އެއްޗެހި ބަދަލު ކޮއްލުމައްފަހު އެނދުގައި ހަމަޖެހިލުމަށްފަހު ފޯނު ނަގާ ވަޒީފާ ހުންނަ ސައިޓްތަކަށް ފަހަރަކު ތަނަކަށް ތަމަން ވަންނަމުން ދިޔައެވެ.
ގަޑިއެއްހާއިރު ފޯނުހިފައިގެން ކުރިމަސައްކަތުންވެސް ތަމަން ކުރިއެރުމެއް ނުލިބުނެވެ.
އެންމެ ފަހުން މާޔޫސްވާގޮތްވުމުން ފޯނު އެނދުމަތީ އެއްފަރާތެއްގައި ބޭއްވުމައްފަހު އޮށޯވެލިއެވެ.
އޭނައަށް އެހީއެއްވެދޭނީވެސް ވަކި ކާކު ހެއްޔެވެ..، މި ބޮޑު މާލެއިން މީހެއްގެ އެހީ އަކާއި ނުލާ ވަޒީފާ ހޯދާނީވެސް ކިހިނެއްހެއްޔެވެ.
މާ ބޮޑަށް ވިސްނެން ފެށުމުން ތަމަން އުއްޑުން އެނބުރިލަމުން ބޮލުތެރެއަށް އަތް ކޮއްޕާލިއެވެ.
ނާއިކްގާތު ބުނެގެން ވަޒީފާއެއްލިބިދާނެއެވެ. އެކަމަކު އޭރަށް ނާއިކްއަށް އަހަރެންނަކީ ކާކުކަން އެނގިދާނެއެވެ.
އެގޮތަށް އެކަން ވާކަން އަހަރެން ބޭނުމެއްނުވެއެވެ .
" މާލްވީ ވަހީދް..،ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮތް ތަމަންއަށް ކުއްލިއަކައް އެނަން ހިތަށް އައުމުން ފުންމައިގެން ތެދުވަމުން ތަންކޮޅެއް ބާރައް އެނަން ކިޔާލެވެނެވެ،
ޔެސް ...، މާލްއަކީ ޑޮކްޓަރެއް...، މާލް އަހަރެންނައް ހެލްޕް ވެދާނެ..، އެކަމަކު އަހަރެން ކިހިނެއްތަ މާލްގެ ނަންބަރު ހޯދާނީވެސް ..، އަހަރެން އަރުކަން އަށް ގުޅާނީ..، އެނޫން ގޮތެއް ދެން ނެތް ...،
ތަމަން ހިތާ ހިތުން ކިޔާލިއެވެ.
މާލްވީ އަކީ އަރުކަންގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އެއްދުވަހު ތައާރަފްކޮށްދިން ރައްޓެއްސެކެވެ.
އެއީ އަރުކަންއާއި ތަމަންގެ ރަހުމަތްތެރިކަން ފެށުނުތަނާ ކުރީކޮޅެވެ. އޭރު މާލްވީ ހުރީ ކިޔެވުންނިމި މާލެ އަންނަން ކައިރިވެފައެވެ.
މާލްވިއަކީ ހިތްހެޔޮ އެންމެންނާވެސް ގުޅޭ ކަހަލަ މިޒާޖެއްގެ ކުއްޖެއްކަމުން ތަމަންއާއި ދެމީހުންދޭތެރޭގައިވެސް ރަހުމަތްތެރިކަން އުފެދެން ނެގީ ކުޑަ ވަގުތުކޮޅެކެވެ.
ތަމަން ފޯނުން އަރުކަންގެ ނަންބަރު ހޯދާލުމައްފަހު އެނަންބަރަށް ގުޅަމުން ފޯނު ކަންފަތުގައި ޖަހާލިއެވެ.
ހަލޯ...، އަރުކަންގެ އަޑު ކަންފަތުގައި ޖެހުމުން އިރުކޮޅަކު އަނގައިން ބުނަންނުކެރި ހުރުމަށްފަހު މަޑު މަޑުން ތަމަންއަށް ހަލޯއޭ ބުނެވުނެވެ.
އާޝާ...، ތަމަންގެ އަޑު ޖެހުމާއިއެކު އަރުކަން އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ،
ސޮރީ..، އަރުކަން އިތުރު އެއްޗެއް ބުނުމުގެ ކުރިން ތަމަން ބުނެލިއެވެ.
އަހަރެން ހާދަ ދުވަހަކު އިންތިޒާރު ކޮށްފީމޭ އާޝާ ގުޅާތޯ..، ޕްލީޒް ދެން ދުވަހަކުވެސް އަހަރެންނާ ދުރަށް ތިގޮތައް ނުދައްޗޭ..، އާޝާ ހީކުރީ އަހަރެން އާޝާގެ ވާޙަކަ ދޮންބެ ގާތު ބުނާނެކަމައްތަ..، ؟ އަހަރެންނަށް އެހެން މީހަކައް ވުރެ އާޝާ މުހިންމު ..، އަހަރެމެންގެ ރަހުމަތްތެރިކަން އަހަރެންނަށް މާމުހިންމު..، އަރުކަން އެއްފައްޗަކައް ބުނެލިއެވެ.
އެނގޭ އަރުކަން އަހަރެންނަށް ކޮންމެ ހާލެއްގައިވެސް ހެލްޕްވީސްކަން ..، އެކަމަކު އެވަގުތު އަހަރެންނައް ކަންތައް ދިމާވިގޮތުން އެއްވެސްމީހެއްގެ ހެލްޕް އަހަރެން ބޭނުންނުވީ ..، އަހަރެންނަށް އޭރު ނާއިކްދެކެ ރުޅިއައިސް ހުރިވަރުން އެގޮތައް ކަންތައް ކުރެވުނީ..، ފަހުން އަހަރެން ވަރަށް ދެރަވި އަރުކަން އަށް އެހެން ހެދުނީމަ ..، ސޮރީ ..، ދެންދުވަހަކުވެސް އެގޮތައް ނުވާނެ..، ތަމަން މަޑުމަޑުން އެހެން ބުނެލީ އަމިއްލަ ކުށް ގަބޫލްކުރަމުންނެވެ.
އޭނައަށްޓަކާ އަރުކަން މެން ކޮށްދިން ބުރަމަސަތްކަތް ދުވަހަކުވެސް އަގުވަޒަން ނުކުރެވޭނެއެވެ. އުފަން މަންމަ ލޯބި ނުދޭ ވަރަށް ލޯބިދީގެން އުޅުނު މަންމަގެ މަތިންވެސް ހަދާންނައްތާލެވުނީއެވެ.
ނަމަވެސް އެއީ ހާލަތުގެ ގޮތުން ތަމަންއަށް ކުރެވުނު ކުށެކެވެ. ދެންދުވަހަކުވެސް އެކުށްތަކުރާރު ނުވާނެވެ.
ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު އަރުކަން ކުރާ ކޮންމެ ސުވާލަކަށް ތަމަން ތެދުބަހުން ޖަވާބުދިނެވެ.
މިހާރު މާލޭގެ ހުރިކަމާއި ވަޒީފާއެއް ނުލިބި ހުރިވާހަކަވެސް ތަމަން އަރުކަން ގާތު ބުނެލީ ގޮތެއް ހޯދާދޭނެކަން އެނގި ހުރެއެވެ.
ހުރިހާ ވާހަކައެއް ކިޔައިދިން އިރު ތަމަން ސިއްރުކުރީ ނާއިކްއާއި ދެމީހުންގެ ގުޅުމެވެ.
އެންމެ ކުރިންވެސް ތަމަންއަށް ކަމެއް ކުރަން އުދަގޫވެއްޖެ ނަމަ ނުވަތަ ކަމެއް ބޭނުންވެއްޖެ ނަމަ އަރުކަންއަށް އެކަމަކައްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާއެވެ.
އަހަރެން މިރޭ އުޅޭލާނަން ތިކަމާ..، މާލްވީ އުޅޭނެ ތިކޮޅުގަ..، އޭނައަކީ މިހާރު އޭޑީކޭ ޑޮކްޓަރެއް ..، ކުރީރޭވެސް ޗެޓް ކުރި އިރު އާޝާ ވާހަކަ އެހި ..، އަރުކަން ބުނެލިއެވެ.
ދެމީހުންވާހަކާގައި ތިބެފައި ތަމަންފޯނު ބޭއްވީ މާދަމާ ފަޒްލާއާއި ގުޅަފައި މާފަށް އެދެން ނިންމައިގެންނެވެ.
**
ފުން ނިންޖަކުން ނާއިކް ނިދާފައި އޮތް އިރު ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތް އެވްލިންގެ ނަޒަރު ނާއިކްގެ މޫނުން ވަކި ނުވެއެވެ.
އެދެމެދުގައިވީ ދުރުކަން އެވްލިންއަށް އުދަގޫކުރަނީ ހިތަށް ކެތްނުވާވަރަށެވެ.
ވިސްނި ވަރަކަށްވެސް އެވްލިންއަށް ފެންނަނީ ނާއިކް ދުރުކަމެވެ. އެންމެ ފުރަތަމަ މެރީ ކޮށްގެން ހަނީމޫނަށް ދާން ވާހަކަދެއްކި ދުވަހު ނާއިކް ހިތްހަމަ ނުޖެހިގެން އުޅުނުގޮތްވެސް ލޯ ކުރިމަތިން ސިފަވަނީއެވެ،
އެދެލޮލުން އެވްލިންއަށް ލޯބިން ބަލާލާތޯ ކިތައްރޭ އިންތިޒާރު ކުރެވުނު ހެއްޔެވެ.
ނާއިކްގެ ބީހުންތަކައް އެދި ނުނިދިފައި އޮތީ ކިތައްރޭ ހެއްޔެވެ. އެއިން އެއްވެސް ކަމަކާ ނާއިކް ވިސްނަންވެސް ބޭނުންނުވާކަހަލައެވެ.
ދެމީހުން އެކުގައި ބޭރަށްގޮސްލާ ވަގުތު ހޭދަކޮއްލަން ބޭނުންވެގެން ބުނި ކޮންމެ ރެއަކުވެސް ނާއިކް އޮންނަނީ ކޮންމެސް ކަމެއް ޖެހިގެން ބޭރަށް ދާންވެފައެވެ.
އޭނަ ކިތަންމެ ބޮޑަށް ކަމެއް ބޭނުވެންގެންވެސް ނާއިކް ނޫނެކޭ ބުނެފިނަމަ އެކަމެއް ނުކުރަނީ ނާއިކްދެކެ ވާ ލޯބިންނެވެ.
ދެލޮލަށް ގިނަވެފަ ހުރިކަރުނަތައް އަތުން ފޮހެލީ އެކަރުނަތައް ފޮހެދޭން އިތުރު މީހެއް ނެތޭ ބުނެލާ ކަހަލަ ގޮތަކަށެވެ.
އެކަމަކު ކީއްވެތަ ނިކްއަށް ތިހާ ބޮޑު ބަދަލެއް އަންނަންވީ ..،އެންމެ ކުރިންވެސް އަހަރެން ނިކްދެކެ ލޯބިވޭ ..، ހަމަ އެވަރަށް ނިކްވެސް އަހަރެންދެކެ ލޯބިވޭ..،
ހިތަށް އެއްޗެހިތައް ވަންނަން ފެށުމުން އެވްލިންގެ އަނގައިން ރުއިމުގެ އަޑު ބޭރުވާން ފެށިއެވެ. ނާއިކްއަށް އެއަޑު އިއްވަން ބޭނުންނުވާތީ އެވްލިން ކޮޓަރިން ބޭރަށް ހިނގައިގަތީ އެއްފަރާތެއްގައި އޮތް ފޯނު މުށުތެރެއަށް ލަމުންނެވެ.
މިގަޑީގައި ކޮންމެސް މީހެއްގެ އެހީތެރިކަން އޭނަ ބޭނުންވެއެވެ. ސިޓިންގްރޫމު ސޯފާގައި އިށީނދެ އެވްލިންގެ އެންމެ ގާތް އެކުވެރިޔާ ސާރާއަށް ގުޅާލީ އެހިތަށް ލުޔެއް ލިބޭތޯއޭވެ.
އެވީ..، މިގަޑީގަ..، ކިހިނެއްވީ..، ގަޑިން ދެއެއް ޖަހަން ކައިރިވެފައި ހުއްޓައި އެވްލިންގެ ކޯލްއައުމުން ސާރާ ބުނެލިއެވެ.
ސާރާއަށް އެހެން ބުނެވުނުތަނާ އެވްލިންގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނެވެ.
"އަހަރެން ސާރާ ބުނީމަ އެއްވެސް ޝަކުވާއެއް ނުކޮށް ނިކްއަށް ވަރަށް ރަގަޅަށް ކަންތައް މިކޮއްދެނީ..، އެކަމަކު ސާރާ ނިކް އަހަރެންދެކެ ލޯބިވާ ހެނެއް ހިއެއްނުވޭ..، އަހަރެންނަށް ހީވަނީ ނިކް އަހަރެން އިގްނޯރ ކުރާހެން ،...، އަހަރެން ކިހިނެއްތަ ހަދާނީ..، ވިސްނާ ވިސްނާ އަހަރެން މޮޔަވާވަރުވެއްޖެ..، އެވްލިން ރޮމުން ވާހަކަދެއްކިއެވެ.
"އަހަރެން ބުނާ ގޮތެއް ހަދާބަލަ .، އަހަރެން އޭރުވެސް ބުނީމެންނު ތިހެން ތަނަކަށް ޖައްސާނުލާ ތިހެން ނުހުންނާށޭ..،ފިރިހެނުންނަކީ ވަރަށް ފާޑެއްގެ ބައެއް..، އެމީހުން ވަރަށް އަވަހައް ފޫހިވާނެ..، މެރީ ކުރީންސުރެ ތިހުންނަނީ އެއްވެސް ތާކަށް ޖައްސާނުލާ ..، ދެމީހުން ތަނަކައް ޖައްސާލާފަ ޓައިމް ސްޕެންޑް ކޮއްލަބަލަ ..، ސާރާ އެވްލިންއަށް ވިސްނާދެމުން ބުނެލިއެވެ.
ސާރާ..، ޔަގީންތަ އަހަރެމެންގެ ގުޅުން ރަގަޅުވާނެކަން ...، މިހެން އުޅެން ވެއްޖެއްޔާ އަހަރެން މޮޔަވެދާނެ.،،، އެވްލިން ބުނެލިއެވެ.
"ޔަގީން ރަގަޅުވާނެ..، ދެންވެސް މިގޮތަށް ކަންތައް ކޮއްބަލަ..، ސާރާ ބުނެލިއެވެ.
އަހަރެން ތިވާހަކަ ދައްކާނަން..، އެކަމަކު ނިކް ގަބޫލެއް ނުވާނެ..،ހޮޓެލް ހުޅުވަންދާއިރު ވެސް އަހަރެންނައް ހީވޭ ނިކް އަހަރެން ގެންދަން ބޭނުންނުވާހެން ވާހަކަ ދެއްކި ގޮތުން..، އެކަމަކު ބައްޕަ ބުނެފިއްޔާ ނިކް ކޮންމެ ކަމަކަށްވެސް އާނއެކޭ ބުނޭ..، މިފަހަރުވެސް އަހަރެން ގެންދަން އެއްބަސް ވީވެސް ބައްޕަ އެވާހަކަ ދެއްކީމަ..، އެވްލިން ބުނެލިއެވެ.
އޯކޭ ދެން ނިދޭތޯ ބަލާލާ..، މާދަން އެގޮތަށް ވާހަކަ ދައްކާލާ ހޮޓެލް ހުޅުވެން ދެން ތިން ދުވަހެއްނު ތީނީ ..، ނިމޭގޮތައް ދާނީ..، ސާރާބުނެލިއެވެ.
ސާރާގެ ވާހަކައިން އެވްލިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ، ސާރާ ބުނި ގޮތަށް ކަންތައް ކުރުމައް ނިންމަމުން އެވްލިން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
**
ހޮސްޕިޓަލްއިން ނިކުމެ އަވިއައިނު ލޮލުގައި އަޅާލުމައްފަހު މާކިން ހިނގައިގަތީ ޕާކް ކޮއްފައިވާ ސައިކަލާދިމާލަށެވެ.
ވަކި ހިސާބަކައް ދެވުނުތަނާ ފޯނު ވައިބްރޭޓް ވާން ފެށުމުން ނަގާ ބަލާލިއެވެ.
ނާއިކްގެ ކޯލެއްކަން އެގުމުން ނަގާ ކަންފަތުގައި ޖަހާލިއެވެ.
އޭ މިނައްޓާލީ އިނގޭ..، މާކިން އެހެން ބުނެ ކަނޑާލުމައްފު ފޯނު ޖީބައްލިއެވެ. އަދި ސައިކަލައް އަރާ ސްޓާޓް ކޮއްލީ ނާއިކް އިން ކެފޭއާއި ދިމާލަށެވެ.
ކެފޭ ތެރެއަށް ވަދެގެން އައި މާކިންއަށް ހުއްޓުން އެރީ މޭޒެއް ދޮށުގައި ސިގިރޭޓެއް ރޯކޮއްލައިގެން އިން ނާއިކް ފެނުމުންނެވެ،
އެއީ މީގެ ކުރިން ދުވަހަކުވެސް ނާއިކް ބޭނުން ކުރި އެއްޗަކަށް ނުވާތީއެވެ. އެއްވެސް އެއްޗެއްނުބުނެ މާކިން ނާއިކްއާއި ކުރިމަތި ވާގޮތަށް އިން ގޮނޑީގައި އިށީނެވެ.
އަހަރެމެން ދެމީހުންނައް ދިމާ ވެވިއްޖެ ދޯ..، ނާއިކް ހިނިއައިސް އެހެން ބުނި އިރު މާކިން އަށް ނާއިކްއަށް އައިސް ހުރި ބޮޑު ބަދަލައް ވިސްނެނީއެވެ.
ކޮން އިރަކު ތިކަން ފަށައިގެން ތިއުޅެނީ..، ކިހިނެއްވެފަ މުޅި މީހާއަށް ތިހިރީ،.. މާކިންއަށް އަނގައިން ނުބުނެ އިނދެވޭ ގޮތެއްނުވި އެވެ.
އިހަށް ތިވާހަކަ ބަހައްޓަބަލަ..، ކޮބާ ވައިފް މިހާރު ރަނގަޅުތަ؟
ނާއިކް ވޭޓަރަކަށް ގޮވާލުމައްފަހު ކޮފީއެއް ގެންނަން ބުނެފައި ބުނެލިއެވެ
އެއަށް ވުރެބޮޑު ކަމެއްނު ތީ ..، ކޮން އިރަކުތަ ތިކަން ފަށައިގެން ތިއުޅޭނީ ..، މާކިން ނާއިކްގެ ވާހަކަ ހުއްޓުވާލުމައްފަހު ބުނެލިއެވެ.
ވަރަށް ބައިވަރު ވާހަކަ ކިޔައިދޭން އެބަހުރި ..، ކިހާ ދުވަހެއް ދިމާ ނުވާތާ..، މާލެ އައިސް ހަބަރެއްވީވެސް ތިންމަސް ވީ ފަހުން..، ނާއިކް ސަކުވާގެ ގޮތަކައް ބުނެލިއެވެ.
އެހާ ދުވަހު ބޭރުގަ އުޅެފައިސް އަލުން ޖޮބަށް ނިކުތީމަ ވަރަށް މަސަތްކަތް އޮތް .، ދެން އަނެއްކަ ނިންމާފަ ގެއަށް ދެވޭއިރު ކުޑަމީހާއާއި އެއްކޮށް މިއުޅެނީ.، ވައިފް ބަލިވީމަ އަސްލު ބޮޑަށް ނިކުންނަންވެސް ނުކެރެނީ ..، މިހާރު ކުރިންހެން އަބަދު ބޮލުގަ ރިއްސާތީ އެއްނޫޅޭ..، އެކަމަކު ރިއްސާ ފަހަރަކު ވަރަށް ގަދަޔަށް ރިއްސާ ..، އެހެންވެ ޑިއުޓީގަ ނޫޅޭ ގަޑިއެއްގަ ވިއްޔާ ގޭގަ މިއުޅެނީ ،..، ދެން އަހަރެންނަށް ވަގުތެއްވާއިރު ނިކްއަށް ނިކުމެވޭ ގޮތެއްނުވޭ..، މާކިން ބުނެލިއެވެ.
ދެން ކީކޭ ޑޮކްޓަރު ބުނަނީ..، ނާއިކް ބުނެލިއެވެ.
ތާރާ މާ ބޮޑައް ވިސްނަނީ އަސްލު..، އަބަދުވެސް ކިޔަނީ ހީވަނީ އޭނަގެ ވަރައް ގާތް މީހަކު ހުންނަ ހެންނޯ..، ދެން އޭނަ ހަނދާން ކުރަން އުޅޭތީ ބޮލުގަ ރިހެން ފަށަނީ..، ދެން ބޮލުގަ އެގޮތަށް ރިއްސަން ފެށީމަ ވާނުވާ ނޭނގޭހާ ގަދައަށް ރިއްސާ..، މާކިން ބުނެލިއެވެ.
ޑޮކްޓަރު ކައިރީ ތިވާހަކަ ނުބުނަންތަ.؟ ނާއިކް ބުނެލިއެވެ.
އަސްލު އަހަރެންނަށް ވަރަށް ބޮޑު މިސްޓޭކެއް ހެދިގެން މިއުޅެނީ..، އަހަރެން އެހެން ކަންތައް ކުރީ ތާރާއަށް ވިސްނާފަ..، މާކިން އެހެން ބުނެ ތަމަންއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުގެ ވާޙަކަ ފެށިގެން ނާއިކްއަށް ކިޔައިދިނެވެ.
އެއްގޮތަކުން ބަލަންޏާ ތީގަ މާކްގެ މައްސަލަ އެއް ނެތް ..، މާކް ތިހުރިހާ ކަމެއް ތިކުރީ ވައިފްއަށް ވިސްނާފަ ދޯ..، ނާއިކް ބުނެލިއެވެ.
ހޫން ދެން ބުނެބަލަ ..، ކޮން ކަންތައް ގަނޑެއް ލައިގަނެގެން ތިއުޅެނީ..، މާކިން ބުނެލިއެވެ
އަހަރެން ހީކުރީ އެމަންޖެއާ މެރީ ކުރެވުނީމަ ވަރަށް ހަމަ ޖެހިގެން ކަމަށް ތިއުޅެނީ..، މާކިން ބުނެލިއެވެ.
އަހަރެން އޭރު މާކް ކައިރީ މެރީ ކުރަން އުޅޭ ވާހަކަ ބުނީމެންނު ..، އެއީ އަހަރެން ލޯބިވާ މަންޖެ އެއްނޫން..، ނާއިކް އެހެން ބުނެ އާޝާއާއި އޭނަ ވަކިވާން ޖެހުނު ގޮތާއި ބައްޕަ ބޭނުންވި މީހާއާއި ކައިވެނިކުރަން ޖެހުނުގޮތް މާކިންއަށް ކިޔައިދިނެވެ.
ހާދަ ކަންތައް ތައް ބަދަލް ވެއްޖޭ ދޯ..، ދެން އޭގެ ފަހުން ނިކް އާޝާ ހޯދަން މަސަތްކަތް ނުކުރަންތަ؟ މާކިން ބުނެލިއެވެ.
އަހަރެން އެރަށައްވެސް ގޮސްފިން ..، އެކަމަކު އަހަރެންނަށް އާޝާ ނުފެނުނު..، އާޝާ ހީކުރާނީ އަހަރެން އާޝާއަށް ގަސްތުގަ ލަނޑެއް ދިނީއޭ،..، އެކަމަކު އަހަރެންނަށް އެނޫން ގޮތެއް އޮތްނަމަ މި ކައިވެނި ނުކުރީމުސް،..، އަހަރެންގެ ކުށް އަހަރެން އާޝާއަށް ސިއްރު ކުރިކަން..، އެކަމަކު އަހަރެން އެހެން ކަންތައް ކުރީވެސް އާޝާއާއަށް ވިސްނާފަ..، އޭރު އޭނަގެ ކިޔެވުން ނިމެން އިންނާނީ ދެތިން މަސް އެހެންވެ އަހަރެންނަށްނުކެރުނީ އެދުވަސްކޮޅު އެވާހަކަ ދައްކަން..، ކޮންމެ ގޮތެއްވިޔަސް އަހަރެން އާޝާ ދޫކޮށް ނުލީމުސް ކޮންމެހާލެއްގައިވިޔަސް އަހަރެންގެ އަތްންބަކައް އާޝާ ހެދީމުސް..، އެކަމަކު އޭގެ ކުރިން އާޝާއަށް ހުރިހާ ކަމެއް އެނގިއްޖެ..، ނާއިކް މޮޅިވެރި ގޮތަކަށް ބުނެލިއެވެ.
ނާއިކް އެވާހަކަ ކިޔައިދީ ނިމުމުން މާކިން ހިތްވަރު ދިނުމުގެ ގޮތުން ދެތިން އެއްޗެއް ބުނެލިއެވެ.
ދެމީހުންނައްވެސް ހާދަ ކަންތައް ތަކެއް ދިމާ ވެއްޖޭ ދޯ..، އަހަރެންވެސް މިހުންނަނީ އަބަދު އެކަމާ ވިސްނި ވިސްނި ..، ތާރާއަށް އަބަދު އެހެން އެހިތަށް އަރަނީ ތަމަން ކަން އަހަރެންނަށް އެނގޭ،..، އެކަމަކު މިހާރު އަހަރެން ކިހިނެއް އެވާހަކަ ކިޔައިދޭނީ...، އަހަރެން ތާރާއަށް ވިސްނާފަ އެހެން ކަންތައް ކުރިޔަސް އަހަރެންނަށް އެނގޭ ތާރާ އަހަރެންދެކެ ހިތްހަމަ ނުޖެހޭނެވަރު.،، މާކިން ބުނެލިއެވެ.
ތަމަން.....، ނާއިކް އެހެން ބުނެ މާކިންއާއި ދިމާއަށް ބަލާލިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް