ނުވިސްނާ ހުރި ތަމަން އެބާރުމިނުގައި ދާނިޔާލްގައިގައި ޖެހުނެވެ. ހަމަ އެވަގުތު ތަމަންގެ ގައިގައި ދާނިޔާލްގެ ދެއަތުން ވަށާލިއެވެ.
ދޫކުރޭ..، ދޫކުރޭ..، ތަމަންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ.
ދޫކުރާށޭ އަޑެއް ނީވޭތަ؟ ތަމަންގެ ކަރުދޮށަށް ދާނިޔަލްގެ ހޫނުނޭވާތައް އެޅެން ފެށުމުން ބިރުން ތެޅިގަންނަމުން ތަމަންގެ ދެއަތުން ދާނިޔާލްގެ މޭމަތީގައި އަޅާ ކޮއްޕާލަމުން ގޮވާލިއެވެ.
އެވަގުތު ކޮޅު ތަމަން ދާނިޔަލްގެ އަތުތެރެއިން ނިކުމެގެން ކޮޓަރިތެރެއަށް ދެމިގަނެ އެތެރެއިން ތަންޑުއެލުވިއެވެ.
އެތެރެއަށް ވަދެވުމާއެކު ދޮރުބުޑުގައި އިށީނދެވުނެވެ. ދެކަކޫ މޭގައި ޖައްސާލައިގެން އިންދެ ގިސްލެވެން ފެށުނެވެ.
އަމިއްލަ ހާލަތާމެދު ވިސްނާ ވިސްނާ ވަރުބަލިވެއްޖެއެވެ. ހަޔާތުގައި ކުރިއަށްދާނެ މަގެއް ތަމަންއަކަށް ނުފެނުނެވެ.
ހުރިހާ ލޯއްބެއް ބީވެގެން ދިއުމުން މަންމަގެ އަޅާލުމަށް އެދި އާދޭސް ކުރަން އައީވެސް އެހެން ވެއެވެ. ނަމަވެސް މިއަދު ފިރިހެނެއް ބޭނުންހާ ގޮތެއް ހަދަން މަސަތްކަތްކުރާއިރުވެސް އެމަންމައަށް ނުފެންނަ ކަހަލައެވެ.
އެމަންމަގެ ހިޔާ ވަހިކަމުންވެސް އެދަރިފުޅައް ރައްކާތެރިކަމެއް ނުލިބުނެވެ.
އަހަރެން ދެން ކިހިނެއްތަ ހަދަންވީ؟ ކީއްވެތަ ހުރިހާކޮޅަކުންވެސް އަހަރެންނައް މިހެން މިވަނީ ..، ހިތްދަތި ވެފަ ހުރިވަރުން ތަމަން ކަރުނަތައް ހުއްޓޭތޯ މަސަތްކަތް ކުރިޔަސް ރޮވެނީއެވެ. ހީވަނީ މެއަށް ބާރުވެ މޭފިތި މަރުވެދާނެހެންނެވެ.
މޭގައި އެތައްފަހަރަކު އަތުން ފިރުމާވެސް ލެވިއްޖެއެވެ. ނަމަވެސްކުޑަވެސް ލުޔެއް ވާގޮތެއް ނުވިއެވެ.
ނޭވާ ހަމަޔަކައް އެޅުވޭތޯ ތަމަން ދެލޯމަރާ ތަގުޅި ކޮށްލަމުން ފުންނޭވާތަކެއް ބޭރުކުރިއެވެ.
**
އަހަރެން ވެސް އަދި ނުދާ ރަށެއް އެއީ..، ނިކްދާއިރު އަހަރެންވެސް ވަރަށް ދާހިތްވެ..، ކާ މޭޒްކައިރީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައި އެވްލިން ބުނެލިއެވެ. އެވްލިން އެހެން ބުނެލުމާއިއެކު ނާއިކްގެ މޫނުމަތި ވަގުތުން މިލާލިއެވެ.
ދަރިފުޅު ދެން އެހެންވީރު އެވީ ގޮވައިގެން ގޮސްލަންވީނު ..، މާލެއިން ބޭރަށް ނުދާތާވެސް ވަރަށް ދުވަސް ވެއްޖެއްނު...،އޭރަށް އެވީވެސް ރިލެކްސް ވެލާނެއްނު..، އެވްލިންއާއި އެއްބައި ވެލަމުން ފައްވާޒް ބުނެލިއެވެ.
އެވީ ދާން ބޭނުމިއްޔާ އަހަރެން އެއްވެސް މައްސަލައެއްނެތް..، އެކަމަކު އަޅުގަނޑަށް ހީވަނީ މިފަހަރު ދިއުމަށްވުރެ ހުޅުވަން ދާއިރު ދިއުން ކަންނޭގެ ރަނގަޅުވާނީ..، މިފަހަރު ދިޔަޔަސް އެވީ ފޫހިވާންޖެހޭނީ..، އަހަރެންނައް އަބަދު އެކަންކަމުގަ އުޅެފަ އެވީއަށް އެއްވެސް ވަގުތެއްނުދެވޭނެ..، އޭރަށް އެވީ އަބަދު އެކަނިވެފޫހިވެފަ ހުންނަން ޖެހޭނީ..، ނާއިކް ކިތަންމެ ގެންދަން ބޭނުންނޫނަސް ބައްޕަގެ ކުރިމަތީސީދާ އެގޮތަށް ބުނަން ނުކެރިގެން ބުނެލިއެވެ.
އެކައިވެންޏަކީވެސް ނާއިކް ބައްޕައަށްޓަކާ ކުރި ކައިވެންޏެކެވެ. އެކަމަކު މިއަދާ ހިސާބައްވެސް އެވްލިންއަށް އެކަމެއް ނޭނގޭނެއެވެ. އެވްލިން ހިތުގެ އަޑީން ނާއިކްދެކެ ވާލޯބިވެސް ނާއިކްއަށް އެނގެއެވެ. އެވްލިން ދެކޭ ގޮތުގައި ނާއިކްވެސް އެހާ ބޮޑަށް އޭނަ ދެކެ ލޯބިވެއެވެ.
ނަމަވެސް އެއީ ދުވަހެއްގައިވެސް ނާއިކްއަށް ވާނެކަމެއް ނޫނެވެ. އެހިތުން ލޯބިވެވުނީ ހަމައެކަނި އާޝާ ދެކެއެވެ. އެލޯތްބައް ދުވަހަކުވެސް ބަދަލެއް ނާންނާނެއެވެ
އަތްންބަކައްވީތީ އެވްލިންގެ ބޭނުންތަކަށް ނާއިކް ކިތަންމެ އިހުތިރާމް ކުރިޔަސް އެހިތުން ރުހުމުގައި ހަމައެކަނި ބީހިލަން ބޭނުންވަނީ އާޝާގެ ގައިގައެވެ.
އޯކޭ ..، އެހެންވީމަ ނިކް ގޮސްލާ..، ހުޅުވަންދާއިރު އަހަރެން ދާނީ އޭރަށް އެކޮޅުގަ ކުޑަ ދުވަސްކޮޅަކު މަޑުކޮށްލާފަ ދޯ އަންނާނީ..، އެވްލިން ކައި ނިމުމުން ތަށި ހިފައިގެން ތެދުވަމުން ބުނެލިއެވެ.
އެވްލިން އެހެން ބުނެލުމުން ނާއިކްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ހީވީ މިއޮތް ހުރިހާއިރު އެތެރެހަށީގައި ތާށިވެފަ އިން އެއްޗެއް ބޭރުކޮއްލި ހެންނެވެ.
**
ދެދުވަސް ފާއިތުވެގެން ދިޔައިރު ކުރިއަށްވުރެ ދާނިޔަލްއާއި ތަމަން ދުރު ދުރުން އުޅޭކަން ޢޭނާއަށް ފާހަގަވިއެވެ.
އެކަމަށް ފަރުވާލެއް ނުބަހައްޓާ ދާނިޔާލް މަސަތްކަތް ކުރީ ތަމަންގެ ހިތް އަތުލެވޭތޯއެވެ. ބޭނުންނަމަ މިއަދުވެސް އޭނަގެ މީހަކަށް ތަމަން ހެދިދާނެއެވެ. އޭނަގެ އުފަލަށް މަންމަ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް ދާނިޔާލް އެގޮތަށް ކަންތައް ނުކޮށް އެ މަޑުކުރަނީ ތަމަންއަށް އަމިއްލައަށް ވިސްނި އޭނަގާތަށް އާދޭތޯއެވެ.
މެންދުރު ނަމާދު ކޮށްލައިގެން ތަމަން ކޮޓަރިން ނިކުތީ މަންމަ ކޮޓަރިން ނިކުންނަންވާއިރަށް ކާންހަދާށެވެ.
ޑޮކްޓަރަކަށްވީތީ މަންމަގެ އަތު ކުޑަހުޅުގައި އެގޮތަށް ރިއްސާއިރު މަސަތްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ތަމަންއަށް އެގެއެވެ.
ކުރިން ދޭތެރެއަކުން މަންމަ އަނގައިން ބުނެލިޔަސް ދޮންބައްޕަ މާލެއިން ރަށައް އައި ދުވަހުން ފެށިގެން މަންމަ އެއްގޮތަކަށްވެސް އަނގައިން ބުނެ ނުލައެވެ.
އެގޭތެރޭގައި އޭނައެކޭ ބިރައްޓެއްސެކޭ އެއްވަރެވެ. ދޭތެރެއަކުން ދޮންބައްޕަ އާއި ދިމާވިޔަސް މޫނުމަތިން އަބަދުވެސް ފެންނަނީ ހިތްހަމަ ނުޖެހިފައި ހުންނަތަނެވެ.
ގޭތެރެއިން ނިކުމެގެން ބަދިގެ ދޮރާހިސާބަށް ދެވުނުތަނާ ފަހަތުން ދާނިޔާލް އައިސް ތަމަންއާއި އެއްވަރު ކުރިއެވެ.
ދާނިޔަލް ފެނުމާއިއެކު ތަމަންއަށް ދެބުމަ ކައިރިކޮށްލެވުނީ ރުޅިގަދަވިވަރުންނެއެވެ.
ސޮރީ...، އަހަރެން އެގަޑީ ރުޅި އާދެވުނީމަ އެގޮތަށް ކަންތައް ކުރެވުނީ..، އަހަރެން އުޅުނީ އެއްވެސް ހާލެއްގަ ތަމަންއަށް އަނިޔާއެއް ދޭކަށްނޫން.،..،
އަހަރެން ނުބުންޏަސް ތަމަންއަށް އެނގޭނެ އަހަރެން ތަމަންދެކެ ލޯބިވާކަން ..، އަހަރެން ބޭނުމެއްނޫން އަހަރެންގެ ރައްޓެއްވެސް ތަމަންއަށް ބަލައިލާކަށް..، ދާނިޔާލް އެހެން ބުނެ މިފަހަރުވެސް ކައިރިއަށް ޖެހެން މަސައްކަތް ކުރިއެވެ.
ކިހާ ދެރަކަމެއް ... ދުރުގަ ހުރޭ..، އަހަރެން ކަލޭ ދެކެ ލޯތްބެއްނުވޭ..، ވަރަށް ސާފްކޮއް މިބުނީ..، ތަމަން އެހެން ބުނެ ބަދިގެޔާއި ދިމާއަށް ހިނގައިގަތްއިރު ރުޅިގަދަވެގެން މީހާ ތުރު ތުރު އަޅައެވެ.
ތަމަން ހިނގައިގަތް އިރު ދާނިޔަލް ލޯ ހިމަކޮށްގެން ތަމަންއަށް ބަލަން ހުރިއެވެ.
މެންދުރު ނަމާދު ކޮށްގެން ޖާވީދު ގޭތެރެއަށް ވަތްން ގޮތަށް ސީމާއަށް ގޮވާލީ ގޭތެރެއިން ފެންނަން ނެތުމުންނެވެ.
ދަރިފުޅާ މަންމަ ކޮބާ؟ ޖާވީދު ބަދިގެ ދޮރުމައްޗައް އަރަމުން އެހެން ބުނެލީ ކާމޭޒްދޮށުގައި ދާނިޔާލް އިށީނދެ އިންތަން ފެނުމުންނެވެ.
މަންމަ އަދި ނުނިކުމޭތަ ..؟ ދެންމެ މިއައިރު ކޮޓަރީގަ އުޅޭ..، ދާނިޔާލް އެހެން ބުނެލުމުން ޖާވީދް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
އޭރު އަތުގެ ކުޑަހުޅުގައިހިފަހައްޓާލައިގެން ސީމާ ބަދިގެއާއި ދިމާއަށް އަންނަނީއެވެ.
ހިނގާދަމާ އަވަހަށްކާން ..، އަހަރެން ނުފެނިގެން އުޅޭ އަޑު އިވުނީމަ މިއައީ އަވަހަށް ..،ސީމާގެ ފަހަތުން ޖާވިދު އަންނަކަން އެގުމުން ބުނެލިއެވެ.
މަންމާ މިއަދު މާ ބޮޑަށް ރިއްސަނީތަ؟ ސީމާ އަތުގައި ހިފަހައްޓައިގެން ހުރިތަން ފެނުމުން ދާނިޔަލް ބުނެލިއެވެ.
އަހަރެން މިހާރު ކިތައްފަހަރު ބުނެފިން މަންމަ ކައިރީ ތިއަތަށް އަނިޔާއެއްވެފަވެސް ހުރެދާނޭ..، ހިނގާބަލަ ޑޮކްޓަރަށް ދައްކާލަން..، އެހެންނުނީ ތިއަށްވުރެވެސް ބޮޑުވަރުވެދާނެ..، ދާނިޔާލް ގޮނޑިން ތެދުވެގެން އައިސް ސީމާގެ އަތުގައި ހިފައިގެން އައިސް ގޮނޑީގައި ބައިންދަމުން ބުނެލިއެވެ.
އާނ ދަރިފުޅާ ބައްޕަވެސް މިދައްކަނީ ތިވާހަކަ..، މަންމަ ގޮތެއް ދުލެއްނުކުރާނެ...، އެހެންނޫންނަމަ އެންމެފަހުން މިއައި ދަތުތުރުގަވެސް ދެވުނީހެންނު..،މިހާރުވެސް މިކިޔަނީ ހިނގާށޭ ދާން ..، ޖާވިދުވެސް ދާނިޔަލްގެ ވާހަކައަށް އެއްބާޜުލުން ދެމުންބުނެލިއެވެ އެމީހުންގެ ވާޙަކަތައް އަޑު އިވޭ ހިސާބުގައި ތަމަން ހުރިއިރު އެކަކައްވެސް އެތާ އިތުރު މީހަކު ހުރިކަން އެނގޭ ހެންވެސް ހީނުވެއެވެ.
މިފަހަރު މަންމަ ދާނެ...، އަހަރެންބުނީމަ މަންމަ އެއްވެސްކަމަކާ ދެކޮޅެއް ނަހަދާނެ..، ދޯ މަންމާ ..، މީހަމަ އަހަރެން އެންމެ ލޯބިވާ މަންމަ..،ދާނިޔާލްމާކުރިން ބޭނުންވި ގޮތާ އެއްގޮތަށް މިދުވަސްކޮޅު ސީމާ މާލެ ފޮނުވާލުމުގެ ގަސްތުގައި ބުނެލިއެވެ.
އޭރުން އޭނަގެ ހުރިހާ ޕުލޭންއަކާ އެއްގޮތަށް ހުރިހައިކަމެއްވެސް ވާނެއެވެ. ތަމަންއަށް މަޖުބޫރުވެގެން އަމިއްލައަށް އޭނަގެ ގާތައް އަންނަވަރުކުރަން ދާނިޔަލްބޭނުމެވެ.
މިހާރު ރުޅިއައި ކަމުގައިވިޔަސް ގޮތް ހުސްވުމުން ތަމަންއަށް މަޖުބޫރުވާނެއެވެ. އެހެން ހިތަށް އެރުމާއިއެކު ދާނިޔާލްގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.
އާން ދެން ދައްކާލަން ދާނީދޯ...، ސީމާ އެހެން ބުނެލުމާއި އެކު ތަމަން އެމީހުންނައް ފުރަގަސްދީގެން ހުރެ ދެލޯ މަރާ ބާރުކޮށްލިއެވެ.
މަންމާ އަހަރެން އެބަ އަންނަން ..، ދާނިޔާލް އެހެން ބުނެ ފޯނު ހިފައިގެން ނިކުތެވެ.
ކުޑައިރުކޮޅަކުން އެބުރިއައީ ކުރިއަށް ވުރެ ހިނިތުން ވެލައިގެން ހުރެއެވެ.
މަންމާ ހުރިހާ ކަމެއް ހަމަޖެހިއްޖެ..، އަހަރެން އިޝަންޓޭއަށް ގުޅާފަ މާދަމާ ހެދުނު ފުރާ ލޯންޗުން މަންމައާއި ބައްޕައަށް ޓިކެޓް ހަމަ ޖައްސާފަ މިއައީ..، ދާނިޔާލް ބުނެލިއެވެ.
ހާދަ އަވަހަކަށް...، ސީމާ އެހެން ބުނެލުމުން ވައްކަޅިން ކަހަލަ ގޮތަކައް ދާނިޔާލް ތަމަންއަށް ބަލައިލިއެވެ.
މަންމާ އަވަހަށް ދިޔައިމައެއްނު ވެފަ ހުރި ގޮތެއްވެސް އެނގޭނީ..، އޭރަށް އަވަހައް ދައްކާލާފަ ހަފްތާއެއް ތެރޭ އާދެވޭނެއްނު..، ދާނިޔަލް ބޭނުންވި ގޮތަށް ކަންތައް ތައް ކާމިޔާބު ވުމުން އުފަލުން ހުރެ ބުނެލިއެވެ.
ދެން ދާން ތައްޔާރުވެބަލަ ..، އެސޮރު މިހާރު ޓިކެޓްވެސް އެއޮށް ހަމަ ޖެއްސީ..، ސީމާ އަށް އެނގޭނެ ސީމާއަށް ގޮތެއްވެއްޖެއްޔާ އެސޮރު އުޅޭގޮތް..، ޖާވިދް ދާނިޔަލްއާއި އެއްބައިވެލަމުން ބުނެލިއެވެ.
އާން އަހަރެން ދާނަން..، އަހަރެންނަށް އެނގޭ އަހަރެންނަށް ކަމެއްވިޔަސް ދެރަވާންވެސް ހުންނާނީ އެސޮރުކަން ..، އަހަރެންނަށް ކަމެއްވިޔަސް އަޅާލަން ހުރީ ހަމައެކަނި މީހަކީ އެއީ ..، އަހަރެންގެ މައްޗައް ހިތުގައި ލޯއްބެއް އޮތިވެސް ހަމައެކަނި އެސޮރުކަން އަހަރެން ނަށް އެނގޭ ..، އެހެންވީމަ އަހަރެންނަށް ދެކޮޅު ހެދޭނެތަ ..، އަހަރެން މާދަން ފުރަން ތައްޔާރު..، ސީމާ ތަމަންއަށް ގާއުކަމުން ބުނެލިއެވެ
ސީމާ އެހެން ބުނެލުމުން ދާނިޔާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ނަމަވެސް ސީމާގެ އެޖަވާބުން ތަމަންގެ ހިތް ރޫރޫ އަޅާލިއެވެ.
ސީމާގެ ހިތުގައި ތަމަންއަށް ދަރިއެއްގެ ކުލުނު ނެއްތާގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެއްކަހަލައެވެ.
އެމީހުންގެ ކުރިމަތިން ތަމަންއަވަހަށް ދުރަށްދިޔައީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.
ޖާވިދާއި ސީމާ ދިއުމުން ދާނިޔާލް ބޭނުންގޮތެއް އޭނައަށް ހަދާނެކަން ތަމަންއަށް އެނގެއެވެ. ރޭގައި ދާނިޔާލް އުޅުން ގޮތުންވެސް ތަމަން އަށް އެކަން ޔަގީން ވެއްޖެއެވެ.
ދުވަހަކުވެސް ނާއިކްނޫން ފިރިހެނަކައް ބަލައިލަންވެސް އެހިތް ނޭދެއެވެ. އެއީ ނާއިކްގެ ބޭވަފާތެރިކަން އެނގޭ އިރުވެސްމެއެވެ.
އަދިވެސް ހިތުގެ ކަނަކުން ނާއިކްއަށް އެދި ގޮވައެވެ.
ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުމުން ތަމަންގެ ހިތް އިތުރަށް ނާއިކްއަށް ގޮވަންފެށިއެވެ.
ރޭގެ ނިދިވަނީ ތަމަންގެ ދެލޮލާ ވަކިވެފައެވެ.
އެމީހުން ފުރައިގެން ދިއުމުން ކަންތައް ވެދާނެ ގޮތަކާ ދޭތެރޭ ވިސްނި ވިސްނި ބޮލުތެރެއާއި ނިންމަތީގައި ނުފިލާ ރިހުމެއް އުފެދިއްޖެއެވެ.
މި ބޮޑުރަށުގައި ތަމަންއާއި އަނގައިން ބުނާ އެއްވެސް މީހެއްނޫޅެއެވެ. އެހީއަކަށް އެދި ދާނީވެސް ވަކި ކާކު ކައިރިއަށް ހެއްޔެވެ.
ހަދާނެ ގޮތް ހުސްވެއްޖެއެވެ. ދުނިޔެމަތިންވެސް ފޫހި ވެއްޖެއެވެ.
އެތައްފަހަރަކު އަމިއްލަ އަތުން ހަށިގަނޑަށް އަނިޔާ ދޭން ހިތަށް އަރައިފިއެވެ. ދޮންތައާއި ދޭތެރޭ ހިތް ޝަކުވާއިން ފުރިއްޖެއެވެ. ގޮތް ހުސްވުމުން ނާއިކްގެ ފައިބުޑަށް އެދި ސަލާން ޖަހަންވެސް ހިތް ބުނަމުންދިޔައވެ.
ތަމަން ރޮއި ރޮއި ވަރުބަލިވެއްޖއެވެ. އެރީތި ބޮޑު ދެލޮލުގައިވި ވިދުން ކެނޑިއްޖއެވެ. އަހަރު ދުވަހު ބަލިވެ އުޅޭ މީހަކާއި މިހާރު ތަމަންއާއި އެއްވެސް ތަފާތެއްނެތެވެ.
ރޮއި ރޮއި ބަލިވެގެން ގިސްޖެހެން ފެށުމުން މޫނު ބާލީސް ތެރެއަށް ލައި ފޮރުވާލިއެވެ.
މަޑުމަޑުން އެސްފިޔަތަކައް ބަރުވަމުން ގޮސް ތަމަންއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ..
ދޮރުގައި ބާރުގަދަ އަތަކުން ޖެހި އަޑަށް ތަމަންއަށް ސިހިފައި ހޭލެވުނެވެ. އަވަސް އަވަހައް ފޯނުން ގަޑީބަލާލީ ވަރަށް ލަސްވެއްޖޭ ހީވުމުންނެވެ.
ފޯނު އަތުގައި ޖެހުމުން ތަމަން ގަޑި ބަލާލުމާއި އެކު ދެލޯ ބޮޑުވިއެވެ. ގަޑިން މެންދުރުވުމާ ގާތް ވީއެވެ.
އަވަސް އަރުވާލައިގެން ތެދުވަން ތަމަން އުޅުމުން އަރިއަޅާލާގޮތްވިއެވެ. އިއްޔެއިން ސުރެ އެއްވެސް އެއްޗެއް ނުކައި އޮތް ހަދާންވީވެސް އެވަގުތުއެވެ.
މަޑު މަޑުން އެނދުން ތެދުވެގެންގޮސް ފާހާނާއަށް ވަދެ މޫނު ދޮއިލައިގެން ތަމަން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
އޭރުވެސް ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ.
ކޮޓަރީ ދޮރުހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ތަމަންއަށް މަރުހަބާކީ ސޯފާގައި އިން ދާނިޔަލްގެ ނުބައި ހިނިތުންވުމެވެ.
އަހަރެން ވަރަށް ބަނޑުހައިވެފަ މިހިރީ ..، ހިނގާބަ އހަރެންނަށް ކާއެއްޗެއްދޭން..، މިހާރު މިގޭގަ އަހަރުމެން ދެމީހުންނޫން އިތުރު އެއްވެސް މީހެއް ނޫޅޭ..، އަހަރެމެން މެރީ ކޮއްގެންވެސް މިހެން ވަކިން ދޯ އުޅޭނީ..، ދާނިޔާލް ސޯފާއިން ތެދުވަމުން ބުނެލިއެވެ.
އަހަރެން ވަރައް ރީއްޗަށް މިބުނަނީ އަހަރެންނައް މިގަޑީ އުދަގޫ ނުކުރޭ އަހަރެންގެ ބޯ ފަޅައިގެންދާ ވަރުވެއްޖެ..، އަހަރެން ބުނެފީމެއްނު އަހަރެން ކަލޭދެކެ ލޯތްބެއްނުވެޔޭ..، އާނ އަދިވެސް މިބުނަނީ އަހަރެން ކަލޭދެކެ ކުޑަކޮށްވެސް ލޯތްބެއްނުވޭ..،
ތަމަން އެހެން ބުނެ ބަދިގެއާއި ދިމާއަށް ހިނގައިގަތުމުން މިފަހަރު ދާނިޔަލް އިތުރައް އެއްވެސް އެއްޗެއްބުނާކަށް ގަސްތެއްނުކުރިއެވެ.
ވާތާވާގޮތް ވެފައި ވުމުން ތަމަން ސައިތައްޓެއް ހަދައިގެން މޭޒް ދޮށުގައި އިށީނެވެ. ، ކުޑައިރުކޮޅެއް ފަހުން ކާބައިގެ ދޮރުމަތިން ހިޔަންޏެއް ވުމުން ތަމަން ބަލައިލިއެވެ. އޭރު ދާނިޔަލް އައިސް އެތެރެއަށް ވަންނަނީއެވެ.
އަހަރެންނައް އެނގޭ އެރޭ ކަންތައް ވި ގޮތުން ތަމަން އަހަރެންނާ ހިތްހަމަ ނުޖެހިފަކަން ތިހިރީ..، ހަމަ ތެދެއް މިބުނީ އަހަރެން ތަމަން ދެކެ މިވަނީ ތެދުވެރި ލޯބި ..، އަހރެން ދުވަހަކުވެސް ތަމަންއަށް ދެރައެއްނުދޭނަން ..، އަހަރެން ވަރަށްލޯބިޥޭ..، އަހަރެން އެއްވެސް ކަމެއް ތަމަންގެ ނުރުހުމުގަ ނުކުރާނަން ..، ދާނިޔަލް ދެއްކި ވާހަކަ ތަކުގެ ތެދުކަން އޭނަގެ ދެލޮލަށް ބަލައިލާ ކޮންމެ މީހަކައްވެސް އެނގޭނެއެވެ. .
ނުނިމޭ
އެޑިޓަރުގެ ނޯޓް: ކިޔުންތެރިންގެ އެދިލެއްވުމަށް ރިއާޔަތްކޮށް ވާހަކައިގެ އެޕިސޯޑުތައް ގެނެސްދޭއިރު ކޮންމެ އެޕިސޯޑެއްވެސް ދިގުކޮށްލަން ލިޔުންތެރިޔާ ވަނީ ނިންމާފައެވެ. އެގޮތުން މި އެޕިސޯޑުން ފެށިގެން ކުރިއަށް ހުރި އެޕިސޯޑުތައް ކުރީގެ އެޕިސޯޑުތައް ދިގުވާނައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް