ނިކް...، އަދިވެސް ނުފުރަންތަ؟ ހާދަ އަވަހަށް ތިއައީ ..، ބުނީމެންނު ދެދުވަސް ވާނޭ..، ނާއިކް ފަހަތުން ކޮޓަރިއާ ދިމާއަށް ހިނގައި ގަންނަމުން އެވްލިން ވާހަކަ ދއްކިއެވެ.
އަހަރެން ބުނީމެންނު ކުރަންދާ ކަންތައް ނިމުންހާ އަވަހަކަށް އަންނާނަމޭ..، ކުރަން ދިޔަ ކަންތައް ނިމުނިމަމިއައީ ..، މިގަޑީ އހަރެންނަށް އުދަގޫ ނުކޮށް މިތަންނުން އެވްލިން ދޭބަލަ..، ނާއިކް އެހެން ބުނެލުމުން އެވްލިން ނާއިކްއަށް ބަލާލިއެވެ.
އެދެލޮލުން ހީވަނީ ދެންމެ ދެންމެ ކަރުނަ އައިސް ދާނެ ހެންނެވެ. ނާއިކް އެހެން ބުނެލި ގޮތުން އެވްލިންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ.
އަބަދުވެސް ނާއިކް އުފާވާނޭ ހުރިހާ ގޮތަކަށް އޭނަ ވިސްނާއިރު ނާއިކް ކުޑަކޮށްވެސް އޭނަދެކެ ލޯބި ނުވަނީބާވައެވެ. ހިތުތެރޭ ހުރި ހުރިހާ ޝަކުވާތަކެއް މިރޭ ކުރަން ބޭނުންވެއްޖެއެވެ.
ހިތްވަރު ކުރަމުންދެލޮލުގައިވި ކަރުނަ ފޮހެލުމަށްފަހު ފުރަގަސްދީގެން ހުރި ނާއިކްގެ ކުރިމައްޗައް އެވްލިން އެރިއެވެ.
އޭނާއަށް ހައިރާންކަމެއް ލިބުނީ ނާއިކް ރޯކަން ޔަގީން ވުމުންނެވެ.
އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަ އަންނައިރު ވަރަށް ގިނައިރު ރޮއިފައި ހުރިކަން އެދެލޯ ހެކި ދެއެވެ.
ޝަކުވާ ކުރަން އަނގަހުޅުވާލި އެވްލިންއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮއް ނާއިކް ކޮޓަރިއަށް ވަދެ އެތެރެއިން ދޮރުތަޅުލިއެވެ.
ވާނުވާ ނޭނގި ހުރި އެވްލިން ކުޑައިރުކޮޅަކު ކޮޓަރީ ދޮރުމަތީ މަޑުކޮއްލައިގެންހުރެ ދޮރުގައި ޖަހާލަން އަތް ހިތްލާލުމައްފަހު އަތް ތިރިކޮއްލިއެވެ.
ހަޔާތުގައިވެސް ފިރިހެނަކު އެގޮތަށް ރޮނިކޮށް އޭނައަށް ފެނުނުމީ ފުރަތަމަ ފަހަރެވެ.
އެއީ ދުވަހަކު އެދެލޮލުން ކަރުނަ ތިއްކެއް ވެއްޓެން ނޭދޭނެ އޭނަ އެއްމެ ލޯބިވާ ފަރާތެވެ.
މިވަގުތު ނާއިކްއާއި ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް އެވްލިން އެހިޔާލު ދޫކޮށްލުމައްފަހު ސިޓިންގްރޫމާ ދިމާއަށް ހިނގައިގަތެވެ.
އާޝާ!!ތިގޮތައް ކަންތައް ކުރި އިރު އެއްފަހަރުވެސް އަހަރެންނާ ދޭތެރޭ ވިސްނާލިންތަ؟ އަހަރެން ވީ ތެދުވެރި ލޯތްބަށް އާޝާއަށް ޝައްކުވަނީތަ؟ ކިތަށްފަހަރު ގުޅިއްޖެ..، އެކަމަކު ފޯނު ނިއްވައިލައިގެން ތިއުޅެނީ އަހަރެންނަށް ކުރެވުނުގެ ކުށުގެ އަދަބު ކަމުގަ ވަންޏާ އަހަރެންނައް މިހާރު އެއަދަބު ލިބިއްޖެ..، ހެޔޮނުވާނެ ތިހެން ނަހަދާ...،ނާއިކް އެނދުގައި އިށީނދެ ދެއަތުން ބޮލުތެރެއަށް އަތް ލައިގެން އިންއިރު އެހިތް އެތައް ޝަކުވާއެއް އާޝާޢަށް ކުރަމުން ދިޔައެވެ.
އަހަރެން އާޝާ ހޯދަން އިތުރަށް ކޮންކަމެއްތަ ކުރަންވީ؟ އަހަރެން މޮޔަވެދާނެ އާޝާ..،
ހިތް އެތައް ޝަކުވާއެއް ކުރަމުން ދިޔައިރު އެހިތްވަނީ މާޔޫސްވެފައެވެ.
ބަންޑުން ނިދިފައިއޮތް ނާއިކްއަށް ހޭލެވުނީދޮރުގައި މީހަކު ތަޅާއަޑަށެވެ.
ލޯ އުގުޅާލުމައްފަހު އެނދުގެ އަނެއްފަރާތަށް ނާއިކް ބަލާލީ އެވްލިން ހޭލާއޮތްތޯއެވެ. ކައިރީގައި އެވްލިން ނެތުމުން ރޭގެ ހަދާންވެ ކުއްލިއަކަށް ނާއިކްއަށް ފުންމައިގެން ތެދުވެވުނެވެ.
ރޭގައި އެވްލިންއާއި ދިމާއަށް ބުނެވުނު އެއްޗެހި ހަދާންވާން ނެގީ މަދުވަގުތުކޮޅެކެވެ. ރޭ ހަތަރު ދަމު އެވްލިން ކޮޓަރިއަށް ނުވައްދާ އޭނަ އެއޮތީ ތަޅުލައިގެން ނިދާފައެވެ.
މިއޮށް ހުރިހާއިރު އެވްލިން ވީ ކޮންތާކުބާވައެވެ.
ކުރިއަށް ވުރެ ބާރަށް ދޮރުގައި ޖަހާލުމުން ނާއިކް އިތުރަށް ސިހުނެވެ. ޔަގީނެވެ. ބައްޕައަށް ހުރިހާ ކަމެއް އެނގުނީއެވެ.
އެނދުން ތެދުވުމަށްފަހު ނާއިކް ދޮރާ ދިމާއަސް ހިނގައިގަތެވެ. އިއްޔެ އެރަށަށް ދިޔަ ގަމީހާއެކު ހުރެވުނުކަންވެސް ނާއިކްއަށް އެނގުނީ އެވަގުތުއެވެ.
ރޫއަރާ ފުރިފައި ހުރި އެގަމީސް ބޭލުމަށްފަހު ނާއިކް ކުޑަކޮށް ދޮރު ހުޅުވާލިއެވެ.
އެވީ ކީއްވެ ސިޓިންގްރޫމުގަ ނިދާފަ އެއޮތީ..، އެވީ ހިތުގަ ޖެހޭ ކަހަލަ ކަމެއް ކުރީތަ..، ބައްޕަ އެހެން ބުނުމުން ނާއިކްއަށް އެއަށް ދޭނެ ޖަވާބެއްނޭނގި އިސްޖަހާލީ އެހުރިހާ ކަމެއް އެވްލިން ބައްޕައަށް ކިޔައި ދިނީއޭ ހިތާއެވެ.
ބައްޕާ....، ތަންކޮޅެއް ފިނި ބޮޑުވީމަ ބޭރަށް ނިކުމެލީ ކުޑަކޮށް ހޫނު ކޮއްލަން ..، ނިކުމެ ސޯފާގަ ޖައްސާލިތަނާ ނިދުނީ..، އެވްލިން އައިސް ނާއިކްޢައި ފައްވާޒް ކައިރީ ހުއްޓިލަމުން ނާއިކް ދިފާއު ކުރުމުގެ ގޮތުން ބުނެލިއެވެ.
ބައްޕަ ކޮޓަރިން ނިކުތް އިރު ދަރިފުޅު ސޯފާގަ ނިދާފަ އޮތީމަ ބައްޕަ ހީކުރީ ދެކުދިން މައްސަލަ އެއް ޖެހުނީ ކަމަށް..، އެހެންވެ ނާއިކްއަށް ގޮވަން މިއައީ..، ފައްވާޒް ބުނެލިއެވެ..
އާދޭ ދަރިފުޅު ފެންވަރައިލައިގެން ސައިބޯން ..، ބައްޕަ މަޑުކޮށްލާނަން ދަރިފުޅުމެން އަންނަން ދެން..، ފައްވާޒް އެހެން ބުނެ ހިނގައިގަތުމުން އެވްލިން ކޮޓަރިއަށް ވަނެވެ.
ނާއިކްއަށް ބަލާލުމެއްވެސް ނެތި އެވްލިން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
ފާހާނާއަށް ވަދެވުން ގޮތަށް އެވްލިންއަށް ރޭގެ ކަންތައްތަކާ ވިސްނާލެވުނެވެ. ހަދާނަން އަންނަން ފެށީ މީގެ އަހަރުތަކެއް ކުރިން ނާއިކްއާއި އޭނަ މަޖާކޮށް ހީހީފައި އުޅުނު ދުވަސްތަކަވެ. އެވްލިން ފެންނަން ނެތިއްޖެ ނަމަ ނާއިކްއަށް ކާއެއްޗެއްވެސް ނުދިރޭނެއެވެ.
ދެމީހުންގެ ދުވަސްތައް އޭރު ނިމި ދިޔައީ ކުޅިވަރާ މަޖަލުގެ ތެރެއިންނެވެ.
ނަމަވެސް މިހާރު ހުރިހާ ކަމެއް ބަދަލު ވެއްޖެކަން އެވްލިންއަށް ރޭގެ ހާދިސާއިން ޔަގީން ވެއްޖެއެވެ.
ދެމަފިރިއެއްގެ ދޭތެރޭ އޮންނަންވާ ގާތް ގުޅުމެއް އެދޭތެރޭ ނެއްކަންވެސް ޔަގީން ވެއްޖެއެވެ.
ހިތުގައި އުފެދޭ ސުވާލަކީ ނާއިކް އެވަރަށް ދެރަވެ ހިތުގައި ޖެހި ރޮވުނީ ކީއްވެބާއެވެ. ސުވާލު ކޮށްލަން ކިތަންމެ ބޭނުންވިޔަސް މިވަގުތު އެހިތްވަރެއް ނެތެވެ.
**
ހެދުމުގެ އަތްކުރި ތިރިކޮއްލަމުން ތަމަން ބަދިގެއިން ނިކުންނަން ހިނގައިގަތް އިރު މުޅި ހެދުމުގަޔާއި މޫނުގައި ހުރީ ހުސް ފުށެވެ. ބަލައިލާ ކޮންމެ މީހަކައްވެސް އޭނަ އެނިކުތީ ރޮށިފިހެފައިކަން އެނގޭނެއެވެ.
އަތުން އެއްވެސް ކަމެއް ކުރަން ނޭގި ބޮޑުވި ތަމަން އަލަށްވެސް ރޮއްޓެއް ދަމަން އެފެށީވެސް އެގެއަށް އައިފަހުންނެވެ.
ތާރާވެސް ފަޒްލާވެސް ދުވަހަކުވެސް ތަމަންގެ އަތުން އެކަހަލަ މަސަތްކަތެއް ނުކުރުވައެވެ.
ކާގޭގައި ހުރި ސިންކް ކައިރީ ހުއްޓި މޫނާއި ހެދުމުގައި ހުރި ފުށްތައް ދޮވެލުމަށްފަހު ތަމަން ބޭރަށް ނިކުތީ ގޭތެރެއަށް ވަންނާށެވެ. . އޭރު އިލޮށިފައްޗެއް ހިފައިގެން ސީމާ ގޭދޮރުމަތި ކުނިކަހަން ނިކުންނަނީއެވެ.
މަންމާ ގެނޭ އަހަރެންއަތައް ..، މަންމަ ރޭގަވެސް އަތުގަ ރިއްސާތީނު އުޅުނީ..، މިއަދު ކުނިކަހައިފިއްޔާ މާ ވަރުވެދާނެ..،
ތަމަން އެހެން ބުނެ ސީމާއަތުގައި އޮތް އިލޮށިފަތީގައި ހިފާލިއެވެ.
މިއޮށް ހުރިހާ ދުވަހުވެސް މަގޭ މިދެއަތުން މިގޭދަށް ކުނިކެހީ ..، މިއަދުވެސް މަށަށްވާނެ..، ސީމާ ރުން ކުރު ގޮތަކައް އެހެން ބުނެ ހިނގައިގަތެވެ..، މަންމާ އެދުވަހު އަހަރެން މިތާ ނެތީމެއްނު ..، އަހަރެންނަށް ފެނުނޭ ރޭގަ މަންމަ އަތުގަ ރިއްސާތީ ބޭސް އުގުޅިތަން ..، ދެންދީބަލަ..ތަމަން ބުނެލިއެވެ.
މާ މަސައްކަތް ކުރާ މީހެއްކަން އެހެން މީހުންނަށް ދައްކަން އުޅޭނެ ކަމެއްނެތް..، ސީމާ އެހެން ބުނެ އަތުގައި އޮތް އިލޮށިފަތި ތަމަންފައިބުޑަށް ވައްޓާލުމައްފަހު ހިނގައިގަތެއެވެ.
ސީމާގެ އެހުންނަ ރުންކުރު ބޮޑާ ގޮތް ގަނޑު ހުއްޓަސް ތަމަން ހިތާ ހިތުން ސުކުރު ކުރަނީ އެހިޔާވަހިކަމުގައި އޭނަ ބަހައްޓާތީއެވެ.
އިރުއަރާ ދުނިޔެމަތި ހޫނުވެގެންއައީ ތަމަން ގޭދަށް ކުނިކަހަން އޮއްވައެވެ.
މޫނުމަތީ ހިއްލަމުން ދިޔަ ދާތައް އެއްއަތުން ފޮހެލުމަށްފަހު ތިރިވެ ނުކެހި ހުރި ތަންކޮޅު ކަހަން އަނެއްކާވެސް ފެށިއެވެ،
ކުއްލިއަކަށް އިލޮށިފައްޗަށް ކަޅުކުލައިގެ ބޫޓަކުން އެރުމުން ތަމަން ސިހިފައި މައްޗައް ބަލާލިއެވެ.
ކަޅިޖަހާލަންވެސް ނޭނގި ތަމަންގެ މޫނަށް ބަލަން ހުރި ޒުވާނާއާއި ތަމަންގެ ހަތަރު ކަޅި ހަމަވީ އެވަގުތުއެވެ.
އިސްކޮޅުން ދިގު ހަމުގެ ކުލަ މާއަލި ނޫނަސް އެޒުވާނާގެ އަންހެން ކުދިން ހިތްދަމައިގަންނަކަހަލަ ހިނިތުންވުމެއް ހުއްޓެވެ. އިލޮސިފަތިން ފައިބަންވެސް ހަދާން ނެތި އެޒުވާނާ ހުއްޓައި ތަމަން އިލޮށިފަތިން ދޫކޮއްލުމައްފަހު އެތެރެއަށް ދާން ހިނގައިގަތެވެ.
މަޑުކޮށްލަބަލަ..، ތަމަން ހިނގައިގަތްތަންފެނި އެޒުވާނާ ބުނެލިއެވެ. ކޮންނަމެއް ކިޔަނީ ވަރަށް ރީތި އިނގޭ...، އަހަރެން އަދި ތިހާ ރީތި ކުއްޖެއް އަލަށް މިދެކުނީ ..، އެޒުވާނާ އެހެން ބުނެލުމުންވެސް އެއަޑު އިވޭ ކަމައްވެސް ހަދާނުލާ ތަމަން އެތެރެއަށް ހިނގައިގަތެވެ.
ހާދަ ގޮތެއް ފޮތެއްވެސް ނެތް ފިރިހެނެކެވެ.
އޭނަ ބުނިގޮތަށް އަހަރެންވެސް މިނޫނީ މިހާ ގޮތެއްނެއް ފިރިހެނެއް ނުދެކެން އަލައް ފެނުންމީހަކާވެސް އެވައްތަރައް ވާހަކަ ދައްކަން ލަދެއްވެސް ނުގަތްދޯ..، ތަމަން އަނގަޔައް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.
ދަރިފުޅާ ދާނިޔަލް...!!ކޮންއިރަކު އައީ މަންމަ ގާތު ނުބުނެ ކީއްވެތަ ތިއައީ..، ސީމާ ދަރިފުޅާއޭ ގޮވާލުމުން ތަމަންގެ ފިޔަވަޅު ހުއްޓި ފަހަތަށް ބަލާލިއެވެ. އޭރު ސީމާ އުފަލުން ހީވަނީ ދާނިޔަލްގެ މޫނުގައި ފިރުމާއިރު އެހެން ކަމެއްހެންނެވެ.
ދެންވެސް ނުހުރެ ދޭބަލަ ސައިހަދަން..،ބަސްހުއްޓިފައި ތަމަން ހުއްޓާ ސީމާ އެހެން ގޮވާލުމުން ތަމަން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
އަހަރެންނަށް ވުރެ ބޮޑު ދަރިއެއް މަންމަ ހުރޭތަ؟ ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހެމުން ދާން ފެށުމުން ތަމަން އަމިއްލަ ނަފުސާ ސުވާލު ކޮއްލިއެވެ.
އޭނަ ފެނުމުން މަންމަ އުޅުނު ގޮތުން ހިތުގައި ޖެހުނަސް އެހާ ބޮޑުކަމަކަށް ނަހަދާ ތަމަން ކާގެއަށް ވަދެ މޭޒްމައްޗައް ސައިހަދަން ފެށިއެވެ. ކުޑައިރު ކޮޅަކުން ދާނިޔަލް ގޮވައިގެން ސީމާ އެތެރެއަށް ވަނެވެ. އަވަހަށް އިށީނދޭ ދަރިފުޅާ..، ގޮޑި ދަމާލުމަށްފަހު ދާނިޔަލް އިށީންނައް ތަން ދައްކަމުން ސީމާ ބުނެލިއެވެ.
ކުރިމަތީ ފެންނަންހުރި ރީތީގެ ލާމަސީލެއްކަހަލަ އަންހެން ކުއްޖާއަށް ދާނިޔަލް ބަލާ ފޫހިވާ ގޮތެއް ނުވިއެވެ.
ހާއްދަ ރީއްޗެވެ ...، ހާދަ ފުރިހަމައެވެ.
ކޮންފަދަ ރީތި ކަމެއް ލިބިފައިވާ އަންހެން ކުއްޖެއްބާވައެވެ
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް