ދޮންތާ!! އާޝާ ކޮބާތަ؟ ދެދުވަސްވީ ފޯނު ނިއްވާލައިގެން އުޅޭތާ..،އަނެއްކާ އާޝާ ބަލީތަ؟ފޯނު ނިއްވާލީމަ އަހަރެން ހާސްވާނެ ވަރެއް ނޭނގޭތަ؟..، ނާއިކް އެއްފައްޗަކައް ބުނެލިއެވެ.
ނާއިކް..، އާޝާއަށް ހުރިހާ ކަމެއް އެނގިއްޖެ... ފަޒްލާ ދެލޯ މަރާ ބާރުކޮށްލަމުން ބުނެލިއެވެ.
ފަޒްލާ ކުއްލިއަކައް އެބުނެލި ވާހަކަ އަކުން ނާއިކްއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.
ކީއްވެ ދޮންތަ ބުނީ؟ އަހަރެން މިކައިވެނި ކުރަން މަޖުބޫރުވި ސަބަބު ދޮންތައަށް އެގެއެއްނު..، އަހަރެން މިކަން އާޝާއަށް އަދި އަންގާކަށް ބޭނުމެއްނޫނޭ..، އެއަށްވުރެ އަހަރެން ލޯބިވާ އަންހެން ކުއްޖެއްނުހުންނާނެ..،ނާއިކްއަޑުގައި ހުރި ހިތްދަތިކަން ފަޒްލާއަށް ނަގައިގަނެވުނެވ.
ދޮންތަ ބުނީއެއްނޫނޭ ކޮއްކޯ...، ހުރިހާ ކަމެއް ފެނުނީ އާޝާއަށޭ..، ދޮންތަ ހީކުރީ އާޝާ ކިޔަވާ ނިމިގެން ކުޑަ ދުވަސްކޮޅަކު މަޑުކުރާނެ ކަމަށް ..،އޭނަގެ ދޮންތަގެ ހަބަރެއް ނުވެގެން އެވާހަކަ ދެއްކީމަ އަހަރެމެންވެސް ހުރީ އޭނަ ތިކޮޅަށް ނުފޮނުވަން ..، އެއްދުވަހަކު އަރުކަންއާއި އެކު ބޭރަށްގޮސް އައިގޮތައް ދާން ވާހަކަދެއްކީ..، އެދުވަހު އެވާހަކަ ބުނަން ދޮންތަ ނާއިކްގެ ފޯނައް ވަރަށް ގުޅިން..، އެކަމަކު ދޮންތައަށް ކޮއްކޮއާ ދިމާވާގޮތެއް ނުވި..،
ދެން ބުނެބަލަ ދޮންތަ ކީއްކުރާނީ..، އަރުކަން އާޝާއާއި އެއްކޮށް ދާތީ އަރުކަން އަށްވެސް އެވާޙަކަ ކިޔައިދޭން ވަރަށް މަސައްކަތް ކުރިން އެކަމަކު ކޮންމެ ފަހަރަކުވެސް އާޝާ ކައިރީ ހުންނާތީ އެވާހަކަ އަރުކަން ކައިރީވެސް ނުދެއްކުނީ. އެންމެ ފަހުން ދޮންތައަށް އަރުކަންއާއި ގުޅުން އިރު އަރުކަން ހުރީ އާޝާއާއި އެކު ނާއިކްގެ ކައިވެނި ޕާޓީ ތެރޭ..، އަހަރެން އަރުކަންއަށް ހުރިހާ އެއްޗެއް ކިޔައިދީފަ އާޝާ ގޮވައިން އެތަނުން އަވަހައް ދާން ބުނީމަ އަރުކަން ދިޔައިރު އާޝާގެ ދެލޮލަށް ހުރިހާ ކަމެއް ފެނިއްޖެ...،ފަޒްލާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުން އިރު ނާއިކް ހުރިދިމާ ތިރިގައި އިށީދެވުނެވެ.
ދޮންތާ..، އާޝާ އަހަރެންނަށް މާފް ވެސް ނުކުރާނެ ދެން ..، އަހަރެން މިހާ ލޯބިވާއިރު އޭނަ ހީކުރާނީ އަހަރެން ގަސްތުގަ އޭނައަށް އޮޅުވާލީ ކަމަށް...، އަހަރެން މިހާރުން މިހާރައް އާޝާއާއި ބައްދަލު ކުރަން ބޭނުން..، އަހަރެންނައް އާޝާއާއި ބައްދަލު ވެވޭނެ ގޮތެއް ހަދައިދީ ދޮންތާ...، އޭނަ ރޯނެވަރުވެސް އަހަރެންނައް އިހުސާސް ކުރެވޭ އެބަ ..،ނާއިކް ހާސްވެފައި ވާހަކަ ދެއްކިއިރު ލޮލުން ކަރުނަ އާދެއެވެ.
ކޮއްކޯ އެނގޭ ކޮއްކޮ ހިތަށް މިވަގުތު ކުރާނެ އަސަރު ..، އެކަމަކު މިހާރު ތީ ނުވާ ކަމަކަށް ވެސް ނެހެދޭނެ..، ހިތްވަރުކުރޭ..، ފަޒްލާ ބުނެލިއެވެ.
އަހަރެންނައް އާޝާއާއި ގުޅޭނެ ނަންބަރެއްދި ދޮންތާ..، ނާއިކް އަވަސް އަރުވާލާފައި ބުނެލިއެވެ.
އާޝާގެ ފޯނު އޮތީ ނިވާލާފަ.، ފަޒްލާ އެހެން ބުނެ އަރުކަންއާއި ގުޅޭނެ ނަންބަރެއް ނާއިކްއަށް ދިނެވެ.
ވަގުތު ބޭކާރު ނުކޮށް ނާއިކް ފޯންކަޑާލުމައްފަހު އަރުކަންގެ ނަންބަރައް ގުޅާލިއެވެ. އަދި އަރުކަން ހުރި ތަނެއް ބެލުމައްފަހު ވަރަށް އަވަހައް އެތަނަށް އެބަ އަންނަން ކަމަށް ބުނެ ނާއިކް ފޮނު ކަނޑާލިއެވެ.
ސައިކަލައް އެރުމައްފަހު އަރުކަން ބުނި ގެސްޓް ހައުސްއާ ދިމާލައް ނާއިކް މިސްރާބުޖެހިއެވެ. ސައިކަލް ޕާރކް ކޮށްލުމައްފަހު އެތެރެއަށް ވަދެގެން ދިޔައިރު އެންމެ އެތެރެއަށް ވާގޮތައް ހުރި ދެ ކޮޓަރިން އަރުކަން ބުނި ނަންބަރު އިންކޮޓަރީ ދޮރުގައި ޖަހާލުމާއެކު އަރުކަން ދޮރު ހުޅުވާލިއެވެ.
ކޮބާ އާޝާ ..، ؟ ދޮރުހުޅުވާލުމާއެކު ނާއިކް ބުނެލިއެވެ.
ނޭނގެ...، އަރުކަން އެހެން ބުނެ އާޝާ ލިޔެފައި އޮތް ގަނޑު ކޮޅު ނަގާ ނާއިކްއަތަށް ލައިދިނެވެ.
ކަންތައް ހިނގާ ދިޔަ ގޮތުން އާޝާ ބޭނުމެއް ނުވޭ ދެވަނަ ފަހަރައް ދޮންބެ ފެންނަ ހިސާބެއްގަ އުޅޭކަން ..، އަހަރެން ވަރަށް މަސަތްކަތް ކުރިން އެކޮޅަށް ދާއިރު އާޝާ ގެންދަން ..، އެހެންވެ އޭނަ ތިގޮތަށް އެކަންތައް ކުރީ..، އަހަރެންވެސް މިހުރީ އެކަމާ ހަދާނެ ގޮތް ހުސްވެފަ..، އަރުކަން އެހެން ބުނެލިއިރު ނާއިކް ނޯޓްކޮޅު ކިޔާ ނިންމާލި އިރު ދެލޮލުން ކަރުނަ ހިލުނެވެ.
އާޝާ އަހަރެންނަށް މާފް ކުރޭ ...، އަހަރެންނަށް އާޝާ ނުލާ ނޫޅޭވޭނެ..، ތީ އަހަރެންގެ ހުރިހާވެސް މީހަކީ..، މީއަހަރެން ބޭނުންވެގެން ކުރި ކައިވެންޏެއް ނޫން...، ނާއިކް ހާސްކަމުގައި ދެއަތްތިލާ ތެރޭ މޫނު ފޮރުވާލަމުން ހިތްދަތި ގޮތަކަށް ބުނެލިއެވެ.
ދޮންބޭ ހިތްވަރު ކުރޭ...،އަރުކަން ބުނެލިއެވެ.
މިއަދު އަހރެންނައް ހިތްވަރު ކުރުންނޫން ކޮންގޮތެއް އޮތީ..،އަހަރެންނަކީ ކޮންކަހަލަ ފިރިހެންނެއް..، އަހަރެންނައް އާޝާގެ ހިތް ދުވަހަކުވެސް ހެވެއް ނުވާނެ..، އަހަރެންގެ އެވްލިންދެކެ ލޯބި ނުވާކަން އެނގި ހުރެ ބައްޕަ އަހަރެންނަށް މިހެން ހެދިއިރު އަހަރެން ހިތަށް އަސަރުކުރާނެ ވަރު ބައްޕަ އަށް ނޭގުނު..،
އަހަރެންނަކީ ދުވަހަކުވެސް މައިންބަފައިންގެ ކަމަކަށް ދެކޮޅު ހަދާ މީހެއްނޫން..، މިކައިވެނި ނުކުރުވުމަށް އަހަރެން ބައްޕަ ކައިރި އެވަރައް އެދުން އިރުވެސް ބައްޕައަށް އަހަރެންގެ އުފަލަށް ވިސްނާ ނުލެވުނު..، ކައިވެނި ކުރިމަ ލޯބިވާނެ ކިޔާ މައިންބަފައިން ދަރިންނަށް މިކަހަލަ އަނިޔާ ދޭއިރު ލޯބިވާ ދެހިތަށް އަސަރު ކުރާވަރު އިހުސާސްވެސް ނުވޭ..،ނާއިކް ބުނެލިއެވެ.
ދޮންބެ އަޅެ އެންމެ ފަހަރަކުވެސް އާޝާއަށް ހަގީގަތް ކިޔައިދިންނަމަ ..، އޭރަށް މިހެން ނުވީސް..، އަރުކަން ބުނެލިއެވެ.
އަހަރެން ކިހިނެއް މިވާހަކަ ބުނާނީ..، އަހަރެން ހިއެއް ނުކުރަން މިހެން ކަންތައް ވާނެ ކަމަކަށް ..، އަހަރެން ނިންމައިގެން ހުރީ ހުރިހާ ވާހަކައެއް އާޝާއަށް ފަހުން ކިޔައިދޭން..، އަހަރެން ބައްޕަ ބޭނުންވާ މީހާއާ އިނަސް އަހަރެންގެ މީހަކަށް އަބަދުވެސް ހަދާނީ އާޝާ..،
އަހަރެންނައް އެނގޭ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަން..، އެކަމަކު މިކައިވެންޏަކީ އަހަރެންގެ އުފަލަށް ކުރި ކައިވެންޏޭއް ނޫން..، މީހަމަ އެކަނި އަހަރެންގެ ބައްޕައަށް ކޮއްދިން ކަމެއް..، އެކަމަކު ބައްޕަ އަށް ޓަކާ އަހަރެން އަތްންބެއްގެ މަގާމު ދިނަސް އަހަރެންގެ ހިތުން އެހެން އަންހެނަކަށް ލޯއްބެއް ނުދެވޭނެ.
ފުން ނޭވާއެއްލަމުން ނާއިކް ބުނެލިއެވެ.
އަރުކަންއަށް ހީވަނީ ކޮންތާކައްހެން އާޝާ ދާނީ..، އަހަރެން ބޭނުން މިއަދުން މިއަދައް އާޝާއާ ބައްދަލު ކުރަން ..، ނާއިކް ބުނެލިއެވެ
އަހަރެންނަކައް ނޭނގެ ދިޔަ ތަނެއް ..، ބުނީ ރަށައް ބަދަލު ވާވާހަކަ..،އަހަރެން ބޭނުމެއްނޫން އަހަރެމެންގެ ރަހުމަތްތެރިކަމަށް ބަލާފަ އާޝާ ހޯދަން ދާކަށް ..، އާޝާ އަހަރެން ގާތުން އެދުނީ އެކަމަށް..، އެހެންވެ އަހަރެން މާދަން އަނބުރާ ދާން ޓިކެޓް ނަގައިފިން..، އަރުކަން ބުނެލިއެވެ.
އަހަރެންނަށް ބުނެދީ އާޝާގެ ރަށް ..، ޢޭރައް އަހަރެން އެކަނި އާޝާއާއި ބައްދަލް ކުރަން ދާނަން ..، ނާއިކް ބުނެލިއެވެ
**
އަތުގައި އޮތް ފޮށި ދަމަމުންގޮސް މަގުމަތީ ވަކި ހިސާބެއްގައި ތަމަން މަޑުކޮއްލީ ޓެކްސީއެއްލިބޭތޯއެވެ.
ގިނައިރުތަކެއްގައި މަޑު ކުރަން ނުޖެހި ފެހި ކުލައިގެ ބޯޑެއް އަޅުވައިގެން ކުރިމަތިން އަންނަ ޓެކްސިއަށް އަތް ނަގާލުމާއި އެކު ޓެކްސީ މަޑުކޮއްލުމުން ތަމަން ކާރަށް އަރާ އިށީނެވެ. ޑްރައިވަރު ތަމަންގެ ފޮށި ޑިކީއަށް ލައި ދިނުމައްފަހު އައިސް އިށީނެވެ.
ކޮންތާކައްތޯ ދާންވީ؟ ތަމަން އެއްވެސް އެއްޗެއް ނުބުނެ އިނުމުން ޑްރައިވަރު ބުނެލިއެވެ.
މަފުއްޓައް ފެރީތައް ފުރާތަނަށް..، ތަމަން ވިސްނަން އިނދެ ބުނެލިއެވެ. ހަގީގަތުގައި ފޮށި ހިފައިން އަވަހައް އެތަނުން ނިކުތަސް ފުރަން ދާންވީ ތަންވެސް ތަމަންއަކައް ނޭގެއެވެ.
ކޮން އިރަކަށް ފުރާ ފެރީއެއް..، ؟ ތަމަންގެ ބޮޑު ދެލޮލާ މޫނުމަތިން ފެންނަންހުރި ކުލަ ވަރަށް ޑްރައިވަރު ވަރައް އޯގާތެރިކަމާއެކު ބުނެލިއެވެ.
ނޭނގެ..، ފުރާ އެއްޗެއް އޮތްތޯ ބަލަން މިދަނީ..، ތަމަން ބުނެލިއެވެ.
ފޮށި ގޭގަ ބަހައްޓާފަ އަދި އައި ނަމަ މިއަދު ފުރާ އެއްޗެއް ނެތިއްޔާ އަނެއްކަ އަންނާކައްނު ޖެހޭނީ އެ ބޮޑު ފޮށި ހިފައިން..، ޑްރައިވަރު ލޯގަނޑުން ތަމަންގެ މޫނައް ބަލަން އިނދެ ބުނެލިއެވެ.
ތެދެކެވެ. މިއަދު ފުރާ އެއްޗެއް ނެތިއްޔާ އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ.؟
އެތާ ކައިރިން ކޮޓަރި ކުއްޔައް ދޭ ތަނެއް ބޭބެ އަށް އެނގޭތަ؟ ތަމަން ވިސްނަން އިނދެ ބުނެލިއެވެ.
އާން ..، އެތާ ކައިރީ ކުއްޔައް ދޭ ތަންތަން ހުންނާނެ..، އިހަށް ބަލަން ހިނގާ ދޯ މިއަދު ފެރީ އޮތްތޯ؟ ޑްރައިވަރު އެހެން ބުނެ މާފުށީ ރައްޓެއްސަކައް ގުޅައިގެން ފެރީން ޖާގައެއް ހަމަ ޖައްސައިދިނެވެ. އެކަމަކު ބައި ގަޑިއެއްހާ އިރު އެތާ އަދި މަޑުކޮއްލަން ޖެހޭނެ..، ޑުރައިވަރު އެހެން ބުނުމުން ތަމަން އެމީޙާއަށް ސުކުރުއަދާކުރިއެވެ.ހަގީގަތުގައިވެސް އެކަހަލަ މީހަކާ މިއަދު ދިމާވިކަންވެސް އެއީ އޭނަގެ ނަސީބެވެ.
ފުރަން ހަމަ ޖެހިފައިވާ ގަޑިއަށް ފެރީ މާލޭގެ އިން ނައްޓާލިއެވެ.
އުޑުމަތި ސާފް ރީތި ދުވަހެއްކަމުން ފެޜި ކަނޑުގެ ލޮނުގަނޑު ކަފަމުން ދިޔައިރު ހީވަނީ ނޫކުލައިގެ ދޫލައެއް ފަތުރާލާފައި އޮތް ހެންނެވެ. ފެރީއަށް އެރިގޮތަށް ތަމަން އަށް ވިސްނެން ފެށީ އޭނަ ދިއުމުން މަންމަ ކަންތައް ކުރާނެ ގޮތަކާ ދޭތެރޭގައެވެ.
އެންމެ ފަހުންވެސް މަންމަ އެބުރި ރަށަށް އައި ދުވަހު ބައްޕައާއި ދިމާލައް ކިއެއްޗެހި މިއަދުވެސް ތަމަން ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.
އެއްގަޑި އިރުގެ ދަތުރަކަށްފަހު ރަށާ ފެރީ ގާތް ވުމުން އަތުގައި އޮތް ފޯނުގައި އިން ސިމްނަގާ މޫދަށް އެއްލައިލިއެވެ..
ފެރީއައިސް ވާޓަރާ ގާތް ވުމާއި އެކު އެންމެން ތައް ފައިބަން ފެށިއެވެ.
އެންމެން ގަނޑު ތެރެއިން ތަމަންވެސް ފެރީން ފައިބާ މަޑުކޮއްލީ ފޮށި ބާލަދެންދެނެވެ.
މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން ތަމަން އެރަށަށް އައި އިރާ މިހާރާ ވަރައް ބޮޑު ބަދަލެއް ރަށައް ހުރީ އައިސްފައެވެ.
ފޮށި ބޭލުމުންވެސް ހިނގައިގަންނަން ވީ ކޮޅޭއް ނޭގި ތަމަން އަށް ހުރެވުނީއެވެ.
މިރަށު ކުއްޖެއްތަ ތީ؟ މުސްކުޅި ފުރާގެ އަންހެނެއް އައިސް ތަމަން ގާތު މަޑު ކޮށްލަމުން ބުނެލިއެވެ.
ތަމަން ވަކި އެއްޗެއް ނުބުނެ އެމީހާއަށް ހިނިތުން ވެލިއެވެ.
ކޮންގެއަކު ކުއްޖެއް؟ އަނެއްކާވެސް އެމީހާ ބުނެލިއެވެ.
ސީމާ ދަންނަންތޯ؟ ތަމަން އެހެންބުނެލީ މީހެއްގެ އެހީއާއި ނުލާ އޭނާއަށް އެގެ ނޭނގޭނެ ކަން އެގުމުންނެވެ.
މިމަގުން ތިންވަނައަށް އެހެރީ ސީމާ މަންޒިލް ..، އެއީ އެގެ..،ތީ އެގޭ ކުއްޖެއްތަ؟ ތަމަން ބޯޖަހާލުމައްފަހު ޝުކުރު އަދާކޮއްފައި ހިނގައިގަތީ އިތުރައް އެމީހާ ސުވާލެއް ކޮއްފާނެތީއެވެ.
އެމީހާ ދެއްކި ގޮތައް އެމަގުން ތިންވަނަ ގެއާ ހިސާބަށް ފޮށި ހިފައިގެން ތަމަންއަށް އާދެވުން އިރު ހުރީ ބަލިވެފައެވެ.
ގޭ ދޮރުމައްޗައް ހުއްޓި އެގެއަށް ތަމަން ބަލާލިއެވެ. އެންމެ ފެންވަރައް ހަދާފައިވާ ބޮޑު ގޯއްޗެކެވެ.
ގޭތެރެއަށް ވަންނަން ނުކެރި ދެފިކުރެއްގައި ތަމަން ހުރެވުނީއެވެ.
މަންމައަށް ޓަކާ ހިތުގައި ފޫހިކަން ވިޔަސް މިއަދު ތަމަންގެ އެއްވެސް މީހެއް ނެތެވެ. މާލެއަކީ އެކަނި އަންހެން ކުއްޖެއް އުޅޭން ރައްކާތެރި ތަނެއްނޫނެވެ. އެބުރި ރަށައް ދާން ވިސްނާފައިވެސް ތަމަން މާފުއްޓަށް އައީ ރަށައް ގޮއްސިއްޔާ ނާއިކު އޭނަ ހޯދަން މަސަތްކަތް ކުރާނެކަން އެނގޭތީ އިތުރަށް އޭނައަށް ފެންނަން ބޭނުން ނުވާތީއެވެ.
ހިތްވަރު ކޮއްފައި ތަމަން ގޭ ދޮރުމައްޗައް އަރާލުމައްފަހު ސަލާން ގޮވާލިއެވެ.
ބޮލުމެދަށް ހުޅިއެއް ޖަހާލާފައި ސަލާން ބަލައިގަންނަމުން ނިކުތް މެދު އުމުރުގެ އަންހެން މީހާ ފެނުމުން ތަމަންގެ ލޮލު ތެރެއަށް ކަރުނަ ގިނަވާން ފެށިއެވެ.
ގަޔަށް ދޫ ހައުސްކޯޓެއް ލައިފައި ހުރި އިރު މޫނުމަތިން ހީވަނީ ތާރާގެ ސިފަ ފެންނަހެންނެވެ. ސިފައާއި އެއްގޮތަށް ބޮލުގައިވެސް އެއޮތީ ހަމަ އެގޮތައް ބުޅި އިސްތަށިގަނޑެކެވެ.
ސީމާ ދޮރުމައްޗަށް ނިކުތް އިރު ބޮޑު ފޮއްޓެއް ހިފައިގެން ހުރި ތަމަން ފެނުމުން ހުރިފިޔަވަޅު މައްޗައް ހުއްޓުން އެރިއެވެ.
ޅައިރު އޭނަގެ ސިފަ ލިބިފައި ހުރި ދަރިފުޅު ފެނުމުން ސީމާގެ ހިތަށް ވީގޮތްވެސް ނޭގުނެވެ. ލޯބިން އެދަރިފުލު ގެނެސް ގައިގައި ބޮޑިކޮއްލަން އެވަގުތު ސީމާގެ ހިތް ބުންޏެވެ.
ނަމަވެސް މިއޮތްހާދުވަހު އެއްވެސް ހަބަރެއް ނުވެ ހުރެފައި މިއަދު ކުއްލިއަކަށް އޭނަގާތައް ތަމަންއައުމުން ސީމާގެ ހިތަށް ނުބައި ވަސްވާހެއް ވަނެވެ.
ކީއްކުރާ ކުއްޖެއް؟ ހަރުކަށި ގޮތަކައް ސީމާ ބުނެލިއެވެ.
މަންމާ....، އަހަރެން މިއައީ ކުޑަ ދުވަސްކޮޅަކު އަހަރެން މަންމަ ކައިރީ ބަހައްޓާލަދޭތޯ ..، އަހަރެންގެ އެއްވެސް މީހެއް ނެތް..، ދޮންތަވެސް އަހަރެން ދޫކޮއްލައިފި..، ބައްޕަވެސް އަހަރެމެން ދޫކޮއްލާފަ ހިނގައްޖެ މަންމާ..، ތަމަން އެހެން ބުނި އިރު ލޮލުން ކަރުނަ އާދެއެވެ.
މިގޭގަ ނެތް ތަނެއް.، ކަލޭ ބައްޕަ ދުލު ވިހައިން މަގޭ ދިރުއުޅުން ދުވަހަކު ކުރިއަރާ ގޮތެއްނުވޭ،..، އަހަރެންނައް އެނގޭ އަހަރެން މުއްސަންޖަކާ އިންކަން އެނގިގެން ކަލޭ ބައްޕަ ފޮނުވައިގެން ކަން ތިއައީ..،
ކުރިން ކުރި ދެ ކައިވެނި ރޫޅުމައްފަހު ގިނަދުވަސްތަކެއްގައި އެކަނި ވަރަށް ހާލުގައި އުޅުމައްފަހު މީހަކާ އިނދެ ދެމަސްވާން ކައިރިވީތަނާ ތަމަންއައުމުން ވީ ފޫހިން ސީމާ ހިތްހަމަ ނުޖެހި ބުނެލިއެވެ.
އަހަރެން ކިތަންމެ ހާލެއްގަ އުޅުނަސް ކަލޭމެން ފައި ބުޑަކަށް ނުދާނަން ..،އެހެންވީމަ ކަލޭމެންވެސް މިއޮށް ހުރިހާ ދުވަހު އަހަރެންނާ ނުލާ އުޅުން ގޮތަށް އުޅޭ..، ސީމާ އަނެއްފަރާތައް އެނބުރިލަމުން ބުނެލިއެވެ.
ސީމާއަކީ އެންމެ ކުރިންވެސް މީހަކަށް ހަމްދަރުދީއެއް އެހިތުގައި ހުންނަ މީހެއް ނޫނެވެ. ސީމާގެ މަންމައާއި ބައްޕަވެސް ދުނިޔެ ދޫކޮއް ދިޔައީވެސް ސީމާގެ ފަރާތުން އެއްވެސް އަޅާލުމެއްނެތިއެވެ.
އަބދުވެސް މުއްސަދިކަމައް ލޯބިކުރާ ސީމާ ނިޔާޒްއާ އިނީވެސް އޭރު ނިޔާޒްގެ މުއްސަދިކަން ފެނިއެވެ.
ފަހުން ނިޔާޒްގެ ބަލި ހާލަތު ރަގަޅު ނުވާނެކަން އެނގުމުން ސީމާ އެބުރި ރަށަށް އައީ ފަގީރު ދިރިއުޅުން ދެކެ އޭނަ އެންމެ ކުރިން ސުރެވެސް ފޫހިވާތީއެވެ،
މަންމާ އަހަރެން މިއައީ މަންމަ އަތުން އެއްވެސް ލާރިއެއް ހޯދާކަންނޫން ..، އަހަރެން މަންމަ ބުނާ ވަރަކައް ލާރި ވެސް ދީފާނަން ..، އަހަރެން ހަމަ އެކަނި މަންމަގެ ހިޔާވަހިކަމުގަ ބަހައްޓާލަދީ ..، އާދޭސްކޮށްފަ މިބުނީ..، އަހަރެން ދާނެ އެއްވެސް ތަނެއް ހުރި ނަމަ އަހަރެން މަންމަ ކައިރިއަކައް ނާންނާނަން..، ތަމަން ސީމާގެ ފައި ބުޑަށް ވެއްޓި ދެފައިގައި ހިފާ އާދޭސް ކުރަމުން ރޮމުން ބުނެލިއެވެ. .
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް