ވާހަކައެއް ދައްކަން ވެގެން ..، ނިދިދާނެތީ އެއްޗެހި ބަދަލް ނުކޮށް މިއޮންނަނީ..، ތާރާ ބުނެލިއެވެ.
އެހެންތަ.. އެހެންވިއްޔާ އަވަހަށް ބުނޭ...، މާކިން ތާރާ ގާތު އެނދުގައި އިށީނދެލަމުން ބުނެލިއެވެ.
މާކު ...، އަހަރެމެން ބޭބީ އެއް ހޯދާކައް ނުވޭތަ؟ ތާރާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
އަހަރެން މިހުންނަނީ ބޭބީ ބޭނުންވަންދެން ..، އަހަރެން ވެސް މިހާރު ވަރަށް ބޭބީ އެއް ބޭނުން...، މާކިން ތާރާ އެއަތުގެ ތެރެއަށް ލަމުން ބުނެލިއެވެ.
ތާރާބޭނުންވާ ގޮތަށް މާކިންވެސް އެކަމައް ބޭނުންވުމުން ތާރާގެ ހިތަށްލިބުނި ބަޔާންކުރަންވެސް ދަތި އުފަލެކެވެ.
**
ފުރަން ދުވަސް ގާތްވާވަރަކައް ނާއިކުގެ ހިތަށް އުނދަގޫވެއެވެ. އެންމެ މިނެޓެއްވެސް އެ އަންހެން ކުއްޖާއާއި ދުރުގައި ހުރުމަކަށް ހިތެއް ނޭދެއެވެ.
ދެމީހުންގެ ގުޅުން އަދި ފެށުނީތީ ނާއިކު ވިސްނީ ބައްޕަގާތު ބުނެގެން އަދި އިތުރު އެއް ހަފުތާ މަޑުކުރާށެވެ.
އޭގެ ފަހުން އެކޮޅަށް ގޮސް ހަމަޖެހިލައިގެން ބައްޕަގެ މަސައްކަތްތަކައިގެން ކުރިއަށް ދިއުމަށެވެ.
ފާހާނާއިން ފެންވަރާލައިގެން ނާއިކް ނިކުތް އިރު ބޯކޮށް ވެހެންފެށި ވާރޭގެ އަޑު އިވުނެވެ. ހުޅުވާލެވިފައިވާ ބިއްލޫރު ދޮރުފަތް އަވަސް އަވަހަށް ކަހާލީ ފެނުގެ އަސަރު ކޮޓަރިތެރެއަށް ކުރަން ފެށުމުންނެވެ.
ކޮޑުމައްޗަށް ތުވާލި އެއްލައިގެން އެއްއަތުން ބޯހިއްކަމުން ދިޔައިރު އަނެއް އަތުން ފޯނާ ކުޅެން ނާއިކު ދޮރު ކައިރީ ހުރީ މުހިންމު މެސެޖް ތަކެއް ފޯނައް އައިސް ހުރީމައެވެ.
މާދަމާ ޔުނިވާސިޓީއަށް ދާންވާއިރު ކޮންމެ ހެން ކުރަންޖެހޭ މަސަތްކަތް ތަކެއް ހުރުމުން ތަމަން ކޮޓަރިން ނިކުމެގެން ގޮސް ބަދިގެބަޔަށް ވަނެވެ.
ހަވީރުގެ ވަގުތުކަމުން ބަދިގެ ތެރޭގައި މޯނާ ރޭގަނޑުގެ ކެއުމަށް އެއްޗެހި ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެއެވެ.
ސިޓިންގުރޫމަށް ނަޒަރެއް ދިން އިރު ފަޒްލާފެންނާކަން ނެތެވެ. ނަމަވެސް އަރުކަންއާއި އާރިން ފޯރީގައި ގޭމް ކުޅުމުގައި ދެމީހުން ތިއްބެވެ.
އާޝާ ....،!! އާދެބަލަ..، އަރުކަންއަށް ތަމަން ފެނުމާއެކު އާދައިގެ މަތިން ގޮވާލިއެވެ.
އަރުކަން އެހެން ގޮވާލުމާއެކު ބަދިގެއަށް ވަދެ ވަދެ ހުރެފައި ތަމަން ސޯފާއާއި ދިމާއަށް ހިނގައިގަތެވެ.
އިށީންދެބަލަ ..، އާޝާ ނެތީމަ މި އާރިން އަހަރެން ބަލިކޮއްލަނީއޭ..، މިހާރު އޭނައޭ މޮޅީ...، އަރުކަން ބުނެލިއެވެ.
އޭ!! ނެތޭ މަޑުކުރެވޭކަށް ..، މިދަނީ ވަރަށް މުހިންމު މަސައްކަތެއް ކުރަން... މާދަން ދާންވާއިރަށް ކޮންމެހެން ނިންމަން ޖެހޭ...، ތަމަން އެހެން ބުނެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
ބަދިގެއަށް ވަދެ ކުޑައިރުކޮޅަކުން ކޮފީ ޖޯޑެއް ހިފައިގެން ތަމަން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮފީ ޖޯޑް މޭޒްމަތީ ބެހެއްޓުމައްފަހު ލައްޕާފައިވާ ބެލްކަނީގެ ދޮރާ ދިމާލައް ހިނގައިގަތެވެ. ފޮތިގަނޑު އެއްފަރާތް ކޮއްލައިފައިވާ އިރު ވާރޭގެ ބޮޑެތި ތިކިތައް ދޮރަށް ހމަލާދޭ މަންޒަރު ބަލާ ފޫހިނުވެއެވެ.
ކުޑައިރު ކޮޅަކު އެގޮތައް ބަލަން ހުރެފައި ބިއްލޫރި ދޮރު ކަހާލިއެވެ.
އެއާ އެކު ވައިރޯޅިއާއި އެކު ދޮރު ފޮތިތައް ނަށަންފެށިއެވެ. މިނިވަން ކަމާއިއެކު ޖެހެމުން ދިޔަ ވައިރޯޅިއަށް ބަނޑި ބަނޑި ލައްވަމުންދިޔަ ވާރޭ ތިކިތަކުން ފަޒާގައި ހީވަނީ މަޑު މިއުޒިކެއް ކުޅޭ ހެންނެވެ.
ރަށުގައި އުޅޭ އިރުވެސް ވާރޭ ވެހެން ފަށައިފިނަމަ ވެހޭ ކޮންމެ ވާރޭ ގަނޑެއްގައި އައިޒާއާއި ދެމީހުން ތެމޭ ހަދާން ވުމުން ތަމަންގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ދޮރުން ބޭރަށް އަތް ދިއްކޮއްލުމައްފަހު އެބޯވިއްސާރަ ތެރެއަށް ތަމަންއަށް ނިކުމެވުނީ ކިހިނެއް ކަމެއްވެސް ނޭގުނެވެ.
ދެއަތް ދެފަރާތައް ދަމާލަމުން ވާރޭގެ ތެރޭގައ ތަމަން އެނބުރިލިއިރު އަނަގައިން މަޑު މިއުޒިކެއްގެ އަޑު އިވިގެން ދިޔައެވެ.
ފެންތިކިތައް އެއްވެސް ހުރަހެން ނެތި އައިސް ތަމަންގެ ހަށިގަނޑުގައި ޖެހިލާ އިރު އެވާރެއިން ހިތަށާއި ހަށިގަނޑައް އާރޯކަމެއް ލިބެމުން ދިޔައެވެ.
ސޯޓް ބުރީގެ ގޮތް އަޅުވާލަމުން ނާއިކު އަލަމާރީގެ ދޮރުފަތް ހުޅުވާލުމައްފަހު ޓީޝާޓްއެއް ނަގައިގެން އެބުރިލިއެވެ.
އެވަގުތު ކަންފަތުގައި ޖެހުނު މިއުޒިކީ އަޑުން ނާއިކަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ބޭއިހުތިޔާރުގައި ނާއިކު ދޮރާ ދިމާއަށް ހިނގައިގަތެވެ.
ދޮރުފަތް ހުޅުވާލުމާއެކު ވެހެމުން ދިޔަ ބޯ ވާރޭ ގަދަ ވަޔާ އެކު ވިއްސަމުން ދާތީ ނާއިކުއަށް ނިކުންނާކަށް ނުކެރުނެވެ.
އެހެން ނަމަވެސް އެހިތްގައިމު އަޑުގެ ތެރެއަށް ގެއްލި ހުރެ ނާއިކު ކޮޓަރިން ބޭރަށް ފިޔަވަޅު އަޅާލިއެވެ.
ހުދުކުލާގެ ގަޔައް ދޫ ޓީޝާޓެއް ލައިގެން ތަމަން ވާރޭގެ ތެރޭ ހުރި އިރު ހަށިގަނޑުގައި ވަނީ ޓީޝާޓް އެއްކޮއް ތަތްވެފައެވެ.
އެމަންޒަރު ފެނުމުން ނާއިކުއަށް ބޭއިހުތިޔާރުގައި ތަމަންއާ ގާތަށް ހިނގައިގަނެވުނެވެ.
އޭރު ވާރޭގެ ތިކިތަކުން ނާއިކުއަށް ހަމަލާދެމެން ދިޔައެވެ.
އެއަންހެން ކުއްޖާއަށް ލިބިފައި އެވަނީ ކޮންފަދަ ރީތި ކަމެއް ހެއްޔެވެ. ވެހެމުން ދިޔަ ވާރޭވެސް ހީވަނީ އެއަންހެންކުއްޖާއާ ސަމާސާ ކުރާހެންނެވެ.
ތަމަންގެ ހަށިގަޑައް ހަމަލާ ދެމުންދިޔަ ވާރޭ ތިކިތަކަށްވެސް އެވަގުތު ނާއިކު ހިތުގައި ހަސަދަވެރިކަން އުފެދުނެވެ.
އޭނައަކީ އެވާރޭ ތިކިތައް ނަމައޭ ހިތައް އެރީވެސް ކިތަށް ފަހަރު ކަމެއްވެސް ނާއިކުއަށް ނޭގެއެވެ.
ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިކޮއްގެން ދެލޯ މަރާލައިގެން ތަމަން ހުރި އިރު ތަމަންގެ ހުރިހާ ހަރަކާތެއް ބަލަން އެތާ އެހެން މީހެއް ހުރިކަން ވެސް ނޭގެއެވެ.
ނޭފަތުގައި ޖެހުނު ފިރިހެން ވަންތަ ވަހުން ތަމަން ސިއްސައިގެންގޮސް ދެލޯ ބޮޑުކޮއްލެވުނެވެ.
އެމޫނަށް ނަޒަރު ހުއްޓައިލައިގެން ހުރި ނާއިކު ފެނުމުން ތަމަންއަށް ލަދުން އިސްޖަހާލެވުނެވެ.
ޓީޝާޓު ގައިގައި ތައްވެފައިވާ މަންޒަރު ފެނުމުން ތަމަންއަށް ދެއަތުން މޭމަތި ނިވާ ކޮއްލެވުނެވެ.
ނާއިކު ތަމަންއާ ގާތަށް ޖެހިލި އިރު ވާޜޭގެ ތިކިތަކުން ނާއިކުވެސް ވަނީ އެއްކޮށް ތެމިފައެވެ.
އިރު އޮއްސެމުން ދިޔަ މަންޒަރުކަމުން ތަނަށް ފެތުރެމުން ދިޔަ އަދިރި ކަމުގައި ތަމަންގެ ކޮޓަރީ ދިއްލާފައިވާ ބޮކިން ފުރޭނިގެން އައިސްވާ ކުޑަ އަލި ކަމެއް ހުއްޓެވެ.
ވާރޭ ހުއްޓާލުމާއެކު ޖެހެމުން ދިޔަ ފިނިވައިރޯޅި ތަކުން ތަމަންގެ ހަށިގަނޑުގައި ބީހިލުމާއެކު ހީކަރުވާ ގޮތްވެ މަޑު ތުރުތުރު ލުމެއް ހުއްޓެވެ.
އެ ވަގުތު ތަމަންގެ ގަނޑުފެންކޮޅެއްފަދަ ފިނި ދެއަތުގައި ހިފާލަމުން ނާއިކު ތަމަން ގަޔާ ކައިރިކޮއްލިއެވެ.
އެހަށިގަނޑުގައި ބައްދާލަމުން އެދެއަތުގެ ހިމާޔަތް ދިނީ އެރީތިކަމައް އެތައް ގޮތަކުން ތައުރީފު ކުރަމުން ލޯބިވާ ވަރު އަންގަ ދެމުންނެވެ.
ތަމަންއަށް ނާއިކުގެ ހަށިގަނޑުގެ ހޫނުކަން ލިބުމުން ދެލޯ މަރާލެވުނެވެ.
**
ބަދިގޭ ތެރެއިން ނިކުމެގެން ތާރާއައި އިރު ރަނާއާއި އެކު މާކިން މާ އޮލަ ވާހަކައެއްގައި ތިބިތަންފެނުމުން ހުއްޓެވުނީ އެއީ އެހެންޏާ ނުފެންނަ މަންޒަރެއްވީމައެވެ.
ކޮންކަހަލަ ކަމެއް މީ؟ އެހެންޏާ އަބަދު ކޯޅޭ ދެބުޅާ މިއަދު ހާދަ ހީހީފަ ކޮން ވާހަކައެއްގަ؟ ތާރާގެ ފަހަތުން ބަދިގެއިން ނިކުތް މުނާއަށް އެމަންޒަރު ފެނުމުން ތާރާގެ ކަންފަތްދޮށައް އަނގަ ލަފާލަމުން ބުނެލިއެވެ.
އާން..، އަހަރެންވެސް އެހެންވެ މިތާ މިހުންނަނީ...، ކޮންމެސް ބޮޑުކަމެއް ރާވަނީހެން ހީވަނީ..، ތާރާ މައިދައިތަޔާ ބައިވެލަމުން ބުނެލިއެވެ.
އަހަރެންބޭނުމެއްނޫން މީން އެއްވެސް ކަމެއް ތާރާއަށް އެނގޭކައް ވަރަށް ސަޅިކޮއް ގެންދަންވާނެ...، މާކިން އެހެންބުނެ އެނބުރިލިތަނާ ބަދިގޭ ދޮރުމަތީ ހަށަމަށް އަތްލައިގެން ތިބި މަންމައާއި ތާރާ ފެނުމުން މާކިން ސިހުނެވެ.
މަޑުމަޑުން ރަނާއަށް ގައިގައި ކޮއްޓާލަމުން އެމީހުން ދައްކާލިއެވެ.
އަނެއްކާ އަޑު އިވޭނެތަ؟ ހާދަ ފާޑަކަށް ބަލަހައްޓައިގެން އެތިބީ..، މާކިން އެހެން ބުނެލަމުން އެމީހުން ދައްކާލުމުން ރަނާވެސް އެދިމާއަށް ބަލާލިއެވެ.
ނީވޭނެ..، ހާސްނުވޭ..، ރަނާ ބުނެލިއެވެ.
ކޮންވަޑާމެއް ދެމީހުން؟ މިއަދު ހާދަ ހަމަޖެހިފަ؟ މުނާ ތާރާއާއި އެކު އައިސް އިށީންނަމުން ބުނެލިއެވެ.
މީ މިދައްކަނީ ވާހަކައެއް ނޫން ..، ރަނާ ވަރަށް އަޅައިގަންނަމުން ބުނެލިއެވެ.
ވާހަކައެއް ތި ދައްކަނީ އެހެންޏާ ކަލޭމެން ދެމީހުން ތިހެން ތުންގުޅުވައިގެން ނުތިބޭނެ،...، އަބަދުވެސް ކޯޅޭނީ..، މުނާ މަޖާ ވެލާފައި ބުނެލިއެވެ.
ރަނާކައިރީ މިކިޔަނީ ތާރާ މިއަދު މާ ރީތިވާހަކަ...، ދޯ ރަނާ...، މާކިން ލޯމަރާލަމުން ރަނާއަށް ބުނެލިއެވެ.
މާކިން އެހެން ބުނެލުމާއެކު ރަނާވެސް އެއާ ބައިވެ ތެދެކޭ ބުނެލިއެވެ.
ހޫން ހެވޭ އަހަރެން ނުހެއްދިޔަސް..، ތާރާ އެހެން ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހޫނުވެފައި ހުރުމުން ފެންވަރާލާށެވެ.
ތާރާ އެތަނުން ގެއްލުމުން މާކިން މުނާއާއި ދިމާލައް އެނބުރިލިއެވެ.
އަހަރެން މިވިސްނަނީ އަހަރެމެންގެ ފަސްޓް އެނިވާސަރީގަ ތާރާ އަށް ސަޕްރައިޒްއެއްދޭން...، މާކިން ވަރައް ސިއްރުން ކަހަލަ ގޮތަކައް ބުނެލިއެވެ.
ދެން ކިހިނެއް ތި ޕުލޭން ކުރަނީ .؟ މުނާވެސް ސިއްރުން ކަހަލަ ގޮތަކައް މާކިންއާއި ތަންކޮޅެއް ކައިރިއަށް ޖެހި ބުނެލިއެވެ.
އަހަރެން މިވިސްނަނީ މެލޭޝިއާއަށް ދާން .. ނޫނީ ތާރާގެ ކޮއްކޮ ތަމަންކައިރިއަށް އެކޮޅައްދާން...،
މާކިން ބުނެލިއެވެ.
މަންމަ އަށް ފެންނަނީ އެމަންޖެ ކައިރިއަށް ދާން އޭރަށް ތާރާ ވަރައް އުފާވާނެ ..، އޭނައަށް ނޭނގި ހުއްޓަ ތަމަންފެނުނީމަ..، މުނާވެސް ވަރަށް ފޯރީގައި ބުނެލިއެވެ
ތެދެއް ދޮންބޭ ..، އޭރަށް ތާރޫއަށް ކިހިނެއްބާ ވާނީ ކުއްލިއަކަށް ތަމަންފެނުނީމަ..، ރަނާވެސް މާކިން ކިޔައިދިން ވާހަކަ ތަކުން ތާރާ ތަމަންއަށް ފޯރި ހުންނަ ވަރު ކޮންމެސް ވަރަކައް އެނގިފައި ހުރުމުން ބުނެލިއެވެ.
އާން .... އެކަމަކު އަހަރެން ބޭނުންވަނީ ތަމަންއަށްވެސް ނޭގި ދާން ..، އޭރަށް އަދި މަޖާވާނީ މާކިން ވިސްނަން އިނދެ ބުނެލިއެވެ.
އެގޭގަ ނޫޅޭތަ އެހެން މީހެއް...، އޭރައް އެމީހަކާ ގުޅައިގެން ތަމަންއަށް ވެސް ތާރޫއަށްވެސް ނޭގި ދެވިދާނެ..، ރަނާ ބުނެލިއެވެ.
އެގޭގަ އުޅޭ ދެ ބޯއީ..، އެކަމް އެމީހުން ފްރެންޑްއެއް ނުވާނެ.. މާކިން ބުނެލިއެވެ. ހިނގާ ކޮންމެސް ގޮތެއް ހަދަން ދޯ..، އަހަރެންނަށް ތިކަން ދޫކޮއްލާ ..، ރަނާ ބުނެލިއެވެ.
**
އެނދުމަތީ ފޯން ހިފައިގެން ތަމަން އޮތްއިރު ތާރާއާއި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ތަމަން ވިސްނަމުން ދިޔައީ ތާރާއަށް ނާއިކުއާއި ދެމީހުންގެ ގުޅުން އަންގާނެ ގޮތަކާއި މެދުގައެވެ.
ޔަގިނުންވެސް އޭނަ ބޭނުންވާ ކަމަކަށް ދޮންތަ ދުވަހަކުވެސް ނޫނެކޭ ނުބުނާނެއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް