ކުރިމަތީ ފެންނަންހުރި ރީތީގެ ލާމަސީލެއްކަހަލަ އަންހެން ކުއްޖާއަށް ދާނިޔަލް ބަލާ ފޫހިވާ ގޮތެއް ނުވިއެވެ.
ހާއްދަ ރީއްޗެވެ ...، ހާދަ ފުރިހަމައެވެ.
ކޮންފަދަ ރީތި ކަމެއް ލިބިފައިވާ އަންހެން ކުއްޖެއްބާވައެވެ
ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިކޮށްގެން ދާނިޔާލް ތަމަންއަށް ބަލަން އިންތަން ފެނި ތަމަން ލޯއަޅާލިއެވެ.
ދާނިޔަލްއަށް ބަލައިލާ ކޮންމެ މީހަކަށްވެސް އޭނައަކީ ފަހުގެ ފެޝަނަށް ލޯބިކުރާ މީހެއްކަން އެނގޭނެއެވެ. ފަން އިސްތަށިގަނޑު އޮތީ ކަނދުރާއާއި ހިސާބަށް ދިގުކޮށްލާ ގޯލްޑް ކުލައިން ހައިލައިޓް ކޮއްލާފައެވެ.
ލާފައި ހުރި ކަކުލާ ހިސާބަށް އަންނަ ކަޅު ސޯޓަކާއިއެކު ކަކުލުން ތަންކޮޅެއް މައްޗައް ހުރި ދިގު ހުދު ޓީޝާޓެކެވެ.
އަތުގައި ރިހި ކުލައިގެ ހުދު ޗޭނެއް އަޅާފައި އޮތް އިރު ކަރުގައި ކަޅުކުލައިގެ ފަށެއް އަޅާފައި އޮތެވެ.
އެއީ ކޮންކުއްޖެއްތަ؟ ކާގެއިން ނިކުންނަން ދިޔަ ތަމަންއަށް އެއަޑު އިވި ހުއްޓުނެވެ.
އެއީ....، ސީމާއަށްއެހާ ހިސާބަށް ބުނެވުނުތަނާ ތަމަން ފަހަތުން ވާހަކަ ދައްކަން ފެށިއަޑައް ބަލާލިއެވެ.
އަހަރެން މީ މަންމަގެ ދަރިއެއް..، ތަމަންއެހެން ބުނެލުމުން ސީމާ ލޯއަޅާލިއެވެ.
ސީމާ ރުޅިއަޔަސް ހެޔޮކަމަށް ތަމަން އެހެން ބުނެލުމަށްފަހު ފަހަތްވެސް ބަލާ ނުލާ ނުކުމެގެން ދިޔައީއެވެ.
ގެއާއި ބަދިގެ ބަޔާއި ދޭތެރޭ އޮތް ހުސްތަނުންލާފައި ތަމަން ދިޔައިރުވެސް ދާނިޔަލް އެއިންގޮތަށް އިނީއެވެ.
ކޮންއިރަކު އޭނަ މިގެއަށް އައީ..، އަހަރެންނައް އަދި މިއެގުނީ މަންމަގެ ދަރިން ހުންނަކަންވެސް..، ދާނިޔާލް ސީމާއަށް ބަލަން ހުރެ ބުނެލިއެވެ.
ނަމުގަ އަހަރެން ދަރިން..، ހާލުގަ ޖެހުނިމަ މަންމަ ހުންނަކަން އެނގުނީ..، މިއޮތްހާ ދުވަހު އަހަރެން އެހާހާލުގަ އުޅުން އިރު އަހަރެންގެ ހާލު ބަލައިލަން ކީއްކުރަން ދުނިޔޭގަ އުޅޭ މީހެއްކަންވެސް ނޭނގޭނެ..،މިއަދު އެމީހުން ހާލުގަ ޖެހިގެން އައީމަ އަހަރެން ކީއްކުރަން އެވަރުން އުޅެންވީ..، އަހަރެންގެ ދަރިއަކަށްވީތީ އަހަރެންގެ ހިޔާވަހި ކަމުގެ ދަށުގަ އެހެރީ ބަހައްޓާފަ...،އިތުރަށް އަހަރެން އޭނަގެ އެއްވެސް ކަމަކާ ބެހޭކަށް ބޭނުމެއްނޫން..، ރުންކުރު ގޮތަކައް ސީމާ ބުނެލިއެވެ.
ދެން އެވާހަކަ ބަހައްޓާ..، އަހަރެން މިދަނީ ފެންވަރާލައިގެން އަންނަން..، އަހަރެން ހޯދަން ހައިޝަމް އައިއްސިއްޔާ ބުނޭ މަޑުކޮއްލާށޭ އިނގޭ..،ދާނިޔަލް އެހެން ބުނެ ހިނގައި ގަތުމުން ސީމާ ވެސް ގޮނޑިން ތެދުވެ ދާނިޔަލް ކޭ ތަށި ހިފައިގެން ސިންކް ކައިރިއަށް ޖެހިލިއެވެ.
ގޭތެރެއަށް ވަދެގެން ދިޔަ ދާނިޔަލް ކޮޓަރިއަށް ވަދެ ވަދެ ހުއްޓައި ތަމަން ކޮޓަރިން ނިކުންނަ ތަން ފެނުމުން އެނބުރިލިއެވެ.
ހާއި ޕްރެޓީ..، އަސްލުވެސް ހާދަ ލޯތްބޭ އިނގޭ..،
ތަމަން ލޯއަޅައިގެން ހުރިތަން ފެނުމުން ދާނިޔާލް ހިނިއައިސް ބުނެލިއެވެ.
ދާނިޔާލްގެ އެއްވެސް ވާހަކައެއް އަޑުއިވޭ ކަމަށްވެސް ހަދާނުލާ ތަމަން ބޭރަށް ނިކުންނަން ހިނގައި ގަތުމުން ދާނިޔަލް ގާތަށް ވަކިން ހިނިއައެވެ.
ކުނިކަހަން ފެށިގޮތައް ދާނިޔާލް އިލޮށިފައްޗަށް އެރުމުން އިލޮށި ފަތި އެތާ ބާއްވާފައި ދެވުމުން ތަމަން ނިކުމެ އަނެއްކާވެސް ބާކީ ހުރިތަންކޮޅު ކުނި ކަހަން ފެށިއެވެ. ގޭ ދޮރުމައްޗައް މާ ބޮޑު ހުސްޖާގައެއް ނެތުމުން އެތަންކޮޅު ކަހާލާކަން ގިނައިރެއް ނުނެގިއެވެ.މުޅި ގޯތި ތެރެއަށް އެއްކޮށް ބޮޑެތި އަކިރިވެލި ލައިފައި އޮތުމުން ކުނިކަހަން ތަމަންއަށް އެހާ ފަސޭހައެއްނުވިއެވެ. ނަމަވެސް އިލޮށިފަތިން ނުނެގޭ ފަތްކޮޅު ކޮޅު އަތުން ނަގަމުން ތަމަން އެތަން ކަހާ ނިންމާލުމައްފަހު ގޭދޮރުމަތީ ފަނުން ހިޔާ ކޮއްފައި ހުރި ބޮޑު އުނދޯލީގައި ތަމަން އިށިނދެ ހެއްލާލީ ހޫނުވެފައި ހުރުމުންނެވެ.
ހެއްލަމުން ދިޔައިރު އަކިރިތަކުގެ މަތީ ފައިތިލަ ޖެހުމުން ހީލި ކަރުވާ ކަހަލަ ގޮތެއްވިއެވެ.
ގޭތެރެ ފެންނަ ވަރަށް ރާނާފައި ހުރި ފާރުމަތިން އެހެން ދާމީހުންގެ ނަޒަރު އުދޯލީގައި އިން ތަމަންއަށް ހުއްޓެވެ.
ދަރިފުޅާ ކޮއްޗެއް މެންދުރައް ތައްޔާރު ކޮއްލަންވީ؟..،ސީމާ އެހެން ބުނެލި އަޑަށް އުނދޯލީގައި އިން ތަމަން އެދިމާ ބަލާލިއެވެ. އޭރު ފެންވަރާ ލައިގެން ދާނިޔަލް ގެއިން ނިކުންނަނީ އެވެ.
ބައްޕަ ކިހާއިރަކު އަންނަނީ؟ ދާނިޔާލް ބުނެލިއެވެ. މިހާރު ރަށާ ވަރަށް ކައިރިއޯ ބުނީ..، ސީމާ ނުނެލިއެވެ.
އެހެންވިއްޔާ ބައްޕަ އަށް ކަމުދާ އެއްޗެއް ހަދާލާ..، ހައި ނާދޭތަ؟ ދާނިޔާލް ސީމާއަށް ބަލަން ހުރެ އަހާލިއެވެ.
އާން ނާދޭ..،ސީމާ ބުނެލިއެވެ.
އަހަރެންއެބަ އަންނަން .. ދާނިޔާލް ހިނގައިގަންނަމުން ބުނެލިއެވެ.
ވާއު...، ވަރައް ސަޅި މަންޒަރެއް އިނގޭ..، ރީތި އުނދޯއްޔެއްގެ ރީތި ހުސްކުރި މަންޖެއެއް..، އަހަރެން ތިތާ ކައިރީ އިށީނދެލަންތަ..، ދާނިޔާލް އެހެން ބުނުމާއެކު ހެއްލަ ހެއްލަ ހުރި އޮދޯލި ހުއްޓާލުމައްފަހު ތަމަން އެތެރެއަށް ދާން ހިނގައިގަތެވެ.
ތަމަން މިފަހަރުވެސް ކަންތައް ކުރި ގޮތުންވެސް ދާނިޔާލް ގާތައް އައީ ހިންޏެވެ.
އެއަންހެން ކުއްޖާއާއި ދިމާކުރެވޭ ކޮންމެ ފަހަރަކު ދާނިޔާލްގެ ހިތަށް ހަމަޖެހުން ލިބެއެވެ.
އެތަން އަންހެން ކުދިންނާއި އެކު އުޅުންއިރުވެސް މިހާ ތަފާތު ރީތިކަމެއް ލިބިފައިވާ ކުއްޖެއް އަދި އޭނައަށް ނުފެނެއެވެ.
**
އެވީ...، ރޭގަ ވީ ކަންތަކާ ވަރައް ބޮޑަށް ސޮރީ..، އަހަރެން ހުރީ ވަރައް ބޮޑަށް ކަމަކާ ބޯ ގޮވާފަ އެހެންވެ އަހަރެންނައް އެހެން ވާޙަކަ ދެއްކުނީވެސް..، އެއީ އަހަރެން ގަސްތުގަ ކުރިކަމެއްނޫން..، ވަރަށް ބޮޑަށް ސޮރީ..، ފުރަގަސްދީގެން ހުރި އެވްލިންއަށް ނާއިކް ބުނެލިއެވެ.
ނާއިކް ރީތިކޮށްވާހަކަ ދައްކާފައި މާފަށް އެދުމުން ރޭގެ ހާދިސާގެ އެއްވެސް އަސަރެއް އެވްލިންގެ މޫނުމަތިން މިހާރު ނުފެނެއެވެ.
ވަގުތުން ހިނިތުންވެލަމުން ނާއިކްއާއި ދިމާލައް އެނބުރިލީ މާފް ކޮއްފީމޭ ބުނާކަހަލަ ގޮތަކަށެވެ.
ރޭގައި އެހިތް އެތައް ޝަކުވާއަކުން ފުރުނެވެ. ނަމަވެސް މިއަދު ނާއިކް އެންމެ ފަހަރަކު ރަނގަޅައް އަނގައިން ބުނެލުމާއެކު އެހުރިހާ ކަމެއްގެ މަތިން އެވްލިން ހަދާން ނެތުނުކަހަލައވެ.
އަހަރެން އަބަދުވެސް ނިކްއަށް މާފްކުރާނަން ..، އަހަރެންގެ މާފް ނުލިބޭނެ އެއްވެސް ކަމެއް ނިކްއަކައް ނުކުރެވޭނެ..، އެއަށް ވުރެ އަހަރެންނިކް ދެކެ ލޯބިވޭ،...، ވަރަށް ވަރަށް ލޯބިވޭ..، ދުވަހަކުވެސް އަހަރެންނާ ދުރައށް ނުދައްޗޭ....،އެވްލިން އެހެން ބުނެ އައިސް ނާއިކް ގައިގައި ބައްދާލިއވެ.
.**
އަހަރެންނައް ކޮފީ ތައްޓެއް ހަދައިދީބަލަ ތިރީތި ދެއަތުން..، ކާމޭޒް ދޮސުގައި ތައްޓަކައް ފެން އަޅައިގެން ލަސްލަހުން ބޯން އިން ތަމަން ގާތު ހުއްޓި ދާނިޔާލް ބުނެލިއެވެ.
ދާނިޔާލް އެހެން ބުނުމުން ތަމަން އެތަށީ ހުރި ފެންތައް އެއްފަހަރުން ބޯލުމައްފަހު ތަށި ބެހެއްޓިއެވެ.
އަދި ގޮނޑިން ތެދުވެގެން ގޮސް ކަބަޑުން ކޮފީ ފުޅި ނެގުމަށްފަހު ދާނިޔާލްއަށް ކޮފީ ތައްޓެއް ހަދައިދޭން އުޅުނެވެ.
ކީއްވެ އަހަރެންނާ ވާޙަކަ ނުދައްކަނީ؟ ތަމަން ގެ މޫނައް ބަލަން ހުރެ ދާނިޔާލް ބުނެލިއވެ. އެއަށް އެއްވެސް އެއްޗެއް ނުބުނެ ތަމަން ކޮފީތަށި ހަދައިދޭން ފެށިއެވެ.
ކީއްވެހޭ އަހަރެންނާ ވާޙަކަ ނުދައްކަނީ؟ ކަމަނާއަށް ވުރެ އަހަރެން ހަމުގެ ކުލަ އަދިރިވީމަތަ؟ ނޫނީ ތިހާ ހަންގަނޑު އޮމާންވެފަ ރީތި ނޫންވީމަތަ؟ބުނެބަލަ ..،ދާނިޔާލް ތަމަންއާއި ތަންކޮޅެއް ގާތަށް ޖެހިލަމުން ބުނެލިއެވެ.
ގައިގައި އަތްލާން ނަހަދައްޗޭ..، ދާނިޔާލް ކައިރިއަށް ޖެހެން ފެށުމުން ތަމަން އަޑަށް ބާރުލަމުން ބުނެލއެވެ.
ކިހިނެއްވަނީތަ؟ ކަލޭ މިގޭން އަހަރެން ހިޔާވަހިކަން ދިނީމަ މިގޭ ބޮޑެތި މީހުންނަށް ތިވައްތަރަށް ވާހަކަ ދައްކަން ލަދެއް ވެސް ނުގަނޭތަ؟ ސީމާ ހިތްހަމަ ނުޖެހި ބުނެލިއެވެ.
އޭނަ ބުނީމަ އަހަރެން ކޮފީތައްޓެއްވެސް ހަދައިދީފިން..، އެކަމަކު އޭނަ އެގޮތަށް ކައިރިއަށް ޖެހޭތީ އަހަރެންނައް އެހެން ބުނެވުނީ..،
ސޮރީ..، ތަމަން ބުނެލިއެވެ.
ދަރިފުޅު ދޭބަލަ ބަރޯ ހިފައިގެން ބަދަރުމައްޗަށް..، މިހާރު އިރުކޮޅެއް ވެއްޖެ ދާނިޔާލް ފޮނުވާށޭ ބުނިތާ..، މިހާރު ވަރަށް ހޫނުވެފަ ހުންނާނީ..، ސީމާ ބުނެލިއެވެ.
ބަރޮލަށް ދެފޮށި ލައިގެން މުހަންމަދު، ގޭ ދޮރުމަތީ ބަރޯ ބެހެއްޓުމައްފަހު ގޭތެރެއަށް ވަނެވެ. ސޯފާގައި ތަމަން އިންއިރު ފެންނަކަމަށްވެސް ހަދައި ނުލާ ގޭތެރެއަށް ވަދެ އަނެއްފަރާތުން ނިކުމެގެން ބަދިގެއާ ދިމާލައް ހިނގައިގަތެވެ.
އަދި ބޯޓުން އެއްޗެހި ނުބާލަ..، ސީމާ ފެނުމާއެކު އޭނަގެ ފިރިމީހާ ޖާވީދް ބުނެލިއެވެ.
އަދިވެސް އޭނަ ނުދަނީތަ؟ ބުނީމެއްނު ވަރަށް އަވަހަށް ދާނޭ..، ޖާވީދް ބުނެލިއެވެ.
އާނ އޭނަ ބުނިގޮތް އެއީ..،އެކަމަކު މިހާރު ހަފްތާއަކައްވުރެ ގިނަ ދުވަސްވީ އެހެން ބުނިތާ..،
އަދިވެސް ދާ ހިޔާލެއްނުކުރޭ،. ސީމާ ވެސް ބުނެލިއެވެ.
ކޮބާ ދާނިޔާލް..،؟ ޖާވީދް ބޭރަށް ބަލާލަމުން ބުނެލިއެވެ ދެންމެ އައިސް ފެންވަރާ ލައިގެން ބޭރައް ނިކުންނަން ދަމުން ބަރޯ ގެންގޮސްދީފަ އެދިޔައީ ހައިޝަމްއާއި އެއްކޮށް..، ސީމާ ބުނެލިއެވެ.
ވަރައް ސާމާނު މިފަހަރު ގެނައިން ..، މުދާ ނުގެނެވޭތާ ގިނަދުވަސްވީމަ ތަންކޮޅެއް ފިހާރަ ހުސްހެން ހީވާތީ ތަންކޮޅެއް ގިނަ އެއްޗެހި މިގެނައީ..،އަނަހެނުންނާއި ކުޑަކުދިން އެއްޗެހިވެސް ގެނައިން..،
އަހަރެން މިވިސްނަނީ ދާނިޔާލް ވަޒީފާއަކަށް ދާންބޭނުން ނެތިއްޔާ ފިހާރާގައި ބައިންދަން..، ޖާވިދް ބުނެލިއެވެ.
އޭރައް ކަމަކު ނުދާނެ..، އެސޮރު ބައިންދާނެ ކަމެއްނެއް..، އަހަރެން އިނދެފާނަން އެތާ..، ސީމާ ބުނެލިއެވެ.
އަހަރެންނަށް އެނގޭ އަހަރެންގެ އަސްލު ދަރިއަކަށް ވެފަ ސީމާގެ ދޮންދަރިއަކަށް ދާނިޔާލް ވިޔަސް އަހަރެންނަށް ވުރެ ދާނިޔާލްއަށް ސީމާ ބަލާކަން ..، އެހެންވެ ދާނިޔާލް ސީމާދެކެ މާ ލޯބިވަނީ..، ޖާވިދް ބުނެލިއެވެ
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް