މަޖާވެފައި ސުނޯތަކާ ކުޅެމުންދިޔަ ތާރާ އަށް މާކިން ހުރިގޮތް ފެނުމުން ލަދުން މުޅި މޫނު ރަތްވެގެން ދިޔައެވެ.
އެމަންޒަރު ފެނުމުން މާކިންއައިސް ސުނޯކޮޅެއް ނަގާ ތާރާއާ ދިމާއަށް އެއްލިއެވެ.
ދެމީހުން މަޖާވެ ޖެހި ހުރިހާ ސަކަރާތެއް ތަމަންގެ ފޯނުގައި ރައްކާކުރަމުން ދިޔައީ ހިނިއައިސް ހުރެއެވެ
**
ބުރަ ދުވަހަކައްފަހު ނާއިކުއަށް ގެއަށް އާދެވުނީ ތަންކޮޅެއް ލަސްވީ ފަހުންނެވެ. ރަސްދޫގައި އަޅާ ހޮޓެލްގެ އެންމެ ފަހުގެ ލިޔެ ކިޔުންތަކާ އެކި އެކި ކަންތައް ކުރުމުގައި މި ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހު ނާއިކު އުޅުނީ ވަރަށް ބުރަކޮށެވެ.
ކިތަންމެ ވަރުބަލިވެފަ ހުއްޓަސް އެވަގުތު ކޮޅުގައި ނާއިކު އެންމެ ބޭނުންވީ ތަމަންގެ އަޑުއަހާލާށެވެ
ތަމަންގެ ނަންބަރަށް ގުޅާލައިގެން ނާއިކު ހުންނަތާ ކުޑައިރުކޮޅެއް ފަހުން އެއަޑެއް އަހަން ކެއްމަދުވެފައިވާ ފަރާތުގެ އަޑު ނާއިކުގެ ކަންފަތުގައި ޖެހިލިއެވެ.
ކީއްތަ ތިކުރަނީ؟ އަހަރެން މިސްވެސް ނުވޭތަ؟ ތަމަން ފޯން ނެގުމާއެކު ނާއިކު ސަކުވާ ކުރާކަހަލަ ގޮތަކަށް ބުނެލިއެވެ.
ވަރަށް މިސްވޭ...، ދޮންތައާ ދޮންތަބެ އުޅޭ ގޮތުން އަހަރެން ނިކް ވަރަށް މިސްވޭ..، ހިތަށް އަރާ އަބަދު ކައިރީ ހުރެވޭ ނަމައޭ..، ތަމަން ބުނެލިއެވެ.
އެހާ ވަރަށް އަހަރެން ދެކެ ލޯބިވޭތަ..، ނާއިކު ބުނެލިއެވެ.
ވަރަށް ވަރަށް ..، އަހަރެން ތިއަށްވުރެ ލޯބިވާ އެއްވެސް އިންސާނެއް ނުހުންނާނެ..، ތަމަން ފޯނުގައި ހުރެ ބެލްކަނީގެ ދޮރުން ނިކުންނަމުން ބުނެލިއެވެ.
ތަމަން އެހެން ބުނެލުމުން ނާއިކު އޭނަދެކެ ވާލޯބި ބުނެދިން އިރު ތަމަންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އާދެއެވެ.
އަހަރެންނައް ދެންނޭގެ މިވަރަށް ގުޅޭނެ ކަމެއް ވެސް...، މިހާރު ހުރިހާ ލިޔެ ކިޔުންތައް ނިމިއްޖެ..، މާދަން ހުރެފަ ފުރަންވީ އެރަށައްދާން...، ވަރަށް ވަރަށް ދާހިތްވޭ ތިކޮޅަށް ޕަރީގާތަށް..، އެކަމަކު އަހަރެން ގޮއްސިއްޔާ ބައްޕަ އަށް ވަރަށް ބުރަވާނެ..، އަނެއްކަ ގޭގަ ވެސް އުޅޭނީ ބައްޕަ އެކަނި..، އެހެންޏާވެސް ޗުއްޓީއެއްނަގައިން ތިކޮޅަށް ދިޔަޔަސް އެހާ ގިނަ ދުވަހު ނުހުންނަން ..، މިފަހަރު އެކަނި އެހާ ދުވަސް އެވީ....، އަސްލު ގިނަ ދުވަހު ހުންނަން ނުކެރެނީ އަހަރެން ނެތިއްޔާ ގޭތެރޭގަ ބައްޕަ ވަރަށް އެކަނިވާނެ ...، އާއިލާގަ މިހާރު ހުރީ އަހަރެންނާ ދޮންތައާ އެކަނި..، ދެންގޭތެރޭގަ އުޅޭނީ އެކި މަސަތްކަތުގަ އުޅޭ ނޯކަރުން..، ނާއިކު ވާހަކަ ދައްކަމުން ދިޔައިރު ތަމަން ހުރީ އަޑުއަހާށެވެ.
ދޮރުގަ ތަޅަނީތަ؟ ބައްޕަތަ؟ ވާހަކާގައި ތިއްބައި ދޮރުގައި ޖަހާ ކަހަލަ އަޑެއް އިވުމުން ތަމަން ބުނެލިއެވެ.
ބައްޕަ ..، މަޑުކޮއްލާ އިނގޭ ..، ނާއިކު އެހެން ބުނެ ފޯން އަތަށް ލައިގެން ގޮސް ދޮރުހުޅުވާލިއެވެ.
ދަރިފުޅު އަންނަން ދެން ބައްޕަ މި މަޑުކުރީ..، ހުރިހާ ލިޔެ ކިޔުމެއް ހަމަ ޖެހުނީތަ؟ ފައްވާޒް ބުނެލިއެވެ.
ލައްބަ..، ހުރިހާ ކަމެއް ނިމިއްޖެ ހޮނިހިރު ދުވަހު ފުރަންވީ...، ނާއިކު ބުނެލިއެވެ.
ބައްޕަ ވާހަކައެއް ދައްކަން ވެގެން މިއައީ..، އެހެން ބުނެލުމުން ނާއިކު ބައްޕައަށް ކޮޓަރި ތެރެއަށް ވަންނަން ތަން ދެއްކިއެވެ.
ނޫނޭ ވަރައް ވަރުބަލި ވެފައެއްނު ތިހިރީ..، ބައްޕަ ބުނަން އުޅުނީ މާދަން މެންދުރު ފަހު އެވްލިން ޗުއްޓީއަކަށް ރާއްޖެ އެބަ އާދެ....، ދަރިފުޅު ހުކުރު ފަހުން އެވީ ބަލާ އެއާޕޯޓަށް ދާންވާނޭ ބުނަން..، އެހާ ދުވަސް ފަހުން އަންނައިރު ދަރިފުޅު ފެނުނީމަ އެވީ ވަރަށް އުފާވާނެ..،ދަރިފުޅު އެވީ ފުރަންދެން އިހަށް އެރަށައް ނުގޮސް މަޑުކޮއްލާ ބައްޕަ އެކޮޅު ހަމަ ޖައްސާލާނަން..، ދަރިފުޅު ދިޔައިމަ އެވީ ވަރަށް ފޫހިވާނެ...،ފައްވާޒް ބުނެލިއެވެ.
ލައްބަ އަޅުގަނޑު ދާނަން..، ނާއިކު އެއްވެސް އަސަރެއް ނެތްކަހަލަ ގޮތަކައް ބުނެލިއެވެ.
ދެބަފައިން ވާހަކަ ދެއްކި އިރު އެހުރިހާ ވާހަކައެއް އަޑުއަހަން ތަމަން ހުއްޓެވެ.
ދެން ނިދާލާ ...، ގޫޑް ނައިޓް...، ފައްވާޒް ހިނގައި ގަންނަމުން ބުނެލިއެވެ.
އެވްލިން އެކާކު؟ ނާއިކު ހަލޯއޭ ބުނެލި އިރަށް ތަމަން ބުނެލިއެވެ.
އެވަގުތު ނާއިކު ގާތައް ހިނިއައީ ތަމަން އެހެންއަހާނެކަން މާކުރިންވެސް އެނގޭތީއެވެ. އެއީ އެހާ މުހިންމު މީހެއްނޫން..، ނާއިކު ހިނިއައިސް ބުނެލިއެވެ.
ދެންބުނެބަލަ..، އަހަރެން ހިތް ވަރަށް އެބަ ތެޅޭ ..، މުހިންމު މީހެއް ނޫންނަމަ ބައްޕަ މިގަޑީ ނިކްއަށް ގޮވާފަ އެވާހަކަ ނުދައްކާނެދޯ..، އަނެއްކަ އެރަށަށް ދިއުންވެސް އޭނަ ދަންދެން މަޑުޖައްސާލާނީ މުހިންމު ވީމަ ދޯ..، ތަމަން ހިތް ހަމަ ނުޖެހޭ ގޮތް ދައްކާ ލަމުން ބުނެލިއެވެ.
ހޫމް އެވްލިން އެއީ ބައްޕަގެ ބެސްޓްފްރެންޑް ރިޔާޒްބެގެ ހުރި ހަމައެކަނި ދަރިފުޅު..، ބައްޕަ ވަރަށް ލޯބިވާނެ އެވީ ދެކެ..، އޭނަ އައިއްސިއްޔާ އަބަދު އުޅޭނީ މިގޭގަ..، އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެމެން ދެމީހުން އުޅުނީ ވަރަށް އެކުގަ.. މަންމައާއި ކޮއްކޮ ވަކިވި ހިސާބުން އަހަރެން އެހުރިހާ ކަމަކުން ފޫހިވީ އެއްވެސް މީހަކާ އެގޮތަށް ވާޙަކަ ދައްކާ ހިތެއް ނުވޭ..، އެކަމަކު އޭނަ އަބަދުވެސް އުޅޭނީ އަހަރެމެންގެ ގުޅުން ރަގަޅު ކުރަން..،
މިފަހަރުވެސް އެއަންނަނީ ވަރަށް ދުވަސް ފަހުން..، އަހަރެންނައް ގުޅާފަ އޭނަ ބުނި އަންނަވާހަކަ ބަލާއަންނައްޗޭ..، އެކަމަކު އަހަރެން އެކަމާ މާބޮޑަށް އަޅާ ނުލީމަ އޭނަ ބައްޕަ ކައިރީ ބުނީމަ ބައްޕަ އެއައީ.. އިތުރު ސުވާލެއް އެބައޮތްތަ؟ އަހަރެންގެ ޕަރީ ހިތްހަމަ ނުޖެހޭ ދެރަވާ ވަރުގެ އެއްވެސް ކަމެއް އަހަރެން ފަރާތުން ވިޔަކަ ނުދޭނަން ..، އަހަރެންނަށް އެނގޭ އެވަރުން ތި ސުވާލު ކުރީ ކީއްވެކަންވެސް..، ބުނަންތަ ވާހަކައެއް އަހަރެންގެ ހިތް ހެޔޮހިތުން އިތުރު އެއްވެސް މީހަކަށް ނުދޭނަން ..، ތީ އަހަރެންގެ ފުރާނަ..، އަހަރެން އެންމެ ލޯބިވާ ފަރާތް..، މިގުޅުމައް އެއްވެސް މީހަކައް ވަދުމުގެ ހުއްދައެއް އަހަރެން ނުދޭނަން ..،
ނާއިކު ވަރައް ލޯތްބާއެކު ބުނެލިއެވެ.
މިހާރު އަހަރެން ހިތުގަ ހުރި ހުރިހާ ރިހުމެއް ފިލާ ގޮއްސި ..، އަހަރެންނައް ނިކްއާ ނުލާ ނޫޅެވޭނެ ..، ކޮންމެ ހާލެއްގަ ވެސް އަހަރެން އަބަދުވެސް ނިކްދެކެ ލޯބިވާނަން..،
ތަމަން އެހެން ބުނެލަމުން ބާލީސްތެރެއަށް މޫނުލައި ފޮރުވާލިއެވެ.
**
ތަމަން ހުރީ އަނެއްކާވެސް ލޯބިވާ ދޮންތައާއި ދުރައްދާން ޖެހޭތީ ދެރަވެފައެވެ. ތާރާއާއި އެކު މިވީ ކުޑަދުވަސްކޮޅު އެހާ އަވަހަށް ދިޔައިރުވެސް ތަމަންއަށް ނޭގުނެވެ.
ތާރާގެވެސް ހާލަކީ ހަމަ އެއީ އެވެ.ތަމަންއާއި ވަކިވާން ބޭނުން ނުވިޔަސް އެވަގުތު ކޮޅުއައިސް ޖެހުނީއެވެ.
އެންމެ ފަހުގެ ސަލާމް ކުރުމައްފަހު ލޯބިން ކޮއްކޮ ގައިގައި ތާރާ ބައްދާލިއެވެ
އެއަށްފަހު ފަޒްލާއާއި ނާޒިމްއަށް ފަހުގެ ސަލާން ކޮއްލިއެވެ.
ދަރިފުޅު އަދި އަންނަން ވާނެ..، ބޭބެ ވަރަށް އުފާވެއްޖެ ދަރިފުޅުމެން މިކޮޅަށް އައިސް ދިނީމަ..، އާޝާއެކޭ އެއްގޮތައް ދަރިފުޅައްވެސް ބޭނުން ދުވަހަކު އުޅޭވޭނެ..، ނާޒިމް ތާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ތާރާ ދައްތާ އަހަރެންވެސް ވަރަށް މިސްވާނެ އަދި އަންނައްޗޭ..، މާކް ބޭބޭ އަދި އަންނައްޗޭ ތާރާ ދައްތަ ގޮވައިގެން ..، އަރުކަން ބުނެލިއެވެ.
ދެން ވަރަށް ހިތްހެޔޮ ކުރާތި ފަޒްލާވެސް ތާރާ ގަޔާ ކަރިކޮއްލަމުން ބުނެލިއެވެ..
މަންމާ އަހަރެންވެސް ދާނަން ތާރާ ދައްތަ ފުރުވަން..، އާރިން ބުނެލިއެވެ. އާން އަވަހަށް ދޭ..، ލަސްނުކޮށް އަންނާތި..، ފަޒްލާ އެހެން ބުނެލުމުން އެންމެން ކާރަށް އެރިއެވެ.
ފަހަތު ސީޓްގައި ތަމަންއާއި ތާރާ އަދި މާކިން ތިބި އިރު އާރިން އިނީ އަރުކަންކައިރީ ކުރީ ސީޓް ގައެވެ.
އެއާޕޯޓާ ހިސާބަށް ދެވެން ދެން ވެސް ތާރާއާއި ތަމަން ހުއްޓާނުލާ ވާޙަކަ ދެއްކިއެވެ.
އިންޝާﷲ ދެން އެހާ ގިނަދުވަހެއް ނެތް ކޮއްކޮއާ ދޮންތަ އާއި ދިމާވާން ..، ތާރާ ތަމަން ގައިގައި ބައްދާލަމުން ބުނެލިއެވެ.
ތިން ގަޑި އިރު ދުއްވުމައްފަހު އެއާޕޯޓާ ހިސާބަށް އާދެވުމުން އެންމެން ފޭބިއެވެ. އެންމެ ފަހު ފަހަރަށް ތަމަން ގައިގައި ތާރާ ބައްދާލިއެވެ.
މާކިން ވެސް އައިސް ތަމަން ގައިގައި ފިރުމާލިއެވެ.
ބޯޓް ނައްޓާލާ ގަޑީ ޖެހުމާއެކު އެންމެންތައް އަރާ ހަމަޖެހިލިއެވެ.
ތާރާއާއި މާކިން ގޮނޑީގައި އިށީންދެ ސީޓް ބެލްޓް އަޅާލިއެވެ. ކުޑަ އިރުކޮޅަކުން ތާރާއާއި ޖެހިގެން އިން ސީޓްގައި އަންހެން ކުއްޖަކު އިށީނެވެ. އަދި ތާރާއާއި ދިމާއަށް ބަލައިލަމުން ހިނިތުންވުމެއް ވެރިކޮއްލިއެވެ.
ހާއި ރާއްޖެ ބައެއްތަ؟ އެކުއްޖާ ތާރާ އަށް ބަލައިލަމުން ބުނެލިއެވެ.
ތާރާ ބޮލުން އާއެކޭ ބުނެލިއެވެ.
ހަޒްބެންޑް ތަ އެއީ؟ އަނެއްކާވެސް އެކުއްޖާ ބުނެލިއެވެ. މިފަހަރު ތާރާ އާއެކޭ ބުނެ ހިނިތުން ވުމެއް ވެރިކޮއްލިއެވެ..
އެކުއްޖާ އެހެން ބުނެލުމުން މާކިން އެކުއްޖާއާއި ދިމާލައް ބަލާލިއެވެ.
މާކް.......، އެކުއްޖާ ކުއްލިއަކައް މާކިންއަށް ބަލައިލަމުން އަޑަށް ބާރުލައި ގޮވާލިއެވެ.
އޭރު މާކިން އެއީ ކާކުކަން ނޭގި ލޯ ހިމަކޮއްގެން އެކުއްޖާއަށް ބަލަން އިނެވެ. ތާރާވެސް ވާނުވާ ނޭގި އެކުއްޖާ އާ ދިމާލައް ބަލާލިއވެ.
އަޅޭ ..، އަހަރެން ނޭގިފަތަތީނީ..، މީ އެވީ އޭ..، އެވްލިން އަމިއްލައަށް ތައާރަފް ވެލަމުން ބުނެލިއެވެ.
އެވީތަ؟ ހާދަ ބަދަލު ވެފަ؟ ނޭގޭނެއްނު.. މާކިން އެހެން ބުނެލުމުން ތާރާ އެކުއްޖާއަށް ފުންކޮއްބަލާލިއެވެ.
މެދުމިނުގެ އިސްކޮޅަކާއި ޗަބީ ހަށިގަނޑެއް ލިބިފައިވާ އިރު ލިބިފައިވަނީ ކުލައަލި ހަންގަނޑެކެވެ،
ބޮލުގެ އިސްތަށިގަނޑު ކަދުރާ އާ ހިސާބަށް ކޮށާލާފައި އޮތީ އެއްޗެއްވެސް ނުޖެހޭ ވަރަށެވެ.
މޫނުމަތީގެ ހަންގަޑު އޮމާންވެފައި ރީތި ކަމުގައި ވިޔަސް ވާޙަކ ދައްކާއިރު ދައްޕިލާގެ މެދުދަތް އެނބުރިފައި އިންކަހަލަ ގޮތަކައް އިނުމުން އައިބު ގޮތެއް ހުއްޓެވެ.
ނިންމާފަތަ ތިދަނީ؟ މާކިން ބުނެލިއެވެ.
ނޫން ..، އަދިވެސް އެބަ އޮތް ތިން އަހަރު،...، ކުޑަ ބްރޭކެއް ލިބުނީމަ ނިކް ދެކިލާ ހިތުން މިދަނީ ހަމަ..،
އެވްލިން ބުނެލިއެވެ.
ވައިފް ވަރަށް ލޯބި އިނގޭ ވަރަށް ގުޅޭ ..، ތާރާގެ ރީތިކަމައް ތައުރީފް ކޮއްލަމުން އެވްލިން ބުނެލިއެވެ.
ތޭންކްސް..، މާކިން އެވްލިންއަށް ބަލާލަމުން ތާރާގެ އަތުގައި ހިފާލާފައި ބުނެލިއެވެ.
**
އެރެއިވަލް ތެރޭން ނިކުމެވުން އިރު މާކިންގެ އާއިލާ އެންމެން އައިސް ތިއްބެވެ. ތާރާއަށް އެމީހުން ފެނުމާއެކު މާކިންއާއި އެކު އެދިމާލައް ހިނގައިގަތެވެ.
ދެފަރާތައް ބަލަމުން އެވްލިން ހޯދަމުން ދިޔައީ އޭނަގެ ހިތުގެ ރާޖާއެވެ. ދެކޭ ހިތުން ކެތްމަދުވެފައިވާއިރު އެންމެންގެ ތެރެއިން އެވްލިން ނިކުމެގެން ހިނގައިގަތެވެ.
ދަނީތަ؟ ކާކު ބަލާ އަންނަނީ؟ މާކިންއަށް އެދިމާލައް އައި އެވްލިން ފެނުމާއެކު ބުނެލިއެވެ. ނިކްއަންނާނެ ވާހަކަ ބުނި..،އެހާ ދުވަސްކޮށްފައި އައުމުންވެސް ނާއިކް އެގޮތަށް ކަންތައް ކުރުމުން ހިތުގަ ޖެހޭ ގޮތް ވެފަ ހުރެ އެވްލިން އެކަން ފޮރުވަމުން ބުނެލިއެވެ.
ތިހިރަ އަންނަނީނު ...، މާކިންމެންނާ ތަންކޮޅޭއް ދުރުން ހިނގާފައި އައި ނާއިކްއާ ދިމާލައް އިނގިލި ދިއްކޮއްލމުން މާކިން ބުނެލިއެވެ.
އެއަޑައް ސިހިފައި އެވްލިން އެދިމާލައް ބަލާލިއެވެ. ތުންފަތް މައްޗައް ހިނިތުން ވުމެއް ވެރިކޮއްލަމުން ހުރި ފިޔަވަޅުމަތީ އެވްލިންއަށް މަޑު ޖެހުވުނީ އެހާ ދުވަސް ފަހުން ނާއިކް ފެނުނު އިރު އޭނަގެ ފުރިހަމަކަން ފެނިއެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް