ދުއްވައިގަންނަން އުޅުން ތަމަންގެ ހަށިގަނޑު ކޮންޓްރޯލްނުވެ އެމީހާގެ އަތްމައްޗަށް ތަމަން ވެއްޓުނެވެ.
ލިބުނު ސިހުމާއެކު ތަމަންއަށް ދެލޯ މަރާ ބާޜުކޮއްލެވުނެވެ. އޭރު ތަމަންގެ މޫނުން ނަޒަރު ވަކިކޮއްލަން ނޭގި ހުރި ޒުވާނާއަށް އެމޫނުންނަޒަރު ވަކިކޮއްލެވޭ ގޮތެއް ނުވިއެވެ.
ކުޑައިރުކޮޅަކުން ތަމަންގެ ބަރު އެސްފިޔަތައް ހިއްލާލުމާއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
އެސްފިޔަ ޖަހާލަންވެސް ހަދާންނެތި ދެމީހުންނައްވެސް ބަލަހައްޓައިގެން ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
މޭޒްމަތީ އޮތް ފޯން ރިންގްވާން ފެށުމާއެކު ދެމީހުންނައްވެސް ސިހުމެއްލިބުނެވެ .
އައުޗް…،އެޒުވާނާގެ އަތުގެ ތެރެއިން އަވަހައް ނިކުމެގެން ދުއްވައިގަންނަން އުޅުން ތަމަން އަށް ބުނެވުނެވެ. އޭރު ތަމަންގެ ފަން ދިގު އިސްތަށީގަނޑު ވަނީ އެޒުވާނާގެ އަތުގައި އަޅާފައިވާ ގަޑީގައި އޮޅިފައެވެ.
ސޮރީ..، ސޮރީ..، ތަދުވިތަ؟ އެޒުވާނާގެ ހިތް ހަމައަކަށް އަޅުވަމުން ތަމަންގެ އިސްތަށީގަނޑު ގަޑިން ނައްޓުވަމުން އެޒުވާނާ ބުނެލިއެވެ.
އޭރުވެސް އޭނަގެ ނަޒަރު ތަމަންގެ މޫނާ ވަކިނުވެއެވެ.
އިސްތަށީގަނޑަށް ލުއި ލިބުމާއެކު އެޒުވާނާގެ މޫނައް ބަލާލުމެއްވެސް ނެތި ތަމަން ކޮޓަރިއާ ދިމާލައް ދުއްވައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއެކު ދޮރުފަތް ކަހާލާ އަވަސް އަވަހަށް ދޮރުފޮތިތަކުން އެތެރެ ފޮރުވާލިއެވެ،
ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ ހަމުގެ ކުލައަލި މުށިކުލައަށްދާ ފަންދިގު އިސްތަށިގަނޑެއް ލިބިފައިވާ އެރީތި ޕަރީއެއްފަދަ އަންހެންކުއްޖާގެ ކަޅުކަންގަދަ ދެލޮލުން ޔަގީނުންވެސް އެޒުވާނާގެ ހިތާ ކުޅެލައިފިޔެވެ. ނޭގޭ ސިހުރެއް ޖައްސައިފިއެވެ.
އެހިތުގައި އެހެންޏާ ނުޖަހާ ވިންދެއް ޖަހާލައިފިކަހަލައެވެ.
މޫނުމަތީ އެއްވަރައް ފަޅާފައިވާ ތުނބުޅީގައި އަތްހާކާލަމުން ރަކި ގޮތަކައް ހިނިތުން ވެލަމުން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެވެން ހުރި ބެލްކަނީ ދޮރުން އެތެރެއަށް ވަނެއެވެ.
**
މާކިންގެ އަތުތެރޭގައި ނިދިފައި އޮތް ތާރާ ސިއްސައިގެން ދިޔައީ ފަތިހު ބަންގީގެ އަޑުންނެވެ.
“އުޅާހަށް ދެމިލަމުން ތާރާ ތެދުވެ މާކިންއާއި ދިމާލައް ބަލާލިއެވެ. މާކިން ގާތު އޮށޯވެ ނިދާލުމަށް އަދިވެސް ހިތް އެދުނަސްވެސް ތާރާއަށް ނަމާދައް އިސްކަން ދެވުނެވެ.
ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ މާކިންއަށް ގޮވާ ހޭލައްވާލިއެވެ.
ކަންނެއްކަމާއެކު އެދުން ތެދުވެގެން ގޮސް ފާހާނާއަށް މާކިން ވަނީ ތާރާ އަށް ހިނިތުންވުމެއް ދެމުންނެވެ..
މާކިން މިސްކިތަށް ދިއުމުން ތާރާ ނަމާދު ކޮއްލައިގެން އައިސް ބަދިގެއަށް ވަނެވެ.
ސައިތައްޓެއް ގިރައިގެން ގޮސް ބައްޕައަށް ސައި ދީފައި ތާރާ ބަދިގެއަށް ވަން އިރު މާކިން އައިސް ގެއަށް ވަންނަނީއެވެ. އަބަދުވެސް ތާޒާކޮށް ހުރުމައް ލޯބިކުރާ މާކިންގެ މޫނުމަތިން އެގަޑިގައިވެސް ވަނީ ތާޒާ ކަމެވެ.
ވަރަށް ބަނޑުހައި..، މާކިން ތާރާގެ ފަހަތުން ބަދިގެއަށް ވަންނަމުން ބުނެލިއެވެ.
އާދޭ އަވަހައް..، މާކިން އެހެން ބުނެލުމުން މޭޒް ކައިރީ ހުރި ގޮނޑި ދަމާލާ މާކިން އަށީންނަން ތަންދައްކަމުން ތާރާ ބުނެލިއެވެ.
މާކިން ގޮނޑީގައި އިށީނުމުން ތާރާ މާކިން ބޭނުންވާ ގޮތައް ހޫނު ކޮފީ ތައްޓެއް ހަދާލަ ދިނެވެ.
ކޯއްޗެއް ހެދުނު ސަޔައް ތައްޔާރު ކުރަންވީ ..، އަހަރެންނަކަށް ނޭނގެ މާކްގެ މަންމަމެންނައް ކަމުދާނީ ކޮން އެއްޗެއް ކަމެއް..، ތާރާ ބުނެލިއެވެ.
މަންމަމެން އެހާ ހިތް މޮޅެއް ނުވާނެ..، ކޮންމެ އެއްޗެއްވެސް އެމީހުންނައް އޯކޭ ވާނެ.. މާކިން ބުނެލިއެވެ.
މާކިންއާއި އެކު އިށީންދެ ތާރާވެސް ކޮފީތަށި ހުސްކޮއްލުމަށްފަހު ހެދުނުގެ ނާސްތާއަށް ތައްޔާރު ކުރަންފެށިއެވެ.
ތާރާ ކުރާ ކޮންމެ ކަމެއްގެ އެއްބައިގަ ހިފައިގެން ހުރެ މާކިން އެކަމެއް ކުރަމުންދިޔައެވެ.
އަހަރެން ސައިބޯނީ ތަންކޮޅެއްފަހުން…، އިހަށް މިދަނީ ކުޑަކޮއް ނިދާލަން އަދި .، ތާރާ ބަދިގެއިން ނިކުމެ އިލޮށިފަތި ހިފައިގެންނިކުންނަން ފެށުމުން މާކިން ބުނެލިއެވެ. ދަމުން ބައްޕަ ނެރެފަ ދައްޗޭ..، ތާރާ އެހެން ބުނުމުން މާކިން އެކަމާ އެއްބަސްވެ ނިޔާޒް އޮންނަ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
**
އާޝާ ދެން އާދޭ ކާން މިއަދު ހެދުނު ސައިވެސް ނުބޮއި ދިޔައީ..، މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފަ..، ފަޒްލާ ބަދިގެ ތެރެއިން ނިކުމެގެން އައިސް ސޯފާގައި އިށީންދެ އިން ތަމަންއަށް ބުނެލިއެވެ.
މިދަނީ ..، ކޮބާތަ މިއަދު އަރުކަން؟ ތަމަންއަށް މިއަދު އެއްގޮތަކައްވެސް އަރުކަން ގޭތެރެއިން ނުފެންނަ ކަން ހަދާންވުމުން ބުނެލިއެވެ.
ވެއްޖެ ކޮޓަރީގަ ދޭބަލަ ގޮވައިގެން އަންނަން ..، އޭނަ ވެސް މިއަދު ނުވެސް ކައި އެއުޅެނީ ..، ފަޒްލާ އެހެން ބުނެލުމުން ތަމަން އެބަ އަންނަން ކަމައް ބުނެ އަރުކަންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އެއްފަހަރު ދޮރުގައި ޓާކި ޖަހާލުމައްފަހު ތަމަން އަރުކަންގެ ކޮޓަރިއަށް ވަނެވެ.
ހަމައެކަނި ސޯޓެއް ލައިގެން ދޮރާ ދިމާލައް ހިނގާފައި އަންނަ ޒުވާނާއާ ދިމާލައް ތަމަން އަށް ބަލާލެވުމާއެކު ލޯމަތީގައި އަތް އަޅާލިއެވެ.
ރޭގައި ހިނގާދިޔަ ހާދިސާއަކީ ހުވަފެނެއްކަމަށް ނިންމައިގެން ހުއްޓައި ތަމަންއަށް އެޒުވާނާ ފެނުމުން ލަދުން މޫނުމަތި ރަތް ވާންފެށިއެވެ.
ރޭގައި އެއަތު ތެރޭ ތަމަން އަށް އޮވެވުން ގޮތް ހަދާން ވުމުން ތަމަން އަވަސް އަވަހަށް އެކޮޓަރިން ނިކުންނަން ދުއްވައިގަތެވެ..
އޭ !! ކޮންތާކަށް ދާން ހާދަ ބާރަކަށް ތިދަނީ …، ކޮޓަރިއަށް ވަންނަންއައި އަރުކަންއަށް ދުވެފައި އެކޮޓަރިން ނިކުންނަން އައި ތަމަން ފެނުމުން ބުނެލިއެވެ.
މީ..،،އަހަރެން..، ތަމަންއަށް ބުނަން އުޅުން އެތި ބުނެވޭ ގޮތެއް ނުވިއެވެ. އޭރު އެތަނައް އެޒުވާނާވެސް އައިސް ހުއްޓެނީ އެވެ.
“.މީ ދޯ މިވީ ގޮތަކީ..، ދޮންބޭ މީ އާޝާ އިނގޭ..، އާޝާ މީ އަހަރެންގެ ދޮންބެ ނާއިކް ..، ތިހެން ދުވާނެ ކަމެއްނެއް ދެންވެސް ދެމީހުން ފުރެންޑް ވެބަލަ..،
އަރުކަން ދެމީހުންގެ މޫނައް ބަލާލަމުން ބުނެލިއެވެ.
މިހާރުވެސް އަހަރެމެން ދެމީހުން ފުރެންޑްއޭ ދޯ ޕަރީ…،ނާއިކްއަށް އެންމެ ފުރަތަމަ ތަމަން ފެނުމުން އެއަންހެންކުއްޖާގެ ފުރިހަމަ ކަމުން އެހިތް މުހާތަބު ކުރިނަމުން ބުނެލިއެވެ.
ނާއިކް އެހެން ބުނުމާއެކު ތަމަންގެ މޫނުމަތި ރަތްވެގެންދިޔައީ ލަދުންނެވެ.
ޕަރީ އޭ…، މީ އަހަރެންގެ މީހެއް އިނގޭ …، ލާނެއް ގޮތަކައް އަރުކަން އެހެން ބުނެލުމުން ނާއިކު އަށް ބުނެވުން އެއްޗާ ދޭތެރޭ ވިސްނާލެވުނެވެ.
ރޭ އެއަންހެން ކުއްޖާ ފެނުނު ވަގުތުންފެށިގެން ނާއިކު ހިތުގައި މުޅިންއާ ވިންދެއް ޖަހާލައިފިއެވެ.
މުޅިރޭ ހޭދަވެގެންދިޔައީ އެކަހަލަ ގޮތެއްގައެވެ. މީގެ ކުރިންވެސް ރީތި އެތައްހާސް އަންހެން ކުދިންނެއް ނާއިކުއަށް ފެނިއްޖެއެވެ. ކޮންފަދަ ފުރިހަމަ ކަމެއް ލިބިފައިވާ ކުއްޖެއްހެއްޔެވެ. ފުރަތަމަ ނަޒަރުން އެއަންހެން ކުއްޖާ ނާއިކްގެ ހިތް އަތުލައިފިއެވެ.
އެކަމަކު އަރުކަންގެ އެ ޖުމްލައިން ނާއިކްގެ ހިތުގައި ބިރުވެރި ކަމެއް އުފެދިއްޖެއެވެ. ހަގީގަތުގައިވެސް އަރުކަންއާ އެއަންހެން ކުއްޖާ ގުޅުމެއް އޮތީ ހެއްޔެވެ.
ދެން އާދޭ ކާންދާން ..، މަންމަ ބުނެގެން ކާންބަލަޔޯ އާޝާ އެއައީ ތަމަން ދިއުމުން އަރުކަން ނާއިކުއާ ގާތައް ޖެހިލާފައި ބުނެލިއެވެ.
ދޮންބޭ..، ތަމަން އެތަނުން ދާތަން ބަލަން ހުރި ނާއިކު އާދިމާއަށް އަރުކަން ތަންކޮޅެއް ބާރަށް ބުނެލިއެވެ،
އެވީ ވަގުތު ކޮޅުގައިވެސް ނާއިކުހާއްސަ ގޮތަކައް ތަމަންއާއި ދިމާލައް ބަލާ ކަން އަރުކަން ދެނެގަތެވެ،
ރީތި ދޯ….، އެކަމަކު ކުރާނެ ކަމެއް ނެއް އެއީ ހަމައެކަނި އަހަރެންގެ ހައްގެއް..،ދޮންބެ ވެސް ދެން އާޝާ އަށް ފަހަރި ކިޔާ އިނގޭ….،އަރުކަންއަށް ނާއިކުގެ ހިތުގައި އޮތް އެއްޗެއްއެނގިގެން ދިމާކޮއްލާ ކަހަލަ ގޮތަކައް ބުނެލިއެވެ.
މޭޒް ދޮށުގައި އެންމެން އިށީންދެލައިގެން ތިބީ ނާއިކްއާއި އަރުކަން އަންނަން ދެނެވެ.
ސިޑިން ފައިބައިގެން އައިސް ކާބަޔަށް ދެމީހުން ވަނުމުން މޯނީ ގޮނޑި ދުރުކޮއްލަ ދެމުން ދެމީހުން އިށީންނަން ދެއްކިއެވެ.
.،ދޮންބެ ދޭ މަންމަ ކައިރީ އޭނަ ގޮނޑިއަށް ..، އަހަރެންނައް އާޝާ ކައިރީ އިށީނދެ ނޫނީ ނުކެވޭނެ..، ނާއިކުއާއި ތަންކޮޅެއް ގާތަށް ޖެހިލަމުން އެހެން މީހުންނަށް އަޑޫ ނީވޭނޭހެން އަރުކަން ބުނެލިއެވެ.
އަރުކަން އެހެން ބުނުމުން ނާއިކު އެއްވެސް އެއްޗެއް ނުބުނެ އެގޮނޑި އަރުކަންއަށް ދިނެވެ.
ކެއުމުގެ ވަގުތު ފަޒްލާ ނާއިކުގެ ގާތުން ބައްޕަ އާއި ވިޔަފާރިއާއި ބެހޭ ގޮތުން ވާހަކަ ދެއްކިއވެ.
ތަމަން އަށް ދޭތެރެ ދޭތެރެއިން ނާއިކްއާއި ފަޒްލާއާއި ދިމާލައް ބަލާލެވެ.
ފަޒްލާގެ ރީތިކަން އެއްވެސް ދަރިޔަކައް ލިބިފައިނެތަސް އޭނަ ކައިރީ އިށީނދެ އިން ފިރިހެން ކުއްޖާއަށް ބަލާލުމުން ދެމީހުންގެ ވައްތަރުކަން ކޮންމެ މީހަކައްވެސް އެނގޭނެއެވެ.
އިސްކޮޅުންދިގު ކަސްރަތީ ހަށިގަނޑެކެވެ. ހަންގަނޑުގެ ކުލަ އަލި ވެފައި ދިގު އެސްފިޔަތަކަކާއި ބޮނޑު ދެލޮލެވެ. އެއްވަރަށް ކޮށާލާފައިވާ ތުބުޅިއާއި ބޮލުގައި އެކިވަރަށް ކުރުކޮއްކޮށާލާފައިވާ އިސްތަށިގަނޑުން ފިރިހެން ވަންތަކަން ދައްކައެވެ.
ހީލާއިރު ކޮލަށް އެޅޭ އަޑިކޮޅުން އެޒުވާނާގެ ރީތިކަން ވަކިން ދައްކައެވެ.
ނާއިކްއަށް ތަމަންއާއި ދިމާލައް ނުބަލަން މަސަތްކަތް ކުރިޔަސް އެކަން ކާމިޔާބުވާގޮތެއް ނިވިއެވެ.
ކެއުމުގެ ތެރެއިން ފަޒްލާ ނާއިކްއަށް ތަމަންއަކީ ކާޚުކަން ބުނެދިނެވެ.
**
ދެތިން ދުވަހު އެރަށުގައި މަޑު ކުރުމައްފަހު މާކިންގެ މަންމަ އާއި ދެކޮއްކޮ އެރަށުން ފުރުމައްޓަކާ ތައްޔާރުވަނީއެވެ.
މާކިންއަށް ޗުއްޓީއެއް ލިބުނީމަ ދައްކާލަން އަންނާތި ..، އިރާދަކުރެއްވިއްޔާ ވަރައް އަވަހައް ރަގަޅުވާނެ.، ފުރަން ނިކުތުމުގެ ކުރިން މުނާ ނިޔާޒްއާއި ސަލާމް ކޮއްލަމުން ބުނެލިއވެ.
މުނާއަކީ ހިތްހެޔޮ އަހުލާގް ރަގަޅު މީހެކެވެ. އޭނަގެ އަނހެން ދަރިފުޅު ރަނާއެކޭ ތާރާއެކޭ އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އަބަދުވެސް މުނާ ބޭނުންވަނީ ރަނާ ހުންނަ ގޮތައް ތަންކޮޅޭއް ހަށިގަނޑު ރަގަޅުކޮއް ތާރާވެސް ހުންނާށެވެ.
ރަށުގައި މިވީ ދެތިން ދުވަހު އަބަދުވެސް މުނާ އުޅެނީ ތާރާ މާ ހިކިކޮއް ހުންނާތީ އެވެ.ކޮންމެސް އެއްޗެއް ކާންދޭން އަބަދުވެސް އުޅެއެވެ. މަންމަ އުޅޭ ގޮތުން މާކިން ގާތައްވެސް ބައެއް ފަހަރު ހިނިއާދެއެވެ.
ނުނިމޭ