އަދި އެއްވާހަކަ..، އަހަރެން އަދި ބޭނުމެއްނޫން ތަމަން ވަރިކުރާކަށް..، އަހަރެން ތަމަންއާއި މެރީ ކޮއްގެން އުޅުނޭ ކިޔާފަ ތަމަންގެ އެއްވެސް މިނިވަންކަމަކަށް ބުރޫއެއް ނާރާނެ..، އެޔަގީންކަން އަހަރެންދެން..، އަހަރެން މިތަނަކަށް ނުވެސް އަންނާނަން ..، ކިރިޔާވެސް ކަމެއްބޭނުންވެއްޖެނަމަ އަހަރެންނަން ގުޅާތި..، މާދަމާވެސް ތަމަން ހިތްކިޔާކަހަލަ މީހެއް ފެނިއްޖެނަމަ އަހަރެން ތަމަން ވަރިކޮށްދޭނަން..، އަހަރެން މިގޮތަށް މިނިންމީ ވަރަށް ބޮޑަށް ވިސްނާފަ..، ނާއިކް ބުނެލިއެވެ.
ދެން އަހަރެން ގޮސްލީ ..، މިރޭ އަހަރެން އަންނާނަން ގޭތެރެއަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަން ޝޮޕިންއަށް ދާން ..، ..، އަހަރެން ދަމުން ވޭލް ލައްވާ ކާއެއްޗެއް އެބަ ފޮނުވާލަން ..، ނާއިކް އެހެން ބުނެ ތަމަންގެ ޖަވާބަކަށް ބަލައިލުމެއްވެސް ނެތި ނިކުމެގެން ދިޔައެވެ.
ނާއިކް ގެއަށްދާން ނިކުތުމުން އެކަނިވެރިކަން ތަމަންއަށް އިހުސާސް ކުރެވުނެވެ.
ދުވަހަކުވެސް އެކަނިމައި އެކަނި ދިރިނޫޅޭތީ އެކަނި ތަނެއްގެ ތެރޭ ހުންނަން ވުމުން ޖެހިލުންވާ ގޮތްވިއެވެ.
ގޭގެ ބެލް އަޅާލިއިރައް ހިޔާލަށް ގެއްލިފައި ހުރި ތަމަން ދިޔައީ ސިއްސައިގެންނެވެ.
މަޑު މަޑޫން އައިސް ދޮރުހުޅުވާލީ ނާއިކް ކާއެއްޗެހި ހިފައިން މީހެއް ފޮނުވާނެ ވާހަކަ ބުނެފައި އޮތުމުންނެވެ.
ދޮރުހުޅުވާލި އިރު ދޮރުމަތީ ހުއްޓިލައިގެން ހުރި ޒުވާނާ ހިނިތުން ވެލަމުން އަތުގައި އޮތް ކޮތަޅު ތަމަންއަތަށް ދިނެވެ.
ސުކުރު އަދާ ކުރުމައްފަހު ތަމަން ދޮރުލެއްޕީ އެޒުވާނާ ހިނގައި ގަތުމުންނެވެ.
ކޮތަޅު މޭޒްމަތީ ބެހެއްޓުމަށްފަހު ކޮޓަރިއާއި ދިމާއަށް ތަމަން ހިނގައިގަތީ ފޮށި ދަމަމުންނެވެ.
ދޮރުހުޅޫވާލުމަށްފަހު ދޮރުމަތީ މަޑުކޮއްލީ ކޮޓަރިތެރެއަށް ބަލައިލަމުންނެވެ. ހިތް ފަސޭހަ ތަނަވަސް ބޮޑު ކޮޓަރިއެކެވެ.
މުޅި ކޮޓަރީގައި އެއްކޮށް ހުދު ކުލަ ލައިފައި ހުރި އިރު ޓައިލްސް ވެސް ހުރީ ހަމަ އެކުލައިންނެއެވެ.
ވަންނައިރު ކުރިމައްޗައްވާ ފާޜުގައި ޖައްސާފައި ހުރީ ކަހާލެވޭގޮތައް ހުންނަ ހުދު ކުލައިގެ ބޮޑު ވާޑްރޮބެކެވެ.
ވަންނަ ދޮރާ ދިމާ އެއްފަރާތެއްގައި ހަމަ އެކުލައިގެ ބޮޑު އެނދެއް ހުއްޓެވެ. އެދުގައި އަޅާފައިވެސް ވަނީ ހުދުކުލައިގެ ކުއިލްޓެކެވެ.
އެނދުގެ ސައިޑެއްގައި ހުރި ޑްރެސިންގް ޓޭބަލްވެސް ހުރީ އެކުލާގައެވެ. މުޅި ކޮޓާރި އެއްކޮއް ހުދުން ހުރި އިރު އިތުރު ކުލައަކައް އިނީ ބެލްކަންޏައް ނިކުމެވެން އިން ދޮރުގައި ހަރުކޮއްފައި ހުރި ގޯލްޑްކުލައިގެ ކާޓޭއިންނެވެ.
ކުޑަކޮށް ހިރަފުހުގެ އަސަރު ހުރިކަމުގައިވިޔަސް އެތަނަކީ މީހަކު ސާފުކޮށްގެން ގެންގުޅޭތަނެއްކަން ބަލައިލާ ކޮންމެ ދިމާލަކުންވެސް އެނގެއެވެ.
މޫނުމަތީގައިވާ ފޮތި ކޮޅު ނެގުމައްފަހު އެދުގައި އިށީނދެ ހަމަޖެހިލަމުން ފޮށި ހުޅުވާލިއެވެ.
ފޮށީގައިވާ އެއްޗެހިތައް ނަގާ އެނދުމަތީ ބެހެއްޓުމައްފަހު ފާހާނާއަށް ވަނީ ފެންވަރާލާ ފްރެޝް ވެލުމަށެވެ.
ފެންވަރާލުމުން ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލާ ހިގައްޖެއެވެ. ފާހާނާގައި ހުރި ބޮޑުލޯގަނޑުގެ ކުރިމަތީ އިރުކޮޅަކު ހުރެލުމައްފަހު ތުވާލި ގައިގައި އޮޅާލަމުން ތަމަން ކޮޓަރިއަށް ނިކުތެވެ.
އެނދުމައްޗައް ނަގާފައި ހުރި ހެދުން ތަކުގެ ތެރެއިން ގަދަނޫކުލައިގެ ސްޓްރައިޕް ހަރުވާޅަކާއި ގަދަ އަޅިކުލައިގެ ޓިޝާޓް ގަޔަށް ހެޔޮވަރު ކޮށްލަމުން ޑްރެސިންގް ޓޭބަލް ކައިރީ މަޑުކޮއްލިއެވެ.
އިސްތަށިގަނޑުގައި އަތް ހާކާލުމައްފަހު ކޮޓަރިން ނިކުތެވެ. ސިޓިންގްރޫމްއަށް ނިކުމެ މޭޒްކައިރީ އިން ކަޅު ދިގު ގޮނޑި ދަމާލުމަށްފަހު އިށީނދެ އެކޮތަޅުގައި ހުރި އެއްޗެހި ނަގާ ކުރިމަތީ ބަހައްޓާލިއެވެ،
އަދި ލަސްލަހުން ކާންފެށިއެވެ.
**
ނާއިކްއަށް ގެއަށް އައިސް ވަދެވުން އިރު ސިޓިންގްރޫމް ސޯފާގައި އެވްލިންއާއި ބައްޕަ ކޮންމެސް ވާހަކައެއްގައި ތިއްބެވެ.
މިއޮއް އައީނު..، ދަރިފުޅާ އާދެބަލަ މިތާ އިށީންނަން..، ވަރުބަލިވެ ވާހަކަ ދައްކާ ހިތްވާކަހަލަ މޫޑެއްގައިނެތްނަމަވެސް ބައްޕައަށް އިހުތިރާމް ކުރުމުގެ ގޮތުން ނާއިކް ސޯފާގައި އިށީނެވެ..
އެވީ ދަރިފުޅު ނައިސްގެން މާ ހާސްވެގެން އުޅޭތީ ބައްޕަ އެވަރަކަށް މިގުޅަނީ ..،ފޯން ނިވިފަތަ؟ ފައްވާޒް ބުނެލިއެވެ.
ލައްބަ ރޭގަ މާ ބުރަކޮށް އުޅުނީމަ ފޯނު ޗާޖްވެސް ނުކުރެވުނީ..، އެހެންވެ ނިވިފަ އެއޮތީ..، އެވީ މާ ކަންތައް ބޮޑު ކޮއްލަނީ..، ނާއިކް ހިތްހަމަ ނުޖެހި އެހެން ބުނެލީ އަޑުގައިވި ހިތްހަމަ ނުޖެހުން ފޮރުވަމުންނެވެ.
ބައްޕަވެސް އެހެން މިކިޔަނީ..، ހޫމް ދޭ ދެން ފެންވަރައިލައިގެން އަންނަން ..، ދަރިފުޅު އަންނަންވާއިރަށް އެވީ ވަރަށް ރަގަޅަށް ކާންތައްޔާރު ކޮއްލާފަ ހުރީ..، ފައްވާޒް އެހެން ބުނެލުމުން ނާއިކް ބޯ ޖަހާލަމުން ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ އެވްލިންއަށް ބަލާވެސް ނުލައެވެ.
ނާއިކްއައިސް ގޭތެރެއަށް ވަނީންސުރެ އެވްލިން އެއިންތިޒާރު ކުރަނީ ނާއިކް ލޯބިން ބަލާލާނެ ވަގުތަކަށެވެ.
އެއޮއް ހުރިހާއިރު އެތާ ހުރިއިރުވެސް ނާއިކް ބަލާވެސް ނުލުމުން އެވްލިން ހިތުގައި ޖެހުނެވެ.
ރެއިންސުރެ އޭނަ އެއިންތިޒާރުކުރަނީ ނާއިކްއަށެވެ.
އެކަމަކު ހަފްތާއެއް ފަހުން އެބުރި އައިރުވެސް އެމޫނަށް ބަލާލަންވެސް ނާއިކް ހަދާނެއްނެތެވެ،
ހިތުގައި ޖެހޭގޮތްވުމުން އެވްލިން އެކަން ފައްވާޒްއަށް ނުދައްކާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
އެތެރެއަށް ވަތްންއިރު ނާއިކް ފެންވަރާ އަޑުއިވެއެވެ.
އެނދުގައި އޮށޯވެ އަނެއްފަރާތައް މޫނު އަނބުރާލީ ނާއިކް ފާހާނައިން ނިކުތުމުންވެސް އޭނަގެ މޫނު ނާއިކްއަށް ދައްކަން ބޭނުންނުވާތީއެވެ.
އެފަރާތައް އެބުރިގެން އޮތްއިރު އެވްލިންގެ ލޮލުން ކަރުނައާދެއެވެ.
ފެންވަރާ އަޑު ކެޑުމުން ނާއިކް ނިކުތުމުގެ ކުރިން އެވްލިން ދެލޯ ފޮހެލިއެވެ.
ތުވާލި އުނުގައި އަނދެލައިގެން ނިކުތް ނާއިކްއަށް އެދުގެ އަނެއްފަރާތަށް އެނބުރިގެންއޮތް އެވްލިން ފެނުމާއެކު ބަލާލިއެވެ.
ކިހިނެއްވެފަ؟ ނާއިކް ޑްރެސިންގް ޓޭބަލް ކައިރީ ހުއްޓިލަމުން އެހެން ބުނެލީ އެވްލިންއަށް ފުރަގަސްދީގެން ހުރެއެވެ.
އެވްލިންގެ ޖަވާބެއް ނައުމުން ފަހަތަށް އެބުރި އަނެއްކާވެސް އެސުވާލު ކޮއްލިއެވެ.
ނާއިކް އެހެން އެހުމުން އިތުރަށް އެވްލިންގެ ހިތަށް ތަދުވީއެވެ. ކަރުނަތައް ފައިބަންފެށީ ހިތާމައެއްގައިވާ މީހަކައް މީހަކު ހަމްދަރުދީ ވުމުން އިތުރަށް ހިތުގައި ޖެހޭ ފަދައިންނެވެ.
އެވްލިން އަނގައިން ނުބުނުމުން އެކަމާ މާބޮޑު އަޅާލުމެއް ނެތި ނާއިކް ކޮޓަރިން ނިކުތީ ބޮލުން ޓީޝާޓް ވައްޓާލަމުންނެވެ.
ދައްތާ ކާއެއްޗެއް ހަދާބަލަ ..، ވަރަށް ބަނޑުހައި....، މިއަދު އަދި އެއްވެސް އެއްޗެއް ނުކައި މިއުޅޭނީ..، ނާއިކް ގޮނޑި ދަމާލަމުން އިށީނދެ ބަދިގެ ތެރޭ މަސަތްކަތުގައި އުޅުނު ހަދީޖާއަށް ބުނެލިއެވެ.
ދަރިފުޅު ކޮބާ އެވީ؟ ފަހަތުން ފައްވާޒްގެ އަޑު އިވުމުން ނާއިކް ބަލާލިއެވެ.
އެބައޮތް ނިދާފަ..، ދެފަހަރު ގޮވާލީމަވެސް ނުހޭލި އެހެންވެ ބަނޑުހައިވެފަ ހުރީމަމިއައީ.. ،
ދަރިފުޅު އަންނާތީ މިއަދު އެއްކޮށް ބަދިގޭގަ އެއުޅުނީ..، އެހެންވެ މާ ބޮޑަށް ވަރުބަލީވީ ކަންނޭގެ..، ފައްވާޒް ނާއިކްގާތު ގޮނޑިގައި އިށީންނަމުން ބުނެލިއެވެ.
ކިހިނެއް މަސަތްކަތްތައް..، ފައްވާޒް ބުނެލިއެވެ.
ހުރިހާ ކަމެއްވެސް ހަމަ ވަރަށް ބަރާބަރަށް ކުރިއަށްދޭ..، މިހާޜު ހުރިހާ ކަމެއް ނިމިފަ އެހުރީ ހަމަ ..، ހުޅުވަން ކީ ޑޭޓަށް ހަމަ ހުޅުވޭނެ..، ނާއިކް ބައްޕައަށް ބުނެލިއެވެ.
ދެބަފައިން ވާޙަކައިގައި އިނދެ ކައި ނިމުމުން ނާއިކް ކޮޓަރިއަށް ވަނެވެ.
މިރޭ ދާނެ ވާޙަކަ ތަމަންގާތު ބުނެފައި ވުމުން ތަންކޮޅެއް ކުރިއަށް ފޯނު އެލާމައް ޖެއްސުމައްފަހު ނާއިކް އެދުގައި އޮށޯވެލިއެވެ.
އެނދުގައި އެވްލިން ނެތުމުން ވީ ފާހާނާގައި ކަން އެގުމުން ގޮވައިވެސް ނުލާ ނާއިކް ދެލޯ މަރާލިއެވެ.
އެސްފިޔަތަކަށް ބަރުވެ ނިދެން ނެގީ މަދު ސިކުންތުކޮޅެކެވެ.
ފާހާނާއިން ނިކުތް އެވްލިންއަށް އެދުގައި އޮތް ނާއިކް ފެނުމުން އިތުރަށް ހިތުގައި ޖެހުނެވެ.
ނާއިކްގެ އަމަލުތައް ހުންނަ ގޮތުން ނާއިކްއާއި ދޭތެރޭ ހިތުގައި ޝައްކު އުފެދެން ފެށިއެވެ.
**
ގޭތެރެ ފޮޅާ ރީތިކޮއްލުމައްފަހު އެދުމަތީގައި ބެހެއްޓި ހެދުންތައް ނަގާ ކޮނޑުގައި އަޅޫވާލާފައި ވާޑްރޯބަށް ލިއެވެ.
ހުރިހާ ކަމެއް ކޮށް ނިމުނުއިރު އަށެއް ޖެހުމާއި ހުރީ ވަރަށް ގާތްވެފައެވެ. ނާއިކްއައުމުގެ ކުރިން އަވަހަށް ތައްޔާރުވުމައް ކޮޓަރިއަށް ވަދެ ލާންގެންގުޅޭ އަބާޔާ އިސްތިރި ކޮއްލުމައްފަހު އެނދުމަތީ ބޭއްވިއެވެ.
ވަރަށް އަވަސްކޮއްލައިގެން ފާހާނައިން ނިކުމެ އަބާޔާ ލުމަށްފަހު ތައްޔާރުވާންފެށިއެވެ.
އެނދުމަތީ އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން ތަމަން އެދިމާއަށް ހިނގައިގަތެވެ. ސްކްރީނައް އަރާފައިވާ ނާއިކްގެ ނަން ފެނުމުން ތަމަން އަވަހަށް ނަގާ ކަންފަތުގައި ޖަހާލިއެވެ. ދޮރުމަތީ ހުރި ނާއިކްއަށް ފޯނުން ތަމަންގެ އަޑު ޖެހުމާއިއެކު ތެޅި ގަނެވުނެވެ. ހަމަ އެއަޑެވެ. އެއްވެސް ތަފާތެއްނެތެވެ.
ބޭނުންވީ ހަމަ މިވަގުތު އެމޫނު ދެކިލުމަށެވެ. އަހަރެން އެބަ ވަންނަން ..، ނާއިކް އެހެން ބުނެ އަވަހަށް ފޯނުކަނޑާލީ ތަމަން އެކަމައް އެއްބަސް ވުމުންނެވެ.
އަތުގައި އޮތް ޑަބަލް ކީއިން ދޮރުހުޅުވާލުމައްފަހު އެތެރެއަށް ދެމިގަތެވެ.
ސިޓިންގްރޫމުގައި ތަމަން ފެންނަން ނެތުމުން ނާއިކް ސޯފާގައި މަޑުކޮއްލި އިރުވެސް ހިތް އެދެމުން ދިޔައީ ތަމަން ދެކިލުމަށެވެ.
މޫނުމަތީގައިވާ ފޮތިކޮޅު ތިރިއަށް ވައްޓާލަމުން ތަމަން ކޮޓަރީ ދޮރު ހުޅުވާލިއެވެ.
އެވަގުތު ނާއިކްގެ ދެލޮލާއި ތަމަންދެލޯ އަމާޒްވެގެން ދިޔަ ވަގުތު ނާއިކްއަށް އެހެން ދިމައެއް ބަލާލަންވެސް ހަދާންނެތުނުކަހަލައެވެ. ހަމަ އެދެލޮލެވެ.
އާޝާ..، ބޭއިހްތިޔާރުގައި ނާއިކްއަށް އެހެން ބުނެވުމުން ތަމަންއަށް ދެލޯ ބޮޑުކޮއްލެވުނެވެ.
އެއީ އާޝާ ހެއްޔެވެ. ނޫނެކެވެ. އާޝާ ނަމަ އެހާ ކައިރީ އުޅޭއިރު އެހިތަށް ކެތެއް ނުވާނެއެވެ.
އާޝާ ކިޔައިދިން ގޮތުންނަމަ އާޝާގެ މަންމަ އަދި ބައްޕަވެސް ދުނިޔެއަކު ނެތެވެ. އެކަމަކު ތަމަންގެ މަންމަ ދުނިޔޭގައި އެބަހުއްޓެވެ. އެއީ އާޝާ ކަމަށް ވެއްޖެނަމަ މިއޮއް ހުރިހާ ދުވަހު ކިޔަވައިގެން އައިސް އެހާލުގައި ނުވެސް އުޅޭނެއެވެ.
މިއަދު އަހަރެންގެ އާޝާއަކީ މޮޅު ޑޮކްޓަރެއްކަން ޔަގީނެވެ.
ކޮންމެސް ދުވަހަކުން އިރާދަކުރެއްވިއްޔާ އަދި އަހަރެމެން ދެމީހުން ދިމާވާނެ ..، ނާއިކް ނިތްކުރީގައި އަތްހާކާލަމުން ދެފަރާތައް ބޯހޫރާލިއެވެ.
ހިނގާދާން..، ނާއިކް އެހެން ބުނެ ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. މަގުގެ އެއްފަރާތެއްގައި ބާއްވާފައި އޮތް ކާރާ ދިމާލައް ނާއިކް ހިނގައި ގަތުމުން ތަމަންވެސް ހިނގައިގަތެވެ.
ފަރުވާ ކުޑަގޮތަކަށް ކާރުގެ ކުރީ ސީޓަށްއެރިއެވެ.
ފަހަތުން އައިސް ތަމަންވެސް ފަހަތު ސީޓް ދޮރުހުޅުވާލުމައްފަހު އިށީނެވެ.
އެކި ފިހާރަތަކަށް ވަންނަމުން ދިޔައިރު ތަމަން ބޭނުން ހުރިހާއެއްޗެއް ނާއިކް ނަގަމުން ދިޔައެވެ.
އަހަރެން އަތުގަ ރުފިޔާ އެބަހުރި.. ނާއިކް ހުރިހާ އެއްޗަކައް ރުފިޔާ ދައްކަން ފެށުމުން ތަމަން ބުނެލިއެވެ.
މިފަހަރު ބޭނުން ހުރިހާއެއްޗެއް އަހަރެން ގަނެދޭނަން ..، އަހަރެން މިކަންތައް މިކޮށްދެނީ ތަމަން އަތުގަ ރުފިޔާ ނެއްކަމަކައް ނޫން..، ބޭނުން ހުރިހާ އެއްޗެއް ނަގާތި..، ނާއިކް ބުނެލިއެވެ.
ރީތިވާ އެއްޗެއްސާއި ކައްކަން ބޭނުންވާނެ ހުރިހާ އެއްޗެއް ހަމަވުމުން ނާއިކް ހުރިހައި އެއްޗެއް ގެނެސް ކާރަށް ލިއެވެ.
އަދި ތަމަން އެރުމުން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
އަނގައިން ވެސް ނުބުނެ ނާއިކް އިންއިރު ދޭތެރެއަކުން ކާރުގައި އިން ލޯކޮޅުން ތަމަންގެ ދެލޮލަށް ބަލާލެވެއެވެ.
އެކޮންމެ ފަހަރަކު ނާއިކް ހިތަށް އުދަގޫ ތަކެއް ވެއެވެ.
ތަމަންގެ ފެމިލީގަ ކޮންބައެއް ތިބެނީ؟ ނާއިކް ނާހަން ހުރެފައިވެސް ހިތައް ކެއްނުވުމުން އަހާލިއެވެ.
އަހަރެންގެ މަންމައާއި ދައްތަ އެކަނި..، ތަމަން ދޮގު ނަހަދަން ބުނެލިއެވެ.
ދައްތަ ކޮބާ؟ ނާއިކް ނޭވާ ހިފަހައްޓާލައިގެން އިންނަ ގޮތަށް އިނދެ އަހާލިއެވެ.
މީހަކާ އިނދެގެން މާލޭގަ އުޅެނީ..، ތަމަން ބުނެލިއެވެ.
ދައްތަ ވަޒީފާ އަދާކުރަނީ ކޮންތާކު..، ނާއިކްގެ އެސުވާލުން ތަމަންއަށް ނާއިކްގެ މަގުސަދަކީ ކޮބައިކަން އެނގުނުކަހަލައެވެ.
އެއްވެސް ވަޒީފާއެއްގަ ނޫން..، ގޭތެރޭ މަސަތްކަތް ކުރަން ގޭގަ ހުންނަނީ..، ތަމަން އެހެން ބުނެލުމުން ނާއިކް އިތުރު ސުވާލެއް ނުކުރިއެވެ.
ގެއާ ހިސާބައް އާދެވުމާއި އެކު ހުރިހާ އެއްޗެއް ގޭތެރެއަށް ލައި ދިނުމަށްފަހު ނާއިކް އެބުރި ދިޔައީ މަޑުވެސް ކޮށްނުލައެވެ.
ނާއިކް ދިއުމުން ރަގަޅަށް ދޮރު ތަންޑު އެޅުވުމައްފަހު ކޮޓަރިއަށް ތަމަން ވަނެވެ.
އެއްޗެހި ބަދަލި ކޮށްލުމަށްފަހު އެނދުގައި ހަމަޖެހިލުމަށްފަހު ފޯނުން ނަގާ ވަޒީފާ ހުންނަ ސައިޓްތަކައް ފަހަރަކު ތަނަކަށް ތަމަން ވަންނަމުން ދިޔައެވެ.
ވީހާވެސް އަވަހަކަށް ބޭނުންވަނީ ކިޔެވި އެއްޗެއްގެ ބޭނުން ހިފައި އަވަހަށް ވަޒީފާއެއް ލިބޭތޯ ބަލާށެވެ.
މިހާރު ތަމަންގެ އެންމެ ބޮޑު ހުވަފެނަކީ ވަޒީފާ ލިބި އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.
ނުނިމޭ .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް