އެއީ އެ ދަންވަރުވެސް ދާނިޔަލް އޭނައަށް ޖެއްސުންކުރަން ކުރާކަމެއްކަން ތަމަންއަށް ވިސްނުނެވެ.
އޭ ކަލޭ ކޮޓަރިއަށް ވަންނަންވީކީ ނޫން..، ދޭ އޭނަ އެބުނާއެއްޗެއް ހަދައިދޭން..، ސީމާ ތަންކޮޅެއް ބާރަށް އެހެން ގޮވާލުމުން ތަމަން އެބުރި އެދިމާއަށް ހިނގައިގަތްއިރު ދާނިޔާލް ނުލަފާގޮތަކަށް ހިނިއައިސް ހުއްޓެވެ.
ލޮލަށް ކަރުނަ ގިނަވާން ފެށުމުން ތަމަން އިސްޖަހާލީ އެކަން އެއްވެސް މީހަކަށް އަންގަން ބޭނުންނުވާތީއެވެ. ސަބަބަކީ އެކަރުނައިގެ އަގު ވަޒަން ކުރާނެ އެއްވެސް އިންސާނަކު އެތާ ނެތީމައެވެ.
ގެއިން ނިކުމެގެން ބަދިގެބަޔަށް ވަދެވުމާއިއެކު ތަމަންގެ ދެތުންފަތުގެ ތެރެއިން މަޑު އާހެއްގެ އަޑު ބޭރުވާން ފެށިއެވެ.
އުހޫމް......،ކިހިނެއްވީ؟..، ތަނަކަށް ތަދުވަނީތަ؟ ތަމަންގެ ފަހަތުން ބަދިގެއަށް ވަދުން ދާނިޔާލް ތަމަންގެ ފުރަގަހުގައި ހުއްޓިލަމުން ބުނެލިއެވެ.
ދާނިޔާލް ކައިރީ ހުއްޓިލުމުން ތަމަން ދުރަށްޖެހިލިއެވެ.
ތިހެން ނޫޅޭނަމަ އަހަރެންވެސް މިހެން ޖެއްސުމެއް ނުކުރާނަމޭ..، ކީއްވެތަ އަހަރެންނާ ވާހަކަ ނުދައްކަނީ؟ އަހަރެން ހުންނަ ގޮތް ކަމުނުދަނީތަ؟ ބުނެބަލަ އޭރަށް އަހަރެން އެކަމެއް ރަގަޅު ކުރާނަމޭ..،ވާހަކަ ދައްކަބަލަ..،
އަހަރެން މީ އަރާ ކާއެއްޗެއްތަ ތިވައްތަރަށް ތިހުންނަނީ...،؟ދާނިޔާލް ވަރައްރީއްޗަށް މަޑުން ވާހަކަ ދެއްކުމުންވެސް ތަމަން އަނގައިން ނުބުނުމުން ތަންކޮޅެއް ބާރައް ހިތްހަމަ ނުޖެހި ބުނެލިއެވެ.
ދާނިޔާލް ހިތްހަމަ ނުޖެހި ބަލަން ހުއްޓައި ތަމަން ދާނިޔާލްއާއި ދިމާއަށް އެބުރި ދެއަތްނަގާ އެއްކޮއްލުމައްފަހު އާދޭސް ކުރާ ކަހަލަ ގޮތަކައް ވާހަކަ ދައްކަން ފެށިއެވެ.
އޭރު ލޮލުތެރޭވި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭގެ މަގާމު ދޫކޮއް ތިރިއަށް ފައިބައެވެ.
ހެޔޮނުވާނެ...،އަހަރެންނައް ތިގޮތަށް އުދަގޫ ނުކުރޭ ..، އަހަރެންގެ އެކަނި ވެރި ހާލަށް އަހަރެން ދޫކޮށްލާ..،އަހަރެންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް..، އަހަރެންގެ އެއްވެސް މީހަކުނެތް....، އަހަރެން މިތާ މިއުޅޭ ހާލަށް އުޅުނަދީ...، އާދޭސްކޮށްފަ މިބުނަނީ..، ތަމަން ގިސްލުމުގެ ތެރެއިން ބުނެލިއެވެ.
މިފަހަރު ތަމަންގެ ހިތްދަތިކަން ފެނި ދާނިޔާލްގެ ހަރުހިތްވެސް މަޑުވި ކަހަލައެވެ.
އަހަރެންނަސް މާފްކުރޭ..، އަހަރެން އެހެން ކަންތައް ކުރީ އެއްވެސް ހާލެއްގަ ތަމަން ދެރަކުރާކަށްނޫން..، އަހަރެން ބޭނުންވީ އަހަރެންނާ ތަމަން ވާހަކަ ދައްކުވަން......، ސޮރީ ވަރަށް ބޮޑަށް..، ދާނިޔާލް އެހެންބުނެ ތަމަންއާއި ގާތަށް ޖެހިލީ ލޮލުގައިވާ ކަރުނަތައް ފޮހެލަ ދިނުމަށެވެ.
ނަމަވެސް މިފަހަރުވެސް ދާނިޔާލްގެ އަތް ތަމަންގެ މޫނުގައި ޖެހުމުގެ ކުރިން އަނެއްފަރާތަށް އެބުރުނެވެ.
ލޮލުގައިވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމައްފަހު ދާނިޔާލް ބޭނުންވާ އެއްޗެހި ތައްޔާރު ކުރުމައް ހިނގައިގަތް އިރު ދާނިޔާލް ބަލަން ހުރީއެވެ.
މީ..، އަހަރެންނައް އެއްވެސް އެއްޗެއް ހަދާނެކަމެއްނެތް..،އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫން..،މަންމަ ކައްކާފަ ހުރި ނޫޑްލްސް އެބަހުއްޓެއްނު..، އަހަރެން އެ ކާނީ..، ދާނިޔާލް ބުނެލިއެވެ.
ނަމަވެސް އެއަޑު އިވޭ ކަމަށްވެސް ނުހަދާ ތަމަން ޢޭނަގެ މަސައްކަތައިގެން އުޅުނެވެ.
ގަޑިއެއްހާއިރު ފާއިތުވެ ދިޔައިރުވެސް އެއްވެސް ޝަކުވާއެއް ނުކޮށް ގޮނޑީގައި އެއިންގޮތައް ތަމަންގެ ހަރަކާތްތަކަށް ބަލަން ދާނިޔާލްއިނީއެވެ.
އަހަރެންނަށް ކައްކާކަށް ނޭނގޭ..، ފެން ފެންކޮށް ހުރި ރިހަތަށި މޭޒްމަތީ ބަހައްޓަމުން ދާނިޔާލްއާއި ދިމާލައް ބަލާވެސް ނުލާ ތަމަން ބުނެލިއެވެ.
އަހަރެންމީ ކާއެއްޗެއްސށް ފާޑުކިޔާ މީހެއްނޫން..،ކޮންމެ ގޮތަކަށް ހުއްޓަސް އަހަރެންނަށް ކެވޭނެ..، އާދޭ އަހަރެންނާއި އެކު ކާން..، ދާނިޔާލް ބުނެލިއެވެ.
ބޮލުގެ އިސާރާތުން ނޫނެކޭ ބުނެ ތަމަން މޭޒްކައިރީ ދާނިޔާލް އިންފަޅި ނޫން އަނެއްފަޅީގައި އިން ގޮނޑީގައި އިށީނެވެ.
ދާނިޔާލް ކައި ނުނިމެނީސް ގޭތެރެއަށް ވަދެއްޖެ ނަމަ ސީމާގެ ހަޅޭކުގެ އަޑު މިގަޑީގައިވެސް އިވޭނެކަން އޭނާއަށް ޔަގީނެވެ.
ގެއާއި ބަދިގެއާއި ދޭތެރޭ އެކަނި މިދަންވަރު އިންނާކަށްވެސް ނުކެރޭނެވެ.
އިތުރު ގޮތެއް ނެތުމުން ތަމަން އެތާ އިން އިރުވެސް އިނީ ދާނިޔާލްގެ ކުރިމަތީ އިނުން އުދަގޫވެފައެވެ.
ތަށީގެތެރެއަށް ރޮށި ކުދި ކުރުމަށްފަހު ރިހައަޅާ އެއްކޮށްލުމަށްފަހު ދާނިޔާލް ކާންފެށިއެވެ.
ފުރަތަމަ އަނގަޔަށް ލީ އެތި ކޮޅާއި އެކު ދާނިޔާލް އޯކާ ދެމޭގޮތްވިއެވެ. ނަމަވެސް ކުރިމަތީ ތަމަން އިނުމުން އެއްވެސް އެއްޗެއް ނުބުނެ ފަހަރަކު އެތިކޮޅެއް އަނގައަށް ލަމުން ދިޔައީއެވެ.
ހީވަނީ ހުސް ފެން އެއްޗެއްގެ ތެރެއަށް ރޮށިފުޑުވައިގެން ކެވޭހެންނެވެ.
**
ދެދުވަސް ކުރިން ހިނގާދިޔަ ހާދިސާއަށްފަހު ނާއިކް އެވްލިންގެ ގާތުން މާފަށް އެދުމުން އެހިތުގެ އެންމެ ފުނުން ނާއިކްއަށް މާފް ކުރިއެވެ.
ހިތުގައިވި ހުރިހާ އުދާސްތައް އެވަގުތައް ފިލާ ދިޔައެވެ.
ނަމަވެސް ކޮންމެ ރެއަކު އެވްލިން ނިދާހާއިރުކޮށްފައި ނާއިކްގެއަށް އަންނަން ފެށުމުން އަނެއްކާވެސް އެވްލިންގެ ހިތަށް އުދަގޫވާންފެށިއެވެ.
ރޭގަނޑު އެއްގަޑިބައިވެ ދިޔައިރުވެސް ނާއިކް މިރޭވެސް ގެއަކަށްނާދެއެވެ. ނިދިއައިސް ދެލޯ ފުރެމުން ދިޔައިރުވެސް އެވްލިން ހިތްވަރު ކުރަމުން ދިޔައީ ނާއިކް ގެއަށް އަންނާނެ އިރަކަށެވެ.
ގަޑީގެ ކަށި އޭގެ ވާޖިބް އަދާކުރަމުން ދިޔައިރު އިތުރު ދިމައެއްވެސް ބަލާނުލާ އެވްލިން އޮތީ ގަޑިއަށް ބަލާށެވެ.
ގަޑިން ދެގަޑި ފަނަރަ ވިތަނާ ކޮޓަރީގެ ދޮރުހުޅުވާލުމުން އެވްލިން އެދިމާއަށް ބަލާލިއެވެ.
އަދިވެސް ނުނިދަންތަ ؟އެވްލިން ނުނިދާއޮތްތަން ފެނި ނާއިކް ބުނެލިއެވެ.
ކިހިނެތްވީ؟ އަހަރެން ނިދާހާއިރު ކޮށްފަތަ ނިކް ތިއައީ؟ ޝަކުވާގެ ރާގެއްގައި އެވްލިން ބުނެލިއެވެ.
ނޫނޭ ..، އެހެންނެއްނޫން..، މާލަސްވީމަ އަހާލީ..، ނާއިކް ބުނެލިއެވެ.
ކީއްވެތަ އަހަރެންނަށް ތިހެންތިހަދަނީ..، އަހަރެންނައް ނޭނގެ ވިސްނަން ވީ ގޮތެއް..،އަހަރެންނަށް ބައެއްފަހަރު ހީވޭ އަހަރެން ފަރާތުން ނާއިކްއަށް އުދަގޫވާހެންވެސް... އަހަރެމެން އިދެގެން މިވީހާ ދުވަހު އަހަރެން ނުނިދަނީސް ނިކްއަށް ނޭނގޭ އެއްރޭވެސް ގެއަށް އަންނަން..، ވިސްނާލަބަލަ ތިގޮތައް ކަންތައް ކުރީމަ އހަރެންވެސް ދެރަވާނެވަރު..، ތީ އަހަރެންގެ ފިރިމީހާ..، އަޅެ އަހަރެން ބުނީމަ ނޫނީ ނިކްއަށް އެއްވެސް ކަމެއް ނޭގޭތަ؟ އެއްފަހަރުވެސް ވިސްނަބަލަ އަހަރެން ނިކްގާތު އަބަދު ނުކިޔަސް އަހަރެންވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެކަން..، ކޮންމެ ފަހަރަކު ބުނެކިޔައިގެންތަ ކަންތައްތައް ކުރުވަންޖެހެނީ؟ އިނދެގެން އުޅޭތާ ފަސްމަސް ވެގެން ދިޔައިރުވެސް ދެމަފިރިންހެން އުޅޭކަށް ނޭނގޭ...،އަހަރެންނަށް މިހާރު ހީވާންފަށައިފި ނިކް އަހަރެންދެކެ ލޯބިނުވަނީއޭވެސް..،އަހަރެންނަށް ކަމެއްގޯސްކޮއް ކުރެވުނަސް ބުނީމަ އެނގޭނީ އަހަރެން އެކަމެއް ރަގަޅު ކުރަން..، ތިގޮތައް އަބަދާއި އަބަދު އަހަރެންނާއި ދުރުން އުޅުނަސް އަހަރެންނަކަށް ނޭނގޭނެ..، މިއޮތް ހުރިހާ ދުވަހު އެވްލިންގެ ހިތުގައިވި ހުރިހާއެއްޗެއް ބޭރުކޮއްލުމަށްފަހު ނާއިކްއާއި ދިމާއަށް ބަލާލި އިރު އެވްލިންގެ ލޮލުން ކަރުނައާދެއެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އިށީންގޮތައް ނާއިކްއިނީ އެވްލިންގެ ހުރިހާ ޝަކުވާއެއް އަޑުއަހާށޭވެ.
އެވްލިން އެކުރަނީ އޭނަ ކުރަން ހައްގު ޝަކުވާތަކެކެވެ، ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ހިތުގެ މައްޗަށް ބާރުފޯރުވާނެ ގޮތެއް ނާއިކްއަކަށް ނޭނގެއެވެ.
ބޭރުފުށުން ހަމަޖެހޭ ގޮތް ދައްކާލަމުން ނާއިކް އެވްލިންއާއި ދިމާއަށް އެނބުރުނެވެ.
އަހަރެންނަށް މާފް ކުރޭ..، އަހަރެން އެހެން ކަންތައް ކުރި އެއްވެސް ހާލެއްގަ އެވީ ދެރަކުރާކައްނޫން...، އަހަރެން އަބަދުވެސް ބޭނުންވަނީ އެވީ އުފަލުގަ ހުންނަން ..،ސޮޜީ..، އަހަރެން ހުރިހާ ކަމެއް ރަގަޅުކުރަން މަސައްކަތް ކުރާނަން..، ނާއިކް ބުނެލިއެވެ.
އަހަރެންނައް ހަމަ ހީވަނީ ނިކް މިހާރު އަހަރެންދެކެ ލޯބި ނުވާހެން..، އެވްލިން ނާއިކްގައިގައި ބައްދާލައިގެން ހުރެ ރޮމުންބުނެލއިވެ އެއާއި ނާއިކްއަށް ދެލޯ މަރާލެވުނެވެ.
ހިތުގެ ހާލް ކިތަންމެ ފޮރުވަން މަސަތްކަތް ކުރިޔަސް އެވްލިންގެ އެވާހަކައިން ނާއިކްއަށް އެކަން ކާމިޔާބު ނުވާކަން ޔަގީންވިއެވެ.
ދެން ހުއްޓާލާ ތިކަހަލަ ތާކުންތާކުން ނުޖެހޭ ކަންކަމާ އެވްލިން އަމިއްލައަށް ތިދެރަވަނީ،،.އަހަރެންނައް އެއްވެސް ބަދަލެއްނާދޭ..، ނާއިކް ބުނެލިއެވެ.
ދެން ހިނގާ ނިދަން ވަރަށް ލަސްވެއްޖެ..، ނާއިކް ބުނެލިއެވެ..،
**
އެނދުގައި އޮވެ ދެއަތައް ފޮރޮޅެމުން ދިޔަ ތަމަންގެ ނިދި ވަނީ ލޮލާ ވަކިވެފައެވެ.
ރޮއި ރޮއި ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. ހިތަށް ލިބިފައިވާ ނުތަނަވަސް ކަން ވަނީ އިތުރުވެފައެވެ.
ދާނިޔާލްގެ ފަރާތުން މިހާރު ކުރިމަތިވާ އުނދަގޫތަކާއި މަންމަގެ ހަރުކަށި ބަސްތައް އެއީ މިހާރު ތަމަންގެ ހިތަށް އިތުރަށް ވޭންލިއްބައިދޭ ކަމެކެވެ.
އިތުރަށް ވޭތުވެގެންދާ ކޮންމެ ދުވަހަކުވެސް އެހުރިހާ ކަމެއް ދެންދާނީ ތަކުރާރުވަމުންނެވެ.
މިގޮތައް ބަޔަކު ދަށުވެގެން މިހެން އުޅުމަކީ ދުވަހަކުވެސް ތަމަން ހުވަފެނުންވެސް ދެކުނު ކަމެއް ނޫނެވެ. ކިޔަވަން ދިޔަ ހިސާބުން އަބަދުވެސް ދެކޭ ހުވަފެނަކީ ކިޔަވާ ނިމިގެން އައިސް ދޮންތައާއި އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅޭނެ ދުވަހަކަށެވެ. ކަންތައްތައް ބަދަލްވާގޮތް ދެކެބަލާށެވެ. މިއަދު ތަމަންއަކީ ޑޮކްޓަރެކެވެ. ނަމަވެސް ދިރިއުޅުމަށް ކުރިމަތިވި ހާދިސާއަށްފަހު އެއްވެސް ކަމެއްކުރާހިތްނުވެ ދިރިއުޅުން މަތިން ފޫހިވެއްޖެއވެ.
ދޮންތަގެ އުފަލައްޓަކާ މިހާދުވަސް ވަކިން އުޅުމަށްފަހު އެނބުރިއައި އިރު ހުރިހާކަމެއްވަނީ ބަދަލު ވެގެން ގޮސްފައެވެ.
**
އަސްލުވެސް ވަރައް ތަފާތު މަންޖެ އެއް ..، މިފަހަރު މަބޭނުން މިކަން ކުރަން ކޮންމެހެންވެސް..، މަށައް ޔަގީން އޭނަ މިހާރު މަށާ ވާހަކަ ނުދެއްކިޔަސް އިތުރު ޗޮއިސްއެއް ނީންނާނެ..، އަހަރެން ބުނެފިއްޔާ މަންމަ ކޮންމެ ކަމެއްވެސް ކޮއްދޭނެކަން އަހަރެންނައް ޔަގީން..، އެހެންވީމަ ބަލާ މިހާރު އެމަންޖެ އަހަރެންނާ ވާހަކަ ނުދެއްކިއަސް އެއީ މިހާރުންސުރެ އަހަރެންގެ މީހެއްކަމައް..، ދާނިޔާލް ވަރައް ޔަގީންކަމާއި އެކު ބުނެލިއެވެ.
ކަލޭ މިފަހަރު އަނެއްކަ ކުރިން ކުރިކަހަލަ ކަމެއް ނުކުރައްޗޭ..، މިބުނީ ކައެއަށް އެނގޭނެ ކައެއާއި ހެދި ނިކްހާއަށްވީ ގޮތް ..،މެންދުރު އެންމެ އަވިގަދަ ގަޑީގައި ގެއާއި ޖެހިގެންހުރި ކެފޭގެ މޭއްޒެއް ދޮށުގައި އިނދެ ހިޝާމް ބުނެލިއެވެ.
ނިކްހާ..، އެނަން އިވުމާއި އެކު ދާނިޔާލްއަށް އެނަން ކިޔާލެވުނެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް