ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި |
ނިޔާޒް އަހަރެން ނިޔާޒްގާތު ވަރަށް ބޮޑުވާހަކައެއް ދައްކަން ވެފަ އެބައޮތް..
ސަލާމްގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ބުނަންއުޅެނީ ބޮޑުވާހަކައެއްކަން އެގެއެވެ..
އަހަރެން….
ބޭބޭ.. ސަލާމް ނިޔާޒް ކައިރީ އިށީނދެ އެހާހިސާބަށް ބުނެވުނުތަނާ ފަހަތުން ތާރާ ގޮވާލި އަޑަށް ފަސް އެނބުރި ބަލާލިއެވެ.
މިރޭ ނުވެސް ކައެއްނު ތިއުޅެނީ ހުންނާނެ ކާއެއްޗެހި މޭޒްމައްޗަށް ނަގާފަ..ތާރާ ވާހަކަ ދައްކަމުން އައިސް ނިޔާޒްގާތު މަޑުކޮށްލިއެވެ.
ތާރާ އެހެން ބުނުމުން ސަލާމް އެއްޗެއްނުބުނެ ގޮނޑިން ތެދުވެގެން ކާގެއާދިމާއަށް ހިނގައިގަތެވެ.
އެހާހިތްވަރު ކޮއްފައި އެވާހަކަ ދައްކަން އުޅުމުންވެސް ތާޜާއާއި ހެދި އެވާހަކަ ދެއްކޭގޮތް ނުވުމުން ސަލާމް ހިތާހިތުން ކުދިކިޔެވެ
**
ތިން ދުވަސް މާލޭގައި ހޭދަ ކޮއްލުމައްފަހު ތަމަން ގޮވައިގެން ނާޒިމްއަށް އެމެރިކާއަށް ދެވުނީ އެދުވަހުގެ ހަވީރުވުމާ ގާތްވެފައި ވަނިކޮށެވެ.
ކާރު އައިސް ގޭދޮރުމައްޗައް މަޑުކޮއްލި އިރު އުފާވެރި މޫނަކާއި އެކު ފަޒްލާއާއި އޭނަގެ ދެފިރިހެން ދަރިން ގޭ ދޮރުމައްޗަށް ނިކުމެ ހުއްޓެވެ.
އަހަރު ތަކެއްފަހުން ތަމަންއަށް ފަޒްލާ ފެނުންއިރުވެސް ހަށިގަޑަށާއި މީހާއަށް މާބޮޑު ބަދެލެއް އައިސްހުރިހެންނެއް ހީއެއް ނުވެއެވެ. މެދުމިނުގެ އިސްކޮޅަކާއި ހިމަ ރީތި ހަށިގަޑެކެވެ. އަބަދުވެސް މޫނުމަތީގެ ކުލައަލި ނަމަވެސް މިހާރު މާބޮޑަށް ކުލަ ހުދުކަމަށް ދައްކައެވެ. ކަނދުރާޔާ ހިސާބަށް ކޮށާލާފައިވާ ފަން އިސްތަށިގަނޑުގައި ޖައްސާފައިވާ ގޯލްޑްކުލައިންނާއި ލައިފައިވާ ގަޔަށްބާރު ހުދުކުލައިގެ ކަކުލާ ހިސާބަށް އަންނަ ހެދުމުން ފަޒްލާއަކީ ޒަމާނީ ފެޝަންތަކަށް ލޯބިކުރާމީހެއްކަން އެނގެއެވެ.
ދިގު އެސްފިޔަތަކަކާއި ބޮޑު ދެލޮލެވެ. ހިނިއައިސް ހުރިއިރު ކޮލުގައިވާ އަޑިކޮޅުން ފަޒްލާގެ ރީތިކަމަށް ތައުރީފް ނުކޮއްލެވޭނެ އެއްވެސް މީހެއް ނުހުންނާނއެވެ.
ފަޒްލާއަށް ބަލާލާފައި ވިހިއަހަރުގެ ދެފިރިހެން ދަރިންގެ މަންމައެކޭ އެއްވެސްމީހަކަށް ހީވެސް ނުވާނެއެވެ. .
އެއީ ކޮންމެ ފަހަރަކު ތަމަންއަށްވެސް ވާވަރެވެ. ފަޒްލާ ފެންނަ ކޮންމެފަހަރަކު އޭނަގެ ރީތިކަމަށް ތަމަންއަށްވެސް ހިތާހިތުން ތައުރީފްކޮށްލެވެއެވެ.
ނަމަވެސް ކައިރީގައި ތިބި އެއްމާބަނޑު ދެފިރިހެން ދަރިންނަށް ދޮންކަންފިޔަވާ ފަޒްލާއާއި ވައްތަރު އެއްވެސް ސިފައެއްލިބިފައެއްނުވެއެވެ..
ކާރުން ފޭބި ތަމަންއާއި ދިމާލައް ފަޒްލާ ހިނގައިގަތެވެ. އަމިއްލަ ދަރިއަކު ގިނަދުވަހު ދުރުގައި ހުރެފައި އައުމުން މަޔަކު އުފަލުން އުޅެގޮތައް ފަޒްލާ ދިޔަގޮތައްގޮސް ތަމަންގެ ގައިގާ ބައްދާލިއެވެ.
ނާޒިމްއެކޭ އެއްގޮތައް ފަޒްލާއަށްވެސް ފުރަތަމަވެސް ސުވާލްކޮއްލެވުނީ ކުރީގައި ދޮންކޮށް ހުރި ތަމަންގެ ހަންގަނޑުއަނދާފައި ހުރުމުންނެވެ.
ހިނގާ އަވަހަށް އެތެރެއަށް ، ވަރަށް ވަރުބަލިވެފަ މިހާރު ހުންނާނީ… ފަޒްލާ އެހެންބުނެ ތަމަންގެ އަތުގައި ހިފާލައިގެންހުރެ އެތެރެއަށް ވަނެވެ.
ގަދަ ޗޮކުލެޓް ކުލައިގެ ގޭޓުން އެތެރެއަށް ވަދުން ތަމަން އަށް ފަރުވާތެރިކަމާއެކު ގޯތިތެރެއަށް ބަލާލެވުނެވެ.
ގޭޓްގެ ދޮރުން ގޭގެދޮރާ ހިސާބައް ހިނގަން ގަލުން މަގެއް ހަދާފައިވާއިރު މަގުގެ ދެފަރާތުގައިވަނީ ކާޕެޓްވިނައިގެ ދޫލައެއް އަޅާލާފައެވެ. ދެފަރާތުގައި މާގަސްހައްދާފާވާއިރު އެއްފަރާތުގައި ހައްދާފައި ހުރީ އެކި ކުލަކުލައިގެ ފިނިފެންމާ ގަސްތަކެވެ. އެތަނުގައި ދުވަހަކު ތަމަންގެ ލޮލަށް ފެނިފައިނުވާ އެތައްކުލައެއްގެ ފިނިފެންމާ ހުއްޓެވެ.
އަނެއްފަރާތުގައި ތަފާތު އެކި މާގަސްތައް ހައްދާފައިވާއިރު ކައިރީގައި ހުދުކުލައިގެ މޭޒެއްކައިރީ ތިންގޮނޑި ބަހައްޓާފައި ހުއްޓެވެ.
އިރުއޮއްސެން ގާތްވެފައިވާއިރުމުޅި އެހިސާބު އެއްވަސް ވެފައިވަނީ މަލުގެ ހިތްގައިމު ވަހުންނެވެ..
މަގުންލާފައި ގޭތެރެއަށް ވަން ތަމަން އަށް ގޭތެރޭގެ ފުރިހަމަކަމައްވެސް ބަލާލެވުނެވެ.
ބޮޑު ތަނަވަސްގެއެކެވެ. އެތެރެއަށް ވަންނައިރު ސިޓިންގްރޫމް ކަނެއްގައި މައްޗައް އެރެން ސިޑިއެއްހުރިއިރު ތިރީބައިގައި އެއްކޮއްވަނީ ސިޓިންގްރޫމާއި ބަދިގެ އެކަންޏެވެ..
ވަންނަ އިރު ދޮރާދިމާއަށް ބަހައްޓާފައިވަނީ މެރޫން ކުލައިގެ ބޮޑު ސޯފާ އެކެވެ. ސޯފާގެ ކުރިމަތީ ހުދު ފާރުކައިރީ ބޮޑު ޓީވީއެއް ބަހުއްޓާފައި ހުއްޓެވެ..
ސިޓީންގްރޫމްގެ އެއްފަރާތެއްގައި ބަދިގެ ބައި ހުރި އިރު ބަހައްޓާފައިވާ ބިއްލޫރި މޭއްޒު މައްޗަށް އެކިވައްތަރުގެ ކާއެއްޗެހި ނަގަމުން ދިޔަ މީހާއަށް ތަމަން ބަލާލިއެވެ. އަތްމަތި އަވަސްކޮއްލާފައިވާ ގޮތުން އެމީހާއަކީ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހެއްކަން އެނގެއެވެ.
ތަމަން ހުރިހާ ދިމާލައަކަށް ނަޒަރު ހިންގަމުން ދިޔައިރު ފަޒްލާ އޭނާގޮވައިގެން އައިސް ސިޓިންގްރޫމުގައި ހުރި ސޯފާގައި އިށީނެވެ.
މޯނީ! ގެނެސްބަލަ ޖޫސްތަށްޓެއް ..ފަޒްލާ އެހެން ބުނެލުމާއެކު ބަދިގޭތެރޭ ހުރިއަންހެން މީހާ ޖޫސްތަށްޓެއް ހިފައިގެން އައިސް ތަމަން އަށް ދިއްކޮށްލިއެވެ… މިހާރު ހުންނާނީ ވަރަށް ވަރުބަލިވެފަ އަވަހަށް ޖޫސްތަށި ބޯލައިގެން ފެންވަރާލަން ހިނގާ މިހާރު ކާއެއްޗެހިވެސް އެހެރީ ތައްޔާރުވެފަ…. ފަޒްލާ އެހެން ބުނުމުން ތަމަން ޖޫސްތަށީގައި ހިފާ ލަސްލަހުން ބޯލިއެވެ…
ފަޒްލާ އުޅޭގޮތުން ތަމަން މާބޮޑަށް ތާރާމަތިން ހަދާންވާންފެށިއެވެ.
ސިޓިންގްރޫމްގައި އެއްފަރާތެއްގައި މައްޗައް އެރެން ހުރި ސިޑިން ފަޒްލާ ތަމަން ގޮވާއިގެން އެރިއެވެ. އެބައިގައިވެސް ކުޑަ ސިޓިންގްރޫމްކޮޅެއް ހުރިއިރު ސޯފާއެއް ބަހައްޓާފައި ހުއްޓެވެ.
ބޮޑު ފަސް ކޮޓަރި އެބައިގައި ހުއްޓެވެ.މީ ދައްތަމެން ކޮޓަރި އެހެރީ އަރުކަންގެ ކޮޓަރި އެއާޖެހިގެން އޭނީ އާރިންގެ ކޮޓަރި ދެން އޭނަ ކޮޓަރީ އެއްވެސްމީހެއް ނޫޅޭނެ” ފަޒްލާ ތަމަންއަށް ކޮޓަރިތައް ކިޔައިދެމުން ގޮސް އެންމެ ދުރުގައި އިން ކޮޓަރިއަށް ތަމަންގޮވައިގެން ވަނެވެ.
މީ އާޝާގެ ކޮޓަރި’އަވަހަށް ފެންވަރާލައިގެން އާދޭ އެއްޗެއްކާލަން ‘ފަޒްލާ އެހެންބުނެ ދިއުމުން ތަމަން ދޮރުތަޅުލުމައްފަހު ކޮޓަރިތެރެއަށް ހިނގައިގަތެވެ.
ކޮޓަރީގެ އެއްބިތުގައި ބަހައްޓާފައިވާ އަލަމާރީގެ ދޮރުފަތުގައި އިން އިސްކޮޅުވަރުވާ ލޯގަނޑުން ތަމަން އަމިއްލަ ސޫރައަށް ބަލާލިއެވެ އަދި އެނދުކައިރީ ހުރި ފޮށިން ހެދުމެއް ނަގައިގެންގޮސް ފާހާނާއަށްވަދެ ފެންވަރާލައިގެން ގިނައިރު ކޮޓަރީގައި މަޑުނުކޮށް ތިރިއަށްފޭބިއެވެ.
ތަމަން ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ފަޒްލާ އައިސް ތަމަންގެ އަތުގައި ހިފައިގެން ކާބަޔާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ނާޒިމްއާއި އެކު ދެފިރިހެން ދަރިންވެސް ހިނގައިގަތެވެ.
ކެއުމުގެ ވަގުތުގައި ފަޒްލާ ތާރާއާއި ބައްޕަގެ ވާޙަކަ ތަމަންގެ ގާތު އެހިއެވެ.
އާޝާ ހަދާންހުރޭތަ އަރުކަންއާއި އާރިންއާ އެއްކޮއް އުޅުން ހަދާން .. ފަޒްލާ އެހެން ބުނުމުން ތަމަން ދެފަރާތައް ބޯ ހޫރާލިއެވެ.
އާން.. އޭރު އާޝާއާށްވެސް ވާނީ ފަސްއަހަރު ..އަރުކަންމެން އާޝާއާއި އެއްއަހަރެއްވިޔަސް މަހުގެ ގޮތުން ބަލަންޏާ އެދެމީހުން ބޮޑުވާނެ އާޝާއަށްވުރެ.. އެފަހަރު މާލެ ދިޔަފަހުން ވަރަށްމަދުން މާލެ ދެވެނީ ދެމީހުންގެވެސް ކިޔެވުން ފެށުނީމަ…ފަޒްލާ ބުނެލިއެވެ..
މިގޭގަ އާޝާއަށް މަނާ އެއްވެސް ކަމެއް ނޯންނާނެ، އަރުކަންއާއި އާރިންއެކޭ އެއްގޮތަށް ތަމަންއަކީވެސް ހަމަ ދައްތަ ދަރިއެއްކަމަށް ދެކޭނީ
އަރުކަންވެސް އާރިންވެސް އާޝާއަކީ ކޮއްކޮއެއްކަމަށް ދެކެންވާނެ” އާޝާބޭނުންވާ ކޮންމެކަމެއްވެސް ކޮއްދޭންވާނެ.ފަޒްލާގެ ވާހަކަ ނިމުމުން ނާޒިމް ބުނެލިއެވެ.
ނާޒިމް އެހެން ބުނުމުން ދެމީހުން ތަމަންއާއި ދިމާލައް ބަލާލާފައި ހިނިތުންވެލިއެވެ.
ކެއުމުގެ ކަންތައް ނިމުމުން ނާޒިމް ކޮޓަރިއަށް ދިއުމުން ފަޒްލާ ތަމަންއާއިއެކު މައްޗށް އެރި އިރު އަރުކަންއާއި އާރިން ސިޓިންގްރޫމްގައި ތިއްބެވެ.
**
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ސަލާމް ބޭނުންވިކަހަލަ ފުރުސަތެއް އޭނާއަށް ނުލިބުނެވެ.
ހިނގާދިޔަ ހަފްތާގެ ތެރޭގައި މާކިންއާއި ތާރާ ބައްދަލްވުންތައް އިތުރުވީ މާކިން ފުރަންވަގުތު ކުޑަތަންވަމުންއަންނާތީއެވެ.
ހަދުވަރުގެ ރަންއަލިން މުޅިތަން ޒީނަތްތެރިކޮއްފައިވާއިރު އެމަންޒަރު ބަލާފޫހިނުވާނެއެވެ. ޖެހިލާ މަޑު ވައިރޯޅިތަކުން ހިތްތަކަށް އާރޯކަންގެނެސްދެއެވެ.
ދޮންވެލިގަނޑުމަތީގައި ތާރާގެ އުނގުގައި ބޯއަޅާލައިގެން މާކިންއޮތްއިރު ތާރާގެ އިނގިލިތަކުން މާކިންގެ ފަންއިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.
އަހަރެން ހިތައް އަރާ އަހަރެންހާ ނަސީބުގަދަމީހެއް ވަކި އުޅޭނެބާއޭ….ތިކަހަލަ ލޯބި ލޯބި ކުއްޖެއް އަހަރެންނައް ލިބުންއެއީ ހާދަ ބޮޑުނަސީބެކޭ… މާކިން ތާރާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
‘އަހަރެން މިހިތައް އަރަނީ ބޭބީގެ ބައްޕަ އަހަރެންގެ މިގުޅުމާ ގަބޫލްނުވެއްޖާ ކިހިނެއްބާއޭ ވާނީ…މާކިން ވިސްނަން އޮވެ ބުނެލިއެވެ.
އަހަރެންގެ ބައްޕައަކީ އަހަރެމެން ދެބެންނަށް އެއްވެސް ކަމެއް މަޖުބޫރުކުރާނެ ބައްޕައެއްނޫން ‘އަހަރެންގެ ބައްޕަ އަހަރެންދެކެ ވަރަށް ލޯބިވާނެ ދުވަހަކުވެސް އަހަރެން އެދޭކަމަކަށް ދެކޮޅެއްނަހަދާނެ’އަހަރެންނައް ވުރެ ބޮޑައް އަހަރެންގެ ބައްޕަ އެހެންމީހަކައްނޭގޭނެ’ ތާރާ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
މާލެ ދާތަނުން މާކްގެ ބައްޕަމެން އަހަރެންނާ ގަބޫލްނުވެއްޖާ.. އަހަރެމެންގެ މިނިކަމެތި ދިރިއުޅުމާ އަހަރެންގެ ބައްޕަގެ ހާލަތު އެނގިއްޖާ މާކްގެ ބައްޕަ ގަބޫލްވާނެތަ؟
ތާރާބުނެލިއެވެ.
އަހަރެންގެ ހިތްނަގާ ކުދިކުދިކޮއްލިއަސް އަހަރެންގެ ހިތް ތިނޫން އެހެންމީހަކަށް ނުދޭނަން …މުޅިއުމުރު މީހަކާ ނީދެ ހުންނަން ޖެހުނަސް ތިނޫން މީހަކަށް މިހިތެއް ނުދޭނަން ..މީއަހަރެން ވާ ވައުދެއް…އަހަރެންނާ ތާޜްއާއި ދޭތެރެއަށް އަހަރެންގެ އާއިލާއިން އެއްވެސް މީހަކަށް ނުވަދެވޭނެ…އަހަރެން އެމީހުންދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންނަށް އެމީހުންނައްޓަކާ ތާރު ދޫކޮއްނުލެވޭނެ… އަހަރެން މިތަނުން ފުރައިގެން މިދަނީވެސް ތާރްގެ މީހެއްގެ ގޮތުގަ.. އެބުރި އަންނާނީވެސް އެގޮތުގަ. …މާކިން ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
މާކިންގެ ވާހަކައިން އުފަލުން ތާޜާގެ ދެލޯ ފެންކަޅިވިއެވެ.އެމަންޒަރު ފެނުމުން މާކިން ތާރާގެ އުނގުން ބޯހިތްލާލާ ގައިން ވެލިފޮޅާލަމުން ތާރާގެގާތށް ޖެހިލިއެވެ.އަދި އެ ދެއަތުގެ ތެރޭ ތާރާގެ ހަށީގަނޑު ފިއްތާލީ ނުހަނު ލޯބިންނެވެ.
ދުވަހަކުވެސް އެހަށިގަނޑުން ދޫކޮއްނުލާނަމޭ ބުނާކަހަލައެވެ. ތާރާގެ ދެއަތުން މާކިންގައިގާ ވަށާލީ އެހަށިގަނޑުން ދޫކޮއްލަން ބޭނުންނުވުމުންނެވެ.
.މާކިންގެ ހޫނު ނޭވާ ކަދުރާއަށް އެޅިގެން ދިޔަވަގުތު ބޭއިހްތިޔާރުގައި ތާރާއަށް ދެލޯ މަރާލެވުނެވެ.
ހަމަ ހިމޭން އެވަގުތު މަޑު މަޑު ވައިރޯޅިއާއިއެކު ގޮނޑުދޮށައް ބީއްސާލާ ރާޅުގެ އަޑު މަޑު މިއުޒިކީ އަޑެއްފަދައެވެ.
އެކުޑަ ވަގުތުކޮޅުތެރޭގައި މާކިންގެ ލޯބިން ތާރާގެ ހިތްފުރާލަދީފިއެވެ .
**
ދަބަސް ކޮނޑުގައި އަޅުވާލައިގެން ނިކުތް މާކިންގެ ފަހަތުން ޔަޒާންއާއި ޝަބާގެ އިތުރުން ޝަބާގެ މަންމަވެސް ބަދަރާ ދިމާއަށް ހިނގައިގަތެވެ. ގޭދޮރުމަތީ ހުއްޓިގެން ހުރި ތާރާ އެމީހުން އަރާހަމަވުމުން ނިކުމެ މާކިންގެގާތަށް ޖެހިލިއެވެ.
ކައިރީގައި މީހުން ތިބުމުން ތާރާ އެއްވެސް އެއްޗެއް ނުބުނެ މާކިންއާއި އެކު ކުރިއަށް ހުނގައިގަތެވެ. އެ ދެލޮލުން މިއަދު މާކިންއަށް އެތައް ރިހުމެއް ފެންނަކަހަލައެވެ.
ތަމަން ފުރައިގެން ދިއުމުން މާކިން ތާރާއަށް ކަމަކާ ވިސްނަން އެންމެ ވަގުތެއްވެސް ނުދެއެވެ. ކައިރީގައި ނެތް ގަޑިއެއްވިއްޔާ ފޯނު ކަންފަތާ ދުރުކޮއްލަން ބޭނުންނުވީ އެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުމަށް ނޭދޭތީއެވެ.
މިއަދު އޭނަ ދިއުމުން ތާރާ އެކަނިވެ ހިތާމަ ކުރާނެ ވަރު މާކިންއަށް ވިސްނެނީއެވެ.
ނަމަވެސް މިވަގުތު އެމީހުންގެ ދިރިއުޅުމަށްޓަކާވެސް މާކިން ދިއުން ވަރަށް މުހިންމެވެ.
މާކިން ބޯޓަށް އެރި މަންޒަރު ބަލަން ދުރުގައި ހުރި ސަލާމްގެ ތުންފަތް މަތިން ކާމިޔާބުގެ ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
އެއްވެސް ކަމެއް ދެން ތެޅިގަނެގެން ކުރާކަށް ނުޖެހޭނެވެ.
‘އެއީ މާލެ މީހުން ވައްތަރު.. ދެދުވަހައް ރަށަކައް އެރިޔަސް ބޭނުންކޮއްލަން އެރަށަކުން އަންހެނެއް ގެންގުޅޭނެ..އެވަރު ތާރާމެންކަހަލަ ބޮލެއްނެއް މީހުންނައް ނުވިސްނެނީ..
އެފިރިހެނާ ބޭނުންވާވަރު ވީމަ އެދިޔައީ… ދެންނާންނާނެ…ދެން އަހަރެމެން ދެމީހުންގެ މެދަށް އެއްވެސް ހުރަހެއްނެއް .. ސަލާމް އަމިއްލަ ހިތާ ވާހަކަ ދެއްކިއެވެ..
ނުނިމޭ