އެވަގުތު ތަމަންއަށް ސިހުމެއް ލިބުނެވެ. އެ އަންހެން މީހާއަށްވެސް ތަމަން ފެނުމާއި އެކު ހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ. އަދި އިސްޖަހާލީ ތަމަންއަށް ބަލާނެހާ ހިތްވަރު ނެތުމުންނެވެ.
ތަމަން ބަލަހައްޓައިގެން އިންގޮތް ފެނުމުން ނާއިކްއަށް ވެސް އެދިމަ ބަލާލެވުނެވެ، އޭރު ތާރާވެސް އެމީހާއަށް ބަލަހައްޓައިގެން އިނެވެ.
މަންމާ..............،
ހައިރާންވެފައި ހުރި ތަމަންގެ އަނގައިން ނިކުތް ބަހުން ތާރާއަށް ތަމަންއާއި އެތެރެއަށް ވަދެގެން އައި އަންހެން މީހާއަށް ބަލަން ހުރެވުނީއެވެ.
އެމީހާއާއި އެކު ވަދެގެން އައި މާކިންއަށްވެސް ހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ.
ވާނުވާ ނޭނގި އެންމެންނަށް އެކަކު އަނެކަކައް ބަލަން ތިބެވުނީ އަނގައިން ބުނަންވެސް ނޭގިފައެވެ.
މަންމާ....، ހުއްޓުން އަރާފައި އެންމެން ތިއްބައި ތަމަން ކުރިޔައް ހިނގައި ގަންނަމުން އަނެއްކާވެސް ކުރިމަތީ ހުރި އަންހެން މީހާއަށް ގޮވާލެވުނެވެ.
އޭރު ދެލޮލުގެ ތެރެއަށް ކަރުނަތައް ގިނަވެ ސީމާއަށް އެމީހުންނާ ކުރިމަތިލާނެހާ ހިތްވަރެއްނެތެވެ.
ކައިރިވަމުންއައި ތަމަންއަށް ސީމާގެ ލޮލުން އޮހެރެންފެށި ކަރުނަތައް ފެނުނީ ކައިރިއަށް އައިސް ހުއްޓުނު ވަގުތުއެވެ.
އޭނައާއި ދޭތެރޭގައި މަންމަ ކޮންމެ ގޮތަކައް ކަންތައް ކުރި ކަމުގައި ވިޔަސް މިވަގުތުވެސް ތަމަންގެ ފަރާތުން ސީމާއަށް ނުރުހުންތެރިކަމެއް ފެންނާކައް ނެތެވެ.
މަންމަ!؟ ތަމަންގެ ފަހަތުން ކައިރިއަށް އައިސް ހުއްޓިލި ތާރާއަށްވެސް ގަބޫލް ކުރަންވެސް ދަތިވެ ހުރެ ބުނެލިއެވެ.
އެއާއި އެކު ތަމަން ބޯޖަހާލިއެވެ. މަންމާ ކިހިނެތްވީ..، ؟ ހިތުގައިވި ހުރިހާ ޝަކުވާތަކެއް އެއްފަރާތް ކޮށްލަމުން ތާރާ ބުނެލިއެވެ.
މަންމައަކީ ވަރަށް ބޮޑު ކުއްވެރިއެއް..، މަންމައަށް ލިބުން ހައްގު އަދަބު މިލިބެނީ؟ މަންމައަށް މާފްކުރޭ ދަރިފުޅާ..، ސީމާ ރޮމުން ތަމަންއާއި ތާރާގެ ފައިބުޑައް ތިރިވިއެވެ. އޭރު މާކިންއާއި ނާއިކް ދުރުގައި ވާނުވާ ނޭގި ތިބި އިރު ނާއިކްގެ މޫނުމަތިން ފޫހިކަން ފެންނަން ހުއްޓެވެ.
އަހަރެން ހިތުގައި މަންމައަށް އެއްވެސް ހިތް ބުރަ ކަމެއް ނެތް..، އަހަރެން މަންމައަށް މާފް ކޮއްފިން... ސީމާ ރޯވަރުން ހިތަށް ތަދުވެފައި ހުރި ތަމަން ބުނެލިއެވެ.
މަންމަ މިތަނަށް އައީ ދަރިފުޅުމެންނާ ދިމާވާނެ ކަމަކަށް ނޫން..، މަންމަ ކޮންމެ ހާލެއްގަ އުޅުނަސް ތިދެކުދިންނާ ކުރިމަތިލާނެ ހާ ހިތްވަރެއް މި މަންމައަކައް ނެތް..،އެއީ މައެއްގެ މަގާމުގައި ހުއްޓަސް އަހަރެންނަކީ މަޔަކަށް އެކަށީގެންވާ މީހެއްނޫން..، އަހަރެންގެ ހިޔާވަހި ކަމުގައި ހުރި އިރުވެސް ދޭންވާ ހިމާޔަތެއް އަހަރެންގެ ދަރިފުޅަކައް ނުދެވުނު..، އެކަމު ހައްގު އަދަބު އަހަރެންނައް މިލިބެނީ..،ސީމާގެ ވާހަކައިން ތާރާއާއި ތަމަންއަށް ދެމީހުންނަށް ބަލާލެވުނެވެ.
މިއަދު މި މަންމައަކީ މަރާ ހަގުރާމަ ކުރަމުންދާ މީހެއް..،ސީމާ ގިސްލަމުން އެހެން ބުނެލުމް ތާރާއާއި ތަމަންއަށް ސީމާ ގައިގައި ހިފަހައްޓާލެވުނެވެ.
އެމަންމަ އެދަރިންނާއި މެދު ކޮންމެ ފަދަ އިހާނެތި ގޮތެއް ހެދިކަމުގައިވިޔަސް އެދެކުދިންގެ ފަރާތުން ނުރުހުމެއް ސީމާއަކައް ނުފެނެއެވެ.
އެއީ އެކުދިންގެ ބައްޕަގެ ރަނގަޅު ތަރުބިއްޔަތެވެ...، ރަގަޅު ތަރުބިއްޔަތަކާއި އެކު ދަރިން ތަކެއް މަޔަކާއި ނުލާ ބޮޑުކުރެވޭނީ ކެތްތެރި ބަފައަކަށެވެ.
މީގެ ކުރިން ސީމާއަށް އެކަމާ ވިސްނާ ފިކުރު ނުކުރެވުނުކަމުގައިވިޔަސް މިއަދު އެންމެ ބޮޑަށް ދެރަވެ ވިސްނޭ ކަމަކީ އެއީއެވެ.
މަންމާ..، އާދޭ މިތާ އިށީންނަން..، ސީމާ ރޯ މަންޒަރު ބަލަން ތާރާގެ ހިތަށް ކެތްނުވުމުން އަތުގައި ހިފާލާފައި ކުރިއަށް ހިނގައި ގަންނަމުން ތާރާ ބުނެލިއެވެ.
މަންމާ ..، މަންމަ އެއްވެސް ކަމަކާ ދެރަވެ ހިތުގަ ޖެހޭކަށްނުޖެހޭނެ.، އަހަރެމެން ހިތުގައި މަންމައާއި ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތް..، ތަމަންވެސް އެމީހުންނާއި އެކު ސޯފާއާއި ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
މަންމަ ޑޮކްޓަރަށް ދައްކަންތަ މާލެ އައިސް ތިއުޅެނީ..،އެކަނިތަ މަންމަ އައިސް ތިއުޅެނީ އިތުރު މީހެއް ނާދޭތަ؟ ސޯފާގައި އިށިނދެ ސީމާގެ ބުރަކަށީގައި ފިރުމާލަމުން ތާރާ ބުނެލިއެވެ.
މިއަދު މަންމައަކީ ވަރަށް ބޮޑު އެކަނި ވެރިއެއް ...، މުޅި ދުނިޔެއަށް ގިނަވެއްޖެ ..، އަޅާލާނެ އެއްވެސްމީހެއް ނެތް..، ރޮމުން ސީމާ ބުނެލިއެވެ.
ކޮބާ ދާނިޔަލްއާއި ދޮން ބައްޕަ؟ ސުވާލުން ފުރިގެންވީ ގޮތަކައް ތަމަން ބުނެލިއެވެ.
ދާނިޔަލް މަސްތުވާ އެއްޗެހީގެ މައްސަލައެއްގައި ހައްޔަރު ކޮއްފި..، ގޭތެރޭގައި ހުރި ފިހާރައިން ލިބޭ ހުރިހާ ރުފިޔާއެއް ދާނިޔަލް ބޭނުންކުރީ އެކަމަށް..ދޮންބައްޕައަށް އަހަރެންގައިގައި ހުރި ބަލި އެގުމުން އަހަރެން ދޫކޮށްލާފަ ގޮއްސި..، މިއަދު މިމަންމައަކީ ކެންސަރުބަލީގެ އެންމެފަހު ސްޓޭޖްގަ ހުރި މީހެއް..، މިއަދު މިތަނަށް މިއައީވެސް ތިދެކުދިންނާ ދިމާވާނެ ކަމަކަށް ނޫން..، އެހީ އެއް ހޯދަން މިގެއަށް މިއާދެވުނީ މީހެއްގެ ފަރާތުން ވަސީމް މީހުންނަށް އެހީވާކަން އެނގުނީމަ...، ސީމާގެ ވާހަކަ ކުރިއަށް ދިޔައިރު ތަމަންއާއި ތާރާގެ ދެލޯވަނީ ބޮޑުވެފައެވެ.
ދަރިފުޅުމެން މިމަންމައަށް މާފް ކުރޭ..، މަންމަ މިދުނިޔެއާއި ވަކިވެގެން ދާއިރު މަންމަ ބޭނުންވަނީ ތި ދެކުދިންގެ ރުހުން..، މިއަދު މަންމައަށް އިހުސާސް ކުރެވިއްޖެ މިދުނިޔޭންވެސް މިމަންމައަށް ދަރިފުޅުމެން ބައްޕަހާ ހިއްހެޔޮ އޯގާތެރި ފިރިއެއް ނުލިބޭނެކަން ..، އެކަމަކު އެދުވަހު ނިޔާޒް ހާލްގަ ޖެހުނު ދުވަހު އަހަރެން އޭނައަށްވެސް އެހީ އެއްނުވި..، ގިސްލަމުން ސީމާ ވާހަކަ ދެއްކި އިރު ތާރާ އިސްޖަހާލީ އެބައްޕަގެ އެކަނިވެރި ދުވަސްތައް ހިތަށް އައުމުންނެވެ.
ބައްޕައާއި ދޭތެރޭ މަންމަ ކަންތައް ކުރި ގޮތް ހަދާންވުމުން ތާރާއަށް ރޮވުނެވެ. ނަމަވެސް އެމާޒީއިން މިއަދު އިތުރައް މަންމައަށް ހިތްދަތިކަން ދޭކަށް ތާރާއާއި ތަމަންވެސް ބޭނުމެއްނޫނެވެ.
މަންމާ ..، ދެން މާޒީ ހަދާން ނައްތާލާ..، މަންމައަށް ވިސްނުނީތީ އަހަރެމެން ވަރަށް އުފާވެއްޖެ..،އިރާދަ ކުރެއްވިއްޔާ މަންމަގެ ބައްޔައް ޝިފާ ދެއްވާނެ..، އަހަރެމެން މަންމަގެ ފަރުވާއަށް ހުރިހާކަމެއް ހަމަޖައްސާނަން..، ތަމަން ބުނެލިއެވެ.
ނޫނޭ ދަރިފުޅާ.، މިހާރު މާލަސްވެއްޖެ ..، ދެން މަންމަ ބޭނުންވަނީ ތިކުދިންނާއި އެކު މަންމަގެ އުމުރުގައި ދެން އޮތް ކުޑަ ދުވަސްކޮޅު ހޭދަކުރަން..، އޭރަށް މިމަންމަ މިދުނިޔެއިން ލޯމަރާލާނީ އުފަލުންހުރެ...، ސީމާ އަށް އެހިސާބައް ބުނެވުނު އިރު ރޮއި ރޮއި އަޑުބެދޭގޮތްވެއްޖެއެވެ.
އެހާއިރުވީއިރުވެސް މާކިންވެސް ނާއިކްވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
ޑެޑީ ކީއްވެ މަންމި ރޮނީ؟ ކައިރިން ކުޑަކުއްޖެއްގެ އަޑު އިވުމުން ސީމާ އިސްއުފުލާލިއެވެ. އެވަގުތު ކުރިމަތިން ނާއިކް ފެނުމުން ސީމާއަށް އިސްޖަހާލަން މަޖުބޫރުވީ ކުށްވެރިއެއް ފަދައިންނެވެ.
އެމަންޒަރު ބަލަން އިން ތަމަން އިންތަނުން ތެދުވެގެން ގޮސް ނާއިކްގެ އަތުގައި ހިފާލަމުން ކުރިޔައް ހިނގައިގަތެވެ.
މަންމާ ..، އަހަރެމެން މިއުޅެނީ ދެދުވަސް ފަހުން ކައިވެނިކުރަން..، ތަމަން އެހެން ބުނެލުމުން ސީމާ ލޯ ކުޑަކޮއްލަމުން ބަލާލިއެވެ.
އެކަމަކު ދަރިފުޅުމެން ކައިވެނި ކުރީމެންނު..، ސީމާ ވާނުވާ ނޭނގި އަހާލިއެވެ.
އޭރު ކައިވެނި ކުރި އިރު ނިކްއަށް އަހަރެންނަކީ ކާކު ކަމެއްވެސް ނޭނގެ..، ނިކް އަހަރެންނާ އިނީ ހަމަ އެކަނި ދާނިޔަލްގެ ކިބައިން އަހަރެން ސަލާމަތް ކުރަން..، އަހަރެމެން ދެމީހުންގެ ދޭތެރޭ މިހާ ދުވަސް ވީ އިރުވެސް އެއްވެސް ގުޅުމެއް ނެތް..،އެހެންވެ އަހަރެމެން ދެމީހުން ވިސްނާފަ ބޭނުންވީ އަލުން ކައިވެނި ކުރަން..، އެއީ ނިކްގެ ބައްޕަވެސް ބޭނުންވި ގޮތް..،ތަމަން ބުނެލިއެވެ.
އެދުވަހު މަންމައަށް މަންމަގެ ދަރިފުޅައް އަޅާނުލި..، މިއަދު މަންމަ ނާއިކްއަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭގެ..، އެދުވަހު ދަރިފުޅު ތަމަންއަށް އަޅާނުލި ނަމަ މިއަދު އެނުބައި މީހާގެ އަތްދަށުވެ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުވީސް...، ސީމާގެ ވާހަކައިން މިހާދުވަހު ނާއިކްގެ ހިތުގައި ސީމާއާއި މެދު އޮތް ހިތްހަމަ ނުޖެހުން އެއްފަރާތް ކުރެވޭތޯ މަސަތްކަތް ކުރަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮއްލިއެވެ.
މަންމާ..، މީ އަހަރެންގެ ފިރިމީހާ މާކިން..، ދެން މީ އަހަރެމެންގެ ދަރިފުޅު ރިމީ...، ދަރިފުޅު އަވަހައް މާމަ އާއި ސަލާން ކޮށްލާ..، ތާރާ ރިމީ އަތުގައި ހިފާ ސީމާއާއި ދިމާއަށް ދިއްކޮއްލަމުން ބުނެލިއެވެ.
ސީމާ ރިމީގެ ކުޑަ ކުޑަ އަތުގައި ހިފާލަމުން ލޯބިކޮއްލިއެވެ. އޭރު އެމޫނުމަތިން ހިނިތުންވުން ފެންނަން ހުއްޓެވެ.
އަހަރެން ދެން ބޭނުންވަނީ އަހަރެމެންނާއެކު މަންމަ އުޅެން..، އަހަރެމެން ދެބެންވެސް މަންމަ ދެކެ ވަރަށް ލޯބިވޭ..، ތާރާ ބުނެލިއެވެ.
**
ދެދުވަސް ފާއިތުވެގެން ދިޔައީހީވެސް ނުކުރާހާ އަވަހަށެވެ.
މުޅިތަނުގެ ހަމަހިމޭންކަން ގެއްލިފައިވަނީ ތަނަށް އެއްވެފައިވާ މެހުމާނުންގެ އަޑުންނެވެ.ކައިވެނި ހަފްލާފެށިގެން ދިޔައިރު ނާއިކްގެ ދެލޯ ހޯދަމުން ދިޔައީ އެހިތުގެ ރާނީއެވެ. ހުދު ކުލައިގެ ގަމީހަކާއި އެކު މަތިންލައިފައިވާ ކަނޑު ނޫކުލައިގެ ކޯޓުގައި ނާއިކް ފެންނަލެއް ވަރަށް ފުރިހަމައެވެ.
ކުލައަލި މޫނުމަތީގައި އެއްވަރަށް ކޮށާލާފައިވާ ތުބުޅިން ނާއިކްގެ ފިރިހެން ވަންތަކަން އިތުރު ކޮށްދެއެވެ.
ކައިވެންޏަށް ތަމަން ރީތި ކުރުމުގައި އެކަމަށް ހާއްސަ މީހުން ހަރަކާތް ތެރި ވަމުން ދިޔައިރު އެންމެ ކައިރީގައި ތާރާ ހުއްޓެއެވެ.
ގަޑިން ރޭގަނޑު އަށްގަޑި ބައިވި އިރު ތަމަންގެ އަތުގައި ހިފާލައިގެން ތާރާ ހިނގައިގަތީ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ހޯލަށް ދިއުމަށެވެ.
ހޯލްގެ މެދުގައި ބަހައްޓާފައިވާ މޭޒާ ދިމާއަށް ތަމަން ގޮވައިގެން ތާރާ އައި އިރު އެދެލޯ ހޯދަމުން ދިޔައީ ނާއިކްއެވެ. ވަކި ހިސާބަކައް އާދެވުނު އިރު ހިނިތުންވެލައިގެން ތަމަންއަށް ބަލަން ހުރި ނާއިކް ފެނުމުން ތަމަންގެ މޫނު ރަތްވެގެން ދިޔައީ ލަދުންނެވެ.
ހިނިތުންވެލައިގެން ނާއިކް ހުރި އިރު އެހިތްގައިމުކަމާއި ރީތިކަން އެތައް ގުނައަކަށް ދައްކައެވެ.
އެސްފިޔަ ޖަހާލަންވެސް ހަދާން ނެތި ދެމީހުންނައްވެސް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. އެ ދެހިތުގެ ކެއްތެރިކަން ވަނީ ކޮޅުންލައިފައެވެ. ވަށައިގެން އިވެމުން ދިޔަ އަޑުތަކާއި ހުރިހާކަމެއް ހަދާންނެތިފައިވާ ކަހަލައެވެ.
ތަމަންގެ ފިޔަވަޅަށް މަޑުކަމެއް އައުމުން ތާރާ ތަމަންގެ އަތަށް ދަމާލިއެވެ. އަވަސް އަވަހަށް ދެފަހަރު އެސްފިޔަ ޖަހާލުމައްފަހު ކުރިއަށް ހިނގައިގަތެވެ.
ނާއިކް އައިސް ގޮނޑީގައި އިށީނުމުން ތާރާއާއި އެކު ތަމަން ނާއިކްއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
ހާދަ ރީއްޗޭ..، ބަލާ ފޫހިނުވޭ..، އަހަރެންގެ ޕަރީހާ ރީތި ދެވަނަ އިންސާނަކަކު މިދުނިޔޭގަވެސް ނުހުންނާނެ..،ހާދަ ރީއްޗޭ..، ނާއިކް އިޝްގީ ގޮތަކަށް ތަމަންގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ.
އޭރު ތަމަން ލަދުން އިސްޖަހާލައިގެން އިނީ ނާއިކްއަށް ބަލާލަން ވެސް ނުކެރިފައެވެ.
ކުޑައިރު ކޮޅަކުން ގާޒީއާއި ދެހެކިވެރިން އައިސް މޭޒްގެ ވަށައިގެން އިށީނެވެ.
އޭރު ނާއިކްއާއި ތަމަންގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ.
ކުރިން ކައިވެނި ކުރެވިފައި ވިޔަސް އެފަހަރުގެ އިހުސާސްތައް އެތައް ގުނައެއް ތަފާތެވެ.
ގާޒީގެ ނަސޭހަތާއި އެކު ނާއިކްއާއި ތަމަންގެ ކައިވެނި ކުރެވިގެން ދިޔައެވެ. އެވަގުތު ދެލޯ މަރާލަމުން ނާއިކްއަށް ފުންނޭވާއެއް ބޭރުކޮށްލެވުނީ އެތައް ދުވަހެއްގެ އިންތިޒާރެއް ނިމުމަކަށް އައުމުންނެވެ.
ގާޒީއާއި ހެކިވެރިންނާއި ސަލާން ކުރުމައްފަހު ތަމަންއާއި ނާއިކް ގޮނޑިން ތެދުވިއެވެ.
ނާއިކްގެ އަތުގައި ހިފާލައިގެން ތަމަން ތެދުވިއެވެ. ކައިވެނީގެ ހަފްލާގައި އެމީހުން ހުންނަން ހަމަޖެހިފައިވާ ހިސާބަށް ދެވުމާއި އެކު ދެކުއްޖަކު އައިސް ތަމަންގެ ހުދު ކުލައިގެ ބޮޑު ވެޑީންގްޑްރެސްގެ ފަހަތުބައި އެތާ ފަތުރާލިއެވެ. މޭމަތީގެ އެއްބަޔާއި އަތާއި އެއްކޮށް ލޭސްފޮތިން ގައިގެ ކުލަ އެގޭގޮތައް ހުރި އިރު މޭމަތީގެ އަނެއްބައިގައި ކުދި މިނާތަކަކުން ޖަރީކޮއްފައިހުއްޓެވެ. ގަޔައްބާރުކޮއް ފަހާފައި ހުރި މާމެއިޑް ޑްރެސްގެ އުނަގަނޑާއި ހިސާބުން ފުރަގަހާއި އެއްކޮއް ކުރިމަތިން ދެފަރާތައް ވާގޮތް ފޮތިގަނޑެއް ގުޅާފައި އޮތެވެ.
ބޮލު އިސްތަށިގަނޑު ތަންކޮޅެއް މައްޗައްވާގޮތައް ބޮޑު ހުޅިއެއްޖަހާފައިވާއިރު މޫނުމަތީ ދެފަރާތުން ބުޅިކޮށްއޮތް ދެއިސްތަށިކޮޅު ވައްޓާލާފައި އޮތެވެ.
އަދި ހުޅިމަތީގައި ފަހަތަށް ވާގޮތަށް އަޅާފައިވާ ތުނި ފޮތީގެ ވެއިލްއިން ހެދުމުގެ ފުރިހަމަކަން ދައްކައެވެ.
މޫނުމަތީގައި ކޮއްފައި ހުރި މަޑު މޭކަޕުން އިތުރައް ތަމަންގެ ފުރިހަމަކަމައް ދައްކައެވެ.
ނުނިމޭ
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް