ކެތްކުރާނަން އުންމީދުގާ – ފަންސާސް ހަތްވަނަބައި

ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ...

22 Jan 2019 | 03:54
 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި | ބާރަވަނަ ބައި | ތޭރަވަނަ ބައި | ސާދަވަނަ ބައި | ފަނަރަވަނަ ބައި | ސޯޅަވަނަ ބައި | ސަތާރަވަނަ ބައި | އަށާރަވަނަ ބައި | ނަވާރަވަނަ ބައި |ވިހިވަނަ ބައި |އެކާވީސްވަނަ ބައި | ބާވީސްވަނަ ބައި | ތޭވީސްވަނަ ބައި |ސައުވީސްވަނަ ބައި  |ފަންސަވީސްވަނަ ބައި | ސައްބީސްވަނަ ބައި | ހަތާވީސްވަނަ ބައި | އަށާވީސްވަނަ ބައި | ނަވާވީސްވަނަ ބައި | ތިރީސްވަނަ ބައި |ތިރީސް އެއްވަނަބައި | ތިރީސް ދެވަނަބައި | ތިރީސް ތިންވަނަބައި |ތިރީސް ހަތަރުވަނަބައި | ތިރީސް ފަސްވަނަބައި | ތިރީސް ހަވަނަބައި | ތިރީސް ހަތްވަނަބައި | ތިރީސް އަށްވަނަބައި | ތިރީސް ނުވަވަނަބައި | ސާޅީސް ވަނަބައި | ސާޅީސް އެއްވަނަބައި | ސާޅީސް ދެވަނަބައި | ސާޅީސް ތިންވަނަބައި | ސާޅީސް ހަތަރުވަނަބައި | ސާޅީސް ފަސްވަނަބައި | ސާޅީސް ހަވަނަބައި  | ސާޅީސް ހަތްވަނަބައި | ސާޅީސް އަށްވަނަބައި | ސާޅީސް ނުވަވަނަބައި | ފަންސާސްވަނަ ބައި | ފަންސާސް އެއްވަނަބައި | ފަންސާސް ދެވަނަބައި | ފަންސާސް ތިންވަނަބައި | ފަންސާސް ހަތަރުވަނަބައި | ފަންސާސް ފަސްވަނަބައި | ފަންސާސް ހަވަނަބައި

ކުރީގެ އަދަދާއި ގުޅޭ

ބުނޭ ދަރިފުޅާ..، އަވަހަށްބުނޭ..، ދަރިފުޅު ބުނާ ކޮންމެ ކަމެއް ބައްޕަ ކުރާނަން ..،ފައްވާޒް އަވަސް އަވަހަށް ބުނެލިއެވެ.

ބައްޕަ އަހަރެންނަށް ކަމެއް ކޮށްދެންޏާ މިކަމުގައި ނާއިކް ދެކެ ރުޅި ނާންނާތި..، ނާއިކް ބޭނުންވާ ކުއްޖާއާއި އިންނަން ބައްޕަ ނުގަބޫލް ނުވާތި..، އެވްލިން ފައްވާޒްގެ ދެއަތުގައި ހިފާލަމުން އެހެން ބުނެލި އިރުވެސް އެދެލޮލުން ކަރުނައާދެއެވެ.

ދަރިފުޅާ ބައްޕަބޭނުމެއްނޫން ދަރިފުޅު މިގެއިންދާކައް..، ފައްވާޒް ހީވަނީ މޮޔަވެދާނެހެންނެވެ.

މިވަގުތުވެސް ފައްވާޒް އުޅޭގޮތް ފެންނަ މީހަކަށް އެވްލިންއާއި ނާއިކްއާއި ދެމީހުންގެ ތެރެއިން ފައްވާޒްގެ ދަރިއަކީ ނާއިކްއެކޭ އެއްވެސް މީހެއް ނުބުނާނެއެވެ.

ދަރިފުޅާ އެވީ ދިޔަ ނުދީ ...،އިސްޖަހައިގެން އެމީހުންގެ ފަހަތުގައި ހުރި ނާއިކްގެ ކުރިމައްޗަށް އަރަމުން އަނެއްކާވެސް ފައްވާޒް އާދޭސް ކުރާ ގޮތައް ބުނެލިއެވެ.

ދަރިފުޅާ ބުނޭ ދަރިފުޅު އެހެންމީހެއްދެކެ ލޯތްބެއްނުވޭ ..، ދަރިފުޅު ލޯބިވަނީ ހަމައެކަނި އެވީދެކެއޭ..، ފައްވާޒް އުޅޭ ގޮތުން ނާއިކްވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

ބައްޕާ..، !! އަހަރެންމައް މާފްކުރޭ..، ފައްވާޒްއަށް ވެފައިވެފައި ހުރިވަރުފެނުމުން އެވްލިން އަނެއްފަރާތަށް އެނބުރިލަމުން ބުނެލިއެވެ.

ދަރިފުޅާ އެވީ ހުއްޓުވާ..، އެވްލިން އަނެއްފަރާތައް އެނބުރި ހިނގައި ގަތުމުން އަނެއްކާވެސް ފައްވާޒް ނާއިކްގެ އަތުގައި ހިފަމުން ބުނެލިއެވެ.

އެވީ!! ބައްޕަގެ މޫނަށް ބަލާލާފައި ނާއިކްގެ ހިތަށްވެސް އަސަރުކުރުމުން އެވްލިންއާއި ދިމާއަށް އެބުރިލަމުން ގޮވާލިއެވެ.

ނާއިކްގެ އަޑު ޖެހިލުމުން ވަގުތުން އެވްލިންގެ ފިޔަވަޅައް ހުއްޓުން އެރިއެވެ. ދެލޯ މަރާ ބާރުކޮއްލަމުން އެވްލިން ނާއިކްއާއި ދިމާއަށް އެނބުރިލިއެވެ.

ނާއިކް އެހެން މީހެއްދެކެ ލޯބިވާކަން އެނގޭއިރުވެސް އަދިވެސް އެހިތް އެދެނީ ނާއިކްގެ ދުލުން އޭނަގާތު ނުގޮސް މަޑުކުރަން ބުނާނެ އިރަކަށެވެ.

ކިތަންމެ ހާލެއްގައި އުޅުނަސް ނާއިކް ނުފެންނަ ހިސާބުގައި އޭނަ އުޅެން އެހިތަށް ކެއްނުވާނެއެވެ.

އެވީ ދިޔައިމަ ބައްޕަ ވަރައް ދެރަވާނެ...، ނާއިކް އެހެން ބުނެލުމުން އެވްލިންގެ ހިތުގައި ވަކިން ބޮޑަށް ޖެހުނެވެ.

އަހަރެން ދުވަހަކުވެސް ބައްޕަގެ ލޮލުން ކަރުނައެއް އަންނާކަށް ބޭނުމެއްނޫން..، ދުވަހަކުވެސް އަހަރެން ބައްޕަ ނޭދޭގޮތަކައް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫން..،ނާއިކް ފައްވާޒްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

އަހަރެންނައް އެނގޭ އަހަރެން ކިތަންމެ ދުވަހަކު މިގޭގަ އުޅުނަސް ނާއިކްގެ ހިތުން އަހަރެންނަށް އެއްވެސް މަގާމެއް ނުލިބޭނެކަން..، ބައްޕައަށްޓަކާ އަހަރެން މިގޮތުގަ ދިރިއުޅެންވީތަ؟..، ނާއިކްގެ ވާޙަކައިން އެވްލިން ގިސްލަމުން ފައްވާޒްއަށް ބަލައިލަމުން ބުނެލިއެވެ.

މިފަހަރު އިސްޖެހުނީ ފައްވާޒްއެވެ. އެއްވެސް އެއްޗެއްނުބުނެ ފައްވާޒް އެހެން ހުއްޓައި އެވްލިން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ހިތަށް ކޮއްފައިވާ އަސަރުން ފައްވާޒްއަށް އެތާ ކޮޅަށް ހުންނާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. ގަބުވެފައި ހުރެ ސޯފާއާއި ދިމާއަށް ހިނގައިގަތްއިރު ނާއިކް ވެސް އެދިމާއަށް ހިނގައިގަތެވެ.

އެއްވެސް މީހެއްގެ އަނގައިން ބަހެއްވެސް ނުބުނެ އެހެން އިނދައި އެވްލިން ފޮށި ދަމަމުން އައިސް އެމީހުންގާތު މަޑުކޮއްލިއެވެ.

ދެދުވަސްތެރޭ އަހަރެން ނާއިކް ކައިރިން ވަރިވާން ފޯމް ލާނަން ..، އެވްލިން އެހެން ބުނެ ދޮރުން ނިކުންނަން ހިނގައިގަތެވެ.

އެވްލިން ނިކުމެން ދިޔައިރުވެސް ފައްވާޒް އެއިން ގޮތައް އިނީއެވެ.

މިފަހަރު ބައްޕަ އިން ގޮތުން ނާއިކްގެ ހިތައްވެސް އަސަރު ކުރިއެވެ.

ބައްޕާ !! ބައްޕަ ހީކޮށްފާނެ އަހަރެން ހުރިހާ ވާޙަކައެއް އެވްލިންއަށް ކިޔައިދިނިއްޔޭ..، އަހަރެން އެއްވެސް ވާޙަކައެއް ނުކިޔައިދެން..، އަހަރެން އެވާހަކަ ދެއްކި އަޑު އެވީއަށް އިވުނީ..،އަހަރެން އެވްލިންއާއި އިން އިރުވެސް ބައްޕައަށް އެނގޭނެ އަހަރެން އެވީދެކެ ކުޑަކޮށްވެސް ލޯބިނުވާކަން ..،އެކަމަކު އަހަރެން ހުރިހާ ކަމެއް ކޮއްދިނީވެސް ބައްޕައަށްޓަކާ..، އަހަރެން އެވަރަށް ލޯބިވާ މީހެއް ހުރިއިރު އަހަރެން ބައްޕައަށްޓަކާ އެވީއާއި އިނީ...، އަހަރެން ބައްޕަދެކެ ވާލޯބިން ބައްޕަ އެދުނު ހުރިހާކަމަކަށް އަހަރެން އެއްބަސްވީ..،ފައްވާޒް ކައިރީ އިށީނދެ އިނދެ ނާއިކް ވާހަކަ ދައްކަމުން ދިޔައެވެ.

ކުޑައިރުކޮޅަކުން ސޯފާއިން ތެދުވެގެން ކޮޓަރިއާއި ދިމާއަށް ފައްވާޒް ހިނގައިގަތެވެ ..،ބައްޕައަށް ވެފައި އިން ގޮތުން ފައްވާޒް ގޮސް ކޮޓަރިއަށް ވަންނަންދެން ނާއިކް ބަލަން އިނީއެވެ.

**

ތިއޭޓަރައްވައްދަން ތައްޔާރީތައް ވަމުން ދިޔައިރު މާކިން ތާރާގެ އަތުގައި ހިފާލައިގެން ހުއްޓެވެ.

ބިރުގަންނަ ގޮތް ވެފައި ވުމުން ތާރާއަށް މާކިންގެ އަތަށްއިރު އިރުކޮޅާ ފިތާލެވެއެވެ. ކުޑައިރުކޮޅަކުން ތަމަންއައިސް ތާރާކައިރީ މަޑުކޮށްލިއެވެ.

ބިރުގަނެފަތަ؟ އާދައިގެ ޕޭޝަންޓަކާ ވާހަކަ ދައްކާ ގޮތަށް ތަމަން ތާރާއަށް ބުނެލިއެވެ. މީ އެހާވަރުކަމެއްނޫން.، ކުޑައިރުކޮޅެއްވާނީ..، ރެޑީތަ؟ ހިނިތުން ވެލަމުން މޫނުމަތިން އާދައިގެ ގޮތެއް ދައްކާލަމުން ތަމަން ބުނެލިއެވެ. އޭރު ތަމަންގެ ހިތްވަނީ އަވަސްވެފައެވެ.

ކޮބާ ރިމީ؟ ތަމަން ތާރާގެ އަތަށް އިންޖެކްޝަން ޖަހަން ރެޑީވަމުން ދިޔަވަގުތު ތާރާ ބުނެލިއެވެ.

މަންމަ ކައިރީ..، މަންމަ އަންނާނެ ރިމީގޮވައިގެން..، މާކިން ބުނެލިއެވެ.

މާކިންއާއި ތާރާ ވާހަކައިގައި ތިއްބައި ތަމަން އެކޮޓަރިން ނިކުމެގެން ގޮސް ކުޑައިރުކޮޅަކުން އެނބުރިއައެވެ. ތަމަންގެ ފަހަތުން ދެ ނަރުސް ކުދިން ވަދެގެން އައިސް ތާރާގާތު މަޑޫކޮށްލިއެވެ.

ރެޑީތަ؟ އެތަނުން އެއްކުއްޖަކު އެހެން ބުނެލުމުން ތާރާ މާކިންއަށް ބަލާލިއެވެ.

ތާރާ ބަލާލުމުން މާކިން ބިރުނުގަންނާށޭ ބުނާގޮތަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

ހިނގާ..، ތަމަން އައިސް އެތާ މަޑުކޮއްލަމުން ދެމީހުންނަށް ބަލައިލަމުން އެހެން ބުނެ ތާރާ ތިއޭޓާއަށް ގެންދަން ހިނގައިގަތެވެ. މާކިން ތަމަންގެ މޫނަށް ބަލާލި އިރު އެމޫނުމަތިންވެސް ހާސްކަން ފެންނަން ހުއްޓެވެ.

ތާރާ ތިއޭޓާއަށް ވެއްދިފަހުން އިރު އިރުކޮޅާ މާކިންއަށް އަތުގައި އޮތް ގަޑިއަށް ބަލާލެވެއެވެ.

އެއްތާ ހިމޭނުން ހުންނަންވެސް މިވަގުތު މާކިންއަށް ފަސޭހައެއްނޫނެވެ. ހިތާހިތުން ދުއާ ކުރެވުމުން ދިޔައީ ތާރާއަށް އެއްވެސް ކަމެއް ނުވުމަށެވެ.

ގަޑިއެއްހާއިރު ފާއިތުވެގެން ދިޔަ ފަހުން މާކިންއާއި ދިމާލައް ހިނގާފައި އަންނަ ތަމަން ފެނުމުން މާކިންއަށް އެދިމާއަށް ދުވެފައިކަހަލަ ގޮތަކަށްހިނގައިގަނެވުނެވެ.

ތަމަންގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން މާކިންގެ ހިތުގެ އުދާސްކަން ކުޑަ ސިކުންތު ކޮޅެއްގެ ތެރޭ ފިލާ ދިޔަ ކަހަލައެވެ.

ހުރިހާ ކަމެއްވެސް ރަނގަޅު...، ކުޑަ އިރުކޮޅަކުން ރޫމަށް ބަދަލް ކުރާނަން..، ތަމަން މާކިން ކައިރީ ހުއްޓިލަމުން ބުނެލިއެވެ.

ދެން އިރާދަ ކުރެއްވިއްޔާ ގިނަ ދުވަހެއްނުވެ ހަދާންތައްވެސް އެނބުރި އަންނަން ފަށާނެ..، ތަމަން އެހެން ބުނެލުމުން މާކިން ބޯޖަހާލިއެވެ

ތަމަން އިރުކޮޅަކު މާކިންއާއި ވާޙަކަ ދައްކާލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

**

ހަލޯ..، ދޮންތާ..، ހެދުނު އެވީ ގޭން ނިކުމެގެން ދިޔަފަހުން ބައްޕަ ކޮޓަރިން ނުނިކުމެގެން މިއުޅެނީ..، އަހަރެން ދެފަހަރު ގޮވާވެސް ލައިފިން..،އެކަމަކު ހަބަރެއްނުވި..، އަހަރެންނައް ހީވަނީ އަހަރެންދެކެ ރުޅިއައިސްފަހެން..، ދޮންތަ އަޅެ ގުޅާލަބަ..، ފަޒްލާ ފޯނުނެގުމާއެކު ނާއިކް ބުނެލިއެވެ.

ދޮންތަ އެބަ ގުޅަން ކޮއްކޮއަށް، ބައްޕައަށް ގުޅާލާފަ..، ފަޒްލާ އެހެން ބުނެ ފޯނު ކަޑާލުމަށްފަހު ފައްވާޒްގެ ނަންބަރައް ގުޅާލިއެވެ.

ދެވަނަ ރިންގާއި އެކު އެކޮޅުން ފޯނުނެގިއެވެ. ދަރިފުޅާ..،ކޮއްކޮއަށް ވިސްނައިދީބަލަ..، އެވީ ގޭން ނިކުމެގެން ހިނގައްޖެ..، ބައްޕައަކަށްނޭގެ އެވީ ގެންނަން ދެން ހަދާނެ ގޮތެއްވެސް..، ފަޒްލާގެ އަޑު ޖެހިލުމުން ފައްވާޒް އެއްފަހަރާ ބުނެލިއެވެ.

ބައްޕާ އަހަރެންނައް ބައެއްފަހަރު ހީވޭ އަހަރެންނާ ކޮއްކޮއަށް ވުރެވެސް ބައްޕަ އެވީދެކެ ލޯބިވާހެން..، ބައްޕަ ވިސްނާލަބަލަ..، ލޯބިނުވާ މީހަކާއެއްކޮށް ކޮއްކޮ އެއުޅުނީ ބައްޕައަށްޓަކާ..، އޭނަ ހިތަށްވެސް ހާދަ އަސަރެއްކުރެޔޭ..،އޭނަ ބައްޕަ ދެކެ ވާލޯބިން މިއޮތްހުރިހާ ދުވަހުވެސް އެއުޅުނީ..، މިއަދުވެސް އެވީއަށް އެއަޑު ނީވުމުންނަމަ މުޅިއުމުރަށް ކޮއްކޮ އުޅޭނީ އެހާލުގަ .، ބައްޕަ ވިސްނާލަބަލަ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އެވަރު ވޭނެއްގަ އުޅުން އިރު ބައްޕަގެ ހިތަށް ހަމަ އެއްވެސް އަސަރެއްނުކުރޭތަ..،؟ ބައްޕާ ދެންވެސް ތިކަންތައް ހިތުން ފޮހެލާފަ ކޮއްކޮއަށް އިތުރައް ތިކަމުގަ މަޖުބޫރު ނުކުރޭ..، އަހަރެން ހާދަ ދެރަވޭ ކޮއްކޮ އެހާލުގަ އުޅޭތީ..، ފަޒްލާ ރޮމުން ވާހަކަ ދެއްކި އިރު ފައްވާޒް އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން ހުރީ ފަޒްލާގެ ފަރާތުން އޭނަ ބޭނުންވާކަހަލަ ޖަވާބެއް ނައުމުންނެވެ..

ކުޑަ އިރުކޮޅަކުން ފޯނު ކެނޑުމުން ފަޒްލާ ކުޑައިރުކޮޅަކު ފޯނައް ބަލަހައްޓައިގެން ހުރެލުމައްފަހު ނާއިކްއަށް ގުޅާލިއެވެ.

ކޮއްކޮ ދެން އެކަމާ ދެރަވާނެކަމެއްނެއް ..، ބައްޕަ ބޭނުންވިޔަސް އެވީ ގެންނަން ކޮއްކޮ ދެން އެއްބަސް ނުވާތި..، ބައްޕައަށް އަހަރެމެން މުހިންމެއްނޫން..، ފަޒްލާ ބުނެލިއެވެ.

ދޮންތާ އަހަރެން އާޝާ ހޯދާނީ ކިހިނެއްތަ؟ އަހަރެން ބޭނުން އާޝާ ކިބައިން މާފަށް އެދެން..،.، ދޮންތަ އަރުކަން ކައިރީ އަހައިގެން އަހަރެންނައް އަޝާ ހުރިތަނެއް ހޯދަދީބަލަ..، އަހަރެންނަށް އެނގޭ އަރުކަން އަށް އެނގޭނެކަން..،އޭނަ އަހަރެން އެވަރަށް ކީމަވެސް އެއްވެސް ކަމެއް އެނގޭކަމަކަށް ނެހެދި..، ނާއިކް ބުނެލިއިވެ.

އަހަރެން އެރަށައްވެސް ދިޔައިން އެކަމަކު ކޮންމެ މީހަކުވެސް ބުނަނީ އާޝާ ކިޔާމީހެއް އުޅޭވާހަކަ އެކަމަކު މާލޭގަ ދިރި އުޅޭ ވާޙަކަ..، ނާއިކް އެހެން ބުނެލުމުން ފަޒްލާއަށް ނާއިކްއަށް ގޮވާލެވުނެވެ.

ދޮންތައަށް ހީވަނީ އާޝާ އުޅެނީ ރަށުގަހެން..، ދޮންތައަށް ގުޅި ވަރަށް ފަހުން..، އެކަމަކު ހުރިތަނެއް ނުބުނޭ..، ފަޒްލާ ބުނެލިއެވެ.

ދޮންތާ އަހަރެންނަށް އެނަންބަރުދީ..އަހަރެން ހަމަ މިހާރު އާޝާއަށް ގުޅާނަން..، ނާއިކް ހިތް އަވަސް ވެފަ ހުރިވަރުން ބުނެލިއެވެ.

މިފޮނުވާލަނީ..، ފަޒްލާ އެހެން ބުނެ ފޯނުކަނޑާލިތާ ކުޑައިރުކޮޅަކުން ނާއިކް ފޯނަށް ނަންބަރު ފޮނުވާލިއެވެ. ..، ހިތް އަވަސް ވެފައި ހުރިވަރުން އަވަހައް ފޯނުގައި ނަންބަރު ޖަހާ ގުޅާލިއެވެ.

"ތަމަން" ފޯނުގެ ސްކްރީނައް އަރާފައިވާ ނަންފެނުމުން ދެލޯ ކުޑަކޮއްލަމުން ނާއިކްއަށް އެނަން ކިޔާލެވުނީ އަޑަށް ބާރުލަމުންނެވެ.

ނުނިމޭ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް