އަހަރެން ދީފާނަން އައިޑިއާއެއް..، އެކަމަކު މިގޮތް ކަލޭމެން ދެމީހުންނަށް ކަމުދަންޏާ..، ނިކް ވީނު ތަމަންއާއި ކައިވެނިކުރަން ..،ރައިން އެހެން ބުނެލުމުން ތަމަންއާއި ނަޢިކް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލިއެވެ.
ވަޓް...، ނާއިކް ލޯ ހިމަކޮށްލަމުން ރައިންނަށް ބަލާލަމުން ބުނެލިއެވެ.
ކިހިނެތް..، އަހަރެން މީ މީހެއްގެ ފިރިއެކޭ..، އިތުރު ކައިވެންޏެއް ..، ނާއިކް ވާނުވާ ނޭނގޭ ކަހަލަ ގޮތަކައް ބުނެލިއެވެ.
ނާއިކް އެހެން ބުނެލުމުން ތަމަން ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ހަގީގަތުގައިވެސް ނާއިކްއަކީ ބޭވަފާ ތެރިއެކެވެ.
ލޯބިވާ ކަމަށް ހެދިގެން އޭނައާއި އެކު އުޅުނީ ޗުއްޓީގައިއައިސް ހިތްހަމަ ޖައްސާލުމަށެވެ. ތަމަންގެ ހިތަށް އަރާފައިބަމުންދިޔަ އެއްޗެހިން ލޮލުން ކަރުނަ ހިލޭ ގޮތްވާންފެށިއެވެ.
އިންސާނަކު އަނެއް އިންސާނަކައް އޮޅުވާލާނީ އެހާ ވަރަށެވެ.
ދެން ދުވަހަކުވެސް ފިރިހެނަކައް އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ.
މިބުނީ އެހެން ކައިވެނި ކުރާށެކޭ ނޫނޭ..، އަހަރެން މިބުނީ ދާނިޔަލްގެ ގޮތް ނިކްއަށް އެނގޭތީ މިބުނީ މިތަން ތަމަން ފަސޭހައިން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތަކީ މީ އަހަރެންނަށް ވިސްނުނު..، ރައިން ދެމީހުންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
އާނ އަހަރެން ބޭނުމެއްނޫން އޭނަ އަތްމަތްޗައް ދޫކޮއްލާކައް..، ނާއިކް ބުނެލިއެވެ.
މިހާރު އެވާގޮތުން ތަމަންގެ މަންމަ ޕޮލިހުގަ މައްސަލަ ޖައްސާފަ ފަސޭހައިން މިތަނުން ތަމަން ގެންދެވޭނެ.
ނަމެއްގަ ކައިވެނި ކޮށްލާފަ ތަމަން ބޭނުންގޮތަށް އޭނަ ބޭނުންތާކަށް ފޮނުވާލަ ދީފަ ތިދެމީހުންނަށް ވަރިވެވިދާނެ ދޯ..،
ރައިން ބުނެލިއެވެ.
އޭރަށް އެކަމަކު އެވީ ..، އެވީ ގަބޫލެއް ނުވާނެ..، އަހަރެން ބޭނުމެއްނޫން ބައްޕަމެން މައްސަލަ ގަނޑެއް ބޮޑުކޮއްލާކަށް..، ނާއިކް ބުނެލިއެވެ.
އެވީ އަކަށް ނޭގޭނެ..، މިހާރު އެހެން ކައިވެންޏެއްކުރާއިރު އަނެއް އަންބަކަށް ނޭނގިވެސް ކައިވެނިކުރެވޭނެ..، މީކީ ގިނަ ދުވަހަށް ކުރާކަމެއްނޫނޭ..، މިއަދު ތަމަންއަށް މިތަނުން ދެވުނަސް މިއަދުވެސް ތިމީހުންނަށް މިކަން ނިންމާލެވިދާނެދޯ..، ރައިން އެހެން ބުނެލުމުން ނާއިކް ވިސްނަން ހުރެ ތަމަންއާއި ދިމާއަށް ބަލައިލިއެވެ.
އެވަގުތު ބުރުގާގެ ލޮކައިރިން އަޅާފައިވާ ފޮތިގަނޑުމަތި ކަރުނައިން ތެމެމުން ދެއެވެ.
އެއަންހެން ކުއްޖާގެ ނިކަމެތި ހާލަށް ހަމްދަރުދީވެ ނާއިކްއަށްއެކަމާ ގަބޫލް ނުވެ ނުކެރުނެވެ.
އަހަރެން ގަބޫލް ..، ނާއިކް ބުނެލިއެވެ.
ތަމަން ގަބޫލްތަ..،؟ އެގޮތަށް ތަމަން ހުއްޓައި ރައިން ބުނެލިއެވެ.
ދާނިޔަލް ކިބައިން ސަލާމަތްވާން ބޭނުންވާން މިވަގުތު ކޮންމެހެންވެސް ބޭނުމެވެ. ނާއިކްދެކެ ކިތަންމެ ރުޅިއައިސްފައި ހުއްޓަސް މިވަގުތު ތަމަންއަށް އޭނަގެ އިއްޒަތާއި އަބުރު މާ މުހިންމެވެ.
އަހަރެން ގަބޫލް..، ތަމަން ލޯމަރާލަމުން ނާއިކްއަށް ފުރަގަސް ދެމުން ބުނެލިއެވެ.
އެހަރެން މިތަނުން ސަލާމަތްވާން ބޭނުން..، ތަމަން އެހެން ބުނެލިއިރުވެސް ކަރުނައާދެއެވެ.
އަހަރެން އެހެންވީމަ މިހާރު މިދަނީ ރަންކިޔާ މީހުން ހޯދަން ..، މިއަދު ރަންކިޔުމުގެ ކަންތައް ކުރެވިއްޖާ އެމީހުންނަން ތަމަން ގެންދެވޭނެ އެއްވެސް ގޮތެއްނޯންނާނެ..، ރައިން ބުނެލިއެވެ.
އަނެއްކަ ނިކްވެސް ވަރަށް އަވަހައް ދާންޖެހެއެއްނު..، އެންމެ އަވަހަށްވެސް ކައިވެނި ކުރެވޭނީ ވެސް ހަތްދުވަހުން..، އެހެންވީމަ ނިކްދާއިރު ތަމަން ގޮވައިގެން ދެވޭނެއްނު..، ރައިން ބުނެލިއެވެ.
ހަވީރު ފަހެއްޖަހަން ވީއިރު ދެހެކިވެރިން ނާއިކްމެން އުޅޭ ގެޔައް އައިސް ތިއްބެވެ.
ސިޓިންގްރޫމުގައި ބަހައްޓާފައި ހުރި މޭޒް ދޮށުގައި ނާއިކްއާއި ތަމަންގެ އިތުރުން ރައިންވެސް ހެކިވެރިންނާއި އެކު އިށީނދެލައިގެން ތިއްބެވެ.
ނާއިކްގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ތަމަންއަށް އިހުސާސް ކުރެވެމުން ދިޔައެވެ.
ތަމަންގެ މޫނުމަތި ވަނީ އެއްކޮށް މިލައިގެން ގޮސްފައެވެ. ބަސް ހުއްޓިފައި އޭނަ އިންއިރު ދެލޮލުން ހީވަނީ ދެންމެ ދެންމެ ކަރުނައައިސްދާނެހެންނެވެ.
ނާއިކްއާއި އެކު ދެމީހުން އުޅުނު އުފާވެރި ވަގުތުތައް ލޯ ކުރިމައްޗަށް ސިފަވަނީއެވެ.
ހިތަށްވާ ތަދު ބަޔާންކުރާނީވެސް ކިހިނެއްހެއްޔެވެ.
އެއަޑު އަހާނެ އިންސާނެއްވެސް މިއުޑުދަށުގައި ނެތެވެ.
ހެކިވެރިން ފޯމްފުރާ ކަންތައް ކުރުމުން ރައިން ލޮލުގެ އިސާރާތުން ތަމަންއަށް އަންގާލުމުން ގޮނޑިން ތެދުވެގެން ގޮސް ބަދިގެއަށް ވަދެ ހޮޓަލުން ގަނެގެން ގެނެސް ހުރި ހެދިކާ ކޮތަޅު ތައްޓަކަށް އަޅާލުމައްފަހު އެހިފައިގެން އައިސް މޭޒް މަތީ ބެހެއްޓިއެވެ.
އެނބުރި ބަދިގެއަށް ވަދެ ޖޫސްޖަގަކާއި ތަށި ހިފައިގެން އައިސް ތަށީތަކަށް ޖޫސް އަޅައިދިނުމައްފަހު އެތާމަޑުކޮއްލިއެވެ.
**
އިއްޔެއިންސުރެ ކަޅުކުރަމުން އައި ވިލާތައް މުޅި އުދަރެސް ބައްދަމުންގޮސް ދިހައެއް ޖަހަންވީއިރު ވެހިގަތީ އެއްވެސް ތަނެއް ވަކިވެސް ނުވާ ވަރަށެވެ.
ފަޒާގައި ހަރުލާފައިވާ ފިނިކަމާއިއެކު މުޅި ހިސާބަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން ހަމައެކަނި އިވޭ އަޑަކީ ބޯކޮއްވެހެމުންދާ ވާރެއާއި ޖެހެމުންދިޔަ ގަދަވަޔާއި އެކުވެގެން އަންނަ އަޑުތަކެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވާ ހިމޭން ކަމުގެ ތެރެއިން ތަމަންގެ ގިސްލުމުގެ އަޑު އެހެން މީހެއްގެ ކަންފަތާ ހަމައަށް ވާސިލްނުވެ ވެހެމުންދިޔަ ބޯ ވާރޭގެ ތިކިތަކާ އެކުވެގެން ދަނީއެވެ.
އޭނަގެ ހިތަށް ލިބިފައިވާ ހިތާމައާއި ވޭނަށް ކުޑަނަމަވެސް ތަސައްލީ އެއްލިބެނީ އެލޮލުން އޮހޭ ކަރުނައިންނެވެ.
ދުވާލު ހަތަރުދަމު ލޮލުތެރޭގައި ރައްކާކޮއްގެން އުޅޭ ކަރުނަތައް ރޭވެއްޖެނަމަ އެލޮލާ ވަކިވެގެން ދެއެވެ.
" ނިކް އަހަރެންނައް ތިހެން ތިހެދީ ކީއްވެގެން..، އަހަރެން ތިލޯތްބާ ނުލާ އުޅޭނީ ކިހިނެއް..، ކީއްވެތަ އަހަރެންނައް ތިހާ ބޮޑު އޮޅުވާލުމެއް ތިއޮޅުވާލީ..،ކީއްވެ ތަ އަހަރެން މިއޮއްބޮޑު ދުނިޔެއަށް އެކަނިކޮށްލީ..،
ކީއްވެ އަހަރެންނާ ދުރަށް ތިދިޔައީ ، އަހަރެން ކޮންކުށެއް ކޮއްގެން..، އަހަރެން އަބަދުވެސް ނިކްދެކެ ލޯބިވިން،، ދުވަހަކުވެސް އެލޯތްބައް ބަދަލެއް ނާންނާނެ..، އަހަރެންނައް މިއަދު ނިކްގެ ދެލޮލުން ފެނުނު އޭނަދެކެ ލޯބިވާވަރު..، އެންމެ ފަހަރަކުވެސް ތިހެން ކަންތައްކުރިއިރު އަހަރެން ދެރަވާނެ ވަރު ނުވިސްނަންތަ..، ރޮވިފައިވާ އަޑަކުން ތަމަން ވާހަކަ ދެއްކިއެވެ.
އެއީ އަނެއްކޮޓަރީގައި ދެފަރާތައް ފުރޮޅެމުން ދިޔަ ނާއިކްގެވެސް ހާލެވެ.
އާޝާއާއި ދޭތެރޭ ވިސްނި ވިސްނި ނާއިކްގެ ސިކުޑިއަށްވެސް ބަރު ބޮޑުވަނީއެވެ.
**
ދުވަސްތައް ފާއިތު ވަމުންދަނީ ބާރުމިނުގައެވެ.
ހޮޓެލްގެ ކަންތައްތަކާއި ހަވާލްވެގެން އައި ނާއިކްއަށް އެކަމަށް ދޭނެ އެންމެ ވަގުތެއްވެސް ނުވެގެން އުޅެނިކޮށް ހަފްތާއެއް ފާއިތުވެގެން ދިޔައީއެވެ.
މިވޭތުވެދިޔަ ހަފްތާ ތެރޭގައި ދާނިޔަލްގެ ފަރާތުން އެތައް އިންޒާރެއް ނާއިކްއާއި ރައިންނައްވެސް ލިބެމުންދިޔައެވެ. ދޭތެރެއަކުން ސީމާގެ ރުޅިވެރި ބަސްތައްވެސް އަޑުއަހަން ޖެހެއެވެ.
އެއީ އިވޭ އަޑުތަކަކަށް ނަހަދާ ރައިން ބުނި ގޮތަށް ނާއިކް ކައިވެންޏާއިގެން ކުރިއަށްދިޔައީ ހާލުގައި ޖެހިފައިހުރި އަންހެން ކުއްޖަކަށް އެހީވުމަށްޓަކައެވެ،
ސިޓިންރޫމުގައި ބަހައްޓާފައިވާ މޭޒް ދޮށުގައި ތަމަން އިށީނދެ އިން އިރު ކައިރީގައި ނާއިކް އިނެވެ.
ގަދަނޫކުލައިގެ ދިގުހެދުމެއްލައިގެން ތަމަން އިންއިރު ކުރިއެކޭވެސް އެއްގޮތައް މޫނުމަތީގެ ލޯ ނޫން ހުރިހާތަނެއް ނިވާ ކޮށްލާފައިވާނީ ކަޅުކުލައިގެ ފޮތިކޮޅުންނެވެ.
އެގެއަށް އައިސް ދެވަނައަށްވީ ދުވަހު ރައިންއާއިއެކު ތަމަން އެކަލަ ތިންހެދުން ގަތީ ނާއިކްގެ ކުރިމަތީ ދެން އެކަހަލަ ހެދުން އަޅަންވެގެންނެވެ.
ކޮންމެ ގޮތެއްވިޔަސް ނާއިކްއަށް މިހާރު އޭނައަކީ ކާކުކަން އެންގުން މުހިންމެއްނޫނެވެ.
ކައިވެނީގެ މަޖިލިސް ފެށިގެން ކުރިޔައްދިޔައިރު ގާޒީގެ ނަސޭހަތް އަޑުއަހަން ތަމަން އިންއިރު އެދެއަތްވަނީ ފިނިވެފައެވެ.
މިއީ އެތައްދުވަހަކު ތަމަންކުރި ދިގު އިންތިޒާރެއްގެ ނިމުމެވެ. ނަމަވެސް މިއަދު އެއިންތިޒާރު ނިމުމަކަށް އައި އިރު އެމޫނުމަތީގައިވި ހިނިތުންވުން ވަނީ ފިލާ ގޮއްސައެވެ.
ޖެހި ބުދެއްހެން ނާއިކް އިންއިރު އެންމެ ފަހަރަކުވެސް ތަމަންއާއި ދިމާއަށް ބަލާވެސް ނުލައެވެ.
ހިޔާލައް ގެއްލިފައި އިން ނާއިކްއަށް ތެޅިގަނެވުނީ ދެފަހަރު ގާޒީ އަނބިގަބޫލްކުރުމައް އެދުމުންނެވެ.
އަޅައިގަންނަ ކަހަލަ ގޮތަކަށް ނާއިކް އަނބި ގަބޫލްކޮއްފީމޭ ބުނިވަގުތު ތަމަންގެ ހިތް ހުއްޓުން ކަހަލައެވެ. އެކުޑަ ވަގުތުކޮޅުގައިވެސް އަތްފައި ފިނިވެ ދާހިތްލައިލައި ފިއެވެ.
ކައިވެނީގެ ހަފްލާ ނިމުމުން ގާޒީ ދެމީހުންނާއި ސަލާން ކުރުމަށްފަހު ހެކިވެރިންނާއި އެކު ތެދުވިއެވެ. އޭރު އެމީހުންނަށް ސައިބޮވޭ ގޮތަށް އެއްފަރާތެއްގައި މޭޒްމަތި ތައްޔާރު ކޮއްފައި ހުއްޓެވެ.
މިކަންވެސް މިނިމުނީނު..، ދެން އަވަހަށް ފުރޭތޯ އުޅެންވީނު..، ރައިން ނާއިކް ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
އަހަރެން އެގެއަށް ގޮސް އަހަރެންގެ ހުރިހާ އެއްޗެއް ގެންނަން ބޭނުން،..، ދެމީހުން ވާހަކައިގައި ހުއްޓައި ފަހަތުން ތަމަން ބުނެލިއެވެ.
އަހަރެމެން މިއަދު ގޮސް އެއެއްޗެހި ގެންނާނަން ދޯ ނިކް..، ރައިން ބުނެލިއެވެ.
އެއާ އެކު ނާއިކްވެސް ބޯ ޖަހާލިއެވެ.
މާދަން ފުރަން ހަދާ...، މިރޭ ހޮޓެލްއަށް ވަދެލަންވެސް ބޭނުން..، ނާއިކް ބުނެލިއެވެ.
**
ދަރިފުޅާ ކިހިނެއްވެފަ ތިހިރީ .. ހާދަ ހާސް ވެފަހެން ހީވޭ..، ގޭތެރެއަށް ވަދެގެން އައި ފައްވާޒްއަށް ސިޓިންގްރުމުގައި ދެކޮޅައް ހިނގާލަ ހުރި އެވްލިން ފެނުމުން ބުނެލިއެވެ.
ނިކް ފުރަންވެގެން ނިކުމެ ހުއްޓަ ހެދުނު ގުޅުނީ ..، މިހާރު މިކޮޅަށް އާދެވިދާނެ ..، އެކަމަކު ފޯނު އޮތީ ނިވާލާފަ ..،
އަހަރެން އަބަދުވެސް ނިކްކައިރީ ބުނަން ފޯނު ނިއްވާ ނުލައްޗޭ.. އެވްލިން ބުނެލިއެވެ.
ދަރިފުޅާ ވެދާނެއްނު އެސޮރު ފޯނު ނިވުނީކަމަށް ..، ދެން އެހާ ހާސް ނުވެބަލަ..، އިރުކޮޅަކުން އައިސް ގެއަށް ވަންނަ ތަން ފެންނާނީ..، އެވްލިން ހާސްވެފައި ހުރި ވަރު ފެނުމުން ފައްވާޒް ބުނެލިއެވެ.
މާފުށިން ނައްޓާލި ފެރީ އައިސް މާލެއާއި ބަނދަރު ކޮއްލުމާއިއެކު ނާއިކް ފޭބުމަށްފަހު ތަމަން ފޭބުމައް އަތްދިއްކޮއްލިއެވެ.
އެ ހިމަ އިނގިލި ތަކުގައި ހިފާ ލުމާއި އެކު ނޭގޭ އުދަގޫތަކެއް މިފަހަރުވެސް ނާއިކްއަށް ވިއެވެ.
އާޝާގެ އަތުގައި ހިފާލެވުންކަހަލަ އިހުސާސެކެވެ. ހީވީ އެދެއަތްތިލާގައި ހިފާލެވުން ހެންނެވެ.
ޗުސްކަނޑާލުމައްފަހު ދެފަރާތައް ބޯ ހަލުވާލުމުން ތަމަން އަތުގައި ހިފާ ވާޓަރު މައްޗަށް އެރުވިއެވެ.
އަދި ލޯންޗަށް އަރާ އޭނަގެ ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ތަމަންގެ ފޮށި އަތަށްހެޔޮވަރުކޮއްލަމުން ލޯންޗުން ފޭބިއެވެ.
ކާރުވެސް ނުގެނެސް އެހެން ދިޔަ ޓެކްސީއަކަށް އަތްނެގުމައްފަހު މަޑުކޮށްލިއެވެ.
ކުޑައިރުކޮޅަކުން ކާރު އައިސް މަޑުކޮށްލުމުން ޑިކީއަށް ފޮށިލައިފައި އައިސް ކާރުގެ ކުރީ ސީޓަށް އެރިއެވެ.
ދާންވީ އެޑްރެސް ބުނެލުމައްފަހު ނާއިކް ހަމަ ޖެހިލިއެވެ.
އެހުރިހާއިރު ތަމަންއިނީ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެންނެވެ.
ކާރުއައިސް އެހިސާބައް މަޑުކޮށްލުމުން ނާއިކް ކާރުން ފޭބިއެވެ. ފޮށިނަގާ ގޭތެރެއަށް ވަންނަން ހިނގައިގަނެފައި އެބުރިލިއެވެ. އޭރު ފަހަތުން ތަމަންއާދެއެވެ.
ގޭތެރެއަށް ވަދެވެން ހުރި ދޮރުން ވަދެ އެންމެ ކައިރިން ހުރި ލިފްޓްގެ ތެރެއަށް ނާއިކް ވަދެ ތަމަން ވަންނަން ތަން ދެއްކިއެވެ.
ކިހިނެތްވެފަ؟ ތަމަންގެ އަށް ބަލާލަމުން ނާއިކް އެހެން އަހާލީ ދެއަކަށް ފިތާލަމުންނެވެ.
ތަމަން ދެފަރާތަށް ބޯ ހޫރާލީ ކަމެއްނުވެއޭ ބުނާކަހަލަ ގޮތަކަށެވެ.
ތަމަން އެހެން ބުނެލުމުން ނާއިކް އެއްބުމަ ހިތްލާލުމައްފަހު އިތުރު އެއްޗެއް ނުބުންޏެވެ.
ދެވަނަ ފްލޯއަށް އާދެވުން ނާއިކް ނިކުތުމުން ތަމަންވެސް ނިކުތެވެ.
ކުރިމަތީ ހުރި ދޮރުކައިރީ އިން ފިތަށް އޮބާލުމާއި އެކު ނާއިކްއާއި އެއް އުމުރެއްގެ ޒުވާނަކު ނިކުތެވެ.
މިއޮތީ ކީ ކައެ ބޭނުން ދުވަހެއް ވަންދެން އުޅެންވީ..، ތޭންކްސް ވޭލް..، ވާއިލް ތަޅުދަޑި ދިނުމުން ނާއިކް އަނެއްކާވެސް ލިފްޓައް އަރާ ތިންވަނަ ފްލޯއަށް ދިޔައެވެ،
ތަޅުދަޑިން ދޮރުހުޅުވާލުމައްފަހު އެތެރެއަށް ވަނެވެ.
ފަހަތުން އެތެރެއަށް ވަދުން ތަމަންއަށް އެކިދިމަ ދިމާލައް ލޯ ހިންގާލެވުނެވެ.
އެންމެ މިޒަމާނައް ހަދާފައިވާ އެއްރޫމް އެޕާޓްމެންޓެކެވެ.
އެންމެ ކޮޓަރިއެއް ހުރި އިރު ބޮޑު ސިޓިންގްރޫމެކެވެ. ބަހައްޓާފައިހުރި ބޮޑު ސޯފާގެ ކުރިމަތީ ޓީވީއެއް ހުއްޓެވެ.
ސިޓިންގްރޫމްގެ އެއްފަރާތެއްގައި ބިއްލޫރި މޭއްޒެއްކައިރީ ދިގު ކަޅު ސުޕޮންޖް ޖެހި ގޮނޑިތަކެއް ހުއްތެވެ.
ދެމަފިރިއަކު އެކަނި އުޅެލަން ވަރަށް ހިތްފަސޭހަ އެޕާޓްމެންޓެކެވެ.
ތަމަންއަށް ގޮތެއްފެންނަންދެން މިތާ ހުރޭ..، މިތަނައް ތަމަންއަށް އުދަގޫކުރަން އަންނާނެ އެއްވެސް މީހެއްނޫޅޭނެ..،މި އެޕާޓްމެންޓް ވެރިމީހާ އެއީ އަހަރެންގެ ވަރަށްގާތް ރައްޓެއްސެއް ..، އޭނަ އެދަނީ ކިޔަވަން މެލޭޝިޔާއަށް..،
އަދި އެއްވާހަކަ..، އަހަރެން އަދި ބޭނުމެއްނޫން ތަމަން ވަރިކުރާކަށް..، އަހަރެން ތަމަންއާއި މެރީ ކޮށްގެން އުޅުނޭ ކިޔާފަ ތަމަންގެ އެއްވެސް މިނިވަންކަމަކަށް ބުރޫއެއް ނާރާނެ..، އެޔަގީންކަން އަހަރެންދެން..، އަހަރެން މިތަނަކަށް ނުވެސް އަންނާނަން ..، ކިރިޔާވެސް ކަމެއްބޭނުންވެއްޖެނަމަ އަހަރެންނަށް ގުޅާތި..، މާދަމާވެސް ތަމަން ހިތްކިޔާކަހަލަ މީހެއް ފެނިއްޖާ އަހަރެން ތަމަން ވަރިކޮއްދޭނަން..، އަހަރެން މިގޮތަށް މިނިންމީ ވަރަށް ބޮޑަށް ވިސްނާފަ..
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް