އަންނާނެކަން..، ތަމީ މިކަމާ ވިސްނާ ދެރަވާނެ ވަރު އަހަރެންނަށް އެނގޭ..، އެކަމަކު އަހަރެން އަބަދުވެސް ތަމީ އުޅޭ ހުރިހާ ގޮތެއް ބަލަމުން އައީ..، ވަކި ހިސާބަކުން އަހަރެންނަށް ތަމީ ގެއްލުނީ...، މާކިން ކަން ހިގާދިޔަގޮތް ތަމަންއަށް ކިޔައިދިނެވެ.
އަހަރެން ވަރައް އުފާވެއްޖެ ދޮންތަބެ ދޮންތައާއި ދޭތެރޭ ތިވަރަށް ވިސްނީމަ..، އަދި ދޮންތަ ދެކެ ތިވަރަށް ލޯބިވާކަން އެނގުނީމަ..، އަހަރެން ހިތުގަ އެއްވެސް އެއްޗެއްނެތް..، އިރާދަކުރެއްވިއްޔާ ދޮންތަ ރަގަޅުވާނެ..، އަހަރެންނައް ކުރެވުނު ހުރިހާ މަސަތްކަތެއް ކުރާން.،، ތަމަން ކަރުނައާއިއެކު ބުނެލިއެވެ.
ތަމީ؟ ކޮންއިރަކު މާލެ އައީ..، މިތާ އެކަނިތަ އުޅެނީ؟ ކޮންއިރަކު ޖޮބް ލިބުނީ؟ މާކިން ހިތުގައި ހުރި ސުވާލު ތައް އެއްފަހަރާ ކޮއްލިއެވެ.
މާކިން އެހެންބުނެލުމުން ތަމަން ސޯފާއާއި ދިމާއަށް ހިނގައިގަތެވެ.
ފަހަތުން މާކިންވެސް ހިނގައިގަތެވެ.
އަހަރެން ދޮންތައާ ނުލާ ވަރަށް ހާލުގަ އުޅުނީ..،އަހަރެން ކިޔަވާ ނިމޭ ދުވަސް ދޮންތައާ އަހަރެން ބޯއީ ފްރެންޑަށް ސިއްރު ކުރީ އެންމެންނަށް ސަޕްރައިޒްދޭން ވެގެން ..، އެކަމަކު ސަޕްރައިޒް ލިބުނީ އަހަރެންނަށް..، އަހަރެން އައިސް ދޮންތަ ހޯދަން ވަރަށް މަސަތްކަތްކުރިން..، ތިގެއަށް ވެސް ދިޔައިން .، އެހާ ހިސާބުން އަހަރެންނަށް އެނގުނީ ދޮންތަމެން މެލޭޝިޔާއަށް ދިރިއުޅުން ބަދަލް ކުރިކަން ..، އެދުވަހު ދެން އަހަރެންނައް ދޮންތައާއި ދިމާވާނެކަމަށް އަހަރެން ދެކެމުންއައި ހުރިހާ ހުވަފެނެއް ފެނަށްވި..، ދެން އަހަރެން ބޯއީފްރެންޑް ކައިރިއަށް ދިޔައިރު އޭނަވެސް އަހަރެންނަށް ނުވެސް އެނގި އޭނަ ލޯބިވާ މީހައާއި ކައިވެނިކޮއްފި..،
އެދުވަހު އަހަރެން މުޅި ދުނިޔެއަށް ގިނަވި .. އަހަރެންގެ އެއްވެސް މީހެއްނެއް..،ދާނެތަނެއް އެއްވެސް އެއްޗެއް އަހަރެންނަކަށް ނޭނގުނު.. ދެވަނަފަހަރަށް އޭނަގެ މަކަރުވެރިކަމުގަ ޖެހެން އަހަރެން ބޭނުންނޫންވީމަ އަހަރެން މާލެ ދޫކޮއްފަ މަންމަ ކައިރިއަށްދިޔައީ..، އެކަމަކު މަންމަވެސް އަހަރެން މީ ދަރިއެއްކަމަކަށް ނުބެލި..،އެދުވަސްކޮޅު ދޮންތަބެ އަހަރެންގެ އެކައުންޓައް ރުފިޔާ ޖަމާނުކުރިނަމަ އަހަރެން އުޅޭނެގޮތެއްވެސް ނޭނގެ..، އަހަރެން މަންމަ ކައިރީ އެގޭގެ ބަހައްޓަން މަންމަ އެއްބަސްވީ ކޮންމެ މަހަކު މަންމަ ބުނިވަރަށް ލާރިދީގެން..، ތަމަން ވާޙަކަ ދައްކަމުން ދިޔައިރު މާކިންގެ މޫނުމަތިންވެސް އޭނަ އެކަމާ ދެރަވެފައިންވަރު ފެނެއެވެ.
އެންމެފަހުން އަހަރެންނައް އެތާވެސް އުޅެވޭގޮތެއްނުވި ..، އަހަރެންނައްވުރެ މަންމަ މަންމަގެ ދޮންދަރިފުޅުދެކެ މާލޯބިވޭ..، އޭނަ އުޅުނީ އަހަރެންނާ ގަދަކަމުން..، ތަމަން އެހެން ބުނެ ދެލޯ މަރާލިއެވެ.
އެތަނުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަހަރެން އެތަނުން ސަލާމަތް ކޮއްދިނީ ނިކް..، އެއީވެސް އަހަރެންގެ ނަސީބް ..، މަންމައާއި ދާނިޔަލްގެ ސަބަބުން އަހަރެންނައް ނާދެވިގެން ނިކް އަހަރެންނާ މެރީ ކުރީ..، ޢޭނަ އަހަރެންނަށް ކަންތައް ކުރިގޮތުން އަހަރެންގެ އަސްލު އޭނައަށް އަންގަން އަހަރެން ބޭނުންނުވީ..، އަހަރެންގެ ފުރިހަމަ ނަން އޭނައަށް ނޭނގޭތީ ކައިވެނި ކުރިއިރުވެސް ނިކްއަށް ނޭގޭނެ އަހަރެންނާ ކަމެއް ކައިވެނި ކުރެވުނީ..،
އަހަރެންނައް ގޮތެއްފެންނަންދެން މިތަނަށް ގެނެސް ލީ ނިކް..، އެކަމަކު އެދުވަހުން ފެށިގެން އޭނަ މިތަނަކަށް ނާދޭ..، އެއީ އަހަރެންވެސް ބޭނުންވި ގޮތް..، ތަމަން ވާހަކަ ދައްކަމުން ދިޔައިރު އިތުރު ދިމާއަކަށް މާކިން ވިސްނެންފެށުނެވެ.
ތަމަންގެ ވާހަކައާއި އޭނަގެ އެންމެ ގާތް އެކުވެރިޔާ ނާއިކްގެ ވާޙަކަ އެއްގޮތްވުން އެއީ އިއްތިފާގެއްބާވައެވެ.
ނިކް؟ އެއީތަ ތަމީގެ ބޯއީ ފްރެންޑް؟ މާކިން ކަމެއްޔަގީން ކުރާ ގޮތަށް އަހާލިއެވެ.
ހޫމް..، އަހަރެންނަށް އިތުރު ގޮތެއްނެތީމަ މިގޮތަށް ކަންތައް ކުރީ..، މިހާރު އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކައް ނިކްގެ ކައިރިން މިނިވަންވާން..، ތަމަން ބުނެލިއެވެ.
އަހަރެންނަށް އޭނަދިން ލަނޑު އަހަރެން މުޅި އުމުރުގަވެސް ހަދާން ނުނެތޭނެ..، ތަމަން އަނެއްކާވެސް ބުނެލިއެވެ.
ނިކްއަށް އަސްލު ކިޔަނީ ކޮންނަމެއް..، ކިހިނެއް ތަމީއާ އޭނަ ދިމާވީ..، މާކިން އަނެއްކާވެސް އިތުރު ސުވާލެއް ކޮއްލިއެވެ.
އޭނައަށް ކިޔަނީ ނާއިކް..، އަހަރެން ކިޔަވަން ހުރީ ނިކްގެ ދޮންތަމެންގޭގަ..، .ނިކް ވަރައް ގިނައިން އެކޮޅަށްދާނެ..، އެގޮތަށް ގޮސް އުޅުންއިރު..، ތަމަން އެހެން ބުނެލުމުން މާކިންގެ ޝައްކު ޔަގީނައް ބަދަލް ވާން ފެށިއެވެ.
އޭނައަށް ނޭގޭތަ ތަމީގެ ނަން؟ މާކިން ބުނެލިއެވެ.
ނޭނގޭނެ..، އެގޭގަ އުޅޭ އެންމެން އަހަރެންނައް ކިޔަނީ އާޝާ ..، އެހެންވެ ނިކްއަށްވެސް އެނގޭނީ އެނަން..، ތަމަން އެހެން ބުނެލުމުން މާކިން އިތުރައް ސުވާލެއް ކުރާކަށް ގަސްތެއްނުކުރިއެވެ. ސަބަބަކީ ހުރިހާކަމެއްވެސް މިހާރު މާކިންއަށް ޔަގީންވެއްޖެއެވެ.
ތަމީ..، ކޮންމެފަހަރަކު ހީވާ ހީވުން ތެދަކަށް ނުވެދާނެ..، ފަހަރެއްގަ ވެދާނެއްނު އާއިލާއިން މަޖުބޫރުކޮއްގެން ކުރަންޖެހުނު ކައިވެންޏަކައްވެސް ..، ތަމީ ދެކެ ލޯބިވާތީ ބުނަންނުކެރުނީކަމަށް..، މާކިން އޭނަގެ އެންމެ ގާތް އެކުވެރިޔާގެ ކޮޅަށް އަރަމުން ބުނެލިއެވެ.
ދެން ނޭނގެ އަހަރެން ކިތަންމެ ލޯބިވިޔަސް ނިކްއާއި ދެން ދިމާވާކަށް ބޭނުމެއްނޫން..، ޢޭނައަކީ އެހެން މީހެއްގެ ފިރިއެއް މިހާރު..،ތަމަން އެހެން ބުނެލިއިރުވެސް އެދެލޮލުން ކަރުނަ ވިދާތަން މާކިންއަށް ފެނުނެވެ.
އަމިއްލަ ކޮއްކޮއެއް ދެކެ ވާލޯބި އެއަންހެންކުއްޖާދެކެ މާކިން ވެއެވެ. ތާރާއެކޭ އެއްގޮތަށް ތަމަންއަށްވެސް އެއްވެސް ހިތާމައެއް ލިބޭކަށް މާކިން ބޭނުމެއްނޫނެވެ.
އޭނައަށް ގެއްލުނު ލޯބި ހޯދައިދޭން މާކިންގެ ހިތުތެރޭ އަޒުމް ކަޑައެޅިއެވެ.
ދެން އެހާ ބޮޑަށް ނުވިސްނާ..، ތަމީ މިތާ އެކަނި އުޅޭކަށް ދެން އަހަރެންނަށް ދޫކޮށެއްނުލެވޭނެ..، މިއަދު އަހަރެން ދާނީ ތަމީ ގޮވައިގެން..، މާކިން ބުނެލިއެވެ.
އެކަމަކު އޭރަށް ދޮންތަ؟ ތަމަން މާކިންއަށް ބަލާލަމުން ބުނެލިއެވެ.
ދެން އަހަރެން ބޭނުމެއްނޫން މިދެލޮލުން އެއްވެސް ކަރުނައެއް އަންނާކަށް..، އަހަރެމެންގޭ މަތީ ފްލޯގަ އިން ރޫމެއް އަހަރެން މިއަދު ހަމަ ޖައްސާނަން ..، އޭރައް ތަމީގެ ހުރިހާކަމެއް އަހަރެންނަށް ބެލޭނެ..، އޭރަށް ދޮންތައަށް ފަރުވާ ކޮއްދޭންވެސް ތަމީއަށް ފަސޭހަވާނެއްނު..،
މިހާރު އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދޮންތަ އެއްކޮއް ރަގަޅުވެގެން އެންމެން އެއްކޮއް އުޅެވޭނެ ދުވަހެއް..، މާކިން ބުނެލިއެވެ.
ދެމީހުން ވާހަކައިގައި ތިއްބައި މާކިންގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ނަގާބަލާލިއެވެ.
އަދި އަވަސް އަވަހައް ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ.
އެކޮޅުން ރިމީ ގުޅުމުން މާކިން ލޯބިން އެއްޗެއް ބުނެލުމައްފަހު ޑެޑީ އެދަނީ ކަމައް ބުނެ ފޯނު ކަޑާލިއެވެ.
އޭރު ތަމަން ހުރީ މާކިންއަށް ބަލާށެވެ.
ތަމީއަށް އަދި ކޮއްކޮވެސް ނުފެނޭދޯ؟ މިހާރު ވަރަށް ބޮޑުވެއްޖެ..، މާކިން އެހެން ބުނެލުމުން ތަމަންގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަން ފެށިއެވެ.
އަހަރެން ވަރައް ކޮއްކޮ ދެކިލާހިތްވޭ..، ޕްލީޒް ދޮންތަބޭ އަހަރެން ދެކިލަން ކޮއްކޮ ގެނެސްދީބަލަ..، އަހަރެން ވަރަށް ވަރަށް ދެކޭ ހިތްވޭ..، ތަމަން ބުނެލިއެވެ.
އެއްޗެހިތައް ޕެކްކޮއްލާ ..، މިރޭ އަންނާނަން ބަލާ..، އޭރަށް ރިމީ ގެންދާނީ..، މާކިން ބުނެލިއެވެ.
ތަމަންވެސް އެކަމާ އެއްބަސްވެ ބޯޖަހާލިއިރި އެހިތްވަނީ ރިމީ ދެކިލާހިތުން ކެއްމަދުވެފައެވެ.
ދެން މިގަޑީ ގޮސްލީ ..، މިހާރު ލަސްވެގެން އެގުޅަނީ..، މާކިން އެހެން ބުނެ ތަމަން އުޅޭ އެޕާޓްމެންޓުން ނިކުތެވެ.
އެގޭން ނިކުމެވުމާއި އެކު މާކިން އެންމެ ފުރަތަމަވެސް ހަދާންވީ ތަމަން ދެއްކި ވާހަކަތަކެވެ. ތަމަންއާއި ނާއިކްއާއި ދެމެދު އޮތް ގުޅުމެވެ.
ނާއިކް އާއި ތަމަންގެ ގުޅުން އެނގުމުން މިހާރު މާކިންގެ ބޭނުމަކީ އެދެމީހުން އަލުން ގުޅުވައިދިނުމެވެ.
ގިނަދުވަސްތަކަކަށްފަހު ނާއިކްއާއި ދިމާވިއިރު އޭނަހުރި ހާލަތުން ނާއިކް ތަމަންދެކެ ވާ ލޯތްބާއި މެދު އެއްވެސް ޝައްކެއްކުރެވޭކަށްނެތެވެ.
މާކިންއަށް ތަމަންއަށް އެހީ ނުވެވުނު ދުވަހު ކާކުކަން ނޭނގިވެސް ނާއިކް އޭނަ އެކަހަލަ ތަނަކުން ސަލާމަތްކޮއްދިން ކަމަށްޓަކާ މާކިންގެ ހިތުގެ އަޑީން ނާއިކްއަށް ޝުކުރު އަދާކުރެވުނެވެ.
ފޯނުނަގާ ކަންފަތުގައި ޖަހާލަމުން މާކިން ހިނގައިގަތެވެ.
ހަލޯ ނިކް..، އާދެބަލަ ވަރަށް އަވަހައް ކޮފީއަކަށް އެއްކަލަ ކެފޭއަށް..، ނާއިކް ފޯނުނެގުމާއިއެކު މާކިން ބުނެލިއެވެ.
މާކް !! އަހަރެން ދޮންތަ ކައިރިއަށް އެކޮޅަށް އެވްލިން ގޮވައިގެންދާން ބައްޕަ ބުނެގެން މިއުޅެނީ..،
ނިކްއާ ދިމާކުރަން ދާން ރޭގަވެސް އުޅުނިން އެކަމަކު ރޭގަޔާ މިއަދާ އެވްލިން ކައިރިން ދުރަށް ނުދާތީ ނުނިކުމެވިގެން މިއުޅެނީ..، އެނގެއެއްނު އެއްޗެއްބުނެފިއްޔާ ބައްޕަ އަރުވާލާނެ ވަރު..، ނާއިކް ބުނެލިއެވެ.
ކިތައް ދުވަހަށް ތިދަނީ؟ މާކިން އަނެއްކާވެސް އެހެންބުނެލީ އެވާހަކަ ދައްކަން ބޭނުންވެފައި ހުރިވަރުންނެވެ.
ނާއިކްގެ ކުށެއް ނެތްކަން ތަމަންއަށް އަންގަން ބޭނުންވިޔަސް މިވަގުތު ތަމަން އެހުރީ އެވާހަކަތައް ގަބޫލްކުރެވޭ ކަހަލަ ހާލަތެއްގައެއްނޫނެވެ.
ހަފްތާއަކަށް ..، އަހަރެން އައިސް ނިކްއަށް ގުޅާނަން..، ނާއިކް އެހެން ބުނެލުމުން އިތުރު ގޮތެއް ނެތުމުން މާކިން އެކަމާ އެއްބަސްވެ ފޯނުކަނޑާލީ ނާއިކް އަންނާނެ ދުވަހަކަށް އިންތިޒާރުކުރާނެ ކަމައްބުނެފައެވެ.
**
މާލޭގެ ބޮޑެތިމަގުތަކުން ބްރިޖް ހުރަސްކޮއް ކާރު އައިސް ހުޅުލޭ އެއާޕޯޓާއި ކައިރިކޮށްލުމާއި އެކު އަތުގައި އޮތް ބޭގް ކޮނޑުގައި އަޅުވާލަމުން ހިނިތުންވެލައިގެން ހުރެ އެވްލިން ކާރުން ފޭބިއެވެ.
ފަހަތުން ކަހަލަ ގޮތަކަށް ނާއިކްވެސް ކާރުން ފޭބިއެވެ.
ޑްރައިވަރު ޓްރޮލީއެއް ގެނެސް އެއަށް އެމީހުންގެ ފޮށިތައް ލަންދެން ހިޔަލުގައި އިރުކޮޅަކު ތިބުމައްފަހު އެވްލިންއާއި ބައްޕަގެ ފަހަތުން ނާއިކްވެސް އެތެރެއަށް ވަންނަން ހިނގައިގަތެވެ.
ނާއިކްއާއި އެކު އަލަށް ތަނަކަށް ދެވޭތީ އެވްލިންގެ ހިތް އުފަލަނުން ނަށަނީއެވެ.
ދަރިފުޅާ އެވީއަށް ރަނގަޅަށް ބަލައްޗޭ ..، އެވީ ދެރަނުކުރާތި އިނގޭ..،ދޮންތަމެންނަށް ވަރަށް ސަލާން ބުނެދޭތި..ނާއިކްއާއި އެވްލިން އެތެރެއަށް ވަންނަންދާން ހިނގައިގަތުމުން ފައްވާޒްބުނެލިއެވެ.
ބައްޕަގެ ވާހަކަތަކުން ނާއިކް ހިތުގައި ޖެހުނަސް އެކަން ފޮރުވަމުން ކުރިއަށް ހިނގައިގަތެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް