތުރު އަޅަނީއެވެ. ތާރާގެ ރުއިމުގެ އަޑަށް މޭޒްދޮށުގައި އިން މާކިންވެސް ދުވެފައި ކަހަލަ ގޮތަކައް އެތަނައް އައިސް ވަނެވެ..

ނުނިމޭ

ކޮމެންޓް

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here