ތަމަންއަށް ސިހިފައި ދެލޯ ބޮޑުކޮށްލެވުނެވެ. އިތުރައް ކުރިއަތް ޖެހިލާ ރަގަޅަށް ބަލާލީ ގަބޫލްކުރަން ދަތިވުމުންނެވެ.
އެއީ ނާއިކްކަން ޔަގީނެވެ. ނަމަވެސް ހައިރާންވީ ނާއިކް އެއަންހެން ކުއްޖާ ކައިރި ކައިވެނީގެ ހެދުމުގައި ހުރުމުންނެވެ.
ނޫން ނޫން..، ތަމަންއަށް ދެލޯ މަރާ ބާރުކޮށްލަމުން ބުނެވުނެވެ. ނާއިކްގެ މޫނުމަތީވި ހިނިތުންވުމުން އިތުރަށް ތަމަންގެ ހިތަށް ތަދުވިއެވެ.
މޭގައި ދެއަތް އަޅާ ބާރުކޮއްލަމުން ތަމަން އަދިވެސް އެއްފަހަރު އެދިމާއަށް ބަލާލިއެވެ.
އެ އަންހެން ކުއްޖާ ކައިރީ ހިނިއައިސް ރައްޓެހިންނާ ވާހަކަ ދައްކަން ނާއިކް ހުރި އިރު ތަމަންގެ އަނގައިން މަޑު ގިސްލުމުގެ އަޑު ބޭރުވާން ފެށިއެވެ.
އާޝާ !! ކޮންއިރެއް ހޯދާތާ ..، ހިނގާ ދާން ..، މިތާ ދޮންބެ އެއް ނޫޅޭނެ..، ނާއިކް އަވަހަށް އެތަނުން ތަމަން ނެރެންވެގެން އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ.
އަހަރެންދެން ނިކް ހޯދާކަށް ބޭނުމެއްނޫން ..، ދުވަހަކުވެސް..، ތަމަންގެ ރުއިމާއެކު އެހެން ބުނެލުމުން އަރުކަން އެމޫނަށް ބަލާލިއެވެ.
ކިހިނެއްވީ؟ ..، ތަމަންއަށް ހުރިހާ ކަމެއް އެގިއްޖޭ އަރުކަންގެ ހިތް ބުނުމުން އޭނަ ހާސްވިއެވެ.
އެހެރީ އަހަރެންދެކެ ލޯބިވާ ދުވަހަކުވެސް އަހަރެން ދޫނުކޮށްލާނެ ކަމައް ވައުދުވި މީހާ..، ކީއްވެ އެވަރު ބޮޑު ދޮގެއް އެހެދީ؟ އަހަރެންގެ ހިތް ހަލާކުކޮށްލާފަ އެހެން އަންހެނަކާ އެކު އުފާ ކުރަނީ؟ ކީއްވެތަ އެންމެން އަހަރެންނަށް އެހެން އެހަދަނީ ؟ އަހަރެން ކޮން ކުށެއް ކޮއްގެންތަ އެންމެން އަހަރެންނަށް އެހެން އެހަދަނީ؟ ތަމަންއަށް އެހާ ހިސާބައް ބުނެވުނު އިރު އަރުކަންގެ ފައިބުޑަށް ތިރިވެވުނެވެ.
ކީއްވެ އަހަރެންނައް ނިކް އެހެން އެހެދީ؟ މިހާރު އަހަރެންނަށް އެނގިއްޖެ އަހަރެންދެކެ ލޯބިވާ އެއްވެސް މީހެއް މި ދުނިޔޭގަ ނެއްކަން...، އަހަރެން މުޅިން ބާކީ ވެއްޖެ އަރުކަން....، ތަމަން ރޮމުންވާޙަކަ ދެއްކި އިރު އަރުކަންއަށްވެސް ކިޔާ ނުކިޔާ އެއްޗެއް ސާފްވަނީ ކިރިޔާއެވެ.
އާޝާ..، ދޮންބެ ލޯބިވަނީ އާޝާ ދެކެ ..، ހަމަ އެކަނި އާޝާ ދެކެ ..، ދޮންބެ އަށް މަޖުބޫރުވީ..، އަރުކަންއަށް އެހާ ހިސާބައް ބުނެވުނުތަނާ ތަމަން އަރުކަންގެ ފައި ބުޑުން ތެދުވީ ދެލޯ ބޮޑޫވެ ހުރެއެވެ.
އެހެންވީމަ މިހުރިހާ ކަމެއް އަރުކަން އަށް ވެސް އެނގޭ ދޯ؟ ތަމަން އެހެން ބުނެލިއިރު އަރުކަން އާ ދިމާއަށް ބަލަން ހުރެއެވެ.
އަހަރެންނައް ..، އާޝާ އިހަށް ހަމަ ޖެހިފަ އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ...، އަރުކަން ވަރަށް ސީރިއަސް ވެފަ ހުރެ ބުނެލިއެވެ.
އަހަރެން އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން..، ތަމަން އެހެން ބުނެ ހިނގައިގަންނަން އުޅުނެވެ.
އާޝާ އަހަރެންދެކެ ރުޅި ނާދެބަލަ ..، އަހަރެންނައްވެސް އެކަން އެގުނީ ދެންމެ މަންމަ ހުރިހާ އެއްޗެއް ކިޔައިދިނީމަ..، ޕްލީޒް ގަބޫލް ކުރޭ..، އެންމެން އާޝާ ދޫކޮށްލިޔަސް އަހަރެން އާޝާ ދުލެއް ނުކުރާނަން..، އަރުކަން އެހެން ބުނެލުމުން ތަމަން ހުއްޓި އަރުކަންއާ ދިމާއަށް އެބުރުނެވެ.
އަހަރެންނައް މިރޭ މިކަން ނޭނގުންނަމަ އަހަރެން އަދިވެސް ހުންނާނީ ނާއިކްގެ މަކަރުވެރިކަމުގެ ދަލުގަ ހައްޔަރުވެގެން ..، އަހަރެން ދުވަހަކުވެސް އޭނަ އަށް މާފެއް ނުކުރާނަން..،
ތަމަން އެހެން ބުނެ ބޮލުގެ އިސްތަށިގަނޑޫ ތެރެއަށް ދެއައް ކޮއްޕާލީ ބޮލުގައި އުފެދިފައި ހުރި ރިހުމައް ކެތް ނުވުމުންނެވެ.
އާޝާ މަޑުކޮށްބަލަ..،އަރުކަން އެހެން ބުނެ ތަމަންގެ ފަހަތުން ހިނގައިގަތެވެ.
އަހަރެން ފަހަތުންނާން ނާންނާތި ..، ދެން އަހަރެން އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން..، ތަމަން އެހެން ބުނެ ބާރު ފިޔަވަޅު ތަކުގައި ކުރިއަށް ހިނގަމުން ދިޔައިރުވެސް ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އާދެއެވެ.
އަހަރެން ތިހާލަށް އާޝާ ދުލެއް ނުކޮށްލާންނަން..، އަރުކަން ފަހަތުން އައިސް ތަމަންގެ ގައިގައި ހިފާ ކައިރިކޮއްލަމުން ބުނެލިއެއެވެ. އަހަރެން އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއްނޫނޭ..، އަޑެއް ނީވޭތަ؟
މިގަޑީ އެންމެ ރަގަޅުވާނީ މިތަނުން ދެން ދިއުން ..، އަހަރެން ދޮންބެ އާ ވާޙަކަ ދައްކާނަން ..،އަރުކަން ގަދަކަމުން ކަހަލަ ގޮތަކައް ތަމަންގެ އަތުގައި ހިފާ އެންމެ ކައިރިން މަޑުކުރި ޓެކްސީއާ ދިމާލައް ހިނގައިގަންނަމުން ބުނެލިއެވެ.
އަރުކަންގެ އަތުގައި ހިފަހައްޓާލާފައި ހުރި ވަރުން ތަމަންއަށް އިތުރަށް ގަދައެއް ނުހެދުނެވެ. ކާރަޢް އަރާ އަރުކަން ދާންވީތަން ބުނެލި އިރުވެސް ތަމަންގެ ރުއިމަކައް ބަދަލެއް ނާދެއެވެ.
ޓެކްސީ ޑްރައިވަރުވެސް ވާނުވާ ނޭގި އިރު އިރުކޮޅާ އެދިމާއަށް ބަލާލައެވެ.
ކާރު އައިސް އެމީހުން އުޅޭ ރޫމްއާ ހިސާބަށް އާދެވުމުން އަރުކަން ކާރުން ފޭބީ ތަމަން އަތުގައި ހިފާލަމުންނެވެ. އޭރު ރޮއި ރޮއި ތަމަންގެ މުޅި މޫނު ރަތްވެ ދެލޯ ކައިރިވަނީ އެއްކޮށް ދުޅަވެފައެވެ.
އާޝާ ދެން ނުރޮއި ޕުލީޒް..، ދޮންބެއެހެން ކަން..، ނާއިކް އެހާހިސާބައް ބުނެ ހުއްޓާލީ ތަމަން އަތުން އެވާހަކަ އިތުރަށް އޭނަ ކައިރި ނުދެއްކުމައް އަތުގެ އިސާރާތުން ބުނުމުންނެވެ.
އަހަރެން ކައިރީ ނާއިކްއާ ނާއިކްގެ އުފާވެރި ދިރިއުޅުމުގެ ވާހަކަ ދައްކަން ނަހަދާ..، އަހަރެން އޭނަ އަށް ނަފްރަތުކުރަން..، ތަމަން އެހެން ބުނެ އަރުކަން އިތުރަށް އެއްވެސް އެއްޗެއްބުނާނެ ފުރުސަތެއްވެސް ނުދީ ތަމަން ހުންނަ ކޮޓަރީ ދޮރުގެ ތަޅުގައި ހިފާ އަނބުރާ ލަމުން އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ.
މަންމާ ...، އާޝާ އަށް ހުރިހާ ކަމެއް އެނގިއްޖެ..، ވަރަށް ރޮއެ އެބަ ..، އަހަރެން މިހުރީ ހަދާނެ ގޮތް ހުސްވެފަ؟ ފަޒްލާ ފޯން ނެގުމާއެކު ހާސްވެފައި އަރުކަން އެހެން ބުނެލުމުން ފަޒްލާ އަށް ސިހިފައި ދެލޯ ބޮޑު ކޮށްލެވުނެވެ.
އަހަރެންގެ އެއްވެސް ވާހަކައެއް އާޝާ އަޑެއް ނޭހި ...، އަހަރެންނައް ނޭގެ އާޝާއަށް ވިސްނައިދޭނެ ގޮތެއް..، އަރުކަން އެހެން ބުނެލީ ގޮތް ހުސްވެފަ ހުރެއެވެ.
އަރުކަން އެހެން ބުނެލުމުން ފަޒްލާގެ ލޮލުން ކަރުނަ ހިލުނެވެ.
އަމިއްލަ ދަރިއެއްހެން ގެންގުޅުން އެކުއްޖާއަށް އެއްވެސް ދެރެއެއް ލިބުމަކައް ފަޒްލާ ނޭދެއެވެ.
**
ކައިވެނި ޕާޓީއަށް އައިސް ތިބި އެންމެން މަދުވަމުން ގޮސް އެއްކޮށް ތަން ހުސްވުމުން އެވްލިން ނާއިކްއާއި އެކް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުން ގޮތަށް ނާއިކް ފުރަތމަ ކަމަކަށް ފޯނު އޮންކޮއްލުމައްފަހު ބަލާލިއެވެ. ނާއިކްއަށް ހައިރާން ކަމެއް ލިބުނީ އެންމެ ފަހަރަކުވެސް އާޝާ ގުޅާފައި އިންކަމުގެ އެއްވެސް މެސެޖް އެއް ނުލިބުނީމައެވެ.
އަހަރެން ވަރަށް ވަރުބަލިވެއްޖެ...،ކައިރީ އިން ނާއިކްއަށް އިވޭ ވަރަށް އެވްލިން ބުނެލިއެވެ.
ނަމަވެސް އެވްލިންގެ އެއްވެސް ވާހަކައެއް ނާއިކްއަށް އަޑު ނީވޭ ކަހަލައެވެ.
އަހަރެން އެބަ އަންނަން ...، ނާއިކް އެހެން ބުނެ ގަމީސް މަތިން ލައިފައިވާ ކޯޓް ބާލާފައި އެދުމަތީ ބޭއްވުމައްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ،
ކޮންތާކަށް؟ އިހައް މަޑުކޮށްބަލަ ..، ނިކް ދިޔައީމަ އަހަރެން ކިހިނެއްތަ މިއޮށް ބޮޑުހެދުން ބާލަނީ؟ އެވްލިން ވާހަކަ ދައްކަ ދައްކަ ހުއްޓައި ނާއިކް ދޮރު ލެއްޕުމައްފަހު ހިނގައިގަތެވެ.
ކުޑަކުއްޖެއްހެން ކުސްތަޅާލުމައްފަހު އެވްލިން އެދުން ތެދުވިއެވެ.
ނާއިކް ފޯނު ހިފައިގެން ޓެރެސްގައިވާ އުދޯލީގައި އިށީނުމަށްފަހު އާޝާގެ ނަންބަރައް ގުޅަން ފެށިއެވެ. ކޮންމެ ފަހަރަކުވެސް އިވެނީ އެއްމެސެޖް އެކެވެ.ފޯން ނިވާލާފައިވާ ވާހަކައެވެ.
ދެ ފިކުރެއްގައިހުރެ ނާއިކް އަރުކަންއަށް ގުޅާލިއެވެ. މިފަހަރުވެސް އިވުނީ ހަމަ އެއްވާހަކައެކެވެ. އާޝާއެކޭ އެއްގޮތައް އަރުކަންގެ ފޯނުވެސް ނިވާލާފައިވާ ވާހަކައެވެ.
އާޝާ އަހަރެންނަށް މާފް ކުރޭ އަހަރެންނައް މިނޫން އެއްވެސްގޮތެއްނެތީ..، އަހަރެންނަށްއެގޭ މިކަން އާޝާ އަށް އެނގިއްޖެއްޔާ ހިތް ކުދި ކުދި ވާނެކަން...، އަހަރެންގެ ހިތަށްވެސް ކެއްވާވަރު ކަމެއް ނޫން މީ..، އަހަރެން ހެޔޮހިތުން އެހެން އަންހެނެއް އަހަރެން އަންބެއް ގޮތުގަ ބަލައި ނުގަނެވޭނެ..،
އަހަރެންނައް އެގޭ އަހަރެން މިކުރީ ވަރަށް ބޮޑު ކުށެއްކަން ..، އެކަމަކު އަހަރެން މިކަން މިގޮތައް މިކުރިވެސް ހަމަ އާޝާއަށް ވިސްނާފަ ..، އަހަރެން މިވާހަކަ ބުނި ނަމަ އާޝާގެ ކިޔެވުން ހުއްޓުނީސް،..،އަހަރެން އާޝާދެކެ ވާ ތެދުވެރި ލޯތްބައްވެސް އާޝާއަށް ޝައްކު ކުރެވުނީސް..، އެކަމަކު އަހަރެން އާޝާގެ ކިޔެވުން ނިމޭހާ އަވަހަކަށް އަހަރެންގެ މީހަކައް ހަދާނަން ..، ލޮލުން ފައިބަމުން ދިޔަ ކަރުނަ މިފަހަރު ނާއިކްއަށް ހުއްޓުވޭ ގޮތެއް ނުވިއެވެ. ފިރިހެނަކަށް ވިޔަސް ކޮންމެ އިންސާނަކަށްވެސް ކެތްވާނީ ވަކި ވަރަކަށެވެ.
އެއީ ނާއިކްއެކޭ އެއްގޮތައް ތަމަންގެ ވެސް ހާލެވެ. ކޮޓަރިއަށް ވަދެވުމާއެކު ތަމަންގެ ރުއިން އިތުރަށް ގަދަވިއެވެ. އެ ވޭނީ ގިސްލުމުގެ އަޑު އިވޭ ކޮންމެ ހިތަކަށްވެސް އަސަރު ކުރާނެކަން ޔަގީނެވެ.
ނިކް ކީއްވެ އަހަރެންނައް ތިހެން ތިހެދީ ..، އަހަރެން ހަޔާތުގައިވެސް ނިކް ނޫން އެއްވެސް ފިރިހެނަކައް އިތުބާރު ނުކުރަން ..، އަހަރެން ލޯބިވީވެސް ހަމައެކަނި އިންސާނަކީތީ...، އަހަރެންގެ ކޮން ކުށެއް އޮތީ އެންމެން އަހަރެންނަށް ތިހެން ތިހަދަނީ..،
އަހަރެން ދޮންތަ ވެސް އަހަރެން ދޫކޮއްލީ ..،އެންމެން އަހަރެން ބާކީ ކޮށްލަނީ..، އަހަރެންހާ ބަދުނަސީބު އަންހެނެއް ވަކި އުޅޭނެތަ؟
**
ކޮޓަރި ދޮރުގައި ތަޅަން ފެށުމުން ތަމަން ލޯ ހުޅުވާލިއެވެ. ރޭގައި ރޮއި ރޮއި ބަލިވެގެން ތަމަންއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. އޭރުއް ސުރެ ބޮލުގައި އުފެދިފައި ހުރި ރިހުމަށް ލުޔެއް ލިބޭގޮތެއް ނުވިއެވެ.
މަޑު މަޑުން އެދުން ތެދުވެގެން އައިސް ތަމަން ދޮރުހުޅުވާލި އިރު އަރުކަން ދޮރުމަތީ ހުއްޓިލައިގެން ހުއްޓެވެ.
އަހަރެން އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟ އަރުކަން އެހެން ބުނެލުމުން ތަމަން ދޮރުކައިރިން ދުރައް ޖެހިލާ އަރުކަން ވަންނަން ތަން ދެއްކިއެވެ.
ހިނގާ ސައިބޯން ދާން ..، އަރުކަން ތަމަން ހަމައަކަށް އެޅުވުމަށްޓަކާ ބުނެލިއެވެ.
އަހަރެން ކާކަށް ބޭނުމެއްނޫން؟ ތަމަން ބުނެލިއެވެ.
އަހަރެން ދެން މިތާ އުޅެކަށް ބޭނުމެއް ނޫން..، އަހަރެން މިރޭ ފުރާ ބޯޓުން ރަށަށް ދާނަން ..، އޭގެ ކުރިން އަހަރެން ދޮންތަ އުޅޭ ގެއަށް ގެންގޮސްދީ..، ތަމަން ހަށަން ބަދެލަމުން ބުނެލިއެވެ.
ކީއްކުރަން ރަށައްދަނީ؟ އެތާ ކާކު ހުރީ އާޝާގެ؟ އެ ގެ ވެސް ހުރީ މިހާރު ފަޅަކަށްނު..، އަހަރެން ބޭނުމެއްނޫން އާޝާ އެރަށަށް ދާކަށް..،އަރުކަން އެހެން ބުނެލުމާއެކު ތަމަން ވާހަކަ ދައްކަން ފެށިއެވެ.
މިތާއަހަރެންގެ ކާކު ހުރީ..، އަހަރެން އެންމެ ލޯބިވި އެންމެން އަހަރެން ދޫކޮށްލައިފިއޭ..، އަހަރެންގެ ކުށަކީ ކޮބައިކަން ބުނެދީބަލަ..، . އާޝާ ދެން ހުއްޓާލާ ..، ތައްޔާރުވޭ އަހަރެން މި އަންނަނީ ކާއެއްޗެއް ހިފައިގެން ކައިގެން ތާރާދައްތަ އުޅޭ ގޭ ދޮށަށް ދަމާ ހިނގާ..،
އަރުކަން ބުނެލިއެވެ.
ގަޑިއެއްގެ އިރުފަހުން ތަމަން ތައްޔާރުވެގެން އައިސް އަރުކަން އާއި އެކު ކާރަށް އެރިއެވެ.
މާދުރު ގެއެއް ނޫން ކަމުން ފަސް ވަރަކަށް މިނެޓް ތެރޭ އެމީހުން ބޭނުންވި ހިސާބަށް އާދެވިއްޖެއެވެ.
އަރުކަން އަތުގައި އޮތް އެޑްރެސް އަށް އާދެވުމާއެކު ފާރުގައި ހަރުކޮއްފައި ހުރި ބެލްއަށް އަރުކަން ފިތާލއެވެ.
އެވަގުތު ކޮޅު ތަމަން ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ.
ބެލް އަޅާލިތާ ކުޑައިރު ކޮޅަކުން ދޮރުން ބޯދިއްކޮއްލަމުން ދޮރުން ނިކުތީ ހިމަ ތޮޅި އަންހެން ކުއްޖެކެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް