އަހަރެން ބުނާނެ ވާހަކައެއް ނެތް ލަސްނުކޮށް އަވަހަށް ބުނޭ..، ގިނަ ފަހަރު ލަސްކޮށްގެން ލަނޑު ލިބެނީ..، ތަމަން ގޮނޑީން ތެދުވަމުން ރެއިލިންގައި އަތް އަޅުވާލަމުން ބުނެލިއެވެ. ނާއިކުވެސް ގޮނޑިން ތެދުވެގެން ތަމަން ފަހަތުން ހިނގައިގަތެވެ.
ކުއްލިއަކަށް ނާއިކު ތަމަންގެ އަތުގައި ހިފާލިއެވެ. ނާއިކުގެ އެއަމަލުން ތަމަން ވަރަށް ހައިރާންވެފައި ނާއިކުއާއި ދިމާއަށް ބަލާލިއެވެ.
ތަމަންގެ އަތްތިލަ ގެނެސް ނާއިކު ތުންފަތުގައި ޖައްސާލުމާއެކު ތަމަންއަށް ތެޅިގަނެވުނެވެ.
އައި ލަވް ޔޫ ޕަރީ..،
ނާއިކުގެ އަނގައިން ނިކުތް ޖުމްލައިން ތަމަންއަށް ހުއްޓުން އެރިއެވެ. ތަމަން ނާއިކުގެ ދެލޮލައް ބަލައިލެވުނީ ބުނި އެއްޗެއް ޔަގީންނުވާކަހަލަ ގޮތަކަށެވެ.
ނަމަވެސް އެދެލޮލުން ހުރިހާ ކަމެއް ތަމަންއަށް ތަފްސީލްކޮއް ބުނެދިން ކަހަލައެވެ.
އަހަރެން ވަރައް ލޯބިވޭ ...، ވަރައް ކެތްކޮއްފިން ..، އެކަމަކު ދެން ކެތެއްނުވާނެ..، ނާއިކު ވަރަށް ހިތްވަރު ކޮއްފައި ވާހަކަ ދައްކާ ގޮތަށް ބުނެލިއެވެ.
އެކަމަކު ޕަރީ ކޮންމެ ޖަވާބެއް ދިނަސް ....، ނާއިކު އެހެން ބުނެ ހުއްޓާލީ ތަމަން ނޫނެކޭ ބުނެފި ނަމަ އެހިތަށް ވާނެ ވަރު ވިސްނާލެވުމުންނެވެ.
އެކަމަކު އަހަރެން ދިއުމުގެ ކުރިން ޖަވާބެއް ބޭނުން..، ނާއިކު އަނެއްކާވެސް ބުނެލިއެވެ.
ނާއިކުގެ އަނގައިން ލޯބިވާ ވާހަކަ ބުނުމުން ތަމަންގެ ހިތަށް ނޭގޭ އުފަލެއް ލިބުނު ކަހަލައެވެ.
އެއްވެސް ފިރިހެނަކާ ދޭތެރޭ އެކަހަލަ ގޮތަކަށް ވިސްނިފައި ނެތަސް ތަމަން ހިތުގައިވެސް ވިންދެން ފުރަތަމަ ޖަހާލި މީހަކީ ނާއިކު އެވެ.
ނާއިކުގެ ސުވާލަށް ޖަވާބެއް ދޭން ނުކެރި ތަމަން އަށް ކުރެވުނު ކަމަކީ އިސްޖަހާލުމެވެ.
އޭރު އެމޫނުމަތިން ލަދުވެތިކަން ފެންނަން ހުއްޓެވެ.
ނާއިކުގެ ނަޒަރު އެމޫނަށް ހުއްޓިފައި ހުރިކަން އެގުމުން ތަމަން އަދި ވަކިން ލަދުގަންނަ ގޮތްވިއެވެ. ދެއަތްތިލައިން މޫނު ފޮރުވާލީ އިތުރަށް ކެތް ނުވުމުންނެވެ.
ތަމަން ގެ އެއަމަލުން ނާއިކު އިތުރަށް ތަމަންއާއި ގާތަށް ޖެހިލިއެވެ. ތީގެން އަހަރެން މާނަ ނަގަންވީ ކިހިނެއް؟ ތަމަން ގެ ދެއަތުގައި ހިފާ މުނުން އަތް ނައްޓުވާލަމުން ނާއިކު އެހެން ބުނީ ހުރިހާ އެއްޗެއް އެނގި ހުރެވެސް ތަމަން ލަދުން އުޅޭގޮތް ފެނުމުންނެވެ.
ނިކު ނަގަން ބޭނުން ގޮތަކައް..، ލަދުރަކި ގޮތަކަށް ތަމަން އެހެން ބުނެ އަނެއް ފަރާތައް އެނބުރިލިއެވެ.
ތީގެ މާނައަކީ ޕަރީ އަހަރެން ދެކެ ލޯތްބެއް ނުވޭ ދޯ ..، ވަރައް ދެރަވެއްޖެ..، މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން އަނެއްފަރާތައް މޫނު އަނބުރާލަމުން ނާއިކު ގަދަކޮށްލާ ކަހަލަ ގޮތަކައް އެހެން ބުނެ ހިނގައިގަތެވެ.
ނޫން....، ހިނގައިގަތް ނާއިކުގެ އަތުގައި ތަމަން ހިފަމުން ބުނެލިއެވެ. ނާއިކު ތަމަންއާއި ދިމާއަށް އެބުރިލުމާއެކު ލަދުން އިސްޖަހާލިއެވެ.
އަހަރެން ވަރަށް ވަރަށް އުފާ ވެއްޖެ..، ނާއިކު ތަމަން އަތުގައި ހިފާ ގަޔާ ކައިރިއަތް ދަމާލަމުން ބުނެލިއެވެ.
އެހެން ރޭ ރޭއާ ހިލާފަށް ނާއިކު އަށް މިރޭ ތަމަން ފެންނަލެއް މާރީތިހެން ހީވެއެވެ. ފިނިފެންމަލު ފިޔައެއްފަދަ ރީތި ދެތުންފަތަށް ލަދުރަކި ހިނިތުން ވުމެއް ވެރި ކުރުވައިގެން ހުރި އިރު ކޮންމެ ފިރިހެނެއްވެސް އެ ހިނިތުންވުމުގައި ފިދާވެދާނެއެވެ.
އެރީތި ދެލޮލުގެ ސިހުރުގައި ޖެހި ނާއިކު ހަށިގަނޑުގައި ކަރަންޓް އޮއެވަރެއް ޖެހުނު ކަހަލައެވެ.
އެހަށިގަނޑުން ދުވާ މީރުވަހުން ނާއިކުގެ އަމިއްލަ ހަށިގަނޑު އޭގެ ކޮންޓުރޯލްއިން ނައްޓަން އުޅޭކަހަލައެވެ.
ތަމަންއާއި އެހާ ގާތުގައި ހުރި އިރު އެ ނުކިޔަމަންތެރި ހިތް އޮބެހެއްޓުމަކީ މިވަގުތު ނާއިކުއަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ.
ނަމަވެސް އެގުޅުމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނާއިކު ނުކުރާނެއެވެ،
އޭނަ އެއަންހެން ކުއްޖާދެކެ ވަނީ ތެދުވެރި ލޯތްބެވެ.
**
ކާ މޭޒް މައްޗަށް އެކި ވައްތަރުން ކާއެއްޗެހި އަތުރަމުންދިޔަ މަޖުދާގެ ފަހަތުގައި ހުރެ ޝަބާ ވެސް އަތްގާތް ކޮއްދިނުމުގެ ގޮތުން ކުދި ކަންތައް ތައް ކޮއްލަ ދެއެވެ.
ދަރިފުޅު ދެންދޭ ރީތިވެލައިގެން އަންނަން މިހާރު އެމީހުން އަންނަން އުޅޭނެ.. މަޖުދާ އެހެން ބުނެލުމުން ޝަބާ ގަޑިއަށް ބަލައިލަމުން ކޮޓާރިއާ ދިމާލައް ހިނގައިގަތެވެ.
ޝަބާ ދިޔަތާ ކުޑައިރުކޮޅެއް ފަހުން އައިޒާ އައިސް ބަދިގެއަށް ވަދެ ދެން ބާކީ ހުރި މަސައްކަތްތައް ކުރަން ފެށއެވެ. ފެން ވަރައިން ރީތިވެގެން އައިސް އަނެއްކާ ކަންތައް ކުރަން ފެށީ..، ދެން ދޭ ...، މިނިމެނީއޭ..، އިރުކޮޅަކުން އެމީހުން އަންނާނެ..، ކޮބާތަ ޔަޒާން؟ މަޖުދާ ބުނެލިއެވެ.
ވަރައް ކައިރީގައޭ ބުނީ...، އައިޒާ ބުނެލިއެވެ.
ކާރު ޝަބާމެންގެ ގޭ ދޮރުމައްޗައް މަޑުކުރިއިރު ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެން ޝަބާ ދޮރުމައްޗަށް ނިކުމެ ހުއްޓެވެ.
ތާރާ ކާރުން ފޭބުމާއެކު ދުވެފައި އައިސް ޝަބާ ގައިގައި ބައްދާލިއެވެ.
އަހަރެން ހާދަ އުފާވެއްޖޭ...، ޝަބާއަށް ތާރާ ފެނުމާއެކު ބުނެލިއެވެ.
ގިނަދުވަސް ތަކަކަށްފަހު ދެރަހުމަތްތެރިން ދިމާވުމުން ހިތަށް ލިބުނު އުފާ ބަޔާންކުރަންވެސް ދަތިވިއެވެ.
ތާރާ ކާރުން ބޭލުމައްފަހު – މާކިން ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލުމައްފަހު ކާރުން ފޭބިއެވެ.
އަވިއައިނު ނަގާ ލޮލައް ހެޔޮވަރުކޮއްލަމުން މާކިން ހިނގައިގަތް އިރު ޔަޒާން އެދިމާއަށް އާދެއެވެ.
ގިނަދުވަސް ތަކަކައްފަހު ދެމީހުން ދިމާވުމުން ސަލާން ކޮއްލުމައްފަހު އެކުގައި ގެއާ ދިމާލައް ހިނގައިގަތެވެ.
އޭރުވެސް ތާރާއާއި ޝަބާ ގޭތެރެއަށްވެސް ވަންނަން ނޭގި ދޮރުމަތީ ވާހަކައިގައި މަޑުކޮއްގެން ތިބީއެވެ.
ސާބަސް ...،ގޭތެރެއަށް ވަދެވެސް ދެން ވާހަކަދެއްކޭނެއްނު..، ޔަޒާން ދިމާކޮށްލަމުން ބުނެލިއެވެ.
އެހެން ބުނުމުން ދެމީހުން އެއްފަހަރާ މާކިންއާއި ޔަޒާންއާ ދިމާއަށް ބަލައިލިއވެ.
މަންމާ ބަލާބަލަ...، ޝަބާ ތާރާ އަތުގަ ހިފައިން ގޭތެރެއަށް ވަންނަމުން މަޖުދާއަށް ގޮވާލިއެވެ.
އެއަޑަށް ބަދިގެ ތެރޭ ހުރެފައި އައިޒާވެސް ނުވަމަހުގެ ބަނޑާއެކު އެދިމާއަށް އައެވެ. ގިނަދުވަސްތަކެއްކޮއްފައި އައިޒާއަށްވެސް ތާރާ ފެނުމުން ވަރަށް އުފާވިއެވެ.
ތާރާ ފެނުމުން އައިޒާވެސް ހާލުބަލާލުމައްފަހު ތަމަންގެ ވާހަކަ އެހިއެވެ،
ޕުރެގް ވީމަ ހާދަ ފަލަ ވެއްޖޭ ދޯ...، ތާރާ އައިޒާގެ ދުޅަވެފައިވާ މޫނަށް ބަލާލަމުން ބުނެލިއެވެ.
ދެން އާދޭ ފަހުން ވާހަކަ ދައްކާނީ ...، މަޖުދާ އެހެން ބުނެ ކާގެއާ ދިމާއަށް ހިނގައިގަތުމުން އެންމެން ފަހަތުން ހިނަގައިގަތެވެ.
ޝަބާ ގޮނޑިދަމާލުމަށްފަހު މާކިންއާއި ތާރާ އިށީންނަން ތަނަދެއްކިއެވެ.
ހެދިކާ ތަށިތައް ކައިރިއަށް ޖައްސަދެމުން ދެ ތައްޓައް ސައި އަޅައި ދިނުމައްފަހު ތާރާގެ ވާއަތް ފަރާތުގައި އިން ގޮނޑީގައި ޝަބާ އިށީނެވެ.
ހާދަ ބައިވަރު އެއްޗެއްސެއް ހަދާފަ މިހުރީ ...، ތާރާ ހުރިހާ ތަށިތަކަށް ބަލައިލަމުން ބުނެލިއެވެ.
އަހަރެންނައް އަދި ވެސް ތިއެއްޗެހި މަދު...، ތާރާގެ ވާހަކައިގައި ހިފާލަމުން ޝަބާ ބުނެލިއެވެ.
ތެދެއް ...، އިރު އިރުކޮޅާ ޝަކުވާ ކުރި އެހާދުވަސް ފަހުން ތާރާ ފެންނަ އިރު މާ މަދުން އެއްޗެހިހަދާތީ..، މަޖުދާ ހިނިއައިސް ބުނެލިއެވެ.
އަދިވެސް ތަމަން ކިޔަވާ ނުނިމޭތަ...، އެމަންޖެ މަތިންވެސް ވަރަށް ހަދާންވެ..، މަޖުދާ ބުނެލިއެވެ.
އަދި ދެތިންއަހަރު އެބެއް.....، ..، ތާރާ ބުނެލިއެވެ.
އެންމެން ވާހަކާގައި ތިއްބައި މާކިންއާއި ޔަޒާން ސައިބޮއިގެން ކާގެއިން ނިކުތެވެ.
އައިޒް ޕުރެގްކަން ތަމީއަށް އެނގޭތަ؟ ތާރާއަހާލިއެވެ.
ނޫން ނޭގޭނެ..، މިކޮޅަށް އައިތަނާ ފޯން ހަލާކުވެގެން ނަންބަރު ގެއްލުނީމަ ހަބަރެއް ނުވޭ..، އައިޒާ ބުނެލިއެވެ.
ތަމީ ނަމްބަރ އަހަރެންނަށް ދީބަލަ...، ހާދަ މިސްވެޔޭ..،
ތާރާ ފޯނުން ތަމަންގެ ނަންބަރު އައިޒާ އަށް ދެމުން ފޯނުގައި އިން އެންމެ ފަހުން ތަމަން ފޮނުވި ފޮޓޯ އައިޒާއަށް ދައްކާލިއެވެ.
މިހާރު ހާދަ ފެޝަން ވެއްޖޭ...، ކުރިން މިކަހަލަ އެއްޗެހި ނުލާން ބޮޑާހާކާ މީހެއް..، އެއޮއް ރީތި އިސްތަށިގަނޑުވެސް ފަންކޮއްލީ..، އައިޒާ އަތުގައި އޮތް ފޯނު އަތުލަމުން ބަލާލާފައި ޝަބާ ބުނެލިއެވެ.
މިހާރުވެސް ބޮޑާ ހާކައޭ އަހަރެން ކައިރީ...، އެހެންމީހުން ކައިރީ ބޮޑާ ހާކަން ނުކެރެނީ...، ތާރާ ހިނިއައިސް ބުނެލިއެވެ.
ހިނގާބަލަ އަޅެ ގުޅާލަން ...، އައިޒާ އަށް ތަމަން ގެ އަޑުއަހާލާ ހިތުން ބުނެލިއެވެ.
މިހާރު އޮންނާނީ ނިދާފަ ..، މީ އެކޮޅައް ދަންވަރު..، އައިޒާ އެހެން ބުނެލުމުން ތާރާ ބުނެލިއެވެ.
**
ޔުނިވާސިޓީ ދޮރުމަތީ މަގުގެ ދެކޮޅައް ބަލަން ތަމަން ހުރި އިރު އިރު އިރުކޮޅާ ގަޑިއަށް ބަލާލައެވެ. ނާއިކުއާއި ދެމީހުންގެ ގުޅުން ފެށުން ހިސާބުން އެންމެ ވަގުތުކޮޅެއްވެސް ނާއިކު ތަމަންއާއި ދުރަށް ނުދެއެވެ.
އަރުކަން ތަމަން ލާން އަންނަން އުޅުނަސް އެކަން ނާއިކު މަނާ ކުރެއެވެ.
އޭނަ ހުންނައިރު އެހުރިހާކަމެއް އޭނަ ކުރާނަންކަމުގައި ބުނެއެވެ،
ޔުނިވާސިޓީއިން ނިކުމެގެންދާ ކޮންމެ ކުއްޖެއް ތަމަންއަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮއްލައެވެ.
ހޭއި ޕުރެޓީ...، ކުލާހުގައި ތަމަންއާއި އެންމެ ގާތުގައި އިންނަ މައިކަލް ތަމަންއަށް ގޮވާލަމުން އެތާ އައިސް މަޑުކޮއްލިއެވެ.
އެވަގުތަކީ ނާއިކުވެސް އައިސް ކާރު މަޑޫކޮއްލި ވަގުތެވެ.
މައިކަލް ފެނުމާއި އެކު ތަމަންގެ ހުރިހާ ދަތްތައް ފެންނަވަރައް ހިނިތުން ވެވުނެވެ. އެއީ އަބަދުވެސް އާދައެވެ. މައިކަލްގެ ހުންނަ މަޖާ މިޒާޖުން އޭނައާއި ނުގުޅޭ އެކަކުވެސް ނުހުންނާނެއެވެ. އެހުރިހާ ކުދިން ތެރޭންވެސް މައިކަލް އެންމެ ސަކަރާތް ޖަހާނީ ތަމަންއާއެވެ.
އަބަދުވެސް މައިކަލް ތަމަންގެ މުށި އިސްތަށިގަނޑައް ތައުރީފުކުރާނެއެވެ.
އެމީހުން ހިނިއައިސް ވާހަކާގައި ތިބި އިރު ނާއިކު އެތާ މަޑުކޮއްގެން އިންކަންވެސް ތަމަންއަށް އެގުނީ ކުޑައިރުކޮޅެއް ފަހުންނެވެ.
ސޮރީ..، އައި ގޮއްޓު ގޯ..، ބާއި... ކާރު ފެނުމާއިއެކު ތަމަން މައިކަލް ކޮނޑުގައި ޖަހާލަމުން އެހެންބުނެ ކާރާ ދިމާއަށް ހިނގައިގަތެވެ.
ވަރައް ގިނައިރުވެއްޖެތަ..، ތަމަން ކުރީ ސީޓަށް އަރާ ހަމަ ޖެހިލަމުން ބުނެލިއެވެ.
ކާކުތަ އެއީ..، ނާއިކު ބުނެލިއެވެ
އެ ކުލާހުގަ އުޅޭ ފުރެންޑެއް ވަރަށް މަޖާ ވާނެ..، ތަމަން ބުނެލިއެވެ.
އިތުރު ވާހަކައެއް ނުދައްކާ ތަމަންގެ އަތުގައި ހިފާލަމުން ނާއިކު ކާރު ސްޓާޓް ކޮއްލިއެވެ..،
**
ފަނޑު އަލި ކަމުގައި އޭސީގެ މަޑު ފިނި މުޅި ކޮތަރިތެރެއަށް ފެތުރިފައި ހުއްޓެވެ.
އިރު އިރުކޮޅާ ގަޑިއަށް ބަލައިލަ ބަލައިލަ ތާރާ އޮންނަތާ ކުޑައިރުކޮޅަކުން މާކިންއައިސް ކޮޓަރިއަށް ވަނެވެ.
މާލަސްވީ ދޯ...، ބައްޕަ ވާހަކައެއް ދައްކާލަން ބުނީމަ ލަސްވީ މާކިން ބުނެލިއެވެ.
ލަހެއްނުވޭ..، ތާރާ ބުނެލިއެވެ.
އެއްޗެހިވެސް ބަދަލު ނުކުރަންތަ..، މާކިން ބުނެލިއެވެ.
ވާހަކައެއް ދައްކަން ވެގެން ..، ނިދިދާނެތީ އެއްޗެހި ބަދަލު ނުކޮށް މިއޮންނަނީ..، ތާރާ ބުނެލިއެވެ.
އެހެންތަ.. އެހެންވިއްޔާ އަވަހަށް ބުނޭ...، މާކިން ތާރާ ގާތު އެނދުގައި އިށީނދެލަމުން ބުނެލިއެވެ.
މާކު ...، އަހަރެމެން ބޭބީ އެއް ހޯދާކައް ނުވޭތަ؟ ތާރާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
އަހަރެން މިހުންނަނީ ބޭބީ ބޭނުންވަންދެން ..، އަހަރެން ވެސް މިހާރު ވަރައް ބޭބީ އެއް ބޭނުން...، މާކިން ތާރާ އެއަތުގެ ތެރެއަށް ލަމުން ބުނެލިއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް