އެނދުމަތީ ފޯން ހިފައިގެން ތަމަން އޮތްއިރު ތާރާއާއި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ތަމަން ވިސްނަމުން ދިޔައީ ތާރާއަށް ނާއިކުއާއި ދެމީހުންގެ ގުޅުން އަންގާނެ ގޮތަކާއި މެދުގައެވެ.
ޔަގީނުންވެސް އޭނަ ބޭނުންވާ ކަމަކަށް ދޮންތަ ދުވަހަކުވެސް ނޫނެކޭ ނުބުނާނެއެވެ.
ވަރަށް ނުކެރި ހުރެ ތަމަން ތާރާއަށް ގޮވާލީ އިތުރަށް އެއްވެސް ކަމެއް ނުބުނެ ލަސް ނުކުރަންވެގެންނެވެ.
ކޮންމެގޮތަކަށް ކަންތައް ވިޔަސް ދޮންތަ އެކަމަކާ ހިތްހަމަ ނުޖެހޭ ކޮންމެކަމެއް ތަމަން ދޫކޮށްލާނެއެވެ.
މިދުނިޔޭގައި އެ ދޮންތައަށް ވުރެ މުހިންމު އެއްވެސް މީހެއް ތަމަންއަކައް ނުވާނެއެވެ.
ނާއިކު ލޯބިވާ ވާހަކައާއި ނާއިކު އޭނަ ބޭނުންވާ ކަން ތަމަން ތާރާ ގާތު ބުނި އިރު ސިއްރު ކުރީ އެދެމީހުންގެ ގުޅުން ކުރިޔައްދާ ވާޙަކައެވެ.
އެވާހަކަ ބުނަން ތަމަންއަށް ނުކެރުނީ އެވަރު ނިންމުމެއް ނިންމި އިރު ތާރާގެ ހިޔާލެއް ނުހޯދުނީތީ ކުށްވެރިކަމުގެ އިހުސާސް ކުރެވުމުންނެވެ.
ތަމަން ބޭނުންވި ގޮތަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ތާރާ އެހީ ތަމަން އޭނަ ދެކެ ލޯބިވޭތޯއެވެ.
ލަދުން ހުރެވެސް ތަމަން އެކަމާ އެއްބަސް ވިއެވެ.
ދޮންތައަށް މިހާރު އެނގިއްޖެ ދޮންތަގެ ކުޑަ ކުޑަ ކޮއްކޮ ބޮޑުވެއްޖެ ކަން..، ޔަގީނުންވެސް ތި ބޯއީއަކީ ވަރަށް ތަފާތު މީހަކަށް ވާނެ..، އަހަރެންގެ ކޮއްކޮއަށް މީހަކު ކަމުދާނީ އެމީހެއްގެ ކިބައިގަ ވަރަށް ހާއްސަ ސިފަތަކެއް ހުރީމަ..، ތާރާ ބުނެލިއެވެ.
ދޮންތަގެ އެއްވެސް މައްސަލައެއްނެތް ކޮއްކޮ ލޯބިވަންޏާ އަވަހަށް އެކަން ކުރޭ،...، އެކަމަކު ބަސްއަހައިގެން އުޅޭތި ..، ދޮންތައަށް އެނގޭ ދޮންތަ ދެރަވާކަހަލަ އެއްވެސް ކަމެއް ކޮއްކޮ ނުކުރާނެކަން...، ކިތަންމެ ދުރުގަ ހުއްޓަސް އަބަދުވެސް ބައްޕަގެ ނަސޭހަތް މަތިން ހަދާން ނައްތާ ނުލާތި...،
ތާރާ ތަމަންއަށް ވިސްނައިދެމުން ބުނެލިއެވެ.
އަދި ހަދާންނެތިފައޭ މިހުރީ..، އައިޒް ގުޅިތަ؟ ތާރާ ވާހަކަ ބަދަލް ކޮއްލަމުން ބުނެލިއެވެ.
ނޫން ނުގުޅާ..، އައިޒްގެ ނަންބަރައް ގުޅޭތޯ އަހަރެން ވަރަށް ޓްރައި ކުރިން އެކަމަކު ނިއްވާލާފަ އޮންނަނީ..، އަހަރެން އައިފަހުން މަންތެއް ވަންދެން ވާހަކަ ދެއްކި ...،ޔަޒްއާ މެރީ ކޮއްގެން މާލެ ބަދަލް ވިފަހުން އެއްވެސް ހަބަރެއް ނުވޭ...، އަހަރެން މަތިން ހަދާން ނެތުނީ ކަންނޭގެ..،
ތަމަން ބުނެލިއެވެ.
ނޫނޭ އޭނަ ކޮއްކޮ މަތިން ހަދާނެއް ނުނެތޭ..، އިއްޔެ ދޮންތަ އެގެއަށް ދިޔައިން ..، އެނގޭތަ އައިޒް ޕްރެގް ..، މި މަންތްގަ ވިހާ..، ތާރާ ބުނެލިއެވެ.
އަސްލުވެސްތަ .،ތަމަންއަށް ބުނެވުނެވެ.
ހޫމް ..، އިއްޔެ ބުނި މާލެ އައިތަނާ ފޯން ހަލާކުވެގެން ތަމީ ނަންބަރު ގެއްލިގެން ދިމާ ނުވާ ވާހަކަ..، ދޮންތަ އައީ ކޮއްކޮ ނަންބަރު ދޭށޭ ބުނީމަ ދީފަ...، ތާރާ ބުނެލިއެވެ
**
މާލެއަށް އާދެވުމާއެކު ނާއިކު ބައްޕަގެ މަސައްކަތާ ނާއިކު ހަވާލުވިއެވެ. ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު މަސަތްކަތުގައި މަސްއޫލުވެ އުޅޭން ނާއިކުއަށް އުދަގޫވިއެވެ. އަބަދާއި އަބަދު އެ ހިތުގައިވަނީ ތަމަންއެވެ. ދުރުގައި ހުންނަން ކިތަންމެ އުދަގޫވިޔަސް އިތުރުގޮތެއްވެސް މިވަގުތު ނެތެވެ.
ހޮޓެލްގެ ލޮބީއިން ވަދެގެން އައި ނާއިކު ފެނުމާއެކު ކައުންޓާރ ގައި އިން ތިން އަންހެން ކުދިން ހިނިތުން ވެލަމުން ތެދުވެލިއެވެ.
ތިންކުދިންނައް ހިނިތުން ވުމެއް ދިނުމައްފަހު މާބޮޑު އަޅާލުމެއްނެތި ލިފްޓް ތެރެއަށް ނާއިކު ވަނެވެ.
ވަރައް ފޮނި ފިރިހެނެއް ހުވާ..، ނާއިކު މާ ބޮޑު އަޅާލުމެއްނެތި ދިޔަ މަންޒަރު ބަލަން ހުރުމައްފަހު ބާރުބާރަށް ގޮނޑީގައި އިށީންނަމުން އާމާލް ބުނެލިއެވެ.
އާމާލްގެ އެހަރަކާތުން ކައިރީތިބި ވަޒްނާ އާއި ތޫލާ ހޭން ފެށިއެވެ.
އާމާލް ކިތަންމެ ވަރުން އުޅުނަސް އޭނަގާތު ނުބުނަންޏާ ނޭގޭނެއްނު..، ވަޒްނާ ބުނެލިއެވެ.
އަހަރެން ބަލައިފިން އޭނަގެ ބިޓެއް ހުރޭތޯ..، އޭނަގެ ބިޓެއް ނެތްކަމައް ވަނީ..، އެކަމަކު އެހާ ރީތި މީހުން ބިޓެއް ނުހުރެދާނެ ކަމަކަށް އަހަރެން ހިތެއް ގަބޫލެއް ނުކުރެވޭ،....،
ހާދަ ރީއްޗޭ އޭނަ..، އާމާލް ބުނެލިއެވެ.
އަހަރެން ފުރެންޑަކަށްވެސް އޭނަ ރީތިވެގެން މިދޭތެރެއަކުން ފޯރި ހުރި ..، އެކަމަކު ނާއިކު އަޅާވެސް ނުލި އެމަންޖެ އެވަރުން އުޅުނީމަވެސް ..، މާބޮޑަށް މުއްސަދިވީމަވެސް ބައެއް މީހުންނައް އެހެން ވާނެ..، ދެރަ ނިކަމެތިން ކަމަކު ނުދާނެ..، ތޫލާ ބުނެލިއެވެ.
އާމާލްވެސް ތިކަން ހުއްޓާލާ ..، އަހަރެމެން ކަހަލަ މީހުންނާ އެކަށީގެން ވާ މީހުންނެއް ނޫން އެ..، ވަޒްނާ ބުނެލިއެވެ.
ނޫން..،އަހަރެން މީ އެހާ އަވަހަށް ގިވްއަޕް ކުރާ މީހެއް ނޫން..، ސޯ ،..، އަހަރެން މިކަން ކާމިޔާބު ކޮއްފަ ކަލޭމެންނައް ދައްކާނަން..، އާމާލް ވަރައް ޔަގީން ކަމާއެކު ބުނެލިއެވެ.
އާމާލް ގަބޫލުކުރާ ގޮތުގައި އޭނަގެ ރީތިކަމައް ނުލިބޭނެ އެއްވެސް ފިރިހެނެއް ނުހުންނާނެއެވެ. މީގެ ކުރިންވެސް އޭނަ ބޭނުން ކަމެއްވިއްޔާ އޮތީ ވެފައެވެ.
ވީއިރު މިކަންވެސް އެހާ ފަސޭހައިން ދޫކޮށްލާކައް ބޭނުމެއް ނޫނެވެ.
މައްޗަށް އަރާފައި ކުޑައިރުކޮޅަކުން ނާއިކު ނުކުމެގެން ދިޔައިރު އާމާލް ބަލަން އިނީއެވެ.
ހޮޓެލް ދޮރުމަތީ ޕާކްކޮށްފައި އޮތް ކާރައް އަރާ ނާއިކު ސްޓާޓްކޮއްލިއެވެ.
ކުޑައިރުކޮޅަކުން ނާއިކު ބޭނުންވާ މަންޒިލައް އާދެވުމާއެކު ދޮރުމަތީ ގޭޓް ކަރީ މަޑުކޮއްލައިގެން ހުރި ޑްރައިވަރައް ކާރު ގޭތެރެއަށް ވެއްދުމައް ހަވާލުކޮއްފައި ނާއިކު އެތެރެއަށް ވަދެގެން ދިޔައެވެ.
ސިޓިންގްރޫމްގައި ބަހައްޓާފައިވާ ސޯފާގައި އިން ފަވާޒްއާއި ދިމާލައް ނާއިކު ހިނގައިގަތެވެ.
ހިނގާ ކާންތައްޔާރުވެފަ ހުރީ..، ނާއިކު އަރާ ހަމަވުމާއެކު ނާއިކުގެ ބައްޕަ ފަވާޒް ބުނެލިއެވެ.
އޭރު ބަދިގެ ތެރޭގައި އެކި މަސަތްކަތުގައި ނޯކަރުންތައް އަވަދި ނެތި އުޅެއެވެ. ދެބަފައިން ކާބަޔައް ވަންނަތަން ފެނުމުން ވަރަށް އަދަބުވެރިކަމާއެކު ހަދީޖާ ގޮނޑިދަމާލަ ދިނެވެ.
ދެބަފައިން އެކު އެކީގައި ކާން އިށީނުމާއެކު ތަށިތައް ބަލަން ހަދީޖާ މަޑުކޮއްލައިގެން ހުރި ކައްކަން އުޅުނު ބިދޭސީ އަންހެން މީހާ އޭނަގެ މަސަތްކަތައިގެން ބަދިގެތެރެއަށް ވަނެވެ.
ހަދީޖާ އަކީ ފަނަރަ އަހަރު ކުރިން ފަވާޒްގެ އަންހެނުން ނާސިޔާ ދުނިޔޭގައި ހުރި އިރު އެގެއަށް ކަންތައްތައް ކޮއްލަދޭން ނާސިޔާގެނެސް އުޅުނު އޭނަގެ ރަހުމަތްތެރިއެކެވެ.
މިއަދު ނާސިޔާ ދުނިޔޭގައި ނެތުމުން ހަދީޖާ ހުރިހާ ކަމަކާ ހަވާލުވެ އުޅެނީ އަމިއްލަ ގެ ކަމައް ދެކިގެންނެވެ.
މައިންބަފައިންނަށް ލިބިނު ތަނަވަސް ދިރިއުޅުމުގައި ފަވާޒް އަމިއްލަ މަސަތްކަތެއް ފަށާ ދިރިއުޅުމައިގެން ކުރިއަށް ދިޔައިރު އެއާއިލާއަކީ މުއްސަދި ކަމާ އެއްވަރަށް އެހާ ހަމަޖެހޭ އާއިލާއެކެވެ.
ފަވާޒްއާއި ނާސިޔާގެ ގުޅުމަށް ތިން ކުދިން ލިބުނު އިރު އެންމެ ދޮށީ ފަޒްލާއެވެ.
ނާޒިމްއާއި އިނދެގެން އެމެރިކާއަށް ދިރިއުޅުން ބަދަލް ކުރިފަހުން ފަޒްލާއަށް އާއިލާ ކައިރިއަށް އާދެވެނީ މަދު ފަހަރަކުއެވެ.
ދެން ތިބީ ނާއިކުއާއި އޭނައަށް ވުރެ ދެއަހަރު ހަގު ނިކްހާއެވެ.
އެދެބެންނާއެކު އޭރު ގޭތެރެއިން އަބަދުވެސް ފެންނަނީ ހިތްހަމަޖެހުމެވެ. ދުވަސްކޮޅެއް ފަހުން ގޭތެރެ ހަލަބޮލިވާން ފެށި ނިކްހާގެ ދިރިއުޅުމައް ގެނައި ފިރިހެނެއްގެ ސަބަބުންނެވެ.
އެފިރިހެން ކުއްޖާގެ ގޮތް އެނގި އެކަމާ އެއާއިލާއިން ދެކޮޅު ހެދުމުން ފިރިހެންކުއްޖާ ގަސްތުގައި އެއާއިލާއަށް ލަޑެއް ދީ އެންމެންގެ ކުރިމަތީ ފަވާޒްގެ އަގު ވައްޓާލަން މަސަތްކަތް ކުރިއެވެ.
އެގޮތުން ނިކްހާގެ ފޮޓޯތަކެއް ލީކް ކޮށްލީ ނާއިކުއަށާއި އޭޏަގެ ބައްޕަ ފަވާޒްއަށް ލަޑެއް ދިނުމުގެ ބޭނުމުގައެވެ.
އެކަމާ މުޅި ދުނިޔެއާ ކުރިމަތިލާނެ ހިތްވަރު ނެތުމުން ނިކްހާ އަމިއްލައަށް ދުނިޔެއާ ވަކިވެގެންދިޔައީ އެވެ.
މުޅިއާއިލާއަށް ލިބުނު ބޮޑު ހިތާމާގައި އެކަމަށް ކެތްކުރާނެ ހިތްވަރު ނެތި ނާސިޔާ ދުނިޔެ ދޫކުރީ މުޅި އެއާއިލާއަށް އިތުރު ހިތްދަތި ކަމެއް ދީފައެވެ.
އޭގެ ފަހުން ފަސްއަހަރު ފާއިތުވެ ދިޔައިރުވެސްހީވަނީ ދެންމެ ހިނގާ ދިޔަ ކަމެއް ހެންނެވެ.
އެދެމައިން ވަކިވެ ދިޔަފަހުން އެގޭތެރެއިން އަބަދުވެސް ފެންނަނީ ފަޅުކަމެވެ.
ދުވާލު އެއްކޮއް މަސަތްކަތުގައި އުޅުމައްފަހު ހަދީޖާ ގެއަށް ދާނީ ރޭގަނޑުގެ ކެއުން ނިއްމާލުމައްފަހުއެވެ.
އޭގެ ފަހުން ކަމެއްޖެހިއްޖެ ނަމަ ކުރާނީ އެގޭ މަސަތްކަތުގައި އުޅޭ ބިދޭސީ އަންހެން މީހާ ޖޫލީއެވެ.
**
އެނދުމަތީ ދެފައި ވައްކޮއްލައިގެން ތާރާ ހެދުންތައް ފޮއްޓައް އަޅަން އިންއިރު މާކިންވެސް ކައިރީ އިނެވެ.
އަދިވެސް ނުބުނަމެއްނު ދާން މިއުޅޭ ތަނެއް؟ ތާރާ ޝަކުވާގެ ރާގެއްގައި ބުނެލީ މާކިން އޭނަ ލައްވާ ފޮއްޓަށް ހެދުންތައް އަޅުވާއިރު ދާން އުޅޭ ތަނަކާ ބެހޭ ގޮތުން ސުވާލެއް ކޮއްލައިފިއްޔާ އެކަމާ އަޅާނުލާ ވާހަކަ އޮއްބާލާތީއެވެ.
ދެން ބުނެބަލަ އެހެންނޫނީ ދެން އެންމެ ހެދުމެއްވެސް ނުލާނަން..، ތާރާ ބޮޑާ ހާކާލަމުން ބުނެލިއެވެ.
ބޭބީ އަދި ދުވަހަކުވެސް ބޭރު އެއްވެސް ގައުމަކައް ނުދަމެއްނު..، އެހެންވެ މިތާ ކައިރި ގައުމަކައް ދެތިންދުވަހައް ޖައްސާލަން މިއުޅެނީ..، މާކިން ބުނެލިއެވެ.
އަހަރެން ވަރަށް ބިރުގަނޭ ނުކެރޭނެ ފްލައިޓްއަށް އަރާކައް..، ތަމީވެސް ބުނި އޭނަ އެމެރިކާއަށް ދިޔަ ދުވަހު ފުލައިޓްއަށް އަރާފަ ބިރުގަތް ވަރު..، ހީވެޔޯ އިރު އިރުކޮޅާ ވެއްޓެން އުޅޭހެންވެސް..، ތާރާ ވަރަށް ބިރުން އިނދެ ބުނެލިއެވެ.
ތާރާ އެހެން ބުނެލުމުން މާކިން ހިނިގަނޑެއް ޖަހާލިއެވެ.
މާކިން ބޭނުންވި ގޮތައް ރަނާގެ މަސަތްކަތުން ކަންތައްތައް ވަރައް ފަސޭހައިން ހަމަޖެހުނެވެ.
ހެދުނު ހޭލެވުމާއެކު ތާރާ ބަދިގެއަށް ވަދެ ސައިތައްޔާރު ކުރަން ފެށިއެވެ.
މިއަދުވެސް ބަދިގެއަށް ވަނީ ..، މެންދުރު ފަހު އެއާޕޯޓްއަށް ދާންވާއިރައް މިހާރު ހުރިހާ ކަމެއް ތައްޔާރު ވެއްޖެތަ..، ބަދިގެ ތެރެއަށް ވަދެގެން އައި މުނާ ތާރާ ފެނުމުން ބުނެލިއެވެ.
ތައްޔާރުވެއްޖެ ..، އެކމަކު ވަރައް ބިރުގަނޭ..، ވަރަށް ހޮޑުވެސްލަވާއެބަ..، ބިރުން ކަންނޭގެ..، އަބަދުވެސް ތަނަކަށް ދާން އުޅޭންޏާ އެހެންވާނެ..، ތާރާ އެހެން ބުނެލުމުން މުނާވެސް ހީލިއެވެ.
**
ނާއިކު ދިޔަފަހުން ތަމަންއަށް އެކަނިވެރިކަން މާބޮޑައް އިހުސާސް ކުރެވެން ފެށުނެވެ. ގިނަވަގުތު އަރުކަންއާއި އެކު ހޭދަ ކުރާއިރުވެސް ކުރިން ދެމީހުން ދިމާވުމުން ހުންނަ މަޖާކަން މިހާރު ނުހުންނަ ކަން އަރުކަންއަށްވެސް ފާހަގަވިއެވެ.
މަސަތްކަތުގައި ކިތަންމެ ބުރަކޮއް އުޅުނު ކަމުގައި ވިޔަސް ނާއިކުގެ ފަރާތުން ތަމަންއަށް ބަރާބަރައް ވަގުތުދެއެވެ.
ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކައް ބަދަހިވަމުން ދިޔައެވެ
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް