ކަންފަތުގައި ފޯނުޖަހާލައިގެން އިން ތަމަންއަށް ދޮރުން ވަދެގެން އައި މީހުންނަށް އަތުގެ އިޝާރާތުން އިށީނުމަށް ބުނުމަށްފަހު ފޯނުކަނޑާލާފައި އެމީހުންނައް ކުރިމަތި ވާގޮތަށް އެބުރިލިއެވެ. އެވަގުތު ހީވީ ފައި ދޮށުން ބިންގަނޑު ދެމިގެންހެންނެވެ. ހަގީގަތެއްހެން ހީނުވުމުން ލޯ އެއްފަހަރު އުގުޅާލުމައްފަހު އަނެއްކާވެސް ބަލާލިއެވެ. އެއީ ހަމަ އެސޫރައެވެ. ރެއާއި ދުވާލު އެމީހަކު ދުށުމަށް ހިތްއެދި ގޮވާ ފަރާތެވެ.
ގޮނޑީގައި އިށީނނަންވެސް ނޭނގިފައި ހުރި މާކިންވެސް ހުރީ ގަބޫލް ކުރަންދަތިވެފައެވެ .
ދޮންތާ!! ތާރާ ފެނުމާއި އެކު ތަމަންގެ ލޮލުގެ ތެރެއަށް ކަރުނަ ގިނަވާންފެށީ އެކަމަށް ނުވެސް ވިސްނާ އިންދައެވެ. މަޑުމަޑުން ދެތުންފަތް ދޭތެރެއިން ދޮންތައަށް ގޮވާލެވުނެވެ.
އިން ގޮނޑީން ތެދުވެވުނީ ކިހިނެއް ކަމެއްވެސް ނޭގުނުނެވެ. ދެލޯ ކުޑަކޮށްގެން ތަމަންއާއި ދިމާއަށް ބަލަން އިން ތާރާ އާއި ދިމާއަށް ހިނގައިގަނެވުނު އިރު ކަރުނަޔާ އެކު ރުއިމުގެ އަޑު ބޭރުވާން ފަށައިފިއެވެ. އަނގަ މަތީ އަތް އަޅާލަމުން ތާރާ ކުރިމަތީ ތަމަން ހުއްޓިލިއެވެ.
ގިނަދުވަސް ތަކެއް ފަހުން ތަމަން ފެނުމުންވެސް ތާރާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުމުން ތަމަން ވަކިން ބޮޑަށް ހިތުގަ ޖެހުނެވެ.
ދޮންތާ!! ހިތަށް ކެތްނުވާ ވަރުވުމުން ތަމަން ތާރާއަށް ގޮވާލަމުން ކުއްލިއަކަށް ތާރާ ގައިގައި ބައްދާލިއެވެ.
އަހަރެންނަށް ތިހެން ނަހަދާ ދޮންތާ ..، އަހަރެންނަށް ކޮން ކުށެއް ކުރެވިގެން ދޮންތަ އަހަރެންނައް ތިހެން ތިހަދަނީ ..، އާދޭސް މިކުރަނީ ދޮންތާ އަހަރެން ދޫކޮށް ނުލާ ..، ދޮންތައާއި ނުލާ އަހަރެން ދިރިއުޅޭނީ ކިހިނެއް ..، އަހަރެންނައް ދޮންތަ ހިތްހަމަ ނުޖެހޭކަމެއް ކުރެވިފަވަންޏާ ދޮންތަ ބޭނުން ކޮންމެ އަދަބެއް އަހަރެންނަށްދީ..، އެކަމަކު އަހަރެން ތިހެން ދޫކޮއްނުލާ ..،
ދޮންތަބޭ ..، ޕްލީޒް ކީއްވެތަ ދޮންތަ އަހަރެންނާ ވާޙަކަ ނުދައްކަނީ ..، ގިސްލަމުން ތަމަން ތާރާގެ ގައިން ދޫކޮއްލަމުން މާކިންގެ ފައި ބުޑަށް ތިރިވިއެވެ.
އޭރު ތާރާއަށް ވިސްނެމުން ދިޔައީ އެއަންހެންކުއްޖާއާއި ދޭތެރޭގައެވެ.
އެމޫނަކީ ތާރާއަށް އާމޫނެއްނޫނެވެ. ގިނަރޭރޭ ނިދި ހަލާކުވެދަނީ އެއަންހެން ކުއްޖާގެ ސަބަބުންނެވެ. ބޮލުގައި ރިހުންގަދަވެ ކެތްނުވެގެން އުޅެން ޖެހެނީވެސް އެކުއްޖާ އަބަދު ހުވަފެންތަކުން ފެންނާތީއެވެ. އަބަދާއި އަބަދު ވިސްނެނީ އެކުއްޖާ އާއި ދޭތެރޭއެވެ.
މިއަދު އެސޫރަ އެހެރީ ކުރިމަތިން ފެންނާށެވެ. ދެންމެ ތަމަން ރުއިވަރުން އިތުރަށް ތާރާ ސިކުޑިއަށް ޕްރެޝާރ ކުރަމުން އެދަނީ އެކާކުކަމެއް އެނގެން ބޭނުންވާތީއެވެ.
ބޮލުގެ ރިހުން ގަދަވެ ކެއްނުވާ ވަރު ވުމުން ތާރާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
ތަމީ..، ވައި އަޑުން މާކިން ތަމަންއަށް ގޮވާލުމައްފަހު ދެކޮޑުގައި ހިފާ ނެގިއެވެ.
ތަމަންއަށް ވެފައި ހުރި ވަރު ފެނުމުން މާކިން ހުރީ ހަދާނެގޮތް ހުސްވެފައެވެ.
މިވަގުތުވެސް ތާރާއަށް އެއްވެސް ގޮތެއް ވާކަށް މާކިން ބޭނުމެއްނޫނެވެ. ތަމަންގެ ކޮންމެ ވާހަކައަކުން ތާރާ ވިސްނާނެ ވަރު މާކިންއަށް އެނގެއެވެ.
މާކް...، ކުއްލިއަކަށް މާކިންގެ ނަމުން ގޮވާލުމާއި އެކު ތާރާއާއި ދިމާލައް މާކިން ބަލާލިއެވެ.
އޭރު ދެއަތުން ބޮލުގައި އަތްއަޅައިގެން އިނދެ ތާރާ ތިރިވަމުން ދިޔައެވެ.
ތާރާ..، !! މާކިންއަށް ތާރާއަށް ގޮވާލަމުން ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ.
މާކިންގެ އަތްމައްޗައް ހަބަރު ހުސްވެގެން ތާރާ ވެއްޓުނެވެ.
ދޮންތާ ..، ދޮންތާ !!ލޯ ހުޅުވާލަބަ ..، ތަމަން ގިސްލަމުން ތާރާގެ މޫނުގައި މަޑު މަޑުން ޖަހާލަމުން ގޮވަން ފެށިއެވެ.
މާކިން ތާރާ އަތްމައްޗައް އުފުލާލުމައްފަހު ކައިރީ އިން ބެޑްގައި ބާއްވާލިއެވެ.
ތަމީ...، އަހަރެންނައް އެނގޭ މިއަދު ތަމީ ދެރަވާނެ ވަރު..، އަހަރެން ތަމީއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން ފަހުން..، އެކަމަކު ޕްލީޒް ތާރާއަށް އަދި އެއްވެސް ކަމެއް އަންގާކަށް އަހަރެން ބޭނުމެއްނޫން..،ދޮންތަ ވަރަށް ބަލި ..، މާކިން ބުނެލިއެވެ.
މާކިން އެހެން ބުނެލުމުން ތަމަން ކަރުނަ ފޮހެލުމަށްފަހު އަވަސްވެގަތީ ތާރާއަށް ފަރުވާ ދިނުމަށެވެ.
ކުޑައިރުކޮޅަކުން ލޮލުގެ އެސްފިޔަތައް ތަޅުވާލުމައްފަހު ތާރާ ލޯ ހުޅުވާލިއެވެ. ކައިރީ ތިބި ދެމީހުންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ.
ކިހިނެއްވެ އަހަރެން މިތާ މިއޮތީ..، ވެދިޔަ އެއްވެސް ކަމެއް ތާރާ ހަދާން ހުރިހެންނެއް ހިޔެއްނުވެއެވެ.
ތަމަން ލޯކައިރީ ހުރި ކަރުނަތައް ފޮހެލުމައްފަހު ތާރާއަށް ބަލާލީ ކަމެއް ފާހަގަ ވުމުންނެވެ.
ކަމެއްނުވޭ ޑޮކްޓަރައް ދައްކަން އައިތަނާ ތާރާ އަނބުރައިގަތީ..، މިހާރު ރަނގަޅުތަ؟ މާކިން އެގޮތައް ވާހަކަ ދެއްކުމުން އިތުރަށް ތަމަން އަށް ވިސްނަން މަޖުބޫރުވިއެވެ.
ތަމަންއަށް ހިނިތުން ވެލަމުން މާކިންގެ އެހީއާއި އެކު ތާރާ އައިސް ކުރިން އިންގޮޑީގައި އިށީނެވެ.
ތާރާއާއި ޖެހިގެން އިންގޮޑީގައި މާކިން އިށީނުމުން ތަމަންވެސް އައިސް ގޮޑީގައި އިށީނީ އެތައް ސުވާލެއް ހިތުތެރޭ ފުނި ޖެހެން ފެށުމުންނެވެ.
ވަރަށް ހިތްވަރު ކޮއްފައި އެހެން ޕޭޝަންޓުންނާއިވެސް ވާހަކަ ދައްކާ ގޮތައް ތަމަން ވާގޮތެއް އަހާލިއެވެ.
ތާރާއަށް އަނގައިން ނުބުނެވެނީސް ތާރާއަށް ދިމާވި ހާދިސާ މާކިން ކިޔައިދޭންފެށިއެވެ.
މާކިން ވާހަކަ ދައްކަމުން ދިޔައިރު ތަމަން ހިތުތެރެއަށް ތޫނުތަދެއް އިހުސާސް ކުރެވެމުން ދިޔައީ ދޮންތަގެ ހާލަތާމެދު ވިސްނެން ފެށުމުންނެވެ.
މިވަގުތު ހަމަޖެހެން ކިތައްމެ މަސަތްކަތް ކުރިޔަސް އެކަން ތަމަންއަށް ފަސޭހަ އެއްނުވިއެވެ.
އަހަރެން މިވަގުތަށް ބޭހެއް ލިޔެދޭނަން ..، ތަމަން ހިތްވަރުކުރަމުން އެހެން ބުނެ މާކިންއާއި ދިމާއަށް ބަލައިލުމުން މާކިން ބޯޖަހާލިއެވެ.
ކަންތައް ކުރެވުނުގޮތުން ތަމަންއާއި ވާހަކަ ދައްކަން މާކިންއަށްވެސް ފަސޭހައެއް ނުވިއެވެ.
ތަމަންއާއި މާކިން ވާހަކަ ދެއްކި އިރު އެސްފިޔަ ޖަހާލަން ވެސް ނޭގި ތާރާ ތަމަންއަށް ބަލަމުން ދިޔައެވެ.
އެކަން ފާހަގަ ވުމުން ތަމަން ތާރާއަށް ބަލައިލާފައި ހިނިތުންވާން މަސަތްކަތް ކުރިއެވެ.
އަހަރެން ދަންނަ މީހަކާ ވަރަށް ވައްތަރު އެކަމަކު ހަދާނެއްނުވޭ ހަމަ އެއްގޮތަކައްވެސް ..، ތާރާއަށް ނީދެވިގެން އެންމެފަހުން ބުނެލިއެވެ.
ތާރާ އެހެން ބުނެލުމުން ގޮނޑި އަނެއްފަރާތައް އަނބުރާލަމުން ކަރުނަ ފޮހެލީ ތާރާއަށް އެކަން ނާންގަން ވެގެންނެވެ.
ހިނގާދާން..، ތާރާ ބަލަހައްޓައިގެން އިންނަން ފެށުމުން މާކިން ބުނެލިއެވެ.
ނަމްބަރު ..، މާކިން އެރޫމުން ނިކުންނަން ދަމުން ފަސްއެބުރި ބަލާލާފައި ބުނެލިއެވެ.
މާކިން އެހެން ބުނެލުމުން ތަމަންގެ ކާޑް ނަގާ މާކިންއަށް ދިއްކޮއްލިއެވެ.
ތާރާމެން ނިކުމެގެން ދިއުމުން އިތުރަށް އެއްވެސް ޕޭޝަންޓެއް ބަލާކަށް މިއަދު ތަމަންއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
މާލްވީއަށް ގުޅާލާފައި އެވާހަކަ ބުނެލުމައްފަހު މިއަދުގެ ޕޭޝަންޓުން މާދަމާއަށް ބަދަލު ކޮށްލުމައްފަހު ތަމަން ހޮސްޕިޓަލުން ނިކުމެ ދޮރުމަތީ މަޑުކޮށްލީ މާލްވީ ކައިޒަން ފޮނުވާވާހަކަ ބުނުމުންނެވެ.
ކުރިމައްޗަށް ކާރު މަޑުކޮއްލުމުން ތަމަން ކާރުގެ ފަހަތު ޝީޓްގެ ދޮރު ހުޅުވާލުމައްފަހު އެތެރެއަށް ދެމިގަތެވެ.
ކުރީ ސީޓައް ކިތަންމެ ގެންނަން ބޭނުންވެފައި ހުރިކަމުގައިވިޔަސް ކައިޒަންގެ ކާރަށް ތަމަން އެރި ފުރަތަމަ ފަހަރު ކަމުން އެކަހަލަ ޝަކުވާ އެއް މިވަގުތު ކުރުން ރަގަޅު ނޫން ކަމުން ކައިޒަން އެއްވެސް އެއްޗެއް ބުނާކައް ގަސްތެއް ނުކުރިއެވެ.
ކާރު ދުއްވާލުމާއިއެކު ކައިޒަންގެ ކަންފަތައް އިވެންފެށީ ތަމަންގެ ގިސްލުމުގެ އަޑެވެ. ދެދަތްޕިލަ ޖައްސާ ބާރުކުރަމުން ދިޔައީ އކައިޒަންއަށް އެއަޑު ނީއްވަން ވެގެންނެވެ.
ނަމަވެސް އެގިސްލުމުގެ އަޑު ކާރުތެރެއަށް ފެތުރިގެން ދިޔައިރު އެއަޑު އަހަން އިން ކައިޒަންގެ ހިތަށްވެސް ތަދުވެއްޖެއެވެ. އެގިސްލުމުގައި ވޭންއެކުލެވފައިވާ ވަރު އިހުސާސް ކުރެވުމުން އަނގައިން ނުބުނެ އިންނަން އުދަގޫވެއްޖެއެވެ.
ތަމަން !! އަހަރެންނާ ޝެއާކުރެވޭ ކަހަލަ ކަމެއްވިއްޔާ ޝެއާ ކޮއްލިއްޔާ އަހަރެން ވަރަށް އުފާވާނެ..، އެކަމަކު އަހަރެން ބޭނުމެއްނޫން ގަދަކަމުން އެއްވެސް ވާހަކައެއް ބުނުވާކަށް..، ކައިޒަންއަށް ބުނެވުނެވެ.
ކައިޒަން ވާޙަކަ ދެއްކި އިރުވެސް އެއަށް އެއްވެސް އެއްޗެއްނުބުނެ ތަމަން އިންއިރު ލޯފުރިގެން ފަހަރަކު ކަރުނަ ތިއްކެއް ލޮލާ ވަކިވެއެވެ.
**
މިހާރު ރަގަޅުތަ؟ ގެއަށް އައިސް ކޮޓަރިއަށް ވަދުން ގޮތައް މާކިން ތާރާ ގަޔާ ކައިރިކޮއްލަމުން ނިތްކުރިއަށް ބޮސްދިނުމައްފަހު ބުނެލިއެވެ.
ހޫމް..، ލޯމަރާލައިގެން މާކިންގެ ގައިގައި ބައްދާލައިގެން ހުރެ ތާރާ ބުނެލިއެވެ.
ހިނގާ އޮށޯވެލަން..، މާކިން ބުނެލިއެވެ.
ކޮބާ ރިމީ؟ ތާރާ ބުނެލިއެވެ.
މަންމަ ރިމީއަށް ކާންދީގެން އެބަގެނޭ..، ތާރާ އަތުގައ ހިފައިގެން އެނދުގައި އޮށޯންނަމުން މާކިން ބުނެލިއެވެ.
މާކް!!
މިއަދު އަހަރެން ބެލިއެއްނު ޑޮކްޓަރެއް..، އަހަރެންނައް ވަރަށް ދަންނަ ވައްތަރުޖަހާ އޭނަ..، އަހަރެން ބުނަމެއްނު ވަރައް ގިނަރޭރޭ އަންހެން ކުއްޖެއް ހުވަފެނުގަ ފެންނަވާހަކަ ..، އެއީ ހަމަ އެކުއްޖާ .. އެކަމަކު އޭނަ ކީއްވެ އަހަރެންނައް ހުވަފެނުގަ ފެންނަންވީ..، ތާރާ ވިސްނަން އޮވެ ބުނެލިއެވެ.
ވެދާނެ އޭނަކައިރިއަށް ޑޮކްޓަރަށް ދައްކަން ދެވޭތީ ފެންނަ ހުވަފެނެއްކަމަށް..، ހުވަފެނަކީ އެކަހަލަ އެއްޗެއް..، މާކިން ތާރާ އެކަމާ ދޭތެރޭ ވިސްނިޔަ ނުދޭން ބުނެލިއެވެ.
ޑެޑީ ކޮޓަރީ ދޮރު ހުޅުވާލަމުން މާކިންއަށް ގޮވާލަމުން ރިމީ އެނދަށް އެރިއެވެ.
އެކަންތައް ހަނދާން ވިޔަ ނުދިނުމައްޓަކާ މާކިން ދަރިފުޅާއެކު ސަކަރާތް ޖަހަން ފެށިއިރު ތާރާވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެގެން އުޅެއެވެ.
**
ގޭތެރެއަށް ވަދެވުމާއިއެކު މިއޮތްހުރިހާއިރު ހިފަހައްޓަމުންއައި ކެތްތެރިކަން ކޮޅުން ލައި ތަމަންގެ އަޑު މުޅި ގޭތެރޭގައި ގުގުމަންފެށިއެވެ.
ސޯފާކައިރީ މުށިގަނޑުމަތީގައި އިށީންދެ ރޮމުންދިޔައިރު އެދެލޮލުން ފޭބި ކަރުނައިން ދެކޯތާފަތް ތެއްމަމުން ދިޔައިރު ނޭފަތުކުރިއަށާއި ދެލޮލުގައި ވަނީ ރަތްކަމެއް އުފެދިފައެވެ.
ދޮންތަ ހަމަ ހުރެފަ އަހަރެން ދޫނުކޮށްލާނެ ..، އެއަށްވުރެ އަހަރެންދެކެ ދޮންތަ މާލޯބިވާނެ.،، އެކަމަކު އަހަރެންނައް ދޮންތަ އެކަހަލަ ޥޭނެއްގަ އުޅޭތަން ބަލާކަށް ކެތެއްނުވާނެ.. އެހެން ހިތަށް އެރުމާއި އެކު އިތުރައް ތަމަންއަށް ރޮވެންފެށުނެވެ.
ބޭގް ތެރޭ އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންވެސް މިވަގުތު އެކޯލް ނަގާނެހާ ހިތްވަރު ނެތުމުން ގުޅަނީ ކާކުތޯވެސް ބަލާނުލާ ތަމަން ފޯނުބޭއްވީއެވެ.
ކޯލް ކެޑުމާއިއެކު އަނެއްކާވެސް ގުޅަން ފެށުމުން ތަމަން ފޯނައްބަލާލީ ކަރުނަ ފޮހެލަމުންނެވެ.
ނޭގޭ ނަންބަރަކައްވުމުން ތަމަން ފޯނުނަގާ ކަންފަތުގައި ޖެހީ ހޮސްޕިޓަލްއިން ގުޅަނީ ކަމައްބަލާފައެވެ.
ތަމީ !!..، ތަމަން ފޯނުނެގުމާއި އެކު މާކިން ބުނެލިއެވެ.
އަހަރެން މިގަޑީ ތަމީއާއި ބައްދަލްކުރަން ބޭނުން..، މާކިން އެހެން ބުނުމުން ތަމަން އެގެ އިންނަ ހިސާބު ކިޔައިދިނުމައްފަހު ފޯނުބޭއްވީ މާކިން އެއަންނަނީ ކަމައް ބުނުމުންނެވެ.
މާކިން އެހެން ބުނެ ފޯނު ބޭއްވިކަމައްވިޔަސް އެއިންތަނުން ތެދުވާނެހާ ހިތްވަރެއް މިވަގުތު ތަމަންގެ ނެތެވެ.
ގޭގެ ބެލް އަޅާލިއަޑައް ތަމަން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.
ދޮރުމަތީ ހުއްޓިލައިގެން ހުރި މާކިން އެތެރެއަށް ވަންނަން ތަންދެއްކި އިރުވެސް ތަމަންގެ ލޮލުން ކަރުނައާދެއެވެ.
ދޮންތައަށް ކިހިނެއްވީ..، ކީއްވެ އަހަރެންނަށް ސިއްރު ކުރީ..، ތަމަން އެންމެ ފުރަތަމަވެސް މާކިން ފެނުމާއެކު އެހިތުގައި އުފެދެމުންދާ ސުވާލުތައް ކުރަންފެށިއެވެ.
ތަމީއަށްވެސް އެނގޭނެ އަހަރެން ތާރާދެކެ ލޯބިވާވަރު..، ދުވަހަކުވެސް ތާރާއަށް ދެރައެއްލިބޭކަށް އަހަރެންނޭދެން..،
މާކިން އެހެން ބުނެ ތާރާއަށް ކަންތައް ހިނގާދިޔަގޮތް ކިޔައިދޭންފެށިއެވެ
އަބަދުވެސް އޭނަ އެ މަސަތްކަތް ކުރަނީ ތަމީ ހަދާން ކުރަން ..، އެކަމަކު ޑޮކްޓަރ ބުނެފަ އޮތީ އެއްވެސް މީހެއް ހަދާންކޮށްދޭން ނޫޅުމަށް.. ވަކި ހިސާބަކުން ހަދާން ވާނެ ކަމަށް ..، އެހެންވެ އަހަރެން ބިރުގަތީ ތާރާއަށް ގޮތެއްވެދާނެތީ..، އަހަރެންނައް އެނގޭ މިވާހަކަ ބުނެފިއްޔާ ތަމީގެ ކިޔެވުން ދޫކޮއްލާފަވެސް އަންނާނެކަން..، ތަމީ މިކަމާ ވިސްނާ ދެރަވާނެ ވަރު އަހަރެންނަށް އެނގޭ..، އެކަމަކު އަހަރެން އަބަދުވެސް ތަމީ އުޅޭ ހުރިހާ ގޮތެއް ބަލަމުން އައީ..، ވަކި ހިސާބަކުން އަހަރެންނައް ތަމީ ގެއްލުނީ...، މާކިން ކަން ހިގާދިޔަގޮތް ތަމަންއަށް ކިޔައިދިނެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް