އެވަގުތު ތަމަންއާއި ނާއިކްގެ ކަޅި އަމާޒް ވެގެން ދިޔައެވެ. އެސްފިޔަ ޖަހާލަން ވެސް ނޭގި ތަމަންއަށްވެސް އެހުރިގޮތަށް ހުރެވުނީއެވެ.
އެންމެން ގަނޑުތެރޭން ތަމަންގެ އަތުގައި ހިފައިގެން ނާއިކް ހިނގައިގަތް އިރު ތަމަންވެސް ކަޅިޖަހާލަންވެސް ނޭގި ނާއިކްގެ ކޮންމެ ކަމަކަށް އިޖާބަ ދޭގޮތައް ތަމަންވެސް ހިނގައިގަތެވެ.
ފަނޑު އަލިކަމުގައި ތަމަން އަތުގައި ހިފައިގެން ނާއިކް ކުރިޔައް ދިޔައިރު ތަނަށް އެއްވެފައިވާ މީހުންނާއި އެތާ ކުރިޔައްދާ އެއްވެސް ކަމަކާއި މެދު އެއްވެސް ފިކުރެއް ހުރިހެންނެއް ހިއެއްނުވެއެވެ.
ހޮޓެލްގައި ނާއިކް އާންމުކޮއް ހުންނަ ރޫމާ ހިސާބައް އާދެވުމާއިއެކު ނާއިކް ތަމަން އަތުގައި ހިފައިގެން ހުރެ އެތެރެއަށް ދެމިގަތްއިރު އެހިތުގެ ތެޅުންވަނީ އަވަސް ވެފައެވެ.
ކީއްކުރަން އަހަރެން މިތަނަށް ތިގެނައީ؟ ކޮބާ ނާއިކްގެ ބޭނުމަކީ؟ އަދިވެސް އަހަރެންނަށް ކުރެވުނު ވަރު ކުޑައީތަ؟ އެމޫނުން ލޯވަކިވެގެން ދިޔަވަގުތު ތަމަން ނާއިކްގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.
ހަގީގަތުގައި ތަމަންއަށް ވެސް މިވަގުތު އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވެއެވެ. ހަޔާތުގައިވެސް ތަމަންގެ ހިތުން ޖާގަ ދެވުނު ހަމައެކަނި ފަރާތަކީއެއީއެވެ.
ނަމަވެސް އެލޯތްބައް ގަދަރެއްނުކޮށް އެހިތް ކުދި ކުދި ކޮއްލި ފަރާތަކީވެސް ހަމައެއީއެވެ.
ދޫކުރޭ... ނާއިކްގެ އަތް ފޮޅުވާލަމުން ތަމަން ދޮރުން ނިކުންނަން ހިނގައިގަތެވެ.
ޕަރީ.....، ތަމަން ހިނގައިގަތްވަގުތު ނާއިކްގެ ދުލުން ބޭރުވި ޖުމްލައިން ގަނޑުވިކަހަލައެވެ.
އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ތަމަން ދެލޯ މަރާ ބާރު ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.
އަހަރެންނައް ރަނގަޅީ އިތުރައް ނާއިކް އަހަރެންނާ ވާހަކަ ދައްކަން ނޫޅުނިއްޔާ..، މިހާރު ނާއިކްއާއި އަހަރެންނާ ދައްކާނެ ވާހަކައެއްނޯންނާނެ..، ދެއަތް މޭމަތީ ހުރަސް ކޮށްލަމުން ތަމަން އެހެން ބުނެލިއިރު ދެލޮލުން ކަރުނަ އަންނަންފަށައިފިއެވެ.
"އަހަރެން ދުވަހަކުވެސް އަހަރެންގެ ޕަރީއަށް ދެރައެއްނުދެން ...، އަހަރެންގެ ހިތުގެ ހާލް އެއްވެސް މީހަކަށް އިހުސާސްވެސް ނުކުރެވުނު..، އަހަރެން ގަބޫލް ކުރަން އަހަރެންނައް ކަންތައް ކުރެވުނީ ރަގަޅަށް ނޫން ކަން ..، އަހަރެންއަށް އެވަގުތު އެހުރިހާ ވާހަކައެއް ޕަރީއަށް ކިޔައިދޭނެހާ ހިތްވަރު ނުލިބުނީ..، އެއީ އަހަރެން އެވަރަށް ލޯބިވާމީހަކަށް ދެރައެއްދޭނެހާ ހިތްވަރު އަހަރެން ނައް ނުލިބުނީ..، އަހަރެން އަބަދުވެސް އަހަރެންގެ ޕަރީދެކެ ލޯބިވިން..، މުޅި އުމުރައްވެސް އަހަރެން ހަމައެކަނި ލޯބިވީ މީހަކީ ތީ..، އިތުރު އަންހެނަކަށް އެނަޒަރުން ބަލާވެސްނުލަން..، އަހަރެން އެވަރަށް ލޯބިވާއިރު އަހަރެން ޕަރީއަށް ދެރައެއްނުދޭނެކަން ނޭނގުނީ ކީއްވެތަ؟ ޕަރީ ބޭނުންވަނީ ތިލޯބީގައި އަހަރެން އިމްތިހާން ކުރަންތަ؟ ނާއިކް ވާހަކަ ދެއްކި އިރު އެއަޑުގައި މަޑު ރިހުމެއް އުފެދެމުން ދިޔައެވެ.. އަހަރެންނައް އެވަގުތު އިތުރު އެއްވެސް ގޮތެއްއޮތްނަމަ އަހަރެން އެހެންމީހަކާ ކައިވެނި ނުކުރީމުސް ..، ހަމަތެދެއް...، ނާއިކްއަކީ ފިރިހެނަކަށްވިޔަސް މިވަގުތު ތަމަންގެ ކުރިމަތީ ކަރުނައަޅާ ރޮވެން ފެށުނެވެ.
ޕްލީޒް..، ޕަރީ ބޭނުން ކޮންމެ އަދަބެއް އަހަރެންނަށްދީ..، އެކަމަކު ތިގޮތަށް އަހަރެންނާ ދުރަށްނުދޭ.، އާދޭސް މިކުރަނީ ..، ދެއަތް ޖޯޑް ކޮށްގެން ހުރެ ނާއިކްތަމަންގެ ކުރިމައްޗަށްއެރި އިރު ދެލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ހީވަނީ ދެންމެ ދެންމެ ތިރިއަށް ފައިބައި ގަނެފާނެހެންނެވެ.
ރުޅިއައިސް ކޮޓަރިން ނިކުންނަން އުޅުނު ތަމަންގެ ހިތްވެސް މަޑުކަފަކޮޅަކަށްވާން ނެގީ މަދު ސިކުންތުކޮޅެކެވެ..
ކުރިމަތީ ހުއްޓިހުރި ނާއިކްއަށް ބަލާނެ ހާ ހިތްވަރެއް ތަމަންއަށްވެސް ނުލިބުނެވެ. މިވަގުތު ތަމަންއަށް ވެސް އިތުރަށް އެކަރުނަތައް ނާއިކްއަށް ފޮރުވޭނެހާ ހިތްވަރެއް ނުލިބުނެއެވެ
އަނގަމަތީ އަތްއަޅާލެވުމާއި އެކު ބާރަށް ހިފަހައްޓާލެވުނީ އެއަޑު ބޭރުވެދާނެތީއެވެ.ނަމަވެސް އަތުގެ ތެރެއިން އެއަޑު ބޭރުވެގެން ދިޔައީ ހިތުގެ ޒަހަމް އިތުރައް ފޮރުވޭނެހާ ހިތްވަރު ނެތުމުންނެވެ.
ތަމަންގެ ގިސްލުމުގެ އަޑުން އިތުރަށް ނާއިކްއަށް ތަމަންއާއި ދުރުގައި ހުންނާކަށް ފަސޭހައެއްނުވިއެވެ.
ކުއްލިއަކައް ތަމަންގައިގައި އެދެއަތުން ވަށާލުމައްފަހު ބައްދާލިއެވެ.
ހިތްވަރުކޮށްގެން ހުންނަން މަސަތްކަތްކުރި ތަމަންއަށްވެސް ނާއިކްގެ ހަށިގަނޑުގައި ދެއަތުން ވަށާލެވުނެވެ،
ނާއިކް ލައިފައި ހުރި ހުދުކުލައިގެ ގަމީހުގެ މޭމަތި ތަމަންގެ ކަރުނައިން ފޯވަމުން ދިޔައިރު ނާއިކްގެ ލޮލުން ފަހަރަކު ކަރުނަތިއްކެއް ތަމަންގެ ބޮލު އިސްތަށިގަނޑު ތެރެއަށް ވަދެގެންދެއެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ގިސްލުމުގެ އަޑު ފިޔަވާ އިތުރު އަޑެއްނީވެއެވެ.
ކީއްވެ އަހަރެންނަށް އެހެން ހެދީ؟ އަހަރެން ނިކްދެކެ ހާދަލޯބިވެޔޭ..،ގިސްލުމުގެ ތެރޭން ތަމަން ބުނެލިއެވެ.
އަހަރެންނަށް މަޖުބޫރުވީ..، އަހަރެން ބައްޕައަށް އާދޭސް ކުރިން..، އެކަމަކު ބައްޕައަށް އަހަރެންދެއްކި އެއްވެސް ވާހަކައެއް މުހިންމެން ނުވި ..، އަހަރެންނަށް ވުރެ ބައްޕައަށް މުހިންމުވީ އެވްލިން..،
އެހެންވެ އަހަރެންނައް އިތުރު އެއްވެސް ގޮތެއްނެތުނީ..، ޕަރީގެ ކިޔެވުން ނިމެން އެހާ ކައިރިވެފަ ހުއްޓަ އަހަރެން ކިހިނެއް އެވާހަކަ ބުނާނީ..، އަހަރެން އޭރު އުޅުނީ ޕަރީ ކިޔަވާ ނިމުނީމަ ހުރިހާ ވާހަކައެއް ކިޔައިދޭން ..، އޭރަށް އެވްލިން ނުގަބޫލަސް އަހަރެން ޕަރީއާއި އިނީމުސް ..، ދުވަހަކުވެސް އަހަރެން ޕަރީ ދޫކޮށް ނުލީމުސް..،،ނާއިކް އިތުރށް ތަމަންގެ ހަށިގަނޑު ފިއްތާލަމުން ވާހަކަ ދެއްކިއެވެ.
ނާއިކްގެ ވާހަކައިން ތަމަންއަށް އިތުރަށް ރޮވުނެއެވެ.
މިހާ ދުވަސްވަންދެން ކަންތައް ކުރެވުނު ގޮތް ހިތަށް އައުމުން ކުށްވެރިކަމުގެ އިހުސާސް ކުރެވުނެވެ.
އަހަރެންނަށް މާފް ކުރޭ ނިކް...،ގިސްލަމުން ތަމަން އެހެން ބުނެލުމުން ނާއިކް ތަމަންގެ ހަށިގަނޑު ގަޔާ ދުރުކޮށްލަމުން ދެލޮލުގައި ހުރި ކަރުނަތައް ފޮހެލަދިނުމަށްފަހު ދެފަރާތަށް ބޯ ހުރާލީ ދެން ނުރޯށޭ ބުނާ ކަހަލަ ގޮތަކަށެވެ.
މިދެލޮލުން ކަރުނަތިއްކެއް ވެއްޓޭކަން ދުވަހަކުވެސް އަހަރެން ނޭދެން،..، މިއަދު ތިނޫނީ އަހަރެންގެ އަތްންބެއް ނުހުންނާނެ..، ނާއިކް އެހެން ބުނެލުމުން ތަމަން ސުވާލްގެ ނަޒަރުން ނާއިކް އަށް ބަލާލިއެވެ.
އަހަރެންނާ ފިލައިގެން އުޅުނަސް ތީއަހަރެންގެ އަތްންބެއް...، މިއަދު އަހަރެން އެންމެ އުފާވަނީ ނޭނގި ނަމަވެސް އެތަނުން އަހަރެންގެ ޕަރީ ސަލާމަތް ކުރެވުނީމަ...، އެދުވަހު އެއީ އަހަރެންގެ ޕަރީކަން އެގުނުނަމަ އެވަގުތު އަހަރެންގެ އަތުން ގޯހެއް ހެދުނީސް..، އަހަރެންގެ އަތުން އެދާނިޔާލްގެ ދުވަސް ދިޔައިސް ..،ނާއިކް ބުނެލިއެވެ.
ކިހިނެތް އަހަރެން..، ތަމަން އެހެން ބުނެލީ ނާއިކްއަށް ތަމަންކަން އެގުނު ގޮތެއް އޮޅުން ފިލުވަން ވެގެންނެވެ.
އަހަރެންނައް ދޮންތަ ފަރާތުން އެނގުނީ..، އަހަރެން ހަމަ އެވަގުތު ދިޔައިރު އަނެއްކާވެސް އަހަރެންނަށް ޕަރީ ގެއްލިއްޖެ..،،
ނާއިކް ބުނެލިއެވެ.
ކޮބާ އެވްލިން...، ތަމަން ސުވާލް ކޮއްލިއެވެ.
އަހަރެން ދޮންތައާއި ދެއްކި ވާހަކަ އަޑު އިވިގެން އެވީ އަމިއްލައަށް ކޯޓަށް ފޯމްލީ..، މިއަދު އަހަރެންނަކީ ހަމައެކަނި އަހަރެންގެ ޕަރީގެ ހައްގެއް...، ދެން ދުވަހަކުވެސް އަހަރެންގެ ނުރުހުމުގައިވިޔަސް ތިނޫން އެހެން އެއްވެސް އަންހެނަކާ އަހަރެން ނީންނާނަން..، ނާއިކް އަނެއްކާވެސް ތަމަން ގައިގައި ބައްދާލަމުން ބުނެލިއެވެ.
އެތައް އިރަކު ދެމީހުން ވާހަކަ ދެއްކުމަށްފަހު ދެމީހުންގެ ތުންފަތް މައްޗައްވެސް ހިނިތުންވުނެ ވެރިވެގެން ދިޔައެވެ.
ދެހިތުގައި ޖެހުނު ހުރިހާ ލައްތައް ފިލާ ދިއުމުން ގިނަދުވަސްތަކެއް ފަހުން ހިނިތުންވެލުމަށް ފުރުސަތު ލިބިއްޖެ އެވެ.
އަހަރެން ދެން ދުވަހަކުވެސް މި ލޯބި ލޯބި ކުއްޖާއާއި ދުރު ނުކުރައްޗޭ...، ނާއިކް ވަރަށް ލޯބިން އެހެން ބުނެލުމައްފަހު ތަމަންގެ ތުންފަތަށް ބޮސްދިނެވެ..
**
ކޮއްކޮ ހާދަ ލަސްވެއްޖޭ...، އަދިވެސް އެމީހާއާއި ވާހަކަ ދައްކަނީތަ؟ އެކި ދިމަ ދިމަ ހޯދަން އިނދެ ތާރާ ބުނެލިއެވެ.
އާން ހާދަ ލަސް ވެއްޖޭ ދޯ...، އަހަރެން އެބަ އަންނަން އެކޮޅު ބަލާލާފަ ބޭބީ މިތާ މަޑުކޮށްލާ އިނގޭ މިއަންނަނީ ..، މިތަނުން ދުރަށް ނުދައްޗޭ އިނގޭ..،މާކިން އެހެންބުނެ ހިނގައިގަތީ ތާރާ ބޯޖަހާލުމުންނެވެ.
އަތުގައި އޮތް ފޯނުން ނާއިކްގެ ނަންބަރައް ގުޅަމުން މާކިން ކުރިއަށް ހިނގައިގަތެވެ. ޕާޓީއަށް އައިންސުރެ ނާއިކްގެ ފޯނަށް މާކިންއަށް ގުޅުނީ ކިހާވަރަކަށް ކަމެއްވެސް ނޭގެއެވެ.
އެއިން އެއްފަހަރުވެސް ނާއިކް ފޯނެއްނުނަގައެވެ.
ތަމީ ...،ކިހިނެއްވެފަ ..، ހާދަ އިރެއް ވެއްޖޭ..، ދޮންތަ ލަސްވެގެން ހޯދާތީ މިއައީ ..، ތަމަންގެ މޫނުމައްޗައް މާކިން ބަލަން ހުރެ އެހެން ބުނެލީ ތަމަންއަށް ބަދަލެއް އައިސް ހުރިކަން ޔަގީން ވާތީއެވެ.
ކުއްލިއަކަށް މާކިންގެ ފޯނު ރިންގްވާން ފެށުމުން ބަލާލިއިރު ނާއިކްގެ ކޯލެކެވެ. ތަމަން ގާތު މަޑުކޮށްލުމަށް ބުނުމަށްފަހު މާކިން ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
ނާއިކް ގުޅުމުން މާކިން ފުރަތަމަވެސް ފޯނުނެގުމުން އެޝަކުވާ ކޮއްލިއެވެ. ނާއިކް ހުރިތަނެއް ބެލުމައްފަހު މާކިން ފޯނުކަޑާލީ އެދިމާއަށް ދަނީ ކަމައް ބުނެފައެވެ.
ތަމީ..، ހިނގާބަ..، ދޮންތަބޭގެ ވަރައްގާތް ފްރެންޑަކާ ދިމާކޮށްލަން ދާންވެގެން..، އޭނަވެސް މި ޕާޓީގަ އެބަހުރި..، މާކިން އެހެން ބުނެލުމުން ތަމަން އާއެކޭ ބުނާގޮތައް ބޯޖަހާލިއެވެ.
ތަމަން ދިޔަތަން ބަލަން ހުރެފައި ކުޑައިރުކޮޅެއް ފަހުން ނާއިކް ތިރިއަށް ފައިބައިގެން އައެވެ.
ބައްޕަ ކައިރީ ކުޑައިރުކޮޅަކު މަޑުކޮއްލުމައްފަހު މާކިން އަންނަންދެން އަނެއްކާވެސް ނާއިކް ލޯ ހޯދަން ފެށީ ތަމަންއެވެ.
ނާއިކް ލޯ ހޯދަމުން ދިޔަ އޭނަ ހިތުގެ ރާނީ ފެންނަން ނެގީ މަދު ވަގުތުކޮޅެކެވެ..، ބޭއިހްތިޔާރުގައި ހިނިތުންވެލަމުން ނާއިކް ކުރިއަށް ހިނގައިގަތެވެ.
ހާދަ ރީއްޗޭ..، ކުއްލިއަކައް ކަންފަތް ދަށުގައި މީހަކު އެހެން ބުނެލުމަށްފަހު އަތުގައި ހިފާލުމުން ތާރާ ސިހިފައި ފަހަތް ބަލާލިއެވެ.
އޭރު ވަރަށް ހިނިއައިސް ތާރާގެ އަށް ބަލަން އެމީހާ ހުއްޓެއެވެ. ވަގުތުން ތާރާއަށް އަތް ފޮޅުވާލުމައްފަހު ބިރުން ހުރެ މާކިން އާދޭތޯ ބަލާލެވުނެވެ.
އަދިވެސް ފިލަން ދޯ ތިވިސްނަނީ..، ތާރާއަށް ބަލަން ހުރި ނާއިކް އިތުރައް ކަންފަތާ ކައިރިކޮއްލަމުން ބުނެލިއެވެ.
އޭރު ތާރާގެ މޭގަނޑު ބާރު ބާރަށް ތެޅެމުންދިޔައެވެ.
ދުރުގައިމަންޒަރު ބަލަން ހުރި މާކިންއާއި ތަމަންއަށް ވެގެން އުޅޭގޮތް އެގުމުން ލާނެއް ހިންޏެއް އައެވެ،
ތަމީ މިތާ މަޑުކުރޭ..، އިރުކޮޅަކުން އާދޭ..، މާކިން ހިނިއައިސް ބުނެލިއެވެ.
މާކިން ފެނުމާއި އެކު ތާރާ މާކިންގެ ގާތަށް ހިނގައިގަތެވެ، އޭރު ނާއިކް ހުރީ ޥާނުވާ ނޭނގޭ ގޮތައް ބަލާށެވެ، އެހާ ކުޑަ ވަގުތު ކޮޅެއްގެ ތޭރޭގައި ތަމަންއަށްއެހާ ބޮޑު ބަދަލެއް އައުމުންނެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް