ތިހިރަ އަންނަނީނު ...، މާކިންމެންނާ ތަންކޮޅޭއް ދުރުން ހިނގާފައި އައި ނާއިކްއާ ދިމާލައް އިނގިލި ދިއްކޮއްލަމުން މާކިން ބުނެލިއެވެ.
އެ އަޑަށް ސިހިފައި އެވްލިން އެދިމާއަށް ބަލާލިއެވެ. ތުންފަތް މައްޗައް ހިނިތުން ވުމެއް ވެރިކޮއްލަމުން ހުރި ފިޔަވަޅުމަތީ އެވްލިންއަށް މަޑު ޖެހުވުނީ އެހާ ދުވަސް ފަހުން ނާއިކް ފެނުނު އިރު އޭނަގެ ފުރިހަމަކަން ފެނިއެވެ.
މާކިންއާއި ތާރާއަށް އަތުގެ އިސާރާތުން ދަނީ ކަމައް ބުނެ އެވްލިން ޓްރޮލީއަށް ފޮށިލައިގެން ބާރު ފިޔަވަޅު ތަކެއްގައި ނާއިކުއާ ދިމާލައް ހިނގައިގަތެވެ.
އަހަރެން ހީކުރީ ނިކް ނާންނާނެ ކަމަށް ....، ވަރަށް ވަރަށް ހެޕީ ވެއްޖެ އައީމަ..،،، އެވްލިން ވީ އުފަލުން ނާއިކްއާ ކައިރިވެލަމުން ބުނެލިއެވެ.
މިފަހަރު އެކޮޅުން ކާއެއްޗެއްވެސް ނުލިބޭދޯ؟ ނާއިކު އެވްލިންގެ ޗަބީ ހަށިގަނޑު ފެނުމުން ދިމާކޮއްލާ ކަހަލަ ގޮތަކައް ބުނެލިއެވެ.
ދެން ނިކް...، އެނގޭ އަހަރެން ހަޑިވީމަ މަލާމާތް ކުރަނީ ކަން ..، އެންމެން ދެން ނިކްއާ ނިކްގެ ބެސްޓްފްރެންޑްހާ ރީއްޗެއް ނުވާނެ..، އެވްލިން ލޯއަޅާލަމުން އެހެން ބުނެލުމުން ނާއިކު ގާތައް އައީ ލާނެތް ހިންޏެކެވެ.
އަދި ހަދާން ނެތިފައޭ މިހިރީ..، އަހަރެންނާ އެއް ފުލައިޓެއްގަ މާކްއާ އޭނަގެ ވައިފްވެސް އައޭ..، އެވްލިން ކުއްލިޔަކައް ހަދާންވާކަހަލަ ގޮތަކައް ބުނެލިއެވެ.
އެތިބީ އެމީހުން..، ތަންކޮޅެއް ދުރަށް އިގިލިން އިޝާރާތް ކޮއްލަމުން އެވްލިން ދައްކާލިއެވެ.
މާކްގެ ވައިފްވެސްތަ..، އޭނަ ވައިފް އަހަރެންނައް ނުދައްކާ އެގެންގުޅެނީ..، މިއަދު ލަނޑެއް ދޭނަން ހިނގާ ދާން..، ނާއިކް ބުނެލިއެވެ.
އުނހު ..، ފަހުން ދާނީ ފެމިލީ އެންމެން އެބަ ތިއްބެއްނު..، އެހެން ނޫނަސް އަހަރެން މިހުރީ ވަރަށް ބޮޑަށް ޓޮއިލެޓްއަކަށް ދާންވެފަ..،އެވްލިން އެހެން ބުނެލުމުން ނާއިކް އެވްލިންއާއި އެކު އެތަނުން ނިކުންނަން ހިނގައިގަތެވެ.
**
ދަރިފުޅު ނެތީމަ މުޅި ގެވެސް ފަޅުވެފަ..، މަންމަ ފޫހިވެގެންވެސް ކިރިޔާ ހަލާކު ނުވީ..، ތާރާ ފެނުމާއެކު މުނާ ބުނެލިއެވެ.
ތެދެއް ތާރޫ..، މަންމަ އަބަދު ތާރުގެ ވާހަކަ ދައްކަނީ ..، ފޫހިވަނީ އޯ ދެން ނޭނގެ މަށަކައް ..، ރަނާ މަޖާ ވެލާފައި ބުނެލިއެވެ.
އެހެންނު ވާނީ ރަނާ ގޭގަ އުޅުނަސް ތީ ހަމަ ނެއް މީހެއް ވިއްޔަ.. ދެން މީހަކު ފޫހި ނުވިއްޔާ ދެރަ..، ގޭގަ އުޅުނަސް އަބަދު ފޯނާ ކުޅެން އޮންނާނީ..،މާކިން ބުނެލިއެވެ.
ދޮންބެ ގޭގަ އުޅުނަސް ތިވެސް ހަމަ ނެތް މީހެއް ..، ހަމަ އަބަދު ފޯނާ ކުޅެން އޮންނާނީ...، ރަނާ ތުން އަބުރާލަމުން ބުނެލިއެވެ.
އެއްކަލަ ދެމީހުން ފެށީއޭ ދޯ ..، މަގުމައްޗެއް ގެއެއް ނޯންނާނެ މިދެމީހުންނަކަށް..، މުނާ ލޯއަޅާ ލަމުން ބުނެލިއެވެ.
ކޮބާ ހިނގާ ދާން ދަރިފުޅުމެން..، ވަސީމް އެތަނައް އައިސް ހުއްޓިލަމުން ބުނެލިއެވެ.
ކޮބާ ކޮއްކޮގެ ހާލު ރަނގަޅު ތަ؟ ވަރަށް އުފަލުން ދޯ ހުރީ ދަރިފުޅުމެން ދިޔައީމަ؟..މުނާ ތާރާއާއި އެކު ހިނގައި ގަންނަމުން ބުނެލިއެވެ.
އާން ވަރައް އުފާ ވެފަ ހުރީ އެދުވަހު...، އަންނަން އުޅުން އިރު ވަރައް ރުއި..،ތާރާ ބުނެލިއެވެ.
އަދިވެސް ނޫޅޭތަ ނިމޭކަށް ..، ޗުއްޓީއެއް ލިބުނީމަ ވާނެ ގެންނަން..، މުނާ ބުނެލިއެވެ.
އަދިވެސް އެބަ އޮތް ދެތިން އަހަރު..، ތާރާ ބުނެލިއެވެ.
މާކިން ކާރުގެ ދޮރުފަތް ހުޅުވާލަ ދިނުމާއެކު ތާރާއާއި މުނާ އެރިއެވެ. ފަހަތުން ރަނާވެސް އަރާ ހަމަޖެހިލިއެވެ.
ޑްރައިވަރު ސީޓްގައި މާކިން އިށީނުމުން ވަސީމް އެއާ ޖެހިގެން އިން ސީޓްގައި އިށީނެވެ.
ކީއްވެތަ މާވީ ނައީ؟ ކާރު ދުއްވާލަމުން މާކިން އަހާލިއެވެ. މާވީ މާ ބިޒީ ވިއްޔޯ އަންނަން ވެގެން އުޅެނިކޮއް ގުޅާފަ ބުނީ..، ވަސީމް ބުނެލިއެވެ.
**
ހަދީޖާ މިއޮއް އައީ އެމަންޖެ..،އަވަހައް ޖޫސްތައްޓެއް ގެނޭ ވަރަށް ވަރުބަލި ވެފަ ހުންނާނީ..، އެވްލިން ފެނުމާއެކު ފައްވާޒްގެ ހިނިތުންވުން ފުޅާވިއެވެ.
ކުޑަ ބައްޕާ އަސްލުވެސް ވަރައް ވަރުބަލި ވެފަ ހުރީ...، އެކަމަކު މިހާރު ނިކްއާއި ކުޑަ ބައްޕަ ފެނުނީމަ ހުރިހާ ވަރުބަލިކަމެއް ފިލައިން ގޮއްސި..، އެވްލިން ނާއިކްއަތުގައި ހިފައިން އައިސް ފައްވާޒް ކައިރީ ހުރި ސޯފާ ގައި އިށީންންމުން ބުނެލިއެވެ.
ދަރިފުޅުގެ ބައްޕަ މިހާރު އެބަ އާދޭ ގެއަށް ..، އައީމަ ދޯ ކާނީ އިހަށް ޖޫސްތަށި ބޯލާ..، ހަދީޖާ ޖޫސްތަށި އެވްލިންއަށް ދިއްކޮއްލުމުން ފައްވާޒް ބުނެލިއެވެ.
ކިހިނެތް ކިޔެވުމުގެ ކަންތައް ތައް..، އެކޮޅުގެ ހުރިހާ ކަމެއް ރަނގަޅުތަ؟ ކުޑަ ބައްޕަ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ދަރިފުޅުގެ ކިޔެވުން ނިމިގެން މިކޮޅަށް އަންނަން ..، ފައްވާޒް ބުނެލިއެވެ.
އަޅުގަނޑުވެސް އެކޮޅުގަ އުޅޭހިތެއް ނުވޭ ..، އެކަމަކު ބައްޕަ ބޭނުންވާތީ މިދަނީވެސް..، އެވްލިން ޝަކުވާގެ ރާގަކައް ބުނެލިއެވެ.
ޑޭޑް....، ގޭތެރެއަށް ވަދެގެން އައި ރިޔާޒް ފެނުމާއި އެކު އެވްލިން ސޯފާއިން ފުއްމާލައިގެން އެދިމާޔައް ދަމުން ގޮވާލިއެވެ.
އެވްލިން ދިޔަ ގޮތައް ކުޑަ ކުއްޖެއްހެން ރިޔާޒް ގައިގައި ބައްދާލިއެވެ. އައި މިސްޑް ޔޫ ޑޭޑް..،އެވްލިން ދެރަވެފަ ބުނެލިއެވެ.
އައި މިސް ޔޫ ޓޫ ޑޯޓާ..،، ރިޔާޒް އެވްލިންގައިގައި ބައްދާލައިން ހުރެ ބުނެލިއެވެ.
ހިނގާ ދެން ކާން ދާން..، ފައްވާޒް ސޯފާއިން ތެދުވެ އެމީހުން ކައިރީ ހުޢްޓި ބުނެލިއެވެ.
އެހެން ބުނުމުން އެވްލިން ރިޔާޒްގެ ގައިން ދޫކޮއްލާ އެންމެން އެކުގައި ހިނގައި ގަންނަމުން އެވްލިން ބަލާލިއެވެ.
ކޮބާ ނިކް..،އެވްލިން ވަށައިގެން ހޯދާލިއިރު ނާއިކް ފެންނަން ނެތުމުން އަހާލިއެވެ.
އެދިޔައީ ރޫމަށް ކަންނޭގެ ..، ދޭބަލަ ދަރިފުޅު..، ފައްވާޒް އެހެން ބުނެލުމުން ސިޓިންގްރޫމުން ވަދެވެން އިން ނާއިކްގެ ކޮޓަރިއާ ދިމާލައް އެވްލިން ހިނގައިގަތެވެ.
ޓަކި ޖަހާލުމެއްވެސް ނެތި އެވްލިން ތަޅުގައި ހިފާ އަބުރާލަމުން ކޮޓަރިތެރެއަށް ވަނެވެ. ކޮޓަރީގައި ނާއިކް ފެންނަން ނެތުމުން އެވްލިން ފާހާނާއާ ދިމާލައް ހިނގައިގަތެވެ. އިސްކުރު ދޫކޮއްލާފައިވާ އަޑު އިވުމުން އަބުރާލާފައި އައިސް ނާއިކްގެ އެދުގައި ޖައްސާލީ ނިކުންނަންދެންނެވެ.
ފާހާނާ ދޮރު ހުޅުވާލި އަޑަށް އެވްލިން އެދިމާލައް ބަލާލިއެވެ. ހަމައެކަނި ތުވާއްޔެއް އަދެލައިގެން ހުރި އިރު އެހަށިގަނޑުގެ ފުރިހަމަކަން ފެނި އެވްލިންއަށް އެސްފިޔަ ޖަހާލަން ވެސް ހަދާން ނެތެވެ.
ފާހާނާއިން ބޭރަށް ފިޔަވަޅު އަޅާލުމާއެކު އެދުގައި އޮތް އެވްލިން ފެނި ނާއިކްއަށް ދެލޯ ބޮޑުކޮއްލެވުނެވެ.
އެވީ......، އަޑަށް ބާރުލަމުން ނާއިކް އެހެން ގޮވާލުމުން ހުވަފެނެއްގައި އޮތް މީހެއް ހެން ސިހިފައި އެވްލިންއަށް ތެދުވެވުނެވެ.
މީހުންގެ ކޮޓަރިއަށް ވަންނައިރު ދޮރުގައި ޖަހާލުމެއް ކަމެއްވެސް ނެތްތަ؟..، ވަންނާށޭ ނުބުނަންޏާ އޭގެ މާނަކީ ނުވަންނާށޭ..، ނާއިކް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
މީގެ ކުރިންވެސް އަހަރެން މިކޮޓަރިއަށް ވަންނަނީ ނިކް ހުއްދަ ދީގެންނެއްނޫން..، އަހަރެން ބޭނުން ކޮންމެ ގަޑިއަކު ވަނުމުގެ ހުއްދަ ނިކްއޮންނަނީ އަހަރެންނައް ދީފަ..، އެހެން ވީމަ މިފަހަރު ނިކް ތިހާ ހިތް ހަމަ ނުޖެހޭނެ ކަމެއް އަހަރެންނަކަށް ނޭނގޭ..، އެވްލިން ދެރަވެލާފައި ބުނެލިއެވެ.
އަދި އެދުން ފައިބައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ،
އެވީ..، އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން ..، ވަރަށް ވަރުބަލި ވެފަ ހުރީމަ ބުނެވުން އެއްޗެއް..، އެވްލިން ފެންނައިރަށް ބައްޕަ ކަންތައް ބޮޑުކޮއްލާނެ ވަރު އެނގި ނާއިކު އެހެން ބުނެލިއެވެ،
ހަގީ ގަތުގައިވެސް އޭނަ ހުރީ އެއާޕޯޓް ތެރޭ އެންމެންގެ ތެރޭ އެވްލިން އޭނަ ގައިގައި ބައްދާ އުޅުން ގޮތުން އެކަމާ ހިތްހަމަ ނުޖެހިފައެވެ،
ކުރިން އެވްލިން އެހެން އުޅޭއިރު އަޅާ ނުލިޔަސް މިހާރު އެކަމާ އަޅާނުލާ ހުންނަން ނާއިކް ބޭނުމެއް ނުވެއެވެ. ނާއިކްއަށް އެއްވެސް މީހަކައް ވުރެވެސް މިހާރު އާޝާ މުހިންމެވެ.
ނަމަވެސް ބައްޕަ ހިތްހަމަ ނުޖެހޭކަށް ނާއިކް ބޭނުމެއް ނުވެއެވެ.
ބައްޕަ ފޮނުވައިގެންތަ ތިއައީ...،ނާއިކް އެހެން އަހާލުމުން އެވްލިން ބޮލުން އާއެކޭ ބުނާގޮތަށް ހަދާ ލިއެވެ.
މަޑުކޮއްލާ މިނިމެނީ..، ނާއިކް އެހެން ބުނެ ލާން ގެންގުޅޭ ޝޯޓް ހިފައިގެން ފާހާނާއަށް ވަނެވެ.
ކުޑައިރުކޮޅަކުން ޝޯޓް ލައިގެން ނިކުމެ ޓީޝާޓެއް ލަމުން ލޯ ގަނޑު ކައިރީ ހުއްޓީ ބޮލުގައި ކްރީމް ކޮޅެއް ހާކާލުމައްފަހު ސެންޓް ފުޅީ ގަޔަށް ޖަހާލުމައްފަހު އެވްލިންއާ ދިމާލައް އެބުރިލިއެވެ.
ހިނގާ ދާން..، ބައްޕަ އިންނާނެ މިހާރު އެވީ ނުގޮސްގެން ނުކެވިފަ..، ހިތްހަމަ ނުޖެހިފައި ހުއްޓަސް އެކަން އެވްލިންއަށް ފޮރުވަމުން ނާއިކް ބުނެލިއެވެ.
އާދޭ ދަރިފުޅާ ..، ދަރިފުޅު ނައިސްގެން ނުފެށިފަ މިތިބެނީ..، ކޮޓަރިން ނިކުމެގެން ކާ މޭޒާ ދިމާލައް އައި އެވްލިންއަށް ފައްވާޒް ބުނެލިއެވެ.
އެވްލިންއާއި އެކު ޖެހިގެން އިން ގޮނޑީގައި ނާއިކް އިށީން އިރު ދެ ބައްޕަގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަން ހުއްޓެވެ.
ހަދީޖާ އެންމެން ކާން އިށީންއިރު ތަށިމަތި ބަލަހައްޓަން ހުއްޓެވެ.
**
ކިހިނެތްވީ..، މިއަދު ހާދަ ވަރަކަށް ނިދާ ދުވަހެއް ...، ބޭބީ ބަލީތަ؟ބަލި ނޫންނަމަ ބޭބީ ތިހެން ނޯންނާނެ..،މާކިން ހެދުނު އޮފީހައް ދިޔައިރުވެސް ތާރާ އޮށޯވެ ޑިއުޓީ ނިންމާފައި އައި އިރުވެސް އޮށޯވެ އޮތްތަން ފެނުމުން ބުނެލިއެވެ.
ހަމަ ބޯއަނބުރަނީ ..، ތެދުވާއިރަށްވެސް ހީވަނީ ވެއްޓިދާނެހެން ..، މިހާރު ދެފަހަރު ހޮޑުވެސް ލެވިއްޖެ...، ރޭގަވެސް ވަރަށް ބޯ އެނބުރި...، ތާރާ ބުނެލިއެވެ.
އަސްލުވެސްތަ؟ތިވަރު ވީ އިރު ކީއްވެ އަހަރެން ކައިރީ ނުބުނެ ތިހުރީ ..، ހިނގާ އަވަހަށް ޑޮކްޓަރައް ދައްކަން ދާން..، މާކިން އެހެން ބުނެ ކޮޓަރި ދޮރުން ނިކުންނަން ހިނގައިގަތީ މަންމައަށް ގޮވަމުންނެވެ.
ތާރާ ގޮވައިގެން މާކިން ޑޮކްޓަރައް ދައްކަން ދިޔައިން ސުރެ މުނާ އިންތިޒާރު އެކުރަނީ އެމީހުން އެނބުރި އަންނާނެ އިރަކަށެވެ.
މާމަ ދަރިއެއްގެ އިންތިޒާރު މުނާ ކުރާތާ މިހާރު ކިތަންމެ ދުވަހެކެވެ. މިއަދު އެހުވަފެން ހަގީގަތަކައް ވެއްޖެ ނަމަ އެހިތް އުފަލުން ފުރޭނެއެވެ.
މަންމާ......،ތާރާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން އައި މާކިން ގޮވާލުމާއެކު މުނާ އެދިމާލައް ބަލާލިއެވެ.
އަދި އަވަސް ފިޔަވަޅު ތަކެއްގައި މާކިންމެން ގާތައް ގޮސް މުނާ ތާރާގެ އަތުގައި ހިފާލިއެވެ.
ކީކޭތަ ޑޮކްޓަރު ބުނީ ހާދަ އިރެއް ފަހުން ތިޔައައީ..، މަންމަ ކޮން އިރެއް މިހާރު ނައިސްގެން މިތާ ހުންނަތާ..، މުނާ ބުނެލިއެވެ.
ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން މަޑުކޮއްލީ އެހެންވެ ލަސްވީ..، މަންމާ މަންމަ މާމަ އަކަށްވަނީ..، ހުރިހާ ދަތްތައް ފެންނަވަރައް ހިނިއައިސް ހުރެ މާކިން އެހެން ބުނެލުމާއެކު ..، މުނާއަށް ހަމްދު ކިޔުނެވެ.
ދަރިފުޅާ މަންމަ މިއޮށް ހުރިހާ ދުވަހު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ..، މިއަދު މަންމަ ހާދަ އުފާ ވެއްޖޭ..، މުނާ އެހެން ބުނެ ތާރާ ގައިގާ ބައްދާލިއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް