ކެތްކުރާނަން އުންމީދުގާ – ފަސްދޮޅަސް އެއްވަނަބައި

ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ...

31 Jan 2019 | 04:14
 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި | ފަންސާސް ހަތަރުވަނަބައި | ފަންސާސް ފަސްވަނަބައި | ފަންސާސް ހަވަނަބައި | ފަންސާސް ހަތްވަނަބައި | ފަންސާސް އަށްވަނަަބައި | ފަންސާސް ނުވަވަނަބައި | ފަސްދޮޅަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ

ހަފްތާ ހުކުރުދުވަސް އެދުވަހަކީ..، އަހަރެން މިހާރު އެއްވެސް ކަމެއް ކުރާ ހިތެއްނުވޭ..، ބައްޕަވެސް މިފަހަރު އެހާ ވަރުން ނޫޅޭ ..، އަބަދު އެވީ ހޯދަން އެގޭ ދަށަށް ގޮސް އިތުރު ކަމެއް ނުވޭ..، ފޫހިގޮތަކަށް ނާއިކް ބުނެލިއެވެ.

ނޫނޭ ކޮންމެ އަހަރަކު އެހާ ކުލަ ގަދަކޮށް ކުރާ ކަމެއް ފަންސަވީސް އަހަރު ފުރޭ ދުވަހު ވާނެ ކުރަން..، މާކިން ބުލިއެވެ.

ބައްޕަ ތިވާހަކަ ދައްކަންދެން އަހަރެންވެސް މިހުންނަނީ..، ނާއިކް ބުނެލިއެވެ.

އަހަރެންނައް މިހާރު އެހުރިހާ ކަމެއްވެސް ވަރަށް ފަރުވާކުޑަ ކުރެވިއްޖެ..، އެހެންޏާ އަބަދު އެކަންކަމައިގެން އުޅެވެނީ...، މިހާރު އަހަރެން ދުނިޔެ މަތިންވެސް ފޫހިވެއްޖެ...، ނާއިކް ލޯމަރާލަމުން ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ބުނެލިއެވެ.

އަހަރެން ހިއެއްނުކުރަން ނިކްގެ ލައިފަށް ތިހާ ހާއްސަ ކުއްޖެއް އަންނާނެކަމަކަށް..، އެހެންޏާ އަންހެން ކުދިން ނިކް ފަހަތުން ދުވާއިރު އެކަހަލަ އެއްވެސް ހިޔާލެއް ފިކުރެއް ނެތީމަ އެހެންނުވާނީ..، ނާއިކްގެ ވާހަކަ އާއި ވިއްދާ މާކިން ބުނެލިއވެ.

އަހަރެންވެސް ހިއެއްނުކުރަން މިވަރަށް އަހަރެން މީހެއްދެކެ ލޯބިވާނެ ކަމަކަށް ..، ދެން ނޭނގެ އަހަރެންނަކަށް ..، ނާއިކް ދެފަރާތައް ބޯހޫރާލަމުން ބުނެލިއެވެ.

ހިނގާ ދަމާ ދޯ..، މިރޭ ނިކުމެލަންވާނެ އަދި..،ނިކް ފްރީ ވީމަ އަހަރެންނަށް ގުޅާ ..، އަހަރެން އަބަދުވެސް ފްރީ ވާނެ..، ނާއިކް ބުނެލިއެވެ.

**

ކޮބާ ހުރިހާއެއްޗެއް ޕެކް ކުރެވިއްޖެތަ؟ ތަމަން އުޅޭ އެޕާޓްމެންޓަށް ވަދެގެން އައި ތާރާ ތަމަން ފެނުމާއި އެކު ބުނެލިއެވެ.

މިނިމުނީ ދޮންތާ...، މަޑުކޮށްލާ ..، ކޮބާ ދޮންތަބޭ ...، އެނދުމަތީ އިށީނދެއިނދެގެން ފަހަރަކު ހެދުމެއް ފަތްޖަހާލުމަށްފަހު ފޮއްޓަށްލަމުން ތަމަން ބުނެލިއެވެ. މިހާރު އަންނަން އުޅޭނެ ..، ބުނި މިދަނީއޭ،..، ތާރާ ބުނެލިއެވެ.

ނިމިއްޖެތަ..، ކުޑައިރުކޮޅަކުން މާކިން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

ނިމިއްޖެ ..، ހިނގާ..، ފޮށީގެ ޒިޕް ދަމާލުމައްފަހު ދެތުވެ ލައިގެންހުރި ޓޮޕްކޮޅު ތިރިއަށް ދަމާލަމުން ތަމަން ބުނެލިއެވެ.

މާކިންގެ ފަހަތުން ތަމަންއާއި ތާރާ ތިރިއަށްދާން ހިނގައިގަތެވެ.

ތާރާމެން އުޅޭ އެޕާޓްމެންގެ ދޮރާ ހިސާބަށް އަރަމުން ތަމަން ހުއްޓުނެވެ.

އަދި އެވަގުތު ﷲޝުކުރު ދެންނެވުނެވެ. އެންމެ ފަހުން އޭނަ އިންތިޒާރު ކުރަމުން އައި ދުވަސް ޖެހުނީއެވެ. އަނެއްކާވެސް ދޮންތައާއި އެކު އުޅެވޭނެ ފުރުސަތު ދެއްވީއެވެ.

ކިހިނެއްވީ ކޮއްކޯ ..،؟ އާދޭ އެތެރެއަށް ..، ތާރާއާއި އެކުއެކީގައި ހިގާފަ އައި ތަމަން ހުއްޓުމުން ތާރާ ބުނެލިއެވެ.

ތާރާ އެހެން ބުނެލުމުން ސިޓިންގްރޫމުގައި ތިބި އެންމެން އެއްފަހަރާ ކަހަލަ ގޮތަކައް ދޮރާ ދިމާއަށް ބަލާލިއެވެ.

މާކިންގެ ބައްޕަ ވަސީމްގެ އުނގުގައި އިން ރިމީއަށް އެއަޑު އިވުމާއިއެކު ދުވެފައި އެދިމާލައް އައެވެ.

ކުޑަދޮންތި ދެން މިގޭގަ ދޯ އުޅޭނީ..، ޑެޑީ ބުނި ކުޑަ ދޮންތި ދެން އަބަދު ހުންނާނީ ކޮއްކި ކައިރީގައޭ...، ޔޭ ..، ޔޭ..، ފުމެމުން ރިމީ ވާހަކަ ދެއްކި އިރު އެންމެންގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަން ހުއްޓެވެ.

މީތަ ތާރާގެ ކޮއްކޮއަކީ..، ހާދަ ވައްތަރޭ..، އަލަށް ފެންނަމީހަކަށްދެމީހުން އޮޅޭނެ ދޯ..، މުނާއައިސް ތަމަންގެ ބުރަކަށީ ފިރުމާޅަމުން ބުނެލިއެވެ..،

އަދިވެސް އެމަންޖެ ދޮރުމަތީތަ ބަހައްޓަނީ..، ގޮވައިގެން އެތެރެއަށް ވަދޭ،..، ވަސީމް ފަހަތައް އެނބުރިލަމުން ބުނެލިއެވެ.

ކޮއްކޯ އާދޭ އެތެރެއަށް އަވަހަށް ...، ތާރާ އެހެން ބުނަމުން ދޮރުމަތީ ހުއްޓިހުރި ތަމަންގެ އަތުގައި ހިފާ އެތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ.

މީ ކޮއްކޮގެ ކޮޓަރި..، ދެން ކޮއްކޮ ހުންނާނީ އަބަދުވެސް ދޮންތަ ކައިރީގަ..،އަބަދުވެސް ދޮންތަ ފެންނަ ހިސާބުގަ..، ތާރާ އެކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ދައްކާލަމުން ބުންޏެވެ.

ތަމީ ދެން އެއްވެސް ކަމަކާ ވިސްނާނެ ކަމެއްނެތް...، މިގެއިން ތަމީއަށް ދަތިވާނެ އެއްވެސް ކަމެއްނުހުންނާނެ..،

ފޮށިހިފައިގެން ފަހަތުން އައި މާކިން ވެސް ބުނެލިއެވެ.

**

ދުވަސް އެއްކޮއް ކަހަލަ ގޮތަކައް ބޭރުގައި އުޅުމައްފަހު ނާއިކްއައިސް ގޭތެރެއަށް ވަނެވެ.

ދައްތާ..، ވަރަށް އަވަހަށް ފެންތައްޓެއް ގެނެސްދީބަލަ..، ނާއިކް ތަންކޮޅެއް ބާރަށް އެހެން ބުނެލުމައްފަހު ސޯފާގައި އިށީނެވެ.

ކުޑައިރުކޮޅަކުން ހަދީޖާ ފެންތައްޓެއް ހިފައިގެން އައިސް ނާއިކްއަށް ދިއްކޮށްލިއެވެ.

އަދިވެސް ބައްޕަ އެވީމެންގޭގަތަވީ..، ފެންތަށި ބޯލުމައްފަހު ހަދީޖާއަށް ތަށި ދިއްކޮއްލަމުން ނާއިކް އެހެން ބުނީ ގޭތެރެއަށް ބަލައިލަމުންނެވެ.

އެގެއަށް ގޮސް އައިއްސި..، ދެން ބައްޕަ ހިއެއްނުވޭ އެގެއަށް ދާނެހެން ..، މިއަދު އައި އިރު ވަރަށް ދެރަވެފަ ހުރީ ..، ބައްޕަ އެގެއަށް ދާތީ އެވީ ރުޅިއަންނަނީ..، މިއަދުވެސް ނިންމަތި ފަޅައިގެންވެސް ގޮސް ހުރީ..، ދައްތަ އަހާ އަހާވެސްވީ ގޮތެއް ނުބުނި ..،ބުނީ ދެން އެވީ ހޯދާކަށް ނުދާނަމޭ ..، މިހާރު އެވީ ބައްޕަ ދެކެ ވަރަށް ރުޅިއާދެއޭ..، އެހެން ބުނެފަ ގޮސް ކޮޓަރިއަށް ވަދެއްޖެ ..، މިހާރު ކިތައްމެ އިރެއް ..، ހަދީޖާ އެހެން ބުނެލުމުން ނާއިކް ފުންމައިގެން ތެދުވެ ބައްޕަގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ބައްޕާ...، ބައްޕާ.. ކޮޓަރީ ދޮރުގައި ޖަހާލަމުން ނާއިކް ގޮވާޅި އިރު އެއަޑުން އޭނަ ހާސްވެފަ ހުރިވަރު އެނގެއެވެ.

އެވްލިން އެގޭން ނިކުމެގެން ދިޔަ ދުވަހުން ފެށިގެން އެދެބައިފައިންގެ މެދުގައި ވަނީ ދުރުކަމެއް އުފެދިފައެވެ.

ބައްޕާ..، އަނެއްކާވެސް ނާއިކް ގޮވާލިއެވެ.

ކުޑައިރުކޮޅަކުން ފައްވާޒް ދޮރުހުޅުވާލިއެވެ. " ބައްޕާ ކިހިނެތްވީ ' ވަރަށް ބޮޑައްތަ ފަޅައިގެން ދިޔައީ..، ކޮން އިރަކު ބޭސްއެޅީ..،ފައްވާޒް ދޮރު ހުޅުވާލުމާއި އެކު ނާއިކް ހާސްވެފައި އެއްފަހަރާ ސުވާލް ކުރަން ފެށިއެވެ.

ދަރިފުޅާ ބައްޕަ މިހާރު ރަނގަޅޭ..، ނާއިކް ހާސްވެފައި ހުރިތަން ފެނުމުން ފައްވާޒްއަށް ބުނެވުނެއެވެ.

ފައްވާޒް އެހެން ބުނެލުމުން ނާއިކް ބައްޕަ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ހިނގައިގަތެއެވެ.

ކިހިނެއްވެ ބައްޕަ ބޯ ފަޅައިގެން ދިޔައީ..، ނާއިކް ދެވަނަ ފަހަރަށް އެސުވާލް ކޮއްލުމުން ފައްވާޒް ވީގޮތް ނާއިކް އަށް ކިޔައި ދޭން ފެށިއެވެ.

ބައްޕާ..، އަހަރެންނައް އެނގޭ ބައްޕަ އަހަރެންނަށް ދުވަހަކުވެސް ދެރައެއް ނޭދޭނެ ކަން ..، ބައްޕައަށް އެނގޭނެ އަހަރެން އެވީއާއި އިންނަން އެއްބަސްވީ ހަމައެކަނި ބައްޕަ އެގޮތަށް ބޭނުންވީމަ..، އަހަރެން ހިއެއް ނުކުރަން އެވީ އަހަރެންދެކެ ރުޅިއަޔަސް ބައްޕައާއި ދޭތެރޭ ތިގޮތަށް ކަންތައް ކޮއްފާނެ ކަމަކަށް..، ނަސީބެއް އެކަހަލަ ކުއްޖަކާ ދިމާވިކަންވެސް..، މިޒަމާނުގަ މީހަކަށް ކިތަންމެ ބޮޑު ކަމެއްވިޔަސް މަގުމަތިން އެއްވެސް މީހެއް އަޅައެއްނުލާނެ..، ނާއިކް ހިތުގެ އަޑިން އެކުއްޖާއަށް ސުކުރުވެރިވަމުން ބުނެލިއެވެ.

އާން..، ދަރިފުޅާ..، ބައްޕަވެސް މިވީހާތާވެސް ނުދެކެން އެހާ މަޑުމައިތިރި އަދަބުވެރިކުއްޖެއް..، ބައްޕަކައިރީ ބުނެފަ އޮތީ ކޮންމެ ދުވަހަކު މިތަން ރަގަޅުވަންދެން ބޭސް އަޅަންވެސް އަންނަން..، އެ ކުއްޖާ އެއީ ޑޮކްޓަރެއް..، ބައްޕަ އޭނަގާތު މިގެއަށް އަންނަން ވެސް ބުނެފަ އިންނާނީ.،،ފައްވާޒް ބުނެލިއެވެ،

ޑޮކްޓަރެއް..،؟ ސުވާލް ގެ ނަޒަރަކުން ނާއިކްއަށް ބުނެވުނެވެ.

ބައްޕައަށް އެނގޭތަ އޭނަގެ ނަން ،..، އަނެއްކާވެސް ނާއިކް ބުނެލިއެވެ..، ނަން ވެސް ބުނި އެމަންޖެ ..، ބައްޕަ ހިތަށް ނައިސްގެން މިއުޅެނީ ނަން .،، މާދަން ބޭސް އަޅަން ގޮސް ނަން އަހާލާނަން..،ފައްވާޒް ބުނެލިއެވެ.ފައްވާޒް އެހެން ބުނެލުމުން ނާއިކް ބޯޖަހާލިއެވެ.

ބައްޕާ..، ހޮޓެލް އަހަރީ ދުވަސް ..، ނާއިކް ނާހަން ހުރެފައިވެސް އެންމެ ފަހުން ބުނެލިއެވެ.

ބައްޕައަށް އެނގޭ..، އެހެން އަހަރުތަކައްވުރެ މިފަހަރު ބޮޑައް ފާހަގަ ކުރަން ޖެހޭނެއްނު ..، މިއަހަރު ފަންސަވީސް އަހަރު ފުރޭއިރު..، ފައްވާޒް ބުނެލިއެވެ.

ދަރިފުޅު ތަންކޮޅެއް ބޮޑަށް އެކަމާ އުޅެލަބަލަ ..، ވަރަށް ދުވަސް ކައިރިވެސް ވެއްޖެ ..، ދެން ވަރަށް އުޅެފިއްޔާ ނޫނީ ބައްޕަ ބޭނުންވާ ވަރަށް އެކަން ނުވާނެ..، ފައްވާޒް ބުނެލިއެވެ.

ފައްވާޒް އެހެން ބުނުމުން ނާއިކް ބޯޖަހާލީ އެކަމާ އުޅޭނެ ކަމަށް ބުނެފައެވެ.

**

ދުވަސް އައިސް ޖެހުނު އިރު ނާއިކްގެ ފަރާތުން މާކިންއާއި ތާރާއަށް އެޕާޓީއަށް ދާން ދައުވަތު ލިބުނުއިރު ފައްވާޒްގެ ފަރާތުންތަމަންއަށް ވެސް އެޕާޓީއަށް ދާން ދައުވަތު ލިބުނެވެ.

ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ފައްވާޒް ބުނުމުން ތަމަންއަށް އިތުރަށް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ.

ކޮބާ ނިމިއްޖެތަ؟ ލޯގަނޑު ކައިރީ ހުއްޓިލައިގެން ހުރި ތަމަން ފެނުމުން ކޮޓަރީ ދޮރުހުޅުވާލުމަށްފަހު އެތެރެއަށްވަދެގެން އައި ތާރާ ބުނެލިއެވެ.

މިނިމެނީ ދޮންތަ ނިމުނީތަ؟ ލޯގަނޑުން ބަލަން ހުރެ ތަމަން ބުނެލިއެވެ.

އާން ނިމިއްޖެ އަވަސް ކޮށްލާ ގަޑި ޖެހެނީ..، ތާރާ ބުނެލިއެވެ.

އެރޭގެ ޕާޓީއަށް ދިއުމަށް ދެމީހުން އެއްކުލައިން ފަހާފައިވާ މާމެއިޑް ޑްރެސްގެ މޭމަތިން ފުރަގަހާއި ދެއަތުގެއެއްބައިގައި ގޯލްޑް ކުލައިގެ މިނާ ހަރުކޮށްފައި ހުރި އިރުހެދުމުގެ ރީތިކަން އިތުރައް ދައްކައެވެ.

ދޮންތަ އަސްތަށިގަނޑު ކިހިނެއްހެދީ ..، ތާރާއާއި ދިމާލައް އެނބުރިލަމުން ތަމަން ބުނެލިއެވެ.

އެއްވެސް ގޮތެއްނަހަދަން މިހިރީނު..، ތަމަންގެ ކައިރިއަށް އައިސް ތާރާ ބުނެލިއެވެ. އަހަރެންވެސް ތިހެން ފަހަތަށް ދޫކޮއްލާނީ..، ދެމީހުން އެއްގޮތަކަށް މިރޭ ހުންނަ ހިތްވަނީ..، ތަމަން އެހެން ބުނެ އަދިވެސް އެއްފަހަރު ލޯގަނޑުން ބަލާލިއެވެ.

ދޮންތާ އާދެބަލަ ދެމީހުން ފޮޓޯއެއް ނަގަން..، އަސްލުވެސް ވަރަށް ވައްތަރު ބަލާބަ..، މޫނާއި މޫނު ޖައްސާލަމުން ތަމަން ބުނެލިއެވެ.

**

މެހެމާނުން އަންނަ ގަޑި ޖެހިފައިވުމާއި އެކު ސްޓާފުންތައް ކޮޅުކޮޅައް ދުވަމުން ދިޔައީ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ.

ނާއިކް އަންގާފައވާ ގޮތަށް މިރޭގެ ހަފްލާގައި އެއްވެސް ކަމެއް ވައްޓާނުލާ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެން ދިއުމައްޓަކައެވެ. މިރޭގެ އެހަފްލާއަށް ރާއްޖޭގެ ނަން މަސްހޫރު އެތަށް ވިޔަފާރިވެރިންނަކަށް ވަނީ ދައުވަތު އެރުވިފައެވެ.

ހުދުގަމީހުގައި ހޮޓެލް ތެރެއަށް ވަދެގެން އައި ނާއިކްއާއި ފައްވާޒް ފެނުމުން ހުރިހާ ސްޓާފުން އެމީހުންގެ މަސައްކަތް ހުއްޓާލާފައި އިހުތިރާމް އަދާކުރުމުގެ ގޮތުން އެމީހަކު އެހުރިތަނެއްގަ ހުއްޓި ލިއެވެ. ކޮންމެ ސްޓާފަކަށް ހިނިތުން ވެލަމުން ނާއިކް ދިޔައިރު މިއޮތް ހުރިހާ ދުވަހު އަޅާނުލާ މޫނުގެ ބޮޑުބައެއް ފޮރުވިފައި ހުރި ތުނބުޅިވަނީ ކުރިއެކޭ އެއްގޮތައް ކޮށާލާ އެއްވަރު ކޮށްލާފައެވެ. ކުރީގައި ހުންނަ ގޮތަށް ބޮލުގެ އިސްތަށިގަނޑުވެސް ރީތިކޮއްލާފައި ހުރި އިރު އެދެލޮލުގައިވި ރިހުން މީހުންނަށް ނޭނގޭ ވަރަށް ވަނީ ފޮރުވާލެވިފައެވެ.

ޕާޓީއަށް ވަދެގެން އަންނަ ކޮންމެ މީހަކަށް ހިތުގައިވި ރިހުން ސިއްރުކުރަމުން ތުންފަތްމަތިން ހިނިތުންވުމެއް ހަދިޔާ ކޮށްލައެވެ.

ދަރިފުޅާ އެވީ އައިތަ؟ ބައްޕަ އެވީއަށް ދައުވަތުދިނިން..، ފައްވާޒް އެހެން ބުނެލިއިރު ދެލޯ ހޯދަމުން ދިޔައީ ތަމަންއެވެ.

ފައްވާޒް އެހެން ބުނެލުމުން މިފަހަރު ނާއިކް އެއްވެސް އެއްޗެއް ނުބުނިއެވެ.

**

މިރޭ ޔަގީން އެތައްބައެއްގެ ހިތްތައް ކުދި ކުދި ކޮއްލާނެކަން މިދެމީހުން..، އެންމެން ބަލާނީ އަހަރެންނަށްކަން ޔަގީން..، އެހެންނު ވާނީ އެއްވަރުގެ ރީތި ދެއަނަހެން ކުދިން ދެފަރާތަށް ލައިގެން އަހަރެން މިދަނީ..، މާކިން ކާރުންފައިބައިގެން ހޮޓެލް ތެރެއަށް ވަންނަން ހިނގައިގަތެވެ.

ދެން ހެވޭ ދިމާ ނުކުރިއަސް މިހާރު ކިހާއިރެއް ތިހެން ކިޔާތާ..، އަހަރެން ތައްޔާރުވާން ހުރިއިރުންސުރެ އެނޫން އެއްޗެއްނުކިޔާ..، އަހަރުމެންނަށ ވުރެ އަދިވެސް މާކްމެން ފެނި އަންހެން ކުދިންނަށް ގޮތް ގޮތްވާނެ..، ދޯ ކޮއްކޯ..، ތާރާ ހީލަމުން ތަމަން އަށް އެހެން ބުނެލުމުން ތަމަން ވެސް ހޭން ފެށިއެވެ.

އެތެރެއަށް ވަދެގެންއައި ތަމަންއަށް ތަނުގެ ރީތިކަމައް ތައުރީފް ކޮއްލެވުނެވެ.

ދޮންތާ އަހަރެން އެބަ އަންނަން ..، އެހެރީ އެބޭބެ..، ތަމަން އެހެން ބުނެލުމުން ތާރާ އެއްބަސްވެ ބޯޖަހާލަމުން ތަމަން ފައްވާޒް އާއި ދިމާއަށް ހިނގައިގަތެވެ.

ތަމީ ކޮންތާކަށް އެދިޔައީ..، މާކިން ރާވާފައިވާ ގޮތަށް ތަމަން ގޮވައިގެން ނާއިކް ގާތަށް ދާން އުޅެނިކޮށް ތަމަން އެހެން ދިމާއަކަށް ހިނގައިގަތުމުން ބުނެލިއެވެ.

އެދިޔައީ އޭނައަށް މި ޕާޓީއަށް ދައުވަތު ދިން ބޭބެ ފެނިގެން..، އެއަންނަނީ..، ކިހިނެތްވީ..، ނާއިކް އެހެން ބުނެލިގތުން ތާރާ ބުނެލިއެވެ.

ބައްޕާ މިއަންނަނީ..، ނާއިކް އެހެން ބުނެ އެއްފަރާތްވެލީ މާކިން ގުޅަންފެށުމުންނެވެ. ފޯނު ނިންމާލާފައި މާކިންގެ ގާތަށް ދިއުމުގެ ކުރިން ނާއިކް ބައްޕަގާތައް ދިއުމައް ހިނގައިގަތެވެ.

ކުރިޔައް ހިނގައި ގަތް ނާއިކްއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ނޭވާ ހުއްޓުނު ކަހަލައެވެ.

ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން ބައްޕައާއި ވާޙަކަ ދައްކަން ހުރި ތަމަން ފެނުމުން ނާއިކްއަށް ދުނިޔެ އެނބުރިގަތްކަހަލަ އިހުސާސެއް ކުރެވުނެއެވެ.

ލޯ ކުރިމަތިން ފެންނަ މަންޒަރު ގަބޫލް ކުރަން ދަތިވެފައި ހުރި އިރު ދެލޮލުގެ ތެރެއިން ކަރުނަތައް ގިނަވާން ފެށިއެވެ.

ފައްވާޒް އާއި ވާހަކަ ދައްކަން ހުރެފައި ތަމަން ތާރާކައިރިއަށް ދާން ހިނގައި ގަތެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން ތަމަންގެ އަތުގައި ހިފާ ދަމައިގަތެވެ. ވެއްޓެން ދިޔަވަގުތު އަނގައިން އަނޑެއް ނިކުތުމުގެ ކުރިން ނާއިކް އަނގަމަތީ އަތްއެޅިއެވެ.

އެވަގުތު ތަމަންއާއި ނާއިކްގެ ކަޅި އަމާޒް ވެގެން ދިޔައެވެ. އެސްފިޔަ ޖަހާލަން ވެސް ނޭނގި ތަމަންއަށްވެސް އެހުރިގޮތަށް ހުރެވުނީއެވެ.

އެންމެން ގަނޑުތެރޭން ތަމަންގެ އަތުގައި ހިފައިގެން ނާއިކް ހިނގައިގަތް އިރު ތަމަންވެސް ކަޅިޖަހާލަންވެސް ނޭގި ނާއިކްގެ ކޮންމެ ކަމަކަށް އިޖާބަ ދޭގޮތަށް ތަމަންވެސް ހިނގައިގަތެވެ.

ނުނިމޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް