ހިނގާ ތަމީއަށް ގުޅަން..،ބޭބީގެ ވާހަކަ ތަމީ ގާތު ތާރާ ނުވެސް ބުނަމެއްނު ..، އޭނައަށް ނޭނގެ ބޭބީ ދެކޭ ހިތުން ދެން އެތާ ހުރެވޭނެ ކަމެއްވެސް..، މާކިން ހިނިއައިސް ބުނެލިއެވެ.
ތަމީ؟ އެވެސް މިގޭ މީހެއްތަ؟ އަހަރެންނަށް ނޭނގޭ ހާދަ މީހުން މިގޭގަ އެބައުޅޭ..،ތާރާ އެހެން ބުނެލުމުން މާކިން ތާރާއަށް ބަލާލިއެވެ.
ދެވަނަ ފަހަރަށް ތާރާ އެކަހަލަ ވާހަކައެއް ބުނުމުން މާކިން ހައިރާންވެފައި ބަލާލިއެވެ.
ބޭބީ އަކަށް ނޭނގޭތަ ތަމަން އެއް؟ މާކިން ހިތަށް ކުއްލިއަކައް އެރި އެއްޗަކުން ފުންމައިގެން އެދުން ތެދުވެ އިށީންނަމުން ތާރާގެ ލޮލައް ބަލަން އިނދެ މާކިން ބުނެލިއެވެ.
އާން ނޭނގެ؟ މިގޭ މީހެއްތަ؟ ތާރާ ލޯ ކުޑަކޮއްގެން އިދެ އެހެން ބުނެލުމުން މާކިންގެ ބޮލުގަ ރިއްސާލިއެވެ.
އެއީ އެއީ އެބަ އަންނަން އިނގޭ..،. މާކިން އަވަހަށް ވާހަކަ އޮޅުވާލީ ހިތުގައި ބިރުވެރިކަމެއް އުފެދުމުންނެވެ. އެ އަނިޔާއަށް ފަހު ތާރާއަށް ގެއްލުމެއް ވެއްޖޭ މާކިންގެ ހިތް ބުނުމުން އަވަހަށް އެނދުން ތެދުވެގެން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ.
ކޮންތާކަށް؟ ތާރާ އެއްއަރިއަކަށް އޮވެ މާކިންއާ ދިމާލައް ބަލަން އޮވެ ބުނެލިއެވެ.
މަންމަ އެއްޗެއް ގަނެދޭށޭ ބުނެ ފަ އޮތް ހަދާންވެގެން މިދަނީ..،ފިހާރަތައް ބަނދު ކުރާ ގަޑިވެސް ވަރަށް ކައިރި ވެއްޖެއްނު..، މާކިން ތާރާއަށް އޭނަ ޑޮކްޓަރާ ބައްދަލު ކުރަން ދާ ވާހަކަ ފޮރުވަމުން ބުނެލިއެވެ.
ކޮންމެ ގޮތެއް ވިޔަސް މިރޭ ޑޮކްޓަރާ ބައްދަލް ކުރަން މާކިން ބޭނުމެވެ.
މިހާރުވެސް ވަރަށް ބޮލުގަ ރިއްސާތަ؟ މާކިން އެހެން ބުނެލުމުން ތާރާ ދެފަރާތައް ބޯހޫރާލިއެވެ.
އެގަޑީ ރަނާ އެއީ މިގޭ މީހެކޭ ބުނީމަ އަހަރެން އޭނަ ހަނދާން ވޭތޯ އުޅުނީމަ ރިހެން ފެށީ..، އެކަމަކު މިހާރި ބޭސް ކޭމަ ރަގަޅުވޭ އެބަ..،، ތާރާ ބުނެލިއެވެ.
ނިދޭތޯ ބަލާލާ އިނގޭ އަހަރެން ވަރަށް އަވަހައް އެބަ އަންނަން..، މާކިން އެހެން ބުނެ ތާރާގެ ނިތަށް ބޮސް ދިނުމަށްފަހު ކޮޓަރިން ނިކުތެވެ.
މަންމާ ..، އަހަރެން ނާންނަނީސް ބޭބީ ކޮޓަރިއަށް ނުގެންދާތި އިނގޭ..، އަހަރެންނައް ހީވަނީ ތާރާއަށް ކޮންމެސް ކަމެއް ވާހެން ...، އަހަރެން މިދަނީ ޑޮކްޓަރާ ބައްދަލް ކޮއްލަން..،މާކިން ވަރަށް ހާއްސްވެފަ ހުރެ ބުނެލިއެވެ.
ތިބުނީ ކޮންކަހަލަ ކަމެއް ދަރިފުޅާ..، މުނާ މާކިންގެ މޫނުގެ ހާސްކަން ފެނި ބުނެލިއެވެ.
އަހަރެން އައިސް މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން ..މާކިން އެހެން ބުނެ ހިނގައިގަތެވެ.
ރޭގަނޑު ޑޮކްޓަރު ބެލުމަށް ހަމަޖެހިފައިވާ ކުލިނިކް ކައިރިއަށް އާދެވުމުން މާކިން އެތާ ދޮރުމަތީ މަޑުކޮށްލިއެވެ.
ހުރިހާ ޕޭޝަންޓުން ދައްކާ ނިމުމުން ޑޮކްޓަރ މީރާޒް ކުލިނިކުން ނިކުމެ މާކިންއާއި އެކު އެތާ އެންމެ ކައިރީ ހުރި ރެސްޓޯރެންޓާ ދިމާއަށް މިސްރާބު ޖެހިއެވެ
ކިހިނެއްވީ؟ ވަރަށް ހާސްވެފަ ހުރިހެން ހީވަނީ އެގަޑީ ގުޅިއިރު...،ޑޮކްޓާރ މީރާޒް އެހެން ބުނުމުން މާކިން މިއަދުގެ ހާދިސާއާއި މިރޭ ކަންތައް ވީގޮތް ކިޔައިދިނެވެ.
އެއްވެސް މައްސަލަ އެއް އުޅޭނީތޯ؟ އެއީ ތާރާގެ ފުރާނައަށް ވުރެ ލޯބިވާ ކޮއްކޮ ؟ އޭނަ މަޖަލަކައް ތަމަން ނޭގޭ ކަމަކަށް ނަހަދާނެ..، އެކަމަކު އެއްގޮތަކައްވެސް އެއީ ކާކު ކަމެއް ނޭނގުން ..، މާކިން ހާސްވެފަ އިންވަރުން ތުބުޅީގައި އަތް ހާކާލަމުން ބުނެލިއެވެ.
ވަރަށް ބޮޑައް ބޮލުގެ އެނާރަށް ގެއްލުން ވެފަ ހުރީ..، އާންމުކޮއް މިކަހަލަ ކޭސްގަ ދިމާވާ ގޮތަކީ އެގަޑީ ހުރިހާ ކަމެއް ހަދާނުން ފިލާގޮތް ވާނެ..، އެކަމަކު ދުވަސް ވާވަރަކަށް އަލުން ހަދާންތައް އަންނަންފަށާނެ ..،
ތީ މިކޭސްގަ ހަންޑްރެޑަކުން ފައިވް ޕަސެންޓް މީހުންނައް ދިމާވާ ކަމެއް ..، މީގަ ވާނެ ގޮތަކީ ކައިރީ އުޅޭ މީހުން އެނގޭނެ ...،މިހާރުވެސް ނާވްއަށް ލިބިފަ އިން ގެއްލުމުގެ ސަބަބުން ކައިރީ ނެތް މީހުން މަތިން ހަދާން ނުވަނީ...، އަވަހައް ފަރުވާ ކުރެވިއްޖެ ނަމަ މީތި ރަގަޅު ކުރެވޭނެ ކަމެއްމީ..، ދެން މީގަ ވިސްނަންވީ ކަމަކީ ހަދާން ނުވާ މީހެއް ހަދާން ކޮއްދޭން އެއްވެސް ވަރަކައް މަސަތްކަތް ނުކުރާތި..، އޭރަށް ވާނެ ގޮތަކީ ޕޭޝަންޓް ވަރަށް ބޮޑަށް ސިކުޑިއަށް ޕްރެޝާރ ކުރާނެ އެމީހަކު ހަދާންކުރަން..، އޭރަށް ބޮލުގަ ރިހެން ފަށާނީ،،. އެރިހުން ގަދަވެގެން އަނބުރައިގަންނަ ގޮތްވެސް ވާނެ..، ބައެއްފަހަރު ޗެސްޓް ޕެއިންވެސް ވާނެ ..، އެބަހުރި ހާޓް އެޓޭކް ޖެހިފަވެސް ހަމަ..، އެހެން ވީމަ ވަރަށްވިސްނައިގެން މިދުވަސްކޮޅު އޭނަ ގެން ގުޅެން ވާނީ..، ދެން އިތުރައް އެނާރު ޑެމޭޖް ވިޔަ ނުދިނުމަށް އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނީ ..، އެއޮޕަރޭޝަން މިކޮޅުން ކުރެވޭކަށް ނުހުންނާނެ..، ވީހާވެސް އަވަހަކައް މިކަމަށް ފަރުވާ ހޯދިއްޖެ ނަމަ މިހާރު ހަދާނުގަ ނެތްކަންކަން ހަދާން ވާންފަށާނެ..، އެކަމަކު އެއަށް ނަގާނީ ކިހާ ދުވަހެއް ކަމެއް ނޭގެ...، ޑޮކްޓަރުގެ ވާހަކަ ތަކުން މާކިންގެ ހާސްކަން އިތުރުވެގެން ދިޔައެވެ.
ތީ ނާއިކްގެ ގާތް ރަހުމަތް ތެރިއަކަށް ވީމަ އަހަރެން އަމިއްލަ ގޮތުން މާކިން ކައިރީ ވާހަކައެއް ބުނެފާނަން ..، އަހަރެންނައް އެނގޭ މާކިން ތާރާއާ ދޭތެރޭ ވިސްނާވަރު..،ތާރާއަށް ގެއްލުމެއް ލިބެން ނޭދޭނެކަން ..، އަހަރެންނައް ފެންނަނީ ދިރިއުޅުން ދުވަސްކޮޅަކަށް ބަދަލު ކޮއްލަން..، މިކޮޅުން ތިކަމަށް ފަރުވާއެއް ނުކުރެވޭނެ ތިކަމަކީ ވަރަށް ފަރުވާ ކުރެވިގެން ނޫނީ އަވަހަށް ރަނގަޅު ކުރެވޭނެކަމެއް ނޫން...، ނާއިކްއާއި އެކު އެގެއަށް ގޮސް ގާތް ގުޅުމެއް އުފެދިފައި ވުމުން ޑޮކްޓާރ މީރާޒް ބުނެލިއެވެ.
ޑޮކްޓަރ މީރާޒް އަކީ ނާއިކްގެ މަންމަ ނާސިޔާގެ ކޮއްކޮއެވެ.
ކުޑަ ގެއްލުމެއްވެސް ތާރާއަށް ވާން މާކިންގެ ހިތަށް ކުޅަދާނެއެއްނޫނެވެ. . އަހަރެން ހަމަ މާދަމައިން ފެށިގެން ތިކަމާ އުޅޭނަން ..، މާކިން ބުނެލިއެވެ.
ހިނގާ ދަމާ...، އިތުރު ކަމެއް ބޭނުންވިޔަސް އަހަރެންނަށް ގުޅާތި އިނގޭ..، މީރާޒް ގަޑި ބަލައިލަމުން ގޮނޑިން ތެދުވަމުން ބުނެލިއެވެ.
ގެއަށް އާދެވުމާއެކު މާކިން ހުރިހާ ވާހަކައެއް މުނާއާއި ވަސީމްއަށް ކިޔައިދިނެވެ. މާކިން ބޭނުންވި ގޮތަށް މުނާއާއި ވަސީމްގެ ފަރާތުން އެއްބާރުލުން ލިބުނެވެ.
އެކަމަކު މަންމާ އަހަރެން މިވިސްނަނީ ތަމަންއާއި ދޭތެރޭ...، ތަމަންއަށް މިކަން އެނގިއްޖާ ކިޔެވުން ދޫކޮއްލާފަ އަންނާނެ..، އޭނައަށް ކޮންމެ ގޮތެއްވެސް ވެދާނެ ތާރާއަށް ކަމެއް ވީކަން އެނގިއްޖެއްޔާ..، އެހެންވެ އަހަރެން މިވިސްނަނީ..، މާކިން ބުނެލިއެވެ.
މަންމަ އަށް ފެންނަނީ އިހަށް މިކަން ތަމަންއަށް ސިއްރު ކުރަން ..، މުނާ ބުނެލިއެވެ.
އޭރަށް ތާރާގެ ހަބަރެއް ނުވެގެން އޭނަ އުޅޭނެ ގޮތްވެސް އަހަރެންނަށް އެނގޭ މަންމާ..، އަހަރެން ތަމަންއާ ދޭތެރޭވެސް ވިސްނަން ޖެހޭ..، އަނެއް ކޮޅުން އަހަރެން ބޭނުމެއް ނޫން ތާރާއަށް އެއްވެސް ގެއްލުމެއް ލިބޭކަށް ..، އަހަރެމެންގެ ހަބަރެއް ތަމަން އަށް ނުވިޔަސް އަހަރެން ތާރާ ބޭނުންވި ގޮތަށް ކޮންމެ މަހަކުވެސް ތަމަންއަށް ލާރި ފޮނުވާނަން ..، ތަމަން ކިޔަވާ ނިމި މިކޮޅަށް އަންނަން ވާއިރައް އިރާދަ ކުރެއްވިއްޔާ ތާރާ ރަގަޅު ވެގެން މިކޮޅަށް އާދެވޭނެ..،އޭރަށް ހުރިހާ ކަމެއްވެސް ހަމަޖެހޭނެ.. އަހަރެންނަށް އެނގޭ ތާރާގެ ހާލު ތަމަންކައިރީ ބުންޏަސް އޭނަ ތާރާއާ ވާހަކަ ނުދައްކާ ނުހުރެވޭނެކަންވެސް ..، އޭރަށް ތާރާ ވިސްނަން ފަށާނެ ތަމަންއާ ދޭތެރޭ..، އަހަރެން ބޭނުމެއްނޫން ތާރާއަށް އެއްވެސް ކަމެއް ވާކަށް..، އަހަރެންނަށް އެނގޭ އަހަރެން މިހެން ކަންތައް ކުރީމަ ތާރާ ރަގަޅުވެގެން އަހަރެންދެކެ ރުޅިއަންނާނެ ކަންވެސް ..، އެކަމަކު އަހަރެން ބިރުގަނޭ ތާރާއަށް ކަމެއް ވެދާނެތީ..، މާކިން ބޮލު އިސްތަށި ގަނޑުގެ ތެރެއަށް އަތް ލައްވާލަމުން ބުނެލިއެވެ.
ހަގީގަތުގައިވެސް މާކިންއަށް ހަދާނެ ގޮތް ހުސްވެއްޖެ ކަހަލައެވެ. އެއްކޮޅުން ތަމަން އެވެ. އަނެއްކޮޅުން އޭނަގެ އެންމެ ލޯބިވާ ދުވަހަކުވެސް ދެރަގޮތެއް ވުމައް ނޭދޭ އަނބިމީހާއެވެ.
ވިސްނުމަށްފަހު މާކިން ތަމަންއަށް ގުޅާލީ އެމީހުން ފުރުމުގެ ކުރިން އެންމެ ފަހު ފަހަރަށެވެ. ނިދާފައި އޮތް ތާރާއާއި ކައިރީ އޮތް ކުޑަ ދަރިފުޅު މާކިން ތަމަންއަށް ދައްކާލިއެވެ.
އެވަގުތުވެސް ތަމަންގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން މާކިންއަށް ފެނުނެވެ. އެދުވަހު މާކިން ފޯނުބޭއްވީ ބަސްއަހައިގެން އުޅުމައް ނަސޭހަތްތެރި ވެފައެވެ. އަދި އެއްވެސް ކަމަކަށް ދަތިނުވާނެ ވަރަށް ތަމަންގެ އެކައުންޓައް ކޮންމެ މަހަކުވެސް ރުފިޔާ ފޮނުވާނެކަމަށް ބުނެފައެވެ. އެހެންޏާ މާކިން ވާހަކަ ދެއްކުމުގައި ނުހުންނަ ސީރިއަސްކަން އެރޭ ތަމަންއަށް ފާހަގަ ވެސް ކުރެވުނެވެ. ނަމަވެސް އެއީ އެހާ ބޮޑުކަމަކަށް ނަހަދާ ތަމަން ހަމަޖައްސާލީ ގޭތެރޭގެ މައްސަލައަކަށް ވެދާނެ ކަމަށް ވިސްނާފައެވެ.
ކުޑަ ކުޑަ ރިމީ އުފަންވިތާ ހަފްތާއެއް ވީ ދުވަހުމާކިންގެ އާއިލާ ގެ ކުއްޔަށް ދިނުމައްފަހު މެލޭޝިޔާއަށް ދިރިއުޅުން ބަދަލް ކުރިއެވެ.
އެދުވަހުންފެށިގެން ތާރާގެ ބޮލަށް ލިބިފައިވާ ގެއްލުމަށް މިއަދާ ހިސާބަށްވެސް ޑޮކްޓަރުގެ އިރުޝާދުގެ މަތިން ދަނީ ފަރުވާ ކުރެވެމުންނެވެ. ހަތަރު އަހަރު ފާއިތު ވިއިރު ތާރާގެ ބޮލަށް ލިބިފައިވާ ގެއްލުން ދުވަހުން ދުވަހަށްދަނީ ރަގަޅުވަމުންނެވެ. ޑޮކްޓަރު ބުނާގޮތުންނަމަ ރަގަޅުވަމުންދާ ވަރަކައް އެހަދާންތައް އެބުރި އަންނާނެއެވެ.
މާކިން އިންތިޒާރު އެކުރަނީ ކެއްތެރިކަމެއް ނެތި އެދުވަހަކަށެވެ.
ނިދިފައި އޮތް ތާރާ ގެ އަތް މާކިންގެ މޭމަތީ ޖެހުމާއެކު ސިހިފައި މާކިންއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ތާރާގެ އަތުގައި ހިފާލުމަށްފަހު ލޯބިން މާކިން ނިތަށް ބޮސްދިނެވެ.
**
ހެނދުނު ހޭލެވުމާއެކު އަރުކަން ކޮޓަރިން ނިކުތެވެ.
ރޭގައި ފަޒްލާއާއި ވާހަކަ ދެއްކުމަށްފަހު ފަޒްލާ ބޭނުންވި ގޮތަށް އަރުކަން ތަމަންއަށާ ދެމީހުންނައް ޓިކެޓް ނަގަން ދިއުމުގެ ކުރިން ތަމަންގެ ކޮޓަރީ ދޮރުގައި ޖަހާލީ ދިއުމުގެ ކުރިން ދެމީހުން އެކުގައި ސައިބޯން ދިއުމަށެވެ.
ދެތިން ފަހަރު ޖަހާލުމުންވެސް ތަމަންގެ ހަބަރެއް ނުވުމުން އަރުކަން ތަޅުގައި ހިފާ އަނބުރާލިއެވެ.
ތަޅުނުލާ ހުރުމުން އަރުކަންއަށް ހައިރާން ކަމެއް ލިބުނެވެ.
ކޮޓަރިތެރެއަށް ވަދެ ބަލާލުމުން އެތާ އެއްވެސް މީހެއް އުޅޭކަމުގެ އެއްވެސް ނިސާނެއް ފެންނާކަށް ނެތެވެ. ފާހާނަ ތެރެ ބަލާލުމައްފަހު އަވަހަށް ނިކުންނަން ހިނގައިގަތް އަރުކަންގެ ލޮލުގައި އަޅައިގަތީ ޑުރެސިންގްޓޭބަލް މަތީ ބާއްވާފައިއޮތް ގަނޑުކޮޅެއެވެ.
އަވަސް އަވަހަށް އޭތި ކޮޅު ނަގާ އަރުކަން ކިޔަން ފެށިއެވެ.
"އަހަރެންނައް އެނގޭ އަހަރެން މިހެން ކަންތައް ކުރީމަ އަރުކަން ހިތްހަމަ ނުޖެހޭނެކަންވެސް..، އަހަރެން މިހެން ކަންތައް މިކުރީ އަރުކަން އަހަރެން ދިޔަ ނުދޭނަކަން އެނގޭތީ..، އަހަރެން ބޭނުމެއްނޫން އެނބުރި ނާއިކް ފެންނަ ހިސާބަށް ދާކައް..، އަހަރެން މިހާޜު ބޭނުންވަނީ މި އެކަނިވެރިކަންމަތީ އުޅެން ..، މިއަދު އަހަރެންނަށް ރަނގަޅީ އަރުކަންވެސް އަހަރެން ހޯދަން މަސައްކަތް ނުކުރިއްޔާ..، އަހަރެން ދުވަހަކުވެސް އަރުކަން މަތިން ހަދާން ނައްތާ ނުލާނަން ..، އަހަރެން އަބަދުވެސް ދެކޭނީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް...، އަހަރެންނަށް މާފް ކުރާނެކަމަށް އުއްމީދުކުރަން..، .،
ނޯޓްކޮޅު ކިޔާ ނިމުންއިރު އަރުކަން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަވަހަށް ކޮޓަރިން ނިކުމެގެން ގޮސް ފޯނުނަގާ ފަޒްލާގެ ނަންބަރަށް ގުޅާލިއެވެ.
އަދި ވެގެން އުޅޭ ގޮތް އަރުކަން ފަޒްލާއަށް ކިޔައިދިނެވެ.
އަރުކަންގެ ކޯލަށްފަހު ފަޒްލާވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަތުގައި އޮތް ފޯނު ރިންގްވާންފެށުމުން ނަގާ ބަލާލިއިރު ނާއިކް ފަޒްލާއަށް ގުޅަނީއެވެ.
ދޮންތާ!! އާޝާ ކޮބާތަ؟ ދެދުވަސްވީ ފޯނު ނިއްވާލައިގެން އުޅޭތާ..،އަނެއްކާ އާޝާ ބަލީތަ؟ފޯނު ނިއްވާލީމަ އަހަރެން ހާސްވާނެ ވަރެއް ނޭގޭތަ؟..، ނާއިކް އެއްފައްޗަކައް ބުނެލިއެވެ.
ނާއިކް..، އާޝާއަށް ހުރިހާ ކަމެއް އެނގިއްޖެ...
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް