އަރުކަން ފޮށި ޑިކީއިން ނެގުމުން މާކިން ފޮށީގައި ހިފާ އެތެރެއަށް ހިނގައި ގަތް އިރު ތާރާވެސް ގޭތެރޭގެ ރީތިކަމައް ބަލަމުން މާކިންއާއި އެކު އެތެރެއަށް ވަނުމައް ހިނގައިގަތެވެ.
ތަނުގެ ރިތިކަން ފެނުމުން ތާރާއަށް އަނގަ ލައްޕާލަންވެސް ހަދާންނެތެވެ.
ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން ސޯފާގައި އިދެފައި ތަމަން ތެދުވެ އެދިމާއަށް ހިނގައިގަތެވެ. ނާއިކު ދެކިލާ ހިތުން ކެތްމަދުވެފަ ހުރުމުން ތަމަންއަށް އެހިސާބައް ދެވުނީވެސް ތަންކޮޅެއް ބާރަށެވެ.
ދޮރުން ނިކުންނަން އައި ތަމަންއަށް ދޮރުން ވަންނަންއައި ތާރާ ފެނުމުން ވިގޮތްވެސް ނޭގުނެވެ.
ބިމުގައި ފައި ތަތްވެ ހުރިތާ ތަމަންއަށް ގަބުވެވުނީ ކުރިމަތިން ފެންނަ ކަންތައް ގަބޫލުކުރަން ދަތިވެހުރެއެވެ.
ދެފަރާތުގައި އެއްވަރަށް ހައްދާފައިވާ މާގަސްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ތާރާ ސިހުނީ ބާރަކަށް މީހަކު އައިސް ބައްދާލުމުންނެވެ.
ވާނުވާ ނޭގި ހުރި ތާރާ މާކިންއާއި ދިމާލައް ބަލާލި އިރު ތަމަންގެ އުފާވެރިކަމުގެ ކަރުނަތައް ތާރާގެ ކޮޑުމަތިން ހެދުން ތެއްމަމުން ދިޔައެވެ.
ދޮންތާ!!!! ތަމަން އަނގައިން އެހެން ބުނެ ވުމާއެކު ތާރާ ތަމަންގެ ދެކޮނޑުގައި ހިފާ ގަޔާ ދުރުކޮއްލީ ދެލޯ ބޮޑުވެ ހުރެއެވެ.
ކޮއްކޯ!! ތަމަންގެ މޫނު ފެނުމުމުން ތާރާއަށް އަށް ތަމަންއަށް ގޮވާލެވުނީ ގަބޫލުކުރަން ދަތިވެފަ ހުރެއެވެ.
ފެންނަ މަންޒަރު ގަބޫލު ކުރަން ދަތިވެ ތާރާއަށް ދެލޯ ފޮހެލެވުނީ ހުވަފެނެއްތޯ ޔަގީން ކުރާށެވެ.
ކޮއްކޯ...، ތާރާ ތަމަންއަށް ގޮވާލަމުން ބައްދާލީ ޔަގީން ނުވާކަހަލަ ގޮތަކަށެވެ.
އުފާވެރިކަމުގެ އެވަގުތުގައި ދެމީހުންނައްވެސް ރުއިން ނޫން އިތުރު ކަމެއް ނުކުރެވުނެވެ.
ގޭ ދޮރުމައްޗައް ނިކުތް ނާޒިމްއާއި އާރިން އަދި ފަޒްލާއަށް ވެސް ކައިރީ ތިބެވުނީ އެދެބެން އެކަކު އަނެކަކު ދެކެ ވާ ލޯބި ފެނުމުންނެވެ.
ކައިރީ އަނެއްފަރާތުގައި އަރުކަންއާއި އެކު މާކިން ހުރި އިރު އޭނަގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ.
އެތައް އިރަކު އެގޮތައް ރޯން ތިބުމައްފަހު ތާރާ ތަމަން ގަޔާ ދުރުކޮއްލަމުން އެމޫނަށް ބަލާލިއެވެ.
މިވީ ދުވަސްކޮޅުގައި އެކޮއްކޮއަށް އައިސްފައިވާ ބަދަލު ތާރާއަށް ފާހަގަ ކުރެވުނެވެ. ކުރިން އަނދާފައިވާ މޫނު މިހާރު ހުދުކަމުން ރާއްޖެ ކުއްޖެއްހެން ވެސް ހީނުވެއެވެ. މޫނު މައްޗާއި ހަށިގަނޑު ކުރިން ކިތަންމެ ހިކިކަމުގައިވިޔަސް މިހާރު ބޮޑު ދެކޮލާއި ހެޔޮވަރުގެ ރީތި ހަށިގަނޑެއް ލިބިއްޖެއެވެ.
ކުރިންވެސް ދިގު ބުޅި އިސްތަށިގަނޑު ފަންކޮއްލާފައި އޮތުމުން ކުރިޔައްވުރެވެސް މިހާރު އެއިސްތަށިގަނޑު ދިގުކަމަށް ދައްކައެވެ.
ކައިރީހުރި މާކިން ހިނިއައިސް ހުރި އިރު ތާރާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. އެވަރު ބޮޑުކަމެއް މާކިން ރޭވިއިރު އޭނައަށް އޭގެ ހިލަމެއްވެސް ނުވިއެވެ.
ދެން ހިނގާ އަވަހަށް އެތެރެއަށް ވަންނަން ....، މިހާރު ކިހާއިރެއް ބޭރުގަ ތިބޭތާ..، ފަޒްލާ އެހެން ބުނެލީ ތާރާއާއި ތަމަން ގާތަށް ހުއްޓިލަމުންނެވެ.
ތެދެއް އަވަހައް ހިނގާ އެއްޗެއް ކާލަންދާން..، ވަރަށް ވަރުބަލިވެސް ވެފައެއްނު ހުންނާނީ..، ނާޒިމް ތާރާ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
އެންމެންގެ މޫނައް ވަކި ވަކިން ބަލާލަމުން ތާރާ ތަމަންގެ އަތުގައި ހިފައިގެން ފަޒްލާގެ ފަހަތުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
ހިނގާ އަވަހަށް ސައިބޯން.، މިހާރު ކިހާއިރެއް ދައްތަ ތާރާމެން ނައިސްގެން ހުންނަތާ..، ފަޒްލާ އެހެން ބުނެލުމުން ތަމަން ދެލޯ ކުޑަކޮއްލަމުން ފަޒްލާއަށް ބަލާލިއެވެ.
ދައްތަ އަށް ވެސް އެނގޭތަ ދޮންތަ އަންނަކަން..، ކާމޭޒް ދޮށުގައި އިށީންނަމުން ތަމަން ބުނެލިއެވެ.
ތީނީ ހުރިހާ ކަމެއް ރޭވި މީހުން..، ފަޒްލާ މާކިންއާއި އަރުކަން އަށް ބަލާލަމުން ބުނެލިއެވެ.
ދޮންތަބެއާ އަރުކަންއާ ފްރެންޑްތަ؟ތަމަން ތާރާ އަތުގެ އިނގިލިތަކާ ކުޅެމުން އެހެން ބުނި އިރު ތާރާވެސް މާކިންއަށް ސުވާލުގެ ނަޒަރަކުން ބަލަން އިނެވެ.
ކުރިން ފްރެންޑެއް ނޫން އެކަމަކު މިހާރު ވަރައް ފްރެންޑް މާކިން އެއްޗެކޭ ބުނުމުގެ ކުރިން އަރުކަން ބުނެލިއެވެ.
އެވާހަކަ ކިޔައިދޭނަން ފަހުން އިހަށް ތާރާ ދައްތަ އެއްޗެއް ކެޔަ ދީބަލަ..،އަރުކަން މަޖާ ވެލާފައި ބުނެލިއެވެ.
އޯކޭ އޯކޭ ...،ތަމަން ބުނެލިއެވެ.
ކެއުމުގެ ތެރޭން ފަޒްލާ އާއި ނާޒިމް އެކި އެކި ވާހަކަ ތާރާއާއި މާކިންއާ ދެއްކިއެވެ.
އާޝާ ދެން ދޭ ދޮންތައަށް ކޮޓަރި ދައްކަން ވަރަށް ވަރުބަލިވެފަ އެހުރީ..، ކައި ނިމުމުން ފަޒްލާ ބުނެލިއެވެ.
ތަމަން ސިޑިން މައްޗައް އަރައިގެންގޮސް ނާއިކު ހުންނަ ކޮޓަރީ ދޮރު ހުޅުވާލަމުން ތާރާއާއި މާކިން ވަންނަން ތަންދެއްކިއެވެ.
މުޅި ކޮޓަރިތެރޭގައިވެސް ނާއިކުގެ ވަސް ހިފާފަ ހުރި ކަހަލައެވެ. ފުންނޭވާއެއް ބޭރައް ދޫކޮއްލަމުން ތަމަން މާކިންގެ ގާތު އެދުގައި އިށީނެވެ.
ދޮންތަބޭ .....، އަހަރެންނައް ނޭނގެ މިއަދު ދޮންތަ ފެންނަން ހުރީމަ އުޅޭނެ ގޮތެއްވެސް..، އަހަރެން އެހާ ވެސް މިއަދު އުފާ ވެއްޖެ...،ތިކަހަލަ ދޮންތަބެއެއް ލިބުންކަން އެއީ އަހަރެންގެ ނަސީބު...، އެހެންމީހެއް ތިމަގާމުގަ ހުރި ނަމަ މިއަދު އަހަރެން ދޮންތަ އަހަރެން ކައިރީ ނީނީސް ...،
ތަމަން ބުނެލިއެވެ.
އެނގޭތަ ކޮއްކޮއަށް މިއޮއް ހުރިހާ އިރުވެސް ދޮންތައަށް ނޭނގޭ ދޮންތަ މިދާތަނެއް...،އަހާއިރަށްވެސް ބުނޭ މިތާ ކައިރި ތަނަކައް ޗުއްޓީ ހަދާލާށޭ...،އެކަމަކު މިހާރު ވަރަށް އުފާވޭ ނުބުނެ އެގޮތަށް ކުއްލިއަކަށް ފެނުނީމަ..، އެހެން ނޫންނަމަ ދޮންތަ ހުންނާނީ ކޮއްކޮ ދެކޭ ހިތުން އާދެވޭލެއް ލަސްވެފަ..، ތާރާ ބުނެލިއެވެ.
އަހަރެން ބޭބީގެ އުފަލައްޓަކާ ކޮންމެ ކަމެއްވެސް ކޮއްދޭނަން ..،އަހަރެންނައް އެނގޭ ތަމީ ކައިރިއަށް އައިމަ ބޭބީ އުފާވާނެ ވަރު..، މާކިން އެހެން ބުނެލުމުން ތާރާ މާކިންގެ ލޮލަށް ބަލައިލީ ސުކުރުވެރި ނަޒަރަކުންނެވެ.
ވާހަކާގައި ތިއްބައި ކޮޓަރީ ދޮރުގައި ޖަހާލަމުން އަރުކަން އެތެރެއަށް ވަދެގެން އައިސް ކޮޓަރިތެރޭ ހުރި ގޮނޑި އެދާ ކައިރިކޮއްލަމުން އިށީނެވެ.
ކިހިނެއް އަހަރެމެންގެ ސާޕްރައިޒް؟ މާކިން ހީލަމުން ތާރާއާއި ތަމަން އަށް ބަލާލަމުން ބުނެލިއެވެ.
އަހަރެމެންގެ ސަޕްރައިޒްއޭ؟..، ދެން ކިޔައިދީބަލަ ..، ތަމަން ލޯއަޅާލަމުން އެހެން ބުނުމުން މާކިން ގާތައްވެސް ހިނިއައެވެ.
ހަދާންވޭތަ އެއްދުވަހު ތާރާދައްތައަށް ގުޅައިގެން އުޅުން ދުވަހެއްގަ އެގޭ ރަނާ ތިގޭގަ ރީތި ބިޓެއްވެސް ނޫޅޭހޭ ބުނީމަ އަހަރެން ނަންބަރު ދިން ދުވަސް.،؟ އެދުވަހު އަހަރެން ބޭރުގަ އުޅެނިކޮއް ނޭނގޭ ނަންބަރަކުން ގުޅަންފެށިމަ ނެގީ...، އެދުވަހު ރަނާ އަހަރެންނައް މާކިންބެ ތިމީހުންނައް ސަޕްރައިޒްއެއް ދޭން ބޭނުންވާ ވާހަކައާ އެމީހުންގެ ޕުލޭން ކިޔައިދިނީ..، އަހަރެން ވަގުތުން އެއްބަސްވެފަ އެކަމައް އަހަރެން ފަރާތުން ވެވެން އޮތް ހުރިހާ އެހީއެއް ވެދިނީ..، މިހާރު އަހަރެންނާ ރަނާއާ ވަރަށް ފުރެންޑް...، އަހަރެން ރަނާއާ ވާހަކަ ދައްކާ ވާހަކަ އިހައް އާޝާއަށް ސިއްރުކުރީ ރަނާ އެގޮތައް ބޭނުންވީމަ..،
އަރުކަން ބުނެލިއެވެ.
އެއީ ދޯ މާކްއާ ރަނާއާ އެވަރަށް ކޯޅޭ ދެމީހުން މާ ހަމަޖެހިގެން އެދުވަސްކޮޅު އުޅުން ގޮތަކީ..،ތާރާ ބުނެލިއެވެ.
ތާރާ އެހެން ބުނެލުމުން މާކިން ހީލިއެވެ.
ދެން ދޮންތަމެން އަރާމުކޮއްލާ އިނގޭ...، ތަމަން އެހެން ބުނެ އެކޮޓަރިން އަރުކަންއާ ދެމީހުން ނިކުމެ ދޮރުލައްޕާލިއެވެ..،
އަހަރެން މިއަދު ހާދަ އުފާވެއްޖޭ..، ތީ ހަމަ އަހަރެންގެ ނަސީބު..، ތަމަން ނިކުމެގެން ދިޔުމުން ތާރާ މާކިންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ހަގީގަތުގައިވެސް ތާރާއަށް ލިބިފައިވާ އުފާވެރިކަން މިވަގުތު ދުލުން ބަޔާން ކުރާނެ ގޮތެއްވެސް ނޭގެއެވެ.
**
އާދުވަހަކައް އަރައިގެން އައި އިރާއެކު އުޅާހައް ދެމިލަމުން ތާރާ އެނދުން ފޭބިއެވެ. ކޮޓަރީގައިވާ ބިއްލޫރި ދޮރުކަރީ ހުއްޓިލަމުން ދޮރުފޮތިތައް ކަހާލުމާއެކު އިރުގެ އަލި މުޅި ކޮޓަރިތެރެއަށް އެޅިގެން ދިޔައެވެ.
ދޮރު ތަންޑު ނައްޓާލަމުން ބެލްކަންޏަށް ނިކުމެލީ އެމަންޒަރު ބަލާލަން ހިތް ބޭނުންވުމުންނެވެ.
އެތަނަށް ނިކުމެ ބަލާލުމުން އެއީ ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމެއްކަން އެގެއެވެ.
އެކި އުސްމިނުގައި ހުރި އިމާރާތްތަކަން ބަލަން ތާރާ އިރުކޮޅަކު ހުރުމައްފަހު އެތެރެއަށް ވަނެވެ.
ފާހާނާއަށް ވަދެ ފެން ވަރާލައިގެން ނިކުމެ ކޮތަރީގެ ދޮރު ހުޅުވާލުމައްފަހު މާކިންއަށް ހޭ ނުލެވޭނެހެން މަޑުމަޑުން ދޮރު ލައްޕާލުމައްފަހު ސިޑިއާ ދިމާލައް ހިނގައިގަތެވެ.
އެއްވެސް މިހެއް ގޭތެރެއިން ފެންނަން ނެތުމުން އަދި އެއްވެސް މީހެއް ނުހޭލަނީކަން ތާރާއަށް އެގުނެވެ.
މަޑުމަޑުންގޮސް ބަދިގެއަށް ވަނތް އިރު ގޭގައި މަސަތްކަތް ކުރާ އަންހެން މީހާ ހެދުނު ސައި ތައްޔާރު ކުރުމުގައި އުޅެއެވެ.
ކޮއްކޮ ކޮފީ ބޮނީ..، ނުފަރިތަ ގޮތަކައް ތާރާ ވަނުމުން މޯނާ ދިވެހިން ބުނެލިއެވެ. އަހަރެން އަމިއްލަ އަށް ކޮފި ހަދާލަފާނަން..، މޯނާ ކޮފީ ބުއީތަ..، ތާރާ މޯނާގެ ނަން ހަދާން ކޮއްލަމުން ބުނެލިއެވެ.
އަދި ނުބޮނީ...، މޯނާ ބުނެލިއެވެ.
މިއަދު މޯނާއަށްވެސް ކޮފީ ހަދައިދޭނީ އަހަރެން ..، މިތާ އިށީނދޭ އަހަރެންނާ އެއްކޮއް ކޮފީ ބޯން...،ތާރާ އެހެން ބުނެ ދެމީހުންނައް ކޮފީ ހަދަން ފެށިއެވެ.
ކިހާއިރަކު އެންމެން ހޭލަނީ..؟ ތާރާ ބުނެލިއެވެ.
އެއިޓް އޮކްލޮކް މެޑަމް އަންނަނީ..، އޭރައް އަހަރެން ސައިހަދަން ބޭނުންވަނީ..، މޯނާ އެހެން ބުނެ އޭނަ މަސަތްކަތާ ދިމާލައް ދާން އުޅުނެވެ.
އަދި އެއިޓް އޮކްލޮކް ނުވަނީނު އަދި ސެވެން އޮކްލޮކް ވީ..، އަން މި ކޮފިތަށި ބޯލާ..، ތާރާ ކޮފީ ތަށި ދިއްކޮއްލުމުން މޯނާ އިތުރައް ދެކޮޅު ހަދަން ނުކެރިގެން ކޮފި ތަށީ ހިފިއެވެ.
މިއަދު މޯނާއަށް ރެސްޓް..، މިއަދު ސައިހަދާނީ އަހަރެން..، ތާރާ އެހެން ބުނެލުމުން މޯނާ ދެލޯ ބޮޑުކޮއްލިއެވެ.
ކޮއްކޮ އޭރުން މެޑަމް އަހަރެން ރުޅިއަންނަނީ..، މޯނާ ބިރުން އިނފދެ ބުނެލިއެވެ.
މެޑަމް ނޭނގެނީ..، މެޑަމް އަންނަންވާއިރަށް އަހަރެން ދަނީ..، ތާރާ ގޮތް ދޫނުކުރުމުން މޯނާ އެންމެ ފަހުން ތާރާ ހުރިހާ ކަމެއް ކުރަން އެއްބަސް ވިއެވެ.
ހުރިހާ ކަމެއް ނިމުމުން ތާރާ މޭޒްމައްޗައް ސައި ހަދާ ނިމުމައްފަހު ކާގެ ބައިން ނިކުންނަން ހިނގައިގަތެވެ.
އެވަގުތު ލޯ އުގުލަމުން އައިސް ތަމަން އެތަނައް ވަންނަނިއެވެ.
ދޮންތާ !! ހެދުނު އިރު އަރައިފިއްޔާ ހަމަ ނުނިދެނީއޭ ދޯ ދޮންތައަށް ..، ތަމަން އެހެން ބުނެ ދިމާކޮއްލީ ތާރާ އާދައިގެ މަތިން އެހާ ހެދުނާ ހޭލާ އުޅޭތީއެވެ.
އުނހު ކޮފި އެއް ބޯލަން ނިކުތީ މިހާރު ކޮފީ ބޮއިގެން މިދަނީ .، ކޮއްކޮއަށް ކޮފިއެއް ހަދައިދެންތަ؟
ވަރަށް ދުވަސް ވެއްޖެ އެއްނު ދޮންތައަތުން އެއްވެސް އެއްޗެއް ނުކާތާ..، ތާރާއެހެން ބުނެ ތަމަން އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.
އާޝާ އަށް ވެސް މިއަދު ނުނިދިގެން އުޅޭ ދުވަހެއްދޯ ..، ދެމީހުން ފެނި ކާގެ ތެރެއަށް ވަދެގެން އައި ފަޒްލާ ބުނެލިއެވެ.
ދެން ކޮފީއެއް ނޫނެންނު ބޯންވީ ހިނގާ ސައިބޯން ..، އެބަ އާދޭ އަރުކަންއާ އާރިންވެސް..،
ފަޒްލާ ބުނެލިއެވެ.
އަހަރެން އެބަ އަންނަން މާކިން ގޮވައިގެން..، ތާރާ އެހެންބުނެ ކޮޓަރިއާ ދިމާލައް ހިނގައިގަތެވެ.
އެންމެން ހަމަވުމުން އެކުގައި ސައިބޯން ފެށިއެވެ.
އާރިން ހަމަ އެހާ މަޑުންތަ އިންނަނީ..، އަހަރެން އައިފަހުން އަދި އާރިން އަނގައިން ބުނި އަޑެއް ނީވޭ..، ތާޜާ އާރިންއަށް ބަލާލަމުން ބުނެލިއެވެ.
އާން..، އޭނަ އަރުކަންހެން މާ އަނގަ ގަދަވެގެން ނޫޅޭނެ،،،. އެއްމާބަނޑު ދެމީހުން ވިޔަސް ވަރައް ތަފާތުވާނެ..،ފަޒްލާ އެހެން ބުނެލުމުން އާރިން ތާރާއަށް ބަލާލިއެވެ.
މިއަދު މިގޭ ސައި ހެދީ މޯނާއެއް ނޫންދޯ..، މިރަހަ އަހަރެންނައް އޮޅުވައެއް ނުލެވޭނެ..ތަމަން ބުނެލިއެވެ.
މެޑަމް އަހަރެން ބުނީ ކޮއްކޮ ކައިރީ ކޮއްކޮ ގަބޫލް ނުވަނީ..، މޯނާ ބިރުން ހުރެ ބުނެލިއެވެ.
އަހަރެންނައްވެސް މިއަދު ރަހަތަފާތުކަން އެނގިއްޖެ..،ފަޒްލާ ވެސް ބުނެލިއެވެ. އައި ގޮތައް ބަދިގެއަށް ވަނީ ދޯ ..، މަސަތްކަތެއް ނުކޮށް ހުންނަން ހަމަ އުދަގުލީއޭ ދޯ ...،
އަހަރެން ކިހާ މޮޅު އެހާ ދުވަސް ފަހުންވެސް އަހަރެންނައް އަހަރެން ދޮންތަ ގެ ކެއްކުން އޮޅުވައެއް ނުލެވުން..، ތަމަން އެހެން ބުނެ ގޮނޑިން ތެދުވެގެން އައިސް ގޮޑީ ފުރަގަހުން ތާރާގެ ކަރުގައި ދެއަތުން އަތްއަޅުވާލިއެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް