ނާއިކް ކޮއްކޮ ޕާޓީ ހުންނަނީ.،އެމީހާ ނުފަރިތަ ގޮތަކައް ބުނެލިއެވެ.
ކޮން ޕާޓީ ..، ޕާޓީ ކޮންތާކު އޮތީ..، އަރުކަން ބުނެލިއެވެ.
ބޮސް ހުޅުމާލޭ ހޮޓޭލް ގަ ޕާޓީ އޮންނަނީ....،..، އެ އަންހެން މީޙާ ބުނެލިއެވެ.
ހިނގާ ދާން އަހަރެންނަށް އެނގޭ އެ ހޮޓެލްގެ ނަން ..، އަރުކަންގެ އަތުގައި ހިފާ ދަމާލަމުން ތަމަން ބުނެލިއެވެ.
ހޯލްތެރެއަށް ވަދެގެން އައި ތަމަންއާއި އަރުކަން އެންމެން ގެ މޫނައް ވަކި ވަކިން ބަލަމުން ކުރިޔައް ހިނގައިގަތެވެ.
ކައިވެނި ޕާޓީއެއްތަ؟ ވެޑިންގްޑްރެސް ލާފަ ހުރި ގާލްއެއް ފެނިއްޖެ ބޯޢީ މޫނެއް ނުފެނުން..، ތަމަން ބުނެލިއެވެ.
ހިނގާބަ ތަންކޮޅެއް އެތެރެއަށް ވަދެލަން ..،ތަމަންގެ އަތަށް ހިފާ ދަމާލަމުން އަރުކަން ބުނެލިއެވެ.
އުނހު ...، ނުކެރޭނެ..، އިންވައިޓް ނުކުރާ މީހުން މިތާ ތެރެއަށް ވަންނާކަށް ނުވާނެ...، ތަމަން ނުދާން ފައިވިއްދާލަމުން ބުނެލިއެވެ..
އަހަރެމެން މިތަނައް ވަދެގެން ނެރޭނެ މީހެއް މިތާކަށް ނާންނާނެ..، މީ އަހަރެމެންގެ ތަނެކޭ..،އަރުކަން އެހެން ބުނެ ހިނގައިގަތެވެ.
ޖީބުގައިވާ ފޯން ވައިބްރޭޓް ވާން ފެށުމުން އަރުކަން ބަލާލިއެވެ.
އާޝާ އިހަށް މިތާ ތެރެއަށް ނުވަދެ ދުރުގަ މަޑުކޮއްލާ އަހަރެން އެބަ އަންނަން މަންމަ އެބަ ގުޅާ ...، އެތަން އަޑުގަދަ ވުމުން އަރުކަން ތަންކޮޅެއް ބާރަށް އެހެން ބުނެލުމައްފަހު ބޭރަށް ނިކުތެވެ.
މިހާރު ކޮންއިރެއް އޮންލައިން ވޭތޯ ބަލާތާ..، ގޮސް ބުނިން އެންމެ ފުރަތަމަ ވެސް ސިމް އެއް ނަގައިގެން މަންމައަށް ގުޅައްޗޭ..، ފަޒްލާ ހިތްހަމަ ނުޖެހޭ ގޮތް ދައްކާލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ސޮރީ މަންމާ!! އަހަރެން ބޭރަށް ނިކުތް ގޮތަށް އެންމެ ފުރަތަމަ ވެސް ނަންބަރެއް ނަގާފަ މަންމައަށް ގުޅީ..، މަންމަ ފޯން ނުނެގީމަ ގުޅަންދެން މިހުރީ ..، އަރުކަން ބުނެލިއެވެ.
ދަރިފުޅާ މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކަން މިގުޅީ..، ކޮބާތަ އާޝާ؟ފަޒްލާ ބުނެލިއެވެ.
ނިކް ދޮންބެ ކައިޜީ ނުބުނެ ގެއަށް ދިޔައިރު ހޮޓެލްގަ ޕާޓީއެއްގައޭ ވީ ބުނީމަ މިތަނައް މިއައީ އާޝާއާއި އެކު..، އަރުކަން ބުނެލިއެވެ.
އަރުކަން އެހެން ބުނެލުމާއެކު ފަޒްލާއަށް ތެޅި ގަނެވުނެވެ.
ދަރިފުޅާ ކޮންމެސް ގޮތަކުން އާޝާ ގޮވައިގެން ތިތަނުން ނިކުމެބަލަ...، ފަޒްލާ ހާސްވެފައި އެހެން ބުނެލުމުން އަރުކަން ހުރީ ވާނުވާ ނޭގޭ ކަހަލ ގޮތަކަށެވެ.
ކިހިނެއް ވީ ތަ މަންމާ ؟ އަހަރެން ނުދަނީސް އާޝާ އެތާތެރެއަކަށް ނުވަންނާނޭ ..، ތިވެގެން އުޅޭގޮތެއް ކިޔައިދީބަލަ؟ އަރުކަން ބުނެލިއެވެ.
ދަރިފުޅާ އެތާ އެއޮތީ ނިކް ދޮންބެއާއި އެވްލިންގެ ވެޑިންގް ޕާޓީ..، ކޮންމެސް ގޮތަކުން އާޝާ އަށް އެކަން ނޭގެނީސް ތިތަނުން އޭނަ ގޮވައިގެން ދޭ..، ފަޒްލާ އެހެން ބުނި އިރު ހިތްދަތި ވެފަ ހުރި ވަރު ނަގައިގަންނާކައް އަރުކަންއަށް އުދަގުލެއް ނުވިއެވެ.
ވަޓް........، އެހެން ވާނީ ކިހިނެއް؟ ހައިރާންވެފަ ހުރިވަރުން އަރުކަންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
އަހަރެން ހިއެއް ނުކުރަން އެއީ އެހާ ގޮތެއް ނެތް މީހެއް ކަމަކައް ...، އަހަރެން އެންމެން ތެރޭ ނާއިކްގެ އަގުވައްޓާލާނަން..، އަރުކަން ރުޅިއައިވަރުން ރުޅި ކޮންޓްރޯލް ނުވެ ބުނެލިއެވެ.
ދެން މަންމަ އަށް ހުރިހާ ކަމެއް އެނގި ހުރެ މަންމަ ތިގޮތަށް ކަންތައް ކޮއްފަ މިހާރު އާޝާއާއި ދޭތެރޭ މާ ވިސްނާ މީހަކަށް ވެގެން ތިވާހަކަ ދައްކަނީ ކީއްކުރަން...، މަންމަ އަށް އެނގޭތަ އޭނަ މިރޭ އެތަން ފެނި ދެރަވާނެ ވަރު..، އަރުކަން ރުޅި އައިވަރުން ބުނެލިއެވެ.
ނޫނޭ ދަރިފުޅާ ..، މަންމަ އަށް އެނގޭ ދަރިފުޅުވެސް އާޝާވެސް މަންމަދެކެ ރުޅިއަންނާނެ ކަން ..، އެކަމަކު ދަރިފުޅާ މަންމައަށް މިނޫން ގޮތެއް ނެތުނީ..، މަންމައަށް މަޖުބޫރުވީ..،ފަޒްލާ ރޮމުން ވާހަކަ ދެއްކިއެވެ.
ކޮން މަޖުބޫރެއް ..، ދެން މިހާރު ކީއްކުރަން އެވާހަކަ ތިބުނީ..، މިއޮތް ހާދުވަހުވެސް މަންމަ އެކަން ސިއްރު ކޮއްގެން ހުރިގޮތަށް ހުރި ނަމަ..، އަރުކަން ހިތްހަމަ ނުޖެހި ބުނާ ކޮންމެ އެއްޗަކުން ފަޒްލާ އިތުރަށް ހިތުގަ ޖެހެއެވެ.
އަރުކަން މަންމަ ދައްކާ ވާހަކަ އަޑުއަހާބަލަ..، އެއްކޮޅުން ދޮންބެ އަނެއް ކޮޅުން އާޝާ ..، މަންމައަށް ދެމީހުންވެސް މުހިންމު..، މަންމަ ނޭދެން ދޮންބެއަށްވެސް ދެރައެއް ލިބޭކަށް ..، އާޝާއަށް ވެސް ދެރަ ގޮތެއް ވާކަށް ..، އެންމެ ފަހުން މިކޮޅައް ދޮންބެ އައިސް ހުރި އިރު މަންމަ ގާތު ބުނީ ކާފަމެން އެވްލިންއާ ކައިވެނި ކުރުވަން ބޭނުންވާ ވާހަކަ..، ދޮންބެ ރޮއިފަ މަންމަ ގާތު ބުނި އާޝާ ނޫން މީހަކާ ދުވަހަކުވެސް އިނދެގެން ނޫޅެވޭނޭ..، އެންމެ ފަހުން މަންމަ ކާފައަށް ގުޅައިގެން އެވާހަކަ ދެއްކީމަ ކާފަ ބުނީ ނާއިކް ވެސް ލޯބިވަނީ އެވްލިން ދެކެއެވެ. އެދޭތެރެއަށް މަންމަ ނުވަނުމަށް..، ދެން ދަރިފުޅު ބުނެބަލަ މަންމަ ކާފައަށް ވިސްނައިދޭނީ ކިހިނެއް..، ދޮންބެ ވެސް ހުރީ ހަދާނެ ގޮތް ހުސްވެފަ...،އެންމެ ފަހުން ދޮންބެ މަންމަ ގާތުން ހުވާ ކުރުވާފަ ބުނީ އެކަން އާޝާއަށް ސިއްރު ކޮއްދިނުމައް ..، ދޮންބެ ދުވަހަކުވެސް އާޝާ ދޫނުކޮއްލާނެ ކަމަށް..،
ދަރިފުޅުވެސް މަންމައަށް މިކަން ސިއްރު ކޮއްދީ..، އާޝާއަށް ނާއިކް ނުފެންނަނީސް ތިތަނުން އޭނަ ގޮވައިގެންދޭ..، އާދޭސް މިކުރަނީ ދަރިފުޅާ ..، ތިތަންފެނި އޭނައަށް ވާނެ ވަރެއްވެސް ނޭގެ..، ރޮއި ރޮއިފައި ފަޒްލާ ވާހަކަ ދެއްކި އިރު އަރުކަން ހުރީ ބަހެއް ބުނަންވެސް ނޭގިފައެވެ.
ދޮންބެ ކީއްވެ ކާފަ ގާތު ނުބުނީ ދޮންބެ ލޯބިވަނީ އެހެން މީހަކު ދެކެއޭ..އެހެން ނޫންނަމަ ކާފަ އެކައިވެންޏެއް ނުކުރުވީހެއްނު..،
އަރުކަން ބުނެލިއެވެ.
ކާފަ ގާތު ދޮންބެ އަށް އެވާހަކަ ދައްކަން ނުކެރިގެން މަންމަ ހުރިހާ ވާޙަކައެއް ކިޔައިދިނިން..، އެކަމަކު ކާފައަކީ އެއް އިރަކުވެސް ގޮތް ދޫކުރަން ބޭނުންވާ މީހެއްނޫން ..، އަބަދުވެސް އަމިއްލަ ދަރިންނައް ވުރެވެސް ކާފަ އެވްލިން ދެކެ ލޯބިވާނެ..، އެހެންވެ އެވްލިން ދޮންބެ ދެކެ ލޯބިވާތީއާ ރިޔާޒްބެއާ ދެމީހުންގެ ދުވަސްވީ ރަހުމަތްތެރިކަން ދަމަހައްޓަން ކުރި ކަމެއް އެއީ..، ފަޒްލާ އިތުރައް އަރުކަން އަށް އޮޅުން ފިލުވައިދިނެވެ.
މިހާރުވެސް އާޝާ އެހުންނަނީ ތާރާ ކަންތައް ކުރިގޮތުން އަބަދު ރޮއެލަ ރޮއެލަ..، އެހެންވީމަ އަދި މިކަން އެގިއްޖާ އެފަކީރަށް ވާނީ ކިހާވަރެއް،،ފަޒްލާ އިތުރައް ބުނެލިއެވެ.
**
މަންމީ... މަންމީ...، ޑެޑީ ތޮޅެނީ..، ވާހަކަ ފޮތެއް ހިފައިގެން ސޯފާގައި ދިގަށް އޮށޯވެލައިގެން އޮތް ތާރާއާއި ދިމާލައް ދުއްވައިގަންނަމުން އެމީހުންގެ ތިން އަހަރުގެ އަންހެން ދަރިފުޅު ރިމީ ގޮވާލިއެވެ.
އެއަޑާއެކު ވާހަކަފޮތް މޫނާ ދުރުކޮއްލަމުން ތާރާ ސޯފާއިން ތެދުވެ އިށީނެވެ.
މިއަދުވެސް ބައްޕި ތޮޅުނީތަ؟ އެކުޑަ އަންހެން ކުއްޖާގެ ލޯބި ޗަބީ ކޮލުގައި ހިފާލަމުން ތާރާ ބުނެލިއެވެ.
މަންމި އާދެބަލަ؟ ކޮއްކޮ އާ ތޮޅިފަ ބައްޕި އެބައޮތް ނިދާފަ ..، މަންމިވެސް ބައްޕިއާ ތޮޅިބަލަ..، ކުޑަ ކުޑަ އަޑަކުން ރިމީ އެހެން ބުނެލުމުން ހިނިއައިސް ހުރެ ތާރާ އެ ދަރިފުޅު އިނގިލީގައި ހިފާލައިގެން ހުރެ ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ.
އެއޮތީ ނިދާފަ..، އެނދުގައި ނިދާފަ ކަމަށް ހަދައިގެން އޮތް މާކިންއަށް އިނގިލި ދިއްކޮއްލަމުން ރިމީ އެހެން ބުނެލިއެވެ.
ޝޫ ......،، ރިމީ ތުންފަތުގައި އިނގިލި ޖައްސަމުން މާކިންއަށް ހޭލެވިދާނެތީ ތާރާއަށް ބުނެލިއެވެ.
ހިނގާ ގިލި ގިލި ކޮއްޓަން..، ރިމީ ސިއްރުން ތާރާކަންފަތް ދޮށުގައި އެހެން ބުނެލުމައްފަހު ފިޔަވަޅު އަޑުނީވޭނެހެން ތާރާއާއި އެކު ގޮސް އެދުގައި އިށީނދެ މާކިންގެ ގައިގައި ގިލި ގިލި ކޮއްޓަން ފެށިއެވެ.
މާކިންވެސް ފުންމައިގެން ތެދުވެ ރިމީގައިގައި ގިލި ގިލި ކޮއްޓަން ފެށިއެވެ.
އެމަންޒަރު ބަލަން ތާރާ އިނީ ހީލަ ހީލައެވެ.
މަންމީ..، މަންމީ..، ހުނުމުގެ އަޑާއެކު މާކިންގެ ގާތުން ސަލާމަތް ވާންވެގެން ރިމީ ތާރާއަށް ގޮވަން ފެށިއެވެ.
އެއާއި އެކު އެދުގައި އިށީންދެ އިން ތާރާ އަތުގައި ހިފާ މާކިން ދަމާލަމުން ބަނޑުގައި ކޮއްޓަން ފެށިއެވެ.
ހާދަ ސަކަރާތް ބޮޑު ކޮށްލައިގެން...، ކޮބާތަ މާމަގެ ރިމީ މިރޭ..، ހުޅުވާފައި ހުރި ކޮޓަރީގެ ދޮރުން ވަންނަމުން މުނާ ބުނެލިއެވެ.
މުނާގެ އަޑު އިވުމުން މާކިން ތާރާއާއި ދުރަށް ޖެހިލަމުން ތެދުވިއެވެ.
ހިނގާ ކާންދާން..،ރިމީ ހުންނާނީ މިއަދު ވަރަށް ބަނޑުހައިވެފަ ..، ހަވީރު ސައިތަށިވެސް ހުސް ނުކުރި..،މުނާ ރިމީ އުނގައް ލަމުން ބުނެލިއެވެ.
ދަރިފުޅު ބޮލުގަ ރިހުން މިހާރުކިހިނެއް؟ ކައިރީގައި އިން ތާރާއަށް ބަލައިލަމުން މުނާ ބުނެލިއެވެ.
މިހާރު ވަރަށް ބޮޑަށް ރަގަޅު..، އެކަމަކު އެގަޑީ ވަރަށް ބޮޑަށް ރިހުން..، ތާރާ ބުނެލިއެވެ.
**
ހޯލް ތެރޭ އެންމެންނާ ތަންކޮޅެއް ދުރުގައި ތަމަން ހުރި އިރު ޕާޓީ ތެރެއަށް ވަދެގެންދާ ކޮންމެ މީހެއްގެ ނަޒަރު ތަމަންއަށް ހުއްޓެއެވެ.
އެކަހެރިކޮއް ހުރުމުން މާގިނަ މީހުންނައް ފެންނާތީ ތަމަން ހިނގައިގަތީ އެއްވެފައި ތިބި މީހުން ގަނޑާ ދިމާލަށެވެ.
ޕާޓީ ފެށިގެން ކުރިއަށް ދިޔައިރުވެސް ނާއިކްގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކައް ނެތެވެ.
ފަހަރަކު ބަޔަކު އެދެމެފިރިންނައް ކައިވެނީގެ ތަހުނިޔާ ކިޔަމުން ދިޔައިރު ހިނިތުންވެލައިގެން އެވްލިން ހުއްޓެވެ.
ހުދުކުލައި ބޮޑު ވެޑިންގް ޑްރެސް ލައިގެން ހުރި އަންހެން ކުއްޖާ ފެނުމުން ތަމަންއަށް ބޭއިހްތިޔާރުގައި ހިނިތުން ވެލުނެވެ.
އޭނަގެ ކައިވެނީގެ ދުވަހުވެސް ހުންނާނީ އެއަންހެން ކުއްޖާ އުފާވެފަ ހުރި ވަރަށް އުފާ ވެފަކަން އޭނާއަށް ޔަގީނެވެ. އިރުކޮޅަކު އެކުއްޖާއަށް ބަލަން ހުރެފައި ތަމަން ދޮރާދިމާއަށް ބަލާލީ ވަދެގެން އަންނަ ފިރިހެން ބައިގަނޑުގެ ތެރޭގައި އަރުކަން ހުރިތޯއެވެ.
ކޮންމެ ގޮތެއްވިޔަސް އަރުކަން ނާންނަނީސް އޭނައަށް ނާއިކް ފެންނާނެ ގޮތެއްވެސް ނެތެވެ. މިއެންމެން ތެރޭ ނާއިކް ހޯދުމަކީ އުދަގޫ ކަމެކެވެ.
އަރުކަން ނައިސް ލަސްވާން ފެށުމުން ކިތަންމެ ފަހަރަކު ނާއިކްއަށް ގުޅަން ވީއޭވެސް އޭނަ ހިތައް އަރައިފިއެވެ. އެހާވެސް އެހިތް ވަނީ ނާއިކް ދެކޭ ހިތުން ކެންމަދުވެފައެވެ.
އެކި ވިސްނުމުގެ ތެރޭގައި ހުރި ތަމަން ސިހުނީ ކުރިމަތިން ތަންކޮޅެއް އަޑުގަދަ ވާން ފެށުމުންނެވެ. އޭރު ފިރިހެން ގުރޫޕެއްވެގެން ކައިވެނި ކުރެވުނު ފިރިހެން ކުއްޖާ އުފުލައިލަމުން އެންމެން އެއްއަޑުން ހަޅޭއްލަވައިގަންނަނިއެވެ.
ތަމަންއަށް ސިހިފައި ދެލޯ ބޮޑުކޮއްލެވުނެވެ. އިތުރަށް ކުރިއަތް ޖެހިލާ ރަގަޅަށް ބަލާލީ ގަބޫލްކުރަން ދަތިވުމުންނެވެ.
އެއީ ނާއިކްކަން ޔަގީނެވެ. ނަމަވެސް ހައިރާންވީ ނާއިކް އެއަންހެން ކުއްޖާ ކައިރި ކައިވެނީގެ ހެދުމުގައި ހުރުމުންނެވެ.
ނޫން ނޫން..، ތަމަންއަށް ދެލޯ މަރާ ބާރުކޮއްލަމުން ބުނެވުނެވެ. ނާއިކްގެ މޫނުމަތީވި ހިނިތުންވުމުން އިތުރަށް ތަމަންގެ ހިތަށް ތަދުވިއެވެ.
މޭގައި ދެއަތް އަޅާ ބާރުކޮއްލަމުން ތަމަން އަދިވެސް އެއްފަހަރު އެދިމާއަށް ބަލާލިއެވެ.
އެއަންހެން ކުއްޖާ ކައިރީ ހިނިއައިސް ރައްޓެހިންނާ ވާހަކަ ދައްކަން ނާއިކް ހުރި އިރު ތަމަންގެ އަނގައިން މަޑު ގިސްލުމުގެ އަޑު ބޭރުވާން ފެށިއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް