ވީޑިއޯއަކާއި ގުޅިގެން ކުޅޭކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

16 Oct 2026 | 15:50
ބަޑިތައް ހުރި ކާރު ބަލާ ފާސް ކުރަނީ --

ބަޑިތައް ހުރި ކާރު ބަލާ ފާސް ކުރަނީ --

ރަތްކުލައިގެ ކާރެއްގެ ތެރޭގައި ބަޔަކު ބަޑިތަކެއް ގެންގުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން އެ ތަކެތި ހޯދައި ބެލިއިރު އެއީ ކުޅޭކުޅޭ ބަޑިތަކެއް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

އެ ވީޑިއޯއާ ގުޅޭ ގޮތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި ތަޙުޤީޤުން އެނގުނު ގޮތުގައި އެއީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި ކަމެކެވެ. ހުޅުމާލޭގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ރުއްގަނޑު ދޭއް ސަރަޙައްދުން އެ ކާރު ފެނިގެން ހުއްޓުވައި، ދުއްވަން އިން މީހާއާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއް ކަން ވަނީ އެނގިފައެވެ.

ފުލުހުން ބުނީ އެ ކާރު ކުއްޔަށް ނެގި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބެލިބެލުމުން، ވީޑިއޯގައި ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއް ކަން ޔަޤީންކުރެވިފައިވާ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުން އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރި ކަމެކެވެ.

އެ ބަޑިތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް