ތަޅުގައި މީހަކު ހިފާލުމާއެކު ތާރާ ފަސްއެނބުރި ބަލާލިއެވެ.
ދޮރުން އެތެރެއަށް ވަދެގެން އައި މާކިން ފެނުމުން ތާރާ ހިނިތުންވެލިއެވެ.
ކޮން ހިޔާލެއްގަ؟ ކޮޓަރިތެރެއަށް ވަދެގެން އައި މާކިން ބުނެލިއެވެ.
ހިޔާލެއްގަ ނޫން....، މިކޮޓަރި މާރީތިވީމަ ..، ތާރާ އެހެން ބުނެ ހުއްޓާލިއެވެ. މިކޮޓަރި މިހިރީ ބޭބީއަށް އެންމެ ރީތިގޮތަށޭ ހަދާފަ..، ހަދާންވޭތަ އެންމެ ފުރަތަމަ ދުވަހު ބުނީމެއްނު އެންމެ ރީތީ ބުލެކްކަލާ އޭ ...، އެހެންވެ އަހަރެން މިކޮޅަށް އައުމުގެ ކުރިން އެއްކޮށް ހުރިހާ އެއްޗެއް ތިހިރީ ބޭބީއަށް ރީތި ގޮތަށް ބަދަލް ކޮއްލާފަ...، ކުރިން މިކޮޓަރީގައި އެއްކޮއް ހުންނާނީ ގުރީން ކުލަ..، މާކިން އެހެން ބުނުމުން ތާރާ ހީލިއެވެ.
އެހާކުރިން ބުނި އެއްޗެއްވެސް ހަދާން އެނބަހުރިތަ؟ ތާރާ ބުނެލިއެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހިސާބައްވެސް އެއްވެސް އެއްޗެއް ހަދާނެއްނުނެތޭ ..، އެއަށް ވުރެ އަހަރެން ބޭބީ ދެކެ ލޯބިވޭ..، މާކިން ބުނެލިއެވެ.
އަހަރެންނަށް އެނގޭ ލޯބިވާކަން މިކޮޓަރިއަށް ބަލާލާފަވެސް ..، މިހާ ފެންވަރުގެ ކޮޓަރިއެއްގަ އުޅެފަވެސް އަހަރެންގެ އެއޮތް އާދައިގެ ކޮޓަރީގައި އުޅުން އިރުވެސް އެއްވެސް ޝަކުވާ އެއް ނުކުރި....، ތާރާ އެހެންބުނެލަމުން މާކިން އަށް ބަލާލިއެވެ.
އެއީ އަހަރެންނަށް މުހިންމު ކަމެއްނޫން..، އަހަރެންނަކީ އެހާ ހިތްމޮޅުމީހެއް ނޫން ...، އަހަރެން ބޭނުންވަނީ ތާރާގެ ހިތްހަމަ ޖެހުން..، އެއަށްވުރެ އަހަރެންނައް އެއްވެސް ކަމެއް މުހިންނެއްނޫން...، މާކިން ބުނެލިއެވެ
އަހަރެން މިވިސްނަނީ ސަންޑޭ އިން ފެށިގެން ބޭބީވެސް އަހަރެންނާ އެކު އޮފީހައް ނެރެން ..، އޭރަށް އަހަރެން ނެތްގަޑީގައިވެސް ތިހެން ފޫހިވެފަ އެކަންޏެއް ނުވާނެއްނު..، މާކިން ބުނެލިއެވެ.
ނޫން...، އަހަރެން ފޫއްސެއް ނުވޭ....، އަހަރެން މާ ހިތްހަމަ ޖެހޭ މަންމަ އާއެއްކޮއް ގޭތެރޭ މަސައްކަތުގަ އުޅެން...، ތާރާ ބުނެލިއެވެ.
އޯކޭ ..، ބޭބީ ތިގޮތް ބޭނުން ވަންޏާ އަހަރެންގެ އެއްވެސް މައްސަލައެއްނެއް..، އެކަމަކު މިދެލޮލުން އެންމެ ކަރުނަ ތިއްކެއް އަޔަސް އަހަރެން ދެރަވާނެ އިނގޭ...، އަހަރެން ބޭނުމެއްނޫން ބޭބީ އެއްވެސް ކަމަކާ ވިސްނާކަށް..، މާކިން އެހެންބުނެ ތާރާގެ ނިތަށް ވަރައް ލޯބިން ބޮސްދިނެވެ.
**
ބޮޑު ޖެކެޓް ހެދުމެއް ލައިގެން ކޮޓަރިތެރޭ ދެކޮޅައް ހިނގާލަ ހިނގާލަ ތަމަން ހުރި އިރު އިރު އިރުކޮޅާ ދެއަތް ދެއަތާ ހާކާލަނީ ފިނިވެގެންނެވެ.
ކޮޓަރިން ނިކުމެގެން އައިސް ގޭދޮރުމަތީ އިން އުދޯލީގައި އިށީނީ އެފިންޏަށް ކެތްނުވިޔަސް ކުޑައިރުކޮޅަކު އެމަންޒަރު ބަލާލާހިތުންނެވެ.
ވަށައިގެން ހައްދާފައިވާ ގަސްތަކުގައިވާ ރަތްކުލާގެ ފަތްތައް ބިމަށްފައިބާފައިވާ މަންޒަރު ބަލާ ފޫހިނުވެއެވެ.
ރީތި ދޯ...، ކައިރިން މީހެއްގެ އަޑު އިވުމުން ތަމަން ބަލާލިއިރު ނާއިކު އައިސް އޭނާއާއި ޖެހިގެން އިން ދަގަޑު އުނދޯލީގައި އިށީންނަނީއެވެ
ހިނގާ ދުއްވާލަންދާން އޭރައް އަދި ރީތި ތަންތަން ފެންނާނީ...، ނާއިކު އެހެން ބުނެލުމުން ތަމަންވެސް އިންތަނުން ތެދުވީ އިތުރައް އެމަންޒަރުތައް ބަލަން ހިތް އެދުމުންނެވެ.
އޭ !! އޭ!! ކޮންތާކައް އަހަރެންނަށް ނުގޮވާ ދެމީހުންދާން ތިއުޅޭނީ ...، ދޮންބެ އައިސް އަހަރެންގެ ބޭބީ ގާލް އަހަރެންނާ ދުރުކޮށްލައިފިޔޭ..، އަބަދު އަހަރެން ހޭލަންވާއިރައް ޔުނިވާސިޓީއަށްވެސް ގެންދަނީއޭ..، އޭރުވެސް ބުނީމެއްނު މީ ފަހަރިއޭ...، އަރުކަން ފަހަތުން ދުވެފައި ކަހަލަ ގޮތައް އަންނަމުން ބުނެލިއެވެ.
އަބަދު ނިދާފަ އޮންނަންޏާ ދުރުވާނެއްނު...،، އަރުކަން ބުނިއެއްޗައް ނާއިކު ހިނިގަނޑެއް ޖަހާލަމުން ޖަވާބުދިން އިރު ތަމަންވެސް ހިނިއައިސް ބަލަން ހުއްޓެވެ.
ހިނގާ އަހަރެންވެސް ދާނަން ...، ދޮންބެ އަކަށް ނޭގޭނެ އެހާ ގިނަ ތަންތަނަކަށް ދުއްވާކަށް..، އަރުކަން އެހެން ބުނެ ޑުރައިވަރު ސީޓްގައި އިށީން އިރު ތަމަންއާއި ނާއިކު ފަހަތު ސީޓައް އެރިއެވެ.
ހޫމް ..، ހޫމް.. ދެމީހުންނައް މިހާރު ދުރުގަ އިނދެވޭ ކަމަކަށްވެސް ނުވޭ ދޯ..، އެހެންޏާ އަބަދު އަހަރެން ކައިރީ ކުރީ ސީޓްގަ ނޫނީ ނީދެވޭ މީހެކޭ މީ...، އަރުކަން އެހެންބުނެ ދިމާކޮއްލުމުން ތަމަން ލަދުން އިސްޖަހާލިއިރު ނާއިކު އިނީ ތަމަންގެ މޫނަށް ބަލާށެވެ.
މަގުތަކުގައި ދުއްވަމުން ދިޔައިރު ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ ގަސްތަކުގައިވާ ރަތް ފަތްތައް ބިންމަތީ އޮންނަ މަންޒަރު ..، އެމަންޒަރަކީ ދުވަހަކުވެސް ރާއްޖެއިން ފެނިފައިނުވާ މަންޒަރެކެވެ.
ބަލައިލަން ހިތްގައިމު މަންޒަރެކެވެ.
ހިނގާ މިތަނަށް މަޑުކޮއްލާފަ ކޮންމެސް ހޮޓްއެއްޗެއް ބޯލަން ވަރަށް ފިނި ބޮޑުވެއްޖެ... ދެއަތް ދެއަތާ ހާކާލަމުން ނާއިކު ބުނެލިއެވެ.
ނާއިކު އެހެން ބުނެލުމުން އަރުކަން ކުޑަ ތަންކޮޅެއް ދުރުގައި ކާރު ޕާކް ކޮލުމުން ނާއިކު ކާރުން ފައިބާ ތަމަން ފޭބުމަށް ދޮރުފަތް ހުޅުވާލިއެވެ.
ލަދުރަކި ގޮތަކައް ފިނިހެދުމުގެ ދެޖީބައް އަތް ޖަހާލަމުން ތަމަން ކާރުން ފޭބިއެވެ.
ދިމާކޮށްލާ ކަހަލަ ގޮތަކައް އަރުކަންވެސް ކާރުން ފައިބައިގެން އައިސް ކައިރީ މަޑުކޮއްލަމުން ހިނި ގަނޑެއް ޖަހާލިއެވެ.
އަހަރެން ބޭނުމީ އާޝާ ގެންނަ އެއްޗެއް..، އަބަދުވެސް އަހަރުމެން ޗޮއިސް ވަރައް އެއްގޮތްވާނެ ދޯ..، ތަމަންއާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.
އަހަރެން ބޭނުމީ ހޮޓް ޗޮކްލެޓް އެއް މިގަޑީ..، ވަރައް ފިނިވެފަ މީނީ...، ތަމަން އަރުކަން އަށް ބަލައިލަމުން ބުނެލިއެވެ.
ކޮބާ އަހަރެންބުނީމެއްނު..، އެބުނީ ހަމަ އަހަރެންވެސް މިގަޑީ ހަމަ އެންމެ ބޯން ބޭނުންވާ އެތި..، އަރުކަން އަތަށް ގޮތެއް ހަދާ ލަމުން ބުނެލިއެވެ.
ތިހެންވީ އިރު އަހަރެންގެ ޗޮއިސްއާވެސް ހަމަ ގުޅިފަ ހުރީ..، އަހަރެންވެސް މިގަޑީ ހަމަ އެންމެ ބޯން ބޭނުންވާ އެތި އެބުނީ..، ނާއިކު އެހެން ބުނެ ހޭން ފެށުމުން ތަމަންވެސް ނާއިކުއާއި ބައިވެ ހޭންފެށިއެވެ.
**
މާލެ އައިސް ވީ މަދު ދުވަސްކޮޅު ތެރޭވެސް ތާރާއަށްއައި ބޮޑު ބަދަލް މާކިންއަށް ފާހަގަ ކުރެވުނެވެ، އަބަދުވެސް މަންމައާއި އެކު ކޮންމެސް ކަމެއްގައި ޝާމިލްވެ އުޅޭ އިރު ހިނިތުންވުން ނޫނީ އެމޫނުމަތިން ނުފެނެއެވެ.
އޮފީސް ނިންމާފައި ގޭތެރެއަށް ވަންނަން އައި މާކިންއަށް ބަގީޗާ ތެރޭ ހުރި ތާރާ ފެނުމުން ފިޔަވަޅު އަޑު ނީވޭނެ ހެން އައިސް ލޯ މަތީ އަތް އަޅާލިއެވެ.
ސިއްސައިގެންގޮސް ތާރާ ހަޅޭޢްލަވައިގަންނަން އުޅުން ވަގުތު މާކިންގެ ހުށިޔާރު ދެއަތުން ތާރާގެއަގަމަތީ އަތް އެޅިއެވެ.
ހާދަ ބޮޑަކަށޭ ތި ސިހުނީ..، މާކިން ތާރާ އޭނާއާ ވީ ފަރާތައް އަނބުރާލަމުން ބުނެލިއެވެ.
ސިހޭނެއްނު އެއްވެސްމީހެއް ނުފެނި ކުއްލިއަކައް ލޯމަތީ އަތް އެޅީމަ ..، އެކަމަކު އަހަރެންނައް އެގޭ މާކްކަން..،
ހީލަމުން ތާރާ ބުނެލިއެވެ.
ބަލާބަ..، މިމާ ވަރައް ރީތި ދޯ..، އަތުގައި އޮތް ހުދު އޯކިޑްމާ މާކިންއަށް ދިއްކޮއްލަމުން ތާރާ ބުނެލިއެވެ.
އަސްލުވެސް އަހަރެންނަށް އެންމެ ރީތިމާ ތީ ހަމަ ..، ވަރަށް ރީތީ...، އެކަމަކު އަހަރެންގެ ބޭބީއާ އެއްކޮށް ހުންނަ އިރު ތިއޮތް ރީތިމަލުގެ ރީތިކަންވެސް ފަނޑުވެފަ ހުންނަނީ..، މާކިން ލޯބި ގޮތަކަށް އޯކިޑްމާ ތާރާގެ ކަންފަތް ދޮށައް ޖަހައިލަ ދެމުން ބުނެލިއެވެ.
އުހުމް..،
ކައިރިން މީހަކު ކަރުކެހިލުމުން ދެމީހުން ސިހިފައި ބަލާލިއެވެ.
ތަނެއް ތަނެއް ނޯވޭ ދޯ ދޮންބޭ...، ރަނާ ގޭތެރެއަށް ވަންނަމުންހިނިއައިސް މާކިންއާ ދިމާކޮއްލަމުން ބުނެލިއެވެ.
ރަނާ އެހެން ބުނެލުމުން މާކިން ބޯކަހާލަމުން ތާރާ އާއި ކުޑަކޮއް ދުރައްޖެހިލިއެވެ.
ތާރޫ..، ހިނގާބް އަހަރެންނާ އެކީ މިރޭ ޝޮޕިންގްއަކަށް ދާން އެއްކަލަ މާޔާގެ ބާތްޑޭ މާދަން..، އެހެންވެ އެއްޗެއް ގަނެލަން ކަމަށް..، ތާރު ވަރަށް މޮޅުވާނެ އެކަހަލަ ކަންކަމައް..، ރަނާ ބުނެލިއެވެ.
އުނހު ..، މިރޭ ނުދެވޭނެ..، މިރޭ މީ އަހަރެންގެ ރެއެއް..، އަހަރެން މާކުރިން ބޭރައް ދާން ނިންމައިގެން މިހުންނަނީ އަދި އެވާހަކަ ނުދެއްކިފަ... މާކިން ރަނާއަށް ލޯ އަޅާލަމުން ބުނެލިއެވެ..
އެއްކަލަ މާކު އަބަދު އުޅޭނީ ރަނާ ރުޅިއަރުވަން ވެގެން ،،،..، ދޮގެއް އެއީ ދޮންބެ ނޫޅޭ ބޭރަށް ދާކަށް..، އެހެން ނޫނަސް ހިތަށް އަރުވައިގެން ހުއްޓަސް ކުރިން ބުނީ ރަނާ އެއްނު ..، އެހެންވީމަ އަހަރެން ދާނީ ރަނާއާ އެއްކޮށް..، ތާރާ އެހެން ބުނެލުމުން ރަނާ ދޫނެރެ މާކިންއަށް ވައްތަރެއް ޖައްސާލިއެވެ.
**
ތިންދުވަސް ފާއިތުވެގެން ދިޔައިރު ގަސްތަކުގައިވާ ރީތި ފަތްތައް އެއްކޮށް ހުސްވެ ހުދުކުލައިގެ ސްނޯއިން މުޅި މަގުތަށް ފުރެން ފެށިއެވެ.
ދުވަހަކު ލޮލުން ފެނިފައި ނުވާ އެމަންޒަރު ބަލާ ފޫހިނުވެއެވެ.
ފިނިގަދަ ކަމުން މަތި މައްޗަށް ހެދުން ލައިގެން ހުންނައިރުވެސް އެ ފިންޏަށް ކެތްވާ ވަރެއް ނޫނެވެ.
ތިރިކޮށް ހަދާފައިވާ ގެތައް ފަށައިގެން ސްނޯގެ ފާރެއް ލެވުމުންދާއިރު އެގޭގެ ފެންނަނީވެސް ކިރިޔާއެވެ.
ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ ސްނޯއިން ފުރެމުން ދިޔަ މަގުތަކުން ސްނޯތައް އެއްފަރާތް ކުރަމުންދާ މަންޒަރެވެ.
ބަލައިލަން ކިތަންމެ ރީތި މަންޒަރަކަށް ވިޔަސް ގަނޑުވެގެން މީހާ ހަލާކުވާ ވަރުވެއެވެ.
ބެލްކަނިން ބޭރު ބަލަން ހުރެފައި މާބޮޑަށް ފިނިވާން ފެށުމުން ތަމަން އެތެރެއަށް ވަނެވެ. ކޮޓަރިން ނިކުމެގެން އައިސް ސިޓިންގުރޫމްއަށް ފޭބި އިރި ނާއިކުއާއި ފަޒްލާ ސޯފާގައި ކޮންމެވެސް ވާޙަކައެއްގައި ތިއްބެވެ.
ސިޑިން ފައިބައިގެން އެދިމާއަށް އަންނަ ތަމަންގެ މޫނަށް ނާއިކު ބަލާލި އިރު އެދޮންމޫނުވަނީ ފިނިވެގެންގޮސް ނޫވާ ގޮތްވެފައެވެ.
ކައިރީގައި މީހަކު އިންކަންވެސް ހަދާންނެތި ނާއިކުގެ ނަޒަރު ތަމަންއަށް ހުއްޓުނެވެ.
އެދިމާލައް ހިނގާފައި އައި ތަމަންއަށް ވެސް ނާއިކުއާ ނަޒަރު ވަކިކޮއްލެވޭ ގޮތެއް ނުވިއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް