ކީކޭތަ ޑޮކްޓަރު ބުނީ ހާދަ އިރެއް ފަހުން ތިޔައައީ..، މަންމަ ކޮން އިރެއް މިހާރު ނައިސްގެން މިތާ ހުންނަތާ..، މުނާ ބުނެލިއެވެ.
ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން މަޑުކޮށްލީ އެހެންވެ ލަސްވީ..، މަންމާ މަންމަ މާމަ އަކަށްވަނީ..، ހުރިހާ ދަތްތައް ފެންނަވަރަށް ހިނިއައިސް ހުރެ މާކިން އެހެން ބުނެލުމާއެކު ..، މުނާއަށް ހަމްދު ކިޔާލެވުނެވެ.
ދަރިފުޅާ މަންމަ މިއޮތް ހުރިހާ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ..، މިއަދު މަންމަ ހާދަ އުފާ ވެއްޖޭ..، މުނާ އެހެން ބުނެ ތާރާ ގައިގައި ބައްދާލިއެވެ. އެހަބަރާއެކު މުޅި ގެއަށް އީދެއް އައި ކަހަލައެވެ. އެންމެން ގެ މޫނަމަތީގައިވާ ހިނިތުންވުން ފުޅާވެގެން ދިޔައީ އެއުފާވެރި ހަބަރު ލިބިފައެވެ.
އަހަރެން މިއަދު ހާދަ އުފާ ވެއްޖެއޭ"..، އަހަރެންނަށް އޭރުވެސް ހީވިއޭ..، އެކަމަކު އަހަރެން އެގަޑީ ނުބުނީ...،މާކިން ކޮޓަރިއަށް ވަދެވުމާއެކު ތާރާގެ ގައިގާ ބައްދާލަމުން މުޅިމޫނަށް ބޮސްދެމުން ބުނެލިއެވެ.
މާކިންގެ އަތުތެރޭ ފޮރުވިގެން ހުރި އިރު ތާރާގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ.
އަހަރެން ކޮއްކޮއަށް މިހަބަރު ދޭން ބޭނުން...، ކޮއްކޮ ހާދަ އުފާވާނޭ...،ނޭނގެ އުފަލުން ވާނެ ގޮތެއްވެސް..، ތާރާ މާކިންގެ އަތުތެރެއިން ނިކުންނަމުން ބުނެލިއެވެ.
**
އެއާޕޯޓް އެރައިވަލްއިން ނިކުތް އަންހެން ކުއްޖާއަށް އެތައް ބައެއްގެ ލޯތައް އަމާޒުވަމުން ދިޔައެވެ. ބަލައިލާ ކޮންމެ މީހަކަށް ހިނިތުންވުމެއް ހަދިޔާ ކޮއްލާ އިރު އެހިނިތުންވުމުގެ ފުރަގަހުގައި އެހިތުގައިވާ ރިހުން އެއްވެސް މީހަކަށް އެކުއްޖާ އަންގަން ބޭނުންނުވާ ކަހަލައެވެ.
ލައިފައި ހުރި ހުދު ކުލައިގެ ޓޮޕްކޮޅާ ގަދަ ނޫކުލައިގެ ޖީންސްގައި އެ ހުދު މޫނު ފެންނަލެއް ވަރައް ފުރިހަމައެވެ.
ކަރުގައި ސްކާފެއް އައްސާލާފައި ބުޅި އިސްތަށިގަނޑު ފަހަތަށް ދޫކޮއްލާފައިވާއިރު ބޭރުގެ ގޮތެއް ފެންނަން ހުއްޓެވެ.
ހާދަ ވަރަކަށް ތިބަލަނީ..، ފަހަތުން އެއަންހެން ކުއްޖާއާ އެއްވަރު ކުރަމުން އަރުކަން ބުނެލިއެވެ.
ހާދަ ބަދަލު ވެއްޖޭ...، އަހަރެން ތިކޮޅަށް ދިޔައިރު މި ބުރިޖްއެއްވެސް ނެތް ..، އޭރު އައީ އެއާޕޯޓްއަށްވެސް ފެރީގަ...، އެކަމަކު މިހާރު ކަނޑުމައްޗައް އަރަންވެސް ނުޖެހި މާލެ މިއޮއްދެވެނީ..، ތަމަން ލޮލުގައިވާ އަވިއައިނު ރަގަޅު ކޮއްލަމުން ބުނެލިއެވެ.
އަހަރެން ވަރަށް ވަރަށް މިސްވާނެ..، ކިޔަވާ ނިމުނަސް ދޭތެރެ ދޭތެރެއިން އަންނައްޗޭ. ޕުލީޒް...، އަރުކަން ތަމަން އައުމުން އޭނައެކަނިވާނެ ވަރު ހިތަށް އައުމުން ބުނެލިއެވެ.
އިރާދަކުރެއްވިއްޔާ އަހަރެން އަދި ދާނަން ވަރަށް އަވަހަށް..، އަހަރެންވެސް އެންމެން ވަރަށް މިސްވާނެ..،
ކޮންތާކައް މިދަނީ..، ޓެކްސީއަށް އަރާ އަރުކަން ދާން ބުނިތަނެއް ނޭގި އިދެ ތަމަން ބުނެލިއެވެ.
ގެއަކަށްނު..، އަރުކަން ބުނެލިއެވެ.
ޕިސް..، އަހަރެން ބުނީމެންނު ނިކްއަށް ސާޕްރައިޒްއެއް ދޭށޭ ނުބުނެ މިދަނީ..، ނިކްއަށް ނޭގޭނެ އަހަރެން އެއްކޮއް ކިޔަވާ ނިމުން ކަމެއް ..، އަހަރެން އޭނައަށް ސަޕްރައިޒް ދޭންވެގެން އަދިވެސް ވަން އިޔާ އެބައޮތޭ ކިޔައިން މިއުޅެނީ..،، އަހަރެން ކުއްލިއަކައް ފެނުނީމަ އޭނައަށް ކިހިނެއްބާ ވާނީ..، ތަމަން ހިނިތުންވެލަމުން ބުނެލިއެވެ.
އެހެންވީމަ ކޮންތާކައް ދާންވީ..، ކާފަގެ ހޮޓެލް ކިހިނެއްވާނެ..، އަރުކަން ބުނެލިއެވެ.
ކަމަކު ނުދާނެ ...، އެތަނަށް ވަންނަ އެންމެން ނިކްއަށް އެނގޭނެ ދޯ..، ގަމާރު..، ތަމަން ނިތްކުރީގައި އަތްލަމުން ބުނެލިއެވެ.
ހޫން ހެވޭ..، އަހަރެން މީގަމާރެއްވިއްޔާ ތިވެސް ގަމާރެއް އިނގޭ..،އަރުކަން ތުންއަބުރާލަމުން ބުނެލިއެވެ.
ހިނގާބަ ޑެއިލީ ރެންޓައް ދޭ ތަންތަން ހުންނާނެއްނު..، މިރޭ އެތާ މަޑުކޮއްފަ މާދަން ނިކްމެންގެއަށް ނޫނީ ހޮޓެލްއަށް ޗޭންޖްވާނީ..،ތަމަން ބުނެލިއެވެ.
އޯކޭ އޯކޭ...،އަރުކަން ބުނެލިއެވެ.
މިރޭ އަހަރެން ނިކް ކައިރިއަށް ދާނީ އޭގެ ކުރިން އެއްކަލަ ކަންތައް ބަލަން ހިނގާބަލަ..، އެގޭ އެޑްރެސް އެނގިއްޖެ ތަ..، ؟ތަމަން އެހެން ބުނެލި އިރު އެލޮލުގައިވި ރިހުން އަރުކަންއަށް ނަގައިގަންނާކައް އުދަގުލެއް ނުވިއެވެ،
ހޫމް އެޑްރެސް ލިބިއްޖެ މިއަދު އެކަމާވެސް އުޅެންވާނެ..، އަރުކަން ތަމަން އަށް ބަލައިލަމުން ބުނެލިއެވެ.
އަހަރެންނަށް އެއްވެސް ކަމަކައްވުރެ އެކަން މުހިންމު..، އަހަރެންގެ ދޮންތައަށް އެހާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ..، އަހަރެން ދޮންތަ ކުރިމައްޗައް އަރާ އެސުވާލް ކުރަން ބޭނުން...،ތަމަން އެހެން ބުނެލި އިރު ކަރުނަ ތިކި ލޮލާ ވަކިވެގެން އައިސް އުނގުމައްޗައް ވެއްޓުނެވެ.
**
ތަނުގައި މީހުން ގިނަވެ އަޑުފައްގަނޑު ވަނީ ގަދަވެފައެވެ. ފެމެލީމީހުންނާއި އެމީހުންގެ ރައްޓެހިންގެ އަޑުތަކުން މުޅިއެތަންވަނީ ހަލަބޮލި ކޮއްލާފައެވެ.
އެއްބަޔަކު ތަން ޑެކަރޭޓްކުރަމުން ދިޔައިރު ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ
ދަތްމައްޗައް ތުންނާރާ ފައްވާޒް ގޭތެރޭ ދެކޮޅައް ހިނގާލަ ހިނގާލަ ހުރީ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދޭތޯ ބަލަން ވެގެންނެވެ.
މިއީ ހަޔާތުގައިވެސް އޭނަ އެންމެ ބޭނުންވި ދުވަހެއެވެ. މި އުފާވެރި ދުވަހު އެއްވެސް ކަމެއް ގޯހުން ދާން ފައްވާޒް ބޭނުމެއް ނުވެއެވެ.
ކޮބާ ކާޑް ތައް ބަހާ ނިމިއްޖެތަ؟ ކާޑް ތައް ބެހުމައް ހަމަ ޖައްސާފައިވާ ކުއްޖާ އެތެރެއަށް ވަދެގެން އަންނަ ތަން ފެނުމުން ފައްވާޒް ބުނެލިއެވެ.
ލައްބަ ލިސްޓްގަ ހުރި ހުރިހާ އެންމެންނައް ކާޑްތައް ބަހާ ނިމިއްޖެ..، އެޒުވާނާ ބުނެލިއެވެ.
އެންމެ ރަގަޅު..، ފައްވާޒް އެހެން ބުނެ ތަން ތައްޔާރު ކުރަން އުޅޭ ކުދިން ކައިރިއަށް ނިކުތެވެ.
ހުޅުމާލޭގައި ހުރި ފައްވާޒްގެ އެންމެ ބޮޑު ހޮޓެލްގެ އެންމެ މަތި މިރެއަށް ޓަކާ ތައްޔާރުވަމުން ދިޔައިރު ނާއިކްގެ ހިތައް ވަނީ ފުންއަސަރެއް ކޮއްފައެވެ.
ލޮލުތެރޭގައި ފޮރުވިގެން ތިބި ކަރުނަ ތިކިތައް ހީވަނީ ދެންމެ ދެންމެ ލޮލާ ވަކިވެގެން ފައިބައި ގަނެފާނެ ހެންނެވެ.
**
ކާރު ޑްރައިވަރައް ރުފިޔާ ދިނުމަށް ފަހު އަރުކަންގެ ފަހަތުން ތަމަން ހިނގައިގަތެވެ.
ވަރައް ވަރުބަލި ވެއްޖެ..، އިހަށް ބޭނުންވަނީ ރެސްޓެއް ކޮއްލަން..،އަރުކަން ތަމަން ހުރުމަށް ހަމަޖެހިފައިފާ ކޮޓަރީގައި އޭނަގެ ފޮށި ބެހެއްޓުމަށްފަހު ޖެހިގެން ހުރި ކޮޓަރިއަށް ދިއުމައްޓަކާ ހިނގައި ގަންނަމުން ބުނެލިއެވެ.
އޯކޭ ދޭ..، އެކަމަކު މިރޭ އަހަރެންގެ އެއްވެސް ޕުލޭންއެއް ފަނިވިޔަ ދީގެން ނުވާނެ...،ނިކްއަށް އަހަރެން ފެންނަ އިރަޢް ކިހިނެއްބާ ވާނީ.....،ނިކުންނަން ދިޔަ އަރުކަން ހުއްޓި ހުރީ ތަމަންގެ ވާހަކަ ނިމެންދެންނެވެ.
އޯކޭ އެއްވެސް ކަމެއް ފަންޏެއް ނުވާނެ...، އަހަރެން ވަންއަވާ ނިދާލާފަ ހޭލާނަން ނައިން ވާއިރު އަހަރެމެން ތިބޭނީ އެގޭ ދޮރުމަތީ..، ހެޕީތަ؟ އަރުކަން އެހެން ބުނެލުމުން ތަމަން ބޯޖަހާލީ ހިނިއައިސް އިނދެއެވެ.
އަރުކަން ނިކުމެގެން ދިއައީމަ ތަމަން އެނދުގައި އިށީނދެ ފޮށި ހުޅުވާލިއެވެ. ފޮށިންނެގި އަގުބޮޑު ސެންޓް ފުޅިއަށް ބަލަން އިރުކޮޅަކު އިނުމަށް ފަހު އެނދުމަތީ އެއްފަރާތެއްގައި ބާއްވާލުމައްފަހު ދެން އަތުގައި ޖެހުނު އެތި ނަގާ އިރުކޮޅަކު އެއަށް ބަލަހައްޓައިގެން އިނެވެ. ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ ފުރޭމްއަކަށް ލައިފައި ތިރީގައި އައިލަވްޔޫ ޖަހާފައި ކައިރީ ރަތް ކުލާގެ ހިތެއް އިނެވެ.
ފޮށިން ނެގި ކުޑަ ފޮއްޓަށް ފްރޭމްއާއި ސެންޓްފުޅި ލުމައްފަހު ގޯލްޑް ކުލައިގެ ކަރުދާހަކުން ޕާރުސަލް ކޮއްލިއެވެ.
އަހަރެން ނިކް ކައިރީ ނުބުނެ އެއްކޮއް ނިމިގެން އައުމުން އަހަރެންނަން އެނގޭ ނިކް އުފާ ވެގެން އުޅޭނެގޮތް..، މިހާރުވެސް ޔަގީން އަހަރެން ނަންބަރު ނިއްވާލާފައި އޮތުމުން ހުންނާނެކަން ކަންތައް ..، ޔަގީން މިހާޜު ދައްތަ އަށް ގުޅާލާނެކަން..، ހެހެހެ ކިތަންމެ ވަރަކަށް ގުޅިޔަސް އެއްވެސް މީހެއް ނިކްގާތު އަހަރެން އައި ވާހަކައެއް ނުބުނާނެ..،
ތަމަން ހިނިއައިސް އެކަނި އިނދެ ވާހަކަ ދެއްކިއެވެ.
**
ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސް ބިންމަތީގައި އޮތްބައި އަތައް ހެޔޮވަރު ކޮއްލަމުން އެވްލިން ހިނގައި ގަތީ ދެފަރާތް ހޯދަމުންނެވެ.
ކުޑަ ބައްޕާ ކޮބާ ނިކް..، އެވްލިން ހޯލްތެރެއަށް ނިކުމެގެން އައި އިރު ނާއިކް ފެންނަން ނެތުމުން ބުނެލިއެވެ.
އަދިވެސް ރެޑީ ނުވޭތަ ދަރިފުޅާ..، ކޮޓަރީ ދޮރުގައި ޖަހާލަމުން ފައްވާޒް ގޮވާލިއެވެ.
މުށިގަނޑު މަތީގައި އިށީދެ އެނދުގައި ބޯއަޅާލައިގެން ނާއިކް އިންދައި ފައްވާޒްގެ އަޑު ކަންފަތުގައި ޖެހުމުން ދެލޮލައް ގިނަވެފައި ހުރި ކަރުނަތައް ފޮހެލަމުން ތެދުވެ ދޮރާ ދިމާއަށް ހިނަގއިގަތެވެ.
ދަރިފުޅު ލަސްވެގެން އެވީ އެބަ ހޯދާ..، މިހާރު ކައިވެނި ކޮއްދޭ މީހުންވެސް އެބަ އާދޭ..،އަވަހަށް އާދޭ..، ނާއިކްގެ އަތުގައި ހިފާ ހޯލާ ދިމާއަށް ހިނގައި ގަންނަމުން ފައްވާޒް ބުނެލިއެވެ.
ކައިވެނިކުރާ ވަގުތު ޖެހުމުން ގާޒީއާއި އެކު ދެހެކިންއާއި އެކު ފައްވާޒްއާއި ރިޔާޒް މޭޒް ދޮށުގައި އިށީނުމުން ޖެހިގެން އިން ދެގޮނޑީގައި އެވްލިންއާއި ނާއިކް އިށީނެވެ.
އެއާއި އެކު ގާޒީގެ ނަސޭހަތާއި އެކު އެވްލިންއާއި ނާއިކްގެ ކައިވެނި ކުރެވިގެން ދިޔައެވެ. ދެ ބައްޕައާއި އެވްލިންގެ ހިނިތުންވުން ފުޅާ ވެގެން ދިޔައިރު ނާއިކްގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ.
ކައިވެނިކޮށް ނިމުމާއެކު ޕާޓީ ފެށިގެން ދިޔައީ ރައްޓެހިންނާއި އާއިލާ މީހުންގެ އެދެމެފިރިންނައް ތަހުނިޔާ ކިޔަމުން ދިޔައެވެ.
މިކަންވެސް މިނިމުނީ...، އަހަރެން ވަރަށް ހިތް ހަމަޖެހިއްޖެ..،އެވްލިންގެ ހިނިތުންވުން ފެނި އަހަރެންގެ ހިތް އުފަލުން ރޮވިއްޖެ..، މަންމައަކާ ނުލާ އެވަރު ވެފަ ހުރިއިރު މިހާތަނައް ދުވަހަކުވެސް އެވީ ބޭނުންވި އެއްވެސް ކަމެއް އަހަރެން ނުކޮއްދީއެއް ނުހުންނާނެ...، އެންމެ ކުރިންވެސް އަހަރެންނައް އެގުނު އެވީ ލޯބިވަނީ ނާއިކް ދެކެ ކަން އެއީ އަހަރެން ބޭނުންވިވެސް ގޮތް..، އަހަރެމެންގެ އެކުވެރިކަންވެސް އިތުރައް މިބަދަހިވީ އަނެއްކަ..، ހެހެހެހެހެ ހިނިގަނޑެއް ޖަހާލަމުން ރިޔާޒް ފައްވާޒްއަށް ބުނެލިއެވެ.
އާން އަހަރެންނަށް ވެސް ނާއިކް ލޯބިވަނީ އެވީ ދެކެކަން އެގުމުން ވަރަށް ހިތްހަމަ ޖެހުން ..، އަހަރެން އެވީ މިބަލައިގަތީ އަހަރެންގެ އުފަން ދަރިއެއް ގޮތަށް..، އަހަރެންވެސް މިރޭ ވަރަށް ހިތް ހަމަ ޖެހިއްޖެ....،
ފައްވާޒްވެސް ބުނެލިއެވެ.
ޕާޓީއަށް އަންނަ މީހުންނާ ސަލާމް ކުރަން އެވްލިންއާއި ނާއިކް ހުއްޓިލައިގެން ހުރި އިރު އެންމެ ފަހަރަކުވެސް ނާއިކް އެވްލިންއަށް ބަލާނުލައެވެ. ނަމަވެސް އެވްލިންއަށް މިރޭ ނާއިކް ތައްޔާރު ވެފަ ހުރި އިރު ވަކިން ރީތިކަމައް ދައްކައެވެ. ހުދު ކުލައިގެ ގަމީހަކާއި ގަދަ ނޫ ކޯޓެއް ލައިގެން ހުރި އިރު ނާއިކްއާ ވަރައް ގުޅެއެވެ.
ކިޔެވުން ނިމި މާލެ އައިފަހުނ އިތުރައް އެވްލިން ފަލަވި އިރު ކައިވެނި ކުރާ ދުވަސް ޖެހުންއިރުވެސް ހަށިގަނޑު ހިއްކަން ބޭނުންވިޔަސް އެވްލިންއަށް އެކަމެއް ނުވިއެވެ. މާމެޑް ވެޑިންގް ޑްރެސްއެއް ލާން ބޭނުން ވިޔަސް ހަށިގަނޑު ބޮޑުވިއިރު ބަނޑު މާބޮޑައްލާފައި ހުރުމުން އެވްލިންގެ ހެދުން ފެހުމާ ހަވާލްވެ ހުރި މީޙާ އެވްލިންއަށް އެކަހަލަ ހެދުން ނުގުޅޭނޭ ކިޔާފައި ފަހާފައިވަނީ ލޭޒް ބޮޑް ތިރިގަނޑެއް ލާފައި ހުރި ހެދުމެކެވެ. އެހެދުމުގެ ދަށުން ލައިފައިވާ ބޮޑީޝޭޕާއިން އެވްލިންއަށް ހުރީ ވަރައް ބޮޑައް އުދަގޫވެފައެވެ.
**
ތައްޔާރު ވެއްޖެތަ؟ އަރުކަން ތަޅަށް އަނބުރާލަމުން ބުނެލިއެވެ.
މިރޭ ނިކް ދޮންބެ ފެއިންޓްވާނެ ކަން ޔަގީން..، ލޯ ގަނޑު ކައިރީ ހުއްޓި ލައިގެން ހުރި ތަމަންގެ ރީތިކަން ފެނި އަރުކަން ބުނެލިއެވެ.
އަސްލުވެސް ރީތިތަ؟ ނިކް އަށް ވާގޮތް ބަލާ ހިތުންވެސް ހުރެވެނީއެއް ނޫން..، ތަމަން ހިނިއައިސް ބުނެލިއެވެ.
މެރޫން ކުލައިގެ ޓޮޕްއެއް ލާފައި ހުރި އިރު މޭމަތީގެ ކަރާ ހިސާބުން ގައިގެ ހަމުގެ ކުލަ އެނގޭހެން ބޭނުންކޮއްފައި އިން ރޭދާ ކޮޅުން އެހެދުން ތަމަންއާ ވަރައް ގުޅެއެވެ. ތުންފަތުގައި ހެދުމާ ގުޅުވާފައި ޖައްސާފައިވާ ކުލައިން އިތުރައް ފުރިހަމަ ކަމައް ދައްކައެވެ.
އިސްތަށިގަނޑު ތިހެން ހާވާލައިންތަ ދަނީ..، ބުޅި އިސްތަށިގަނޑާ ކުޅެލަމުން އަރުކަން ބުނެލިއެވެ.
ހޫމް...، ނިކްއަށް އަހަރެން އިސްތަށިގަނޑު ބުޅިވީމަ ރީތީ ހާވާލާފަ އޮތީމަޔޯ..، އެހެންވީމަ ނިކް ކައިރިއަށް ދާނީ ނިކްއަށް ރީތި ގޮތަކައްނު..،
ކާރަށް އަރާ އިށީންނަމުން ބުނެލިއެވެ.
ކާރަށް އެރީން ސުރެ ތަމަންހެ ހިތް ނާއިކް ދެކޭ ހިތުން ވަނީ ކެއްމަދުވެފައެވެ.
ހިނގާ ފައިބަން މިއާދެވުނީނު..، އަރުކަން އެހެން ބުނުމުން ތަމަން އޭނަގެ ފަހަތުން ވަނެވެ.
ކޮބާ ނާއިކް..، އަރުކަން އޭނައަކީ ކާކުކަންވެސް ނުބުނެ ގޭތެރެއިން އެނމެ ފުރަތަމަ ފެނުން ބިދޭސީ މީހާ ކައިރީ އަހާލިއެވެ.
ނާއިކް ކޮއްކޮ ޕާޓީ ހުންނަނީ.،އެމީހާ ނުފަރިތަ ގޮތަކައް ބުނެލިއެވެ.
ކޮން ޕާޓީ ..، ޕާޓީ ކޮންތާކު އޮތީ..، އަރުކަން ބުނެލިއެވެ.
ބޮސް ހުޅުމާލޭ ހޮޓޭލް ގަ ޕާޓީ އޮންނަނީ....،..، އެއަންހެން މީޙާ ބުނެލިއެވެ.
ހިނގާ ދާން އަހަރެންނައް އެނގޭ އެ ހޮޓެލްގެ ނަން ..، އަރުކަންގެ އަތުގައި ހިފާ ދަމާލަމުން ތަމަން ބުނެލިއެވެ.
ހޯލްތެރެއަށް ވަދެގެން އައި ތަމަންއާއި އަރުކަން އެންމެން ގެ މޫނަށް ވަކި ވަކިން ބަލަމުން ކުރިއަށް ހިނގައިގަތެވެ.
ކައިވެނި ޕާޓީއެއްތަ؟ ވެޑިންގްޑްރެސް ލާފަ ހުރި ގާލްއެއް ފެނިއްޖެ ބޯއީ މޫނެއް ނުފެނުން..، ތަމަން ބުނެލިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް