ދޮރުހުޅުވާލަމުން ދޮރުމަތީ ހުރި މާލްވީ ވަންނަން ތަންދައްކަމުން ތަމަން އެއްފަރާތަށް ޖެހިލިއެވެ.
އަދި ދެމީހުން އެކުގައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ހިނގާދާން މިހާރު ގަޑި ޖެހެނީ ޑޮކްޓަރ އައިޝަތު ތަމަން ..، ހިނިއައިސް މާލްވީ ބުނެލިއެވެ.
އަހަރެންނައް ގަބޫލްވެސް ނުކުރެވޭ މިހާ އަވަހަށް އަހަރެންނައް މިކަން ވާނެ ކަމަކަށްވެސް ..، ނޭނގެ މާލްއަށް ސުކުރު އަދާކުރާނެގޮތެއްވެސް..، މާލްވީ އެހެން ބުނެލުމުން ތަމަން ބުނެލިއެވެ.
ކޮންމެ ހެން އަހަރެންނަށް ސުކުރު އަދާ ކުރާނެ ކަމެއްނެތް..، އެކަމަކު ފުރަތަމަ މުސާރައިން އަހަރެންނައް ކާންދޭން ޖެހޭނެ..، މާލްވީ ހިނިއައިސް އެހެން ބުނުމުން ތަމަންގާތަށްވެސް ހިނިއައެވެ.
އަހަރެން މިހާރުވެސް މާލްއަށް ކާންދީފާނަމޭ..، ހިނގާބަ ދާން..، ތަމަން ހިނިއައިސް ބުނެލިއެހެން ބުނެލުމުން މާލްވީވެސް ހީލިއެވެ.
ފުރަތަމަ ދުވަސްވީމަ ކަންނޭގެ ވަރައް ހިތްތެޅޭ އެބަ ..، މާލް އަށް މިހެން ނުވޭތަ ފުރަތަމަ ދުވަހު..، ތަމަން ބުނެލިއެވެ.
އަހަރެންވެސް ފުރަތަމަ ދުވަހު ވަރަށް ބިރުން ހުރީ..، ހެހެހެ..، އެކަމަކު ދެދުވަސްވިއިރު އޯކޭ ވެއްޖެ..، އެންމެންވެސް ވަރަށް ފްރެންޑްލީ ..، މާލްވީ ބުނެލިއެވެ.
އަހަރެން ވާހަކަ އެއް އަހާލަންތަ؟ މާލްވީ އެހެންބުނެލުމުން ތަމަން ބޮލުން އާއެކޭ ބުނެލީ މާލްވީ އަހަން އުޅޭ ސުވާލެއް އޮޅުން ފިލުވުމަށެވެ.
ކީއްވެ އަސްލު ނިއުރޮލޮޖިސްޓަކަށް ތިވީ..، މާލްވީ އެންމެ ކުރިން ސުރެވެސް ހިތުގައި އޮތް ސުވާލެއް ކޮއްލިއެވެ.
އަސްލު އަހަރެން ކިޔަވަން ދިޔައީވެސް ވަރައް ބޮޑު އުންމީދަކައިގެން..،އެއީ އަހަރެންގެ ބައްޕައަށް ފަރުވާކުރުން ..، އެހެން ނޫންނަމަ އަހަރެން މިއަދު ޑޮކްޓަރެއް ގޮތުގައެއް ނުހުންނާނެ..، ތަމަން ބުނެލިއެވެ.
ބައްޕަ އަށް ކިހިނެއްވީ..، ތަމަން އެހެން ބުނެލުމުން މާލްވީ ބުނެލިއެވެ.
ބައްޕަ ދޯނި އެހެލަން އުޅެނިކޮއްވީ ކަމެއް..، އެއްފަޅި އެއްކޮއް ޕެރަލައިޒްވީ..، އަހަރެންނާ ދޮންތައާއި އަބަދުވެސްދެކެމުން އައި ހުވަފެނެއް އެއީ އަހަރެން ފަރުވާ ކޮށްގެން އަހަރެންގެ ބައްޕަ ރަގަޅުކުރުން،،.
އެކަމަކު އަހަރެންނައް އެހުވަފެން ހަގީގަތަކަށް ނެހެދުނު..، އަހަރެންގެ ބައްޕަ އަހަރެންނާ ވަކިވެގެން ދިޔައީ އަހަރެންގެ ފަރުވާއެއް ނުލިބ އަހަރެންނަށް މޫނުވެސް ނުފެނި..، ތަމަން ވާހަކަ ދައްކަމުން ދިޔައިރު ލޮލުން ކަރުނަ އާދެއެވެ،
ސޮރީ....، އަހަރެންނަށް އަސްލު ނޭގެ..، މާލްވީ ދެރަވެފައި އެހެންބުނެލީ ތަމަންގެ ލޮލުން ކަރުނަ އަންނަ މަންޒަރު ފެނުމުންނެވެ.
މާލްވީ އެހެން ބުނެ ތަމަންގައިގައި ބައްދާލުމައްފަހު ދެލޯ ފޮހެލަދިނެވެ.
**
ނިކް ..!! ތަމަންއެއީ ކާކު؟ ޕާޓީ ނިންމާލުމައްފަހު ކޮޓަރިއަށްވަދެ ނިދާ އެއްޗެހި ބަދަލް ކޮއްލައިގެން އައިސް ނާއިކް ކައިރީ އެނދުގައި އިށީންނަމުން އެވްލިން ބުނެލިއެވެ.
ކިހިނެތް ވީ؟ އެވްލިން އެހެން ބުނެލުމުން އެއްވެސް އަސަރެއް ނެތްހެން ނާއިކް ބުނެލިއެވެ.
ކަމެއްވީކީ ނުން ..، އޭނަ އެދެއްކީ ކޮން އަންހެން ކުއްޖެއްގެ ވާހަކައެއް؟ އެވްލިން ހިތަށް އުނދަގޫވެފަ ހުރިވަރުން މިރޭ އެއީ ކާކުކަން ނޭނގެނީސް ހަމަޖެހުމުގެ ނޭވާއެއްވެސް ނުލެވޭނެއެވެ.
،އެއީ ކާކުހޭ..، އޭނައާއި ނިކްއާއި އޮތީ ކޮން ގުޅުމެއްހޭ..،؟ ކީއްވެ އޭނަ އިރު އިރުކޮޅާ ތަމަންއެކޭ އެކިޔަނީ؟ އެއީ ނިކްގެ ކާކު؟ އެވްލިން އެއްފައްޗަކައް ބުނެލީ ހިތުގައި ޖެހިފައި ވާ އަޑަކުންނެވެ.
އަހަރެންނައް ޖަވާބު ދީބަލަ؟ ކީއްވެތަ އެއްޗެއްނުބުނެ ތިހުންނަނީ؟ އަހަރެންމީ ނިކްގެ އަންހެނުންނޭ. ކޮންކަމެއްތަ އަހަރެންނައް ތި ސިއްރު ކުރަނީ؟
ޖަވާބު ދީބަލަ ..، އެވްލިން ހުރިހާ ވާޙަކައެއް ދެއްކިއިރުވެސް ނާއިކް އަނގައިން ނުބުނެ ފޯނާ ކުޅެން އޮތް ގޮތުން އެވްލިން އިތުރައް ހިތުގައި ޖެހެން ފެށިއެވެ.
ނާއިކް..، އަހަރެން ވާހަކަ ދައްކާކަމެއްނޭގޭތަ؟ ނާއިކް އަޅާނުލާ އޮންނަން ފެށުމުން އެވްލިން ގާތަށް ރުޅިއަންނަ ގޮތްވެ ނާއިކް އަތުގައި އޮތް ފޯނު އަތުލަމުން ބުނެލިއެވެ.
ކިހިނެއްވެގެންތަ ތިއުޅެނީ؟ އެއީ ކާކުކަން އެވްލިންއަށް ހަމަ ނޭނގޭތަ؟ ތިވަރު ތިވަނީ..، އޭނަ ނިކްހާއަށް ހެދިގޮތް އެވްލިންއަށް ނޭނގޭތަ؟ މިހާރު ބޯކޮށާލާފަ މީހާގެ ސިފަ ބަދަލްވެފަ ހުއްޓަސް އެއީ ނިކްހާގެ ގާތިލް ދާނިޔާލް..، އޭނަ ދައްކާހާ ވާހަކައެއް ތިއަޑުއަހަނީ ..، ނާއިކް ހަޅެއްލަވައިގަންނަމުން އެވްލިންގެ އަތުގައި އޮތް ފޯނު އަތުލާފައި ކޮޓަރިން ނިކުންނަން ހިނގައިގަތްއިރު އެވްލިންއިނީ އެއްވެސް އެއްޗެއް ބުނާނެ ހިތްވަރު މިހާރު ނެތިފައެވެ.
ނާއިކް އަތު ހުރި ބާރުމިނަށް ދޮރު ލައްޕާލުމައްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.
އެއީ ދާނިޔަލްތަ؟ އެކަމަކު ހާދަ ބަދަލްވެފައޭ އެހުރީ..،އެއީ އޭނަކަން އެގުންނަމަ އަހަރެން އޭނައާއި އަނގައިންވެސް ނުބުނީމުސް..، ދެން ނޭނގެ ނިކް އަހަރެންނައް މާފް ކުރާނެ ކަމެއްވެސް..، ދާނިޔަލްގެ ބޭނުމަކީވެސް ކޮންމެސް އެއްޗެއް ކިޔައިގެން އަހަރެމެން ދެމީހުން ޖެއްސުންކަންނޭނގެ..،
ޝިޓް..، އަޅެ ކީއްތަ މިކުރެވުނީ.، އެވްލިން އައިސް ހުރި ރުޅި ފިނިވެ ކަންތައް ކުރެވުނު ގޮތާމެދު ދެރަވާން ފެށިއެވެ.
**
ދެމީހުން އެކުގައި އޭޑީކޭ ތެރެއަށް ވަދެގެން އައިއިރު އެންމެންގެ ނަޒަރު ހުއްޓެމުން ދިޔައީ އެދެމީހުންނަށެވެ.
ތަމަން ހުދުކުލައިގެ ގަމީސްޓޮޕްކޮޅަކާއި އެކު ކަޅު އައިސްބުޅޫ ޖީންސެއް ލާފައި ހުރި އިރު މާލްވީ ހުރީ އަޅި ކުލައިގެ ގަޔަށް ދޫ ޓޮޕެއް ލައިގެންނެވެ. ފެންނަ ފެނުމަށް މާލްވީގެ މޫނުމަތިން ތަމަންއަށްވުރެ ހަރުގޮތެއް ފެންނަން ހުއްޓެވެ، މެދުމިނުގެ އިސްކޮޅެއް ލިބިފައިވާއިރު ހަށީގަނޑުވެސް ހުރީ ހެޔޮވަރުވަރަކަށެވެ.
ލޮލުގައި އަޅާފައިވާ ވައް އައިނު ކުޑަކޮއް ރަނގަޅު ކޮއްލަމުން ފެންނަ ކޮންމެ މީހަކައް ހިނިތުން ވެލަމުން މާލްވީ ތަމަން އަތުގައި ހިފާލައިގެން ކުރިއަށް ދިޔައެވެ.
ހަމުގެ ކުލަ މާއަލި ނޫންނަމަވެސް މާލްވީއަކީވެސް އެތައްކުދިންނެއްގެ ހިތުން ޖާގަ ހޯދަމުންދާ ޒުވާނެކެވެ،
އޭނައަށް ލިބިފައިވާ މިޒާޖަކީ އެންމެން ވެސް އޭނަޔާ އެންމެ ގަޔާވާ އެއްސިފައެވެ.
މީ އާޝާގެ ރޫމް..، މިއަދު އިންނާނެ އާޝާކައިރީ ކުޑަކޮށް ހެލްޕްކޮށްލަދޭން ކުއްޖެއްވެސް..، ދެން ކަމެއް ޖެހިއްޖެއްޔާ އަހަރެންނަށް ގުޅާތި ޖެހިގެން އިންރޫމް ދޫކޮއްފަ އޭނދަ ރޫމްގަ އަހަރެން އުޅޭނަން..، މާލްވީ އެހެން ބުނެލުމުން ކުރިމަތިން ފެންނަން ހުރި ރޫމަށް ތަމަން ބަލާލިއެވެ.
ދޮރުގައި ތަތް ކޮއްފައި އިން ބޯޑްގައި ދިވެހި އަކުރުންނާއި އިނގިރޭސިން ޑޮކްޓަރ އައިސަތު ތަމަން ޖަހާފައި އިންތަން ފެނުމުން ތަމަންއަށް އެތަނައް ބަލަހައްޓައިގެން ހުރެވުނީ ހިނގައިގަންނަން ވެސް ނޭގިފައެވެ،
މިއަދު އެމަންޒަރު ދޮންތައަށް ފެންނަ ނަމަ އުޅޭނީ ކިހިނެއްބާވައެވެ.
އާޝާ ކިހިނެއްވީ..، ؟ ތަމަން ގުޑިވެސް ނުލާ އެހުރިގޮތަށް ހުރުމުން މާލްވީ ބުނެލިއެވެ.
ކަމެއްނުވޭ ..، ހިނގާ ދާން..، ތަމަން އެހެން ބުނެ މާލްވީ އާއި އެކު ހިނގައިގަތީ އެތެރެއަށް ވަދުމަށެވެ.
ބްރޭކްގަ ސައިބޯންދާން ގުޅާނަން މާލްވީ އެހެން ބުނެ އޭނަ ރޫމާ ދިމާލައް ހިނގައިގަތީ ތަމަން އެތެރެއަށް ވައްދާފައެވެ
**
ދުނިޔެ ދައުރުވަމުންދާ ބާރު މިނުގައި އެކިމީހުންގެ ދިރިއުޅުމައްވެސް އެކި ދުވަހު ދައްކަނީ އެކި ކުލައެވެ.
ސައުވީސް ގަޑިއިރެއް ނިމިގެން ދާއިރު މާކިންއަށް އަބަދާއި އަބަދު ވިސްނެނީ ތާރާއާއި ދޭތެރޭގައެވެ. އެމީހުންގެ އެއުފާވެރި ދިރިއުޅުން މިހާރު ބަދަލްވެފައިވާ ގޮތެވެ.
ވިސްނާ ވިސްނާވެސް ކުރާނެ ފަރުވާއެއްވެސް މާކިންއަކައް ނުވިސްނުނެވެ. މީހަކު މިމީހަކު ރަގަޅޭ ބުނެފިއްޔާ އެމީހަކަށް ދައްކަން އަވަސްވެ ގަނެވެއެވެ، އެކި ހިޔާލު ތަކުގައި ސޯފާގައި އިށީނދެ މާކިން އަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ. އަތުކުރީ އޮތް ގަޑި ބަލާލުމައްފަހު ކޮޓރިއާއި ދިމާލައް ހިނގައިގަތެވެ.
އަދިވެސް ނުނިމޭތަ؟ ކޮޓަރީ ދޮރުހުޅުވާލަމުން މާކިން ބުނެލިއެވެ.
މާކިން އެހެން ބުނެލުމާއި އެކު ތާރާ ތުންފަތުގައި އިނގިލި ޖައްސާލީ ވާހަކަ ނުދައްކާށޭ ބުނާކަހަލަ ގޮތަކަށެވެ.
ޑެޑީ..، ނިދި ނިދި އޮތް ރިމީ އަށް މާކިންގެ އަޑު އިވުމާއެކު އެހެން ބުނެ ފުންމައިގެން ތެދުވަން އުޅުނެވެ.
ހަމަ ނިދި ނިދި އޮތްވައޭ މާކް އައީމަ އެތެދުވީ..، ތާރާ ބުނެލިއެވެ.
މީ ޑެޑީ ކުއްޖެކޭ ދޯ..، ކޮއްކި ނިދާނީވެސް އެހެންވީމަ ޑެޑީ އާއިއެއްކޮއްނެންނު ދޯ..، މަންމީ ދޭ ދެން ޑެޑީ އާއި ދެކުދިން ނިދަން މިއުޅެނީ..، މާކިން އެނދުގައި އޮށޯވެ ރިމީ ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ.
ދޭ އަވަހައް ތައްޔާރުވެލަން ..، މިހާރު ނުވައެއްޖަހަނީ..، މާކިން އެހެން ބުނެލުމުން ތާރާ ތެދުވެގެން ހިނގައިގަތެވެ.
**
މިހާރު ހަމައަކަށް އެޅިއްޖެ ދޯ..، ގޭދޮރުން ނިކުންނަމުން މާލްވީ ތަމަން އަށް ބުނެލިއެވެ.
އާން ..، މިހާރު އޯކޭ ވެއްޖެ ..، ކުރިން ވަރަށް ބިރުގަތް .، މިހާޜު ވަރަށް އުފާވޭ ..، ކުރީ ދުވަހު އައި ޕޭޝަންޓެއް ...، އޭނަގެ އަތުން ވާގިދާ ގޮތްވެފަޔޯ އަބަދު ހުންނަނީ..، ބައެއްފަހަރު ފައިކޮޅުންވެސް ވާގިދާ ހެންނޯ ހީވަނީ ބުނީ..، މިއަދު އެމީހާ އަނެއްކަ އައީ..، ވަރަށް އުފާވެފަ ހުރީ..، ބުނީ މިހާރު އެއްގޮތަކައްވެސް އެހެންނެއް ނުވެޔޯ..، އަހަރެން ހިތަށް އަރާ އަހަރެން ބައްޕަ ހުރިނަމަ މިއަދު ރަނގަޅޫ ކުރަން އަހަރެން ހާދަ މަސަތްކަތެއް ކުރާނޭ...، ތަމަން އެހެން ބުނެލުމުން މާލްވީ ކުޑަކޮށް ތަމަންއާއި ގާތަށް ޖެހުނީއެވެ
**
ރިމީ ނިންދެވުމައްފަހު މާކިންއާއި ތާރާ ގެއިން ނިކުތެވެ. ފުރަތަމަ ހިނގާ ބޭބީ ގަންނަން ބޭނުން އެއްޗެހި ގަންނަންދާން ..، ނިންމާލާފަ ތަނަކައް ގޮސް ކާލައިގެން ގެއަށް ދާނީ ދޯ..، މަންމަ ރިމީ ބަލާނެ.
މިހާރު ކިހާ ދުވަހެއް ދެމީހުންނައް އެއްކޮށް މިހެން ނިކުމެވެސް ނުލެވޭތާ..، މާކިން ބުނެލިއެވެ.
ދެމީހުން ވާޙަކާގައި ތިބެ މަޖީދީމަގުން ފަހަރަކު ފިހާރައަކަށް ވަންނަމުން ދިޔައެވެ.
މާކިން،..، ރެޑް ވޭވް ތެރެއަށް ވަދެވުންތަނާ ފަހަތުން މީހެއް އައިސް ކޮނޑުގައި ޖަހާލަމުން ގޮވާލިއެވެ.
ތާރާ ..، ތާރާވެސް އެމީހާއާއި ދިމާލައް ބަލައިލުމުންއެމީހާ ގޮވާލިއެވެ.
އަހާ އަބްދޯބެ ކޮންދަތުރެއްގަ ތޯ ތިއުޅުއްވަނީ..، މާކިން ބުނެލިއެވެ.
މީ ބައްޕަ އެއްކަލަހެން ވާގިދާގޮތްވާތީ ދައްކާލަން އައީ..، ލައްކަ ޑޮކްޓަރުންނައް ދެއްކިއްޖެ ..، އެކަމަކު ހަމަ ލުޔެއް ނުވި..، މީހަކު އޭޑީގެ އިހައްދުވަހު އަލަށް އައިސް އުޅޭ ޑޮކްޓަރެއް މާމޮޅޭ ބުނީމަ ދައްކާލަން ގެނައީ..، މިހާރު އިންޝާﷲ ބައްޕަ ބުނީ ހަމަ ވަރައް ބޮޑު ތަން ލުއި ވެއްޖޭ..، އެމީހާ ބުނެލިއެވެ.
ތާރާ އަދިވެސް އެއްކޮއް ރަގަޅު ނުވޭތަ؟ އެމީހާ އެވަރަށް ޥާހަކަ ދެއްކި އިރު އަނގައިން ނުބުނެ ތާރާ ހުރުމުން އެމީހާ ބުނެލިއެވެ.
މިދެތިން ދުވަހު އަނެއްކަ މާ ބޮޑައް ރިއްސާތީ އެއުޅޭނީ ..، އެއްގޮތަކައް ރަގަޅުވާ ގޮތެއްނުވި މިހާރު އެތައް ޑޮކްޓަރުންނަކައް ދެއްކިއްޖެ..، އަނެއްކަ ބޭރަށް ދާން މިހާރު މިވިސްނަނީ..، މާކިން ބުނެލިއެވެ.
އިހައް ބޭރައް ނުގޮސް މި ޑޮކްޓަރަށް ދައްކާލަބަލަ ..، ހަމަ ވަރަށް ރަނގަޅު ކަމަށް އެންމެންވެސް ބުނަނީ..، މިހާރު ބޭރަށް ވެސް ދެވިއްޖެއްނު އެމީހާ އެހެން ބުނެލުމުން މާކިން ބޯޖަހާލިއެވެ.
އެންމެ ރަނގަޅު އެޑޮކްޓަރު ނަމާ އިންނަ ހޮސްޕިޓަލް ބުނޭ އަހަރެން މިރޭ ގޮސް މެމޯ އެއް ނަގާނަން..، މާކިން ބުނެލިއެވެ.
އެޑޮކްޓަރ ނަން މިހާރު ހަދާނެއްނެތް އައިސަތު ކޮންމެސް އެއްޗެއް ކިޔަނީ..، އޭޑީކޭގަ އިންނަނީ..،
ހިއެއްނުވޭ އަވަހަށް ލިބޭނެހެންވެސް ވަރައް ބާޜު ބޮޑުކޮށް އުޅޭނީ..،
ބޭބެ މިރޭ ބަލައިލާނަން ލިބޭތޯ .. މެމޯ ކޮޅު ހައްދާފަ ގުޅާލާނަން ..، އެމީހާ ބުނެލިއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް