ޚާރިޖީ މިނިސްޓަރު އިރުތިޝާމް، މިސްރުގެ ޚާރިޖީ މިނިސްޓަރާ ބައްދަލުކޮށްފި

ރާއްޖޭގެ ޚާރިޖީ މިނިސްޓަރު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ޚާރިޖީ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މިސްރުގެ ޚާރިޖީ މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.

17 Oct 2026 | 16:20

ޚާރިޖީ މިނިސްޓަރު އިރުތިޝާމް ޢާދަމް ބައްދަލުކުރެއްވީ މިސްރުގެ ޚާރިޖީ މިނިސްޓަރު ބަދުރް ޢަބްދުލްލާތީއާއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ޚާރިޖީ މިނިސްޓަރުންގެ 52 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިންނެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ދެ ޤައުމުގެ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމަށް ލާބަހުރި ބައިނަލްއަޤުވާމީ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގައި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމާއި، އިތުރު ދާއިރާތަކުން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވިކަމަށް ޕީއެސްއެމް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް