ހިތަށް ކެއްނުވާވަރުވުމުން ތަމަން ކައިރީ ހުރި ނާއިކުގެ ހަށިގަނޑުގައި ލައްވެލިއެވެ. ނާއިކު އެމަންޒަރު ބަލަން ހުރި އިރު އޭނަވެސް ހުރީ ތަމަން ރޯވަރުން ހިތަށް ތަދުވެފައެވެ.
ވަގުތުން އެ އަންހެން ކުއްޖާ ގެނެސް ގައިގައި ބޮނޑިކޮއްލީ މުޅިއުމުރަށް ހިމާޔަތް ދޭނަމޭ ބުނާކަލަ ގޮތަކަށެވެ..
ބައްޕާ އަހަރެން ދޫކޮއްލާފަނުދޭ...، ބައްޕާ!! އަހަރެންނައް ކެތެއްނުވާނެ ބައްޕާ...،
ދޮންތާ!! އަހަރެން ބައްޕަކައިރިއަށް ގެންދޭ!! އަހަރެންނައް ބައްޕައާއި ނުލާނޫޅޭވޭނެ....،
ތަމަން ގިސްލަމުން ވާހަކަދެއްކިއެވެ.
ތަމީ ހިތްވަރުކުރޭ!! މީ ކޮންމެ މީހަކައްވެސް އަންނާނެ ދުވަހެއް..، ބައްޕަގެ މައްޗައް ހެއޮ ދުއާ ކުރޭ...، ތަމީ ރުއީމަ ދޮންތަ މާބޮޑައް ދެރަވާނެ...،
ކުއްލިއަކައް މިހެން ދިމާވީމަ ދެރަވާނެކަންވެސް އެނގޭ....، އެކަމަކުވެސް އަހަރެމެންނަށް އޮތީ ހިތްވަރުކުރުން...،
މާކިން ތަމަންއަށް ވިސްނައިދިން އިރު ތާރާވެސް މާކިންގެ ގައިގައި ބައްދާލައިގެންހުރެ ރޮނީއެވެ.
މާކިން ފޯނު ކަޑާލީ ތަމަންއަށް އެގޮތަށް އެތައް ނަސޭހަތެއްދީފައެވެ.
ތަނަށް އެއްވެފައިވާ ކޮންމެމީހެއްވެސް ތާރާއަށް ބަލާލަނީ ހަމްދަރުދީގެ ނަޒަރުންނެވެ. ދޭތެރެއަކުން މީހަކު އައިސް ހިތްވަރުދިނުމުގެ ބަހެއް ބުނެލައެވެ.
ހުރިހާ ކަމެއްނިމި އަސުރު ނަމާދައްފަހު ނިޔާޒް ވަޅުލާފައި މީހުންތައް ސަހަރާއިން ނިކުމެގެން ދިޔައިރުވެސް މާކިންއާއި ތާރާ އެތާ މަޑޫކޮއްގެން ތިބީއެވެ.
ބޭބީ!! ދެން ހިނގާ ގެއަށްދާން...، ތާރާ ޖެހި ބުދެއްހެން އެއްވެސް ހަރަކާތެއްނެތި ހުންނަން ފެށުމުން މާކިން ބުނެލިއެވެ.
އެގޮތައް ހުރިއިރުވެސް އެދެލޮލުން ކަރުނަ ނާންނަ އެންމެ ވަގުތު ކޮޅޭއްވެސް ނުދެއެވެ.
މާކިން ތާރާ ގަޔާ ކައިރިކޮއްލަމުން ގެއާދިމާއަށް ހިނގައިގަތް އިރުވެސް ތާރާ ފަހަތަށް އެނބުރި ނުދާން މަސައްކަތް ކުރެއެވެ.
އަން! ޖޫސްފޮދެއް ބޯލާ...، އެހެންނޫނީ ބޭބީ ބަލިވެދާނެ...، ޕުލީޒް އަހަންނަށްޓަކާވެސް ...، މާކިން ޖޫސް ތަށި ތާރާތުނބުގައި ޖައްސާލަމުން ބުނެލިއެވެ.
ނަމަވެސް ގޭތެރެއަށް ވަނީއްސުރެވެސް ތާރާގެ ނަޒަރު ހުއްޓިފައިހުރީ ނިޔާޒް އޮންނަ އެނދާ ދިމާއަށެވެ.
މަޑުމަޑުން ތެދުވެގެން ގޮސް އެއެދުކައިރީ ތާރާ މަޑުކޮއްލިއެވެ.
އަބަދުގެ އަބަދަށް އެބައްޕަ ވަކިވީކަން ހިތަށް އެރުމުން އެދުކައިރި އިށީންދެވުމާއެކު ގިސްލުން އިތުރުވިއެވެ.
ބޭބީ!! މާކިންގެ އަޑު ދާދި ގާތުން އިވުނަސް އެއަޑުވެސް ނީވޭ ކަހަލައެވެ.
**
ޕަރީ !! ދެން ނުރޮއި ހުއްޓާލާ...، ނާއިކު މަސަތްކަތް ކުރީ ތަމަން އަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް އިރެއް އިރަކަށް ތަމަންގެ ރުއިން ދިޔައީ ގަދަވަމުންނެވެ.
އަހަރެން މިހުރިހާ ކަމެއްވެސް މިކުރީ އަހަރެން ބައްޕަ އަށް ޓަކާ ..، އެބައްޕަ ހިނގާލާފަ އަހަރެން ކުރިމަތީ އުޅޭނެ ދުވަހަކަށް އަހަރެން ހާދަ އިންތިޒާރުކުރީމޭ..، އެހެންނޫންނަމަ އަހަރެން މިއަދު މިތަނަށް ނުވެސް އަންނާނެ...، މިހާރު ހިތަށް އަރާ ނާދެވުނުނަމައޭ އޭރަށް އަހަރެން ބައްޕަ މުޅި އުމުރައް އަހަރެންނާ ވަކިވެގެން ދިޔައިރު އަހަރެން މޫނުވެސް ފެނުނީހެންނު...، އެކަމަކު ބައްޕަ އެދިޔައީ އަހަރެންނަށް ފެނިވެސް ނުލާ...،
ގިސްލުމުގެ ތެރޭން ތަމަން ބުނެލިއެވެ.
ދަންދެބައިވެ ދިޔައިރުވެސް ތަމަންގެ ރުއިމަށް އެއްވެސް ބަދަލެއްނާދެއެވެ.
އެހާއިރުވީއިރުވެސް އެއްވެސް ފުހިކަމެއްނެތި ނާއިކު ތަމަންއަށް ހިތްވަރުދެމުން ދިޔައެވެ.
ދޭތެރެއަކުން މާކިންވެސް ގުޅާ ތަމަންއަށް އެކި ގޮތް ގޮތަށް ވިސްނައިދެވެ.
ފަތިސްވުމާ ގާތްވެފައި ހުއްޓާ ތަމަންގެ ރުއިމުގެ އަޑު ކެނޑުނެވެ. އޭރުވެސް އެދެއަތް ނާއިކުގެ ހަށިގަނޑާ ވަކިނުވެއެވެ.
ބޮޑު ހިތާމައެއް ކުރިމަތިވެގެން އުޅޭ ކޮންމެ މީހަކައްވެސް ހިމާޔަތެއްދޭމީހަކާ ދުރަށް ނުދެވޭ ފަދައިންނެވެ.
ނާއިކު ތަމަން އެނދުގައި ބޭއްވުމައްފަހު ކައިރީ އޮށޯވެލީ އެކަހަލަ ވަގުތެއްގައި އެކަނި ދޫކޮށްލާފައި ދާން ނުކެރުމުންނެވެ.
ހެދުނު ސައި ތައްޔާރު ކޮއްގެން ފަޒްލާ އާއި ނާޒިމް އެތައް އިރެއްގައި ތިބި އިރުވެސް ތަމަން ގެ ހަބަރެއް މިއަދު ނުވިއެވެ.
އާޝާ މިއަދު ނުހޭލެވެނީތަ؟ އެހެންޏާ ކޮންމެ ދުވަހަކުވެސް ނިޔާޒްއާއި ފަޒްލާއާއި އެކު ކޮންމެ ދުވަހަކުވެސް ސައިބޯން ތަމަން ނިކުންނާނެއެވެ. އެހެންވެ ނާޒިމް ބުނެލިއެވެ.
އާން!! މިއަދު ވަރައް ލަސްވެއްޖެ ދޯ؟ ..، އެބަ އަންނަން ގޮވާލާފަ..، ފަޒްލާ އެހެން ބުނެ ގޮނޑިން ތެދުވެގެން ތަމަންގެ ކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.
ދިޔަ މަގުމަތީ ތަމަންގެ ކޮޓަރީ ދޮރާ ދޮރު ދިމާވާގޮތަށް އިންނަ ނާއިކު ކޮޓަރީ ދޮރުގައި ފަޒްލާ ދެފަހަރަކު ޖަހާލިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ހަބަރެއް ނުވުމުން އިތުރަށް އުދަގޫނުކޮއް ތަމަންގެ ކޮޓަރީ ދޮރުކައިރި ހުއްޓިލަމުން ފަޒްލާ ދޮރުގައި ޖަހާލާފައި ތަމަންއަށް ގޮވާލިއެވެ.
ނާއިކުގެ އަތްމަތީ އަރާމު ނިންޖަކުން ނިދިފައި އޮތް ތަމަންއަށާއި ނާއިކުއަށް ލޯހުޅުވާލެވުނީ އެކު އެކީގައެވެ.
ފުންމައިގެން އެދުން ތެދުވެގެންގޮސް ބެލްކަނީގެ ދޮރުން ނާއިކު ބާރު ފިޔަވަޅު ތަކުގައި ނިކުމެގެން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
ހޭލެވުމާއެކު ރޭގެ ކަންތައް ތައް ތަމަންގެ ހިތަށް ވަންނަން ނެގީ މަދު ސިކުންތު ކޮޅެކެވެ.
ދޮރުކައިރީ ފަޒްލާ ހުރިކަން އެނގުމުން ތަމަން މަޑު ފިޔަވަޅުތަކެއްގައިގޮސް ދޮރު ހުޅުވާލިއެވެ.
ދޮރުހުޅުވާލުމާއެކު ތަމަންގެ ދުޅަވެފަ ހުރި ދެލޯ ފާހަގަކުރަން ވަގުތުކޮޅެއްވެސް ފަޒްލާ ނުނެގިއެވެ. ކިހިނެއްވީ
ރޭގަ ނުނިދާ ރުއީތަ؟ ފަޒްލާ ކޮޓަރިތެރެއަށް ދެމިގަންނަމުން ބުނެލިއެވެ.
ފަޒްލާ އެހެން ބުނި އިރު ތަމަންގެ ލޮލުން ކަރުނަ ފައިބަންފަށައިފިއެވެ.
ބުނާނެ ހާ ހިތްވަރު ނެތަސް ފަޒްލާ ސުވާލު ކުރަން ފެށުމުން ތަމަން ކަންތައް ވީ ގޮތް ކިޔައިދިނެވެ.
ތަމަންގެ ވާހަކަ އަޑުއަހާފައި ފަޒްލާ އަށް އަނގަމަތީ އަތްއަޅާލެވުނީ ލިބުނު ޝޮކުންނެވެ.
ފަޒްލާ ތަމަންއަށް ހިތްވަރު ދިނުމަށްފަހު އަވަސްވެގަތީ އެ ހަބަރު ނާޒިމަށް ދިނުމަށެވެ.
އެވާހަކައިން ނާޒިމަށް ވެސް ފުންއަސަރުތަކެއް ކުރިއެވެ. އެންމެ ފަހުން ތަމަން ގެންނަން އުޅުނުއިރު އޭނަ ނާޒިމް ގާތު ދެއްކި ވާޙަކަތައް ހިތައް އައުމުން ތަމަންގެ ބޮލުގައި ނާޒިމް ފިރުމާލިއެވެ.
އެންމެ ފަހުންވެސް ބޭބެއަށް ބައްޕަ ވަސިއްޔަތް ކުރީ އާޝާ މޮޅުކުއްޖަކަށް ހަދާއިގެން ގެނެސް ދިނުމަށް...، އާޝާއަށް ރަގަޅަށް ބަލަން.....، އިރާދަކުރެއްވިއްޔާ އަހަރެން މުޅި އުމުރައްވެސް ނިޔާޒްގެ އަމާނާތަށށް ރައްކާތެރިވާނަން...، ނާޒިމް ބުނެލިއެވެ.
މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފަޒްލާއާއި ނާޒިމްގެ ފަރާތުން އަޅާލުމާއި ލޯބިން އެވިސްނުންތަކާ ދުރުވާން މަސަތްކަތް ކޮއްދެމުން ދިޔައިރު ހުރިހާ ވަގުތެއްގައިވެސް އެންމެ ވަގުތުކޮޅެއްވެސް ތަމަންއާއި ދުރުގައި ނުހުރެ ނާއިކު ލޯއްބާއި އެކު ތަމަންއަށް ވިސްނައިދިނެވެ.
**
ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް އަބަދުވެސް ކޮންމެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ވާހަކަ މަދުވެފައި ތާރާ އިންނަނީއެވެ.
ރޭގަނޑުގެ ނިންޖާ ކެއުމާ ދުރުވެ އަބަދު އެހެން އިންނަން ފެށުމުން މާކިންއަށް އިތުރަށް ވިސްނަން މަޖުބޫރުވެއްޖެއެވެ.
އެގޮތުގައި ގިނަ ދުވަސް ވާވަރަކަށް ތާރާ ބަލިވެދާނޭ މާކިންގެ ހިތް ބުނަންފެށިއެވެ.
ކުރިން އިރުއަރާގޮތައް ކޮންމެވެސް މަސައްކަތަކާ ދިމާއަށް ދުއްވައި ގަންނަ އިރު މިހާރު އެކަހަލަ ހިޔާލެއް ފިކުރެއްވެސް ނުހުންނަ ކަހަލައެވެ.
އެތައްގޮތަކަށް ވިސްނުމައްފަހު މާކިން މަންމައާ އެވާޙަކަ ހިއްސާ ކުރިއެވެ. މަންމަގެ ލަފާގެ މަތިން މާކިންވެސް ނިންމީ މާހައުލު ބަދަލު ކޮއްލާށެވެ.
ދެދުވަސް ތެރޭގައި މާކިންގެ މައިންބަފައިން ކައިރިއަށް ތާރާ ގޮވައިގެން މާކިން ދިޔައެވެ.
ގޭ އެންމެން ފަރާތުން ތާރާއަށް ހޫނު މަރުހަބާއެއް ކީއިރު މިވީ ދެހަފުތާ ތެރޭ އެމޫނުމަތިން ނުފެންނަ ފަޑު ހިނިތުންވުމެއް މާކިންއަށް ފެނުނެވެ.
ތާރާ ފެނުމުން މުނާގެ ހިތަށް ވަރައް އަސަރު ކުރިއެވެ. އެންމެ ފަހުން އެރަށައް ދިޔައިރައްވުރެވެސް އެހަށިގަނޑުވަނީ ނިކަމެތިވެފައެވެ.
އަހަރެންނައް ފެންނަނީ މިދުވަސްކޮޅު ވިސްނަން އެހެން ބޭންދުމައްވުރެ އޮފީހު މަސައްކަތު ތެރެއަށް މާކިންއާއި އެކު ނެރެން" ...،
އެމަންޖެ ފެނުނީމަ އަހަރެން ހިތަށް ހާދަ އަސަރުކުރޭ...، އެމަންޖެ އެކަމާ ވިސްނާ ވަރު އަހަރެންނައް އިހުސާސްކުރެވޭ...، މުނާބުނެލިއެވެ.
އަހަރެންނަށްވެސް ފެންނަނީ މަންމަ ބުނިހެން މަސައްކަތުގެ ތެރެއަށް ނެރެލަން ..، އޭރަށް ކޮންމެސް ވަރަކަށް އެކަންކަމާ ދުރުވެދާނެ...، މާކިން ބައްޕަގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
ބައްޕަ އަށް އެންމެ ރަގަޅު...، ބައްޕައަށްވެސް ހީވަނީ ތީހެން އެންމެ ރަގަޅު ގޮތަކީ..،
ވަސީމް ބުނެލިއެވެ.
އެނދުގައި އަނެއް ފަރާތައް އެނބުރިގެން އޮތް ތާރާ އެކޮޓަރީގެ އެކި ދިމަ ދިމާލައް ނަޒަރު ހިންގާލިއެވެ. އޭސީގެ މަޑު ފިނިން މުޅި ކޮޓަރިއަށް އަރާމު ފިންޏެއް ފެތުރިފައި ހުއްޓެވެ. ބޮޑު ކޮޓަރީގެ އެއްފަރާތެއްގައި ކަހާލެވޭ ގޮތައް ބޮޑު އަލަމާރިއެއް ހުރި އިރު އެމީހުން ނިދުމައްޓަކާ ކަޅާ ހުދުން ފަރުމާ ކޮއްފައި ހުރި ބޮޑުއެދެއް ހުއްޓެވެ. ކޮޓަރީގެ ދޮރާ ތަންކޮޅެއް ކައިރީގައި ޑުރެސިންގްޓޭބަލް ހުރިއިރު ފާރުގައި ބޮޑު ޓީވީއެއް ބަހައްޓާފައި ހުއްޓެވެ.
މުޅި ކޮޓަރީގައި ހުދުކުލަ ލައިފައި ހުރިއިރު ބެޑްރޫމްސެޓާ ގުޅުވާލާފައި ކުޑަ ދޮރުގައިވަނީ ކަޅުކުލައިގެ ބޯ ފަރުދާއެކެވެ.
މިހާ ފެންވަރުގައި މާކިން އުޅެފައި ރަށަށްގޮސް އެންމެ އާދައިގެ ކުޑަ ކޮޓަރިގަޑެއްގައި އޮތް އިރުވެސް އެއްވެސް ޝަކުވާއެއް ނުކުރިއެވެ.
އެއިންވެސް އެނގެނީ މާކިންގެ ހިތުގައި ތާރާއަށްޓަކާ ވާ ފުރިހަމަ ލޯތްބެވެ.
، ތަޅުގައި މީހަކު ހިފާލުމާއެކު ތާރާ ފަސްއެނބުރި ބަލާލިއެވެ.
ދޮރުން އެތެރެއަށް ވަދެގެން އައި މާކިން ފެނުމުން ތާރާ ހިނިތުންވެލިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް