އަހަރެންނަށް އެނގޭ އެރޭ ކަންތައް ވި ގޮތުން ތަމަން އަހަރެންނާ ހިތްހަމަ ނުޖެހިފަކަން ތިހިރީ..، ހަމަ ތެދެއް މިބުނީ އަހަރެން ތަމަން ދެކެ މިވަނީ ތެދުވެރި ލޯބި ..، އަހަރެން ދުވަހަކުވެސް ތަމަންއަށް ދެރައެއްނުދޭނަން ..، އަހަރެން ވަރަށްލޯބިޥޭ..، އަހަރެން އެއްވެސް ކަމެއް ތަމަންގެ ނުރުހުމުގަ ނުކުރާނަން ..، ދާނިޔަލް ދެއްކި ވާހަކަ ތަކުގެ ތެދުކަން އޭނަގެ ދެލޮލަށް ބަލައިލާ ކޮންމެ މީހަކައްވެސް އެނގޭނެއެވެ.
އިތުރަށް ދާނިޔާލްއާއި އަނގައިން ބުނުމަކީ ބޭކާރު ކަމެއްކަން އެގުމުން ތަމަން ކުރިއެކޭ އެއްގޮތަށް އަނގައިން ނުބުނެ އޭނަގެ މަސަތްކަތްތައް ފެށިއެވެ.
މިއޮއް ހުރިހާ ދުވަހު މަންމަ އަނގައިން ނުބުނެ ހުއްޓަސް ތަމަން ހީކުރީ ފުރަންދަމުން މަންމަ އޭނާއާއި އަނގައިން ބުނާނެކަމަށެވެ.
ނަމަވެސް ފުރައިގެން ދިޔަކަންވެސް އެނގުނީ އެހެންމީހެއްގެ ފަރާތުންނެވެ.
ދާނިޔަލް އެތާ އެތައް އިރަކު އިނދެ ވާހަކަ ދެއްކި އިރުވެސް ހިޔާލަކަށް ގެއްލިފައި ތަމަން ހުރީ އަނގައިން ވެސް ނުބުނެއެވެ..
އަދިވެސް ތިހެން ހުންނަންވީތަ އަނގައިން ނުބުނެ ..، މެންދުރުވިއިރުވެސް މަންމަ ނެތީމަ ކާއެއްޗެއް ނުދޭންތަ ތިހުރީ؟..، އަޑަށް ބާރުލަމުން ދާނިޔާލް އެހެންބުނެލީ ތަމަން އެގޮތަށް ހުއްޓުން އަރާފައި ހުންނަތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
ދާނިޔަލް އެގޮތައް ހަޅެއްލަވައިގަތުމުން ތަމަން ސިހިފައި އެދިމާ ބަލާލިއެވެ.
ދާނިޔަލްގެ މިޒާޖް ތަމަންއަށްވެސް ދެނެގަންނަން އުނދަގޫ ވެއްޖެއެވެ. އެއްފަހަރު ލޯބިވެގެން ހީވާނީ އެހެން ކަމެއްހެންނެވެ. އަނެއްފަހަރު އެމޫނުމަތިން ފެންނާނީ ރުޅިވެރިކަމެވެ.
އެއްފަހަރު މަޑުން އަނގައިން ބުނިއްޔާ އަނެއްފަހަރު ހަޅޭއްލަވައިގަނެފައި ނޫނީ އަނގައިން ނުބުނެވޭނެއެވެ.
މިބުނީނު ބަނޑުހައިވެއްޖޭ..، ކާއެއްޗެއްނުދޭންތަ ތިހުރީ.، ދާނިޔާލްލޯ ހިމަ ކޮއްލަމުން ބުނެލިއެވެ.
ތަމަން ބިރުގަނެފައި ހުރުމުން ވަގުތުން ބޯ ހަލުވާލީ ނޫނެކޭބުނެއެވެ. އަދި އަވަސް އަވަހަށް ދާނިޔަލްއަށް ކެވޭ ގޮތައް މޭޒްމަތީގައި ތަށިތައް އަތުރަންފެށިއެވެ.
ސޮރީ....، ތަމަން ތިހެން ކަންތައް ކުރާތީއޭ ރުޅިއާދެވެނީ..، ބަލާބަލަ މިހާރު ގޭގަ އެކަކުވެސް ނޫޅޭ އަހަރެމެން ބޭނުންގޮތަކަށް އުޅެންވީ..، ކިހާ ސަޅި...، ދާނިޔާލް ތަމަންއަށް ބަލައިލަމުން ބުނެލިއެވެ.
މާ ބޮޑު އަޅާލުމެއްނެތި ތަމަން އެތަނުން ނިކުތީ ދާނިޔަލްގެ އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުންނުވާތީއެވެ.
ހަގީގަތުގައި ތަމަންގެ ހިތް ވަނީ ވަރައް ބޮޑައް ބިރުގަނެފައެވެ. އެބޮޑުގޭގައި މިވަގުތު އެދެމީހުން ފިޔަވާ އެއްވެސް މީހެއްނެތެވެ. ދާނިޔަލް ހިތްހަމަ ނުޖެހިއްޖެ ނަމަ ކޮންމެ ފަދަ ކަމެއްވެސް ކުރާކަށް ފަހަކަށް ނުޖެހޭނެއެވެ.
އެބިރު ތަމަންގެ ހިތުން ފިލާނުދެއެވެ. މިވަގުތު އެހިޔާވަހިކަމުގައި ހުންނަން ތަމަން ބޭނުން ނުވިޔަސް އިތުރުގޮތެއްނެވެ.
**
ބަދިގޭގައި ސައިހަދަން ތާރާއުޅުނު އިރު މާކިން އެއްފައިމައްޗައް އަނެއްފައި ލައިގެން ކާމޭޒް ދޮށުގައި ތާރާގެ މަސަތްކަތްތަކައް ބަލަން އިނެވެ.
ކިހިނެއްވީ ހާދަ ވަރަކަށް ތިބަލަނީ ތާރާ ޓޯސްޓް ކޮށްފައި އޮތް ޕާން ފޮއްޗަކާއި އެކު ބިސްގަނޑެއް މާކިންގެ ތައްޓަށް ލައިދެމުން ބުނެލިއެވެ.
ހަމަ ރީތިކަމުން ބަލާލެވުނީ..، މާކިން ހީލަމުން ބުނެލިއެވެ.
އަބަދު ބުނާނީ ތިހެން ..، އަހަރެން އެހެން އެހިއިރުވެސް އެނގޭ މާކްބުނާނީ ތިހެންކަން..، ތާރާވެސް ހީލަމުން ބުނެލިއެވެ.
މިހާރަކަށް އައިސް މާކިންއަށް އަބަދާއި އަބަދު ކުރެވޭ ފިކުރަކީ އެއީއެވެ. ތާރާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ގެއްލިއްޖެ ނަމަ މާކިންގެ އަމިއްލަ ނަފްސައްވެސް މާފް ނުދެވޭނެއެވެ.
ތާރާގެ އެހިނިތުންވުމަކީ މާކިންގެ ހިތުގެ ފިނިކަމެވެ. އެހިނިތުންވުން ގެއްލުނަ ނުދީ ހިފަހައްޓަން މާކިން ތަމަން ހޯދަން ވަރަށް މަސަތްކަތް ކޮއްފިއެވެ.
ނަމަވެސް މިއަދާ ހިސާބައްވެސް ކުރެވުނު މަސަތްކަތުންވެސް ތަމަންގެ އެއްވެސް ހަބަރެއް ނުވެއެވެ.
ހަދާނެގޮތް ހުސްވެ އަބަދާއި އަބަދު މާކިންއަށް ކުރެވޭ ފިކުރަކީ އެއީއެވެ. .
ކޮފީ ތައްޓެއް ހަދައިގެން އައިސް ތާރާ މާކިން ކައިރީ ޖެހިގެން އިން ގޮޑީގައި އިށީނެވެ.
ހާދަ ފާޑަކަށް ތިއިނީ..،ކޮފީ ޖޯޑްގައި ހިފިގޮތަށް މާކިން ވިސްނުމަކަށް ގެއްލިފައި އިންހެން ހީވެގެން ތާރާ ބުނެލިއެވެ.
އުނހު..، ރިމީ އަދިވެސް ނުހޭލަނީތަ؟ މާކިން ވާހަކަ އޮޅުވާލަމުން ބުނެލިއެވެ.
މާކިން އެހެން ބުނެލިތަނާ ދެލޯ އުނގުޅަމުން ރިމީ ކާގެ ދޮރުންވަންނަނީއެވެ.
މަންމީ...، ކުސްތަޅާލާ ކަހަލަ ގޮތަކަށް ތާރާ ފެނުމާއި އެކު ރިމީގޮވާލިއެވެ. ކިހިނެއްވީ ޑެޑީގެ ޕްރިންސެސް އަށް..، އަވަހަށް އާދޭ ބުއްތަށިބޯން ދަރިފުޅު ނައިސްގެން ޑެޑީއަށްވެސް މީނީ އަދިވެސް ބުއްތަށި ހުސްނުވެފަ..، ރިމީ ފެނުމާއެކު މާކިން ގޮނޑިން ތެދުވެގެން ގޮސް ރިމީ އުރާލަމުން ބުނެލިއެވެ.
އަވަހަށް ހިނގާ ބުއްތަށި ބޯލައިގެން ފެންވަރަންދާން ދޯ..، ތާރާ ރިމީއަށް ބުއްތަށި ގިރައިގެން ގެނެސް މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ.
**
ގަޑީގެ ކަށީ އޭގެ ވާޖިބް އަދާކުރުމުން ދިޔައީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ.
ސީމާމެން މާލެ ދިޔަތާ ތިންދުވަސް ވެގެން ދިޔައިރު ދާނިޔާލްގެ ފަރާތުން ތަމަންއަށް އެކިގޮތް ގޮތަށް އުނދަގޫކުރުންތައް ކުރިމަތި ކުރުވަމުންދިޔައެވެ.
ތަމަންދެކެ އޭނަ ލޯބިވާވަރުވެސް އެތައްފަހަރަކު އެތައް ގޮތަކަށް އަންގައިފިއެވެ.
ކޮންމެ ރެއަކުވެސް ރޭގަނޑު ހަތެއް ޖަހަންވާއިރަށް ދާނިޔާލްއަށް ކެވޭ ގޮތައް މޭޒުމައްޗަށް އެއްޗެހި ނެގުމަށްފަހު ތަމަން ކޮޓަރިއަށް ވަންނަނީ ދާނިޔަލްގެ ފަރާތުން އެއްވެސް އުނދަގުލެއް ފޯރަފާނެތީއެވެ.
އިރުއޮއްސެން އައި ގަޑީގައި ދުނިޔެމަތި ބަނަކުރަމުން ދިޔައީ ބޯ ކަޅުވިލާތަކުންނެވެ. ހީވަނީ ދެންމެ ދެންމެ ވެހިގަނެފާނެހެންނެވެ،
އުޑާ ދިމާއަށް ބަލައިލަމުން ތަމަން އަވަހަށް އައިސް ބަދިގެއަށް ވަނީ އިރުއޮއްސި އަދިރިވުމުގެކުރިން ކުރަން ހުރި މަސަތްކަތްތައް ކޮށް ނިންމާލާށެވެ.
އަތްމަތި އަވަސްކޮށްލަމުން ތަމަން މަސަތްކަތައިގެން ކުރިއަށްދިއައެވެ.،
ދޭތެރެއަކުން ބަދިގެ ދޮރާ ދިމާއަށް ތަމަންއަށް ބަލައިލެވެއެވެ، އެހެން ދުވަސް ދުވަހު އަބަދު ފަހަތުގައި ހުރެގެން ދާނިޔާލް ކުރާ އާދޭސްތައް މިއަދު އަޑު ނީވޭތީއެވެ. ހީވަނީ ދެންމެ ދެންމެ ވަދެފާނެހެންނެވެ.
ހެދުނުންސުރެ މިއަދު ތަމަންއަށް ދާނިޔަލް ލޮލަށް ނުފެނެއެވެ.
ހެދުނު ކާން ހެދިގޮތައް މެންދުރުވެސް ދާނިޔަލް ކައިފައިއެއްނެތެވެ. ކޮންމެ ފަހަރަކުވެސް ނިކުންނައިރު ހުންނަނީ ކާންހެދިގޮތަށެވެ.
ރޮށިއަޅާ ތަށިގައި ދެމީހުންނަން ކެވޭ ވަރަށް ރޮށި ހުރުމުން ދެން ތަމަން އުޅުނީ ރިހަ ކޮޅެއް ކެއްކޭތޯއެވެ.
ބަދިގޭގައި ކަނަކަށްވާގޮތައް ބަހައްޓާފައި ހުރި ހަނޑޫ ޓައްޕު މަތީ ހުރި ބާލިދީއިން ކާއްޓެއްނަގައިގެން ސިންކް ކައިރީ ހުރެ ދެފަހަރަކު ޖަހާލިއެވެ.
އުދަގުލުން ނަމަވެސް ކާށި ބިނދެވުމުން ހުނިގާނަން ފެށިއެވެ.
ތެއްޔައް ފިޔާކޮޅޭއް ކޮށާ ލުމަށްފަހު ހިކަނދިފަތްކޮޅެއް ލައިގެން ފިޔާކޮޅު މީރުކުރަން ފެށިއެވެ، ހުރިހާ އެއްޗެއް އެކޮއްލުމައްފަހު ތަށީގައި ހުރި ކިރު ކޮޅު އަޅާލާފައި ލޮނުލާން ލޮނުފުޅި ނެގިއެވެ.
އެންމެ ލޮނުކޮޅެއްވެސް އޭގައި ނުހުންނާނެކަން ހަދާންވީވެސް އެވަގުތުއެވެ.
އަޅެ ދެން ކިހިނެއްތަ ހަދާނީވެސް؟..، ލޮނު ފުޅި ހިފައިގެން ހުރެ ތަމަންއަށް ބުނެވުނެވެ.
އަހަރެންނަން ނޭނގެ ފިހާރައެއް އިންނާނެ ތަނެއްވެސް...، ތަމަން ވިސްނަން އިނދެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
ތެދެކެވެ. އެންމެ ފުރަތަމަ އެރަށަށް އައި ދުވަހުން ފެށިގެން މިއަދާ ހިސާބައްވެސް އެގޭ ހަތަރުފާރުން ބޭރަށް ތަމަން ނިކުމެ ނުލައެވެ.
ސީމާ އުޅުނު އިރު އެއްވެސް އެއްޗެއް މަދުނުވެ ހުރިހާ އެއްޗެއްވެސް ހުންނަނީ ގަނެފައެވެ.
އެހެންވެ ފިހާރައަކާ ހިސާބަށްވެސް ތަމަން ދާކަށް ނުޖެހެއވެ.
ބޯމަތި ކުރަމުން އައި ކަޅު ވިލާ ގަނޑައް ބަލައިލުމައްފަހު ތަމަން ގޯތިތެރެއިން ބޭރަށް ފިޔަވަޅެއް އަޅާލިއެވެ.
ފިހާރައެއް ކައިރިތަނަކުން ފެންނަން ނެތުމުން ބަނދަރާ ވީ ކޮޅު ނޫން އަނެއް ކޮޅަށް ހިނގައިގަތެވެ.
ޖެހިގެން އިން ގޯޅި އަޅާލިތަނާ މާދުރު ނޫން ހިސާބެއްގައި އިން މާޓްއެއް ފެނުމުން ތަމަން އެދިމާއަށް ހިނގައިގަތީ ކައިރީ ހުރި ކެފޭ ދޮރުމަތިން ލައިފައެވެ.
އޭ އެހެރެދަނީ ތިގޭގަ އުޅޭ މަންޖެ..، ދާނިޔަލްއަށް ބަލައިލަމުން ހައިޝަމް އެހެން ބުނުމުން ދާނިޔާލް ސިހިފައި ބަލާލިއެވެ.
ނުދާނެ...،އޭނަ އެއީ ގޭން ނިކުންނަ މީހެއްނޫން ..، ދާނިޔާލް ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ.
އަހަރެންނަން ޔަގީން އެ އޭނަކަން ..، ވަރަށް ރީތިވެލައިގެން ދިޔައީވެސް ..، ހައިޝަމް އެހެން ބުނުމުން ދާނިޔަލް ފުންމައިގެން ތެދުވިއެވެ،
މަގުމައްޗަށް ނިކުމެ ދެފަރާތް ބަލައިލިއިރު މަގުމަތިން ދިރޭ ފުރާނައެއްގެ އެއްވެސް އަސަރެއްނެތެވެ.
މިތާ ކާކު ހުރީ ..، އަދި މީހަކަށް ތާކަށް ވަދެވޭހާ އިރު ވެއްޖެތަ؟..، ދާނިޔަލް ހިތްހަމަ ނުޖެހި ބުނެލިއެވެ.
ދެން އޯކޭ ކައެ ގަބޫލް ނުކުރިޔަސް އެމަންޖެ އެއީ..،ހައިޝަމް އެހެން ބުނެ އައިކޮޅަށް ހިނގައިގަތެވެ.ހައިޝަމް ދިއުމުން ދާނިޔަލް ކުރިއަށް ހިނގައިގަތެވެ.
އެއްގެ ދޫކޮއްފައި ހުރި ފިހާރައާއި ހިސާބައް ދާނިޔަލްއަށް އެރުމާއިއެކު ފައި ބިމުގައި ހަރުކޮށްލެވުނެވެ. ދެއަތް މުއްކަވާ ލެވުނެވެ.
ދަނިޔަލްއަށް މީގެ ކުރިން ފެނުނު ތަމަންއާއި މިވަގުތު ފެންނަން ހުރި ތަމަން އުޑާ ބިމާހާއިވެސް ތަފާތެވެ.
މީގެ ކުރިން ދާނިޔަލްއަށް އަބަދުވެސް ތަމަންފެންނަނީ ހަރުވާޅަކާއި ގަޔަށްދޫ ޓީޝާޓެއް ލައިފައި ހުއްޓައެވެ. އިސްތަށިގަނޑުވެސް އޮންނަނީ ބޮޑު ހުޅިއެއްޖަހާފައެވެ.
އެކަމަކު މިއަދު ލައިފައި ހުރީ ފަޔަށް ބާރު އައިސްބުލޫ ޖީންސަކާއި ގަޔަށްބާރު ކަޅު ޓޮޕްކޮޅެކެވެ.
އިސްތަށިގަނޑުވެސް ހާވާލާފައި ފަހަތަށް ދޫކޮއްލާފައި އޮތެވެ.
މިރަށު ކުއްޖެއްތަ ތީ؟..، އެހެންޏާ ނުފެންނާތީ އަހާލީ..، ފިހާރާ ކައުންޓަރ ގައި އިން ފިރިހެން ކުއްޖާ އެހެން އަހާލިއިރުވެސް އޭނަގެ ނަޒަރު ތަމަންއާއި ވަކިނުވެއެވެ.
އެމީހާ އެހެން އެހުމުން ތަމަން ދެފަރާތައް ބޯ ހަލުވާލިއެވެ.
އާން ހީވެއްޖެ މިރަށް ނޫންހެން ..، އެކުއްޖާ އެހެން ބުނެލުމުން ތަމަން ހީލިއެވެ.
ދެމީހުން ވާހަކަ ދައްކަން ތިބި މަންޒަރު ބަލަން ދާނިޔަލްއަށް ގިނައިރު ކެތެއް ނުކުރެވުނެވެ.
ރުޅި ގަދަވި ވަރުން ދެދަތްޕިލައަށް ބާޜުކޮއްލެވުނު ވަރުން ކޯކަށިގަނޑުވެސް ހީވަނީ ބިނދިދާނެހެންނެވެ.
އެދިޔަ ބާރު މިނުގައި ފިހާރަ ދޮރު ހުރިގޮތައް ކޮއްޕާލީ ކޮންމެ ގޮތެއްވިޔަސް ވަރިހަމަ ކަމަށެވެ.
ދޮރުހުޅުވާލާފައި ބާރަށް އައި ދާނިޔަލްއާއި ދިމާލައް އެންމެން ބަލަމުން ދިޔައީ ވާނުވާ ނޭނގިއެވެ.
އެވަގުތު ތަމަންއަށްވެސް އެދިމަ ބަލާލެވުނެވެ. ދެލޯ ބޮޑުވެ މީހާ ބިރުން ތުރު ތުރުލާން ފެށިއެވެ.
އައިގޮތަށް ދާނިޔަލް ތަމަންގެ އަތުގައި ހިފާ ބޭރަށް ދަމައިގަންނަން އުޅުނެވެ. އެވަގުތު އަތުގައި އޮތް ލޮނުޕެކެޓްވެސް ތަމަންއަތުން ދޫވެގެން ނުވެއްޓުނީ ކިރިޔާއވެ.
ކައެ ކިހިނެއްވެގެން ތިއުޅެނީ؟..، ކައުންޓަރުގައި އިން ކުއްޖާއަށް ތަމަންގެ މޫނުމަތި ފެނުމުން ދާނިޔަލްއާއި ކުރިމަތި ލާން އުޅުނެވެ.
ކައެ ނުވަންނައްޗޭ މިދޭތެރެއަށް..، މީ އަހަރެމެން ދެމީހުންގެ ކަމެއް.،، ދާނިޔާލް އެހެން ބުނެ ތަމަން އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ފިހާރައިން ނިކުތެވެ.
މަގުމަތީގައިވެސް އެގޮތަށް ދިޔައިރު މީހަކަށް ފެނިދާނެތީވެސް އެކަމައްވެސް ދާނިޔާލްގެ ފަރުވާލެއް ނެތްކަހަލައެވެ..
ކާކަށް ތަންތަން ނުދެއްކިގެން ތިއުޅެނީ..، އެހެންމީހުންނަށް ތުއިދެއްކެން ނުޖެހޭ މަގުމައްޗަށް ނިކުންނާކައް..، އަހަރެން އަތްލީމަ މައްސަލައަކީ ..، އަހަރެން ބެލީމަ މައްސަލައަކީ..، އެހެންމީހުން އޯކޭ ކޮންމެ ތާކަށް ބެލިޔަސް...، އަހަރެން ރުޅި ނައިސްގެންތަ ތިއުޅެނީ..، ދާނިޔަލް ރުޅިގަދަވެފަ ހުރިވަރުން ކުރެވޭ ކަމެއް ކިޔޭ އެއްޗެއްވެސް ނޭގޭ ކަހަލައެވެ.
ހެޔޮނުވާނެ ދޫކޮށްލާ..، އަހަރެން ދިޔައީ މީހަކަށް ދެއްކޭކަން ނޫން...، ލޮނުޕެކެޓްއެއްނެތީމަ ލޮނު ޕެކެޓެއް ގަންނަން ދިޔައީ..، ތަމަން ގިސްލަމުން ބުނެލިއެވެ. ދާނިޔަލް އެންމެން ތެރޭ ކަންތައް ކުރި ގޮތުން ތަމަން އިތުރަށް ހިތުގައި ޖެހި ލަދުވެސް ގަނެއްޖެވެ.
ކައެ ބޭނުން ކަންތައް މަށަށްވެސް ކޮއްދެވޭނޭ އޭނަ ނޫނަސް..، އާދޭ މިރޭ ކައެ ބޭނުން ކަންތައް މަކޮއްދޭނަން ކަލެއަށް ..، މާރަނގަޅު މީހަކަށް ހެދިގެން މަގޭ ކުރިމަތީ އުޅެނީ..،، އަހަރެން އެންމެ ދުވަހަކު ގޭން ނުފެނުން އިރަށް ފިރިހެނުން ހޯދަން މަގުމައްޗަށް ނިކުތީ...، ދާނިޔާލް ވާހަކަ ދެއްކި އިރު އެދެލޮލުން ރުޅިއައިސް ހުރިވަރު އެނގެއެވެ.
އާދޭ އާދޭ...، ތަމަންގެ އަތުގައި ހިފާ ކޮޓަރިތެރެއަށް ކޮއްޕާ ލަމުން ދާނިޔަލް އެތެރެއިން ތަންޑް އެޅުވިއެވެ.
ދާނިޔަލް ކޮޓަރިއަށް ވަދެ ދޮރު ތަންޑް އެޅުވުމުން ތަމަން ބިރުން މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ ތަމަން އެތައް ފަހަރަކު ދާނިޔަލް ގައިގައި އަޅާ ކޮއްޕާލަންވެސް އުޅެފިއެވެ ދާނިޔާލް ތަމަންއާއި ކައިރިއަށް ޖެހެމުން ދިޔައިރު ތަމަންގެ ހިތް ހީވަނީ ހުއްޓިދާނެހެންނެވެ، .
ސަލާމަތްވާން މަސަތްކަތް ކުރާ ވަރަކަށް އެއަތުގެ ތެރޭ ތަމަން ފިތި ބާޜުވަމުން ދިޔައެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް