ސިޑިން ފައިބައިގެން އެދިމާއަށް އަންނަ ތަމަންގެ މޫނަށް ނާއިކު ބަލާލި އިރު އެދޮންމޫނުވަނީ ފިނިވެގެންގޮސް ނޫވާ ގޮތްވެފައެވެ.
ކައިރީގައި މީހަކު އިންކަންވެސް ހަދާންނެތި ނާއިކުގެ ނަޒަރު ތަމަންއަށް ހުއްޓުނެވެ.
އެދިމާއަށް ހިނގާފައި އައި ތަމަންއަށް ވެސް ނާއިކުއާ ނަޒަރު ވަކިކޮށްލެވޭ ގޮތެއް ނުވިއެވެ.
ކޮބާ ހޫނު ސައި ތައްޓެއް ބޯލަންވީނު..، ވަރައް ފިނިވެފައެއްނު ތިހުރީ...، ސިޑިން ފައިބައިގެން އަންނަ ތަމަން ފެނުމުން ފަޒްލާ ބުނެލިއެވެ.
ހާދަ ފިންޏޭ..، ތަމަން ފަޒްލާއާއި އެކު ކާބަޔާ ދިމާލައް ހިނގައިގަންނަމުން ބުނެލިއެވެ.
އާދޭ ނިކްވެސް ..، ފަޒްލާ ހިނގައިގަތް އިރު ނާއިކު ސޯފާއިން ނުތެދުވެ އިންތަން ފެނުމުން ބުނެލިއެވެ.
ފަޒްލާ އެހެން ބުނެލުމުން ތަމަންއާއި ދިމާއަށް ބަލައިލަމުން ނާއިކުވެސް ހިނގައިގަތެވެ.
ގޮނޑީގައި އިށީނީންސުރެ ވެސް ތަމަންގެ ކޮންމެ ހަރާކަތަކައް ފަރުވާތެރިކަމާއެކު ނާއިކު އިނީ ބަލާށެވެ.
އޭނާއަށް މިވަނީ ކިހިނެއްހެއްޔެވެ؟ އެ އަޖައިބެއްފަދަ އަންހެން ކުއްޖާ އޭނަގެ ހިތާ ކުޅެލައިފިއެވެ. ޔަގީނުންވެސް ނާއިކުގެ ހިތުގައި އެއަންހެން ކުއްޖާއަށް ލޯބި ޖެހިއްޖެއެވެ. ނާއިކު އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލަމުން މަޑު މަޑުން އިސްތަށިތަކަށް ހިފާ ބާރުކޮށްލެވުނެވެ.
ހިތުގެ ހާލަތު ކިތަންމެ އަންގަން ބޭނުންވިޔަސް އެއަންހެންކުއްޖާ އޭނައާއި ދުރަށް ގޮސްދާނެތީވެސް އެހިތް ބިރުގަންނަނީއެވެ.
އެދޭތެރޭގައި މިހާރު އުފެދިފައި އޮތް ގާތްކަން ދުރުކަމަށް ބަދަލުވާކަށްވެސް އެހިތް ބޭނުމެއްނޫނެވެ.
ސައި ބޮއި ނިމުމުން ތިންމީހުން ކާގެ ބައިން ނިކުތެވެ. ތަމަން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހުމުން ނާއިކުވެސް އޭނަ އުޅޭ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
**
ދެއަތުން ބައިވަރު ކޮތަޅުތަކެއް ހިފައިގެން ރަނާއާއި އެކު ގޭތެރެއަށް ވަން ތާރާ ވެސް ރަނާ ފަހަތުން އައިސް ސޯފާގައި އިށީނެވެ.
ވަރަށް ޝޮޕިން ކޮށްލައިގެން މިއައީ ...، ބަލިވެއްޖެ...، ސިޓިންގްރޫމްގައި އިން މުނާއާއި ގާތަށް ޖެހިލަމުން ރަނާ ބުނެލިއެވެ.
ދަރިފުޅު ކޮއްޗެއް ގަތީ...، ތާރާ އަށް ބަލައިލަމުން މުނާބުނެލިއެވެ.
މުނާ އެހެން ބުނެލުމުން ތާރާ ގަތް ހެދުންތައް ފަހަރަކު ހެދުމެއް މުނާއަށް ދައްކާލިއެވެ. ވަރައް ރީތި ހުރިހާ ހެދުމެއްވެސް..، އެކަމަކު މަންމައަށް ހިއެއްނުވޭ ތީގެން އެންމެހެދުމެއްވެސް ދަރިފުޅަށް ނުޖަހާ ހެޔޮވަރުވާނެހެންނެއް...، މުނާ ބުނެލިއެވެ.
ދުވަސް ކޮޅަކުން މަންމަ އަބަދު އުޅޭނީ އޭނަ ފަލަވެގެން ބަލައްޗޭ...، ބަލާބަ އަހަރެންވެސް ކުރިން ހަމަ ތިހާ ހިކިވާނެ ..، މިހާރު މަންމަ އަބަދު ހިއްކޭ ކިޔާފަ ކާންދީ ދީ އަހަރެންނައް ވެފަ ހުރިގޮތް މިހިރީ...،
ރަނާ މަޖާވެލާފައި ބުނެލިއެވެ.
ކޮންއިރަކު ހިކީ..، އަބަދުވެސް ޗަކަ ބަނޑެއްލާފަ ތިހެން ހަމަ ހުންނަނީ..، ދޮރުން ވަދެގެން އައި މާކިން ރަނާއާއި ދިމާކޮށްލަމުން ބުނެލިއެވެ.
އާން....، މީދެން މާ ހިކި މީހެކޯ ...، ކުޑައިރު ހުންނަ ގޮތެއް...، ފަލަ ކަމުން ގަމީހު ގޮތް ނޭޅުވޭ ދޯ މަންމާ..، ރަނާ އެހެން ބުނެ ހޭން ފެށުމުން ތާރާވެސް ހީލިއެވެ.
އެދޮގެއް އަހަރެން އަބަދުވެސް މިހާ ހޭންޑްސަމްކޮއް ހުންނަނީ ..، އެހެންވެ ރަނާ އެހެން އެކިޔަނީ..، މާކިން ތާރާގާތު އިށީނދެ ބުނެލިއެވެ.
މާކިން އެހެން ބުނެލުމުން މުނާވެސް ހޭންފެށިއަޑު އިވުނެވެ.
އެބަ އަންނަން ތިހުރި ހޭންޑްސަމްކަމެއް ތާރާ އަށް ދައްކާލަން އަލްބަމް ހިފައިން...، ރަނާ އެހެން ބުނެ ދިޔަތާ ކުޑަ އިރުކޮޅަކުން އައިސް ތާރާއަށް އަލްބަމް ދައްކަން ފެށިއެވެ.
ކުޑައިރު މާކިން ހުރިލެއް ބިސްކަމުން ތާރާ ކައިރިއަށް ވެސް ވަރަށް ހިނިއައެވެ.
ކިހާ ލޯބިތަ ފަލައެއް ނޫނެއްނު..، ފަލަކޮށް އެހުރީ މާވީއޭ ދޯ މަންމާ ހިކިކޮށް އެހެރީ އަހަރެން..، މާކިން ބުނެލިއެވެ.
ދޮގެއް މާވިން އެހުރީ ހިކިކޮއް... ހަމަ ބިސްގަނޑެއްހެން އެހުރީ މި ދޮންބެ...، ދެމީހުން ކޯޅޭ ތަން ބަލަން ތާޜާއާއި މުނާ ތިބި އިރު އެމީހުންނަށް ވެސް ހެވެއެވެ.
ގޭތެރެއަށް އައިސް ވަދެއްޖެއްޔާ އެއީ އަބަދުވެސް މާކިންއާއި ރަނާގެ އާދައެވެ.
މާވިންއަށް މަޑުމައިތިރި މިޒާޖެއް ލިބިފައިވިޔަސް ދޭތެރެއަކުން ދެމީހުން އޭނައާއިވެސް ދިމާކޮއް ހަދާނެއެވެ. ނަމަވެސް މާވިން އެކަންކަމާ އެހާ އަޅައެއް ނުލާނެއެވެ. ހީލަ ހީލަ އިންނާނީއެވެ.
**
މިފަހަރު ޗުއްޓީއަށް އައިސް މަސް ދުވަސް ވެގެން ދިޔައިރުވެސް ނާއިކު އެނބުރި ދާ ހިޔާލެއް ނުކުރިއެވެ. އެކަން ފަޒްލާއަށް ވެސް ފާޙަގަ ކުރެވުނެވެ. ދެތިން ފަހަރެއްގެ މަތިން ނާއިކުގެ ބައްޕަވެސް ގުޅައިގެން އައުން ލަސްވެގެން ޝަކުވާވެސް ކޮއްފިއެވެ.
ނަމަވެސް އެހިތް މިފަހަރު އެއްގޮތަކަށްވެސް ތަމަންއާއި ދުރަށްދާކަށް އެއްބަހެއްނުވިއެވެ.
އޭނަގެ ހިތުގެ ހާލަތު ތަމަންއަށް އަންގަން ބޭނުންވަނީއެވެ.
އެހެންމީހެއްގެ ހައްގަކައް ވާންބޭނުންނުވަނީއެވެ. ހަމަ ރަގަޅަށްވެސް އެހިތް ލޯބީގާ ދީވާނާ ވެއްޖެއެވެ.
ނިތްމައްޗައް އަތްލައިގެން އޮތް އިރު އެދެލޮލުގައި ނިދީގެ އަސަރެއްވެސް ނެއްކަހަލައެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައަކަށް މިހާރު ވެއްޖެއެވެ.
ހިތުގައި އަބަދާއި އަބަދު ވަނީ އެސޫރައެވެ،އެކަމަކުވެސް އެކަން ތަމަންއަށް އަންގާނެ ހާ ހިތްވަރެއް ނާއިކުއަކަށް ނުލިބުނެވެ.
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ނާއިކު މަޑުމަޑުން އެނދުން ފައިބައިގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ.
ތަމަންގެ ކޮޓަރީ ދޮރު ނުލެއްޕި ހުރިތަން ފެނުމުން ނާއިކު ދޮރާ ކައިރިވެލިއެވެ.
ފެންވަރައިގެން ނިކުމެ ހަމައެކަނި ތުވާލި ކޮޅެއްގައި ފައިގައި ލޯޝަން ލާން އިން ތަމަންއަށް ނާއިކު އަށް ބަލަން ހުރެވުނީއެވެ.
ކޮއްގެން ނުވާނެ ކަމެއް ކަން އެގޭއިރުވެސް ނާއިކުގެ ދެލޯ އެހެންދިމާލަކައް ބަލަން ހުއްދައެއް ނުދިނެވެ.
ތުވާލި ހަށިގަނޑާ ވަކިކޮށް ނިދާ އެއްޗެހިލީ އިރުވެސް ނާއިކުއަށް ހުރިގޮތައް ހުރެވުނީއެވެ.
މޫނުމަތީގައިވާ ފުރިހަމަކަމާ އެއްވަރައް އެހަށިގަނޑިގައިވެސް އެއްވެސް އުނިކަމެއް ނެތްފަދައެވެ.
ހަށިގަނޑުގެ ބައްޓަން އެހާވެސް ޜީއްޗެވެ. މީހުން ބުނެއުޅެއެވެ. އެއްވެސް މީހެއް ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެއެވެ.
އެކަމަކުވެސް އެއަންހެން ކުއްޖާގެ ކިބައިގާ ނާއިކުއަށް އެއްވެސް އުނިކަމެއް ނުފެނުނެވެ.
ބޮލުގައި ފުނާ އަޅާ ނިންމާލުމަށްފަހު ބެލްކަންޏާ ދިމާއަށް ތަމަން ހިނގައިގަތްތަން ފެނުމުން ނާއިކުއަށް ތެޅިގަނެވުނެވެ. އެގަޑީ އެތާ އޭނަ ހުރިކަން އެނގިއްޖެ ނަމަ ތަމަން އޭނަ ދެކެ ޜުޅިއަންނާނެކަން ނާއިކުއަށް ވިސްނުނެވެ.
އަވަސް އަވަހަށް ބާރު ފިޔަވަޅުގައި ގޮސް ކޮޓަރިތެރެއަށް ދެމިގަތެވެ.
ތަމަން ނިކުމެ ބެލްކަނިން ބޭރު ބަލާލުމައްފަހު ނާއިކު ކޮޓަރިއާ ދިމާލައް ބަލާލިއެވެ.
ކޮޓަރިތެރޭގައިވާ ހުދު އަލިން އަދި ނާއިކު ނުނިދާކަން ތަމަންއަށް އެނގުނެވެ.
މޭޒްދޮށުގައި ކުޑައިރުކޮޅަކު މަޑުކޮއްލީ ނާއިކު ނިކުމޭތޯ ބަލައިލާށެވެ.
ފާހާނާއަށް ވަދެފައި ނާއިކު ނިކުތް އިރު ފޯނަށް ދެ މިސްކޯލް އައިސް އޮތްތަން ފެނުނެވެ. ފޯނުނަގާ ހުޅުވާލުމާއެކު ގުޅާފައި އޮތީ ބައްޕަ ކަން އެގުމުން ނިތުގައި އަތް ހާކާލެވުނެވެ.
ބައްޕަގެ ނަންބަރައް ގުޅާލަމުން ނާއިކު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
ދަރިފުޅު ނެތީމަ ވަރަށް އުނދަގޫވޭ ...، ދެ ރަށެއްގަ ހޮޓެލްއަޅަން ހަމަޖެހުން ވާހަކަ ބުނަން މިގުޅީ ވީ ހާވެސް އަވަހަކަށް ދަރިފުޅު ނައިސިއްޔާ ބައްޕަ އަށް ވަރަށް އުދަގޫވާނެ.
ފުރަތަމަ ރަސްދޫގަ އެއް ހޮޓެލް އަޅާފަ އެތަން ނިމުނީމަ މާފުށީގަ އަޅަން މިވިސްނަނީ ..، ފޯނުން ވާހަކަ ދައްކަމުން ނާއިކުގެ ބައްޕަ ބުނެލިއެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭ އަޅުގަނޑު ދާނަން...،
ނާއިކު އެހެން ބުނުމުން ދެތިން އެއްޗެއް ބުނެލާފައި މާ ވާހަކަ ދިގު ނުކޮށް ފަވާޒް ފޯނުކަނޑާލިއެވެ.
ބެލްކަނީ ދޮރާ ދިމާއަށް ބަލައިލަމުން ނާއިކު ހިނގައިގަތީ ތަމަން އިންތޯ ބަލައިލާށެވެ.
މޭޒްދޮށުގައި އިށީދެ އިން ތަމަން ފެނުމުން ނާއިކު މޫނު އަލިވެގެން ދިޔައެވެ. އަދި ދާދި ދެންމެ އޭނަގެ ކުރިމަތިން ފެނުން މަންޒަރު މަތިން ހަދާންވިއެވެ.
ނުނިދަންތަ؟ނާއިކު ތަމަންއާއި ގާތުގައި އިށީދެލަމުން ބުނެލިއެވެ. ނިދިނައިސްގެން މިނިކުތީ..، ތަމަން ވެސް ބުނެލިއވެ.
އަހަރެން މިއުޅެނީ މާލެ ދާންވެގެން..، ނާއިކު ތަމަންއަށް ބަލައިލަމުން ބުނެލިއެވެ.
އަހަރެން ވަރައް ފޫހިވާނެ..، ދެން މިހެން ރޭގަނޑު އަނގަތަޅާލާނެ މީހެއްވެސް ނުހުންނާނެ..،
ތަމަން ބުނެލިއެވެ.
އަހަރެންވެސް ވަރަށް ދެރަވޭ ދާން ޖެހޭތީ..، ނާއިކު އަށް ބުނެވުން އެއްޗާ މެދު ވިސްނާ ލެވުނީ މާފަހުންނެވެ. އޭރު ތަމަން ސުވާލު ނަޒަރުން ނާއިކުއަށް ބަލަން އިނެވެ.
އަހަރެންނަކަށްވެސް ތިސުވާލު ޖަވާބު ދޭކަށް ނޭނގެ..، އަހަރެން މިފަހަރު ދާންވީމަ މިހާ ދެރަވާންޖެހޭ ސަބަބެއް އަހރެންނަކަށް ނޭނގެ..، ނާއިކު ތަމަން ބަލަން އިން ގޮތުން ބުނެލިއެވެ.
އަހަރެންނަށް ކުއްޖެއްދެކެ ލޯބި ވެވިއްޖެ..، ނާއިކު އެހާ ހިސާބައް ބުނީ ތަމަންއަށް ވާގޮތެއް ބަލާލާށެވެ. އެހިތުގައި އޭނައަށް ޓަކާ އެއްޗެއް ވޭތޯ ޔަގީންކުރާށެވެ.
އަހަރެން މިހާވަރައް އަންހެން ކުއްޖެއްދެކެ ލޯތްބެއްނުވެވޭ... އެކަމަކު ބުނާކަށްވެސް ނުކެރުން..، އަހަރެން ވަރަށް ފިނޑީދޯ؟..، ނާއިކު ތަމަންއަށް ބުނެލިއެވެ.
ނޫން ލޯބިވާ ވާހަކަ ނުބުނެވުން އެ ފިނޑި ވުމެއް ނޫން ..، ވެދާނެ އެންހެން ކުއްޖާ ދެކޭ ގޮތެއް ނޭގޭތީ..، ނޫނީ އެކުއްޖާ ރުޅިއައިސްދާނެތީ ބިރުން ބުނަން ނުކެރެނީ ކަމަށް.، އެކަމަކު އަހަރެން ވަރަށް ޔަގީން ކަމާއެކު ބުނަންތަ ވާހަކައެއް..، އެއްވެސް އަންހެން ކުއްޖެއް ނިކުއަށް ނޯއެއް ނުދޭނެ..، އަހަރެންނަށް ޔަގީން
ތަމަން ވަރަށް ޔަގީން ކަމާއެކު ބުނެލުމުން ނާއިކު ތަމަންއަށް ބަލާލިއެވެ.
އަހަރެން ބުނާނެ ވާހަކައެއް ނެތް ލަސްނުކޮއް އަވަހަށް ބުނޭ..، ގިނަ ފަހަރު ލަސްކޮށްގެން ލަނޑު ލިބެނީ..، ތަމަން ގޮނޑީން ތެދުވަމުން ރެއިލިންގައި އަތް އަޅުވާލަމުން ބުނެލިއެވެ. ނާއިކުވެސް ގޮނޑިން ތެދުވެގެން ތަމަން ފަހަތުން ހިނގައިގަތެވެ.
ކުއްލިއަކައް ނާއިކު ތަމަންގެ އަތުގައި ހިފާލިއެވެ. ނާއިކުގެ އެއަމަލުން ތަމަން ވަރަށް ހައިރާންވެފައި ނާއިކުއާއި ދިމާއަށް ބަލާލިއެވެ.
ތަމަންގެ އަތްތިލަ ގެނެސް ނާއިކު ތުންފަތުގައި ޖައްސާލުމާއެކު ތަމަންއަށް ތެޅިގަނެވުނެވެ.
އައި ލަވް ޔޫ ޕަރީ..،
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް