ކެތްކުރާނަން އުންމީދުގާ – ފަންސާސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ  ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި |...

14 Jan 2019 | 23:24

ކުރީގެ އަދަދާއި ގުޅޭ


 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި

ފޮތް ހުޅުވާޅާފައި އެތެރެ ބަލާލަން އުޅުނު ވަގުތު ފޮތުގެ ތެރެއިން ފޮޓޯގަނޑެއް ތިރިއަށް ވެއްޓިގެން އައިސް އެވްލިންގެ ފައިގައި ޖެހުނެވެ.

ފޮތް އޮތް ތަނުގައި ބޭއްވުމަށްފަހު ފައިކައިރީއަށް ވެއްޓުނު ފޮޓޮގަނޑު ނަގަން އެވްލިން ގުދުވެލިއެވެ.

ބަންޑުން އޮތް ފޮޓޯގަނޑު އަނެއް ފުށައް އަނބުރާލުމާއިއެކު ބޭރަށް ލައި ލައި ހުރި އެވްލިންގެ ނޭވާ އެތެރެހަށީގައި ތާށިވިކަހަލައެވެ،

ގަބޫލްކުރަންވެސް ދަތިވެފައި އެފޮޓޯގަނޑަށް ދެލޯ ސާފްކޮއްލަމުން ބަލައިލެވުނީ ކިތަށްފަހަރު ކަމެއްވެސް ނޭގުނެވެ.

އަތުގައި އޮތް ފޮޓޯގަނޑުގައި ހިނިއައިސް ނާއިކް އަންހެން ކުއްޖެއްގެގައިގައި ބައްދާލައިގެން ހުރިއިރު އެދެލޮލުން އެކުއްޖާއަށް ބަލަން ހުރިގޮތުން އެވްލިންގެ ހިތްތެޅެންފެށިއެވެ.

އެ އަންހެން ކުއްޖާ ނާއިކްއަށް ބަލަހައްޓައިގެން ހުރިއިރު އެމޫނުމަތީގައިވެސް ވަނީ ހިނިތުންވުމެވެ.

ކުޑަ ހިނދުކޮޅަކައް ނަމަވެސް އަމިއްލަ ނަފްސް އޭނަގެ ބާރުގެ ދަށުން ވީއްލިގެން ދިޔައެވެ. ހަމައަކަށް އެޅެން މަސަތްކަތް ކުރިއަސް އެފޮޓޯގަނޑުން އެތައް ވާހަކައެއް އެވްލިންއަށް ބުނެދޭ ކަހަލައެވެ.

އެ އަންހެން ކުއްޖާއަށް ގުދްރަތުން ލިބިފައިވާ ރީތިކަމަށްވެސް އެވަގުތު އެވްލިންގެ ހިތް ހަސަދައިން ފުރުނެވެ.

އެ މޫނުމަތިން ފެންނަން މިހާރު އެހުރި ހިނިތުންވުން އިނދެގެން އެތަކެއްދުވަހު އުޅުނު އިރުވެސް ނާއިކްގެ މޫނުމަތިން ނުފެނެއެވެ.

ދެލޯމަރާ ބާރުކޮށްލަމުން ލޮލުތެރެއަށް ގިނަވެފައި ހުރި ކަރުނަތައް ހިންދާލެވޭތޯ އެވްލިން މަސަތްކަތް ކުރިއެވެ.

ފޮޓޯގަނޑު ފޮތުގެ ތެރެއަށް ލުމަށްފަހު އެވްލިން ބެލްކަންޏަށް ނިކުންނަން ހިނގައިގަތްއިރުވެސް އެހިތަށް ބުނެދޭންނޭގޭހާ އުދަގޫތައްވަމުންދިޔައެވެ.

"އެއީ ނާއިކްގެ ކާކުހެއްޔެވެ. ދެމީހުން ދެމެދުގައި ގުޅުމެއްނެއްނަމަ އެފޮޓޯ އެހާ ރައްކާތެރިކޮށް ފޮތަށް ލައިގެން ގެންގުޅެންވީ ކީއްވެހެއްޔެވެ،

ނިކް އަށް އެހާ ބޮޑު ޗޭންޖެއް އައިސްގެން އެއުޅެނީ އެހެންވެބާ..، ނޫން..، ނޫން..، އެދެމީހުން ދެމެދު ގުޅުމެއް އޮތްނަމަ ނިކް އަހަރެންނާ މެރީ ކުރަންވީ ކީއްވެ ؟ އެކި ވިސްނުމުގައި ހުރެ އެވްލިން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

**

ދޮންތަބޭ..،!! އަހަރެން ބޭނުން ދޮންތަ ޑޮކްޓަރައް ދެއްކި ހުރިހާ ޓެސްޓްތައްވެސް ބަލަން ..، އަހަރެންނަށް ހުރިހާ އެއްޗެއް ގެނެސްދީ..، އޭރައް އަހަރެންނައް އަހަރެން ފަރުވާ ކުރިއަށް ގެންދަންވީ ގޮތް އެނގޭނީ ދެން..،ތަމަން ބުނެލިއެވެ.

އެބަ އަންނަން ހިފައިގެން..،މާކިން އެހެން ބުނެލުމުން ތަމަން ބޯޖަހާލުމުން މާކިން އެއެޕާޓްމެންޓުން ނިކުންނަން ހިނގައިގަތެވެ.

ކުޑަ އިރުކޮޅަކުން ބޮޑު ފައިލެއް ހިފައިގެންއައިސް ތަމަން ކައިރީ ސޯފާގައި އިށީނެވެ.

ފައިލުގައިވާ ހުރިހާ ރިޕޯޓްތައް ފަހަރަކު ގަނޑެއް ވަކި ވަކިން ބަލަމުން ތަމަން ގެންދިޔައިރު މާކިން އިނީ ތަމަން އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ.

ހުރިހާ ޓެސްޓްތަކުންވެސް ދައްކަނީ ހަމަ އެކައްޗެއް .، ބޮލު ފަހަތުގަ އިން ނާރެއް އިނީ ވަރައް ބޮޑަށް ޑެމޭޖްވެފަ..، ތަމަން ރިޕޯޓައް ބަލަން އިނދެ ބުނެލިއެވެ.

އެކަމަކު މެލޭޝިއާއިން އައީ ތާރާ ބެލި ޑޮކްޓަރ މިހާޜު އެނާރު ރަގަޅުކަމަށް ބުނީމަ..، މާކިން ބުނެލިއެވެ.

އެކަމަކު އެއްވެސް ރިޕޯޓަކުންނެއް އެއްވެސް ކުރިއެރުމެއް އައިސް ހުރިކަމެއް ފެންނާކަށް،،.، އެހެންވީމަ އަހަރެން ބޭނުންވަނީ އަލުން މިކޮޅުން މި ސްކޭން ކޮއްލަން ..، އަހަރެން ހަމަޖައްސާނަން ހުރިހާކަމެއް..، އަހަރެން ބުނާގަޑިއަށް ދޮންތަ ގޮވައިގެންދޭ..، ތަމަން ބުނެލިއެވެ.

މިދުވަސްކޮޅު އެހާ ބޮޑަށް އެއްވެސް ކަމަކާ ވިސްނިޔަ ނުދޭތި..، އަހަރެންވެސް ކިތަންމެ ދޮންތަ ދެކިލާ ހިތްވިޔަސް ހިތްވަރުކުރާނަން..، ތަމަން ރިޕޯޓްތައް ފައިލްތެރެއަށް ލަމުން ބުނެލިއެވެ.

**

މަޑު ފިޔަވަޅުތަކެއްގައި އެވްލިންއައިސް ކޮޓަރިއަށް ވަދެ މަޑު މަޑުން ކޮޓަރިތެރެއަށް ބަލާލިއެވެ.

ނާއިކް ފެންނަން ނެތުމުން ފާހާނާއާއި ދިމާއަށް ބަލާލުމަށްފަހު ފާހާނާގައިވެސް ނެތްކަން ޔަގީން ވުމުން ފޯނު ހިފައިގެން އައިސް އެނދުކައިރީ ހުއްޓިލީ ދޮރު ތަޅުލުމަށްފަހުއެވެ.

ހިތަށް އަރާ ފައިބަމުން ދާ އެއްޗެހިން މިވަގުތު އެކަންތައް ތައް ކޮންމެސް މީހަކާ ހިއްސާ ކޮށްލަން ބޭނުންވަނީއެވެ.

އެފޮޓޯގަނޑުގެ ހަގީގަތް ނާއިކްގެ ގާތުން އަހަން ކިތަންމެ ބޭނުންވިޔަސް އެހިތްވަރެއް އެވްލިންގެ ކިބަޔަކު ނެތެވެ. އެހެން އަންހެނަކާ އެއްވެސް ގުޅުމެއް އޮތްކަން އެގިއްޖެއްޔާ އޭނަ މޮޔަވެސް ވެދާނެއެވެ.

އެހާވެސް ބޮޑައް އޭނަ ނާއިކް ދެކެ ލޯބިވެއެވެ.

އެނދުމަތީގައި ދެއަތް އަޅުވާލަމުން އެދުކައިރީ ތިރީ އިށީނދެ ސާރާ އޮންލައިން ގައި އިންތޯ ބަލާލިއެވެ. ނަސީބް ރަނގަޅުކަމުން އެވަގުތު ސާރާ އޮންލައިންގައި އިނުމުން އަވަސް އަވަހައް ސާރާގެ ނަންބަރަށް ގުޅާލިއެވެ.

ދެވަނަ ރިންގާއި އެކު ސާރާ ހަލޯއޭ ބުނެލި އަޑު އިވުނެވެ.

ވަރައް އުފާވެފަ ދޯ ތިހުރީ..، ކިހިނެއްވަނީ؟ ތިކޮޅައް ދިޔަފަހުން އޯކޭތަ؟ފޯނު ނެގިގޮތައް އެއްފައްޗަކަށް ސާރާ ބުނެލިއެވެ.

އަހަރެންނަކައް ނޭނގެ މިވާހަކަ ދައްކާނެ ގޮތެއް ..، މިކޮޅައް އަޔަސް ނިކް އެހާ އަހަރެން ވެގެންނެއް ނޫޅޭ..، އަބަދު އޭނަ ދޮންތަމެންނާއެއްކޮށް އުޅެނީ..، އެހެންވެ އަހަރެން ބޭނުންވީ ކުރިންވެސް ދެމީހުން އެކަނި ތަނަކަށް ދާން..، އެކަމަކު ނިކް މިކޮޅައް އަންނަން ބޭނުންވީ..، އެކަމަކު މިކޮޅަށް އަންނަން އެއްބަސްވި ކަމައްޓަކާވެސް ސުކުރުކުރަން..، އެވްލިން ބުނެލިއެވެ.

އަދި ރަނގަޅުވާނެ..، ދުވަސްކޮޅަކު ތިކޮޅުގަ އުޅެލާފަ އައިސް އެހެން ތަނަކައް އަނެއްކަ ޖައްސާލާނީ..، ޢޭރަށް އޯކޭ ވާން ފަށާނެ..، ސާރާ ބުނެލިއެވެ.

ސާރާ!! އަނެއްކަ ވަރައް އެހެން ކަހަލަ ކަމެއް ދިމާވެގެން މިއުޅެނީ..، އެހެންވެ އުނދަގޫ ވާވަރުން މިގުޅީވެސް ..، ނިކް ކައިރީ އަހަން ބޭނުމަސް އަހަރެންނައް ނުކެރޭނެ އަހާކަށް..، އެކޮޓަރިއަށް ވަދެ އެއްޗެހި ހޭވިއްޔޭ ވެސް ހިތަށް އަރާފާނެ ދޯ..، އެވްލިން ބުނެލިއެވެ.

ކިހިނެއްވީ؟ އެވްލިން އެހެން ބުނެލުމުން ސާރާ ސުވާލު ކޮއްލިއެވެ.

އަހަރެން ދެންމެ ބެލްކަންޏައް ނިކުމެފަ ބެލްކަނިން ވަދެވެން އިން ރޫމުގެ ދޮރު ހުޅުވިފަ ހުރީމަ ވަދެލީ..، ފޫހިވެފަ ހުރީމަ ވާހަކައެއް ކަމަށް ހީކޮށް އެތާ ބަހައްޓާފަ ހުރި ފޮތެއް ހުޅުވާލީ..، އެފޮތުގެ ތެރޭން ނިކްއާ އަންހެން ކުއްޖަކާ ހަގްކޮށްލައިގެން ނާގާފަ އިން ފޮޓޯއެއް އަހަރެންނައް ފެނިއްޖެ..، ސާރާ!! ނިކް އަހަރެން ކައިރީ ހުންނަ އިރު އެގޮތަށް ހީލައިގެން ހުންނަ ތަނެއް އަހަރެންނަކަށް ނުފެނޭ..، އަހަރެންނައް އެފޮޓޯ ފެނުންފަހުން ވަރަށް އުނދަގޫވާތީ މިއުޅެނީ..،އެވްލިން އެއްވެސް ކަމެއް ވައްޓާނުލާ ސާރާއަށް އެހިތުގެ ހާލު ބުނެދިނެވެ.

އެވީ..، ފެންނަ ކޮންމެ ކަމެއް ހަގީގަތަކަށް ނުވެދާނެ..، ފޮޓޯއެއް ނަގާފާނެ ދޯ..، ވެދާނެއްނު އެދެމީހުން އެއީ ގާތް ރަހުމަތް ތެރިންކަމައްވެސް..، އެވީ މާބޮޑަށޭ ކަންތައްތަކާ ވިސްނަނީ..، އަބަދު ތިގޮތަށް ވިސްނަން ވެއްޖެއްޔާ ޝައްކު ބަލި ޖެހިދާނެ..، ސާރާ މަޖާވެލާފައި އެހެން ބުނެލުމުން އެވްލިންއަށްވެސް ހެވުނެވެ.

ދެންވެސް ތިހެން ނުހުރެ ދޭބަލަ ނިކް ކައިރިއަށް ..، ގިނަވަގުތު ނިކްއާއި އެއްކޮށް އުޅޭބަލަ..، ސާރާ އެހެން ބުނެލުމުން އެވްލިން ހީލަމުން ދެތިން އެއްޗެއް ބުނެލުމައްފަހު ފޯނުކަޑާލިއެވެ.

ސާރާއަށް ގުޅާލުމުން ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލއެވެ.

އެވްލިން ދެރަވެ ކަމަކާ ވިސްނޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަވެސް ސާރާއަށް ގުޅަނީ އެހެންވެގެންނެވެ.

ކިތަންމެ ދެރަވެފައި ހުއްޓަސް ސާރާއާއި ވާހަކަ ދައްކާލެވުމުން ހިތަށް ލުއި ލިބެއެވެ.

ގަޑިއަށް ބަލާލުމައްފަހު އެނދުކައިރިން ތެދުވެގެން ފާހާނާއާއި ދިމާއަށް އެވްލިން ހިނގައިގަތީ ތައްޔާރުވެލައިގެން ނާއިކް ކައިރިއަށް ނިކުންނަން ވެގެންނެވެ.

ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން ނާއިކް ކާބަޔައްވަދެ އަމިއްލަ އަށް ކޮފީތައްޓެއް ހަދައިލައިގެން ނިކުންނަން ހިނގައިގަތެވެ.

ކޮފީތަށި ހިފައިގެން ގޭދޮރުމަތީ ހައްދާފައިވާ ބަގީޗާ ކައިރީ ބަހައްޓާފައި ހުރި މޭޒްކައިރީ ނާއިކް އިށީނެވެ.

އެވަގުތު ލޯ ކުރިމައްޗަށް ސިފަވާންފެށީ މީގެ ދުވަސްތަކެއްކުރިން އޭނަގެ އުފާވެރި ދުސްތަކެވެ.

ދެމީހުން އެކުގައި އެތާ ތިބެ ކޮންމެ ދުވަހަކު ހެނދުނު ކޮފީބޯ ހަދާން އާވާންފެށިއެވެ. އެރީތި ހިނިތުންވުމަށް ބަލަހައްޓައިގެން ނާއިކްއަށް އިނދެވެނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ.

ކިތައްމެ ދުވަހެއްވިޔަސް އެލޯއްބާއި އެހަދާންތަކާ ވަކިވާނީ ކިހިނެއްހެއްޔެވެ. ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ އެހަދާންތަކެވެ.

އެދުވަސްތައް ހަދާން ވުމުން ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ނާއިކް އެތަނުން ތެދުވެގެން ގޭތެރެއަށް ވަންނަން ހިނަގއިގަތެވެ.

ކޮއްކޯ..، އަމިއްލައައްތަ މިއަދުވެސް ކޮފީ ހެދީ..، ތިރިއަށް ފައިބައިގެން އައި ފަޒްލާއަށް ކޮފީ ހުސްކުރި ޖޯޑު ހިފައިގެން ގޭތެރެއަށް ވަތްން ނާއިކް ފެނުމުން ބުނެލިއެވެ.

އެއްވެސް ޖަވާބެއްނުދީ ބޮލުން އާއެކޭ ބުނެލުމަށްފަހު ފަޒްލާއާއި އެކު ކާގެ ބަޔާ ދިމާއަށް ހިގައިގަތެވެ.

ދޮންތާ..،!! ކޮން އިރަކުން އަރުކަން އަންނަނީ..،މޭޒްކައިރީއިން ގޮނޑި ދަމާލުމައްފަހު އިށީންނަމުން ނާއިކް ބުނެލއެވެ.

ދެދުވަސް ވަރުވާނޭ ބުނީ..، ރައްޓެހިބަޔަކާ އެއްކޮށް އެމީހުން މިތާ އެހެން އަވަށަކަސް ދާން ބުނެގެން ގޮސްވީ..، ފަޒްލާ ބުނެލިއެވެ.

ދޮންތާ!! އަހަރެންނައް ދެން ދުވަހަކުވެސް އާޝާއާއި ދިމާ ނުވާނެތަ؟ ކީއްވެތަ އާޝާ އެހެން އެހަދަނީ..، އަހަރެން އެހާ ލޯބިވާއިރު ..، މިތަނަށް ބައްޕަ އަހަރެން ފޮނުވަން އުޅެން ފެށީމަވެސް އަހަރެން ނާންނަން އުޅުނީވެސް އެހެންވެ..، މިތަނުގަ ވަނީ އަހަރެންނާ އަޝާގެ ހަދާންތައް..، އަހަރެންނައް ނޭގެ އަހަރެން އާޝާ ނޫންމީހަކާއި އެއްކޮށް ދިރިއުޅޭނެގޮތެއް؟

އަހަރެންނަކައް އާޝާއާއި ވަކިން ނޫޅޭޥޭނެ ދޮންތާ..، ނާއިކްއަކީ ފިރިހެނަކައްވިޔަސް މިވަގުތު އެހިތައް ކުރަމުން ދިޔައަސަރު ފޮރުވޭ ގޮތެއްނުވިއެވެ.

ފެންކަޅިވެފައި ހުރި ނާއިކްގެ ދެލޯ ފެނުމުން ފަޒްލާއަށްވެސް ރޮވުނެވެ.

ކޮއްކޯ..، ދޮންތަ އާޝާއަށް ވަރަށް ވިސްނައިދެވޭތޯ އުޅުނިން..، އެކަމަކު އޭނަ ކޮއްކޮގެ ވާހަކަ ދެއްކިޔަވެސް ނުދޭ..، އޭނަ ހިތަށްވެސް އެރޭ ކަންތައް ވީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ ހުރީ..، ފަޒްލާ ބުނެލިއެވެ.

ބައްޕަ ބޭނުންވިޔަސް ލޯބިނުވާ މީހަކާ އެއްކޮށް އަހަރެން އުޅޭނީ ކިހިނެއްތަ..، އަހަރެން މިވީ އެއްއަހަރު ތެރޭ އެހެން މީހަކާ އެއްކޮށް އުޅުނަސް އަހަރެން ހިތުން އާޝާ ވަކިވާ އެންމެ ވަގުތެއްވެސް ނާދޭ..، އަހަރެން ހިތާމަކުރާވަރު އެއްވެސް މީހަކަށް ނޭގޭނެ..، އެންމެން ވެސް ބުނާނީ ފިރިހެނުން ދެރައެއްނުވާނޭ..، އެކަމަކު އަހަރެމެންގެވެސް އިހުސާސްތަކެއްވޭ..،ނާއިކް ފެންކަޅިވެ ހުރެ ވާޙކަދައްކަމުން ބުނެލިއެވެ.

ކޮކްކޯ ދޮންތައަށް އިހުސާސް ކުރެވޭ ކޮއްކޮ ހިތުގަ އަޅާވޭން..، ދޮންތަވެސް ތިކަމާ ހާދަ ވިސްނަމޭ..، ފަޒްލާ ބުނެލިއެވެ.

ކުއްލިއަކަށް ފަހަތުން އެއްޗެއް ވެއްޓުނުކަހަލަ އަޑެއް އިވިގެން ފަޒްލާއާއި ނާއިކްއަށް އެއްފަހަރާ ކަހަލަ ގޮތަކައް ދޮރާ ދިމާއަށް ބަލާލެވުނެވެ.

އެވަގުތު ދެމީހުންނައްވެސް ސިހުމެއް ލިބިގެން ދިޔައީ ދޮރު ބުޑުގައި ގަބުވެފައި ކަހަލަ ގޮތަކަށް އެވްލިން ހުރިތަން ފެނުމުންނެވެ.

ނުނިމޭ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް