ކެތްކުރާނަން އުންމީދުގާ – ފަންސާސް ފަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ  ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި |...

16 Jan 2019 | 23:43

ކުރީގެ އަދަދާއި ގުޅޭ


 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި | ފަންސާސް ހަތަރުވަނަބައި

ކުއްލިއަކައް ފަހަތުން އެއްޗެއް ވެއްޓުނުކަހަލަ އަޑެއް އިވިގެން ފަޒްލާއާއި ނާއިކްއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ބަލާލެވުނެވެ.

އެވަގުތު ދެމީހުންނަށްވެސް ސިހުމެއް ލިބިގެން ދިޔައީ ދޮރު ބުޑުގައި ގަބުވެފައި ކަހަލަ ގޮތަކައް އެވްލިން އިންތަން ފެނުމުންނެވެ.

ހައިރާންވެފައި ފަޒްލާއަށް ނާއިކްގެ މޫނަށް ބަލާލެވުނެވެ. އޭރު ނާއިކްވެސް ސުވާލްގެ ނަޒަރަކުން އެވްލިން އަށް ބަލަހައްޓައިގެން ހުއްޓެވެ.

އެވީ!! ނާއިކް އެގޮތަށް ބަލަހައްޓައިގެން ހުއްޓައި ފަޒްލާ އެވްލިންއަށް ގޮވާލާފައި އެދިމާއަށް ހިނގައިގަތެވެ.

ފަޒްލާއައިސް އެވްލިން ކައރީ އިށީންއިރުވެސް އެއްވެސް އަސަރެއްނެތި އެވްލިން އިނީއެވެ.

ނާއިކް ދުރުގައި ހުއްޓިހުރީ އެވާޙަކަތައް އެވްލިންއަށް އަޑު އިވިއްޖޭ ހިތް ބުނެލުމުންނެވެ. މިވަގުތު އެވްލިންއާއި ވާޙަކަ ދެއްކުމަކީ އޭނާއަށް ފަސޭހަކަމަކައް ނުވާނެތީއެވެ.

އެވީ!! ގަބު ވެފައި އިން އެވްލިންގެ ދެކޮނޑުގައި ހިފާ ފަޒްލާތަޅުވާލަމުން ކުރިއަށް ވުރެ ބާރަށް ގޮވާލިއެވެ.

އެއާއި އެކު އެވްލިންގެ ދެތުންފަތް ފޫއަޅުވާލުމައްފަހު ރުއިމުގެ އަޑު ބޭރުވާން ފެށިއެވެ. އެއީ އެ އަޑު އިވޭ ކޮންމެ ހިތަކަށްވެސް އަސަރުކުރުވާނެ ކަހަލަ ވޭނީ ގިސްލުމެއްގެ އަޑެކެވެ.

އެއަޑުން ފަޒްލާގެ ހިތަށްވެސް އަސަރުކުރުވިއެވެ. ދުރުގައި ހުރި ނާއިކްއަށްވެސް ބޭއިހްތިޔާރުގައި އެވްލިންއާއި ގާތަށް ހިނގައިގަނެވުނެވެ.

އަހަރެންނަކަށް ނޭނގެ ނިކް އެހެން މީހެއްދެކެ ލޯބިވާކަމެއް؟ އެހެން ނޫންނަމަ އަހަރެން ނިކް ދެކެ ކިތައްމެ ލޯބިވިޔަސް މި ކައިވެންޏެއް ނުކުރާނަން..، ކީއްވެ އަހަރެން ކައިރީ ނުބުނީ؟ ކީއްވެ އަހަރެންނާ ކައިވެނި ކުރީ؟ އަހަރެން މިއޮށްހުރިހާ ދުވަހުވެސް މި އިންތިޒާރު ކުރީ ނިކްގެ ފަރާތުން އަހަރެންނަށް ލޯބި ލިބޭނެ ދުވަހަކަށް..، އެކަމަކު އަހަރެން ހިއެއް ނުކުރަން އަހަރެންނަށް ލޯބިވާ ދެމީހެއްގެ ދޭތެރެއަކަށް ކަމެއް މިވަދެވުނީ..، އެވްލިން އިން ތަނުން ތެދުވެގެން އައިސް ނާއިކްގެ ކުރިމަތީ ހުއްޓި އެއްފަހަރާ އެތައް ސުވާލެއް ނާއިކްއާއި ކުރި އިރު އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އާދެއެވެ.

އެވްލިންގެ އެސުވާލުތަކަށް ޖަވާބުދޭން މިވަގުތު ނާއިކްއަށް ވެސް ފަސޭހައެއްނުވިއެވެ.

ހިތުގައި އެވްލިންއަށް ޓަކާ ލޯބި ނެތްނަމަވެސް ދުވަހަކުވެސް އެވްލިންއަށް ދެރައެއް ލިބޭ ކަށް ނާއިކްބޭނުމެއްނުވެއެވެ. ސަބަބަކީ އެދެމީހުންނަކީ އެންމެ ކުރިންސުރެ ވެސް އެއްމެ ގާތް ދެ އެކުވެރިންނަށް ވީތީއެވެ.

އެވީ!! މީގަ ނާއިކްގެވެސް އެވީގެ ވެސް އެއްވެސް ކުށެއްނެތް..، ބައްޕަ ބޭނުންވީ އެންމެ ކުރިން ފެށިގެންވެސް ނާއިކްއާއި އެވީ ގުޅެން...، ފަޒްލާ އެހެން ބުނެލުމުން އެވްލިން ފަޒްލާއަށްބަލާލިއެވެ.

އެކަމަކު ނިކް އަހަރެންދެކެ ލޯބި ނުވާއިރު ކީއްވެ ބައްޕަކައިރީ ނުބުނެވުނީ..، އަހަރެން ހިތުގަ ނިކްއާއި ދޭތެރޭ އެއްވެސް އެއްޗެއްނެތް ... އެކަމަކު ތިގޮތަށް ކަންތައް ކުރިއިރު އަހަރެންނާއި ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިންތަ؟..، އަހަރެން ނާއިކްގެ ލޯތްބައް ފެންބޮވައިގަނެފައިވާ ވަރު ނާއިކްއަށް ނޭގޭތަ؟ ފިރިއެއްގެ ފަރާތުން ލިބެންވާ އެއްވެސް ލޯތްބެއްނުލިބި އަހަރެން މިގޮތަށް އެއް އަހަރު މިވޭތުކުރީ ހަމައެކަނި ނިކް ދެކެ ވާލޯބިން..، އެވްލިން ގިސްލަމުން ބުނެލިއެވެ.

ނާއިކް އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތައް ހުރުމުން އެވްލިންގެ ހިތަށް ވަކިން ބޮޑަށް އަސަރުކުރިއވެ. އެއްވެސް އިހްތިޔާރެއްނެތި ނާއިކްގެ ގައިގައި އޮޅުލައިގަންނަމުން މޭމަތީގައި މޫނު ޖައްސާ އެހަށިގަނޑުގައި މޫނު ފޮރުވާލިއެވެ.

ނާއިކްގެ ހިތުގައި އޭނައަށްޓަކާ އެއްވެސް ލޯތްބެއް ނުވާ ކަން މިއަދު އޭނައަށް ޔަގީން ވެއްޖެއެވެ.

މަޑުމަޑުން ނާއިކްގެ ދެއަށްވެސް އެވްލިން ވަށާލީ އެއަންހެން ކުއްޖާގެ ކުށެއްނެތި މިއަދު އެހިތަށް ކޮށްފައިވާ އަސަރު އެނގުމުންނެވެ.

ކީއްވެ ނިކް އަހަރެންކައިރީ ނުބުނީ..، އަހަރެންނަށް އަހަރެމެންގެ މެދުގައި ކުރީގައި އޮތް ގުޅުން މާމުހިންމު..، ނިކް އަހަރެންދެކެ ލޯބިނުވާ ވާހަކަ ބުނިނަމަ އޭރަށް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރީމުހޭ.، އޭރަށް އަހަރެމެންގެ މެދުގައި އޮތް ރަހުމަތްތެރިކަންވެސް ނުކެނޑި އޮތީހެއްނު..، އެވްލިން އެހުރިގޮތައްހުރެ ގިސްލަމުން ވާހަކަ ދެއްކިއެވެ.

އަހަރެން ބޭނުމެއްނޫން އެވީއަށް އޮޅުވާލައިގެން މިކައިވެނި ކުރާކަށް..، އެކަމަކު އަހަރެންނަށް މަޖުބޫރުވީ ..، އިތުރު އެއްވެސް ގޮތެއްނެތުނީ..، މީ ބައްޕަ ބޭނުންވި ގޮތް..،އަހަރެން ލޯބިވަނީ އެހެން މީހެއް ދެކެ ކަމާ އަހަރެން އިންނަން ވެސް ބޭނުންވަނީ އޭނައާކަން ބައްޕަ ގާތު އެތައް ފަހަރަކު ބުނިން..، އެކަމަކު ބައްޕައަށް އަހަރެންގެ އުފާ މުހިންމެއްނުވި..، ބައްޕަ ބޭނުންވީ އެވީ..،އަހަރެންނަށް އިތުރި އެއްވެސް ގޮތެއްނެތުނީ...، ނާއިކް އެހެން ބުނެލުމުން އެވްލިއަށް ދެލޯ މަރާ ބާރުކޮއްލެވުނީ އިތުރަށް ހިތަށް ތަދުވުމުންނެވެ.

ނާއިކްގެ ދުލުން އޭނަދެކެ ލޯބި ނުވާވާހަކަ ބުނުމުން އެހިތަށް ތޫނު ތަދެއް އިހުސާސް ކުރެވުނެވެ.

ނާއިކްގެ ގައިގައި ވަށާލެވިފައިވާ ދެއަތް ވަގުތުން ދޫކޮއްލެވުނެވެ.

ދެލޮން ކަރުނަ ފޮހެލަމުން ނާއިކްއަށް ފުރަގަސްދީފައި ކުރިއަށް ހިނގައިގަތްއިރު ވަށައިގެންވާ މާޙައުލު ވަނީ ފުސްވެފައެވެ.

ދޮންތާ!! .،އެވްލިން ގޮސް ސިޑިން މައްޗައް އަރަން ފެށުމުން ނާއިކްއަށް ފަޒްލާއަށް ގޮވާލެވުނެވެ.

ކޮއްކޮ މިގަޑީ އެވީއާއި އެއްކޮށްދޭ..، އޭނަ އެހުރީ މިވަގުތު ވަރަށް ބޮޑައް ހިތުގަ ޖެހިފަ..، ފަޒްލާ ބުނެލިއެވެ.

ނާއިކް ބޯޖަހާލަމުން އެވްލިންގެ ފަހަތުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

**

ޑިއުޓީ ނިންމާލާފައި ތަމަންއަށް ގެއަށް އާދެވުނު އިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންވިޔަސް މިވަގުތު ތަމަން އަތުގައި ހުރި ރިޕޯޓްތަކުގައިވާ އެއްޗެއް ބެލުން މިވަގުތު އޭނާއަށް މާ މުހިންމެވެ.

އަތުގައި ހުރި ބޭގް ބެހެއްޓުމައްފަހު ސޯފާގައި އިށީންދެ މިއަދު ހެއްދުވި ތާރާގެ ސްކޭން ބަލަން ފެށިއެވެ.

އިރުކޮޅަކު އެގޮތަށް ބަލަން އިނުމައްފަހު ފޯނުނަގާ މާކިންއަށް ގުޅާލިއެވެ.

ދޮންތަބޭ ކޮންތާކު؟ އާދެބަލަ އަހަރެން ގޭގަ މީނީ މިހާރު..، މާކިންއަށް ގުޅާލުމަށްފަހު ތަމަން ބުނެލިއެވެ.

ތަމަން އެހެން ބުނެ ފޯނުކަނޑާލިތާ ފަސްމިނެޓް ނުވަނީސް މާކިންއައިސް އެބަޔަށް ވަނެވެ.

ކިހިނެއްވީ؟ މައްސަލަ އެއް އުޅެނީތަ؟ މާކިން ގޭތެރެއަށް ވަތްން ގޮތައް ހާސްވެފައި ބުނެލިއެވެ.

އިތުރު މައްސަލަ އެއް އުޅެނީކީނުން އެކަމަކު ކުރިން ބޮލުގެ ސާޖެރީއެއް ހަދާފައިނީ އެކަމަކު އޭގެން ނެތް އެނާރު ޑެމޭޖްވުން ހުއްޓުވިފައެއް..، އެހެންވެ އަހަރެން ބޭނުންވަނީ އަހަރެން އަމިއްލައަށް މިފަހަރު އެސާޖަރީ ހަދަން ..، ތަމަން މާކިން އަށް ބަލަން ހުރެ ބުނެލިއެވެ.

ތަމީ ބޭނުން ގޮތަކަށް ގެންދިޔައީމަ ރަގަޅުވާނެ..،މާކިން ބުނެލިއެވެ.

އެހެންވީމަ މާދަމާ ނޫން އަނެއްދުވަހައް އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން ..، އަސްލު ކުރިންވެސް އެސާޖެރީ ރަގަޅަށް ކޮއްފަ އިންނަމަ ދޮންތައަށް އެވާ އެއްވެސް އުދަގޫތަކެއްނުވާނެ..،، ހަދާން ނެތިފަ ހުއްޓަސް ހަދާންތައް އަންނަން ފަށާނެ..، ތަމަން ބުނެލިއެވެ.

ތަމަންގެ ވާހަކައިން މާކިންއަށްވެސް އުންމީދެއް އާވިކަހަލައެވެ.

ކެތްތެރިކަމެއްނެތި އޭނަ އެއިންތިޒާރުކުރަނީ އެދުވަހަކަށެވެ.

**

ހެނދުނު ހިނގާދިޔަ ހާދިސާއަށްފަހު އެވްލިންއާއި ނާއިކްއާއި ދެމެދު މާގިނަ ވާޙަކަ ތަކެއްނުދެއްކެއެވެ.

ކޮޓަރިއަށް ވަތްން ގޮތަށް އެވްލިން އަނެއްފަރާތައް އެނބުރި ބާލީހުގައި ބައްދައިގެން އޮވެ ހިތް ފުރެންދެން ރުއިއިރު ނާއިކްއަށް އެވްލިންއާއި އަނގައިން ބުނާނެހާ ހިތްވަރެއްނުލިބުނެވެ.

ގިނައިރު ތަކެއްގައި އެގޮތަށް ތިބުމަށްފަހު އެވްލިން ވާހަކަ ދައްކަން ފެށިއެވެ.

އަހަރެން މާދަން ފުރަން ބޭނުން..، ނިކް މަޑުކުރަން ބޭނުމިއްޔާ މަޑުކުރިޔަސް އެންމެ ރަގަޅު..،

އަހަރެން މާލެ ގޮސް ވަރިވާން ފޯމް ލާނަން ..، އެވްލިން އެހެން ބުނެލުމުން ނާއިކް އެވްލިންއަށް ބަލާލިއެވެ.

މިހާރު އެދޮލުލުގައި ކަރުނައެއް ނެތެވެ. ނަމަވެސް އެދޮލުގައި އަދިވެސް ވަނީ ހިތްދަތިކަމެވެ.

ބައްޕައާ ދޭތެރޭ ނިކް ވިސްނާނެކަމެއްނެތް ..، އަހަރެން ނިކްއަށް ދެރަވާ އެއްވެސް ގޮތަކަށް ކަންތަކެއްނުކުރާނަން..، އަހަރެން ބައްޕަ ގާތު ބުނާނަން އަހަރެން އުޅެން ބޭނުންނުވެގެންނޭ..، ނާއިކް ބަލަން އޮތް ގޮތުން އެވްލިން ބުނެލިއެވެ.

އެއްވެސް އެއްޗެއް ނުބުނެ އެވްލިން ދެއްކި ވާޙަކަ އަޑުއަހަން ނާއިކް އޮތީއެވެ.

**

ސޯފާގައި އެއްފައި މައްޗައް އަނެއްފައި ލައިގެން ޓިވީއަށް ނަޒަރު ހުއްޓައިލައިގެން ފައްވާޒްއިނީ ޓީވީއިން ދައްކަމުން ދިޔަ ކުޅިވަރު ޕްރޮގްރާމެއް ބަލާށެވެ.

ކެއުން ތައްޔާރު ވެފަ ހުރީ"..، ހަދީޖާ އައިސް ފައްވާޒް ގާތުގައި އިށީނދެލަމުން ބުނެލިއެވެ.

ހިނގާދަމާދޯ..، އެވީމެން ނެތީމަ މުޅި ގޭތެރެ ފަޅުވެފައެއްނު މިއޮންނަނީ..، އެކަނި ވީމަ މިހާރު އަހަރެންނަށް ވަރަށް ކާންވެސް އުނދަގޫ..، ސޯފާ އިން ތެދުވެ ހިނގައިގަންނަނމުން ފައްވާޒް ބުނެލިއެވެ.

ކޮން ދުވަހަކުންތޯ އެކުދިން އަންނަނީ ދެން..، ހަދީޖާ ކާމޭޒް ކައިރީ ހުރި ގޮނޑި ދަމާލަމުން ފައްވާޒް އިށީންނަން ތަންދައްކަމުން ބުނެލިއެވެ.

އެމީހުން އަދި އަންނާނީ ދިހަވަރަކައް ދުވަސް ފަހުން ..، މިފަހަރު އެކުދިން ބޭނުންވަރަށް މަޖާ ކޮށްފަ އަންނާނީ. ފައްވާޒް ވަރައް ހިތްހަމަ ޖެހިލާފައި ބުނެލިއެވެ.

ބަޔަކު ވަދެގެން އަންނަ އަޑަށް ހަދީޖާއާއި ފައްވާޒް އެކުގައި ބަލާލެވުނެވެ.

ގޭތެރެއަށް ވަދެގެން އައި އެވްލިންއާއި ނާއިކް ފެނުމުން ކާން އިނދެފައި ފައްވާޒްއަށް ފުންމައިގެން ތެދުވެވުނެވެ.

އެއްވެސް މީހެއްގެ މޫނައް ބަލާލުމެއްނެތި އެވްލިން ކޮޓަރިއާއި ދިމާއަށް ހިނގައިގަތުމުން ނާއިކްވެސް ފަހަތުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ދެމީހުންނަށް ބަލަން ފައްވާޒް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެވްލިންގެ މޫނުމަތިން ފެންނަން ހުރި އަސަރުތައް ދެނެގަންނާކަށް ފަސޭހައެއްނުވިއެވެ.

ހަދީޖާވެސް ވާނުވާ ނޭނގި ފައްވާޒްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

ނުނިމޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް