އާޝާ..، ދެ ތުންފަތް ފޫއަޅުވާލުމަށްފަހު ނާއިކްގެ އަނަގައިން އެނަން ބޭރުވުމާއެކު ތަމަންއަށް އެޒުވާނާގެ މޫނަށް ބަލާލެވުނެވެ.
އެއާއިއެކު ތަމަންގެ ދެލޯ ބޮޑުވިއެވެ. ދެލޯ ފުރިގެން ބަނޑުންވާން ފެށީ ނާއިކްގެ ދެއަތުގެ ހިމާޔަތުގައި ހުރެވުމުންނެވެ.
އިތުރަށް ނާއިކްގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ނާއިކްއާއި ހަތަރުކަޅި ހަމަކޮއްލިއެވެ. ބަނދަރުމަތީގައި ޖަހާފައި ހުރި އޮރެންޖް ކުލައިގެ އަލިން ވެސް ނާއިކްއަށް އައިސް ހުރި ބޮޑު ބަދަލު ދެނެގަންނާކައް ތަމަންއަށް އުނދަގުލެއް ނުވިއެވެ.
ކުރިން ޖިމަށް ގޮސް އެއްވަރަކަށް ބައްޓަން ކޮށްފައިވާ ފުޅާ ބައިމައްޗާއި ރީތި ހަށިގަނޑުގެ ރީތިކަން ވަނީ ގެއްލިފައެވެ. ހިކި ހިކި ހުސްވެފައި ހުރި ހަށިގަނޑު ހިކިކަމުން މިހާރު ކުރިއަށްވުރެވެސް ދިގުކަމަށް ދައްކައެވެ.
އެއްވަރަށް ކޮށާފައިވާ ތުނބުޅި ދިގުވެގެން ގޮސް މޫނުމަތީގެ ސިފަވަނީ ގެއްލިފައެވެ.
އޮޅަލި ކުލައަށްދާ މޫނުމަތީގައި ލޯ ކައިރި ކަޅުވެގެން ވަކިން އެނގެން ހުއްޓެވެ.
ބޮޑު ދެލޮލަށް ބަލާލުމުން އެދެލޮލުގައި ރިހުމެއްވާކަން އެނގުނެވެ.
ތަމަން....، ފަހަތުން ދާނިޔަލް ދުވަމުން އައިސް އެނަމުން ގޮވާލަމުން އެތާ ހުއްޓުނުނެވެ.
ދާނިޔަލް އެހެން ގޮވާލުމުން ނާއިކް ތަމަންގެ ދެލޮލަށް ބަލާލީ މޫނުމަތިން އެދެލޯ ނޫން އެއްވެސް ތަނެއް ފެންނަން ނެތުމުންނެވެ.
ރޮއި ރޮއި ދެލޯ ކުޑަވެފައި ހުރުމުން އެދެލޮލުން ނާއިކްއަށް އާޝާއާއި ވައްތަރު ކަމެއް ނުފެނުނެވެ، ނަމަވެސް އެއަންހެން ކުއްޖާއާއި ކައިރިވުމުން އާޝާ ކައިރީ ވާކަމުގެ އިހުސާސް ކުރެވެނީއެވެ.
ކަލޭތަ...، ދޫކުރޭ އޭނަ ގައިން..، ކައެ ހީނުކުރައްޗޭ ކޮންމެ ފަހަރަކު ކައެއަށް މަށާ ކުޅެވޭނެކަމަކަށް..، ކައިރިއަށް އައި ދާނިޔަލްއަށް ތަމަން ގައި ގައި ދެއަތުން ހިފައިގެން ހުރި ނާއިކް ފެނުމުން ބުނެލިއެވެ.
ތީ މަގޭ ވާން އުޅޭ އަންހެނުން .. މަގޭ ނުބައިކަން ކައެ އަށް އަދި ނުފެނިގެން ތިއުޅޭނީ ...، ދޫކުރާށޭ ކައެއަށް އަޑެއް ނީވޭތަ..، ދާނިޔަލް އެހެން ބުނެލުމުން ނާއިކްގެ ދެއަތް ތަމަންގެ ހަށިގަނޑުން ދޫކޮއްލިއެވެ.
ނާއިކް އެގޮތައް ކަންތައް ކުރުމުން ތަމަން ބިރުން ނާއިކްގެ ފަހަތަށް ވަނެވެ.. އޭނަ އަހަރެންގެ ދުވަސް ދުއްވާލަން އެއުޅެނީ ހެޔޮނުވާނެ އަހަރެންނައް އެހިވެދީ..، ތަމަން ފުރަގަހުން ނާއިކްގެ އަތުގައި ހިފާ ތަޅުވާލަމުންބުނެލިއެވެ.
ހަމަ މިހާރު އާދޭ ..،މަ ރުޅިއަރުވަން ކަލޭ ނޫޅެއްޗޭ ...، ދާނިޔާލް ނާއިކްގެ ފުރަގަހަށް ވާގޮތަށް ފިޔަވަޅެއް އަޅާލަން އެޅެމުން ބުނެލިއެވެ.
އެވަގުތު ނާއިކްގެ ބާރުގަދަ އަތުން ދާނިޔާލްގެ ކޮޑުގައި ހިފާ ތަމަންއާއި ދިމާލައް ނުދެވޭ ގޮތަށް ހިފެހެއްޓީ އެއްވެސް އެއްޗެއް ބުނެވެސް ނުލައެވެ
ނާއިކް އެގޮތަށް ކަންތައް ކުރުމުން ދާނިޔަލްގެ ރުޅި އިތުރައް ގަދަވާ ގޮއްވިއެވެ.
ކަލޭ ކައިރީ މަނުބުނަންނަތަ މިދޭތެރެއަށް ކަލޭ ނުވަންނާށޭ ..، ބުނަން . މީ ކަލެއާ ބެހޭ ކަމެއްނޫން ..، ދާނިޔާލްގެ އިނގިލި ނާއިކްގެ މޫނާއި ދިމާލައް ދިއްކޮއްގެން ހުރެ އެހެން ބުނި އިރުހީވަނީ ރުޅިއައިސްގެން ނާއިކްގެ ލޮލަށް އިނގިލި ކޮއްޕާލާފާނެހެންނެވެ،
ކަލޭ ކަހަލަ ނުބައި މީހެއްގެ އަތްމައްޗައް އަންހެން ކުއްޖަކު ދޫކޮއްފަ އަހަރެން ދާނެހެން ހީވޭތަ..، ހަދާންނުވަނީތަ ..، އަހަރެން ކޮއްކޮއަށް ކަލޭ ހެދިގޮތް..، އޭނަ މިދުނިޔެއިން ދިޔައީ ތިނުބައި މީޙާގެ ސަބަބުންކަން ކަލޭ ހަދާންނެތުނީތަ..، ދެވަނަ ފަހަރަށް އަންހެން ކުއްޖެއްގައިގަ މިދެއަތުން އަތްލާންވެސް ކަލޭ މަސަތްކަތް ނުކުރައްޗޭ..، ނާއިކް ދާނިޔާލްގެ އަތުގައި ހިފާ ފޮޅުވާލަމުން އަޑަށް ބާރުލަމުން ހަޅޭއްލަވައިގަންނަ ގޮތައް ބުނެލިއެވެ
މިބުނީނު މިތަނުންދާށޭ..، ނާއިކް ހަޅޭއްލަވައިގަތްއިރުވެސް ދާނިޔަލް ހުރިގޮތަށް ހުރުމުން އިތުރަށް ގޮވާލިއެވެ.
ކަލޭ މަށާ ކުޅެން ނޫޅެއްޗޭ..، ކަލޭ ތިހެން ފުއްޕަ ފުއްޕަ ހުއްޓަ ކައެގެ ކޮއްކޮގެ ބޭނުންވެސް އޮންނާނީ މަ ކޮށްފަ ..، ކައެ ތިހެން ހަމަ ފުއްޕަން ހުއްޓަ އަހަރެން މިހިރަ އަންހެނާއާއި ވެސް އިންނާނީ..، ދާނިޔާލް ނާއިކްއަށް އެހެން ބުނެ ތަމަންއާއި ދިމާއަށް އެނބުރި ތަމަންގެ އަތުގައި ހިފާ ދަމައިގަތެވެ.
ދާނިޔަލްއާއި ނާއިކް ހަޅޭއްލަވަމުން ގޮސް ކުއްލިއަކަށް ތަމަންގެ އަތުގައި ހިފާ ދަމައިގަތުމުން ތަމަން ބިރުން ހުރެ ނާއިކްއާއި ދިމާއަށް އެނބުރި އާދޭސްކުރީ ސަލާމަތައް އެދިއެވެ.
އަހަރެން މިތަނަށް ޕޮލިހުން ނުގެންނަނީސް ކަލޭ ރައްކާވޭ... ކުރިޔަށް ފިޔަވަޅެއް އަޅާ ނާއިކް ދާނިޔަލް ހިފަހައްޓަމުން އެހެން ބުނެ ފޯނު ނެގިއެވެ.
މިބުނީނު ކައެ ދުރުގަ ހުންނާށޭ އަޑެއް ނީވޭތަ..، ދާނިޔަލް އެހެން ބުނުމުންވެސް ނާއިކް އެއަޑު ނާހާ ފޯނު ކަންފަތުގަ ޖަހާލިއެވެ.
ދާނިޔަލްއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަމުން ނާއިކް އެގޮތަށް ކަންތައް ކުރުމުން ތަމަންގެ އަތުން ދޫކޮއްލިއެވެ.
މީ އަހަރެންގެ ރަށްކަން ކަލޭ ހަދާން ނައްތާ ނުލައްޗޭ..، އިނގިލި ދިއްކޮއްލަމުން ދާނިޔަލް އިންޒާރު ދިނެވެ. ކުއްލިއަކަށް ދުއްވާއެއްޗެއްގެ އަޑު އިވުމުން ތިންމީހުން އެކުގައި އެދިމާއަށް ބަލާލިއެވެ. ތަމަންގެ ނަސީބު ރަގަޅު ކަމުން ކަމެއްނޭގެއެވެ.
އެދިމާލައް ދުއްވާފައި އައި ޕޮލިސް ޖިޕް ފެނުމުން ދާނިޔަލް ބާރު ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތީ ތަމަންއަށް ނުލަފާ ގޮތަކައް ބަލައިލަމުންނެވެ.
އަދި ނާއިކްއާއި ދިމާލައް އިގިލިދިއްކޮއްލީ ނާއިކް ގުޅައިގެން އެތަނައް ޕޮލިހުން ގެނައީ ކަމަށްހީކޮށެވެ.
ކައިރިވަމުންއައި ޕޮލިސްޖިޕް އަނެއް މަގަށް އަޅާލުމުން ނާއިކް ތަމަންއާއި ކުރިމަތިލިއެވެ.
އޭރުވެސް އެހިތަށް ބުނެދޭންނޭގޭ އުނދަގޫތަކެއްވަމުންދިޔައެވެ.
ހެދުން އެޅުމާއި ލޮލުގައި ވައްތަރުކަމެއް ނެތަސް އެހިތަށް ވަމުން ދިޔަ އުދަގުލުން އާޝާއާއި ކައިރީ ހުރެވޭކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ.
ގިނަދުވަސްތަކަކައްފަހު ނާއިކް ފެނުމުން ތަމަންގެ ކެތްތެރިކަން ކޮޅުންލާވަރުވިއެވެ. ނާއިކްއަށް މާފް ކުރަން އެހިތް އެދުނަސް އެއީ މިހާރު އެހެން މީހެއްގެ ހައްގެކެވެ.
އެބޭވަފާތެރިކަން ހިތަށް އުނދަގޫ ކުރަން ފެށީ ތަމަންގެ އަށް އުދަގޫ ވާވަރަށެވެ.
މޫނު ފޮރުވައިގެން ނިކުމެވުންކަން އެއީވެސް ނަސީބޭ އެވަގުތު ހިތައް އެރިއެވެ.
ތަނަކައް ތަދުވިތަ؟..، ހިނގާ އަހަރެން ގެއަށް ލައިދޭނަން..، ނާއިކް ބުނެލިއެވެ.
އަހަރެން އެގެއަކަށްދާކައް ބޭނުމެއްނޫން..، އޭނަ އޭނަ އަހަރެންގެ ނުގަބޫލްގަ އަހަރެން..، އަހަރެން..، ތަމަން ބުނަންއުޅުނު އެތި ބުނެވޭ ގޮތެއްނުވިއެވެ.
އެއީ ތަމަންގެ ކާކު؟ ނާއިކް ވާނުވާ ނޭގޭ ކަހަލަ ގޮތަކަށް ލޯ ކުޑަކޮއްލަމުން ބުނެލިއެވެ.
ނާއިކްގެ އަނގައިން ތަމަންގެ ނަމުން ގޮވާލުމުން އެދެލޮލުން ނާއިކްއަށް ބަލާލެވުނެވެ.
ނާއިކްއަށް އޭނަގެ ނަންވެސް ނޭނގުންކަން އެއީ ނަސީބެކެވެ. އެއްދުވަހު އަސްލު ނަން ބުނެދޭން އުޅުމުން ނާއިކް ބުނި ބަސް ތަމަންގެ ހިޔާލައް އަންނަން ނެގީ މަދު ސިކުންތު ކޮޅޭކެވެ.
އަހަރެން ފުރިހަމަ ނަމެއް ބޭނުމެއްނޫން..، ތީ އަބަދުވެސް އަހަރެންގެ ޕަރީ..، ނާއިކް އެރޭ ތަމަންގެ ނިއްކުރީގައި ބޮސްދެމުން ބުނެލިއެވެ.
ހެލޯ...، ނާއިކް ތަމަންގެ ލޯކައިރީ ކުރިމަތިން އަތް ހުރަސްކޮއްލަމުން ބުނެލިއެވެ.
އަހަރެން ދާނެ އެއްވެސް ތަނެއްނެއް ..، މަންމަ މާލެ ގޮސްވީ އެއީ ދޮންބައްޕަ ދަރިފުޅު..، އަހަރެން މިރަށުން ގެންގޮސްދީ..،އަހަރެންނަށް މާލެ ދެވޭނެ ގޮތް ހަދައިދީ..، މަންމަ މަންމަ އޭނަ ބުނެފިއްޔާ އަހަރެން އޭނައަށް ދޭނެ..، އަހަރެން އޭގެ ކުރިން މިތަނުން ސަލާމަތްކޮށްދީ..،
ތަމަން އެހެން ބުނެލި އިރު އެއަޑުގައިވި ނުތަނަވަސްކަން ނާއިކްއަށް އިހުސާސް ކުރެވުނެވެ.
އަހަރެންވެސްމީ މިރަށަށް ބިރައްޓެއްސެއް ..، މިރޭ އައިސް މިލެފީ ހަމަ..، ނާއިކް އެހެން ބުނެ ފޯނު ހިފައިގެން އެއްފަރާތްވެލީ ތަމަން ގާތު މަޑުކޮށްލުމައް ބުނެފައެވެ.
ފޯނުހިފައިގެން ނާއިކް ދުރަށް ޖެހިލިއިރުވެސް ތަމަންއަށް އެހެން ދިމާލަކައް ބަލައި ވެސް ނުލެވެއެވެ.
ނާއިކް ކަންތައްކުރިގޮތުން ނާއިކްއާއި ދޭތެރޭ ހިތުގައި އެތައް ޝަކުވާއެއްވިޔަސް މިވަގުތު ނާއިކްގެ އެހީތެރިކަން ތަމަން ބޭނުމެވެ.
ދެން އެއްވެސް މީހެއްގެ އަތްދަށުވާކަށް ބޭނުމެއްނޫނެވެ
ބޭނުންވަނީ ވީހާވެސް އަވަހަކަށް އެއެންމެންގެ ދިރިއުޅުމާއި ދުރަށްގޮސް އަމިއްލަ ހާލާއިގެން ކުރިޔައްދާށެވެ.
ހަޔާތުން ލިބުނު ހިތި ތަޖުރިބާއަށްފަހު މިހާރު ތަމަން ބޭނުންވަނީ ކޮޅަށް ތެދުވާށެވެ.
ހިނގާ ދާން..، އަހަރެން ހުންނަ ގޭން ރޫމެއް ހަމަ ޖައްސާފަ މިއައީ ..، މިރޭ އެތާ މަޑުކޮއްލާ..، އަހަރެން ތަމަންއަށް ގެއްލުމެއްވިޔަކަ ނުދޭނަން ..، ތަމަން ބޭނުންގޮތައްއަހަރެން ތަމަން މާލެ ފޮނުވާލަ ދޭނަން..، ނާއިކް އެހެން ބުނެ ހިނގައިގަތީ ތަމަންއާއި ދާދި އެއްހަމައެއްގައި ހުރެގެންނެވެ.
ގޭތެރެއަށް ވަދެވުމާއި އެކު ތަމަންގެ ކޮޓަރި ދެއްކުމައްފަހު ނާއިކް އައިސް އޭނަ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަނެވެ.
އެއަންހެން ކުއްޖާ ފެނުންފަހުން ނާއިކްގެ ތަބީއަތަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އާޝާއާއި ދޭތެރޭ މާބޮޑަށް ވިސްނެން ފެށުނެވެ.
އާޝާ ވީ ކޮންތާކުބާއެވެ. ކޮންހާލެއްގައިބާއެވެ.
އަބަދާއި އަބަދު ހިތުގައިވާ ސުވާލު ތަކަކީއެއީއެވެ.
އެއީ އަޝާ އެއްނޫން ..، އާޝާ ނަމަ އަހަރެން ފެނުނީމަ އެހެން ނުވެސް ހުރެވޭނެ..، އާޝާ ކީއްކުރަން މިރަށުގަ އުޅެންވީ..، އަހަރެން އަބަދު އާޝާއާއި ދޭތެރޭ ވިސްނޭތީ އަބަދު އެހެން އެހީވަނީ..، ނާއިކް ދެފަރާތައް ބޯ ހޫރަލަމުން ބުނެލިއެވެ.
އެއީ ކޮންމެ ކުއްޖަކައްވިޔަސް ދާނިޔަލްގެ އަތްދަށުން އަހަރެން ކޮންމެ ހާލަކާއިގެންވެސް އެކުއްޖާ ސަލާމަތް ކޮއްދޭނަން ..، ނާއިކް އަމިއްލަ ނަފްސަށް ބުނެލިއެވެ.
**ހެނދުނު އިރުއަރައިގެން އައި އިރުވެސް ދާނިޔާލްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ،
ރޭގަ ދިޔަ ގޮތަށް ތަމަން އެނބުރި ނައުމުން އޭނަ ދެން އެބުރި ނާންނާނެ ކަން ޔަގީނެވެ.
ކޮންމެ ހާލެއްގައިވިޔަސް ތަމަން އޭނައަށް ގެއްލޭކައް ދާނިޔަލް ބޭނުމެއްނުވެއެވެ.
ސީމާއަށް ގުޅާފައި ދާނިޔަލް ބަލިވާހަކަ ބުނީ ސީމާ މިއަދުން މިއަދައް ރަށަށް ގެންނަން ވެގެންނެވެ. ދާނިޔާލް ބަލިވާހަކަ ބުނެފިއްޔާ ސީމާ އަންނާނެކަން އެނގޭތީ ދާނިޔަލް އެގޮތައް ކަންތައް ކުރީ އޭނަގެ ރޭވުންތެރިކަމާ އެއްގޮތަށެވެ.
ދާނިޔަލް ބޭނުންވިގޮތައް މެންދުރުފަސްވެ ހަތަރެއް ޖަހަން ވީ އިރު ސީމާ ހުރީ ފަރުވާ އެއްކޮއްނުނިމެނީސް އައިސް ރަށުގައެވެ.
ދަރިފުޅަށް އެނގޭނެ ދަރިފުޅު ބަލިވެއްޖާ މަންމައަށް ކެތްނުވާނެކަން ..، ތިވަރުވީ އިރު ކީއްވެ ތަ ކުރިން މަންމަ ކައިރި ނުބުނީ..، އޮށޯވެ އޮތް ދާނިޔަލް ކައިރީ އިށީންނަމުން ސީމާ ބުނެލިއެވެ.
އަހަރެން ވެސް ބޭނުންވާނެއްނު މަންމަ އަވަހަށް ރަގަޅުވާން ..، އެހެންވެ ނުބުނީ.. އެކަމަކު ކެތްނުވީމަ މިބުނީ..، ދާނިޔަލް ބަލި އަޑުން ބުނެލިއެވެ.
ކޮބާތަ އެއުޅޭ އަންހެނާ..، ސީމާ ގޭތެރެއަށް ބަލައިލަމުން ބުނެލިއެވެ.
މަންމާ ..، އަހަރެން ތަމަންއަށް ވަރަށް ރަނގަޅައްކަންތައް ކޮއްދިނީ.. އަހަރެންނަށް ތަމަން ވަރަށް ކަމުދޭ..، އަހަރެން ބޭނުން އޭނަ..، ދާނިޔަލް އެހެން ބުނެލުމުން ސީމާ ސިހިފައި ދާނިޔަލް އަށް ބަލާލިއެވެ.
އެކަން އެނގި ދާނިޔަލް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
އަހަރެންނައް އެނގޭ އަހަރެން ބޭނުން ކަމަކަށް މަންމަ ދެކޮޅު ނުހަދާނެކަން ..، އެކަމަކު އޭނަގާތު އަހަރެން ލޯބިވާ ވާހަކަ ބުނީމަ ގޭންނިކުމެގެން ދިޔަގޮތައް ހިލޭ ފިރިހެނަކާ އެއްކޮށް އެއްކޮޓަރީ އެ ނިދަނީ..،
އެފިރިހެން ގޮލަޔަކީ ވަރަށް އެހެން އުޅޭ މީހެއް ޖެހޭހާ ކޮންމެ މީހަކާއެއްކޮށް އެހެން އުޅޭނީ..، އަހަރެން ވަރަށް ވިސްނަ ދިނިން އެކަމަކު ތަމަން އެއަޑު އަހާކަށްވެސް ބޭނުމެއްނުވި..، އަހަރެން ވަރަށް ބޭނުން އޭނަ..، ދާނިޔަލް ދެރަވެފައިވާގޮތައް ކަރުނަ ފޮހެލަމުން ބުނެލިއެވެ.
އޭނަ އެފިރިހެނާއާއެއްކޮށް ކޮންތާކު އުޅެނީ..، ސީމާ ހިތް ހަމަ ނުޖެހި އެހެން ބުނެލުމުން ދާނިޔާލްގެ ރޭވުން ކާމިޔާބު ވެއްޖޭ ހިތް ބުނެލިއެވެ.
ދާނިޔަލް ވަގުތުގެ ބޭނުންހިފައި އެމީހުން އުޅޭ ތަން ބުނެލުމުން ސީމާ އެއްމެ މިނެޓްއެއްވެސް ބެކާރު ނުކޮށް ހިނގައިގަތެވެ.
ސަލާމް ގޮވާލުމެއް ކަމެއްވެސް ނެތި ސީމާ އެތެރެއަށް ވަދުނެވެ.
ސޯފާގައި އިށީންދެ އިން ނާއިކްއާއި ރައިންގެ ފެނުމުން ސީމާ ހަރުކަށިގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.
ކޮބާ ތަމަން ..،ބުނޭ މިހާރު ނިކުންނާށޭ..، ސީމާ އެހެންބުނެ ހަޅޭއްލަވައިގަތުމުން ނާއިކް ތެދުވިއެވެ.
ދައްތާ ތީތަ ތަމަންގެ މަންމައަކީ..، އަޅުގަނޑު މީ ނާއިކް..، ނާއިކްއަށް އެހާ ހިސާބަށް ބުނެވުނުތަނާ ސީމާ ވާހަކަ ދައްކަން ފެށިއެވެ.
އެނގޭ ކަލޭތީ ނާއިކްކަން ކަލޭ ކިތަންމެ ބޭނުމަސް ތަމަން އެއްނުލިބޭނެ..، އޭނަ ގަބޫލަސް ގަބޫލް ނޫނަސް ޖެހޭނީ މަގޭ ދާނިޔަލްއާ އިންނަން..، ސީމާ ރުޅިގަދަވެފައި އެހެން ބުނެލުމުން ނާއިކް އަނގަ ބަނދުވިކަހަލައެވެ. އެވާހަކައިން ރައިންވެސް ނާއިކްއަށް ބަލާލިއެވެ.
ދައްތާ ތަމަން މިވަގުތު ގެއަކު ނޫޅޭ..، ނާއިކް ވިސްނަން އިނދެފައި ގަސްތުގައި ދޮގެއް ހަދާލީ ސީމާ ފޮނުވާލަންވެގެންނެވެ.
އޭރު ދޮރުކައިރީ އެމީހުންގެ ވާހަކަ އަޑުއަހަން ތަމަން ހުއްޓެވެ. ސަލާމަތް ވެވެން ދެން ނެތްކަން އެނގޭ އިރުވެސް އަދިވެސް ހިތްވަރު ކުރަން އޭނަ ބޭނުމެވެ.
ކަލޭ ހަދާން ކުރާތި މަގޭ ދަރި މަށާ ފޮރުވައިގެން ކަލެއަށް ނޫޅެވޭނެ ..، އަހަރެން ޕޮލިހަށް ރިޕޯޓްކުރާނަން އަހަރެންގެ ދަރި ކަލޭ ފޮރުވައިގެން އުޅޭކަމަށް..، ސީމާ ނާއިކްއާއި ދިމާލައް އެހެން ބުނެލަމުން އިނގިލި ދިއްކޮއްލިއެވެ.
އަދި އެބާރުމިނުގައި އެގޭތެރެއިން ނިކުމެގެން ދިޔައެވެ.
ދޮރު ދޭތެރެއިން ބަލަން ހުރި ތަމަންއަށް ސީމާ ދިޔަކަން ޔަގީން ވުމުން ކޮޓަރިން ނިކުތީ ރޭގެއެކޭވެސް އެއްގޮތައް އެހެދުން ލައިގެން މޫނުނިވާ ކޮށްގެންނެވެ.
ތަމަން ނިކުތުމުން ނާއިކްއާއި ރައިން ތަމަންއަށް ބަލާލަމުން ދެންމެ ކަންތައްވިގޮތް ކިޔައިދިނެވެ.
އަހަރެން މިރަށަށް އައިސް މިހިރީ ވަރައް ބޮޑު ކަމަކު ..، އޭނަ މައްސަލަ ޖައްސައި ފިއްޔާ ތިކަންތައްވާނެ ވަރަށް ބޮޑުކަމަކައް..، އަހަރެން ބައްޕައަށް އެގިއްޖާވެސް ބޮޑު މައްސަލައަކައްވާނެ..،
ތަމަންގެ މަންމައެއްނު އެއީ ..، ކީއްވެ ގަދަކަމުން ދާނިޔަލްކަހަލަ މީހަކާ ކައިވެނިކުރުވަން އެއުޅޭނީ..، ނާއިކް ބުނެލިއެވެ.
އަބަދުވެސް މަންމަ އަހަރެމެންދެކެ ރުޅިއާދޭ..، މަންމައާއި ބައްޕަ ވަރިވީމަ ބައްޕަ ކައިރީ އުޅުނީ،،. ބައްޕަ މިދުނިޔެ ދޫކުރީމަ އިތުރު ގޮތެއްނެތީމަ އައީ.،ތަމަން ނާއިކްއަށް އޭނަގެ ހަގީގަތް އެނގިދާނެތީ ކުޑަމިންވަރެއް ބުނެދިނެވެ.
އަހަރެން ދީފާނަން އައިޑިއާއެއް..، އެކަމަކު މިގޮތް ކަލޭމެން ދެމީހުންނައް ކަމުދައްޏާ..، ނިކް ވީނު ތަމަންއާއި ކައިވެނިކުރަން ..،ރައިން އެހެން ބުނެލުމުން ތަމަންއާއި ނަޢިކް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް