ކަލޭ މިފަހަރު އަނެއްކާ ކުރިން ކުރިކަހަލަ ކަމެއް ނުކުރައްޗޭ..، މިބުނީ ކައެއަށް އެނގޭނެ ކައެއާއި ހެދި ނިކްހާއަށްވީ ގޮތް ..،މެންދުރު އެންމެ އަވިގަދަ ގަޑީގައި ގެއާއި ޖެހިގެންހުރި ކެފޭގެ މޭއްޒެއް ދޮށުގައި އިނދެ ހިޝާމް ބުނެލިއެވެ.
ނިކްހާ..، އެނަން އިވުމާއި އެކު ދާނިޔާލްއަށް އެނަން ކިޔާލެވުނެވެ. އެއާއި އެކު ދާނިޔާލްގެ ހިޔާލަށް އަންނަން ފެށީ މީގެ އަށް އަހަރު ކުރީގެ ހަދާންތަކެކެވެ.ހަދާން ކުރަން ބޭނުން ނުވާ މާޒީއެކެވެ.
ފުންނޭވާއަކާއި އެކު ދާނިޔާލްއަށް ދެލޯ މަރާލެވުނެވެ.
އެއީ މީގެ އަށް އަހަރު ކުރިއެވެ.
. އުމުރުން އަށާރަ އަހަރުގައި ކެންސަރު ބަލީގައި މަންމަ ދުނިޔެއާއި ވަކިވުމުން ބައްޕައާއި ދާނިޔާލްގެ ދިރިއުޅުން ހުއްޓުމަކަށް އައިކަހަލައެވެ.
ވަޒީފާއަކަށް ނުގޮސް ބައްޕަ ގާތު އެއްއަހަރު ހުރުމަށްފަހު ބައްޕަ ބޭނުންވި ގޮތަށް ދާނިޔާލް މާލެއައީ ބައްޕަގެ ރައްޓެއްސަކާއި އެކުގައެވެ.
ހަލަބޮލި މާލެއިން އެމީހާ ދާނިޔާލް ހުންނަން ހަމަޖައްސަދިނީ އެމީހާގެ ދައްތަގެފިރިމީހާގެ ދެކޮއްކޮއާއި އެކު އެކޮޓަރިންނެވެ.
ސަކަ މިޒާޖެއް ހުންނަ އެދެމީހުންނާއި ދާނިޔާލް މިޒާޖް އެއްގޮތްކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ.
މާލެ އައިތާ މާ ގިނިދުވަސްތަކެއްނުވަނީސް ދާނިޔާލްގެ ބައްޕަ ރައްޓެހި މޫސަ މާލޭގެ ނަންމަޝްހޫރު ހޮޓެލްއަކުން ދާނިޔާލްއަށް ވަޒީފާ ހަމަޖައްސައިދިނެވެ.
އެތާގެ ބޮޑުމީހާ ފައްވާޒްއަކީ އޭނަގެ އެއްއަތްކަހަލަ ގާތް ރައްޓެއްސަކަށް ވުމުންނެވެ.
ކޮބާ ކިހިނެއްވަނީ އެތަން ؟ ދާނިޔާލްއާއި އެކު އެކޮޓަރީގައި އެންމެ އެއްކޮށްއުޅޭ ރީހާން ބުނެލިއެވެ.
އެތަން ވަރަށް ސަޅި ..، އަހަރެން ބޭނުންވި ކަހަލަ ވަޒީފާއެއް މި ލިބުނީ..، އަހަރެން އަބަދުވެސް ބޭނުންވަނީ އެކަހަލަ ވިޔަފާރިއެއް ފަށައިގެން އުޅެން.. އެހެންވެ ކަންނޭގެ މިކަހަލަ ތާކުން އެވަޒީފާ އެހާ ފަސޭހައިން އެ ހަމަ ޖެހުނީ..، ދާނިޔާލް ހިނިއައިސް ބުނެލިއެވެ.
.
**
ޑިއުޓީއަށް ނިކުންނަންފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް އެހޮޓެލްގެ ހުރިހާ މުވައްޒަފުންނާއިވެސް ގާތް ގުޅުމެއް ދާނިޔާލްއާއި އުފެދުނެވެ.
އެގޮތުންވެސް އެންމެ ހާއްސަކަމަކާއި ގާތްގުޅުމެއް ދާނިޔާލްއަށް ބޭއްވުނީ އޭނައާއި އެކު ރިސެޕްޝަންގައި އިންނަ ނަޔާއާއެވެ.
އެދެމެދުގައި އުފެދުނު ރަހުމަތްތެރިކަމުން ދުވަހުން ދުވަހަށް އެގުޅުން ގާތްވަމުންގޮސް ދެމީހުންގެ ނަން ލޯބިވެރިންގެ ލިސްޓަށްވެސް އެރީއެވެ.
ނަޔާއަކީ ހަޔާތުގައިވެސް ކުއްޖަކު ދެކެ ދާނިޔާލްއަށް ތެދުވެރި ލޯއްބެއް ވެވުނު ކުއްޖާއެވެ. ދުވަހަކުވެސް އެގުޅުމައް ނިމުމެއް އަންނަން ދާނިޔާލްގެ ހިތަށް ކެތްނުވާނެއެވެ. އެހާވެސް އެހިތުގައި ނަޔާއަށް އޮތްލޯބި ވަރުގަދައެވެ.
ރައްޓެހި ވެގެން އުޅޭތާ ތިންމަސްވީ ފަހުން ކުއްލި ގޮތަކަށް ނަޔާ ހޮޓެލްގެ ވަޒީފާއިން ވަކިވިއެވެ. އެދުވަހު ނަޔާ ވަޒީފާއިން ވަކިވީއިރު ދާނިޔާލްގާތު އެއްވެސް ވާޙަކައެއް ނުދައްކައެވެ.
އެތަނުގެ މުވައްޒަފެއްގެ ފަރާތުން ދާނިޔާލްއަށް އެކަން އެނގުމުން ނަޔާއަށް އެތައްފަހަރަކު ގުޅިއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ނަޔާ ފޯނެއްނުނަގައެވެ.
އޭ.........، ހާދަ ބޮޑު ފިކުރެއްގަ ؟ ކިހިނެއްވީ އަދިވެސް ނިކްހާއަށް ހިތްގަނޑު އޮވޭ ދޯ؟ ދާނިޔާލްއަށް ވެފައިންގޮތް ފެނި ހިނިގަނޑެއް ޖަހާލަމުން ހިޝާމް ބުނެލިއެވެ.
އެހެންނުވާނީ ތިކަހަލަ ޓޮޕިކަށް ދަންޏާ..، ދާނިޔާލް ބުނެލިއެވެ.
އޭ ހިނގާ ދާން ކުޑަ މަސަތްކަތެއްވެސް އެބައޮތް .. ދާނިޔާލް ހިޔާލީ ދުނިޔެއިން ނިކުމެ ގޮނޑިން ތެދުވަމުން ބުނެލިއެވެ.
**
ގޭތެރެއަށް ވަދެގެން އައި ދާނިޔާލްގެ ސިކުޑީގައި އަދިވެސް އެބުރެމުންދިޔައީ އެ ހިޔާލް ތަކެވެ.
ކުރިމަތީ އުދޯލީގައި ހެއްލަން ތަމަން އިންކަންވެސް މިފަހަރު ދާނިޔަލްއަށް ނޭނގޭނެއެވެ. އެދިޔަ ބާރުމިނުގައި ދާނިޔާލް ވަނީ ޢޭނަ ކޮޓަރިއަށެވެ.
ބޮލުގައި ފިރުމާލަމުން ދާނިޔާލް އެނދުގައި އޮށޯވެލިއެވެ. އެއާއި އެކު އަނެއްކާވެސް އެހިޔާލްތައް އޭނައަށް އުދަގޫ ކުރަން ފެށިއެވެ.
ނަޔާއާއި ގުޅުން ކެނޑި ދެދުވަސް ފަހުން ދާނިޔާލްގެ ފޯނަށް މެސެޖްއެއްލިބުނެވެ. އެމެސެޖް ކިއާލުމާއިއެކު ދާނިޔާލްގެ ހިތުގެ ހިގުން ހުއްޓުނުކަހަލައެވެ.
މިއޮށްހުރިހާ ދުވަހު ދާނިޔާލް ހީކޮށްގެންހުރީ ނަޔާލޯބިވީ އޭނަ ދެކެ ކަމަށެވެ. އަދިވެސް އެއްފަހަރު ދާނިޔާލް މެސެޖް ކިޔާލިއެވެ. ނަމަވެސް ލިޔެފައިވާ ލިޔުމަށްބަދެލެއް ނާދެއެވެ. ލިޔެފައިވަނީ އެއްވާހަކައެކެވެ.
އަހަރެން އަބަދުވެސް ލޯބިވީ ނާއިކްދެކެ..، އަހަރެން ވަރަށް މަސަތްކަތް ކުރިން ދާނިޔާލްދެކެ ލޯބިވެވޭތޯ..،އެކަމަކު އަހަރެންނަށް އެކަމެއްނުވި.. ދާނިޔާލް އަހަރެންދެކެ ލޯބިވަންޏާ އަހަރެންނަށް މާފްކޮއްދީ..،
އެދުވަހުން ފެށިގެން ހިތުގެ އަޑިން ނާއިކްއަށް ނަފްރަތު ކުރެވެން ފެށުނެވެ.
އެކަމައް ބަދަލް ހިފުމުގެ ގޮތުން އެދުވަހުން ފެށިގެން ދާނިޔާލް ނިކްހާގެ ބޭނުން ހިފަން ފެށީ ނާއިކްމެން ފުރާނައަށްވުރެ ލޯބިވާ ކޮއްކޮއަށް ނިކްހާ ވުމުންނެވެ.
ނިކްހާއާއި ރައްޓެހިވެގެން އެތައް ހުވަފެނެއް ދެއްކުމައްފަހު ދާނިޔާލް ބޭނުންވި ގޮތައް ނިކްހާއަށް ހެދީއެވެ.
އެކަމަކު މިއަދު އެގޮތައް ކަންތައް ވުމުން ދާނިޔާލް ދެރަވެއެވެ. ކުށެއްނެއް މައުސޫމް ފުރާނައެއް އޭނަގެ ސަބަބުން ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ.
**
މެންދުރުގެ ގަދަ ހޫނުގައިވެސް މަގުމަތީ ހަލަބޮލިވެ އުޅޭ މީހުންނެއް މަދެއްނޫނެވެ..، އޮފީހުން ނިކުމެގެން މަގު ހުރަސް ކޮއްލުމަށްފަހު ނާއިކް ކުރިމަތީ އޮތް ކާރަށް އަރާ ކަރުގައި އޮތް ޓައި ކުޑަކޮށް ދޫކޮއްލިއެވެ.
ކޮބާ ބައްޕަގެ ލޯބި ދަރިފުޅު...، ސިޓިންގް ރޫމުގައި ކާޓޫނަށްގެއްލިފައި އިން ރިމިއާއި ގާތަށް ޖެހިލަމުން މާކިން ބުނެލިއެވެ.
ޑެޑީ....، ރިމީއަށް މާކިން ފެނުމާއި އެކު ގޮވާލުމަށްފަހު އުރާލާށޭ ބުނެ ދެއަތް ދިއްކޮއްލިއެވެ.
މާކިންވެސް ދަރިފުޅާ ސަކަރާތް ޖަހަމުން އޭނަ ނަގާ އުރާލިއެވެ.
ދަރިފުޅު މަންމި ކޮބާ؟ މާކިން ސިޓިންގްރޫމުގައި މީހެއް ނެތުމުން ބުނެލިއެވެ. މަންމި ދިޔައީ ފެންވަރަން..، ރިމީ ކުޑަ އަޑަކުން ބުނެލިއެވެ.
ޑެޑީ އެބައަންނަން ޑްރެސް ޗޭންޖް ކޮށްލައިގެން މާމަ އަންނަންދެން ބަސް އަހައިގެން އިންނާތި އިނގޭ..، ބަދިގޭގައި މުނާ އުޅޭތަން ފެނުމުން މާކިން އެހެން ބުނެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
މާކިން ކޮޓަރިއަށް ވަތްން އިރު ތާރާ ފެންވަރައިގެން ނިކުމެ ޑްރެސިންގޓޭބަލް ކައިރީ އިށީންނަނީއެވެ.
ހާދަ ވަރަކަށް ފެންވަރަނީ ..، މާކިން މަޖާ ވެލާފައި ބުނެލިއެވެ.
މިއަދު މިއުޅެނީ އެއްކަލަ ގޮތަށް ބޮލުގަ ރިއްސާތީ...، ވަރަށް ބޮޑަށް އެބަ ރިހޭ ..، ބޭސް ވެސް ކައިފިން އެކަމަކު ރަގަޅެއްނުވި..، ތާރާ އެހެން ބުނެލުމުން މާކިން ތާރާއާއި ގާތަށް ޖެހިލިއެވެ.
އަދި ތާރާގެ ބޮލުގައި އޮތް ތުވާލި ނަގުމަށްފަހު ބޮލުގައި ފިރުމަ ދޭންފެށިއެވެ. އިރުކޮޅަކުން ރަގަޅުވެދާނެ އާދޭ އޮށޯވެލަން ..، މާކިން ބުނެލިއެވެ،
**
ބައްޕާ ގޮވާލެއްވިންތޯ؟ ނާއިކް އައިސް ފައްވާޒްކައިރީ ސޯފާގައި އިށީންނަމުން ބުނެލިއެވެ.
އާން ..، ދަރިފުޅާ ..، ކޮބާތަ އެވީ؟ ފައްވާޒް ބުނެލިއެވެ.
ކޮޓަރީގަ ވެއްޖެ ..، ގޮވާލަން ވީތޯ ..، ނާއިކް ބުނެލިއެވެ.
ބައްޕަ ބުނަން އުޅުނު ވާހަކައަކީ މާފުށީގަ އަޅާ ހޮޓެލްގެ މަސަތްކަތްމިހާރު އެއްކޮށް ނިމެއްޖެއްނު..، ދަރިފުޅު ދާންވީނު އެތަން ބަލާލަން ..،ބައްޕަ މިވިސްނަނީ މިފެށޭ މަސްތެރޭ އެތަން ރަސްމީކޮށް ހުޅުވަން..، އޭގެ ކުރިން ދަރިފުޅު ގޮސް އެތާގެ ކަންކަން ނިންމާލާ ފައްވާޒް ބުނެލިއެވެ.
ލައްބަ ބައްޕާ..، އަޅުގަނޑު އެކަމާ އުޅޭނަން..، ކޮން އިރަކުން ފުރަންވީ..، ނާއިކް ބުނެލިއެވެ، މިހަފްތާ ނިމޭހާތާ ދިޔައިމަ ރަގަޅުވާނެ . މިފަހަރު ދާނީ އެވީ ގަބޫލިއްޔާ ދަރިފުޅު އެކަނި ..، ހުރިހާ ކަމެއް ރެޑީ ކޮށްފަ ހުޅުވަން ދާއިރު އެވީއާއި ހުރިހާއެންމެން ދާން ބައްޕަ ވިސްނަނީ..، ފައްވާޒް ބުނެލިއެވެ.
އެއީ މިހާރު ނާއިކްވެސް ބޭނުންވާ ގޮތެވެ. ހިތަށް ހަމަޖެހުން ހޯދާލަން އެންމެންނާ ދުރަށް ދުވަސްކޮޅަކަށް ގޮސްލަން ބޭނުމެވެ. ނަމަވެސް ކިތަންމެ ބޭނުންވިޔަސް ބައްޕައާއި ދެކޮޅަށް ކަންތައް ކުރާނެހާ ހިތް ވަރެއް ނެތުމުން ކިތަންމެ ބޭނުންވިޔަސް ނާއިކްއަށް ނުކެރެނީއެވެ.
**
ނިދަންތަ ތިދަނީ؟ އާދެބަލަ އަހަރެން ކައިރީ މިތާ އިރުކޮޅަކު މަޑުކޮށްލަން؟ ދާނިޔާލް ބުނެލިއެވެ.
އަހަރެން ވަރަށް ނިދިއައިސްގެން މިދަނީ..،ތަމަން ބުނެލިއެވެ.
އާން ކަލޭ މަށާ އަނގައިން ބުނަންވީމަ ނިދިވެސް އަންނަނީ..، ކަލެއަށް އެހެން ފިރިހެނުންނާ ހަމަ ބަރާބަރަށް ވާހަކަ ދެއްކޭ..، އަހަރެން ދެކުނީމޭ މިއަދުވެސް ކައެ އުނދޯލީގަ ހެވިފަ ހައިޝަމްއާ ވާހަކަ ދައްކަން އިންތަން؟ ދާނިޔާލް އެހެން ބުނުމުން ތަމަން ލޯ ހިމަކޮއްލަމުން ބަލާލިއެވެ.
ތިބުނާ ހައިޝަމްއަކާ އަހަރެން ވާހަކައެއް ނުދައްކަން..، އޭނަ ބުނީ ދާނިޔާލް ކޮބާ ހޭ؟ އަހަރެން ހަމަ އެކަނި އޭނަ ގާތު ބުނީ ދާނިޔަލް ހުރިތަން" ތަމަން އަމިއްލަ ދިފާއުގައި ބުނެލިއެވެ.
ހެވޭ މިބުނީނު ވާޙަކަ ދައްކައިގެން ނުވާނޭ އަޑު އިވިއްޖެތަ؟ އަޑަށް ބާރުލަމުން ދާނިޔާލް އެހެން ބުނުމުން ތަމަން ހުރީ ބިރުންނެވެ.
އަވަސް އަވަހަށް ބޯޖަހާލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައި ގަންނަން އުޅުނެވެ.
އެކަމަށް ހުޝިޔާރުވެ ހުރި ދާނިޔާލް ތަމަން އަތުގައި ހިފާ ގަޔާ ދިމާއަށް ދަމައިގަތެވެ. ނުވިސްނާ ހުރި ތަމަން އެބާރުމިނުގައި ދާނިޔާލްގައިގައި ޖެހުނެވެ. ހަމަ އެވަގުތު ތަމަންގެ ގައިގައި ދާނިޔާލްގެ ދެއަތުން ވަށާލިއެވެ.
ދޫކުރޭ..، ދޫކުރޭ..، ތަމަންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް