އަބަދާއި އަބަދު އެހިތް އެދި ގޮވަނީ ނާއިކްގެ އަޑު އަހާލުމަށެވެ. ނަމަވެސް ހިތުގެ މައްޗަށް ތަމަން ބާޜުފޯރުވަނީ ނާއިކުގެ ބޭވަފާތެރިކަން ހަދާންކޮއްފައެވެ.
ކައިވެނީގެ ރޭ އެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން ތަމަން ގެ ހިތަށް އުދަގޫކުރަނީއެވެ.
ކައިރީ ހުރި އަންހެން ކުއްޖާއާއި ދޭތެރޭ ހަސަދަވެރި ވެވުނީ މުޅި ހަޔާތުގައިވެސް ލޯބިވި މީހާގެ އަތްންބެއްގެ މަގާމު އޭނައަށް ނުލިބި އެމަގާމް އެކުއްޖާއަށް ލިބުމުންނެވެ.
**
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ދުވާލުގެ ބުރަމަސައްކަތައްފަހު އެންމެންތައް ހަށިގަޑައް އަރާމު ލިއްބައިދިނުމުގައި ނިދީގެ އަރާމު ހޯދަމުން ދިޔައިރު މިރޭވެސް ނާއިކްގެ ލޮލާ ނިދި ވަނީ މަހުރޫމް ވެފައެވެ. އެވްލިން ނިދިކަން ޔަގީން ވުމުން އެނދުން ފައިބައިގެން އައިސް ބެލްކަންޏަށް ނިކުމެ ރެއިލިންގައި އަތްއަޅުވާލަމުން ނާއިކް މަޑުކޮއްލިއެވެ.
ޖީބުގައި އޮތް ސިނގިރޭޓް ފޮށި ނަގާ ސިނގިރޭޓެއް ތުނބުގައި ޖަހާލުމަށްފަހު ރޯކޮއްލިއެވެ. އެތެރެއަށް ދަމާލި ދިގު ނޭވާއާއި އެކު މަޑުމަޑުން ފަޒާތެރެއަށް ދުންތައް ދޫކޮށްލިއެވެ. ހީވީ އެދުންތަކާއި އެކު ހިތުގައިވި ހުރިހާ އުދާސްތައްތައްވެސް ބޭރުކޮއްލަން މަސައްކަތް ކުރާހެންނެވެ.
އުމުރުން ސައްބީސް އަހަރު ވީ އިރު ދުވަހަކުވެސް ސިނގިރޭޓެއް ބޮއިފައި ނުވިޔަސް މިހާރު ހިތަށާއި ހަށިގަނޑައް ހަމަޖެހުން ހޯދަން ސިނގިރޭޓަކީ ނާއިކްގެ އެންމެން ގާތް އެކުވެރިޔާއަށް ވެއްޖެއެވެ.
ހެދުނު އަށެއް ޖަހަންވީއިރު ނާއިކްގެ ފޯނު އެލާމްވާން ފެށިއެވެ ފުރަތަމަ އެލާމްއާއި އެކު ނާއިކް ލޯ ހުޅުވާލިއެވެ. އޭރު އެވްލިން ފެންވަރައިގެން ނިކުމެ ޑޮރެސިންގްޓޭބަލް ކައިރީގައި ހުއްޓެއެވެ
އެވީ...!!
ކުޑަކޮށް ލޯ ހުޅުވާލުމައްފަހު ނާއިކް އެވްލިންއަށް ގޮވާލިއެވެ.
ނާއިކް ގޮވާލުމުން ގޮޑިން ތެދުވެގެން އައިސް އެވްލިން ނާއިކް ކައިރީ އިށީނެވެ. ހާދަ އަވަހަކަށް މޯނިންގް ވީ..،ހިނިތުން ވެލަމުން އެވްލިން ބުނެލިއެވެ.
ކުޑަ ވާހަކައެއްބުނަން ވެގެން ..، ނާއިކް ބުނެލިއެވެ
ބުނެބަ ..، ކިހިނެތްވީ..، އެވްލިން ދެބުމަ ކައިރި ކޮއްލަމުން ވާނުވާ ނޭނގޭ ކަހަލަ ގޮތަކައް ބުނެލިއެވެ.
އަހަރެން މިއަދު މިތާ ކައިރީ ރަށަކަށް ވާއިލްއާއި އެއްކޮށް ދާން ކަމަށް މިއުޅެނީ...، ހިއެއްނުވޭ މިއަދު އާދެވޭނެހެން..، ދެދުވަސް ވަރު ވެދާނެހެން ހީވަނީ..، ނާއިކް ބުނެލިއެވެ.
އަވަހަށްދޭ ..، އަހަރެން ނިކްގެ ތިކަހަލަ ކަންތައްތަކަކަށް ހުރަހެއް ނާޅާނަން..، އެވްލިން ހިނިތުން ވެލަމުން ބުނެލިއެވެ.
ބައްޕަ ހިތްހަމަ ނުޖެހިދާނެތީ..، ނާއިކް ބުނެލިއެވެ.
އެކަމާ ނިކް ހާސް ނުވޭ އަހަރެން ބައްޕައާ ވާހަކަ ދައްކާނަން ..، އެހެން ނޫނަސް ދެދުވަހެއްނު..، އެވްލިން ބުނެލިއެވެ.
އަބަދުވެސް އެވްލިންއަށް ހުރިހާ ކަމަކައްވުރެވެސް މުހިންމީ ނާއިކްގެ އުފަލެވެ. ނާއިކްގެ ހިނިތުންވުމެވެ. އެހިތުގައި ނާއިކްއަށްޓަކާ ވަނީ ތެދުވެރި ސާފު ލޯތްބެވެ.
ކައިވެނި ކޮށްގެން މިވީ ދެތިންދުވަހު ނާއިކްގެ ދުރުކަން އެވްލިންގެ ހިތަށް އުދަގޫކުރެއެވެ. ބައެއްފަހަރު ނާއިކް އޭނަދެކެ ލޯބިވާކަމަށްވެސް ޝައްކު ވެއެވެ.
އެއްވެސް ކަމެއްގައި ނާއިކް އަމިއްލައަށް އިސްނަގައިގެން ނޫޅޭކަން ވެސް އެވްލިންއަށް ފާހަގަވެއެވެ. ނަމަވެސް އެވްލިން ބޭނުންވާ ކަމަށް ނާއިކް ދެކޮޅު ހަދާކަށް ނުކެރެއެވެ.
ނާއިކްގެ އެކަންތައްތައް ފާހަގަ ކުރެވި އެވްލިން އެވާހަކަ ހިއްސާކުރީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ސާރާއާއެވެ.
ސާރާގެ ވާޙަކައިން ކައިވެނިކޮއްގެން އުޅޭ ފުރަތަމަ ދުވަސްކޮޅު އެކަކު އަނެކަކައް ގޮތް ދޫކޮށްގެން މާ މައްސަލަ ބޮޑު ނުކުރުމަށް އެވްލިންއަށް ނަސޭހަތް ދިނެވެ. އެއީ ކައިވެނީގެ ކުރީކޮޅު ގިނަ ދެމަފިރިއަކަށް ދިމާވާ ކަމެއް ކަމަށާއި މައްސަލަތައް ބޮޑު ނުކޮއް އުޅޭފިނަމަ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް ސާރާ އެވްލިން ގާތު ބުންޏެވެ.
އެވްލިން އެ އިންތިޒާރު ކުރަނީ އޭނަފަރާތުން ނާއިކްއަށް ދެވެން އޮތް ލޯބި އެންމެ ފުރިހަމަ ގޮތުގައި ނާއިކްއަށް ދެވޭތޯއެވެ. މުޅި އުމުރަށްވެސް އެހިތް ނާއިކް ދެކެ ލޯބިވާނެއެވެ.
**
ގިނަ ދުވަސް ތަކަކައްފަހު ތާރާގެ ބޮލަށްލިބުނު އަނިޔާއަށް ފަރުވާ ކުރުމަށްފަހު މާކިންގެ އާއިލާ ދިރިއުޅުން އަނެއްކާވެސް މާލެ ބަދަލުވިއެވެ.
އެންމެ ފަހުން ޑޮކްޓަރަށް ދެއްކި ދުވަހު ދެން ކޮންމެ އަހަރަކު އެއްފަހަރު ދެއްކިޔަސް އެންމެ ރަގަޅުކަމަށް ބުނުމުން މާކިން އެގޮތަށް ނިންމީ މާކިން އެހެން އުޅޭން ޖެހުމުން މާވިންއާއި ބައްޕައަށް ބުރަވާވަރުވެސް އޭނައަށް އެނގޭތީއެވެ.
ޑެޑީ ..، މީ ހާދަ ރީތި ހައުސްއެކޭ ..، ގޭތެރޭ ފެންޑާގައި ބަހައްޓާފައި ހުރި އުދޯލީގައި މާކިންއާއި އެކު އިން ރިމީ ގޭތެރޭގެ އެކި ދިމަ ދިމާއަށް ބަލަމުން ބުނެލިއެވެ.
މަންމި ކޮންތާކަށް އެދިޔައީ؟ ރިމީ ކުއްލިއަކަށް ތާރާ މަތިން ހަދާންވެގެން ބުނެލިއެވެ.
މަންމި އެދިޔައީ ރެސްޓްކޮއްލަން ..، ހިނގާ އަވަހަށް ޑެޑީއާއި އެކު ކައިގެން އަވަހަށް ނިދަން ދާން ..، އޭރަށް މާދަން ޕާކަށް ދެވޭނީ..،
މާކިން އެހެން ބުނެލުމާއެކު ރިމީ މާކިންއަށް ވުރެ ކުރިން ކާގެއާ ދިމާއަށް ދާން ދުއްވައިގަތެވެ. ރިމީ ދުއްވައިގަތުމާއި އެކު މާކިން ވެސް ރިމީ ފަހަތުން ދުއްވައިގަނެ ރިމީ އުރާލުމައްފަހު ބަނޑުގައި ކޮއްޓަން ފެށިއެވެ.
ދެބަފައިގެން ހީހީފައި ގޮސް ރިމީއަށް ކާންދީގެން މާކިން ކޮޓަރިއަށް ވަނެވެ،
އަދިވެސް ނުނިދަންތަ؟ މާކިން ރިމީއާއި އެކުކޮޓަރިއަށް ވަތްންއިރުވެސް ތާރާ ހޭލާއޮތްތަންފެނި ބުނެލިއެވެ.
އަދި ނުނިދިފަ މިއޮތީ..، ހީވަނީ ހަމަ ބޯޓުގަ އިނދެވޭހެން..،ވަރަށް ބޮލުގަ ވެސް ރިހޭ އެބަ..، ތާރާ ބުނެލިއެވެ.
އެބައަންނަން ރިމީ ފެންވަރުވާލައިގެން ..، ބޭސް ގުޅައެއް ކާލަނިކޮށް ރަނގަޅުވެދާނެ..، މާކިން ބުނެލިއެވެ.
ކޮއްކި މިރޭ ފެންވަރާނީ މަންމިއާ އެއްކޮށް..، ރިމީ އެހެން ބުނެ އެނދަށް އަރާ ތާރާ ކައިރީ އިށިނެވެ.
ޑެޑީ ބުނީމެއްނު މަންމި ބައްޔޭ..، މަންމި ރަގަޅުވީމަ ކޮއްކި ފެންވަރުވާނޭ..، އާދޭ އަވަހައް..، އޭރައް މަންމި ކާއިރިއަށް ނިދަން ދެވޭނީ..، މާކިން ވަރަށް ލޯބިން ރިމީ އުރާލަމުން ބުނެލިއެވެ.
....
ލޯންޗްގައި ތިންގަޑިއިރުގެ ދަތުރަކަށް ފަހު ނާއިކްއާއި ވާއިލް އަށް އުގޫފާރަށް އެރުނީ މެންދުރުއެވެ.
ނޭނގެ އެގެއަށް ކިޔާ ނަމެއްވެސްވެސް..، ހަމަ އެކަނި އެގެނީ އާޝާކަން ކިޔަނީ...، ނާއިކް ބުނެލިއެވެ.
ވަރަށް އުދަގޫ ވާނެ ހޯދަން ގޭގެ ނަންވެސް ނޭގެންޏާ..، މިރަށުގަ އަހަރެމެން ރައްޓެއްސެއްވެސް ހުރީކީ ނޫން..، އެހެންވީމަ ވަރަށް އުނދަގޫވާނެ..، ވާއިލް ބުނެލިއެވެ.
ހިނގާ މީހެއް ކައިރީ އަހާލަމާ..،ނާއިކް އެހެން ބުނެލުމުން ވާއިލްއެކަމާ އެއްބަސްވެ ރަށުތެރެއަށް ހިނގައިގަތެވެ.
ބަދަރުމަތީގައި ހުރި މަދުގަސްތަކާއި ހިރުނދު ގަސްތަކުގައި އެލުވާފައި ހުރި އުދޯލިތަކުން އެރަށަކީ ވަރަށް ހިތްފަސޭހަ ރަށެއްކަން އެރަށަށް އަރާ ކޮންމެ މީހަކައްވެސް އެނގޭނެއެވެ. ނާއިކްއަށްވެސް އެރަށުގެ އެހިތް ގައިމުކަން ވަރަށް ކަމުދިޔައެވެ.
މަގުގެ ވަކި ހިސާބަކައް ދެވުނުތަކާ ޒުވާން ފުރައިގެ ދެއަންހެން ކުދިން އެދިމާލައް ހިނގާލާފައި އަންނާތީ ފެނުމުން ނާއިކްއާއި ވާއިލް އެދިމާލައް ހިނގައިގަތެވެ.
މިރަށުގަ އުޅޭތޯ އާޝާ ކިޔާކުއްޖެއް..، އެދެކުދިންނާ ތަންކޮޅެއް ކައިރިއަށް ޖެހިލަމުން ނާއިކް ބުނެލިއެވެ.
އާން އުޅޭނެ..، އާޝާ މިހާރު ރަށަކު ނޫން އުޅެނީ އެމީހުން އެއްކޮއް ދިރިއުޅުން މާލެ ބަދަލް ކޮށްގެން އުޅެނީ.. ..، އެމީހުން ރަށަށް ނާންނަތާ ވަރަށް ދުވަސް ވެއްޖެ..، އެކުއްޖާ ބުނެލިއެވެ.
އެނގޭތޯ މާލެ އެޑްރެސް..، ނާއިކް އެހެން ބުނެލުމުން އެކުއްޖާ ނޭނގެއޭ ބުނާ ގޮތައް ބޯ ހޫރާލިއެވެ.
ނާއިކް ސުކުރު އަދާކުރުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ.
އެކި މީހުން ކައިރީ އެހުމުންވެސް ކޮންމެ މީހެއްވެސް ބުނަމުން ދިޔައީ އެއްވާހަކައެވެ. ކޮންމެ މީހަކުވެސް ނާއިކްއަށް ބުނެދެމުން ދިޔައީ މީގެ ތިރީހަކަށް އަހަރު ކުރިން ދިރިއުޅުން އެއްކޮށް ބަދަލު ކޮއް މާލޭގައި އުޅޭ އާޝާ ކިޔާ މީހެއްގެ ވާހަކައެވެ.
އެރަށުގައި އެނޫނީ އާޝާ ކިޔާ މީހެއް ނޫޅެއެވެ.
އެހެންވީމަ އާޝާ މާލޭގަ އެބައުޅޭ..، އޭނަ އެއުޅެނީ އަހަރެން އޭނަ ހޯދާފާނެތީ ފިލައިގެން..، އަހަރެންގެ ކުށެއް ނެއްއިރުވެސް އާޝާ އަހަރެންނައް ތިހެން ނަހަދަބަލަ...، އަހަރެން ވާ ލޯބި އިމްތިހާން ކުރަންތަ އާޝާ ތިއުޅެނީ...، ނާއިކް އަމިއްލަ ނަފްސާ ވާހަކަދައްކަމުން ބުނެލިއެވެ.
މަށަކައް ނުފެނޭ ދެން އިތުރަށް މިރަށުގަ ހުންނާކަށް ..، އެންމެން އެއްވާހަކައެއް އެބުނަނީ ..، ވާއިލް ބުނެލިއެވެ.
އޭރު ނާއިކްގެ މޫނުމަތީގައި ހުރި ހިތްދަތިކަން ވާއިލްއަށް ފެންނަން ހުއްޓެވެ.
ހިނގާ ދާން..، ހައެއްޖަހާއިރު ފުރަން އެއްޗެއް އެބައޮތެއްނު..، މިތާ އަހަރެމެން ތިއްބަސް ނުފެންނާނެ..، މާލެ ގޮސް ފެނޭތޯ ޓުރައި ކުރަމާ..، ނަސީބެއް ހުރިއްޔާ މަގުމަތިންވެސް ފެނިދާނެ،..، ދެން އިތުރު ގޮތެއް ނެތް..، ވާއިލް ބުނެލިއެވެ.
**
ސޯފާއަށް ދެފައި ނަގައިގެން ޓީވީއަށް ނަޒަރު ހުއްޓައިލައިގެން އިން އެވްލިންއަށް ގޭތެރެއަށް މީހަކު ވަތްން އަޑު އިވުމުން ބަލާލިއެވެ.
އޭރު ދަބަސް ކޮދުގައި އަޅޫވައިލައިގެން ނާއިކް ކޮޓަރިއާ ދިމާލައް ދަނީއެވެ.
ނިކް...، އަދިވެސް ނުފުރަންތަ؟ ހާދަ އަވަހަށް ތިއައީ ..، ބުނީމެންނު ދެދުވަސް ވާނޭ..، ނާއިކް ފަހަތުން ކޮޓަރިއާ ދިމާއަށް ހިނގައި ގަންނަމުން އެވްލިން ވާހަކަ ދއްކިއެވެ.
އަހަރެން ބުނީމެންނު ކުރަންދާ ކަންތައް ނިމުނުހާ އަވަހަކަށް އަންނާނަމޭ..، ކުރަން ދިޔަ ކަންތައް ނިމުނިމަމިއައީ ..، މިގަޑީ އަހަރެންނަށް އުނދަގޫ ނުކޮށް މިތަންނުން އެވްލިން ދޭބަލަ..، ނާއިކް އެހެން ބުނެލުމުން އެވްލިން ނާއިކްއަށް ބަލާލެވުނެވެ.
އެދެލޮލުން ހީވަނީ ދެންމެ ދެންމެ ކަރުނަ އައިސް ދާނެ ހެންނެވެ. ނާއިކް އެހެން ބުނެލި ގޮތުން އެވްލިންގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ.
ނުނިމޭ.
ކެތްކުރާނަން އުންމީދުގާ

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް