ކެތްކުރާނަން އުންމީދުުގާ - ފަންސާސް އަށްވަނަބައި

ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ...

24 Jan 2019 | 03:55
 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި | ފަންސާސް ހަތަރުވަނަބައި | ފަންސާސް ފަސްވަނަބައި | ފަންސާސް ހަވަނަބައި | ފަންސާސް ހަތްވަނަބައި

ކުރީގެ އަދަދާއި ގުޅޭ

ދޮންތާ އަހަރެންނަށް އެނަންބަރުދީ..އަހަރެން ހަމަ މިހާރު އާޝާއަށް ގުޅާނަން..، ނާއިކް ހިތް އަވަސް ވެފަ ހުރިވަރުން ބުނެލިއެވެ.

މިފޮނުވާލަނީ..، ފަޒްލާ އެހެން ބުނެ ފޯނުކަނޑާލިތާ ކުޑައިރުކޮޅަކުން ނާއިކް ފޯނަށް ނަންބަރު ފޮނުވާލިއވެ. ..، ހިތް އަވަސް ވެފައި ހުރިވަރުން އަވަހައް ފޯނުގައި ނަންބަރު ޖަހާ ގުޅާލިއެވެ.

"ތަމަން" ފޯނުގެ ސްކްރީނައް އަރާފައިވާ ނަންފެނުމުން ދެލޯ ކުޑަކޮށްލަމުން ނާއިކްއަށް އެނަން ކިޔާލެވުނީ އަޑަށް ބާރުލަމުންނެވެ.

ކީއްވެ ތަމަންގެ ނަންބަރު..، ވާނުވާ ނޭނގި ހުރި ނާއިކް އެނަންބަރަށް ނުގުޅާ އަނެއްކާވެސް ފަޒްލާގެ ނަންބަރައް ގުޅާލިއެވެ.

ދޮންތާ އެހެންމީހެއްގެ ނަންބަރު ތިދިނީ..، ފަޒްލާ ފޯނު ނެގުމާއިއެކު ނާއިކް ބުނެލިއެވެ.

ނޫން.. ދޮންތަ ހަމަ އާޝާ ނަންބަރު ފޮނުވީ އަޅެ ރަނގަޅުތޯ ބަލާބަލަ..، ފަޒްލާ އެހެން ބުނެ އެނަންބަރު ކިޔާލަދިނެވެ.

އެކަމަކު މި ފޯނުގަ އެބައިން ތި ނަންބަރު ސޭވް ކޮށްފަ...، އަހަރެންގެ ރައްޓެއްސެއް ތަމަން ކިޔާ..، ނާއިކް ތަމަންއާއި ދެމީހުންގެ ގުޅުން ސިއްރު ކުރަމުން ބުނެލިއެވެ.

އެހެންވީމަ ރަނގަޅު ނަންބަރެއްނު މިދެވުނީ..، ފަޒްލާ މަޖާ ގޮތަކައް އެހެން ބުނެލީ ނާއިކް މަޖާ ކުރަނީ ކަމައްހީކޮށެވެ.

ދެންވެސް ކޮއްކޮ އަވަހަށް ތަމަންއަށް ގުޅާބަލަ..، ފަޒްލާ ބުނެލިއެވެ.

ދެން ދޮންތާ ..، އަހަރެން ތަމަންއަށް ގުޅައިގެން އާޝާ ހޯދަނީ ކިހިނެތްތަ؟..، ހިތް އަވަސްވެފައި ހުރިވަރުން މިފަހަރު ނާއިކްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

ކޮއްކޮ އަސްލުވެސް ތިހެން ތިކިޔަނީ ނޭނގިގެންތަ..، ތަމަންއަކީ އާޝާކަން..، ފަޒްލާ ސީރިއަސް ރާގެއްގައި ބުނެލިއެވެ.

ވަޓް....، ސިހުނު ވަރުން ނާއިކް ބުނެލިއެވެ.

އާން ތަމަންއަކީ އާޝާ..، ދޮންތަމެން އެންމެ ކުޑައިރު އޭނައަށް އާޝާ ކީމަ އެހެން ކިޔެނީ ...،ފަޒްލާ އެހެން ބުނެލިއިރު ނާއިކްއަށް ދެލޯ ކުޑަކޮށްގެން ވިސްނަން ހުރެވުނީ ކަމެއް ޔަގީން ކުރަން ބޭޏުންވާކަހަލަ ގޮތަކަށެވެ.

ފަޒްލާ އެހެން ބުނެލުމުން މީގެ އެތައް ދުވަހެއްގެ ހަދާން ނާއިކްގެ ސިކުޑީގައި ކޮށްޓާލިއެވެ.

"މިހާރުވެސް އަހަރެންނައް އަހަރެންގެ ޕަރީގެ ވަސް އެބަދުވާ..، ބެލްކަނީ ރެއިލިންގައި ހިފަހައްޓާލައިގެން ކޮޓަރިއާއި ދިމާލައް ފުރަގަސްދީގެން ހުރި ނާއިކް ބުނެލިއެވެ.

އެކަމަކު މިތާ ޕަރީ ކިޔާ މީހެއްނެތް..، ނާއިކްގެ ފަހަތުން އައިސް ފުރަގަހުން ބައްދާލަމުން ތަމަން ބުނެލިއެވެ.

އެހެން މީހުންގެ އާޝާ ވިޔަސް ތީ އަހަރެންގެ ޕަރީ ..، ތަމަންގެ ދެއަތުގައި ހިފާ ކުރިމައްޗަށް ދަމާލަމުން ނާއިކް ބުނެލިއެވެ.

އަހަރެންނައް ކިޔަނީ އާޝާ އެއްވެސް ނޫން...،އަހަރެންގެ ބޯއީފްރެންޑައް އަހަރެންގެ ނަންވެސް ނޭނގޭ.، ތިހެން އުޅެނިކޮއް އަހަރެން ގެއްލިއްޖިއްޔާޔޯ..، ތަމަން އެހެން ބުނެލުމުން ނާއިކް ތަމަންގެ ގައިގައި ބާރައް ބައްދާލިއެވެ.

އަހަރެންގެ ޕަރީ ދުވަހަކުވެސް އަހަރެންނަކައް ނުގެއްލޭނެ..، ގެއްލުނަ ނުވެސް ދޭނަން..، އަހަރެންނައް އޯކޭ ކޮންމެ ނަމެއްކިޔަސް ތީ ހަމައެކަނި އަހަރެންގެ ޕަރީ..، ދެން ހެޔޮ ކޮންމެ ނަމެއް ކިޔަސް އަހަރެން ބަލާކަށްވެސް ބޭނުމެއްނޫން..، ނާއިކް ތަމަން އެހެން ބުނެލުމުން ބުނެލިއެވެ.

ހޫން ..، ދެން އެހިޔަސް ނުބުނާނަން ..، ތަމަން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

ކޮއްކޯ....، ހިޔާލައް ގެއްލިފައި ހުރި ނާއިކް ސިހުނީ ފަޒްލާ ތަންކޮޅެއް ބާރަށް ގޮވާލީމައެވެ.

ކިހިނެއްވީތަ ކޮއްކޯ؟ ފަޒްލާ ބުނެލިއެވެ.

އާޝާގެ މަންމަ ކޮބާ؟ އާޝާގެ މަންމަ ދުނިޔޭގަ އެބަހުރިތަ؟ އެކަމަކު އާޝާ ބުނި ބައްޕައާއި ދޮންތަ އެކަންޏޭ ހުންނަނީ..، ނާއިކް އިތުރަށް ޔަގީން ކުރަން ބުނެލިއެވެ.

މަންމަ ހުރޭ...، އެކަމަކު ސީމާގެ ފަރާތުން އެކުދިންނަށް މަޔެއްގެ ލޯއްބެއް ނުލިބޭ..، ފަޒްލާ އެހެން ބުނެލުމުން ނާއިކްއަށް ހުރިހާ ކަމެއްވެސް ސާފުވިކަހަލަ އެވެ.

ދޮންތާ އަހަރެން ގުޅާނަން ..، ނާއިކް އެހެން ބުނެ އަވަސް އަވަހަށް ފަޒްލާގެ ފޯނުކަނޑާލިއެވެ.

މިވަގުތު ނާއިކްގެ ހިތަށްއަރާފައިބަމުންދާ އެއްޗެހި އޭނާއަށްވެސް ނޭނގޭ ކަހަލައެވެ. ހިތަށް ނޭނގޭ އުފަލެއް އިހްސާސް ކުރެވެމުންދިޔައީ ނޭނގި ނަމަވެސް ނުރައްކަލެއްގެ ތެރެއިން ސަލާމަތް ކުރެވި މަގުމައްޗަށް ގިނަކޮށްނުލާ އަތްނބެއްގެ މަގާމުގައި އޭނަގެ ފުރާނަ ފަދަ ލޯބިވާ އަންހެންކުއްޖާ ބެހެއްޓުނީތީއެވެ.

ދެން އެންމެ މިނެޓަކުވެސް އާޝާ ފެންނަ ހިސާބަށް ނުގޮސް އެހިތަށް ކެތްނުވާނެއެވެ.

ފޯނުގައިން ނަންބަރައް ބަލައިލުމައްފަހު ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރާލުމައްފަހު އަވަސް އަވަހަށް ފޯން ޖީބައްލުމައްފަހު ގޭން ނިކުންނަން ހިގައިގަތްއިރު މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމެވެ.

**

ހޮސްޕިޓަލްގައި ދެދުވަސް ބޭއްވުމައްފަހު ތާރާއާއި މާކިން އަށް ގެއަށް ދެވުނީ އެދުވަހުގެ މެންދުރުވުމާއި ގާތްވެފައި ވަނިކޮށެވެ.

ގޭދޮރުން ވަދެގެން އައި މާކިންއާއި ތާރާ ފެނުމުން މުނާ ގާތުގައި އިން ރިމީ ދުވެފައި އައިސް ތާރާއާއި މާކިންގެ މެދަށްވަދެ ދެމީހުންގެ އަތުގައި ހިފާލިއެވެ.

ޑެޑީ ބަލާބަ ބޮޑު ދޮންތި އައިއްސި..، ރިމީ އެހެން ބުނެލުމުން ތާރާ މާކިންއަށް ބަލައިލުމައްފަހު ގޭތެރެއަށް ބަލާލިއެވެ.

އޭރު ހިނިއައިސްހުރެ ރަނާ ދޮރާ ދިމާއަށް ހިނގާފަ އަންނަނީއެވެ. ތާރޫ...، ވަރަށް ވަރަށް މިސްވި އިނގޭ އަސްލު..، ދެން އަހަރެން ދާކަށް ނުޖެހޭނެ ..، އެއްކޮއް ނިންމާފަ މިއައީ..، ގިނަދުވަސްތަކެއްގައި މެލޭޝިއާގައި ކިޔަވަން ހުރެފައި ރަނާ މާލެއައީ މިއަދުއެވެ.

ކީއްވެތަ ރިމީ ކޮއްކޮ ބޮޑު ދޮންތި އެކިޔަނީ..، ރަނާ އެހެން ބުނެ ތާރާއަށް ބަލާލުމުން ތާރާ ނޭނގެއޭ ބުނާކަހަލ ގޮތަކައް ކޮނޑު އަރުވާލިއެވެ.

ބޮޑު ދޮންތީއެއްނު ކިޔާނީ ބަލާބަލަ ތިހިރަ މީހެއް ފަލަ ވަރު..، މާކިންއަށް ހަގީގަތް އެނގޭއިރުވެސް ހަގީގަތް ސިއްރު ކުރަމުން ރަނާއަށް ދިމާކޮއްލާ ގޮތަށް ހެމުން ބުނެލިއެވެ.

މާކިން އެހެން ބުނެލުމުން ރަނާ ތުންދަމާލަމުން މާކިންއަށް ލޯ އަޅާލިއެވެ.

ކޮއްކިގެ ކުޑަ ދޮންތި ވަރަށް ރީތިވާނެ .. ހީވަނީ ޕްރިންސެސްއެއްހެން ..، ކުޑަ ދޮންތިގެ ގެ މޮއާނާކަހަލަ ހެއާ އެއްވެސް އިންނާނެ.. ދޯ ޑެޑީ..، ރިމީގެ ވާހަކަ އިން ރަނާއާއި ތާރާއެއްފަހަރާ މާކިންއަށް ބަލާލިއެވެ.

ހިނގާ އެތެރެއަށް އަވަހަށް ..، މާކިން ވާޙަކަ އޮޅުވާލާގޮތަށް ރިމީ ނަގާ އުރާލަމުން ތާރާއަށް ބުނެލިއެވެ.

**

އެންމެ ކައިރީ އިން މާވިއްކާ ފިހާރައަށް ވަދެ އާޝާއަށް އަބަދުވެސް އެންމެ ރީތި ސަންފްލާވާއިން ބޮޑު ބޮކޭއެއް ހަދާލިއެވެ.

އަދި ސޮރީ ލިޔެލުމައްފަހު ނޯޓްކޮޅެއް ބޮކޭ ތެރެއަށް ލުމަށްފަހު ސައިކަލާ ދިމާއަށް ހިނގައިގަތެވެ.

އާޝާ އުޅޭ ގެއާ ހިސާބައް އާދެވުންއިރު ނާއިކްގެ ހިތް އުފަލުން ނަށާކަހަލައެވެ. އާޝާ އަހަރެންނަށް މާފްކުރާނެބާ؟ އޭނަ އަދިވެސް އަހަރެންދެކެ ހިތްހަމަ ނުޖެހިފަ ހުރިވަރު އަހަރެންނަށް އެނގޭ އަހަރެންގެ އަތްންބެއްގެ މަގާމުގައި ހުރިއިރުވެސް އަހަރެންނަށް ފޮރުވިގެން އެއުޅެނީ"..، އާޝާ !! އާޝާ ބޭނުން ކޮންމެ އަދަބެއްވެސް އަހަރެންނައް ދިނަސް އެންމެ ރަގަޅު އެކަމަކު ..، ދެން އަހަރެންނާ ދުރަށް އެންމެ ފިޔަވަޅޭއް އެޅިޔަވެސް އަހަރެން ނުދޭނަން ...، ތީ އަބަދުވެސް އަހަރެންގެ ޕަރީ..، އަހަރެންނަށް ނޭނގި ވިޔަސް ތީ އަހަރެންގެ ވައިފް..، ނާއިކްއަށް ހިތާހިތުން ވާހަކަ ދެއްކުނެވެ.

ގޭ ދޮރުމައްޗަށް އެރުމަށްފަހު ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލުމައްފަހު ބެލް އަޅާލިއެވެ. އޭރުވެސް ހިތްތެޅޭވަރުންހީވަނީ ހަށިގަނޑުގެ ތެރެއިން އެހިތް ނިކުމެދާނެހެންނެވެ،

ބެލް އަޅާލުމައްފަހު އިރުކޮޅޭއް ވުމުން އެތެރެއިން ހަބަރެއް ނުވުމުން އަނެއްކާވެސް ނާއިކް ބެލް އަޅާލިއެވެ.

ނިކް...، ކީއްކުރަނީ މިތާ..،ހާދަބޮޑު ބޮކޭއެއް ..، ޖެހިގެން ހުރި އެޕާޓްމެންޓް ދޮރުހުޅުވާލުމައްފަހު ބޯދިއްކޮށްލި ވާއިލްގެ ކޮއްކޮ ފަޒީލް ބުނެލިއެވެ.

މީ ..، މީ މިބަޔަށް މިއައީ..، ދޮރުނުހުޅުވައިގެން މިމަޑުކޮށްލީ..، ނާއިކް ބުނެލިއެވެ. ތިތާ އުޅޭ މަންޖެތަ؟..، ތަމަންދޯ..، ފަޒީލް ބުނެލިއެވެ.

ނާއިކް ވަރައް އަވަހައް އާއެކޭ ބުނެލިއެވެ.

އެމަންޖެ މި މަންތް ފެށުނުތަނާހެން މިތަން ދޫކޮށްލާފަ ހިނގައްޖެ ..، ފަޒީލް ބުނެލިއެވެ

ދިޔަތަނެއް އެނގޭތަ؟..، ފަޒީލް އެހެން ބުނުމުން ނާއިކްއަށް އަވަސް އަވަހަށް އަހާލެވުނެވެ. އޭރު އެމޫނުމަތީ ހުރި އުފާވެރިކަން ފިލާ ގޮއްސިއެވެ.

ނުބުނޭ ދިޔަތަނެއް..، ކީ ހަވާލް ކޮށްލާފަ ދިޔައީ..، އަހަރެންވެސް ނާހާނެއްނު ދެން ދާތަނެއް،..، ފަޒީލް ބުނެލއެވެ.

އޭ އޯކޭ ދިޔައީ އިނގޭ..، ބޯގޮވައިގެން މީހެއް ބޮލުގައި ފިރުމާލާގޮތައް ނާއިކް ބޮލުގައި ފިރުމާލުމަށްފަހު އަވަހައް ނިކުންނަން ހިނގައިގަތެވެ.

ޖީބުގައި އޮތް ފޯނުނަގާ ތަމަންގެ ނަންބަރައް ގުޅަންފެށީ ހާސްވެފަ ހުރިވަރުން ސިއްކުންތެއްވެސް ބޭކާރު ނުކުރަންވެގެންނެވެ.

ތަކުރާރުކޮށް ފަސްފަހަރަށް ގުޅުން އިރުވެސް އިވެނީ އެއްވާހަކައެކެވެ. ތަމަންގެ ފޯނު ނިއްވާލާފައިވާ ވާހަކައެވެ.

އާޝާ އަނެއްކަ އަހަރެންނާ ފިލީތަ ...، ތިހެން ނަހަދާ..، އަހަރެންގެ ހިތަށް ތިވަރަށް އަނިޔާ ނުދީ..، ގޮތް ހުސްވެފައިވާކަހަލަ ގޮތަކަށް ނާއިކްއަށް އެހެން ބުނެވުން އިރު ދެލޮލަށް ކަރުނަ ގިނަވާން ފަށައިފިއެވެ.

**

ދޮންތަބޭ ..، ހަމަ އެއްގޮތަކައްވެސް ފޯނު ބޭއްވުންތަނެއް ނޭނގުން..، މާލްވީއާއި އެއްކޮއް އެދުވަހު ކެންޓީންއަށްވެސް ދިޔައިން..، ދޮންތަ އެދުވަހު ސާޖަރީ ކަންތަކާ ބޯގޮވާފަ ހުރިވަރުން އަހަރެންނައް އެއްވެސް އެއްޗެއްނޭނގުން..، މުޅި ހޮސްޕިޓަލްވެސް ހޯދާއިފިން ކެންޓީންވެސް ބަލައިފިން ނުފެނުނު އެއްތާކުންވެސް ..، ފެނުނު މީހަކާވެސް ދިމައެއްނުވި..،އެހެންވެ ގޭގަ ބާއްވާފަ ދެވުނީ ކަމަށް ގެއަށް މިއައީ އެކަމަކު ގޭގަވެސް ނެތް ..،ކުރިން ފޯނަށް ގުޅެންވެސް ގުޅުން..، މިހާރު އޮތީ ނިއްވާވެސް ލާފަ..، ހުރިހާ ތަނެއް ޗެކް ކުރިއިރުވެސް އެއްވެސް ތަނަކުން ފޯނު ނުފެނުމުން މާކިންއަށް ގުޅާލުމައްފަހު ތަމަން ބުނެލިއެވެ.

ދެން އާފޯނެއް ގަންނަން ހިގާ ..، ދެން ނުލިބޭނެ އެފޯނެއް އޭގެ ދުވަސް އެދިޔައީ..، މާކިން ބުނެލިއެވެ.

މިރޭ ނިކުންނާނަން ފޯނެއް ގަންނަން ..، ތަމީ ބޭނުން ވަކި ވައްތަރެއްގެ ފޯނެއް އެބެއްތަ؟ މާކިން ބުނެލިއެވެ

ނޫން ވަކިވައްތަރެއް ނެތް .. ދޮންތަބެ ބޭނުން އެއްޗެއް ގެނޭ ކޮންމެ އެއްޗެއްވިޔަސް އޯކޭ..، ތަމަން އެހެން ބުނެލުމުން މާކިން ފޯނުކަޑާލިއެވެ.

**

ޖެހެމުންދިޔަ ބާރު ވައިރޯޅިތައް މަޑުވެ އުދަރެހުގައި ވި ކަޅުކަން ފަޑުކުރަމުން ހަނދުގެ ރިހިއަލި ދުނިޔެމަތި ޖަރީ ކޮށްލައިފިއެވެ.

އުޑުމަތީ ފިޔަޖަހަމުން ދިޔަ ތަރިތަކުން ހީވަނީ ޖަވާހިރު ތަކެއް އުކާލެވިފައިވާހެންނެވެ. ނޫ އޮރެންޖް އަދި ރީދޫކުލައިން ތަރިތައް ވިދާ ބަބުޅަމުންދިޔައީރު ބަލާ ފޫހިނުވާނެއެވެ.

ހީވަނީ ކަޅު އަދިރި ދުވަސްތަކަކައްފަހު އެއަދިރިކަން އަލްވަދާއު ކިޔައިފައިވާކަހަލައެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމައްފަހު ހަދުގެ ރިހިއަލީގައި ޓެރަސްގައި ބަހައްޓާފައި ހުރި އުދޯލީގައި މާކިންގެ އުނގުގައި ބޯއަޅާލައިގެން ތާރާއޮތެވެ.

މިހާރު ހީވޭތަ ކުރިއަށް ވުރެ ރަގަޅުހެން" ވިސްނަން އިނދެފައި މާކިން އަހާލިއެވެ.

ހޫމް ..، މިހާރު ބޮލުން ހީވަނީ އެއްކޮށް ރިހުން ކެޑިފަ ހުންނަހެން..،އެއްގޮތަކައްވެސް ކުރިން އެވާގޮތަކަށް ނުވޭ"

ވަރައް ނިދިއެބައާދޭ" ދެން ހިގާ ދާން..، ހޫމް ހިނގާ..، އަހަރެން ހާދަ އުފާވާނޭ ބޭބީ ރަގަޅުވީމަ..، މާކިން ތެދުވަމުން އެހެން ބުނެ ތާރާގެ ގައިގައި ބައްދާލިއެވެ

ކޮޓަރިއަށް ވަދެ ނިދާ ބޮކީގެ އަލި މަޑުކޮށްލުމަށްފަހު ދެމީހުން އެދުގައި އޮށޯވެލިއެވެ. ތާރާއަށް ނިދެންދެން ބޮލުގައި ފިރުމާލަ ފިރުމާލަ މާކިން އޮތް އިރި ވިސްނެނީ ތާރާގެ ހިޔާލްތައް އެނބުރި އަންނާނެ އިރަކަށެވެ.

ސާޖަރީ ހެދިފަހުން ދެހަފްތާ ފާއިތުވެ ދިޔައިރުވެސް އެކަލަ އެއްވެސް ބަދަލެއް ތާރާއަށް ނާދެވެ.

ރަށުގެ ހުދު ދޮންވެލި ގަނޑުމަތީގައި ފައިވާނަށް ނާރާ ތާރާ ދުވަވުމުން ދިޔައީ އޭނަގެ ކުރިޔައްހުރެ ދުވަމުން ދިޔަ އަންހެން ކުއްޖާ ހިފަހައްޓަން ވެގެންނެވެ.

ކޮއްކޯ ދެން ނުދުވެބަލަ..، ބަލިވެއްޖޭ..، މާނޭވާލެވެން ފެށުމުން ބަނޑުގައި އަތްއަޅަމުން ތިރިވެ ތާރާ ގޮވާލިއެވެ.

ތާރާ އެހެންގޮވާލުމުން ދުވެ ދުވެ ހުރި ތަމަން އަނބުރާލާފައި ތާރާއާއި ދިމާއަށް ހެމުން ހެމުން އަންނަން ފެށިއެވެ.

އަހަރެން ބުނީމެންނު ދޮންތަ އަށްއަހަރެން އަތެއް ނުލެވޭނޭ..، ކޮބާ މިހާރު ގަބޫލް ކޮށްފިން..، ތަމަން ހެމުން ބުނެލިއެވެ.

ހޫން ދެންހެވޭ ..، މިއޮތީ އަތުލާފަ ..، ކުއްލިއަކަށް ތަމަން ގައިގައި ތާރާ ހިފަހައްޓަމުން ބުނެލިއެވެ.

ދެމީހުން ސަކަރާތުގައި ތިއްބައި ފަހަތުން ޝަބާއާއި އައިޒާ އައިސް އެތާ މަޑުކޮއްލިއެވެ.

ކޮބާ ހިނގާ މަދު ބިންނަން...، އައިޒާ ބުނެލިއެވެ.

މިއަދުވެސް ގަހަށް އަރަން ތިއުޅެނީ..، ތާރާ ތަމަންއަށް ބަލާލަމުން ބުނެލިއެވެ.

މިއަދު އެކަނި ޕްލީޒް ޕްލީޒް ދޮންތާ..، ކުޑަ ކުއްޖެއްހެން ތަމަން ތާރާގާތު ބޮޑާހާކަން ފެށިއެވެ.

މިއަދު އެކަނި ދެން ހުއްދައެއްނުދޭނަން އިނގޭ..، ތާރާ އެހެން ބުނެލުމާއި އެކު ފުންމައިގެން ކަހަލަ ގޮތަކައް އައިޒާގެ ފަހަތުން ތަމަންގަހައް އެރިއެވެ.

ތަމަންއާއި އައިޒާ މަދުތަންބިނދެ ތިރިއަށް އުކަން ފެށުމުން ތާރާއާއި ޝަބާ މަދުތައް ހޮވަން ފެށިއެވެ.

ކުއްލިއަކަށް އިވުނު ބާރު އަޑުފައްގަނޑާއި އެކު ހިކި އޮފިގަނޑާއި އެކު ތިރިއަށް އައިސް ޖެހުނު ތަމަން ފެނުމުން ތާރާ އަށް އަޑުގެ ކޮޅަށް ތަމަންއަށް ގޮވާލަމުން ދުއްވައިގަނެވުނެވެ،"''

ކޮއްކޯ ....، ކޮއްކޯ..، ކޮއްކޮއަށް އެއްވެސް ގޮތެއްނުވާނެ...، ނިދާފައި އޮތް ތާރާ ކުއްލިއަކަށް ތަމަންއަށް ގޮވަމުން ފުންމައިގެން ތެދުވިއެވެ. ނިދިނިދި ހުރި މާކިންއަށްވެސް ސިހިފައި ފުންމައިގެން ތެދުވެވުނެވެ.

ކޮއްކޮ ސަލާމަތް ކޮށްދީ...، ތަމީ ،،،..، ތަމީ ކޮއްކޮއަށް އެއްވެސް ގޮތެއްނުވާނެ..، ތާރާ ގިސްލަމުން ބުނެލިއެވެ.

ނުނިމޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް