ތަމަން އެތައް ފަހަރަކު ދާނިޔަލް ގައިގައި އަޅާ ކޮއްޕާލަންވެސް އުޅެފިއެވެ. ދާނިޔާލް ތަމަންއާއި ކައިރިއަށް ޖެހެމުން ދިޔައިރު ތަމަންގެ ހިތް ހީވަނީ ހުއްޓިދާނެހެންނެވެ.
ސަލާމަތްވާން މަސަތްކަތް ކުރާ ވަރަކަށް އެއަތުގެ ތެރޭ ތަމަން ފިތި ބާޜުވަމުން ދިޔައެވެ.
އަހަރެން އެހެން އެއްވެސް މީހަކައް ކަލޭ ލިބުނަކަ ނުދޭނަން އެނގިއްޖެތަ؟ ގަބޫލަސް ނުގަބޫލަސް ޖެހޭނީ އަހަރެންނާ އިންނަން ..، އެނދާ ދިމާލައް ދާނިޔަލް ތަމަން ކޮއްޕާލުމައްފަހު ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އަތުގެ ކޮޅައް ހޫރާލި އިރު އެދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ. އެހާވެސް ބޮޑަށް ދާނިޔަލްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
އަހަރެން އެއްވެސް މީހަކާ ވާހަކައެއް ނުދައްކާނަން ..، އާދޭސް ކޮށްފަ މިބުނަނީ އަހަރެންނަން ތިހެން ނުހަދާ..، ދާނިޔަލްގެ އެއަމަލުން ތަމަން ބިރުން ގޮތްހުސްވެފައިވާ ކަހަލަ ގޮތަކަށް އެހެން ބުނެލިއިރުވެސް ލޮލުން ކަރުނައާދެއެވެ. ރުޅިއާއި ނަފްރަތުން ފޯވަމުން ދިޔަ ދާނިޔާލްގެ ހަމަ ބުއްދި ވަނީ ފިލާ ގޮއްސަކަހަލައެވެ.
ފުންމައިގެން ތަމަންގެ ގައިމައްޗައް ވާކަހަލަ ގޮތަކަށް ޖެހިގަތީ ވަލުޖަނަވާރެއް އިންސާނެއްގެ ލެއަށް ފެންބޮވައިގަނެފައިވާ ކަހަލަގޮތަކަށެވެ.
ސަލާމަތްވާން ތަމަން އުޅެއުޅެ ވަރުބަލި އިރުވެސް އެކަން ކާމިޔާބުވާގޮތެއްނުވި ..، އަމިއްލަ ހާލާއިމެދު ކަރުނަ އަޅާ ރުއީ ދާނިޔަލްގެ އަމަލުތައް އެހެން ހުރިއިރު ކުރިން އެތަނުން ސަލާމަތްވާން މަސަތްކަތް ނުކުރެވުނީތީއެވެ.
މިކަހަލަ ތަނެއްގައި ދިރިއުޅުމަށްވުރެ މަގުމަތީ އޮތަސް މާރައްކާތެރިވާނެވެ.
ތަމަންލައިފައި ކަޅުކުލައިގެ ޓޮޕްކޮޅުގެ ކަރުގައި ހިފާ ކުއްލިއަކަށް ދަމައިގަތުމާއި އެކު ހެދުމުގެ އެއްބައި އިރައިގެންގޮސް މޭމައްޗާއި ގައިގެ ބޮޑުބައެއް ހާމަ ވެގެން ދިޔައެވެ.
ދޫކުރޭ...، ތަމަން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމު އެދުގެ ހެޑްބޯޑްމަތީ ބަހައްޓާފައި ހުރި އިސްތިރި ނަގާ ދާނިޔަލްގެ ބޮލުގައި ޖަހާލީ ދާނިޔަލް އެކަމަށް ނުވެސް ވިސްނާ ހުއްޓައެވެ. އެ އިސްތިރި އެތާ ބެހެއްޓުންކަންވެސް އެއީ އޭނަގެ ނަސީބެއެވެ.
ހަވީރު ފިހާރަޔައްދާން ހެދުން އިސްތިރިކުރަން ތަމަން އިސްތިރި ހިފައިގެން ވަނީ ކޮޓަރިއަށެވެ. އިސްތިރިކޮށްނިންމާފައި އެތާ އިސްތިރި ބެހެއްޓީ ފަހުން ނެރެންވެގެންނެވެ.
ވީތަދުން ދާނިޔާލްއަށް ބޮލުގައި ދެއަތް އަޅާ ތަމަންގެ ގައިމަތިން އަނެއްފަރާތަށް ފޮރޮޅިގަނެވުމާއެކު ވަގުތުގެ ބޭނުން ހިފައި މޭމަތި ދެއަތުން ނިވާ ކޮއްލަމުން ތަމަން ކޮޓަރިން ނިކުމެ ދުއްވައިގަތެވެ.
ގޭގެ ވަލުފަރާތާ ދިމާއަށް ތަމަން ދުއްވައިގަތް އިރުވެސް ދާނިޔަލް ބޮލުގައި ހިފަހައްޓައިގެން އޮތެވެ.
ކަލޭ ހަނދާން ކުރާތި ދުވަހަކުވެސް މަގޭ އަތްދަށުން ސަލާމަތް ވެވޭނެ ކަމަށް ކައެ ހީނިކުރާތި..، މީގެ ހިތި ކަލެއަށް ދައްކާލާންނަން ..، ކަލޭގެ މުޅި ހަޔާތް ބަރުބާދު ކޮއްލާނަން ..، ތަމަން ކޮޓަރިން ނިކުންނަން ދިޔަ ވަގުތު ދާނިޔާލް ހަޅެއްލަވައިގަންނަމުން ބުނެލިއެވެ.
އެއަޑު އިވޭކަމައްވެސް ހަދާނުލާ ތަމަން ބެލީ އެތަނުން ސަލާމަތްވެވޭތޯއެވެ.
**
އިރުއޮއްސި އަދިވެގެން އައި އިރު މުޅި އުދަރެހުގައިވަނީ ކަޅުކުލައިގެ ފަރުދާއެއްލެވިފައި ކަހަލައެވެ. އެހާވެސް އުދަރެސް މަތި ވަނީ ބަނަކޮއްލާފައެވެ.
އިރުއޮއްސެން ގާތްވެފައި ހުއްޓައި ނާއިކް ލޯންޗައް އެރިއެވެ. ކޮނޑުގައި އޮތް ދަބަސް ނަގާ ކައިރީ ބައިންދަމުން ފުންނޭވާއެއް ބޭރުކޮއްލިއެވެ.
އަދި ކަންފަތުގައި ޖަހާފައި އިން ކަޅުކުލައިގެ ހެޑްސެޓް ރަގަޅު ކޮއްލުމައްފަހު ހަމަޖެހިލަމުން ލޯންޗު ތެރެއަށް ބަލާލިއެވެ. މާގިނަ މީހުންނެއް ނެތެވެ. ވިއްސާރަ ހަދާފައިވާލެއް ބޮޑުކަމުން ގިނަމީހުންނަށް ފުރަން ނުކެރުނީ ކަންނޭގެއެވެ.
ފޯނުން ލަވައެއް ޖަހާލުމަށްފަހު ނާއިކް ފޯނު ޖީބަށްލިއެވެ.
ލަވައަކައްފަހު ލަވައެއް އޮޓޯއިން ޕްލޭ ވަމުން ދިޔައިރު ކޮންމެ ލަވައެއް އަޑު އަހަން ނާއިކް އިނީ ފައިގެ ފަލަމަސްގަނޑުގައި ޖަހާލަ ޖަހާލައެވެ.
ކުއްލިއަކަށް ޖެހުނު ލަވައާއި އެކު ނާއިކްގެ މެރިފައިވާ ދެލޯ ހުޅުވުނެވެ.
އެލަވަ ޖެހުމާއި އެކު ހީވީ މެރިފައިވާ ދެލޯ ކުރިމަތީ އާޝާ ހުއްޓިލައިގެން އޭނަގެ އަޑުން އެލަވަ ކިޔަމުންދިޔަހެންނެވެ.
ވަކިވީމަ ދެރަވާނޭ..،
ކަރުނުން ލޯ ފުރާލާނޭ..
ކެތްކުރާނަން އުންމީދުގާ..،
އަދިގައިމޭ ދިމާވާނޭ.،
ވަކިވީމަ ދެރަވާނޭ.......،
ލަވަ އަޑު އަހަމުން ދިޔައިރު ނާއިކްގެ ދެލޯވަނީ ފެން ކަޅިވެފައެވެ.
އެއީ އާޝާ ކައިރީ ހުރެފައި ނާއިކް މާލެ އަންނަ ކޮންމެ ފަހަރަކު އޭނައަށް އާޝާ ކިޔައިދޭ ލަވައެކެވެ.
ދެއިނގިލިން ލޮލުގެ ރަވައިގައި ހޭކިފައި ހުރި ކަރުނަ އެހެންމީހަކަށް ފެނުގެ ކުރިން ނާއިކް ފޮހެލިއެވެ.
ހަގީގަތުގައިވެސް ނާއިކް ވަރަށް ބޮޑަށް އާޝާމަތިން ހަދާންވެއެވެ..،
ކޮންމެ ރެއަކާއި ދުވާލެއް ނިމިދަނީ އެހިޔާލް ތަކުގައެވެ. ފެންނާނެ ކަމުގެ އެތައް އުންމީދުގައެވެ.
ނުފައިބަނީތަ؟ ހިޔާލް ތަކަށް ގެއްލި އިންދައި ނާއިކްގެ ކޮނޑުގައި މީހަކު ހިފަހައްޓާލަމުން އެހެން ބުނެލުމުން ނާއިކް ބަލާލިއެވެ.
އޭރު އެންމެންތައް ލޯއްޗުން ފައިބައިގެންގޮސް ލޯންޗްގައި އިނީ ނާއިކްއާއި ދެފަޅުވެރިއެކެވެ.
ކައިރީގައި ހުރި ބެކްޕެކް ކޮނޑުގައި އަޅުވާލަމުން ނާއިކްވެސް ލޯންޗުން ފައިބަން ހިނގައިގަތެވެ .
ބަނދަރު މައްޗަށް ފޭބުމަށްފަހު ނާއިކް ދެފަރާތައް ބަލާލީ އެކޮޅުގައި ހޮޓެލްގެ މަސައްކަތާ ހަވާލްވެގެން އައިސް ހުރި ނާއިކްގެ ރަހުމަތްތެރިޔާ ރައިން ފެނޭތޯއެވެ.
ކޮނޑުގައި ދަބަސް އަޅުވައިލައިގެން ނާއިކް ކުރިއަށް ހިނގައިގަތީ ރައިން ފެންނަން ނެތުމުން ރައިންއަށް ގުޅަމުންނެވެ.
ކުޑައިރުކޮޅަކުން ބަދަރު ސަރަހައްދުގައި ހުރި ކެފޭއެއްގެ ތެރެއިން ރައިން ނިކުމެ ނާއިކްއަށް އަތުގެ އިޝާރާތުން ގޮވާލީ ފޯނުގެ އަލި ދައްކާލަމުންނެވެ.
ކޮފީއެއް ބޯލައިގެންނެއްނު ދާނީ..، ނާއިކް ރައިން ހުރި ހިސާބައް އާދެވުމާއި އެކު ރައިން ބުނެލިއެވެ.
އޯކޭ ހިނގާ..، ރައިންއާއި އެކު އެތެރެއަށް ހިނގައި ގަންނަމުން ނާއިކް ބުނެލިއެވެ.
އެންމެ އެތެރެއަށް ހުރި މޭޒްކައިރީ ރައިން ނާއިކްއާއި އެކު އިށީންއިރު އިތުރު މީހަކުވެސް އެމޭޒް ދޮށުގައި އިށީނދެ އިނެވެ.
ނިކް !!.، މީ ޒަކްވާންއަކީ..، މިކޮޅުން އަހަރެންނައް ހެލްޕްވާން ނެގި ކުއްޖާ..، ރައިން ނާއިކްއަށް ޒަކްވާން ތައާރަފް ކޮއްދެމުން ބުނެލިއެވެ.
ރައިން އެހެން ބުނެލުމުން ނާއިކް ހިނިތުންވެލަމުން ޒަކްވާންއާއި ސަލާން ކޮށްލިއެވެ.
މިހާރު ހުޅުވާ ޑޭޓް ފައިނަލް ވެއްޖެތަ؟ އަނެއްހެން ހުރިހާ މަސަތްކަތް ތަކެއް މިހާރު ނިމިފަ އެހެރީ،...،ކުދި ކުދި ކަންތައްތައް ދެން ހުންނާނީ..، ނާއިކްއަށް ބަލައިލަމުން ރައިން ބުނެލިއެވެ.
ނެކްސްޓް މަންތް އެކަކަށް މިކިޔަނީ..،
ވޭޓަރު ކޮފީތަށިގެނައުމުން ނާއިކް ކޮފީ ކޯވަރެއް ބޯލާފައި ޖޯޑް ބަހައްޓަމުން ބުނެލިއެވެ.
ވާހަކާގައި ތިބެފައިތިންމީހުން އެކުގައި ކެފޭއިން ނިކުތީ ރައިން ހުންނަ ރޫމާ ދިމާއަށް ދާށެވެ.
ނިކް...، އެންމެން އެކުގައި ހިނގައިގަތްވަގުތު ފަހަތުން މީހަކު ގޮވާލުމުން ތިން މީހުން އެކުގައި ކަހަލަ ގޮތަކައް ފަހަތައް އެނބުރިލިއެވެ.
އެމީހުންނާއި ދިމާލައް ހިނގާފައި އަންނަ ޒުވާނާ އާއި ދިމާލައް ބަލައިލަމުން ނާއިކް ރައިން އަތައް ބޭގް ދިނެވެ.
"އަހަރެން ދާނަން ..، ރެއިން ދޭ އިނގޭ..،ނާއިކް އެހެން ބުނުމުން ރައިން ހިނގައިގަތެވެ. ނާއިކްވެސް އެޒުވާނާއާ ދިމާލައް ހިނގައިގަތެވެ.
ހާދަ ދުވަހެއް ފަހުންނޭ މިދިމާވީ ދޯ..، ނާއިކް އެޒުވާނާއާއި ދިމާއަށް ސަލާމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ.
އަހަރެން އުޅޭ ރަށަށް އަރާފަވެސް ތިއުޅެނީ ހަމަ ހަބަރެއްވެސް ނުވެ ..، އަދުހަމް ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
ނޫނޭ ހަމަ މިއައިސް އެރީ މިރަށަށް..، އެހެންނޫނަސް އަހަރެން ހީކުރީ އަދުހަމް ރިސޯޓްގަ ކަމައްވާނީ..، ނާއިކް ބުނެލިއެވެ.
ނޫނޭ މިހާރު ރިސޯޓެއްގަ އެއްނޫނޭ އުޅެނީ..، މިހާރު މިކޮޅުގަ މަހަށް ދަނީ ..، މިރޭވެސް މިލެފީ ހަމަ ..، ވަޅިއެއް ބަލާ ގެއަށް ޖައްސާލާފަ އަންނަނިކޮއް ނިކްހެން ހީވެގެން މި މަޑުކުރީ ..، ޔަގީން ވީމަ މިގޮވާލީ..، އާން އެހާ ދުވަސް ވެއްޖެއްނު ދިމާ ނުވާތާ..، ސުކޫލް ނިމުންފަހުން އެންމެ ފަހަރަކު އެއްނު އަހަރެމެން ދެމީހުން ދިމާވީ..، އަދުހަމްއެހެން ބުނެލުމުން ނާއިކް ބޯ ޖަހާލިއެވެ.
ދެމީހުން ވާހަކާގައި ތިބެގެން އަދުހަމްއާއި އެކު ނާއިކްވެސް ހިނގައިގަތީ އަދުހަމް މެން މަސްކަނޑަން ތިބޭ ދިމާލަށެވެ.
**
ބޮލުގެ އެއްފަރާތެއްހާ ހިސާބުގައި އަތް އަޅައިގެން ދާނިޔަލް އޮތީ އެތަނުން ދިލަނަގާ ވަރުންނެވެ. ތަމަންއާއި ކުރިމަތިލާން ދާނިޔަލް ދެތިން ފަހަރު ތެދުވެވޭތޯ މަސަތްކަތް ކޮށްފިއެވެ.
ކޮންމެ ފަހަރަކުވެސް މޫނުމައްޗައް އަދިރިވާ ގޮތްވުމުން ނުތެދުވެ މަޑުކޮއްލަނީ ވެއްޓިދާނެތީއެވެ.
އައިސް ހުރި ރުޅީގައި ތަމަންއާއި ދިމާލައް ދާނިޔަލްއަށް ކިޔޭ ނުކިޔޭއެއްވެސް ނޭގެއެވެ.
ކޮޓަރިން ނިކުމެގެން ގޭގެ ވަލުފަރާތާ ދިމާއަށް ތަމަން ދުއްވައިގަތީ އަވަހަށް ދާނިޔަލްއާއި ފިލޭތޯއެވެ.
އެންމެ އަވަހަށް ފިލޭ ގޮތަށް ހުރި ގިފިއްޔަށް ތަމަން ވަދެވުން އިރު ބިރުން ތުރު ތުރު އަޅައެވެ.
އެތަނަކީ އަދި އެއްފަހަރުވެސް ތަމަން ވަތްން ތަނަކައް ނުވާތީ އެއަނދިރި ކަމުގައި ކުރިއަށް ހިނގަން ވެސް އޭނައަށް އުދަގޫވިއެވެ.
މުޅިރޭގެ ހަތަރު ދަމު އެތާ ހުންނާނީވެސް ކިހިނެއް ހެއްޔެވެ. ދެއަތުން ބޮލުގައި ހިފާ ތިރިވިއިރު ތަމަންއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ.
ތިރިވިހެންނެއް ހިޔެއްނުވެ ފުންމައިގެން ތެދުވިއެވެ.
އަހަރެން ދެވަނަ ފަހަރަށް ދާނިޔަލްގެ އަތްދަށުގައި ހައްޔަރުވާކައް ބޭނުމެއްނޫނެވެ.
މީހެއްގެ އެހީތެރިކަމަށް އެދި އާދޭސް ކުރަން އެވަގުތު ތަމަން ހިތަށް އެރިއެވެ.
ގިފިލިން ނިކުންނަން ހިނގައިގަތްވަގުތު ހެދުމުގެ މޭމަތިން އެއްކޮއް ދާނިޔަލް އިރާލާފައި އޮތްތާ އަތްޖެހުނެވެ.
މިހެން ހުރެ ނިކުންނާނީވެސް ކިހިނެއްހެއްޔެވެ. އެނބުރި ހެދުމެއްބަލާ ކޮޓަރިއަށް ވަންނާނީ ވެސް ކިހިނެއްހެއްޔެވެ.
ކޮންމެ ކޮޅަކުންވެސް މަގުތައް ބެދޭ ގޮތްވަނީއެވެ.
ފިހާރައަށް ދާން ޖީބަށް ފޯނުލީ ހަދާން ވެގެން ޖީބުގައި އަތްކާއްތާލީ ފޯނު އޮތްތޯ ބަލާށެވެ.
ފޯނު ޖީބުގައި އޮތްކަން އެގުމުން މަޑު ނޭވާއެއް ބޭރު ކޮއްލުމައްފަހު ފޯނުގެ ލައިޓް ދިއްލާލިއެވެ.
ބޭރަށް އަލި ނުދާ ވަރައް ކުޑަކޮށް އަލި ކޮއްލީ އެއްވެސްހެދުމެއް އެއްޗެއް އެތާ ހުރިތޯއެވެ.
ގިފިލިތެރޭ ހަދާފައި އިން ފާހާނަ ގޭގެ ތެރޭ ރޯނުގައި ބަހައްޓާފައި ހުރި ސީމާގެ ހެދުންތައް ތަމަންގެ ލޮލުގައި އަޅައިގަތުމާއެކު އަވަސްވެގަތީ އެލާށެވެ.
ކުއްލިއަކަށް ހިތައް އެރި އެއްޗަކުން ތަމަން ސީމާގެ ހައުސްކޯޓް ނަގާ ގަޔަށް ވައްޓާލީ ވަރަށް އަވަސް އަރުވާލާފައެވެ.
ހެދުމުން ދުވި ވަހުން އެއީ ދާވެފަ ހުރި ހެދުންތައްކަން ތަމަންއަށް އެނގުނެވެ.
އެކަމަށްވެސް ފަރުވާއެއް ނުބަހައްޓާ ތަމަން ރޯނުގައި އިން ބުރުގާ ނަގާ ބޮލުގައި އަޅާލާފައި ބުރުގާގެ ދެ ކަންގަނޑު ގެނެސް ނޭފަތާއި އަނގަ މަތި ފޮރުވާލީ ދާނިޔަލްއަށް ފިލައިގެން އެތަނުން ނިކުތުމުގެ ބޭނުމުގައެވެ.
ބޭނުންވި ގޮތަށް ބުރުގާ މޫނުގައި އައްސާލުމަށްފަހު ތަމަން މަޑުމަޑުން ގިފިލިން ނިކުންނަން ހިނގައިގަތީ ސިއްރުން ކަހަލަ ގޮތަކަށެވެ. ބަދިގެއާއި ގެއާއި ދޭތެރޭން ލައިފައި ތަމަން މަޑު މަޑުން ހިނގައި ގަތް އިރު ފައިވާނައް ނާރާ ހުރުމުން އަކިރިތައް ފަޔަށް ހެރޭތީ ތަދުވެއެވެ.
އިރުކޮޅަކު ފާޜުކައިރީ ހުރުމައްފަހު ދާނިޔަލްގެ ހަބަރެއްނުވުމުން ތަމަން ދެފަޔަށް ބާރުލަމުން ދުއްވައިގަތީ އެއްވެސް ކަމަކަށް ބެލުމެއްނެތިއެވެ.
ބޮލުގައި އަތްއަޅައިގެން ހުރެ ދާނިޔަލް ތަމަން ހޯދަމުން ގޭދޮރުން ގޯތިތެރެއަށް ނިކުއްވަގުތު ބޮޑު ހެދުމެއްލައިގެން ހުރިމީހަކު ގޭ ދޮރާށިން ބޭރަށް ދުވެފައި ނިކުންނަ ތަން ފެނުމުން ދާނިޔަލްގެ ހަވަނަ ހިއްސު އެއްޗެއް ބުނެދިން ކަހަލައެވެ.
ފަހަތުން ދުއްވައިގަތީ އެއީ ތަމަންކަން ޔަގީން ވާތީއެވެ.
ރަށުތެރެއަށް ދުއްވައިގަންނަން އުޅުނު ތަމަންއަށް ދާޏިޔަލް ފެނުމާއެކު ބަނދަރާ ދިމާއަށް ދުއްވައިގަނެވުނެވެ.
ބިރުން މީހާ ހަދާނެ ގޮތް ހުސްވެއްޖެއެވެ. ދާނިޔަލްގެ އަތުގައި ޖެހިއްޖެ ނަމަ މިރޭ އޭނަގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވޭނެކަން ޔަގީނެވެ.
ތަމަން ދުއްވައިގަތަސް ފަޔަށް އެއްޗެހި ހެރޭވަރުންނާއި ގަނެފައި ހުރި ބިރެއްގެ ސަބަބުން ބާރަށް ދުވަން އުޅެ އުޅެ އެކަންވެސް ކާމިޔާބެއް ނުވެއެވެ.
ކާރިވަމުންއައި ދާނިޔަލް އައިސް ތަމަންގެ ގައިގައި ދެން އަތްލާފާނެހެން ހީވުމުން ދެލޯ މަރާ ބާރުކޮއްލެވުނީ އަމިއްލަ ހާލަތާމެދު ކަރުނަ އަޅަމުންނެވެ.
ކުއްލިއަކަށް އައިސް މީހެއްގެ ގައިގައި ޖެހުމާއިއެކު ތަމަންއަށް އެމީހާ ގައިގައި ބައްދައި ގަނެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ.
އަހަރެން ސަލާމަތް ކޮއްދީ ..، އަހަރެން ސަލާމަތް ކޮއްދީ..، ތަމަން އާދޭސް ކުރަމުން އެމީހާ ގައިގައި ބައްދަމުން ވާހަކަ ދެއްކި އިރި ކިޔާ ނުކިޔާ އެއްޗެއްވެސް ސާފުވަނީ ކިރިޔާއެވެ.
އެމީހާގެ ބާރުގަދަ ދެއަތުން ތަމަން ގައިގައި ވަށާލީ ހިތަށް ނޭގޭ އުދަގޫތަކެއް ވާން ފެށުމުންނެވެ.
އިހުސާސް ކުރެވެމުން ދިޔައީ މީގެ ދުވަސް ތަކެއްކުރިން އެހަށިގަނޑުން ވަކިވެގެން ދިޔަ އޭނަގެ ފުރާނަ ފަދަ ލޯބިވާ ބައިވެރިޔާއެވެ.
އިތުރަށް އެހަށިގަނޑުގައި ނާއިކް ބޮޑަށް ބައްދާލީ އެކަން ޔަގީން ވެހުރެއެވެ.
އާޝާ..، ދެ ތުންފަތް ފޫއަޅުވާލުމައްފަހު ނާއިކްގެ އަނަގައިން އެނަން ބޭރުވުމާއެކު ތަމަންއަށް އެޒުވާނާގެ މޫނަށް ބަލާލެވުނެވެ.
އެއާއިއެކު ތަމަންގެ ދެލޯ ބޮޑުވިއެވެ. ދެލޯ ފުރިގެން ބަނޑުންވާން ފެށީ ނާއިކްގެ ދެއަތުގެ ހިމާޔަތުގައި ހުރެވުމުންނެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް