ކެތްކުރާނަން އުންމީދުގާ – ފަސްދޮޅަސް ވަނަބައި

ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ...

28 Jan 2019 | 23:56
 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި | ފަންސާސް ހަތަރުވަނަބައި | ފަންސާސް ފަސްވަނަބައި | ފަންސާސް ހަވަނަބައި | ފަންސާސް ހަތްވަނަބައި | ފަންސާސް އަށްވަނަަބައި | ފަންސާސް ނުވަވަނަބައި

ކުރީގެ އަދަދާއި ގުޅޭ

ދޮންތައަށް ފަރުވާ ކުރީ ކޮއްކޮތަ؟ ތާރާ އެހެން ބުނެލި އިރު އެދެލޮލުން އުފާވެރިކަމުގެ ކަރުނަ އަންނަންފަށައިފިއެވެ. .

އަދި ތަމަންގެ ގައިގާ ބައްދާލިއެވެ.

ދޮންތަ ހާދަ އުފާވެއްޖޭ..، ޔަގީން މިހާރު މިދުނިޔެމަތީ ހުރި އެންމެ އުފާވެރި މީހާއަށް މި ދޮންތަވާނެ ..، ދެން ދުވަހަކުވެސް މިކޮއްކޮ ދެރަވާކަހަލަ ހިތުގަ ޖެހޭކަހަލަ އެއްވެސް ކަމެއްނުވާނެ..، މާތްﷲއެފަދަ އަނދިރި ދުވަސްތަކެއް ދެން އަހަރެމެންނަށް މިންވަރު ނުކުރައްވާށި..، މިދެލޮލުން ދެން ދުވަހަކުވެސް ކަރުނައެއް އަންނާކަން ދޮންތަ ބޭނުމެއްނޫން..، މިދުނިޔޭގަ ދޮންތަ އެންމެ ލޯބިވާ މީހަކީ ތި ކޮއްކޮ..، ތަމަންގެ ލޮލަން ގިނަވެފައި ހުރި ކަރުނަތައް ތާރާ ފޮހެލަމުން ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

ދެން ދުވަހަކުވެސް މިލޮލަކުން ކަރުނައެއްނާންނާނެ..، އަހަރެންގެ ދޮންތަ އަހަރެން ކައިރީ ހުރިއްޔާ އަހަރެން ވިސްނަން ޖެހޭ އެއްވެސް ކަމެއް ނުހުންނާނެ..، އަހަރެން ދޮންތަދެކެ ވަރަށް ވަރަށް ލޯބިވޭ...، ތަމަން ތާރާގެ ގައިގާ ބައްދައިގެން ހުރެ ބުނެލިއެވެ.

**

އެވްލިންއާއި ނާއިކް ވަރިވިތާ ހަފްތާއެއް ވެގެން ދިޔައިރުވެސް ފައްވާޒް އެތައް ފަހަރަކު އެވްލިން ކައިރިއަށް ގޮސް އެބުރި އައުމަށް އާދޭސް ކޮއްފިއެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކު އެއާދޭސްތަކަށް އެވްލިން ދެނީ ފުރަގަހެވެ.

ފަހުން ފަހުން އައިސް ފައްވާޒް އެގެއަށް ދާ ކޮންމެ ފަހަރަކު އެވްލިން ކޮޓަރިއަށް ވަންނަ ގޮތަށް ނުވެސް ނިކުމެއެވެ.

އެތައް އިރަކު އެގޮތަށް އިނދެފައި ފައްވާޒް އެނބުރި އަންނަނީއެވެ.

ކޭން ބައްލަވަންވީނޫންތޯ..، ސޯފާގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި އިށީންދެލައިގެން އިން ފައްވާޒް ފެނުމުން ބަދިގެ ތެރެއިން ނިކުމެގެން އައި ހަދީޖާ ބުނެލިއެވެ.

އަހަރެން ކާހިތެއްނެށް ..، އެއިން ގޮތައް އިނދެ ފައްވާޒް ބުނެލިއެވެ.

ހަދީޖާ .،ދެން އެވީ ހަމަ ނާންނާނެތަ؟

މިއޮއް ބޮޑުގޭގެ ދިރުން އެއްކޮށް ކެނޑިއްޖެ..، އެވީ އުޅުންއިރު މިގޭތެރެ ކިހާ އުފާވެރި..، އެކަމަކު މިހާރު ބަލާލަބަލަ..، އަހަރެން މިކަމާ ވިސްނާ ވިސްނާ ބޯ ހަލާކުވާވަރު ވެއްޖެ..، އަހަރެން އެވަރަށް ބުނީމަވެސް ނާއިކްއަށް އެއްފަހަރުވެސް އެވީ ކައިރިއަށް ދެވުނީކީ ނުން ..، އަހަރެންނައް ޔަގީން ނާއިކް ދިޔައިމަ އެވީ އަންނާނެކަން..، ފައްވާޒް ބުނެލިއެވެ.

އަހަރެން ތިކަމުގަ އެއްވެސް އެއްޗެއް ނުބުނަން މިހުރީ..، އެކަމަކު އަހަރެންނައް ފެންނަނީ ދެން އެވީއަށް އިތުރައް އާދޭސް ކުރަން ނުދާން ..، އެވީ ކަންތައް ކުރަނީ އަސްލު ރަގަޅަކަށްނޫން .،، އެވީއަށް އެނގޭނެ ފައްވާޒް އެވީދެކެ ލޯބިވާ ވަރު..، އެކަމަކު ވަރިވިފަހުން ތިވަރަށް ދާއިރުވެސް އޭނަ ނިކުމޭތަ؟ އެންމެ ފަހަރަކުވެސް އަނގައިގެން ބުނިތަ؟ އެތައް އިރަކު އެގޭގަ އިނދެފަ ތިއަންނަނީ؟ އަހަރެންނަކަށް ނުފެނޭ ދެން އިތުރަށް ނާއިކްއަށް ތިކަމުގަ މަޖުބޫރުކުރާކަށް..، އޭރުވެސް ނާއިކް އެވީއާއި އިނީ ލޯބިން ނޫންކަން އަހަރެމެންނަށް އެނގެއެއްނު..، އެހާދުވަހު އެވީ އުޅުންއިރުވެސް އެދަރިފުޅުގެ މޫނުމަތިން އުފާވެރިކަމެއް ފެނުންތަ..، އަހަރެންނަށް ފެންނަނީ ދެން އެދަރިފުޅައް އެއްވެސް މަޖުބޫރެއްނުކުރަން..، ހަދީޖާ ވަރަށް ވިސްނުންތެރިކަމާއެކު ބުނެލިއެވެ.

އަހަރެން ބޭނުންވަނީ އެވީ މިގޭގަ އުޅެން..، ތީ ހަދީޖާއަށް ހީވާ ގޮތެއް..، ނާއިކްއުޅޭ ގޮތްވެސް ބަލާބަލަ ..، އެވީ މިގޭން ނިކުމެގެން ދިޔަ ފަހުން ނާއިކް ކޮޓަރިން ނިކުމެ އުޅޭތަން ފެނޭތަ؟ އޭނަވެސް އެކަމާ ދެރަވާތީނު އޭނައަށް ވެސް އެބަދަލް އެއަންނަނީ...،ފައްވާޒް އެހެން ބުނެ ސޯފާއިން ތެދުވެގެން ގޭގެ ދޮރުންނިކުންނަން ހިނގައިގަތެވެ.

އެމަންޒަރު ބަލަން އެތާ ކޮޅަށް ހުރި ހަދީޖާއަށް ދެފަރާތައް ބޯ ހޫރާލެވުނީ ފައްވާޒްއަށް ވިސްނަދޭން އުޅުމަކީ ބޭކާރުކަމެއްކަން އެގުމުންނެވެ،

އަމިއްލަ ދަރިފުޅުގެ އުފާތަކަށްވުރެ އެހެންމީހެއްގެ އުފާތައް އޭނައަށް މާމުހިންމެވެ،

ގޭދޮރުން ނިކުތްގޮތައް އަނެއްކާ ވެސް ފައްވާޒް މިސްރާބް ޖެހީ އެވްލިންއުޅޭ ގެއާދިމާއަށް ދިއުމަށެވެ.

އެހެންޏާ ހިގާފައި ފިޔަވަޅެއްވެސް ނާޅާ ފައްވާޒްއަށް މިހާރު އެކަންވެސް އާންމު ކަމަކަށް ވެއްޖެއެވެ.

ހިނގާފައި އައިގޮތައް އެވްލިން އުޅޭ ގޭގެ ދޮރުގައި ޖަހާލިއެވެ.

ކުޑައިރުކޮޅަކުން އެތެރެއިން ދޮރުހުޅުވާލިއެވެ.

އެވީ ދަރިފުޅާ..، ދެން އާދޭ ގެއަށް ..، ދަރިފުޅު ނެތީމަ ގެ އެއްކޮށް ފަޅުވެފަ އޮންނަނީ..،އެތެރެއިން ދޮރު ހުޅުވާލި އެވްލިން ފެނުމާއިއެކު ފައްވާޒް ބުނެލިއެވެ.

އަހަރެން ވަރަށް ރީތިކޮއް ބުނެފިން ދެން އަހަރެން ދާކަށް ބޭނުމެއްނޫނޭ..، ހަގީގަތުގަ ބުނަންޏާ އަހަރެންގެ ދިރިއުޅުން ބައްޕަ ތިހަލާކު ކޮއްލީ..، ނާއިކް އަހަރެންދެކެ ލޯބި ނުވާއިރުވެސް އެކަން އެނގި ހުރެ އެކައިވެނި ކުރުވާނީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލާކައްނު.. އަހަރެން ދެން ބޭނުމެއްނޫން ތީގެން އެއްވެސް ވާހަކަ އެއް އަޑު އަހާކައް ....، އަހަރެންނަށް ރަނގަޅީ ދެން ދުވަހަކުވެސް އަހަރެން ހޯދަން މިގެއަށް ނައްޏާ..، އެވްލިން އެހެން ބުނެ ބާރު ބާރަށް ކޮޓަރިއާއި ދިމާލައް ހިނގައިގަތެއެވެ.

ދަރިފުޅާ މަޑު ކޮއްބަލަ..، އެވްލިންގެ ފަހަތުން ފައްވާޒް ވެސް ހިނގައިގަންނަމުން ބުނެލިއެވެ.

އެއަޑު އިވޭކަމަށްވެސް ނަހަދާ އެވްލިން ބާރަށް ކޮޓަރި ތެރެއަށް ވަންނަމުން ދޮރު ކޮއްޕާލިއެވެ.

އެވަގުތު ކޮޓަރިއާއި ހިސާބައް އެރި އެރި ހުރި ފައްވާޒްގެ ނިންމަތީގައި ޑަންކިޔާފައި އައިސް ދޮރުޖެހުނެވެ.

އެވަގުތު ވީތަދުން އެތާ އަތްއަޅާލަމުން ފައްވާޒްއަށް ފަހަތައް ޖެހިލެވުނެވެ.

ދޮރުން ފައްވާޒް ގައިގައި ޖެހުނު ކަން އެނގުން އިރުވެސް ފަހަތް ބަލާލުމެއްވެސް ނެތި އެވްލިން ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

ނިންމަތީގައި އަތްއަޅައިގެން އިރުކޮޅަކު ފައްވާޒް އަށް އެހުރިތާ މަޑުކޮށްލެވުނެވެ. އޭރު އަތްތިލާގެ ދަށުން މޫނުމަތިން ތިރިއަށް ފަހަރަކު ލޭތިއްކެއް ޖަހަމުން ދިއައެވެ.

ބޯ އަނބުރާ ގޮއްވެފައި ވުމުން ދެފަހަރަކު އެވްލިންއަށް ގޮވާލާފައި އެތެރެއިން އެއްވެސް ހަބަރެއް ނުވުމުން ހިތްވަރުކުރަމުން ފައްވާޒް އެގެއިން ނިކުތީ ނިންމަތީގައި އަތްއަޅާ ބާރުކުރަމުންނެވެ.

މަގުގެ ވަކި ހިސާބަކައް އާދެވުނު އިރު ވަށައިގެންވާ ތަންތައް ފުސްވެ މަގުމައްޗައް ވެއްޓެން އުޅޭހެން ހީވުމުން އެންމެ ކައިރީ ހުރިގޭ ފާރުކައިރީ ފައްވާޒް މަޑުކޮއްލިއެވެ.

ބޭބޭ..، ބޭބޭ..،ކިހިނެއްވީ؟ ނިއްމަތި ފަޅައިގެންގޮސް ލޭއަންނަނީނު ތިއޮތް..، ހިނގާ އަހަރެންނާއި އެކު އެތެރެއަށް ބޭސް އަޅަން.. މަންޒަރުތައް ފުސްވަމުން ދިޔަވަގުތު ފައްވާޒްގެ ގައިގައި ހިފާލާފައި އަންހެން ކުއްޖަކު ބުނެލި އަޑު އިވުނެއެވެ.

އެކުއްޖާގެ އެހީއާއި އެކު ގެއެއްގެ ތެރެއަށް ވަދެވުންކަން ފައްވާޒްއަށް އެނގުނެވެ. ދެން ހިނގާދިޔަ އެއްވެސް ކަމެއް ނޭގުނެވެ.

ހޭލެވުމާއި އެކު ވަށައިގެން ފައްވާޒްއަށް ބަލައިލެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ނަމަވެސް އެއްވެސް މީހެއް ފެންނާކަށް ނެތެވެ.

"އަހަރެން މިތަނަށް އައީ ކިހިނެއް ..، މީ ކޮންތަނެއް..،އެހެން ހިތައް އެރުމާއި އެކު ފައްވާޒް ފުންމައިގެން ތެދުވަން މަސައްކަތް ކުރިއެވެ. އެވަގުތުނިންމަތީގައި އުފެދިފައި ހުރި ތޫނުތަދުން ފައްވާޒްއަށް ނިންމަތީގައި އަތްލެވުނެވެ.

ކުއްލިއަކަށް ލޯ ކުރިމަތީ މަންޒަރުތައް ސިފަވާން ނެގީ މަދު ވަގުތުކޮޅެކެއެވެ.

ހިޔާލްތަކައް ގެއްލިފައި އޮތް ފައްވާޒް ސިހުނީ އަންހެން ކުއްޖަކު އައިސް ކޮޓަރިއަށް ވަދުމުންނެވެ.

ބޭބޭ މިހާރު ރަގަޅުތަ؟...،ހާދަ ބޮޑަކަށް ނިންމަތި ފަޅައިގެންގޮސް ؟..،އަން މިޖޫސްތަށި ބޯލާ..، އެކުއްޖާއައިސް ވަރަށް އޯގާތެރި އަޑަކުން އަތުގައި އޮތް ޖޫސްތަށި ފައްވާޒް އަށް ދިއްކޮއްލަމުން ބުނެލިއެވެ.

ތީ ކޮންކުއްޖެއް؟ ތިކަހަލަ ކުދިން މިހާރު މިމާލެއިން ނުފެންނާނެ..، އެވްލިން ކަންތައްކުރިގޮތުން ހިތުގައި ޖެހިފައި ވުމުން ފައްވާޒް ބުނެލިއެވެ.

އަޅުގަޑަކީ ޑޮކްޓަރެއް ..، އަޅުގަނޑު ޑިއުޓީ ނިންމާލާފައި ގެއަށް ވަންނަން އައި އިރު ބޭބެ މިގޭ ފާރު ކައިރީ އިނީ..، އެކުއްޖާ ބުނެލިއެވެ.

ތީ ހާދަ ރަނގަޅު ކުއްޖެކޭ..، ބޭބެ ކޮއްކޮއަށް ސުކުރުވެރިވާނެ ގޮތެއްވެސް ނޭނގެ..، ފައްވާޒް ބުނެލިއެވެ.

ކޮންނަމެއް ކޮއްކޮއަށް ކިޔަނީ.. ފައްވާޒް ބުނެލިއެވެ.

އަޅުގަނޑައް ކިޔަނީ އައިޝަތު ތަމަން..،ތަމަން ހީލަމުން ބުނެލިއެވެ.

ކޮއްކޮއާއި އެއްވަރަށް ނަން ވެސް ރީތި..، ކޮއްކޮގެ މައިންބަފައިން ރީތި ތަރުބިއްޔަތެއްދީފައިވާ ކަން އެނގޭ..، މިޒަމާނުގަ އެކަކަށް އަނެކަކު އެހީއެއް ނުވާނެ..، ފައްވާޒް ތަމަންގެ މޫނައް ބަލައިލަމުން ބުނެލިއެވެ.

މިތާ ކައިރީ ބޭބޭމެންގެ މިހިރީ ..، ބޭބެމެންގޭ އެހާ މީހުންނެއްނޫޅޭނެ..، ކޮއްކޮ ވާނެ ދެން ތިހެން އުޅޭއިރު ބޭބެ މެންގެ ގެއަށް ވަދެލަން..، އޭރަށް ބޭބެ ވަރައް އުފާވާނެ..، ފައްވާޒް ބުނެލިއެވެ.

ފައްވާޒް އެހެން ބުނެލުމުން ހިނިތުން ވެލަމުން ތަމަން އާއެކޭ ބުނެލިއެވެ. ދެން ބޭބެ ދަނީ..، އަދިވެސް އެއްފަހަރު ކޮއްކޮއަށް ޝުކުރުވެރިވަން..، ފައްވާޒް އެހެން ބުނެ ލުމައްފަހު އަތުގައި ހުރި ޖޫސްތަށި ބޯލުމަށްފަހު ތަމަން އަތަށް ތަށި ދިނުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެއެވެ.

ބޭބޭ...، ގޭތެރެއިން ނިކުންނަން ދިޔަ ފައްވާޒްއަށް ތަމަން ގޮވާލުމުން ބަލާލިއެވެ.

ބޭބެގެ ނިންމަތި ރަގަޅު ވަންދެން ކޮންމެ ދުވަހަކު އަޅުގަނޑު އިންނަ ހޮސްޕިޓަލައް ބޭސްއަޅަން އަންނައްޗޭ..، ތަމަން ހިނިތުން ވެލަމުން ބުނެލިއެވެ.

ފައްވާޒްވެސް ހިނިތުން ވެލަމުން ބޯޖަހާލުމައްފަހު އެގެއިން ނިކުންނަން ހިނގައިގަތެވެ.

**

މާލެ އައިސްވެސް ހަބަރެއް ނުވެ ތިއުޅެނީ...، މިހާރު އަސްލުވެސް އަހަރެމެން ދެމީހުން ވަރަށް ދުރުވެއްޖެ ކަން އަހަރެންނަން އެނގޭ..، ކުރިން ކިހިނެއް އުޅުނު ދެމީހުންނެއް އަހަރެމެން ދެމީހުންމީ..، ވަކި މިސްރާބެއްނެތި ދުއްވަމުން ދިޔަ ކާރުގެކުރީ ސީޓްގައި މާކިންއާއި ޖެހިގެން އިން ނާއިކްއަށް މާކިން ބުނެލިއެވެ.

އަހަރެންނަކަށް ނޭނގެ މިހާރު އަހަރެން ދިރިއުޅޭނެ ގޮތެއްވެސް ،..، އެއްވެސް ކަމެއް ކުރާ ހިތެއްނުވޭ..، ކިރިޔާ ހޯޕެއް ލިބޭއިރަށް އެވެސް ކޮންމެސް ގޮތަކުން ފަނިވޭ..، އެކަމަކު އެއީ އަހަރެންގެ އަންހެނުން ..، ދުވަހަކުވެސް އަހަރެން އޭނަ ވަރިއެއް ނުކުރާނަން ..، މިހާޜު އަހަރެންނާ ފިލައިގެން އުޅުނަސް އޭނަ އެހެންމީހަކާ އިންނަން ބޭނުންވިޔަސް އަހަރެންނަށް ނޭގި އަހަރެންކައިރިން ވަރިވެގެންނެއް އޭނައަށް އެހެން މީހަކާ ނީނދެވޭނެ..، އެދުވަކަށް އަހަރެން މި އިންތިޒާރު ކުރަނީ..، މާކިން އެހެން ބުނެލުމުން ނާއިކް ބުނެލިއެވެ.

ތީގެ މާނައަކީ ނިކްގެ އާޝާއޭތަ ތަމަންއަކީ..، މާކިންއަށް ހަގީގަތް އެނގި ހުރެ ނޭނގޭ ކަމަށް ހަދަމުން ބުނެލިއެވެ.

ހޫމް..، އެއީ އަހަރެންގެ އާޝާ..، އޭނަ އަހަރެންގެ ކުރިމަތީ ފޮރުވިގެން އުޅުނީ އޭނަގެ ހަގީގަތް އަހަރެންނަށް ނާންގަންވެގެން..، އަހަރެން އެކޮޅޫން އައިތަނާ އަހަރެންނަށްް ދޮންތަ ފަރާތުން އެނގުނީ އެއީ އާޝާކަން އަހަރެން އެހާ އަވަހަށް ދިޔައިރު އޭނަ އަހަރެންނަށް ފިލައިފި...، ބޮލުގެ ތެރެއަށް ދެއަތް ކޮއްޕާ ބާރުކޮށްލަމުން ނާއިކް ބުނެލިއެވެ.

ރަހުމަތްތެރިޔާގެ ހާލަށް މިވަގުތުވެސް މާކިންއަށް ހަމްދަރުދީ ވެވިއްޖެއެވެ.

މިހާރު މާކިން ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެދެމީހުން ގުޅުވާށެވެ. އިރާދަކުރެއްވިއްޔާ އެކަން މާކިން ކުރާނެއެވެ.

މިފަހަރު ފަންސަވީސް އަހަރު ފުރޭތީ ބާއްވާ ހާއްސަ ހަފްލާ މިހާރު ކޮންއިރަކަށް ތި ނިންމަނީ..، ވާހަކަ އޮޅުވާލާ ކަހަލަ ގޮތަކަށް މާކިން ބުނެލިއެވެ.

މިހަފްތާ ހުކުރުދުވަސް އެދުވަހަކީ..، އަހަރެން މިހާރު އެއްވެސް ކަމެއް ކުރާ ހިތެއްނުވޭ..، ބައްޕަވެސް މިފަހަރު އެހާ ވަރުން ނޫޅޭ ..، އަބަދު އެވީ ހޯދަން އެގޭ ދަށަށް ގޮސް އިތުރު ކަމެއް ނުވޭ..، ފޫހިގޮތަކަށް ނާއިކް ބުނެލިއެވެ.

ނޫނޭ ކޮންމެ އަހަރަކު އެހާ ކުލަ ގަދަކޮށް ކުރާ ކަމެއް ފަންސަވީސް އަހަރު ފުރޭ ދުވަހު ވާނެ ކުރަން..، މާކިން ބުލިއެވެ.

ބައްޕަ ތިވާހަކަ ދައްކަންދެން އަހަރެންވެސް މިހުންނަނީ..، ނާއިކް ބުނެލިއެވެ.

ނުނިމޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް