އަހަރެން މިވިސްނަނީ ދާނިޔާލް ވަޒީފާއަކަށް ދާން ބޭނުންނެތިއްޔާ ފިހާރައިގަ ބައިންދަން..، ޖާވިދް ބުނެލިއެވެ.
އޭރަށް ކަމަކު ނުދާނެ..، އެސޮރު ބައިންދާނެ ކަމެއްނެތް..، އަހަރެން އިނދެފާނަން އެތާ..، ސީމާ ބުނެލިއެވެ.
އަހަރެންނައް އެނގޭ އަހަރެންގެ އަސްލު ދަރިއަކަށް ވެފަ ސީމާގެ ދޮންދަރިއަކަށް ދާނިޔާލް ވިޔަސް އަހަރެންނަށް ވުރެ ދާނިޔާލްއަށް ސީމާ ބަލާކަން ..، އެހެންވެ ދާނިޔާލް ސީމާދެކެ މާ ލޯބިވަނީ..، ޖާވިދް ބުނެލިއެވެ
ތެދެއް ތިބުނީ އަހަރެން ދާނިޔާލް ދެކެ ވަރަށް ލޯބިވޭ..، އަހަރެންގެ ބަނޑުން ދެދަރިން ދުނިޔެއަށް އުފަން ކުރިޔަސް އެމީހުންގެ ފަރާތުން އަހަރެންނަށް އެއްވެސް ލޯއްބެތް ނުލިބުނު..، އަހަރެންނަށް ވުރެ އެމީހުންނައް މުހިންމުވީ އެމީހުންގެ ބައްޕަ..، އަހަރެން އެދުވަހު އެމީހުންނާ ދުރަށް އަޔަސް އަހަރެން އެކަމާ ދެރަވެ އެމީހުން ބައްޕައަށް ވަރަށް ގުޅިން އެމީހުން ހޯދަން ..، އެކަމަކު އަހަރެންނަށް އަނގައިން ބުނެލަން ދޭންވެސް އެމީހުންގެ ބައްޕަ ބޭނުމެއްނުވި..،އަހަރެން އެތައް އަހަރެއް ހޭދަކުރީ އެހިތްދަތި ކަމުގަ..،
އެހެން އުޅެނިކޮއް އަހަރެން ޖާވިދްއާއި އިން ފަހުން އަހަރެންނަށް މަންމާއޭ ގޮވާލާނެ ދަރިއެއްވެސް ލިބުނީ އެދުވަހުން ފެށިގެން އަހަރެން ނިންމީން އަހަރެން ބަޑުއަޅާ ވިހޭ ދަރިން މަރުވެއްޖެ ކަމަށް...، އަހަރެން ހަމައެކަނި ދަރިއެއް ގޮތައް ދެކެން ބޭނުންވީ ދާނިޔާލް..،
އަހަރެންނަށް އެދުވަހު ދާނިޔާލްގެ ލޮލުން ފެނުނު އެކުއްޖާ މަންމައެއްގެ ލޯތްބައް ބޭނުން ވެފަ ހުރިވަރު..،
ސީމާ ލޮލުން ކަރުނަ ފޮހެމުން ވާހަކަ ދެއްކިއެވެ.
އަހަރެން ސީމާ ދެކެ އެންމެ ލޯބިވީވެސް އަހަރެންގެ ދަރިފުޅުދެކެ ސީމާ ތިވާ ލޯބިން..، ދުވަހަކުވެސް އަހަރެން ނުދެކެން ދޮންމަންމައަކު ތިހާ ރަނގަޅު މީހެއް..، ޖާވީދް ސީމާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ އޭނަ މިގޭގަ ގިނަދުވަހަކު ބަހައްޓާކަށް..، ޖާވިދް އެހެން ބުނެލީ ތަމަންއަށް އިޝާރާތް ކޮށެވެ.
އަހަރެންވެސް ބޭނުމެއްނުވޭ ބަހައްޓާކަށް..، އެކަމަކު އޭނަ ހުންނާތީވެސް ކޮންމެ މަހަކު އެބަ ރުފިޔާ ކޮޅެއްލިބޭ..، މިހާ ވިޔަވާރި ދަށްދުވަސްކޮޅެއްގަ އެގޮތަށް ރުފިޔާކޮޅެއް ލިބޭތީ އަހަރެން ހިތަށް އެރީ އިހަށް ބަހައްޓަން..، ސީމާ އެހެން ބުނެލުމުން ޖާވިދްވެސް އެކަމާ އެއްބަސްވެ ބޯޖަހާލިއެވެ.
**
ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު މާލެ އައިސް ވީ ކުޑަ ދުވަސް ކޮޅުތެރޭ ތާރާގެ އުޅުމަސް އަންނަންފެށި ބަދަލްތައް މާކިންއާއި އޭނަގެ އާއިލާއަށް ވަރަށް ބޮޑަށް ފާހަގަ ވަމުންދިޔައެވެ.
އެންމެ ކުރިން މާކިންއާއި އިނދެގެން އައި ދުވަސްވަރެކޭ އެއްގޮތައް އަބަދުވެސް ކޮންމެސް ކަމަކާއިގެން އުޅުމާއި އެހެންޏާ ރިމީގެ ގިނަ ކަންކަން މާކިންއާއި އޭނަގެ މަންމަ ކުރަން ޖެހުނަސް މިހާރު ރިމީގެ ވެސް އެއްވެސް ކަމެއް ވައްޓާނުލާ ތާރާ ކުރެއެވެ.
ދެން ވަރަށް އަވަހަށް ތަމީ ކިޔަވާ ނިމި މިކޮޅައް އައިސްދާނެ..، ތާރާގެ ހަދާންތައް އަންނާނީ ކޮންވަގުތަކު ކަމެއްވެސް ނޭގެ..، އަހަރެން ތަމީއަށް އެއްވެސް ކަމެއް ނާންގާ މިގޮތައް ކަންތައް ކުރިކަން އެނގިއްޖާ ތާރާ އަހަރެންނައް ދުވަހަކުވެސް މާފެއްނުކުރާނެ..، އެކަމަކު މިއީ އަހަރެން ތާރާއަށް ވިސްނާފަ ކުރިކަމެއް..، ތާރާއަށް އެއްވެސް ގެއްލުމެއް ލިބުމައް ނޭދޭތީ ކުރެވުން ކަމެއް..، އަހަރެން ތަމީއަށް ގުޅާނަން ..، މާފަށްވެސް އެދޭނަން..، އެހެން ހިތަށް އެރުމާއެކު މާކިން ސޯފާގައި އިށީނދެ އިނދެފައި ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ޕާކްކޮއްފައި އޮތް ކާރަށް އަރާ ހަމަޖެހިލުމާއެކު މާކިން ކާރު ސްޓާޓް ކޮއްލިއެވެ،
ގެއާ ތަންކޮޅެއް ދުރަށް ދެވުމާއެކު މަގު އެއްފަރާތުގައި ކާރު މަޑުކޮއްލިއެވެ. އަދި އަތުގައި އޮތް ފޯނުގެ ފިތްތަކައް އޮބާލުމައްފަހު ތަމަންގެ ނަންބަރައް ގުޅާލިއެވެ.
ތިންފަހަރު ގުޅި އިރުވެސް ފޯނު ނިވާލާފައި އޮތުމުން މާކިން އަރުކަންގެ ފޯނައް ގުޅާލިއެވެ.
އެނދުމަތީ ބާއްވާފައި އޮތް ފޯނު ރިންގްވާން ފެށުމުން އަރުކަން ބެލްކަނީ ދޮރުން އެތެރެއަށް ބޯދިއްކޮއްލުމަށްފަހު ހިނގައިގަތެވެ.
ގުޅަނީ ރާއްޖެ ނަންބަރަކުން ކަން އެގުމުން އަރުކަން އެފޯނު ނަގަން އަވަސް ވެގަތެވެ.
އާޝާގެ ކޯލަކަށް އިންތިޒާރުގައި ރެއާއި ދުވާލު ހުރި އަރުކަންއަށް ވީގޮތްވެސް ނޭގުނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލުމައްފަހު އަރުކަން ހަލޯއޭ ބުނެލީ ހިނިތުން ވެލަމުންނެވެ. އޭރު އެހިތް ތެޅޭވަރުން ހީވަނީ މޭފަޅާފައި ބޭރަށް ނިކުންނަން މަސަތްކަތް ކުރާހެންނެވެ.
އަނެއްކޮޅުން ހަލޯއޭ ބުނެލި އަޑަށް އަރުކަންގެ ހިނިތުން ވެފައިވާ ދެތުންފަތައް ވަގުތުން ސީރިއަސް ކަން ވެރިވިއެވެ.
އެއަޑު އިވުމާއި އެކު އަރުކަންގެ ދެބުމަ ކައިރިވީ ވީ ފޫހިންނެވެ.
އަރުކަން އަހަރެން .. މި ..،މި .. މާކިން..، ކޮބާ ތަމީ..، މާކިންއަށް އަޅަ އަޅައި ގަންނަމުން ބުނެވުނެވެ.
އަހަރެންނަށް ތީ ކާކު ކަން އެނގޭ..، އާޝާ ވީތަން ބަލަން ދޯ ބޭނުންވަނީ..، އެހެން ވިއްޔާ އަޑު އަހާ ..، އޭނަ ކިޔަވާ ނިންމާފަ ދިޔަތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ..،
އޭނަ އުޅޭ ތަނެއް އަހަރެމެން އެކަކަށްވެސް ނޭނގެ ..، ތިގޮތައް އެންމެން ކަންތައް ކުރީމަ އެހިތަށް ކެތްނުވެގެން ރުއި ވަރު އެނގޭތަ؟..، އަހަރެން ނުދެކެން ތާރާހާ އަމިއްލަ އެދުން ބޮޑު މީހެއް ..، މީހަކާ އިދެ މާލޭގަ ހަމަޖެހޭ ދިރިއުޅުމެއް ލިބުނީމަ އެންމެ ލޯބިވާ ކަމަށް ހެދިގެން އުޅެފަ އޭނަ މުޅި ދުނިޔެއަށް ގިނަ ކޮށްލީ..، މިއޮށް ހާދުވަހުވެސް ނުގުޅާ ހުރީނު..، ކީއްކުރަން މިއަދު ތިގުޅަނީ..، އަރުކަން ހިތްހަމަ ނުޖެހިފައި ހުރިވަރުން އެއްފަހަރާ މާކިންއާއި ދިމާއަށް ގޮވާލިއެވެ.
އަރުކަން..، ތިހެން ނުބުނޭ..، އަހަރެން ގަބޫލް ކުރަން އަހަރެންނަށް ހެދުނީ މިސްޓޭކެއްކަން..،އެކަމަކު މިކަމުގަ ތާރާއާއި ދިމާއަށް އެއްވެސް އެއްޗެއް ނުބުނާތި އަހަރެން މިހުރިހާ ކަމެއް މިކުރީ އެމީހުންނަށްޓަކާ..، އަހަރެންނަށް އެނގޭ އަރުކަންވެސް އަހަރެންދެކެ ހިތްހަމަ ނުޖެހިފަކަން..، އަހަރެންނައް މަޖުބޫރުވީ..، މާކިން ހިތުގަ ޖެހިފައިވާ އަޑަކުން ބުނެލިއެވެ.
ކޮން މަޖުބޫރެއް..، ދެން ކީކުރަން މިހާރު ތިގުޅަނީ އަރުކަން ބުނެލިއެވެ. މާކިން އަރުކަންއަށް ތާރާއަށް ދިމާވި ހާދިސާއާއި އެވާހަކަ ތަމަންއަށް އޭނަ ސިއްރު ކރަން ޖެހުނު ސަބަބު ކިޔައިދިނެވެ. އަހަރެން މިވާޙަކަ ކިޔައި ދިންނަމަ އޭނަ ހިތުގަ ޖެހި ރޯނެ ވަރު ވިސްނާލަބަލަ..، އަހަރެންނަށް ޔަގީން އޭނަ ކިޔެވުން ހުއްޓާލާފަވެސް އައީސްކަން..، އެދެމީހުން އެކަކު އަނެކަކު ދެކެ ވާލޯބި އަހަރެންނަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް..،އެހެންވެ އެދުވަހު އަހަރެންނަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީ..، މާކިން ވާހަކަ ދައްކަމުން ދިޔައިރު އަރުކަންއަށް މާކިންގެ ވާހަކަ ސާފްވަނީ ކިރިޔާއެވެ.
އަހަރެންނައް ހީވަނީ ތާރާގެ ހުރިހާ ކަމެއް ދެން މާ ދުވަހެއްނުވެ އިރާދަކުރެއްވިއްޔާ ރަގަޅުވެދާނެހެން ... އެހެންވެ އަހަރެން މިގުޅި .. ތަމީ ބުނިގޮތުން ވިއްޔާ މިމަހު އޭނަ އެއްކޮށް ކިޔަވާ ނިމޭނެ..، އެހެންވެ..، މާކިން ބުނެލިއެވެ.
މާކިން އާޝާއަށް ކަންތައް ދިމާވީ ވަރަށް ދެރަކޮށް ..، މިހާޜު އޭނަ އަހަރެމެން އެއްވެސް މީހަކާ ވާޙަކަ ދައްކާކަށް ބޭނުމެއްނުވޭ..،އޭނަ އަހަރެމެންނާ ދުރށް ގޮއްސި..، އެއްވެސް ހަބަރެއްނުވޭ..، އެހެން ބުނެ އަރުކަން މާކިންއަށް ކަނތައް ހިނގާ ދިޔަގޮތް ކިޔައިދިނެވެ.
އޭނަ އުޅޭ ރަށްވެސް ބެލިއްޖެ..، އެރަށަކުވެސްނޫޅޭ..، އަހަރެންނަށް ހީވަނީ އޭނަ މާލޭގަ އުޅޭހެން..، އަހަރެން ކިތަންމެ ބޭނުންވިޔަސް އޭނަ ހޯދަން ނޫޅޭން އަހަރެންނަށް އޮތީ އަންގާފަ..، އަރުކަން މާޔޫސީ ގޮތަކައްބުނެލިއެވެ.
އަރުކަން ގެ ވަހަކައިން މާކިންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ.
ހަދާނެ ގޮތް ހުސްވެ ލޮލުތެރޭން ކަރުނަ ހިލުނީ ތަމަން ހިތާމަކުރިވަރު ވިސްނި އެފަކީރަށް ކަންތައް ދިމާވި ގޮތްތަކުންނެވެ.
މާކިން ވިސްނާ ވިސްނާވެސް ތަމަން ދާނެ ތަނެއް ހިތަށް ގެންނަންވެސް ނޭނގުނެވެ.
**
މިހާރަކަށް އައިސް ކަލޭ އަބަދު މާ ތުންދަމާފަ ތިހުންނަނީ ކޮންކަމެއްވެގެންތަ؟ މަގޭ ދަރި މިގޭގަ އުޅޭތީ ކަލެއަށްއުދަގޫ ވަންޏާ މިގޭންދޭ..، އޭނަ ކަމަކު ބުނެފިއްޔާ ކަލޭ ހަނދާން ކުރައްޗޭ ނިދާފަ އޮވެފަވިޔަސް ކޮންމެ ކަމެއް ކުރަން ހުރެފަ ވިޔަސް އެކަމެއް ކޮށްދޭންޖެހޭނެ..، އަޑު އިވިއްޖެތަ؟..، ބަދިގެ ތެރެއިން ނިކުމެގެން ތަމަންއައިސް ގެއަށް ވަތްންތަނާ ސިމާ އަޑަށް ބާޜުލަމުން ބުނެލިއެވެ.
ޝީމާ އެހެން ބުނެލުމުން ތަމަންގެ ހިތުގައި ޖެހުނު ކަމުގައިވިޔަސް ލޮލުން އެންމެ ކަރުނައެއްވެސް ނައެވެ.
ދާނިޔާލް އައި ފަހުން އެއީ ތަމަންއަށް މިހާރު އާކަމެއްނޫނެވެ. އަމިއްލަ ދަރި ހިތުގައި ޖެއްސުމަށްފަހު ދޮންދަރި ހެއްވުމަށް އޭނަ ކެނޑިނޭޅި މަސައްކަތް ކުރެއެވެ.
މަންމާ ވަރަށް ބަނޑުހައި..، ކޯއްޗެއް ކާން ހުރީ..، ތަމަންއާއި ދިމާއަށް އެގޮތައް ވާހަކަ ދައްކަ ދައްކަ ހުއްޓައި ދާނިޔާލް ގޭތެރެއަށް ވަދެގެން އައިސް ބުނެލިއެވެ.
ހުންނާނެ ނޫޑްލްސްކޮޅެއް ކައްކާފަ ..، ސީމާ އެހެން ބުނެލުމުން ދާނިޔާލް ކުޑަކޮށް ވިސްނާލިއެވެ. އޭރު ތަމަން ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތެވެ.
މަންމާ!! އަހަރެން މިރޭ ކާހިތްވަނީ ރޮއްޓާ ރިހަޔާ..، މަންމަ ވަރަށް އަތުގަ ރިހެއެއްނު އޭނަ ގާތު ބުނެބަލަ އަހަރެންނަށް ރިހަޔާ ރޮއްޓާ ހަދައިދޭށޭ..، ދާނިޔާލް އެހެން ބުނި އަޑު ކޮޓަރިއަށްވަދެ ވަދެ ހުރި ތަމަންއަށް އިވުމާއެކު ދެލޯ މަރާ ބާރު ކޮށްލެވުނެވެ.
އެއީއެދަންވަރުވެސް ދާނިޔަލް އޭނައަށް ޖެއްސުންކުރަން ކުރާކަމެއްކަން ތަމަންއަށް ވިސްނުނެވެ.
އޭ ކަލޭ ކޮޓަރިއަށް ވަންނަންވީކީ ނޫން..، ދޭ އޭނަ އެބުނާއެއްޗެއް ހަދައިދޭން..، ސީމާ ތަންކޮޅެއް ބާރަށް އެހެން ގޮވާލުމުން ތަމަން އެނބުރި އެދިމާއަށް ހިނގައިގަތްއިރު ދާނިޔާލް ނުލަފާގޮތަކަށް ހިނިއައިސް ހުއްޓެވެ،
ނުނިމޭ
ކިޔުންތެރިންގެ ސަމާލުކަމަށް: މި ވާހަކައިގެ އާބައެއް ގެނެސްދެވޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:00 އާއި ހެނދުނު 10:00 އާއި ދެމެދުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް