ގަޑިއެއްގެ އިރުފަހުން ތަމަން ތައްޔާރުވެގެން އައިސް އަރުކަން އާއި އެކު ކާރަށް އެރިއެވެ.
މާދުރު ގެއެއް ނޫން ކަމުން ފަސް ވަރަކައް މިނެޓް ތެރޭ އެމީހުން ބޭނުންވި ހިސާބަށް އާދެވިއްޖެއެވެ.
އަރުކަން އަތުގައި އޮތް އެޑްރެސް އަށް އާދެވުމާއެކު ފާރުގައި ހަރުކޮއްފައި ހުރި ބެލްއަށް އަރުކަން ފިތާލިއެވެ.
އެވަގުތުކޮޅު ތަމަން ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ.
ބެލް އަޅާލިތާ ކުޑައިރު ކޮޅަކުން ދޮރުން ބޯދިއްކޮއްލަމުން ނިކުތީ ހިމަ ތޮޅި އަންހެން ކުއްޖެކެވެ. އެކުއްޖާ ލޯ ކުޑަކޮއްލީ ސުވާލުގެ ނަޒަރަކުންނެވެ.
އެވަގުތު ތަމަން ކުރިއަށް ޖެހިލަން އުޅުމުން އަރުކަން އޭނަގެ އަތުގައި ހިފާ ހުއްޓުވިއެވެ. އަދި އެއަންހެންކުއްޖާއަށް ހިނިތުންވުމެއް ދިނެވެ.
މާކިންކިޔާ ބޭފުޅެއް އުޅުއްވާތޯ؟ ...، އަރުކަން ބުނެލިއެވެ.
ތިބުނީ މިގޭ ވެރިޔާ ވަސީމްގެ ދަރި މާކިންތަ؟ އެކުއްޖާ ދެމީހުންގެ މޫނައް ބަލާލަމުން އެހެން ބުނެލުމުން އަރުކަން އަވަސް އަވަހައް ބޯޖަހާލިއެވެ.
އެމީހުން މިހާރު ދިރި އުޅެނީ ރާއްޖެއިން ބޭރުގަ..، މިބައި އަހަރެމެން ކުއްޔައް ނަގައިގެން އުޅޭތާ ތިން އަހަރު ވެއްޖެ..، އެކުއްޖާ އިތުރަށް އޮޅުން ފިލުވައި ދިނެވެ.
އެމީހުން ދިޔަ ތަނަކާ އެމީހުންގެ އެޑްރެސް އެނގިލައްވާތޯ..؟ ތަމަންގެ މޫނުމަތި އިތުރަށް މިލާލިތަން ފެނި އަރުކަން އަހާލިއެވެ.
ނޫން ނޭނގޭ...، އެކުއްޖާ އެހެން ބުނެލުމުން އަރުކަން ސުކުރު އަދާ ކުރުމައްފަހު ތަމަން އަތުގައި ހިފާ ހިނގައިގަތެވެ.
ސޮރީ..، އަހަރެން އަދިވެސް މަސަތްކަތް ކުރާނަން ..، ތަމަންގެ ދުޅަވެފައިވާ ދެލޮލައް ބަލައިލަމުން އަރުކަން ބުނެލިއެވެ.
އަހަރެން ދެން ބޭނުމެއްނޫން ހޯދާކަށް ..، އަރުކަންވެސް ދެން އަހަރެން އެކަނިހާލަށް ދޫކޮށްލާ..، ތަމަން އެހެން ބުނި އިރު އަނެއްކާވެސް ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ.
އަހަރެން ދުވަހަކުވެސް އާޝާ ދުލެއް ނުކުރާނަން ..، އަހަރެން މާދަން އެކޮޅަށް ދާން ޓިކެޓް ނަގާނަން ..، އަހަރެންނާއެކު އަޝާވެސް ގެންދާނަން..،
އަރުކަން އެހެން ބުނެލުމުން ތަމަން ބަލާލިއެވެ.
އަހަރެންނައް އަރުކަންއާއި އަރުކަންގެ އާއިލާއިން ކޮއްދިން ކަންކަމަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގޭ..، އެކަމަކު އިތުރަށް ނާއިކް ފެންނަ ހިސާބަށް އަހަރެން ދާކަށް ބޭނުމެއްނޫން..، އަރުކަން އެކަނި ގޮސްލާ ..، އަހަރެން އަހަރެންގެ ރަށަށް ދާނީ..،
ތަމަން ބުނެލިއެވެ.
އަހަރެން އާޝާ ދޫކޮއްފައެއް ނުދާނަން...،އަރުކަން ބުނެލިއެވެ.
އެއަޑު އިވޭކަމަށްވެސް ނަހަދާ ތަމަން އެތެރެއަށް ވަދެގެން ދިޔައެވެ.
**
އަރައިގެން އައި އިރުގެ ދަޅަތައް ލޮލަށް އެޅެން ފެށުމުން ނާއިކް ކުޑަކޮއްލޯ ހުޅުވާލިއެވެ. ހާމައަށް އޮތް އުޑު ފެނުމުން ނާއިކްއަށް ފުންމައިގެން ތެދުވެވުނެވެ.
ރޭގައި ކައިވެނީގެ ހެދުންވެސް ބަދަލް ކުރުމެއްނެތި އެތަނަށް އާދެވުން ހަދާން ވުމުން ނާއިކް ފުންމައިގެން ތެދުވިއެވެ.
މިހާރު ނޭގެ އެވްލިން އަހަރެންގެ ވާހަކަ ހިފައިގެން ބައްޕައާއި ހިސާބަށް ނުދާ ކަމެއްވެސް..، ނާއިކް ހިނގައި ގަންނަމުން ހިތާ ހިތާ ކިޔާލިއެވެ.
މަޑު ފިޔަވަޅުތަކެއްގައި ނާއިކް އައިސް ކޮޓަރިއަށް ވަދުން އިރު އަރާމު ނިންޖެއްގައި އެވްލިން އޮތެވެ.
އެވްލިންއަށް ހޭނުލެވޭނެހެން ފާހާނާއަށް ވަދެ ފެންވަރާ ލައިގެން ނާއިކް ކޮޓަރިން ނިކުތެވެ.
އަދި ހޮޓެލް ތިރީގައިވާ ރެސްޓޯރެންޓަށް ދާން ހިނގައިގަތީ ރޭގައިވެސް ރަގަޅަށް ނުކެވުމުން ވާތާވާކަހަލަ ގޮތެއް ވާން ފެށުމުންނެވެ.
އެތާ އިނދެ ނާއިކް އަނެއްކާވެސް އާޝާގެ ފޯނަށް ގުޅާލިއެވެ. މިފަހަރުވެސް ބުނީ ހަމަ ކުރިއެކޭ އެއްގޮތަށެވެ.
އާޝާ ފޯން ނިއްވާލައިގެން އެއުޅޭނީ ކިހިނެއް ވެގެންބާ؟ އަނެއްކަ އަހަރެން ކައިވެނީގެ ވާހަކަ ދޮންތަ ބުނީބާ..،ނާއިކް އެހެން ހިތަށް އެރުމާއެކު ފަޒްލާ އަށް ގުޅަން އަވަސް ވެގަތެވެ.
ނަމަވެސް ނާއިކް ފަޒްލާއަށް ނުގުޅިގެން އުޅެނިކޮށް ނާއިކްގެ ފޯނު ރިންގްވާން ފެށިއެވެ. އެވްލިންގެ ކޯލެއް ވުމުން ފޫހި ގޮތަކައް ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.
ކޮންތާކު ނިކް ތިއުޅެނީ؟ އެވްލިން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
އަހަރެން ރޭގަ ކޮޓަރިއަށް ވަތްން އިރު އެވީ ނިދާފަ އޮތީމަ އުދަގޫ ނުކުރީ..، ދެންމެ ހޭލެވުން އިރުވެސް ނިދާފަ އޮތީމަ ބަނޑުހައިވެގެން އެއްޗެއް ކާން ތިރިއަށް މިއައީ...، މަސްލަހަތަށް ބަލާފައި ނާއިކު ދޮގެއް ހަދާލިއެވެ.
ނާއިކް އެހެން ބުނެލުމުން އެވްލިން ތިރިއަށް އެބަ އަންނަން ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.
**
ހުޅުވާފައިހުރި ޓީވީއަށް ބަލަން ސޯފާގައި މުނާއިންއިރު ފައިމަތީ ބާއްވާފައި އޮތް ބާލީސްމަތީ ކުޑަ ކުޑަ ރިމީ ނިދިފައި އޮތެވެ.
މާކިންއާއި ތާރާ ބޭރަށް ދިއުމުން ނުނިދަން ބޮޑާހާކާފައި ނިދުނީ ދާދި ދެންމެއެވެ.
މަންމާ ...، ބޮޑުފައިލެއް ހިފައިގެން ގޭތެރެއަށް ވަދެގެން އައި މާކިން އެހެން ގޮވާލުމުން މުނާ ބަލާލިއެވެ.
ކީކޭތަ ޑޮކްޓަރު ބުނީ...،، ކައިރީ އިށީން މާކިންއާއި ތާރާއަށް މުނާ ބުނެލިއެވެ.
ކުރިން އަބަދު ތިގޮތަށް އެހާ ބޮޑަށް ބޮލަކު ނުރިހެއެއްނު'..، މުނާ ބުނެލިއެވެ.
މަންމާ އަހަރެންނައް މިހާރު ތިންދުވަސް ވަރު ވެއްޖެ މިހެން ވާތާ..، ހީވަނީ ވަރަށް ގާތް މީހަކު އެބަހުއްޓޭ..، އެކަމަކު ހަދާން ކުރަން އުޅުނަސް ހަދާނެއްނުވޭ ..، ދެން ރިއްސަން ފަށަނީ ބޮލުގަ..، ރިހެން ފެށީމަ ދެން ނޭގޭ ވާގޮތެއްވެސް..،
ތާރާ ބުނެލިއެވެ.
ތާރާ ގާތު އަބަދު އަހަރެން މިވިސްނައިދެނީ ..، ތާރާގެ ގާތް އެއްވެސް މީހެއް ނުހުންނާނޭ..، ގާތް މީހެއް ވިއްޔާ ތާރާއާއި އެންމެ ގާތުގަ މިތިބީ..، އަހަރެންނާ އަހަރެމެންގެ ދަރިފުޅާ މަންމަ..، އިތުރަށް ގާތް ކާކު ހުންނާނީ..، އެހެންވެ މިބުނަނީ ނުވިސްނާށޭ ވިސްނައިގެން ތާރާއަށް އެއްވެސް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން...،މާކިން ބުނެލިއެވެ.
ތެދެއް ދަރިފުޅާ އެއީ ދަރިފުޅަށް ހީވާގޮތް ..، އެއްވެސް ކަމަކާ އެހާ ބޮޑަށް ނުވިސްނާ..،
ހިނގާ އަވަހަށް ކާންދާން ..، މަންމަ އެބަ އަންނަން ރިމީ ކޮޓަރީ ބާއްވާލާފަ..، މުނާ އެހެން ބުނެ ކޮޓަރިއާ ދިމާލައް ހިނގައި ގަތެވެ.
ކައި ނިމިގެން ކޮޓަރިއަށް ވަދެ ތާރާއަށް ބޭސް ދިނުމައްފަހު އެދުގައި އޮށޯތުމުން މާކިން ކައިރީގައި އޮވެ ތާރާގެ ބޮލުގައި ފިރުމަދޭން ފެށިއެވެ.
ތާރާ މިއަދު ދެއްކި ވާހަކއިން މާކިންވެސް ތަމަންގެ މަތިން މާ ބޮޑަށް ހަދާންވަނީއެވެ.
އެގޮތަށް އޮތް އިރު މީގެ ހަތަރުވަރަކަށް އަހަރު ކުރިއަށް މާކިންގެ ހިޔާލްތައް ދަތުރުކޮއްލިއެވެ.
ގޭތެރެއަށް ލިބެން އުޅޭ އުފާވެރިކަމުން އެންމެންގެ މޫނުމަތިން ހިނިތުންވުން ފިލާނުދެއެވެ. ނުވަމަހުގެ ބަނޑާއި އެކުވެސް ކުރިއެކޭވެސް އެއްގޮތަށް ތާރާ އުޅެނީ އަބަދުވެސް އެއްކަމެއް ކޮށްލާ އަނެއް ކަމެއް ކޮއްލާށެވެ.
މުނާއާއި މާކިން އެވަރަށް އެހާ ބުރަކޮއް ނޫޅެން ބުނާއިރުވެސް ހުއްޓި ހުރުން އެއީ ތާރާއަށް ފަސޭހަ ކަމެއް ނޫނެވެ.
ދަރިފުޅާ މަންމަ އެބައަންނަން ބާޒާރަށް ގޮސްލާފަ ވަރައް އަވަހައް ..، ވަރައް ބޮޑު ވިލާގަނޑެއް ހަދާފަ ހުރީ..، މުނާ ތާރާއަށް އެހެން ބުނެ ގެއިން ނުކުންނަން ދިޔައިރު މާކިން އައިސް ގޭތެރެއަށް ވަންނަނީއ އެވެ.
އެބަ އަންނަން އިނގޭ އެއްޗެހި ބަދަލު ކޮށްލައިގެން ..، ރަނާ އަހަރެންނައް ކޮފީ ތައްޓެއް ހަދާ ދީބަލަ..، މާކިން ތާރާ ބޮލުގައި ފިރުމާލުމައްފަހު ހިނގައި ގަންނަމުން ބުނެލިއެވެ.
މާކިން އެހެން ބުނުމުން ރަނާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
ތާރާވެސް ބަރުހެލި ގޮތަކަށް ތެދުވެ ބަލާލީ މަންމަ ވަރަށް ވިއްސާރަ ހަދާފައޭ ހުރީ ބުނުމުން ބެލްކަނީގައި އެއްޗެހި ހިއްކަން އަޅުވާފައި ހުރި ހަދާން ވުމުންނެވެ.
ތާރާއަށް އެދިމާއަށް ހިނގައި ގަނެވެން ވީއިރު ވާރޭގެ ބޮޑެތި ތިކިތަކުގެ އަޑު އިވެން ފެށިއެވެ. ތަންކޮޅެއް އަވަހަށް ބެލްކަންޏައް އަރާ އެދިމާލައް ތާރާ ހިނގައިގަތެވެ
ނުވިސްނާ ހުރެ ބާރައް ހިނގައިގަތް ތާރާއަށް މުށިގަނޑުގައި ހެދިފަ ހުރި ފެންކޮޅަކަށް އެރި ފައި ކަހާލައިގެންގޮސް އެތާ ބަހައްޓާފައިހުރި ބޮޑު ދަގަނޑު ގަނޑެއްގައި ބޯޖެހުނު ގަޑީގައި ތާރާގެ ހަޅޭކުގެ އަޑު ކޮޓަރިން ނިކުމެގެން އައި މާކިން އަށް އިވުނެވެ.
އެއަޑު އިވުމާއެކު މާކިންއަށް ދުއްވައި ގަނެވުނީ ގައިގައި ހުރި ބާރެއްލައިފައެވެ.
ކޮފީތަށި ހިފައިގެން އައި ރަނާވެސް ފަޔަށް ބާރުލަމުން ދުއްވައިގަތެވެ.
މާކިންއަށް އެހިސާބައް އާދެވުން އިރު ތާރާގެ ބޮލުން ފައިބަމުން އައިސް އޮތް ލޭގެ ކޯރު ފެނުމުން މޫނުމައްޗަށް އަދިރި ނުވީ ކިރިޔާއެވެ.
އަތްމައްޗަށް ތާރާ އުފުލައިލައިގެން މާކިން ދުއްވައިގަތް އިރު ތާރާގެ ހޭވެރިކަމެއް ނެތެވެ. ރަނާއާއި މާކިންގެ މަސަތްކަތުން ތާރާ ހޮސްޕިޓަލްއަށް ގެނެވުމާއެކު އަވަސް ފަރުވާދޭ ބަޔައް ވެއްދުނެވެ.
ހޮސްޕިޓަލައް އައިސް ތާރާ ވެއްދިތާ ކުޑައިރު ކޮޅެއް ފަހުން މުނާއާއި ވަސީމްއަށްއާދެވުން އިރު ދެމީހުންގެ މޫނުމަތިންވެސް ހާސްކަން ފެންނަން ހުއްޓެވެ.
ޕޭޝަންޓްގެ ހާލު ވަރަށް ސީރިއަސް ..،މިހާރު ސިޒޭރިއަން ހަދާފަ ބޭބީ ނަގަން ޖެހޭނީ ނޫނީ ބޭބީގެ ފުރާނައަށް ނުރައްކާ ވެދާނެ..، މިހާރުވެސް ހަށިގަނޑުން ވަރައް ބޮޑަށް ލޭވެސް މަދުވެފަ ހުރީ..، އޮޕަރޭޝަންގެ ފަހުން އިތުރަށް އެއްޗެއް ބުނަން އެނގޭނީ..،
ޑޮކްޓަރު އެހެން ބުނުމުން މާކިން އިތުރަށް ހާސްވިއެވެ. ތާރާއާއި ދަރިފުޅަށް ދެރަގޮތެއް ނުވުމަށް އެތަށް ފަހަރަކު ދުއާކުރެވުނެވެ.
ހާސްވެ ދޮރުމަތީ ދެކޮޅައް ހިނގާލަ ހިނގާލަ ހުއްޓައި ނަރުސް ކުއްޖެއް ދޮރު ހުޅުވާލުމައްފަހު ލޯބި ލޯބި އަންހެން ކުއްޖެއް މާކިންގެ އަތައް ލައިދިނެވެ.
އެވަގުތު އެ ތުއްތު މޫނު ފެނުމުންވެސް މާކިންގެ ހިތަށް އިތުރަށް އަސަރު ކުރިއެވެ.
މުނާ ކުރިއަށް ޖެހިލަމުން މާކިން އަތުގައި އޮތް ދަރިފުޅު އުރާލިއެވެ. އޭރު އޭނަގެ ލޮލުންވެސް ކަރުނަ އާދެއެވެ.
ދެގަޑިއެއްހާއިރު ފަހުން އަނެއްކާ ވެސް ޑޮކްޓަރު މާކިންއާއި ބައްދަލް ކުރިއެވެ
ބޮލުގެ ފަހަތު ނާރަކަށް ވަރައް ބޮޑައް ގެއްލުން ވެފަ ހުރީ..، މިހާރު އެއްކޮށް ލޭ މަނާ ވެއްޖެ...، އެކަމަކު މިކަހަލަ ކޭސްތަކުގަ އެބަހުރި ޕޭޝަންޓް ލޭ މަނާ ނުވެ ދުނިޔެއާ ވަކިވެފަވެސް..، އެކަމަކު އިރާދަކުރެއްވީތީ ހުރިހާ ކަމެއްވެސް ރަނގަޅު ..، އިތުރު ކަމެއް ދިމާވަންޏާ ނުވަތަ އިތުރު އުދަގުލެއް ވަންޏާ ދައްކަންވާނެ ..، ޑޮކްޓާރު އެހެން ބުނެ މާކިން ކޮޑުގައި ޖަހާލުމައްފަހު އެތެރެއަށް ވަނުމައް ހިގައިގަތެވެ.
ހޮސްޕިޓަލްގައި ތިންދުވަހު ތާރާ އޮތް އިރު މުނާއާއި މާކިން އަބަދުވެސް ކައިރީގައި ހުރެއެވެ.
ގެއަށް އާދެވުމާއި އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަން ހުއްޓޭވެ. ތާރާއަށް ކަމެއް ދިމާނުވެ ހުރިހާ ކަމެއްވެސް ހަމައަކަށް އެޅުމުން މުނާ ﷲއަށް ޝުކުރު ދެންނެވިއެވެ.
ސަޕްރައިޒް.....، ގޭތެރެއަށް ވަދެގެން އައި މާވިންއަށް ސިޓިންގްރޫމްގައި ކުޑަދަރިފުޅު ގޮވައިގެން މުނާ އިންއިރު ކައިރީ އެންމެން ތިބިތަން ފެނުމުން ގޮވާލިއެވެ.
އެންމެން އެއްފަހަރާ އެދިމާލަށް ބަލާލިއެވެ. ތިންމަސް ދުވަހު ރާއްޖެތެރޭ ރަށެއްގައި ހުރުމައްފަހު މާވިން މާލެ އައުމުން އެންމެން ވެސް ތިބީ އުފަލުންނެވެ.
މާވިން ތާރާއާއި މާކިންއަށް މަރުހަބާ ކީ އިރު ތާރާ ދުރުމީހަކަށް ބަލަން އިންހެން ހިނިތުންވެލައިގެން އިނީއެވެ.
އެބައަންނަން އުރާލަން ފެންވަރާލައިގެން..، ވަރަށް ދާހިއްލާފަ މިހުރީ..، މުނާއަތުގައި އޮތް ބޭބީގެ ކޮލުގައި މާވިން ކޮއްޓާލަމުން ބުނެލިއެވެ.
ތާރާ އަވަހަށް ތަމީއަށް މިހަބަރު ދޭން ހިނގާ..، އޭނަ ނޭނގެ އުފަލުން އުޅޭނެ ގޮތެއްވެސް..، މާކިން ވާހަކަ ދެއްކި އިރު އެމީހުންގެ ކުރިމަތިން ހުރަސް ކޮށްފަ ދިޔަ މާވިން އޮބާލަންދެން ތާރާ ބަލަން އިނެވެ،
އެއީ ކާކުތަ؟ ތާރާގެ ސުވާލުން އެންމެން ހައިރާންވިއެވެ.
ހެހހެ..، ތާރޫ އަށް އެއީ ކާކު ކަމެއް ނޭނގޭތަ ..، ތިންމަސް ތުއްތުބެ ރަށުން ބޭރުގަ އުޅެފަ އައީމަ ތާރޫއަށް ނޭގުނީ..، ރަނާ އެހެން ބުނެ ހޭންފެށިއެވެ. ރަނާ އެހެން ބުނުމުން ތާރާ އެކަމާ ވިސްނާލިއެވެ. އޭނަ އެއްވެސް އެއްޗެއް ހަދާން ނުވަނީ ކީއްވެ ހެއްޔެވެ. އެއީ މިގޭ މީހަކައްވާއިރު އަހަރެންނަށް ނޭގެންވީ ކީއްވެ..، ވިސްނި ވަރަކަށް ތާރާގެ ބޮލުގައި ރިހި މޫނުމައްޗައް އަދިރިވާ ގޮތްވާން ފެށިއެވެ.
އަހަރެން ވަރަށް ބޮލުގަ ރިއްސާ ..، ތާރާބޮލުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ.
އަވަހަށްދޭ އަރާމުކޮއްލަން..، ބޭބީ ރޮންޏާ މަންމަ ގެންގޮސްދޭނަން ..، މުނާ އެހެން ބުނެލުމުން މާކިން ތާރާ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.
އެދުގައި ތާރާ ބާއްވާލުމައްފަހު ބޮލުގައި ރިއްސާނަމަ ކާން ޑޮކްޓަރު ދިން ބޭސް ކާޑުން ބޭސް ގުޅައެއް ނަގާ ތާރާއަށް މާކިން ދިނެވެ.
ހިނގާ ތަމީއަށް ގުޅަން..،ބޭބީގެ ވާހަކަ ތަމީ ގާތު ތާރާ ނުވެސް ބުނަމެއްނު ..، އޭނައަށް ނޭގެ ބޭބީ ދެކޭ ހިތުން ދެން އެތާ ހުރެވޭނެ ކަމެއްވެސް..، މާކިން ހިނިއައިސް ބުނެލިއެވެ.
ތަމީ؟ އެވެސް މިގޭ މީހެއްތަ؟ އަހަރެންނައް ނޭނގޭ ހާދަ މީހުން މިގޭގަ އެބައުޅޭ..،ތާރާ އެހެން ބުނެލުމުން މާކިން ތާރާއަށް ބަލާލިއެވެ.
ދެވަނަ ފަހަރައް ތާރާ އެކަހަލަ ވާހަކައެއް ބުނުމުން މާކިން ހައިރާންވެފައި ބަލާލިއެވެ.
ނުނިމޭ
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް