އެޑޮކްޓަރ ނަން މިހާރު ހަދާނެއްނެތް އައިސަތު ކޮންމެސް އެއްޗެއް ކިޔަނީ..، އޭޑީކޭގަ އިންނަނީ..،
ހިއެއްނުވޭ އަވަހައް ލިބޭނެހެންވެސް ވަރަށް ބާޜު ބޮޑުކޮށް އުޅޭނީ..،
ބޭބެ މިރޭ ބަލައިލާނަން ލިބޭތޯ .. މެމޯ ކޮޅު ހައްދާފަ ގުޅާލާނަން ..، އެމީހާ ބުނެލިއެވެ.
ދެން ގޮސްލީ އިނގޭ..، ރަށަށް ދާންވާއިރައް އެތިކޮޅެއް ގަނެލަން ނިކުމެގެން މިއުޅެނީ..، ބައްޕަ މެނަށް ސަލާމް ބުނެދޭތި..،އެމީހާ އެހެން ބުނެލުމަށްފަހު މާކިންއާއި ސަލާން ކޮށްލުމައްފަހު ތާރާއަށް ހިނިތުން ވެލަމުން ފިހާރަ ތެރެއަށް ވަންނަން ހިނގައިގަތެވެ.
**
އިރު އޮއްސެމުންދިޔައިރު މުޅި އުދަރެހަށް ފެތުރިފައިވަނީ ގަދަ ރަތްކުލައެވެ. އެރަތްކުލަ ނާއިކްގެ މޫނަށް އެޅިފައިވާއިރު އެރީތިކަން އިތުރުކޮއްދެއެވެ.
ޓެރެސްގައި ބައްހައްޓާފައިވާ އުދޯލީގައި އޮށޯވެލައިގެން އެއްއަތް ބޯދަށަށް ލައްވައިލައިގެން ވަށައިގެންވާ މާހައުލައް ބަލަން ނާއިކް އޮންނަތާ މިހާރު ކިތަންމެ އިރެކެވެ.
ގޭގައި އުޅޭ ވަގުތެއްނަމަ އެއީ މިހާރު ނާއިކްގެ އާދައެވެ. އެކަނިވެރިކަން އެއީ މިހާރު ނާއިކްގެ އެންމެ ގާތް އެކުވެރިޔާއަށް ވެއްޖެއެވެ.
ދަރިފުޅާ...، މިގަޑީ މިތާ ކީއްކުރަނީ؟ ފައްވާޒް އުދޯއްޏާ އަރާ ހަމަވަމުން އުދޯލީގައި އޮށޯވެ އޮތް ނާއިކްއަށް ބުނެލިއެވެ.
ފުން ވިސްނުމަކަށް ގެއްލިފައި އޮތް ނާއިކް ސިހިފައި ބައްޕަގެ އަޑު އިވުމުން ފުންމައިގެން ތެދުވެވުނެވެ.
ބައްޕާ...، ނާއިކްއަށް ފައްވާޒް ފެނުމާއިއެކު ބުނެވުނެވެ.
ވާހަކައެއް ދައްކާލަން ވެގެން މިއައީ..، ދަރިފުޅު ވިއްޔެއްނު އެވީ ގޮވައިގެން ކޮންމެވެސްތާކަށް ޖައްސާލަން ..، އެމަންޖެ އަބަދު ދެރަވެފަ ހުންނަހެން ބައްޕަ އަށް ހީވަނީ..، ފައްވާޒް ވާހަކަ ދައްކަމުން ނާއިކް އިށީނދެ އިން ޖޯލީގައި އިށީނެވެ.
ދަރިފުޅު އެވީ އާއި އެކު ތަންކޮޅެއް ގިނަ ވަގުތު ހޭދަކޮށްލަބަލަ..، ކުރިން އަބަދު ދަރިފުޅު ދޮންތަ ކައިރިއަށްވިޔަސް ގޮސްލާނެ..، މިހާރު އެވީއާއި އިންފަހުން އޭނަ ގޮވައިގެން ވެސް އެއްވެސް ތާކަށްވެސް ގޮސްނުލާ ..، ދޮންތަ މެންނަށްވެސް އަދި އެވީ ނުފެންނާނެންނު..، އެކޮޅައް ޖައްސާލަބަލަ ދުވަސް ކޮޅަކަށް އޭރަށް އެވީ ވަރަށް އުފާވާނެ..، އަބަދުވެސް އެވްލިން އުފަލުގައި ބެހެއްޓުމައްޓަކާ ބައްޕަ އުޅޭ ވަރު އެނގުމުން ނާއިކްއަށް ހިން ދިރުވާލެވުނެވެ.
އަމިއްލަ ދަރިފުޅު އުފުލާ ހިތާމަ އެބައްޕަ އަށް އިހުސާސް ނުކުރެވެއެވެ. ހިތުގައި ޖެހޭ ގޮތް ވުމުން މިވަގުތު ނާއިކްއަށް ބައްޕައާއި ވާހަކަ ދެއްކުމަކީ ފަސޭހަ ކަމަކައް ނުވިއެވެ.
ކިހިނެއްވީ އެއްޗެއް ނުބުނީ" ދަރިފުޅު ކަމަކާ ހިތްހަމަ ނުޖެހިފަތަ؟ ފައްވާޒް ވާހަކަ ދެއްކުމުންވެސް އެއަށް އެއްވެސް ރައްދެން ނުދިނުމުން ނާއިކްއާއި ދިމާލައް ބަލަން އިނދެ ބުނެލިއެވެ.
ނޫން..، ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ..، އެހެންތަ؟ މިހާޜު މާބޮޑަށް ބޮލާތަންތަން ދިގުވެފަ ތުބުޅިވެސް މިހާރު ކޮށާ ނުލަންތަ؟ ބައްޕަ އަށް ހީވަނީ އަބަދުވެސް ކަމަކާ ހިތްހަމަ ނުޖެހިފަ އިންނަހެން..، ދަރިފުޅު އެވީ ހިތުގަ ނުޖައްސައްޗޭ..، އެވީއަށް ކުރެވޭ ކުދި ކުދި ކަންތައްތަކާ އެހާ ބޮޑަށް އަޅާނުލައްޗޭ..، ދަރިފުޅަށް އެގެއެއްނު އެވީ ލޯބިވާވަރު ދަރިފުޅުދެކެ..، ބައްޕަވެސް މިހާރު ގޭތެރެ ފަޅުފިލުވާލާނެ ކާފަ ދަރިއަކު ބޭނުން..، އޭރަށް އެވީވެސް ހަމަޔަކަށް އެޅިދާނެ..، ފައްވާޒްގެ އެޖުމްލައިން ނާއިކްއަށް އިންތަނުން ތެދުވެވުނެވެ.
ދަރިފުޅު ދަނީތަ؟ ..، ނާއިކް ހިނގައިގަތުމުން ފައްވާޒް އެހެންބުނެ އިންތަނުން ތެދުވެގެން ނާއިކްގެ ފަހަތުން ތިރިއަށް ދާން ހިނގައިގަތެވެ.
ޕްލީޒް ދެން ފޯނުނަގާބަލަ، ކިހާވަރަކައްތަ މިގުޅަނީ" ކޮޓަރިތެރޭ ދެކޮޅައް ހިނގަން ހުރި އެވްލިން ނާއިކްގެ ފޯނަށް އެތައްފަހަރަކު ގުޅުމުންވެސް ފޯނު ނުނެގުމުން ބުނެލިއެވެ.
ހަދާނެގޮތް ހުސްވެ އިރު އިރުކޮޅާ ފޯނަށް ބަލާލެވެއެވެ.
ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑާއި އެކު އެވްލިންދިޔައީ ސިއްސައިގެންނެވެ.
އެއީ ނާއިކްކަން އެގުމުން ދުވެފައި އައިސް އެވްލިން ދޮރުހުޅުވާލިއެވެ.
ކިހިނެއްވީ؟ އަހަރެން ނުދަން ބޭރަކަށް..،އެވްލިން މާވަރަށް ގުޅާފައި އޮތުމުން ކޮޓަރިއަށް ވަދެގެން ދަމުން ދޮރުކައިރީ ހުއްޓި ހުރި އެވްލިންއަށް ބުނެލިއެވެ.
އަދިވެސް އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ؟ ސޮރީ
އެވްލިން ބުނެލިއެވެ.
އަހަރެން ދެން އެކަހަލަ ޝަކުވާއެއް ނުކުރާނަން..، އެވްލިން ދެރަވެފައި އަނެއްކާވެސް ބުނެލިއެވެ.
ނިކް..، ޕްލީޒް..، އެވްލިން އައިސް ނާއިކްގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
ދެން އެވާހަކަ ބަހައްޓާ..، ބައްޕަ ދެއްކި ވާހަކަތަކުން ބޮލުގައި ރިހުމެއް އުފެދިފައިވުމުން އިތުރަށް އެވްލިންގެ ހާސަރުތައް އަޑުއަހަން ޖެހުމުން އިތުރަށް ބޮލައް އުނދަގޫ ވާގޮތް ވުމުން ނާއިކް ބުނެލިއެވެ.
އަހަރެން އެބައަންނަން ކާން ތައްޔާރުކޮއްލާފަ ..، ނިކް ފެންވަރައިލައިގެން އާދޭ އިނގޭ..، ނާއިކްގެ އަނގައިން އެވަރު ބަހެއް ބުނެލުމުންވެސް އެވްލިން ހިތްހަމަ ޖައްސާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
**
ޗުއްޓީ ދުވަހެއް ކަމުން ހެދުނު ހޭލިގޮތައް ގޭތެރެ ސާފްކޮއްލުމައްފަހު ތަމަން މެންދުރަށް ކާނެ އެއްޗެއް ތައްޔާރުކޮއްލުމައްފަހު ފާހާނާއަށް ވަދެ ފެން ވަރާލައިގެން ނިކުމެ މޭޒްމައްޗަށް ތަށިތައް އަތުރާލީ ދެމީހުންނަށް ކެވޭގޮތަށެވެ.
ގަޑިބަލާލުމައްފަހު ޓީވީ ހުޅުވާލުމައްފަހު އައިސް ސޯފާގައި އިށީނެވެ.
ފަހަރަކު ޗެނެލްއެއް ބަދަލް ކުރަމުން ގޮސް ހިންދީ ޑްރާމާއަންނަ ޗެނަލްއަކަށް ޖައްސާލުމައްފަހު ސޯފާގައި ހަމަޖެހިލިއެވެ.
ގޭގެ ބެލްއަޅާލުމާއެކު ތަމަން ތެދުވެގެން އައިސް ދޮރުހުޅާވާލިއެވެ.
ލޮލުގައިވާ އަވިއައިނު ލޯ މަތިން ނެގުމައްފަހު މާލްވީ އެތެރެއަށް ހިނގައިގަތެވެ. މިގޭގަ ކައްކާފަ ހުރި އެއްޗެހީގެ ވަސް މާދުރަށް އެބަ ދުވާ ..، ދެން ނުކެޔަސް ހެޔޮވާނެ ..، އެހާވެސް ބަނޑު ފުރިއްޖެ..،
މާލްވީ ސަމާސާ ގޮތަކައް އެހެން ބުނެ ސޯފާގައި އިށީނެވެ.
މާލްވީ އެހެން ބުނެލުމުން ތަމަން ހީލިއެވެ. ދެން އެހެންވީމަ ކާނެ ކަމެއް ނެތެއްނު..، ހެހެހެ..، ތަމަން ހީލަމުން ބުނެލިއެވެ.
ހާދަ ބައިވަރު އެއްޗިއްސެއް ތައްޔާރު ކޮއްލާފަ ތިހުރީ.، ހަމަ އަހަރެން އަންނާތީތަ؟ މާލްވީ ސޯފާއިން ތެދުވެގެން އައިސް ތަމަން ކައިރީ ކާމޭޒް ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ.
އާނ ހާއްސަމީހުން އަންނަ އިރު މަދުން އެއްޗެހި ހެދީމަ ކަމަކު ނުދާނެއްނު ..، އެހެންވެ.،
ހެހެ ތަމަން ބުނެލިއެވެ
އަރޫ ނުގުޅާތަ؟ މާލްވީ ބުނެލިއެވެ.
އޭނައަށް އެހާ އުފާވެރިވެރި ހަބަރެއްލިބުނީމަ އަހަރެންކައިރީ ނުބުނެ ހުރެވޭނެހެން ހީވޭތަ؟ ހަމަ އެގަޑީ އަހަރެން ކައިރީ ބުނެފި އެގޭހޯ މާލް ޔެސް ދީފިޔޯ..، ވަރައް ހެޕީވެފަ ހުރީ..، ތަމަން ބުނެލިއެވެ.
އަސްލު އަރޫމެން ކަހަލަ ރަނގަޅު ބޯއީން މިޒަމާނުގަ ވަރަށް މަދުވާނެ..، އެހެންވެ އަހަރެން ވަރަށް ވިސްނާފަ ނިންމި ނިންމުމެއްމީ..،
އާޝާ އެކަހަލަ ހިޔާލެއް ނުގެންގުޅޭންތަ؟ ދެން ހަމަ ތިހެން އޭނައަށްޓަކާ ހުންނަނީތަ؟ ބޭވަފާ ތެރިޔަކަށްޓަކާ މުޅި އުމުރު ތިހެން ދުއްވާލުމަކީ ބޭކާރުކަމެއް..، އޭނަ އާޝާދެކެ ލޯތްބެއްނުވޭ..، ލޯބިވާ މީހަކަށް އެހެން ހަދާކައް ނުކެރޭނެ..، އެނގޭތަ އެއްކަލަ ދުވަހު ބްރޭކް ގަޑީ އަހަރުމެންނާއެއްކޮއްދިޔައެއްނު ފާތުންގެ ދެ ފްރެންޑުން އެތާ އިނެއްނު ކައިޒަން ކިޔާ ކުއްޖެއް..، އޭނަ އަހަރެންނައް ހަމަ ގުޅަނީ ..، އާޝާއާއި ފްރެންޑްކޮއްދޭށޯ ..، އޭނަ ވަރަށް ލައިކްވެޔޯ..،އަސްލު ކައިޒަން އެއީ ވަރައް ރަނގަޅު ކުއްޖެއް..، އަހަރެންނަކީ އަޝާ ނަމަ އެކަން ކުރާނަން ..،ދެމީހުންނަކީވެސް ޑޮކްޓަރުން ..، ކިހާ ހެޕީކޮށްއުޅެވޭނެ .، އަނެއްކާ އަހަރެންނައް އެނގޭ ކައިޒަން އާޝާ އަށް އެކަހަލަ ލަނޑެއް ނުދޭނކަން..، ނާއިކް ކަހަލަ ބޭވަފާތެރިއަކަށް އާޝާ ކަހަލަ ކުއްޖެއް އެކަށީގެންވެސްނުވޭ..، އަހަރެންގެ ނަސޭހަތެއް އަޑު އަހަންޏާ އޭނަ އަށްޓަކާ ތިހެން ނުހުރެ ރަގަޅު މީހެއް ލިބުނީމަ އެކަން ކުރޭ..، މާލްވީ ވަރަށް ވިސްނައިދޭ ގޮތައް ބުނެލިއެވެ.
އަހަރެން ހިތުން ދުވަހަކުވެސް ނުފިލާނެ ނިކް އަހަރެންނަށް ހެދިގޮތް..، އެކަމަކު މާލް .، އަހަރެންނައް ނާއިކްނޫން މީހެއްދެކެ ލޯތްބެއް ނުވެވޭނެ..، އަހަރެންގެ ހިތާ ފުރާނައިން ނާއިކްދެކެ ލޯބިވޭ..، އޭނަ އެގޮތަށް ކަންތައް ކުރިޔަސް އަހަރެންނަށް ދުވަހަކުވެސް އެހެންމީހެއްދެކެ ލޯތްބެއްނުވެވޭނެ..، އެކަމަކު އަހަރެންވެސް މިހާރު ބައެއްފަހަރު ހިތަށް އަރާ އަހަރެންދެކެ ލޯބިވާ މީހެއްކައިރިއަށް ދާން..، އަހަރެން ކޮންމެ މީހެއް ކައިރިއަށް ދިޔަޔަސް ދުވަހަކުވެސް ނިކް މަތިން ހަދާން ނުނެތޭނެ މާލް..، އެހިތި ހަދާން އާވުމުން ތަމަންއަށް ރޮވެންފެށިއެވެ.
**
މަންމާ....ކޮބާތަ ތާރާ؟ ހާދަ ވަރަކައް ގުޅައިފީމޭ..، އެއްފަހަރުވެސް ފޯނެއްނުނަގާ.،މާކިން ހޮސްޕިޓަލްގައި ހުރެ އެތައް ފަހަރަކު ގުޅުމުންވެސް ތާރާ ފޯނު ނުނެގުމުން ގެއަށް އައިސް ކާގެބައިގެ ދޮރާ އަރާހަމަވަމުން ބުނެލިއެވެ.
ދެންމެ ބަދިގޭގަ އުޅޭފަ ކޮޓަރިއަށް އެދިޔައީ؟ ކިހިނެއްވީ؟ މުނާ ބުނެލިއެވެ
މިކޮޅުގަ އުޅޭ ވަރައް މޮޅު ޑޮކްޓަރެކޯ އެންމެން ކިޔާ މީހަކައް މެމޯ ހައްދާފަ އަބްދޮބެ ގުޅީމަ އެވަރަށް މިގުޅަނީ ..،މިހާރި ތިއޮއް އެކެއްޖަހަނީ ..، އެޑޮކްޓަރު ބަލަން ފަށަޔޯ އެކެއްޖަހާއިރު ..، އަދި މެމޯ ކޮޅުވެސްވީ އަބްދޮބެ އަތުގަ ..، އަދި އެވެސް ނަގައިގެން ދެވޭނީވެސް..، މާކިން ބުނެލިއެވެ.
މަންމަ އަށްފެންނަނީ އަނެއްކަ ބޭރަށް ދައްކާލަން ދާން..، މިކޮޅުގަ ތިބޭ މީހުންނަކައް ނޭގޭނެ ވާނުވާއެއް..، ބޭސްތަކެއްދޭނީ..، މުނާބުނެލިއެވެ.
މިހާރުވެސް ކިހާ މީހުންނަކައް ބޭރައް ގޮސްގެންވެސް ދެއްކިއްޖެ. އެކަމަކު ރިހޭވަރަށް ރިހޭ ހަމަ ..، ރިހެން ފަށައިފިއްޔާ ކެއްނުވާވަރަށް ހަމަ ރިއްސާ..، އަބްދޮބެ ބައްޕަވެސް ކުރިން ވާގިނެތޭ ކައްތައް ހުރެއެއްނު ..، މިފަހަރު މިޑޮކްޓަރައް ދެއްކީމަ ..،މިހާރު ހަމަ ހިނގާލެވޭ ވަރުވެޔޯ ..،މާކިން ބުނެލިއެވެ.
އާނ ދައްކާލުމަކުން ގޯހެއްނެތް ..، ދެންދޭ އެހެންވިއްޔާ އަވަހަށް..، ތިއޮއް ގަޑިވެސް ކައިރިވަނީ..، މުނާ އެހެން ބުނެލުމުން މާކިން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ހާދަ ބުރަކޮށް ތިއުޅޭނީ ..، އަހަރެން ބުނީމެއްނު ތިހެން ކޮޓަރިތެރެ ސާފް ނުކުރަން..، އަހަރެން ޑިއުޓީ ނިންމާލާފަ އައިސް އެކަން ކުރާނަމޭ..، ކޮޓަރިއަށް ވަދުން މާކިންއަށް ކޮޓަރީގައި މޮއްޕުލާން ހުރި ތާރާ ފެނުމުން ބުނެލިއެވެ.
މިއަދު ރަނގަޅޭ..، އެހެންވެ ..އަބަދު މަސަތްކަތް ނުކޮށެއް ނޫޅޭވޭނެއްނު..، ތާރާ އެހެން ބުނެލުމުން މާކިން އައިސް ތާރާކައިރީ ހުއްޓި އަތުގައި އޮތް މޮޕު އަތުލުމައްފަހު މޮއްޕު ލައިދޭން ފެށިއެވެ.
ދޭބަ ވަރަށް އަވަހައް ތައްޔާރުވެލައިން އަންނަން ..، ޑޮކްޓަރަށް ދައްކަން ދާން މިއުޅޭނީ..، މާކިން ބުނެލިއެވެ.
ކޮބާ ޑެޑީގެ ދަރިފުޅު..، މާކިން ކޮޓަރިއަށް ވަނުމުންވެސް ރިމީ އަޅާނުލާ ކޮމްޕިއުޓާރ ކައިރީ ގޭމް ކުޅެން އިންތަން ފެނުމުން ބުނެލިއެވެ.
މާކިން އެހެން ބުނުމުން ރިމީ ދުވެފައި އައިސް މާކިންގެ އަތުތެރެއަށް ވަނެވެ.
ދެންދޭ އަވަހަށް..، މާކިން އެހެން ބުނެލުމުން ތާރާ ހެދުން އިސްތިރިކޮއްފައި ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުތެވެ.
އަދި ޑްރެސިންގް ޓޭބަލް ކައިރީ ހުރެގެން ތައްޔާރުވާން ފެށިއެވެ.
މެރޫންކުލައިގެ ގަޔަށް ދޫ ޓޮޕަކާއި ގަދަނޫ ޖީންސެއްލުމަށްފަހު އިސްތަށިގަނޑު ފަހަތައް ދޫކޮއްލިއެވެ.
މާބޮޑު މޭކަޕްއެއްނުކޮށް ގަޑިޖެހެން ކައިރިވާތީ މާކިންއާއި އާއި ދެމީހުން ގެއިން ނިކުތީ ރިމީ މަންމަ ކައިރީ ބެހެއްޓުމައްފަހުއެވެ.
އަދި ހޮސްޕިޓަލްއަށް ދިއުމުގެ ކުރިން މެމޯކޮޅު ނަގައިގެން އެނބުރި ހޮސްޕިޓަލްއާއި ދިމާއަށް މިސްރާބް ޖެހިއެވެ.
މީހުންގަނޑުގެ ތެރެއިން މާކިން ތާރާ އަތުގައި ހިފާލައިގެން ގޮސް ގޮނޑިގައި އިށީނެވެ.
އަދި ކިތައް ނަންބަރު އެބައިން؟ މާކިންއަށް ބަލާލަމުން އިނގިލިން އެކެއް ދައްކާލީ ދެން އިނީ އެމީހުންކަމަށް އަންގަންވެގެންނެވެ.
އެހެންބުނެ މާގިނައިރު ނުވަނީސް އެމީހުންގެ ނަންބަރު ޖެހުމުން މާކިންއާއި ތާރާ ކުރިމަތިން ފެންނަން އިން ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ.
ޑޮކްޓަރ އައިޝަތު ތަމަން ..، އަންހެން ކުއްޖެއްދޯ؟ ތާރާ އެބޯޑް ކިޔާލުމުން މާކިން ސިހިގެނ ދިޔައެވެ.
ކަންފަތުގައި ފޯނުޖަހާލައިގެން އިން ތަމަންއަށް ދޮރުން ވަދެގެން އައި މީހުންނަށް އަތުގެ އިޝާރާތުން އިށީނުމައް ބުނުމައްފަހު ފޯނު ކަނޑާލާފައި އެމީހުންނަށް ކުރިމަތި ވާގޮތަށް އެބުރިލިއެވެ. އެވަގުތު ހީވީ ފައި ދޮށުން ބިންގަނޑު ދެމިގެންހެންނެވެ. ހަގީގަތެއްހެން ހީނުވުމުން ލޯ އެއްފަހަރު އުގުޅާލުމައްފަހު އަނެއްކާވެސް ބަލާލިއެވެ. އެއީ ހަމަ އެސޫރައެވެ. ރެއާއި ދުވާލު އެމީހަކު ދުށުމަށް ހިތްއެދި ގޮވާ ފަރާތެވެ.
ގޮނޑިގައި އިށީންނަންވެސް ނޭގިފައި ހުރި މާކިންވެސް ހުރީ ގަބޫލް ކުރަންދަތިވެފައެވެ
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް